namaadhuge lazzathu Archives - Stories by Jana Wed, 02 Feb 2022 12:27:01 +0000 en-US hourly 1 https://wordpress.org/?v=6.9.4 191921862 ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ފަސްވަނަ ބައި) https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7-6/?utm_source=rss&utm_medium=rss&utm_campaign=%25de%2582%25de%25a6%25de%2589%25de%25a7%25de%258b%25de%25aa%25de%258e%25de%25ac-%25de%2599%25de%25a6%25de%25a4%25de%25a9%25de%25a4%25de%25a9-%25de%258d%25de%25a6%25de%2587%25de%25b0%25de%2592%25de%25a6%25de%258c%25de%25aa-%25de%258d%25de%25a8%25de%2584%25de%25a8%25de%258e%25de%25a6%25de%2582%25de%25b0%25de%2582%25de%25a7-6 https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7-6/#respond Wed, 02 Feb 2022 12:26:48 +0000 https://blog.storiesbyjana.com/?p=3173

އަޅުގަނޑުމެންގެ ހައްދުތަކުން ބޭރުގައިވާ ދަތުރެއް! 'الحَمْدُ لِلّهِ' މި ބަސްތަކުން އަޅުގަނޑުމެން ﷲ ގެ ހުސްޠާހިރުވަންތަކަމުގެ މަތިން ހަނދާންކޮށް ޔަޤީންކޮށްފީމުއެވެ. އަދި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައް ދެއްވި ކަމަށްޓަކައާއި، ޚުދު އެކަލާނގެ ޒާތްޕުޅަށްޓަކައި އަޅުގަނޑުމެން އެކަލާނގެއަށް ޝުކުރު އަދާކޮށްފީމުއެވެ. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ވީޑިޔޯއަކުން ވިޔަސް ނޫނީ ޕަވާރ ޕޮއިންޓަކުން ވިޔަސް ފެނިފައި މަންޒަރެއް ފެނިފައި ވެދާނެއެވެ. ކުޑަކުޑަ ފަތެއްގެ އެންމެ ސެލްއަކުން ފެށޭ އެ ވީޑިއޯ 'ޒޫމް އައުޓް' ވަމުން ގޮސް، އަޅުގަނޑުމެންގެ ދުނިޔެއިން ބޭރުން […]

The post ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ފަސްވަނަ ބައި) appeared first on Stories by Jana.

]]>

އަޅުގަނޑުމެންގެ ހައްދުތަކުން ބޭރުގައިވާ ދަތުރެއް!

 

‘الحَمْدُ لِلّهِ’ މި ބަސްތަކުން އަޅުގަނޑުމެން ﷲ ގެ ހުސްޠާހިރުވަންތަކަމުގެ މަތިން ހަނދާންކޮށް ޔަޤީންކޮށްފީމުއެވެ. އަދި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައް ދެއްވި ކަމަށްޓަކައާއި، ޚުދު އެކަލާނގެ ޒާތްޕުޅަށްޓަކައި އަޅުގަނޑުމެން އެކަލާނގެއަށް ޝުކުރު އަދާކޮށްފީމުއެވެ.

 

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ވީޑިޔޯއަކުން ވިޔަސް ނޫނީ ޕަވާރ ޕޮއިންޓަކުން ވިޔަސް ފެނިފައި މަންޒަރެއް ފެނިފައި ވެދާނެއެވެ. ކުޑަކުޑަ ފަތެއްގެ އެންމެ ސެލްއަކުން ފެށޭ އެ ވީޑިއޯ ‘ޒޫމް އައުޓް’ ވަމުން ގޮސް، އަޅުގަނޑުމެންގެ ދުނިޔެއިން ބޭރުން ފެންނަ، ނޭވާ މެދުކެނޑޭހާ ރީތި ކާއިނާތުގައިވާ ތަރިތަކާއި، ޕްލެނެޓްތަކާއި އަދި ގެލެކްސީތަކާއި ހަމައަށް ދާ މަންޒަރެވެ. އެ ކުޑަކުޑަ ފަތުން ފެށުމުގެ ބަދަލުގައި ތިބާ ނަމާދަށް ﷲ ގެ ކުރިފުޅުމަތީގައި ކޮޅަށް ހުންނައިރު، ތިބާގެ އަމިއްލަ ނަފްސުން އެ މަންޒަރު ފަށައިގެން ސިފަކުރާށެވެ.

 

މި މަންޒަރު ތިބާ ޚިޔާލަށް ގެންނައިރު އެންމެ ފުރަތަމަ ތިބާގެ ހަށިގަނޑުގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ހިންގަމުން ގެންދާ އެކިއެކި ނިޒާމުތައް ސިފަކުރާށެވެ. ލޭ ދައުރުވަމުންދާ ނާރުތަކާއި، ދިފާޢީ ނިޒާމާއި، ނާރުތަކުގެ ނިޒާމާއި، ހޯމޯންތަކާއި، ހިތުގެ ތެޅުމާއި، ހަކަތަ އުފެއްދުމާއި، ސިކުނޑީގެ ސެލްތަކުގެ ދައުރުވާ ‘ކަރަންޓާއި’، ހަމުގެ ސެލްތަކާއި، މޭގަނޑުގެ ސެލްތަކާއި ކިޑްނީ ފަދަ ގުނަވަންތަކެވެ. އެއަށްފަހު ތިބާގެ ވަށައިގެންވާ މަންޒަރުތަކަށް ޚިޔާލު ބޭރަށް ގެންދާށެވެ. ގަސްގަހާގެހިތަކުގެ އަޖާއިބު ކުރުވަނިވި ރީތިކަމާއި، ޖަނަވާރުތަކުގެ ދުނިޔެއާއި، 7 ކަނޑާއި، ސޫފާސޫފިތަކުގެ ދުނިޔެއާއި، ހަމަ ލޮލަށް ނުވެސް ފެންނަ ދިރޭތަކެއްޗެވެ.

 

އެއަށްފަހު ތިބާގެ ޚިޔާލުތައް އެއަށްވުރެ ވެސް ދުރަށް ހިންގާށެވެ. ކާއިނާތުގައިވާ ޕްލެނެޓްތަކުގެ އަޖާއިބު ކުރުވަނިވި ދައުރުވުމަށެވެ. އެއަށްވުރެ ވެސް ދުރަށް ތިބާގެ ޚިޔާލު ގެންގޮސް ތަރިތަކާއި ނެބިއުލާތަކާއި ގެލެކްސީތަކަށް ޚިޔާލު ގެންދާށެވެ. އަދި މީގެ އިތުރުން ޣައިބުގައިވާ ދުނިޔޭގައިވާ ކަންތައް ކޮބައިތޯއެވެ. މަލާއިކަތުންނާއި ޖިންނީންގެ ދުނިޔެއާއި، އަދި އަޅުގަނޑުމެންނަށް ނޭނގޭ އަދި ހޯދިފައި ނުވާ މަޚްލޫޤެއް ނަމަ އެ މަޚްލޫޤުންތަކުގެ ދުނިޔެއަށް ވެސްމެއެވެ.

 

މިއީ ހުރިހާ އެއްޗެއްގެ ނިމުމަކަށް ނުވެދާނެއެވެ. އެހެނަސް އަޅުގަނޑުމެންނަށް ދެއްވާފައިވާ ޢިލްމުގެ ނިމުމާއި ހަމައަށް އަޅުގަނޑުމެންނަށް އާދެވިއްޖެއެވެ. ދެން ތިބާގެ ޚިޔާލުތައް އަނެއްކާވެސް ލަސްލަހުން ތިބާއާއި ދިމާލަށް ގެންނާށެވެ. ކާއިނާތުންނާއި، މި ދުނިޔޭގައި ވާހާ އެއްޗަކަށްފަހު ނަމާދަށް ކޮޅަށް ހުރި ތިބާގެ އަމިއްލަ ނަފްސު ޚިޔާލަށް ގެންނާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެ ހުރިހާ ޚަލްޤުތަކާއި އަޅައި ބަލާއިރު ތިބާއަކީ ކުޑަ ފުއްކެކޭ ބުނެވިދާނެ ހެއްޔެވެ؟ އެއާއި ގާތެއްވެސް ނޫނެވެ! ﷲ ސުބުޙާނަހޫ ވަތަޢާލާ ހެއްދެވި މި ބޮޑު ކާއިނާތާއި އަޅައި ބަލައިއިރު ތިބާ ފެންނަ ގޮތެއްވެސް ނުވެއެވެ. އަދި ނިކަން ވިސްނާލާށެވެ. މިއީ ހަމައެކަނި އަޅުގަނޑުމެންގެ އުޑެވެ. ޤުރުއާނުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި އަދި 6 އުޑު އިތުރަށްވެއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އެހުރިހާ އުޑެއްގެ މަތީގައެވެ. ކާއިނާތުގައިވާ ހުރިހާ އެއްޗެއް ފުރިހަމަ ކަމާއިއެކީ ހިންގަވާ ހަމައެކަނި ފަރާތަކީ އެކަލާނގެއެވެ!

 

ތިމާ އެކަލާނގެ ގެ ކުރިފުޅުމަތީގައި ކޮޅަށް ހުރެ، އެކަލާނގެއަށް ޙަމްދުކޮށް ވާހަކަ ދައްކާއިރު ތިބާއަށް އިޙްސާސް ކުރެވެނީ ކިހިނެއް ހެއްޔެވެ؟ ތިބާ ކިޔަވާ ކޮންމެ އާޔަތަކަށް އެކަލާނގެ ޖަވާބު ދެއްވާކަން އެނގުމުން ތިބާއަށް އިޙްސާސް ކުރެވެނީ ކިހިނެއް ހެއްޔެވެ؟ އަދިވެސް އެކަލާނގެ އަމުރުފުޅުތަކާއި ޚިލާފުވުމަށް ތިބާގެ ކިބައިގައި ހިތްވަރެއް އެބަހުރި ހެއްޔެވެ؟ އެހާ މަތިވެރި ކަލާނގެ އާއި ދެކޮޅަށް ތިބާ ފާފައެއް ކުރާތަން ޚިޔާލަށް ގެންނަން ކެރޭ ހެއްޔެވެ؟ އެހާ ބާރުގަދަ އަދި މާތްވެގެންވާ ކަލާނގެއަކާއި، ތިބާ ހަމަ ދެކޮޅު ވެދާނަން ހެއްޔެވެ؟ އެހާ ބޮޑު ލޯތްބަކާއި ވެސް ދެކޮޅަށް ހެއްޔެވެ؟ އެކަލާނގެ ހެއްދެވި މި ބޮޑު ކާއިނާތުގައި އަޅުގަނޑުމެންގެ މުހިންމުކަން އެހާ ކުޑަވީއިރު ވެސް، ނަމާދުގެ މި ރީތިވެގެންވާ ބައްދަލުވުމުގެ ފުރުސަތު އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވާނީ ކިހާ ބޮޑު ލޯތްބެއްގެ ސަބަބުން ހެއްޔެވެ؟ އެ ނަމާދަށް އިޖާބަދީ، އެކަލާނގެ ކުރިފުޅުމަތީގައި ކޮޅަށް ހުރުމުގެ ޤާބިލުކަން ވެސް އަޅުގަނޑުމެންނަށް ދެއްވެވީ ޚުދު އެކަލާނގެއެވެ. މިއީ އެހެން އެއްވެސް ކަމަކާއި އަޅައި ނުކިޔޭނެ ޤަދަރެކެވެ. އަޅުގަނޑުމެންގެ ވެރިރަސްކަލާނގެއަށް ޙައްޤުވާ މިންވަރު އަދާކުރުމަށް އަޅުގަނޑުމެން އެންމެ ފުރިހަމައަށް މަސައްކަތް ނުކުރަންވީ ކީއްވެ ހެއްޔެވެ؟ ނަމާދުން އަޅުގަނޑުމެންނަށް މި ލިބިގެންދަނީ ކިހާ ބޮޑު މާތްކަމެއްކަން އެނގޭ ހިނދު، ދެން އަޅުގަނޑުމެންނަށް ނަމާދަށް ފަސްދެވޭނެ ހެއްޔެވެ؟

 

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބޮޑުކަމާއި މަތިވެރިކަން އަޅުގަނޑުމެންނަށް ސިފަކޮށްދެއްވަން ރަސޫލާ ﷺ މަސައްކަތް ކުރައްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާ ގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުރުސީގެ (ދިވެހިން ބުނާނަމަ ގޮނޑިކޮޅު) އެއް ފައި އުޑުތަކާއި ބިމާއި އެއްވަރެވެ. އަދި ﷲ ގެ ކުރުސިއާއި އަޅައި ބަލާއިރު 7 އުޑުގެ މިސާލަކީ، ސަހަރާއެއްގެ ތެރެއަށް އުކައިލެވިފައިވާ އަނގޮޓިއެއްގެ މިސާލެވެ.

 

ތިބާ ދެން ނަމާދަށް ކޮޅަށް ހުންނަ ވަގުތު، ނުހަނު މަތިން އަދި ދުރުން ތިބާގެ އަމިއްލަ ނަފްސު ޚިޔާލަށް ގެންނާށެވެ. ‘رَبِّ العَالَمِيْن’ (ދުނިޔެތަކުގެ ވެރިރަސްކަލާނގެ) މި ބަސްތަކުގެ މާނައިގެ ފޮނިކަން ތިބާއަށް އިޙްސާސް ކުރެވޭނެ ފަދައިންނެވެ.

The post ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ފަސްވަނަ ބައި) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7-6/feed/ 0 3173
ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ހަތަރުވަނަ ބައި) https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7-5/?utm_source=rss&utm_medium=rss&utm_campaign=%25de%2582%25de%25a6%25de%2589%25de%25a7%25de%258b%25de%25aa%25de%258e%25de%25ac-%25de%2599%25de%25a6%25de%25a4%25de%25a9%25de%25a4%25de%25a9-%25de%258d%25de%25a6%25de%2587%25de%25b0%25de%2592%25de%25a6%25de%258c%25de%25aa-%25de%258d%25de%25a8%25de%2584%25de%25a8%25de%258e%25de%25a6%25de%2582%25de%25b0%25de%2582%25de%25a7-5 https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7-5/#respond Sun, 26 Sep 2021 15:45:24 +0000 https://blog.storiesbyjana.com/?p=3027

ނަމާދުގެ 'ހިތް' ނަމާދު ވަގުތު ވަނުމުން ރަސޫލާ ﷺ  ބިލާލުގެފާނުގެ އަރިހުގައި ޙަދީޘްކުރައްވާ ކަމަށްވެއެވެ. "އޭ ބިލާލުގެފާނެވެ! އެއިން (އެބަހީ: ބަންގިން) އަހަރުމެންނަށް ރާހަތެއް ގެނެސްދެއްވާށެވެ!" އެހެން ބަސްތަކަކުން ދަންނަވާނަމަ، އަހަރުމެންގެ ކޮނޑުމަތީގައިވާ ބޮޑެތި ބުރަތައް ލުއިކޮށް އަހަރުމެންނަށް އަރާމާއި ރާހަތެއް ގެނެސްދޭނެ ގޮވުން ގޮވައިލައްވާށެވެ. އެހެނީ ރަސޫލާ ﷺ ދަތި އުދަގޫ ކަމެއް އެހެންނޫނީ ކަންބޮޑުވާފަދަ ކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު ނަމާދު ކުރައްވަން އަވަސްވެވަޑައިގަންނަވައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެއްނޫންތޯއެވެ؟ "އަދި ކެތްތެރިކަމާއި ނަމާދުން އެހީތެރިކަން […]

The post ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ހަތަރުވަނަ ބައި) appeared first on Stories by Jana.

]]>

ނަމާދުގެ ‘ހިތް’

 

ނަމާދު ވަގުތު ވަނުމުން ރަސޫލާ ﷺ  ބިލާލުގެފާނުގެ އަރިހުގައި ޙަދީޘްކުރައްވާ ކަމަށްވެއެވެ. “އޭ ބިލާލުގެފާނެވެ! އެއިން (އެބަހީ: ބަންގިން) އަހަރުމެންނަށް ރާހަތެއް ގެނެސްދެއްވާށެވެ!” އެހެން ބަސްތަކަކުން ދަންނަވާނަމަ، އަހަރުމެންގެ ކޮނޑުމަތީގައިވާ ބޮޑެތި ބުރަތައް ލުއިކޮށް އަހަރުމެންނަށް އަރާމާއި ރާހަތެއް ގެނެސްދޭނެ ގޮވުން ގޮވައިލައްވާށެވެ. އެހެނީ ރަސޫލާ ﷺ ދަތި އުދަގޫ ކަމެއް އެހެންނޫނީ ކަންބޮޑުވާފަދަ ކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު ނަމާދު ކުރައްވަން އަވަސްވެވަޑައިގަންނަވައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެއްނޫންތޯއެވެ؟

 

“އަދި ކެތްތެރިކަމާއި ނަމާދުން އެހީތެރިކަން ހޯދާށެވެ…” ސޫރަތުލް ބަޤަރާ، 45

 

ކޮންމެ ބައެއްގެ ވެސް އެ ބަޔަކު ފިކުރުތަކާއި ދުރުވެ ސިކުނޑިއަށް ލުއެއް ހޯދަން ކުރާ ކަންތައްތަކެއް ހުންނާނެއެވެ. ބައެއް މީހުންނަށް އެކަމަކީ ލަވަ އަޑުއެހުމެވެ. އަނެއްބައި މީހުން ގެންގުޅެނީ ޔޯގާފަދަ ކަސްރަތުތަކެވެ. އަނެއްބައި މީހުން ރަލުގެ މަސްތުގައި ޖެހޭހާ ބަދުނަސީބުވެސް ވެގެންދެއެވެ. އެހެނަސް އަޅުގަނޑުމެން މުސްލިމުން، މި ދެންނެވުނު ހުރިހާ ކަންތައްތަކުން ލިބޭ ފައިދާއާއި އަދި އެއަށްވުރެ ވެސް އިތުރަށް ހޯދަނީ ނަމާދުންނެވެ. އަޅުގަނޑުމެން ހިތްދަތި ފިކުރުތަކުން ދުރުވެގަންނަނީ ހުރިހާ މައްސަލަތަކެއްގެ ޙައްލު ގެންނަވާ ފަރާތާއި އެކީގައެވެ. ހުރިހާ އަމާންކަމާއި ސުކޫނެއްގެ ވެރިފަރާތާއި އެކީގައެވެ. އަޅުގަނޑުމެންގެ ލޯބިވާ އަޅުގަނޑުމެންގެ ހެއްދެވި ފަރާތާއި އެކީގައެވެ.

 

ޝައިޠާނާގެ ވަސްވާސްތަކުން އަޅުގަނޑުމެން މިހާރު ރައްކާތެރިކަން ހޯދާފައިވުމުން، ދެން އަޅުގަނޑުމެން ދާނީ ނަމާދުގެ އެންމެ މާތް ބަޔަށެވެ. މި މުޅި އަޅުކަމުގެ އެންމެ މުހިއްމު ބަޔަށެވެ. އާދެ! އެއީ ފާތިޙާއެވެ! ޤުރުއާނުގެ އެންމެ މަތިވެރިވެގެންވާ ސޫރަތެވެ. ނަމާދުގެ އެ ބަޔަކާއި ނުލާ ތިބާއަށް ނަމާދު ނުކުރެވޭނެ ބައެވެ. އަދި އެ ބަޔާއި ނުލާ ނަމާދު ކޮށްފިނަމަ ނަމާދު ބާޠިލުވާނެ ބައެވެ. ކިޔެވޭ ކޮންމެ އާޔަތަކަށްފަހު ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ޖަވާބު ދެއްވާ ބައެވެ! ނަމާދުގެ މި ބައިގައި އަޅުގަނޑުމެން އެހެން ކަމަކާއި މެދު ވިސްނާނީ ފަހެ ކިހިނެއް ހެއްޔެވެ؟

 

އެހެނަސް އަނެއްކާވެސް އަޅުގަނޑުމެން އަމިއްލަ ނަފްސުތަކަށް ހަނދުމަކޮށްދެމާ ހިނގާށެވެ. މިވަގުތުކޮޅުގައި މިތާ ކޮޅަށް ހުންނަން އަޅުގަނޑުމެންނަށް ޖެއްސީ ކޮން ކަމެއް ހެއްޔެވެ؟ އާނއެކެވެ! އެއީ އަޅުގަނޑުމެންގެ ހިތްތަކުގައި ﷲ އަށްޓަކައިވާ ނިމުމެއް ނުވާ ލޯތްބާއި، އެކަލާނގެއާއި އެކީގައިވުމަށް އަޅުގަނޑުމެންގެ ހިތްތަކުގައިވާ އެދުމެވެ. ލޯބިވާ މީހަކާއި މީހަކު ބައްދަލުވާ ހިނދު އެންމެ ފުރަތަމަ އެމީހަކު ބުނާނީ ކޮން ބަސްތަކެއް ހެއްޔެވެ؟ އެއީ އެ ލޯބިވާ ފަރާތުގެ ނަން ކިޔޭ ރީތި އަޑެވެ. އެހެނަސް މިއީ އާދައިގެ ނަންފުޅެއް ނޫނެވެ. މިއީ މި ނަންފުޅުގެ ވަށައިގެންވާ ހުރިހާ އެއްޗަކަށް ބަރަކާތް ގެނުވާނެ ނަންފުޅެކެވެ! އެ ނަންފުޅުން ނަންގަނެވޭ ކޮންމެ އެއްޗަކަށްވެސްމެއެވެ! މި ނަންފުޅުން ހުރިހާ ނުބައަކާއި، ގެއްލުމަކާއި، ތަދެއް އުފުލިގެންނެވެ. އެ ނަންފުޅުން އަޅުގަނޑުމެން ފަށަމުއެވެ. އެ ނަންފުޅުން އަޅުގަނޑުމެން ނިންމަމުއެވެ. އަދި އެ ނަންފުޅުން މި ދިރިއުޅުމުގެ ފޮނިކަމާއި ޖެހިގެން އޮތް ޙަޔާތުގެ ފޮނިކަން ވެސް އަޅުގަނޑުމެން އިޙްސާސް ކުރަމުއެވެ.

 

بِسم الله الرَّحمن الرَّحِيْم

 

“ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ގެ އިސްމުޅުން ފަށަމެވެ.”

 

މި ބަސްތައް ތިބާގެ ދުލުން ކިޔޭ ހިނދު ހިތަށް ލިބިގެންދާ ހަމަޖެހުން އިޙްސާސް ކުރާށެވެ.

 

“…އެންމެހާ ރީތިވެގެންވާ ނަންފުޅުތައް މިލްކުވެގެންވަނީ އެކަލާނގެއަށެވެ…” ސޫރަތުލް ޙަޝްރު، 24

 

އަދި ތިބާ މީހެއްދެކެ ލޯބިވާނަމަ ތިބާ އެމީހެއްގެ ފުރިހަމަ ކަމާއިމެދު ވިސްނައި އާޝޯޚުވެއެއްނޫންތޯއެވެ؟ ﷲ ތަޢާލާއަށްވުރެ މިކަމަށް އެންމެ ޙައްޤުވެގެންވާ ފަރާތެއް ނުވާކަން ޔަޤީނެވެ! އެހެނީ ޙަޤީޤީ ފުރިހަމަކަމެއް ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށެވެ!

 

الْحَمْدُ لِلّهِ رَبِّ الْعَالَمِيْن

 

“ހުރިހާ ތަޢުރީފަކާއި ޝުކުރެއް ޙައްޤުވެގެންވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ.”

 

މި ބަސްތަކުން ﷲ ތަޢާލާއަށް ތަޢުރީފުކުރާ ހިނދު އަޅުގަނޑުމެން މި ސާބިތުކޮށްދެނީ އެކަލާނގެ ގެ ދެގޮތެއްނުވާ ފުރިހަމަކަމެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. ” الْحَمْدُ لِلّهِ އިން މީޒާން ފުރިގެންދެއެވެ.” މި ބަސްތައް ކިޔޭ ހިނދު އަޅުގަނޑުމެންގެ ހިތްތައް ޝުކުރުވެރިކަމުން ފުރުވައިލަމާ ހިނގާށެވެ. އެކަލާނގެ އަޅުގަނޑުމެންނަށް އެތައް ގިނަގުނަ ނިޢުމަތްތަކެއް ދެއްވާފައިވެއެވެ. އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. މި ދުނިޔޭގައި އެހެން މީހަކަށް ޝުކުރު އަދާ ކުރިޔަސް އެ ޝުކުރު ރައްދުވެގެން އެ ދަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. ހުރިހާ ރިޒުޤެއް ދެއްވާ މައިގަނޑު ފަރާތަކީ އެކަލާނގެ ނޫންތޯއެވެ؟ އިތުރު ފުން މިނަކުން ވިސްނަމާ ހިނގާށެވެ. الْحَمْدُ لِلّهِ ކިޔޭ ހިނދު އެ ބަސްތައް ކިޔުމުގެ ޤާބިލިއްޔަތުކަން ދެއްވި ކަމަށްޓަކައިވެސް އަޅުގަނޑުމެން އެވަގުތު ﷲ އަށް ތަޢުރީފުކޮށް ޝުކުރު އަދާ އެބަކުރަމުއެވެ. އެހެނީ މި ޤާބިލިއްޔަތުކަން ވެސް ދެއްވީ ހަމަ އެކަލާނގެއެވެ! އެހެންކަމުން ޙަޤީޤަތުގައި އެކަލާނގެ ޒާތުފުޅަށްޓަކައި އެކަލާނގެ ޙަމްދު ސާބިތުކުރައްވަނީ އަޅުގަނޑުމެން މެދުވެރިވެގެންނެއެވެ. އަޅުގަނޑުމެން ނެތަސް އެކަލާނގެ ގެ ޙަމްދު ދެމި އޮންނާނެ ނަމަވެސްއެވެ. އެހެނީ އެންމެ ފުރިހަމަ ވެ ވޮޑިގެންވަނީ އެކަލާނގެއެވެ! ތިބާ އެކަލާނގެއަށް ވަކީލު ކުރަންޖެހޭ ވަރާއި އެކަލާނގެއަށް ބޭނުންވާ މިންވަރު އިޙްސާސް ކުރާށެވެ. އެކަލާނގެ ހަނދުމަކޮށް އެކަލާނގެއަށް ޙަމްދުކުރުމުން ހިތަށް ލިބޭ ޝިފާ އިޙްސާސް ކުރާށެވެ.

 

ނުނިމޭ

The post ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ހަތަރުވަނަ ބައި) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7-5/feed/ 0 3027
ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ތިންވަނަ ބައި) https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7-4/?utm_source=rss&utm_medium=rss&utm_campaign=%25de%2582%25de%25a6%25de%2589%25de%25a7%25de%258b%25de%25aa%25de%258e%25de%25ac-%25de%2599%25de%25a6%25de%25a4%25de%25a9%25de%25a4%25de%25a9-%25de%258d%25de%25a6%25de%2587%25de%25b0%25de%2592%25de%25a6%25de%258c%25de%25aa-%25de%258d%25de%25a8%25de%2584%25de%25a8%25de%258e%25de%25a6%25de%2582%25de%25b0%25de%2582%25de%25a7-4 https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7-4/#comments Fri, 10 Sep 2021 08:19:20 +0000 https://blog.storiesbyjana.com/?p=3004

ރަސްގެފާނަށް 'ކުރުނީސް ސަލާމް' ކުރާށެވެ! އަދި މި ބައްދަލުވުމަށް ހުރަސް އަޅަން އުޅޭ ފަރާތް ބޭރުކުރާށެވެ! اللّه أَكْبَر ކިޔުމަށްފަހު ތިބާއަށް މިހާރު މިވަނީ ރަސްމީކޮށް ނަމާދުގެ ތެރެއަށް ވަދެވިފައެވެ. ސަޖިދަ ކުރާ ތަނާއި ދިމާލަށް ތިބާގެ ބެލުން ތިރި ކުރެވިފައިވެއެވެ. އަދި ތިބާގެ ކަނާތް އަތް ވާތު އަތްމަތީގައި ބޭއްވިފައިވާއިރު ދެއަތް މެއާއި ކައިރީގައި ޖެއްސިފައިވެއެވެ. މިއީ ކީއްވެ ހެއްޔެވެ؟ ނިކަން ޚިޔާލަށް ގެންނާށެވެ. ތިބާ ޝާހީ ގަނޑުވަރެއްގެ ތެރެއަށް ވަދެގެންދާއިރު ދެ ފަރާތުގައި މީހުން ހުއްޓިގެން ތިބޭ […]

The post ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ތިންވަނަ ބައި) appeared first on Stories by Jana.

]]>

ރަސްގެފާނަށް ‘ކުރުނީސް ސަލާމް’ ކުރާށެވެ! އަދި މި ބައްދަލުވުމަށް ހުރަސް އަޅަން އުޅޭ ފަރާތް ބޭރުކުރާށެވެ!

 

اللّه أَكْبَر ކިޔުމަށްފަހު ތިބާއަށް މިހާރު މިވަނީ ރަސްމީކޮށް ނަމާދުގެ ތެރެއަށް ވަދެވިފައެވެ. ސަޖިދަ ކުރާ ތަނާއި ދިމާލަށް ތިބާގެ ބެލުން ތިރި ކުރެވިފައިވެއެވެ. އަދި ތިބާގެ ކަނާތް އަތް ވާތު އަތްމަތީގައި ބޭއްވިފައިވާއިރު ދެއަތް މެއާއި ކައިރީގައި ޖެއްސިފައިވެއެވެ. މިއީ ކީއްވެ ހެއްޔެވެ؟

 

ނިކަން ޚިޔާލަށް ގެންނާށެވެ. ތިބާ ޝާހީ ގަނޑުވަރެއްގެ ތެރެއަށް ވަދެގެންދާއިރު ދެ ފަރާތުގައި މީހުން ހުއްޓިގެން ތިބޭ މަންޒަރު ތިބާއަށް ފެންނާނެއެވެ. އޭގެ ތެރެއިން ބައެއް މީހުން ނުހަނު ހައިބަތާއިއެކީ ތިބާއަށް ބަލަހައްޓައިގެން އެމީހުންގެ އަތް ދެ ފަރާތަށް ދޫކޮށްލައިގެން ތިބޭނެއެވެ. އެހެނަސް އަނެއްބައި މީހުން ތިބޭނީ އެމީހުންގެ ނަޒަރުތައް ތިރިކޮށް އެމީހުންގެ އަތް މެއާއި ދިމާލުގައި ޖައްސައިގެންނެވެ. ހަމައެކަނި އެމީހުން ކޮޅަށް ތިބޭ ގޮތުންވެސް، ޝާހީ މީހުންނާއި، އެ ޝާހީ ގަނޑުވަރުގައި އުޅޭ ނޯކަރުންގެ ތަފާތު ތިބާއަށް ފާހަގަ ކުރެވޭނެ ނޫންތޯއެވެ؟

 

އަޅުންގެ ގޮތުގައި، އަޅުގަނޑުމެންގެ ވެރި ރައްބުގެ ކުރިފުޅުމަތީގައި ތިބޭއިރު ހިތްތިރި ގޮތެއްގައި ތިބުން ނޫނީ އެންމެ ރަނގަޅެއް ނޫނެވެ. އަޅުގަނޑުމެންނަކީ އެކަލާނގެ ޙަޟްރަތުގައި ކޮން ބައެއްކަން ހަނދާންވުމަކީ ވެސް ހިތްތިރި ކުރުވާ ކަމެކެވެ. އެހެނަސް ހަނދާންކުރަމާ ހިނގާށެވެ. ﷲ ހަނދުމަކޮށް އަޅުގަނޑުމެން ހިތްތިރިވުމުގެ ސަބަބުން އިތުރު ޤަދަރެއް ނޫނީ އަޅުގަނޑުމެންނަށް ނުލިބޭނެއެވެ. އެހެނީ އެއީ އިންސާނުންގެ ކުރިމަތީގައި ބަލިކަށިވުމުން އަޅުގަނޑުމެން ރައްކާތެރި ކޮށްދޭ ހިތްތިރި ކަމެކެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވި ފަދައިންނެވެ. “ﷲ ގެ ޙަޟްރަތުގައި ހިތްތިރި ކުރާ މީހާގެ ޤަދަރު އުފުލިގެން ދެއެވެ!”

 

މިވަގުތުކޮޅުގައި ދެން ކުރަން އެންމެ މޮޅު އިތުރު ކަމަކީ ރަސްގެފާނަށް ‘ކުރުނީސް ސަލާމްކުރުމެވެ.’

“ޔާ ﷲ! އިބަރަސްކަލާނގެ ގެ ހުސްޠާހިރު ވަންތަކަމާއެވެ. އަދި ހުރިހާ ޙަމްދެއް ޙައްޤުވަނީ އިބަރަސްކަލާނގެއަށެވެ. އިބަރަސްކަލާނގެ ގެ ނަންފުޅުގައި ބަރަކާތް ލެއްވިގެންވެއެވެ. އަދި އިބަރަސްކަލާނގެ ގެ މަޤާމް މަތިވެރިވެ ވޮޑިގެންވެއެވެ. އަދި އިބަރަސްކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ އެހެން ފަރާތެއް ނުވެއެވެ.”

 

މިއީ ރަސޫލާ ﷺ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވާ ދުޢާއުލް އިފްތިތާޙު (ހަޝަމް ބަނުމަށްފަހު ނަމާދު ފަށަން ކިޔާ ދުޢާތަކުގެ) ތެރެއިން އެއް އިފްތިތާޙެއްގެ މާނައެވެ. (އިތުރު ތަފްޞީލަށް ތިރީގައިވާ ކޮމެންޓް ބައްލަވާ) މީގެއިން ކޮންމެ ދުޢާއެއްގެ ފަހަތުގައި ވެސް ވަކި ޚާއްޞަކަމެއް އެކުލެވިގެންވެއެވެ. ކޮންމެ ނަމާދެއްގައި ދުޢާއުލް އިފްތިތާޙުތައް ތަފާތު ކުރުމުން ނަމާދުގެ މި ބަރަކާތްތެރި ވަގުތުކޮޅުގައި އަޅުގަނޑުމެންނަށް ދެވޭ ސަމާލުކަން އިތުރުވާނެއެވެ. (އިން ޝާ ﷲ)

 

ބައްދަލުވުމަށް ހުރަސް އަޅަން އުޅޭ ފަރާތް ބޭރުކުރާށެވެ!

ﷲ ގެ ޔަދު ޤުދުރަތްޕުޅުގައި ތިބާ  ކޮޅަށް ހުންނައިރު މި ބަރަކާތްތެރި ވަގުތުކޮޅުގައި، އަދި މި ބޮޑުވެގެންވާ ބައްދަލުވުމުގައި ޝައިޠާނާއަށްވުރެ ބޮޑަށް ތިބާއަށް ޙަސަދަވެރިވާ ފަރާތެއް ނުހުންނާނެއެވެ. ޝައިޠާނާގެ ޢަޒުމަކީ، ތިބާ އެންމެ ލޯބިވާ ފަރާތާއި އެކީ ހޭދަކުރެވޭ މި ފޮނި ވަގުތުކޮޅުތަކުން ވައްކަން ކުރުމެވެ. އަދި އޭގެ އަޖުރުން ވެސް ވައްކަން ކުރުމެވެ. އޭރުން ތިބާގެ ނަމާދު ނިމުނަސް ތިބާގެ ނަމާދުން ޤަބޫލުވެގެންވާނީ ހަމައެކަނި އޭގެ 3 ބައިކުޅަ އެއްބައެވެ. ނޫނީ 5 ބައިކުޅަ އެއްބައެވެ. ނޫނީ 9 ބައިކުޅަ އެއްބައެވެ. ނޫނީ 10 ބައިކުޅަ އެއްބައެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިއީއެވެ. ތިބާގެ ނަމާދުން ﷲ ސުބުޙާނަހޫ ވަތަޢާލާ ޤަބޫލުކުރައްވާނީ ހަމައެކަނި ތިބާއަށް އެ ނަމާދުގައި ސަމާލުކަން ދެވުނު ބައިތަކެވެ. (ޤިޔާމަތް ދުވަހު 90 އަހަރުގެ ނަމާދާއި އެކީ މީހަކު އައިސްދާނެއެވެ. އެހެނަސް އެމީހެއްގެ ހިތް ކުދިކުދި ކުރުވާ ފަދައަކުން ޙައިރާންކަމެއް ލިބިގެންދާނީ، އެމީހެއްގެ ނަމާއިއެކީ އެންމެ 6 އަހަރުގެ ނަމާދު ލިޔެވިފައިވާތަން ފެނުމުންނެވެ. ނޫނީ 5 އަހަރުގެ ނަމާދެވެ. ނޫނީ 4 އަހަރުގެ ނަމާދެވެ.)

 

ނަމާދުގައި އަޅުގަނޑުމެން ޚިޔާލުތައް އެކި ދިމަދިމާލަށް ދަނީ ޝައިޠާނާގެ ސަބަބުންނެވެ. ތިބާ ނަމާދަށް ހުންނައިރު ދުނިޔަވީ ހުރިހާ ޚިޔާލުތަކާއި މައްސަލަތަކާއި ދަތި ޙާލަތްތައް ތިބާގެ ސިކުނޑިއަށް ވެރިވާކަން ފާހަގަ ނުވޭ ހެއްޔެވެ؟ އެތައް ދުވަހެއް ވަންދެން ނޫނީ މަސްތަކެއް ވަންދެން ގެއްލިގެން އުޅޭ އެއްޗެއްގެ މަތިން ހަނދާންވެ އެ އެއްޗެއް ފެނުނު ޙާލަތްތައް ވެސް ދިމާ ނުވޭ ހެއްޔެވެ؟ މުސައްލަ މަތިން ފެންނަމުންދާ ބައްޓަންތައް ވެސް ތިބާ ނުހަނު ޝައުޤުވެރިވާފަދަ ވާހަކަތައް ކިޔައިދޭން ފަށާ ފަދައެވެ! ތިބާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ތިބާ ޖެހޭނީ ޝައިޠާނާއާއި ދެކޮޅަށް ހަނގުރާމަކޮށް ނަމާދަށް ސަމާލުކަން ދޭށެވެ. އެހެނަސް އޭނަ އަނބުރާ އާދެއެވެ. ތިބާ އަނެއްކާވެސް ޝައިޠާނާ ފައްސާލަމުއެވެ. އެހެނަސް ތިބާ ފަހާފަހާ ދުރުނުވާނެ މެއްސެއް ފަދައިން ޝައިޠާނާ އަނބުރާ އާދެއެވެ.

 

އަޅުގަނޑުމެންގެ މި ބަލިކަށިކަމަށް އޮތް ޙައްލަކީ ކޮބައިހެއްޔެވެ؟ އަޅުގަނޑުމެން އެހީއަށް އެދޭނީ އަޅުގަނޑުމެންގެ ލޯބިވާ ފަރާތުގެ ޙަޟްރަތުންނެވެ. އެކަލާނގެ ހެއްދެވި ޚަލްޤެއްގެ ނުބައިކަމުން ރައްކާތެރިކަން ހޯދާނީ އެކަލާނގެ ޙަޟްރަތުންނެވެ. އެކަލާނގެ ނަންފުޅުގައި ބަރަކާތްވެއެވެ. އެކަލާނގެ ނަންފުޅުން އެންމެހާ ގެއްލުމަކުން ރައްކާތެރިކަން ލިބިގެންދެއެވެ. އެހެންކަމުން ނަމާދު ކުރިއަށް ގެންދިޔުމުގެ ކުރިން އަޅުގަނޑުމެން ރަސްމީކޮށް ހިތްވަރާއިއެކީ ކިޔަމުއެވެ.

 

أَعُوذُ بِللّهِ مِنَ الشَّيْطَانِ الرَّجِيم

 

“ލަޢުނަތް ލެއްވިގެންވާ ޝައިޠާނާގެ ކިބައިން މިއަޅާ ﷲ ގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.”

 

މި ބަސްތައް ކިޔާއިރު މި ބަސްތަކުގެ މާނަ އިޙްސާސް ކުރާށެވެ!

 

ނުނިމޭ

The post ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ތިންވަނަ ބައި) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7-4/feed/ 1 3004
ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ދެވަނަ ބައި) https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7-3/?utm_source=rss&utm_medium=rss&utm_campaign=%25de%2582%25de%25a6%25de%2589%25de%25a7%25de%258b%25de%25aa%25de%258e%25de%25ac-%25de%2599%25de%25a6%25de%25a4%25de%25a9%25de%25a4%25de%25a9-%25de%258d%25de%25a6%25de%2587%25de%25b0%25de%2592%25de%25a6%25de%258c%25de%25aa-%25de%258d%25de%25a8%25de%2584%25de%25a8%25de%258e%25de%25a6%25de%2582%25de%25b0%25de%2582%25de%25a7-3 https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7-3/#comments Sat, 28 Aug 2021 15:09:19 +0000 https://blog.storiesbyjana.com/?p=2988

الله أَكْبَر ކިޔާ ހިނދު... " الله أَكْبَر" ކިޔާ ހިނދު ވާ ގޮތް ތިބާއަށް އެނގޭ ހެއްޔެވެ؟ އެ ވާ ގޮތަށް ދިޔުމުގެ ކުރިން، އަޅުގަނޑުމެންގެ ނަމާދު الله أَكْبَر އިން ފެށޭ ސަބަބާއިމެދު ވިސްނައިލަމާ ހިނގާށެވެ. ނަމާދު ފަށާއިރު މިސާލަކަށް، سُبْحَانَ الله އޭ ނުކިޔަނީ ކީއްވެ ހެއްޔެވެ؟ الله أَكْبَر، މި ބަސްތައް އެ ވަގުތުކޮޅުގައި އެހާ މުހިއްމުވަނީ، އަޅުގަނޑުމެން އެވަގުތު ކުރަން ހުރި ހުރިހާ ކަމަކަށްވުރެ އަޅުގަނޑުމެން ކުރިމަތިލާން އުޅޭ ފަރާތްކަމަށްވާ […]

The post ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ދެވަނަ ބައި) appeared first on Stories by Jana.

]]>

الله أَكْبَر ކިޔާ ހިނދު…

الله أَكْبَر” ކިޔާ ހިނދު ވާ ގޮތް ތިބާއަށް އެނގޭ ހެއްޔެވެ؟

އެ ވާ ގޮތަށް ދިޔުމުގެ ކުރިން، އަޅުގަނޑުމެންގެ ނަމާދު الله أَكْبَر އިން ފެށޭ ސަބަބާއިމެދު ވިސްނައިލަމާ ހިނގާށެވެ. ނަމާދު ފަށާއިރު މިސާލަކަށް، سُبْحَانَ الله އޭ ނުކިޔަނީ ކީއްވެ ހެއްޔެވެ؟ الله أَكْبَر، މި ބަސްތައް އެ ވަގުތުކޮޅުގައި އެހާ މުހިއްމުވަނީ، އަޅުގަނޑުމެން އެވަގުތު ކުރަން ހުރި ހުރިހާ ކަމަކަށްވުރެ އަޅުގަނޑުމެން ކުރިމަތިލާން އުޅޭ ފަރާތްކަމަށްވާ ﷲ ގެ ބޮޑުކަމާއި މަތިވެރިކަން އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށް ހަނދާން ކޮށްދިނުމަށެވެ. އަޅުގަނޑުމެންގެ ވަޒީފާއާއި، އަޅުގަނޑުމެންގެ ވިޔަފާރިއާއި، އަޅުގަނޑުމެންގެ ނިންޖާއި، ބިލުތަކާއި، ޢާއިލާއާއި ދަރިންނާއި އަދި އެހެންވެސް އުދަގޫތަކާއި ދަތިތަކަށްވުރެ ﷲ ބޮޑުވެގެންވެއެވެ. އެ ބަސްތައް ކިޔޭ ހިނދު އަޅުގަނޑުމެން އަތް އުފުލައިލަނީ ކީއްވެ ހެއްޔެވެ؟ އެއީ އެ އުފުލައިލާ އަތާއި އެކީ އެހުރިހާ ކަމެއް އަޅުގަނޑުމެންގެ ފަހަތަށް ދޫކޮށްލުމަށެވެ. އަޅުގަނޑުމެން އަތް އުފުލައިލަނީ ﷲ ގެ ޙަޟްރަތުގައި އަޅުގަނޑުމެންގެ ބާރެއް ނެތްކަމުގެ ޢިޝާރާތެއްގެ ގޮތުގައެވެ.

 

މީހަކު ނަމާދަށް ތެދުވާ ހިނދު ﷲ ސުބުޙާނަހޫ ވަތަޢާލާ އަމުރުކުރައްވައެވެ. “ތިމަންރަސްކަލާނގެއާއި ތިމަންރަސްކަލާނގެ އަޅާއާއި ދެމެދުގައިވާހާ ޙިޖާބެއް (ވެއިލްއެއް) އުފުއްލަވާށެވެ.” ތިބާ الله أَكْبَر ކިޔާ ވަގުތުކޮޅުން ފެށިގެން އެކަލާނގެ ގެ ރީތިވެގެންވާ ޖަލާލުވަންތަ ވަޖުހުފުޅުވަނީ ތިބާގެ މޫނާއި ދިމާލަށެވެ. އެކަލާނގެ ތިބާއަށް ފަސްނުދެއްވާނެއެވެ. ތިބާ އެކަލާނގެއަށް ފަސްނުދޭހާ ހިނދެއްގައެވެ. އެއީ ތިބާގެ ބޮލުން، ނޫނީ ނަޒަރު އެހެން ދިމާލަކަށް ދިޔުމުން އެއީ ﷲ އަށް ފަސްދެވުނީއެވެ. އެހެންނޫނީ ތިބާގެ ހިތާއި ވިސްނުން ވެސް ދުނިޔަވީ ކަމަކަށް އަނބުރައި ދިޔުމުން ވެސް ﷲ އަށް ފަސްދެވުނީއެވެ. އެފަދަ ހިނދުކޮޅެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައެވެ. “ތިބާ ތި އެނބުރެނީ ތިމަންރަސްކަލާނގެއަށްވުރެ ރަނގަޅު ފަރާތަކަށް ހެއްޔެވެ؟” އެއަށްފަހު ތިބާއާއި އެކަލާނގެއާއި ދެމެދުގައިވާ ޙިޖާބުތައް އަނެއްކާވެސް ތިރިކުރެއްވުމަށް އަމުރުކުރައްވައެވެ.

 

ތިބާ  الله أَكْبَر އޭ ކިޔާ ވަގުތުކޮޅުން ފެށިގެން ތިބާއާއި ދިމާލަށް ހުރިހާ ކެމެރާއެއް ދިމާކުރެވިފައިވާތަން ޚިޔާލަށް ގެންނާށެވެ. ރަތްކުލައިގެ ‘އޮން ދަ އެއާރ’ ބަޓަނަށްވަނީ ފިތައިލެވިފައެވެ. އެހެނަސް ތިބާއަށް ބަލަން ތިބީ އާދައިގެ މީހުންނެއް ނޫނެވެ. ތިބާއަށް ބައްލަވައިވޮޑިގެންވަނީ ރަސްކަލުންގެ ވެސް ރަސްކަލެވެ. ތިބާގެ ކިބައިގައި މިހާރުވާހާ ކަމަކާއި ތިބާއަށް ވާނެހާ ކަމެއްވަނީ އެ ރަސްކަލުގެ އަތްޕުޅުގައެވެ. ވަކި ޚާއްޞަ މީޒާނެއްގައި ހިނގަމުންދާ މުޅި މި ކާއިނާތުވެސްވަނީ އެ ރަސްކަލުގެ އަތްޕުޅުގައެވެ. ކިތަންމެ ބޮޑުކަމެއް ވިޔަސް އަދި ކިތަންމެ ކުޑަކަމެއް ވިޔަސް އެކަލާނގެ އިރާދަފުޅުން ބޭރުގައެއް ނުވެއެވެ. މިހުރިހާ ކަމެއް އެނގިހުރެ ތިބާ ކޮޅަށް ހުންނާނީ ކިހިނެއް ހެއްޔެވެ؟ ތިބާގެ ހިތުގެ ތެޅުން އަވަސްވާ ގޮތް އިޙްސާސް ކުރާށެވެ!

 

الله أَكْبَر ކިޔުމަށްފަހު އަޅުގަނޑުމެން ނަމާދު ފަށާ ޒިކުރާއި ޤުރުއާން ކިޔަވަން ފަށާ ވަގުތު އަޅުގަނޑުމެންގެ ފާފަތައް މައްޗަށް އަރަން ފަށައެވެ. އަޅުގަނޑުމެންގެ ކޮނޑުތަކާއި ބޮލާއި ހަމައަށެވެ. އަޅުގަނޑުމެން ރުކޫޢުއަށާއި ސަޖިދައަށް ދާ ވަގުތު އެ ހުރިހާ ފާފައެއް ވެއްޓި، އެހެން މިހެންވެ، ގެއްލިގެންދެއެވެ. ﷲ ގެ ޙަޟްރަތުގައި ހިތްތިރި ކުރުމަށް ރުކޫޢުގައި ސަޖިދައިގައި ގިނައިރު ހޭދަކުރަން މިއީ ކިހާ ރަނގަޅު ސަބަބެއް ހެއްޔެވެ؟

 

ތިބާ الله أَكْبَر ކިޔުމާއިއެކު އޭގެ އިރުކޮޅެއް ކުރިން ތިބާއަށް ޙަލާލު ކަންތައް ޙަރާމްވެގެންދެއެވެ. ކެއުމާއި، ބުއިމާއި، ވާހަކަ ދެއްކުމާއި، ބޭނުން ނެތް ގޮތެއްގައި ޙަރަކާތެއް ގެނައުން ޙަރާމްވެގެން ދެއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ މިހާރު ތަފާތު ވަނީ ކޮން ކަމެއް ހެއްޔެވެ؟ އެއީ އެވަގުތުކޮޅުގައި ތިބާ ހުއްޓިހުރި ބައްދަލުވުމުގެ ޒާތާއި އެކަންތައް ނުގުޅޭތީވެއެވެ. އަޅާވަނީ އަޅާގެ ވެރި ރައްބުގެ ގޮވުމަށް އިޖާބަދީ އެކަލާނގެ ކުރިފުޅުމަތީ ހިތްތިރިކަމާއިއެކީ ހުއްޓިގެންނެވެ. ތިބާ މިވަގުތު ވަނީ މަތީ ދަރަޖައެއްގައެވެ. މި ވަގުތުކޮޅަށް ސަމާލުކަން ދޭށެވެ.

 

ތިބާގެ ޚިޔާލުތައް ދެންވެސް އެހެން ދިމާލަކަށް ދަނީ ހެއްޔެވެ؟ ނަމާދުގެ ޙަރަކާތްތައް ގެންނައިރު އަޅުގަނޑުމެން الله أَكْبَر ކިޔައި ތަކުރާރުކުރަނީ އެހެންވެއެވެ. އެއީ ހަނދާންކޮށްދިނުމެކެވެ. ނަމާދުގެ އެ ވަގުތުކޮޅަށް އަނބުރައި އައުމަށް ލިބޭ ފުރުސަތެކެވެ.

 

ނުނިމޭ

The post ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ދެވަނަ ބައި) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7-3/feed/ 1 2988
ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (އެއްވަނަ ބައި) https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7-2/?utm_source=rss&utm_medium=rss&utm_campaign=%25de%2582%25de%25a6%25de%2589%25de%25a7%25de%258b%25de%25aa%25de%258e%25de%25ac-%25de%2599%25de%25a6%25de%25a4%25de%25a9%25de%25a4%25de%25a9-%25de%258d%25de%25a6%25de%2587%25de%25b0%25de%2592%25de%25a6%25de%258c%25de%25aa-%25de%258d%25de%25a8%25de%2584%25de%25a8%25de%258e%25de%25a6%25de%2582%25de%25b0%25de%2582%25de%25a7-2 https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7-2/#respond Wed, 04 Aug 2021 13:53:25 +0000 https://blog.storiesbyjana.com/?p=2944

އެންމެ މުހިންމީ ތިބާގެ ނަޒަރިއްޔާތެވެ! އެއްވެސް ބަދަލެއް އައުމުގެ ކުރިން އަޅުގަނޑުމެން ނަމާދާއިމެދު ދެކޭ ނަޒަރިއްޔާތާއިމެދު ވިސްނާލަމާ ހިނގާށެވެ.   އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ. އަހަރެން ނަމާދު ކުރަނީ ކީއްވެ ހެއްޔެވެ؟ އެއީ ހަމައެކަނި އަހަރެން ކުރަންޖެހޭ ކަމަކަށްވީތީ ހެއްޔެވެ؟ ކޮންމެ ދުވަހަކު ކުރަންޖެހޭ އެ ކަމުން އަރައިގަތުމަށް ހެއްޔެވެ؟ އެހެންނޫނީ އެހެން މީހުން އެކަން ކުރާތީ ތިބާވެސް އެކަން ކުރަނީ ހެއްޔެވެ؟   މިވަގުތަކީ ބަދަލެއް ގެންނަންވީ ވަގުތެވެ. އަޅުގަނޑުމެން ނަމާދުކުރަން ފަށަންވީ އަޅުގަނޑުމެންގެ ހިތުގައިވާ […]

The post ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (އެއްވަނަ ބައި) appeared first on Stories by Jana.

]]>

އެންމެ މުހިންމީ ތިބާގެ ނަޒަރިއްޔާތެވެ!

އެއްވެސް ބަދަލެއް އައުމުގެ ކުރިން އަޅުގަނޑުމެން ނަމާދާއިމެދު ދެކޭ ނަޒަރިއްޔާތާއިމެދު ވިސްނާލަމާ ހިނގާށެވެ.

 

އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ. އަހަރެން ނަމާދު ކުރަނީ ކީއްވެ ހެއްޔެވެ؟ އެއީ ހަމައެކަނި އަހަރެން ކުރަންޖެހޭ ކަމަކަށްވީތީ ހެއްޔެވެ؟ ކޮންމެ ދުވަހަކު ކުރަންޖެހޭ އެ ކަމުން އަރައިގަތުމަށް ހެއްޔެވެ؟ އެހެންނޫނީ އެހެން މީހުން އެކަން ކުރާތީ ތިބާވެސް އެކަން ކުރަނީ ހެއްޔެވެ؟

 

މިވަގުތަކީ ބަދަލެއް ގެންނަންވީ ވަގުތެވެ. އަޅުގަނޑުމެން ނަމާދުކުރަން ފަށަންވީ އަޅުގަނޑުމެންގެ ހިތުގައިވާ އިޚްލާޞްތެރި ލޯތްބެއްގެ ސަބަބުންނެވެ. ތިބާ ލޯބިވާ ފަރާތާއި ގާތުގައިވުމަށް ހިތުގައިވާ އެދުމެއްގެ ސަބަބުން ނަމާދުކުރާށެވެ. ލޯބިވާ ފަރާތާއި އެކީގައިވުމުން އިޙްސާސް ކުރެވޭ ހަމަޖެހުމާއި އުފާ އިޙްސާސް ކުރުމަށް ނަމާދުކުރާށެވެ. ތިބާ މީހެއްދެކެ ލޯބިވުމަށް މެދުވެރިވަނީ 3 ސަބަބެކެވެ. އެއީ:

 

އެއީ މީހެއްގެ ހުރި ރީތިކަމެއްގެ ސަބަބުންނެވެ.

 

އެހެންނޫނީ އެމީހަކު އަބަދުވެސް ތިބާއާއިމެދު އޯގާތެރިކަމާއިއެކީ ކަންތައް ކުރާތީވެއެވެ.

 

އެހެންނޫނީ  އެމީހަކު ތިބާއަށްޓަކައި ވަރަށް ގިނަ ކަންތައް ކޮށްދީފައިވާތީވެއެވެ.

 

ދެން ތިބާ ﷲ އާއި މެދު ވިސްނާށެވެ. މަތީގައި މި ދެންނެވި ހުރިހާ ސިފަތަކާއި އަދި އެއަށްވުރެ ވެސް ގިނަ ރަނގަޅު ސިފަފުޅުތައް ވެސް އެކަލާނގެއަށް ނިސްބަތްވެ ވޮޑިގެން ނުވޭހެއްޔެވެ؟ އެހެންކަމަށްވާނަމަ އަޅުގަނޑުމެންގެ ލޯބި އެހެން ހުރިހާ އެއްޗަކާއި މީހުންނަށްވުރެ ވެސް ބޮޑަށް ޙައްޤުވެގެންވަނީ އެކަލާނގެއަށް ނޫންހެއްޔެވެ؟ ﷲ ދެކެ ޙަޤީޤަތުގައި ލޯތްބެއްވުމަކީ މުޅި މި ވުޖޫދުގައިވެސްވާ އެންމެ ބޮޑު ލޯބީގެ އިޙްސާސް ކުރުމެވެ. ޙަޤީޤަތުގައި އީމާންކަމުގެ ފޮނިކަން އިޙްސާސް ކުރެވުމަކީ އެއީއެވެ.

 

ﷲ ގެ ރީތިކަމާއިމެދު ނިކަން ވިސްނާށެވެ. ތިބާގެ ވަށައިގެންވާ ޚަލްޤުތަކުގެ ތެރެއިން ހުރިހާ ރީތި އެއްޗަކަށް ބަލާށެވެ. އެއީ ބޭރުފުށާއި އެތެރެފުށުގެ ރީތި ކަމަށްވިޔަސްމެއެވެ. ވަށައިގެންވާ ހުރިހާ ރީތި އެއްޗަކުން އަޅުގަނޑުމެންނަށް މި ފެންނަނީ ﷲ ގެ ރީތިކަމުގެ ކުޑަ މިންވަރެކެވެ. ދުނިޔޭގައިވާ ހުރިހާ އިންސާނުން ޔޫސުފް ޢަލައިހިއްސަލާމްގެ ރީތި ކަމުން ޚަލްޤުކުރެވި، އެ ރީތިކަން ދުނިޔޭގައިވާހާ އެއްޗެއްގެ ރީތިކަމާއި އެއްކުރެވި، މި ރީތިކަން ﷲ ގެ ރީތިކަމާއި އަޅައި ކިޔުންވެގެންދާނީ އުއްބައްތިއެއްގެ ބަލިކަށި އައްޔަކާއި، އިރުގެ އައްޔާއި އަޅައި ކިޔުން ފަދަ ކަމަކަށެވެ. އަދި ﷲ ގެ ރީތިކަމަކީ އެހެން ހުރިހާ އެއްޗަކާއި ތަފާތު ރީތިކަމެކެވެ. އެހެނީ އެ ރީތިކަމަކީ އަބަދުގެ އަބަދަށް ދެމިގެންދާނެ އެއްޗެކެވެ. ނިކަން ވިސްނާށެވެ. ތިބާ ނަމާދަށް ހުންނައިރު އެކަލާނގެ ގެ ޖަލާލުވަންތަ ރީތި ވަޖުހުފުޅު ވަނީ ތިބާގެ މޫނާއި ދިމާލަށެވެ. (ﷲ ވަނީ ހަތްއުޑުގެ މަތީގައެވެ. އެހެނަސް އެކަލާނގެ ޢިލްމުފުޅުން އެކަލާނގެ އަޅުގަނޑުމެންނާއެކީ ވޮޑިގެންވެއެވެ.)

 

 

އަޅުގަނޑުމެންނަށް މި ދުނިޔޭގައި ފެންނާނެ ވަރަށްވުރެ ﷲ ގެ ރީތިކަން ފުރިހަމަވެ، ބޮޑުވެގެންވެއެވެ. އެކަލާނގެ ޖަލާލުވަންތަކަން މި ދުނިޔެއަށް ދައްކުވައިފިނަމަ މުޅި މި ވުޖޫދުގައިވާ ހުރިހާ އެއްޗެއް ނެތި ހިނގައިދާނެއެވެ. މޫސާ ޢަލައިހިއްސަލާމް ﷲ ދެކެވަޑައިގަތުމަށް އެދިލެއްވުމުން ކަންތައްވީ ގޮތް ހަނދާންކުރާށެވެ. ﷲ ވަޙީކުރެއްވިއެވެ.

 

“ކަލޭގެފާނަށް ތިމަންރަސްކަލާނގެ ޒާތުފުޅު ފެނިވަޑައެއް ނުގަންނަވާނެއެވެ. އެހެނެއްކަމަކު، ފަރުބަދަޔަށް ބައްލަވާށެވެ! ފަހެ، އެ ފަރުބަދަ، އެހުރިތާ ހަރުލައިހުރެއްޖެނަމަ، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ޒާތުފުޅު ފެނިވަޑައިގެންފާނެއެވެ.”

 

އެއަށްފަހު ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ފަރުބަދައަށް ތަޖައްލީވެވޮޑިގަތް ހިނދު (ފެންނަ ގޮތްވީ ހިނދު)، އެ ފަރުބަދަ ކުނޑިކުނޑިވެ ބިމާއި ހަމަވެގެން ދިޔައެވެ. އެހިނދު މޫސާ ޢަލައިހިއްސަލާމް ހޭފުޅުނެތިގެން ވެއްޓިވަޑައިގެންނެވިއެވެ. (ސޫރަތުލް އަޢުރާފްގެ 143 ވަނަ އާޔަތް ބައްލަވާ) ﷲ ގެ ރީތިކަން ފެނިގެން ދިޔަ ފަރުބަދައެއް ފެނުމުން މޫސާ ޢަލައިހިއްސަލާމްއަށް ވީ ގޮތަކީ މިއީއެވެ. ސީދަލަށް އެކަލާނގެ ފެނޭނެނަމަ ވާނެ ގޮތް ތިބާގެ ޚިޔާލަށް ގެންނާށެވެ!

 

ﷲ ގެ އޯގާވަންތަކަމާއި އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވާ ނިޢުމަތްތަކާއިމެދު ވިސްނައިލަމާ ހިނގާށެވެ. އިރުކޮޅަކަށް ދެލޯ މަރައިލުމަށްފަހު ފެނުމުގެ މި ނިޢުމަތާއިމެދު އެކަނި ނަމަވެސް ވިސްނައިލާށެވެ. އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވި ނިޢުމަތްތައް ގުނައިލަން އަޅުގަނޑުމެން މަސައްކަތް ކޮށްފިނަމަ، ހަމަ ޔަޤީނުންވެސް އެ ނިޢުމަތްތައް ޢަދަދެއް ނުކުރެވޭނެއެވެ. ބައެއްފަހަރު އެންމެ ނިޢުމަތެއް ނުލިބުމުން އަޅުގަނޑުމެން ޝަކުވާކޮށް މައްސަލަ ޖައްސައި ހަދަމުއެވެ. އޭގެ ދުވަސްކޮޅެއްފަހުން އެ ނިޢުމަތް އޭރު ނުލިބުމަކީ އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ގޮތްކަން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވެނީ ކިތައް ފަހަރު ހެއްޔެވެ؟ ނިޢުމަތެއް ނުލިބުމަކީ ވެސް ނިޢުމަތެއްކަން އަޅުގަނޑުމެންނަށް އެނގުންވެގެންދަނީ ފަހުންނެވެ. އެހެނީ ﷲ ގެ ޙަޟްރަތުން ހެވެއްނޫނީ އަޅުގަނޑުމެންނަށް ނުލިބޭނެއެވެ.

 

އަދި ޚިޔާލަށް ގެންނާށެވެ. އަޅުގަނޑުމެން ބިރެއްނެތި އެކަލާނގެއަށް އުރެދި ފާފަތަކަށް އަރައިގަންނަ ގޮތް ޚިޔާލަށް ގެންނާށެވެ. އަޅުގަނޑުމެން އެ ފާފަތައް ކުރަނީ ވެސް އެކަލާނގެ ދެއްވި ހަދިޔާތަކާއި ނިޢުމަތްތަކުގެ ބޭނުން ހިފައިގެންނެވެ. އެހެނަސް އެކަލާނގެ ލޯބިފުޅާއި ރަޙްމަތްފުޅުން އެކަލާނގެ ތަކުރާރުކޮށް އަޅުގަނޑުމެންނަށް ބައްލަވައިވޮޑިގެން އަޅުގަނޑުމެން ރައްކާތެރިކުރައްވައެވެ. އެ ފާފަތައް ކުރަމުންދާ ވަގުތުތަކުގައިވެސްމެއެވެ! ހަމަ ޔަޤީނުންވެސް މިހާ އޯގާތެރި ފަރާތެއް ތިބާއަށް ނުފެންނާނެއެވެ. އަދި އެހާ ގިނައިން ތިބާއަށް ނިޢުމަތްތަކާއި ފުރުސަތުތައް ދޭ ފަރާތެއް ވެސް ތިބާއަށް ނުފެންނާނެއެވެ. ތިބާގެ ލޯތްބަށް އެއަށްވުރެ ބޮޑަށް ޙައްޤުވާ ފަރާތެއް ތިބާއަށް ނުފެންނާނެއެވެ.

 

މިކަން ހަނދާނުގައި ބަހައްޓާށެވެ: މި ޙަޔާތުގެ ފޮނިކަންވަނީ އެކަލާނގެ ހަނދުމަކުރުމުގައެވެ. އަދި އާޚިރަތުގެ ޙަޔާތުގެ ފޮނިކަން ވަނީ އެކަލާނގެ ފެނުމުގައެވެ.

 

ދެން ފަހަރަކު ތިބާ ނަމާދަށް ދާއިރު، އެކަލާނގެ ދެކެ ލޯބިވާތީ ނަމާދަށް ދާށެވެ. އަދި އެކަލާނގެއާއި އެކީގައިވުމަށް އެދޭތީ ނަމާދަށް ދާށެވެ. ތިބާގެ ހިތުގެ ތެޅުން ބަދަލުވާ ގޮތް އިޙްސާސް ކުރާށެވެ. ނަމާދުން ލިބެންޖެހޭ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުމުގެ މަގުމަތީގައި ތިބާއަށް ވެވޭނީ އޭރުންނެވެ.

 

ނުނިމޭ

The post ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (އެއްވަނަ ބައި) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7-2/feed/ 0 2944
ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ޓްރެއިލާރ) https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7/?utm_source=rss&utm_medium=rss&utm_campaign=%25de%2582%25de%25a6%25de%2589%25de%25a7%25de%258b%25de%25aa%25de%258e%25de%25ac-%25de%2599%25de%25a6%25de%25a4%25de%25a9%25de%25a4%25de%25a9-%25de%258d%25de%25a6%25de%2587%25de%25b0%25de%2592%25de%25a6%25de%258c%25de%25aa-%25de%258d%25de%25a8%25de%2584%25de%25a8%25de%258e%25de%25a6%25de%2582%25de%25b0%25de%2582%25de%25a7 https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7/#comments Sat, 31 Jul 2021 16:05:32 +0000 https://blog.storiesbyjana.com/?p=2929

بِسم اللّه الرحمن الرحيم ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ. ______________________________________________________ އީމާންކަމުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާށެވެ. ތިބާ އެކަމަށް އެދޭނަމައެވެ! ނޯޓް: މިއީ މިޝަރީ އަލް-ޚައްރާޒް 2008 ވަނަ އަހަރު ދެއްވާފައިވާ ދަރުސް ސިލްސިލާއެއް ޚުލާޞާކޮށް އިނގިރޭސިން ލިޔެފައިވާ ފޮތެއްގެ ތަރުޖަމާއެކެވެ.   އެންމެހާ ޙަމްދެއް ޙައްޤުވަނީ ﷲ އަށެވެ. ސަލާމާއި ޞަލަވާތް ލެއްވުން އެދި ދުޢާކުރަނީ އަޅަމެންގެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށެވެ.   ކޮންމެ ކާ އެއްޗެއްގައި ޚާއްޞަ […]

The post ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ޓްރެއިލާރ) appeared first on Stories by Jana.

]]>

بِسم اللّه الرحمن الرحيم

ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.

______________________________________________________

އީމާންކަމުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާށެވެ. ތިބާ އެކަމަށް އެދޭނަމައެވެ!

ނޯޓް: މިއީ މިޝަރީ އަލް-ޚައްރާޒް 2008 ވަނަ އަހަރު ދެއްވާފައިވާ ދަރުސް ސިލްސިލާއެއް ޚުލާޞާކޮށް އިނގިރޭސިން ލިޔެފައިވާ ފޮތެއްގެ ތަރުޖަމާއެކެވެ.

 

އެންމެހާ ޙަމްދެއް ޙައްޤުވަނީ ﷲ އަށެވެ. ސަލާމާއި ޞަލަވާތް ލެއްވުން އެދި ދުޢާކުރަނީ އަޅަމެންގެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށެވެ.

 

ކޮންމެ ކާ އެއްޗެއްގައި ޚާއްޞަ ލައްޒަތެއްވެއެވެ. ކުޅުމުގައި ވެސްމެއެވެ. އަދި ފައިސާ ހޭދަކުރުމުގައިވެސް މެއެވެ. ހަމަ އެހެންމެ ހުނުމުގައި ވެސް ވަކި ލައްޒަތެއްވެއެވެ. މި ހުރިހާ ކަމެއްގައި ވެސް ވަނީ ދާދި އެއްކަހަލަ ލައްޒަތެކެވެ. އެހެނަސް ޙަޤީޤީ އީމާންކަމުގެ ލައްޒަތަކީ ދުނިޔޭގެ އެހެން ހުރިހާ ކަމަކާއި ވެސް ތަފާތު އެއްޗެކެވެ. އެހެނީ ޙަޤީޤީ އީމާންކަމަކީ މި ދުނިޔޭގައި އުޅޭ މީހުންގެ ޙާލަތެއް ނޫނެވެ. އެހެނެއްކަމަކު އެއީ ސުވަރުގޭގައި ތިބޭ މީހުންގެ ޙާލަތެކެވެ! – އިބްނު އަލް-ޤައްޔިމް (ރަޙިމަހު ﷲ)

 

ސުވަރުގޭގައި ތިބޭ މީހުންނަށް ކުރެވޭނީ ކޮންކަހަލަ އިޙްސާސްތަކެއް ހެއްޔެވެ؟ މި ދަންނަވަން އުޅޭ ފޮނި މީރުކަން ތިބާއަށް އިޙްސާސް ކުރެވިފައިވާނަމަ ތިބާއަށް އެނގޭނެއެވެ. އީމާންކަމުގެ ފޮނި މީރުކަން ތިބާއަށް ދުވަހަކުވެސް އިޙްސާސް ކުރެވުނު ހެއްޔެވެ؟ އެކަން އިޙްސާސް ކުރެވުނު މީހުން ބުނެއެވެ. އެ އިޙްސާސް މާމުޔަށްވުރެ ވެސް ފޮންޏެވެ. އެހެނަސް ޙަޤީޤަތުގައި އެއީ އަޅުގަނޑުމެން ދަންނަ އެއްވެސް އެއްޗަކާއި އަޅައި ކިޔޭނެ އިޙްސާސެއް ނޫނެވެ.

 

އަޅުގަނޑުމެން ބޭނުންވަނީ މި ފޮނި މީރުކަން އިޙްސާސް ކުރާށެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ މިއީއެވެ. އީމާންކަމާއި، އެއާއިއެކީ އަންނަ އެހެން ހުރިހާ ކަމެއްގެ ފޮނި މީރުކަން އިޙްސާސް ކުރުމެވެ. އަދި އަޅުގަނޑުމެން ފަށާނީ ނަމާދުގެ ފޮނިކަމުންނެވެ. ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް ކަމުންނެވެ!

 

މި ސިލްސިލާގެ މަޤްޞަދުތައް:

ތިބާގެ ނަމާދު އެއްކޮށް ބަދަލުކޮށްލުމެވެ! މި ސިލްސިލާ ނިމުމުގެ ކުރިން ތިބާގެ ނަމާދަށް ބޮޑެތި ބަދަލުތައް އަންނަމުން ދާކަން ތިބާއަށް ފާހަގަވާނެއެވެ. (އިން ޝާ ﷲ)

ތިބާއަށް ދުވަހަކުވެސް އިޙްސާސް ނުކުރެވޭފަދަ އުފާވެރިކަމަކުން ތިބާގެ ހިތް ފުރައިލުމެވެ. އަދި ތިބާގެ ޙަޔާތުގައި ތަޖުރިބާ ކުރެވުނު ހުރިހާ ހިތްދަތިކަމެއް ނެތިކޮށްލާނެ ފަދަ ހިތްހަމަޖެހުމެއް ގެނެސްދިނުމެވެ.

ފިރްދައުސް އަލް-އަޢްލާ (ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ) އާއި ހަމައަށް ދިޔުމެވެ. (އިން ޝާ ﷲ) އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

“މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެބައިމީހުންނީ އެބައިމީހުންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ……ވާރުތަވާ މީހުންނަކީ ހަމަ އެމީހުންނެވެ. އެބައިމީހުންނަކީ އަލް-ފިރްދައުސް ވާރުތަވާ މީހުންނެވެ. އެބައިމީހުން އެތާނގައި ދެމިތިބޭނެއެވެ.”

سورة المؤمنون, 1-11

 

**

 

ލޮބުވެތި ކިޔުންތެރިޔާއެވެ.

 

ތިބާގެ ނަމާދުން ތިބާގެ ޙަޔާތަށް ކުރަންޖެހޭ ފުރިހަމަ އަސަރު ނުކުރާހެން ތިބާއަށް ހީވޭހެއްޔެވެ؟ އެކަން އެހެންވަނީ ތިބާ އެ ނަމާދަށް ދޭންޖެހޭ ފަރުވާތެރިކަމާއި ސަމާލުކަން ނުދެވޭތީވެހެން ތިބާއަށް ހީވޭހެއްޔެވެ؟ އަޅުގަނޑުމެންގެ ޙަޔާތް ބަދަލުވެގެން ދާނެ ފަދައަކުން ނަމާދާއި ‘ގުޅުމުގެ’ ހުނަރު އަޅުގަނޑުމެންގެ ކިބައިން ގެއްލިފައިވާ ފަދައެވެ. އެހެންނޫނީ އެކަން އަޅުގަނޑުމެންނަށް ދުވަހަކުވެސް ދަސްކޮށްދެވިފައި ނުވަނީއެވެ.

 

އަޅުގަނޑުމެންގެ ކުރިން ވަޑައިގެންފައިވާ ބޭކަލުންގެ މިސާލުތަކަށް ބައްލަވާށެވެ.

 

އެއްދުވަހަކު މުސްލިމުން ރަސޫލާ ﷺ އާއި އެކީ ހަނގުރާމައަކަށް ދިޔުމަށް ނިކުމެވަޑައިގަތެވެ. އެ ދަތުރު މަތީގައި ރަސޫލާ ﷺ ދެ ޞަޙާބީން އަރިހުގައި ލަޝްކަރުގެ ރައްކާތެރިކަމަށް ތިއްބެވުމަށް އެންގެވިއެވެ. އެ ދެ ޞަޙާބީންނަކީ މުހާޖިރުންގެ ތެރެއިން ބޭކަލަކާއި އަންޞާރީންގެ ތެރެއިން ބޭކަލެކެވެ. ލަޝްކަރުގެ ރައްކާތެރިކަމުގައި ތިބި ވަގުތު މުހާޖިރު ޞަޙާބީ އަރާމު ކުރައްވަން ނިންމިއިރު އަންޞާރީ ޞަޙާބީ ނިންމެވީ ނަމާދު ކުރެއްވުމަށެވެ. މިފަދައިން ތިއްބަވަނިކޮށް ކާފިރަކު ފޮނުވި ތީރުގެ ޙަމަލާއެއް ނަމާދަށް ކޮޅަށް ހުންނެވި އަންޞާރީގެ މޭމައްޗަށް އެރިއެވެ. އަންޞާރީ އެ ތީރު މޭމަތިން ނަންގަވައި ނަމާދު ކުރިއަށް ގެންދެވިއެވެ. ކާފިރު މީހާ ދެވަނަ ތީރެއް ފޮނުވުމުން ވެސް އަންޞާރީގެ ގަޔަށް ހެރުނެވެ. އަނެއްކާވެސް އަންޞާރީ އެ ތީރު ނަންގަވައި ނަމާދާއިގެން ކުރިއަށް ދިޔައެވެ. ތިންވަނަ ތީރެއް ފޮނުވައިލެވުމުން އަންޞާރީއަށް އެންމެ ފަހުން ކޮޅަށް ނުހުރެވި ލޭ ފައިބަމުން ދާ ޙާލުގައި ރުކޫޢަށާއި ސަޖިދައަށް ވެއްޓުނެވެ. އިސާހިތަކު ކާފިރުމީހާ އެތަނުން ފިލައިގެން ދިޔަ ވަގުތު މުހާޖިރު ޞަޙާބީއަށް ހޭލެވި އަންޞާރީގެ އެހީއަށް ވަޑައިގެންނެވިއެވެ. އަދި ދެންނެވިއެވެ. “ސުބްޙާނަ ﷲ! އެންމެ ފުރަތަމަ ތީރާއެކީ ތިބާ އަހަންނަށް ނޭންގީ ކީއްވެ ހެއްޔެވެ؟؟” އަންޞާރީ ޖަވާބުގައި ދެންނެވިއެވެ. “އަހަރެން ކިޔަވަން ހުރީ ވަރަށް ރީތި ސޫރަތެކެވެ. އެ ސޫރަތުގެ މެދުތެރެއިން ހުއްޓައިލަން ބޭނުމެއް ނުވީއެވެ.”

 

އިމާމް ބުޚާރީ އެއްފަހަރެއްގައި ނަމާދަށް ހުންނަވަނިކޮށް ވޭރުހުއްޔެއް 17 ފަހަރު އެކަލޭގެފާނުގެ ހަށިކޮޅަށް ކަށި ހެރިއެވެ. ނަމާދު ނިމުމުން އުދަގުލެއް އިޙްސާސް ކުރެވުނީތީ އެއީ ކީއްވެގެން ކުރެވޭ އިޙްސާސެއްކަން އެނގޭތޯ ކައިރީގައި ތިބި މީހުން ކުރެން ސުވާލުކުރެއްވިއެވެ.

 

އިބްނު-އައްޒުބެއިރު އެއްފަހަރު ނަމާދަށް ހުންނަވަނިކޮށް އެކަލޭގެފާނު ނަމާދު ކުރަމުން ދިޔަ ބިމުގެ މައްޗަށް ސާޅަނގައިގެ (catapult) ޙަމަލާތަކެއް އައެވެ. އެހެނަސް އެކަލޭގެފާނު ގުޑައިލުމެއްވެސް ނެތި ނަމާދަށް ހުންނެވިއެވެ.

 

ޢަލީގެފާނު ނަމާދަށް ވުޟޫކުރައްވާ ކޮންމެ ފަހަރަކު، އެކަލޭގެފާނު ވެރި ރައްބުގެ ކުރިމަތީގައި ކޮޅަށް ހުންނަވަންޖެހޭ ކަމާއިމެދު ވިސްނޭތީ މޫނު ހުދުވެ ބިރުން ތުރުތުރު އަޅުއްވައެވެ.

 

އެހެން ޞަޙާބިއްޔަކު ބައްޔެއްގެ ސަބަބުން ހަށިގަނޑުގެ ގުނަވަނެއް ވަކިކޮށްލަން ޖެހުނެވެ. އެ ޞަޙާބީ އެދިލެއްވީ އެކަލޭގެފާނު ނަމާދަށް ހުންނަވަނިކޮށް އެކަން ކުރުމަށެވެ.

 

އެއް ޞަޙާބިއްޔަކު ނަމާދަށް ހުންނަވަނިކޮށް މިސްކިތުގެ ފާރެއް އެއްކޮށް ވެއްޓިގެން ދިޔައެވެ. އެހެނަސް އެކަން ހިނގިކަން އެ ޞަޙާބީއަށް އެނގިލެއްވީ ނަމާދު ނިމުމުންނެވެ. ނަމާދުގެ ތެރެއަށް އެހާވެސް ބޮޑަށް ވަދެވިފައިވީތީވެއެވެ.

 

ނަމާދުން ލިބެންޖެހޭ މި ދަރަޖައިގެ ލައްޒަތާއި ހިތްހަމަޖެހުން މި ބޭކަލުން ހޯދެއްވީ ކިހިނެއް ހެއްޔެވެ؟ އަޅުގަނޑުމެންނަށް މި ދަރަޖައަށް ދެވުމަކީ ވެދާނެ ކަމެއް ހެއްޔެވެ؟ އަޅުގަނޑުމެންގެ ނަފްސުތަކަށް އަސަރު ކުރާނެ ފަދައިން އަޅުގަނޑުމެން ނަމާދުކުރާނީ ކިހިނެއް ހެއްޔެވެ؟ އަޅުގަނޑުމެން ދަސްކުރަން ބޭނުންވާ ކަމަކީ މިއީއެވެ. (އިން ޝާ ﷲ)

 

The post ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ޓްރެއިލާރ) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%82%de%a6%de%89%de%a7%de%8b%de%aa%de%8e%de%ac-%de%99%de%a6%de%a4%de%a9%de%a4%de%a9-%de%8d%de%a6%de%87%de%b0%de%92%de%a6%de%8c%de%aa-%de%8d%de%a8%de%84%de%a8%de%8e%de%a6%de%82%de%b0%de%82%de%a7/feed/ 1 2929