Hijra Archives - Stories by Jana Sun, 18 Apr 2021 15:15:52 +0000 en-US hourly 1 https://wordpress.org/?v=6.9.4 191921862 Hijra (Last Part) https://blog.storiesbyjana.com/hijra-last-part/?utm_source=rss&utm_medium=rss&utm_campaign=hijra-last-part https://blog.storiesbyjana.com/hijra-last-part/#respond Fri, 16 Apr 2021 11:49:44 +0000 https://blog.storiesbyjana.com/hijra-part-49-copy/

The post Hijra (Last Part) appeared first on Stories by Jana.

]]>

“ޔޫނުސް؟” ކަންފަތުގައި ޖެހުނު އަޑަކުން ޔޫނުސްއަށް ހީވީ އޭނަގެ ހިތަށް އާ ދިރުމެއް ލިބުނީ ހެންނެވެ. އޭނައަށް ހިނދުކޮޅެއް ވަންދެން އެއީ ކާކުގެ އަޑެއްކަން ޔަޤީންކުރަން ދަތިވެފައި އިނދެވުނެވެ.

 

“ނަސް….ރާ؟” ޔޫނުސްއަށް ކިޔާލެވުނެވެ. އެވަގުތު ފޯނުގެ އަނެއްކޮޅުގައި ހުރި ނަސްރާ ދެލޯ މަރާލުމުން އޭނަގެ ކޯތާފަތްމައްޗަށް ކަރުނަތައް ފައިބައިގެންއައެވެ. ޔޫނުސްގެ އަޑު އިވުނަސް ޔޫނުސް ހުރީ އޭނައާއި ކިހާ ދުރުގައިކަން އެނގުންވީ ހިނދު ނަސްރާގެ ދެލޯ ތަގުޅިވެ އޭނައަށް ރޮވެން އުޅުނެވެ. ނުރޯން މަސައްކަތް ކުރިއެއްކަމަކު މާ ގިނައިރެއްނުވެ ނަސްރާއަށް ގިސްލެވެން ފެށިއެވެ. އެ ގިސްލުމުގެ އަޑު އިވިފައި ޔޫނުސްގެ މޫނުމައްޗަށް ވެސް ހިތާމަވެރިކަން ވެރިވިއެވެ. މިފަދަ ވަގުތެއްގައި ފުރަތަމަ ފަހަރަށް ނަސްރާއާއި މިހާ ދުރުގައި ހުރެވުނީތީ ޔޫނުސްގެ ހިތަށް އުނދަގޫވިއެވެ.

 

 

“ނަސްރާ ނުރޮއި. ނަސްރާ ބުނެބަލަ ނަސްރާ ތިހުރީ ކޮންތާކުކަން. އަހަރެން ބަލައި އަންނާނަން.” ޔޫނުސް ރޫރޫއަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ.

 

“އަހަންނަކަށް ނޭނގޭ އަހަރެން މިހިރީ ކޮންތާކުކަން ޔޫނުސް. އަހަރެން މިތަނަށް ގެނައިއިރުވެސް އޮތީ ހޭނައްތާފަ. އެމީހުން އެރޭ ގެއަށް އައިއްސަ ވަގުތުން ހޭނައްތާލި. އަހަންނަށް ހޭލެވުނުއިރު އޮވެވުނީ މި ކުޑަ ކޮޓަރީގަ. ހޭލެވުނުއިރު ގައިގެ އެތަން މިތަނުގަ ހުރީ ބެންޑޭޖް އަޅާފަ. ނޭނގެ އަހަންނަށް ކޮން ގޮތަކަށް ލިބުނު ޒަޚަމްތަކެއް ކަމެއް.” ނަސްރާ ރޮވިފައިހުރެ ކިޔައިދިނެވެ. ޔޫނުސް ދެބުމަ ކައިރިކޮށްލަމުން އެއްޗެކޭ ބުނަން އުޅުނު ވަގުތު ނަސްރާ ދެންވެސް ވާހަކަ ދެއްކިއެވެ.

 

“ޔޫނުސް ކިހިނެއްތަ؟ މި މީހުން އެބަ ބުނޭ ޔޫނުސްއަށް ވެސް އަނިޔާތަކެއް އެބަދެވޭ. އެއީ ތެދެއްތަ؟” ނަސްރާ ސުވާލުކުރިއެވެ.

 

“ނޫން ނަސްރާ އެއީ ދޮގު! އަހަރެން މިހިރީ ގޭގަ ސަލާމަތުން. އެކަމަކު އަހަރެން ރަނގަޅެއްނޫން. ނަސްރާމަތިން ހަނދާންވަނީ.” ޔޫނުސް އެހެންބުނެލިއިރު އޭނަގެ ކޯތާފަތްމައްޗަށް ކަރުނައެއް ފައިބައިގެންއައެވެ.

 

“ޔޫނުސް….” ނަސްރާ މިފަހަރުވެސް ރޮވިފައިހުރި އެއްޗެކޭ ބުނަން އުޅުނު ވަގުތު އޭނައަށް ބޭރުން ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ. އެއާއެކު އޭނައަށް ދޮރާއި ދިމާލަށް ނަޒަރު ހިންގާލަމުން ތެޅިގަނެވުނެވެ.

 

“ޔޫނުސް އަހަރެން ބާއްވަނީ ބާއި.” ނަސްރާ އެއްނޭވާއަކުން އަވަސްއަވަހަށް ބުނެ އޭނަގެ އަތުގައި އޮތް ފޯނު ދުރުގައި ބޭއްވިއެވެ. އެވަގުތު ފޯނުގެ އަނެއްކޮޅުގައި ހުރި ޔޫނުސް އެއްޗެކޭ ބުނަން އުޅެފައި ފޯނުގެ ސްކްރީނަށް ޙައިރާންކަމާއެކީ ބަލާލިއެވެ. ފޯނު އަދިވެސް ނުކެނޑޭކަން އެނގުމުން ޔޫނުސް އަނެއްކާވެސް އޭނަގެ ކަންފަތުގައި ފޯނު ޖައްސާލިއެވެ.

 

މިފަހަރު ނަސްރާއަށް ތަޅުންމަތީގައި ނުއޮށޯވެނީސް އެއްކަލަ ޒުވާނާ ދޮރު ހުޅުވައިފިއެވެ. ނަސްރާ ހޭލާ އިންތަން ފެނިފައި ޒުވާނާގެ ރަތްވެފައިވާ ދަތްތައް ފެނުނެވެ.

 

“ލޯބިވާ ހޭލީތަ؟” ޒުވާނާ އެހެން ބުނެލި އަޑު ފޯނުގައި އިން ޔޫނުސްއަށް އިވިފައި އޭނަގެ ބުމަގޮށްޖެހުނެވެ. ޒުވާނާގެ ޖެހިލުންވެފައި އިން ނަސްރާއާއި ދިމާލަށް އަޅަމުން ދިޔަ ފިޔަވަޅުތަކުގެ އަޑު އިވުމުން ޔޫނުސް ފޯނު ކަނޑާލިއެވެ. އެއަށްފަހު އަނެއްކާވެސް އެ ނަންބަރަށް ގުޅާލިއެވެ. ޒުވާނާ ނަސްރާއާއި ފިޔަވަޅެއްހާ ދުރުގައި ހުއްޓާ ފޯނު ރިންގުވާ އަޑު އިވުނެވެ. އެއާއެކު އެ ޒުވާނާއާއި ނަސްރާގެ ނަޒަރުވެސް އެ ފޯނަށް ހުއްޓުނެވެ. އެއީ ޔޫނުސްއޭ ހިތަށްއެރި ވަގުތު ނަސްރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ޒުވާނާ ހިސާބަކަށް ނުރުހުންވެހުރެ ގޮސް ފޯނު ނަގައި ބަލާލިއެވެ.

 

“ކާކުތަ ގުޅަނީ؟” ދޮރުމައްޗަށް އެރި ގަމީހާއި ފަޓުލޫނު ލައިގެން ހުރި މެދު އުމުރުގެ ފިރިހެން މީހާ ސުވާލުކުރިއެވެ.

 

“ނޭނގޭ. މިއީ ފާއިޒްގެ އާ ނަންބަރު ކަންނޭނގެ. ހެލޯ؟” ޒުވާނާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ޔޫނުސްއަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނެވެ.

 

“ކެނޑުނީތަ އަނެއްކާ؟ ފާއިޒް؟ ކިހިނެއްތަވީ ބޮޑު މީހާގެ އާ އަމުރެއް އައީތަ؟” ޒުވާނާ ބުނެލި ވާހަކައިން ޔޫނުސްއަށް ހީވީ އޭނައަށް ރަނުގެ ފުރުޞަތެއް ލިބުނީހެންނެވެ. އޭނަ ވަގުތުން ނަސްރާ ދޫކޮށްލަން އަންގަން ބޭނުންވިއެވެ. އެހެނަސް އެމީހުންނަށް އޭނައަކީ ފާއިޒް ނޫންކަމަށް ޝައްކުވެދާނެތީ ޔޫނުސް އެހެން ބުނަން ޖެހިލުންވިއެވެ. ނަސްރާ ހުރީ ކޮންތާކުތޯ ސުވާލުކުރަން އުޅެފައިވެސް އޭނަ މިއީ ފާއިޒްވިއްޔާ އެކަން އެނގޭނެއެއްނޫންތޯ ޔޫނުސްގެ ހިތް ބުންޏެވެ. އެހެން ކަމުން އޭނަ ބުނެވިދާނެ އެހެން ވާހަކައަކާމެދު ވިސްނިއެވެ.

 

“ބޮޑު މީހާ ބުނީ އަންހެން ކުއްޖާއަށް ދެން އިތުރުކަމެއް ނުކުރާށޭ. އޭނަ ކޮންމެހެން ވެސް ނުމަރާވެވޭތޯ ބަލަން އެބަޖެހެއެއްނު؟” ޔޫނުސް އޭނަގެ އަޑު ބަރު ކުރެވޭތޯ މަސައްކަތް ކުރަމުން ޖެހިލުންވުމަކާއެކީ ބުނެލިއެވެ.

 

“ކީކޭ؟! އަސްލުވެސްތަ؟ ގައިމު އިއްޔެގަ ވެސް ބޮޑުމީހާ ބުނީ އެ ކުއްޖާއަށް ވެވުނުހާ ގޯސްކަމެއް ކުރާށޭ. ޔަޤީންތަ ބޮޑު މީހާ ބުނީ ތިހެންކަން؟” ޒުވާނާ ދެއްކި ވާހަކަ އަޑުއަހަން އިން ނަސްރާގެ ނިތަށް ރޫގިނަވިއެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ޔޫނުސް އޭނައަކީ ކާކުކަން ޒުވާނާއަށް ނޭނގުނީތީ ހިތާހިތުން ޙަމްދުކުރިއެވެ.

 

“އާނ ޔަޤީން. މިހާރު އެ ޔޫނުސް ވެސް ބުނެފި އެ އަންހެން ކުއްޖާ މަރައިފިއްޔާ ބޮޑު މީހާގެ ވާހަކަ ޚަބަރުގައި ގެންނާނަމޭ.” ޔޫނުސް އޭނަގެ ބަދަލުކުރެވިފައިވާ އަޑުން ބުންޏެވެ.

 

 

“އެހެންތަ؟ އެހެންވިއްޔާ ދެން……..އެ ކުއްޖާ ހަމަ ބަނދެފަ ބައިންދަންވީ؟” ޒުވާނާ އަދިވެސް ޙައިރާންވެހުރެ ބުނެލިއެވެ. ނަސްރާއާއި ދޮރުމަތީގައި ހުރި ފިރިހެން މީހާގެ މޫނުމައްޗަށް ވެސް ވެރިވީ ޙައިރާންކަމެކެވެ.

 

“އާނ.” ޔޫނުސް ބުންޏެވެ.

 

“އޯކޭ…..ބާއްވަނީ.” ޒުވާނާ އެހެން ބުނެލަމުން ފޯނު ކަނޑާލިއެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ޔޫނުސްގެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނައަށް ނަސްރާއާއި ހަމައަށް ނުދެވެނީސް އެ މީހުންނަށް އަސްލު ފާއިޒާއި ދިމާނުވާނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި ދުޢާކުރެވުނެވެ.

 

“އެކުއްޖާއަށް އެއްވެސް ކަމެއް ނުކުރާށޭ ބުންޏޯ ބޮޑު މީހާ.” ޒުވާނާ ފިރިހެން މީހާ ގާތު ބުނެލިއެވެ. އެ އަޑު އިވިފައި ދެންމެ ގުޅީ ޔޫނުސްބާވައޭ ނަސްރާގެ ހިތަށްއެރިއެވެ.

 

“ކީކޭ؟ އެއީ ހަމަ ފާއިޒްތަ؟” ފިރިހެން މީހާ ޒުވާނާގެ ކައިރިއަށް ޖެހިލަމުން ޒުވާނާގެ އަތުގައި އޮތް ފޯނަށް ބަލާލިއެވެ.

 

“އަހަންނަށް ހީވަނީ އޭނަހެން. ބުނި ތިމަންނަ އާ ނަންބަރެއް ނަގަނީއޭ. އޭ މި ފޯނުން ވެސް އެ ނަންބަރަށް ގުޅާފަ އެބަހުރި. ހަމަ ދެންމެއަކު. އަހަންނެއް ނުގުޅަން.” ޒުވާނާ އަންތަރީސްވެފައި ފޯނުގެ ސްކްރީނަށް ބަލަން ހުރިތަން ފެނިފައި ނަސްރާގެ ހިތް ނުތަނަވަސްވެ ނިތުން ދާތިކިތައް ހިއްލަން ފެށިއެވެ.

 

“ކޮންތާކުތަ ފޯނު އޮތީ؟” ފިރިހެން މީހާ ސުވާލުކުރިއެވެ.

 

“ފޯނު…….މިތާ އޮތީ!” ޒުވާނާ ކުއްލިއަކަށް އެނގުންވީ ފަދައަކުން ނަސްރާއަށް ބަލާލިއެވެ. އެއާއެކު ނަސްރާގެ ހިތް މޭފަޅާލާފައި ނިކުމެދާނެހެން ހީވާ ވަރަށް ތެޅެން ފެށިއެވެ. އޭނަ ވަގުތުން ފިލަން ބޭނުންވިއެވެ. އެހެނަސް ބޮޑު ދެ ފިރިހެނުންގެ ކިބައިން އޭނަ ސަލާމަތް ނުވާނެކަން ޔަޤީންވުމުން ނަސްރާއަށް އިންގޮތަށް އިނދެވުނީއެވެ. އޭނަ ބަލަބަލާ ހުއްޓާ ޒުވާނާ ފޯނު އަތުގެ ކޮޅަށް ހޫރާލަމުން ދިގު ފިޔަވަޅުތަކެއްގައި އައިސް އޭނަ އިސްތަށިގަނޑުގެ ބައެއްގައި ބާރަށް ހިފަހައްޓާލިއެވެ. އިޙްޞާސް ކުރެވުނު ތަދެއްގެ ސަބަބުން ނަސްރާއަށް ދެލޯ މަރާލަމުން ހަޅޭއްލެވުނެވެ.

 

“ކާކަށްތަ ކަލޭ ގުޅީ؟” ޒުވާނާ ހަރުއަޑުން ސުވާލުކުރިއެވެ. ނަސްރާއަށް ރޮއިގަނެވުނެވެ. އޭނަގެ ފަރާތުން ޖަވާބެއް ނުލިބުމުން ޒުވާނާ އޭނަގެ އިސްތަށިގަނޑަށް އިތުރަށް ބާރުކޮށްލިއެވެ. އެއިން ނަސްރާގެ ރުއިމުގެ އަޑު ގަދަވުން ނޫންކަމެއްނުވިއެވެ.

 

“އޭނަގެ ޢާއިލާ މީހަކަށްތާ ގުޅާނީ……..މަށަށް ފެންނަނީ މިތަނުން އެހެން ތަނަކަށް މި ކުއްޖާ ބަދަލުކުރަން. މީނަ އަހަރުމެންގެ ވާހަކަތައް އަޑުއަހައިގެން އެ މީހަކަށް މިތިބީ ކޮންތާކުކަން ވެސް ކިޔައިދީފި ކަންނޭނގެ.” ފިރިހެން މީހާ ދުރުގައި ހުރެ ރުޅިވެރިކަމާއެކީ ބުންޏެވެ. އެ ވާހަކަ އިވިފައި ޒުވާނާ ނަސްރާގެ އިސްތަށިގަނޑު ފަހަތަށް ދަމައި ދޫކޮށްލުމުން ނަސްރާގެ ބޯ ބާރަށް ގޮސް ތަޅުންމަތީގައި ޖެހުނެވެ. ބޮލަށްވީ ތަދާއިއެކީ ނަސްރާގެ ލޮލުން ކަރުނަ ހިލުނެވެ.

 

“ހަމަ ރަނގަޅަށް ތިބުނީ. ބޮޑު މީހާއަށް އަންގާނީ ބަދަލުކޮށް ނިމުނީމަ. އަހަރެން ބޭނުމެއްނުވޭ އަހަރެންގެ ފޯނުގެ ސަބަބުން ޖެހުނު މައްސަލައެއް ހައްލު ނުވަނީސް ބޮޑު މީހާއަށް އަންގާކަށް.” ޒުވާނާ ބުންޏެވެ.

 

“އެކަމަކު ބޮޑު މީހާއަށް ނާންގާ ކިހިނެއް މި ކަހަލަ ރީތި ގެއެއް ހޯދާނީ؟ މި ގެ ބޭރުފުށުން ބަލާފަ މީހަކަށް ހިއެއްވެސް ނުވާނެ މިއީ މީހަކު ހައްޔަރުކޮށްގެން އުޅެފާނެ ގެއެކޭ. އެދުވަހުވެސް ޔޫނުސް އައިމަ މި ގެއަށް ބޮޑު މީހާ ގެނައި ޢާއިލާގެ މީހުންވެގެން ކިހާ ރަނގަޅަށް އޭނަ އޮޅުވާލެވުނީ؟ އަހަރުމެންނަށް އެކަނި އެކަން ކުރެވޭނެތަ؟” ފިރިހެން މީހާ ޒުވާނާއަށް ވިސްނައިދޭން އުޅޭފަދައަކުން ކިޔައިދިނެވެ. ޔޫނުސް އޭނައާއި އެހާ ކައިރިއަށް އައިސްފައި ދިޔަ ވާހަކަ އިވުމުން ނަސްރާގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެވެ.

 

“މާ ގިނަ ވާހަކަ ނުދައްކާ! މިރޭ ދަންވަރު ރަށުތެރެ ހިމޭންވީމަ މީނަ ހޭނައްތައިގެން އެހެން ތަނަކަށްދާނީ.” ޒުވާނާ އިތުރު ވާހަކައެއް އަޑުއަހަން ބޭނުންނުވާ ފަދައަކުން ފިރިހެން މީހާއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްފައި ބުނެލިއެވެ.

 

**

 

އެރޭގެ 2:00 ޖެހި ވަގުތު މިސްބާޙަށް ހޭލެވުނީ ސިޓިންގް ރޫމުގައި ޓީވީ ހުޅުވާފައި ހުރި އަޑު ކޮޓަރި ތެރެއަށް އިވުމުންނެވެ. އޭނަ އެނދުގައި އޮވެ ކުޑަކޮށް ބޯހިއްލާލަމުން ޙައިރާންކަމާއެކީ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލިއެވެ. ޓީވީގެ އަޑުގަދަވެގެން ދިޔަހެން ހީވުމުން މިސްބާޙް އެނދުން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު އެއްވެސް ބޮތްކެއް ނުދިއްލާ ހުރި ސިޓިންގް ރޫމުގެ ދިގު ސޯފާގައި ޓީވީއިން ފުޓުބޯޅަ މެޗެއް ބަލަން އިން އަމީން މިސްބާޙަށް ފުރަގަހުން ފެނުނެވެ. އަމީންގެ ގާތަށް ދިޔުމަށް މިސްބާޙް ކޮޓަރިން ބޭރަށް ފިޔަވަޅެއް އެޅުނެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އަމީން އޭނަގެ ކަރުގައި ހިފި ހަނދާންވުމުން އޭނަގެ ޙަރަކާތްތައް މަޑުޖެހުނެވެ. އެއަށްފަހު ބައްޕަ އޭނައަށް ދިންހާ އަނިޔާތައް ހިނދުކޮޅެއްގެ ތެރޭގައި ލޯ ކުރިމަތިން ސިފަވެގެން ދިޔުމުން މިސްބާޙް ބައްޕަ ގާތަށް ނުދާން ނިންމިއެވެ. އެހެނަސް އެއީ އޭނަގެ ބައްޕައޭ ހިތް ބުނި ހިނދު މިސްބާޙަށް އަމީނާއި ދިމާލަށް ބަލަން ހުރެވުނެވެ. ބައްޕަ އޭނައަށް އެއްދުވަހު ދިން އަނިޔާއެއްގެ ސަބަބުން އޭނަ ބައްޕައާއި ދުރުވާންވީ ހެއްޔެވެ؟ އެ އެއްމެ ރެއެއްގެ ސަބަބުން މިހާ ދުވަހަކަށް އޭނައަށް އަޅާލައި ހެދީ ބައްޕަކަން ހަނދާން ނައްތާލަންވީ ހެއްޔެވެ؟ ބައްޕަ އެހެންނޫނަސް އެރޭ އޭނައަށް އަނިޔާ ކުރީ އޭނަ ނުބައި ކަމެއް ކުރި ކަމަށް ހީކޮށް އަދަބެއް ދިނުމުގެ ގޮތުންނޭ މިސްބާޙްގެ ހިތް ބުންޏެވެ. ވީއިރު އޭނަ އެކަމާ ރުޅިވާންވީ ހެއްޔެވެ؟ މަންމަވެސް މިއަދު ވަނީ ބައްޕައަށް ރުޅިވެފައެވެ. އޭނަ ވެސް ބައްޕައާއި ދުރުވާން ފަށައިފިނަމަ އެމީހުންގެ ޢާއިލާ ރޫޅިދާނެއެވެ. މިސްބާޙް އެހެންވާކަށް ނޭދެއެވެ. ދިރިއުޅުމުގެ މިހާތަނަށް އައިއިރު އޭނަގެ ސަބަބުން މަންމައާއި ބައްޕަ ބައިވަރު ކަންކަމާމެދު ޒުވާބުކޮށްފައިވެއެވެ. އޭނަ ތަނަކަށް ދާން ބޭނުންވުމުން ބައްޕަ ހުއްދަ ދީފައި މަންމަ އެކަމަށް އިންކާރުކޮށްފައިވެއެވެ. މަންމަ އޭނަ ވަޒީފާގައި ހުންނަން ބޭނުންވީއިރު ބައްޕަ ބޭނުންވީ އޭނަ ވަޒީފާއިން ކެނޑިގެން ސްކޫލަށް އަނބުރާ ދާށެވެ. ބައްޕަ އޭނަ ލައިސަންސް ނަގަން ބޭނުންވިއިރު މަންމަ އެދުނީ ލައިސަންސް ފަހުން ނެގުމަށެވެ. ބައްޕަ އަބަދުހެން ހުންނަނީ ކޮންމެވެސް އެއްކަމަކާ ހިތްހަމަނުޖެހިފައި ކަމަށްވާތީ މަންމައާއި ބައްޕަ ދެބަސްވާ ކޮންމެ ފަހަރަކު ގޭގެ ތެރޭގައި އަރައިރުމެއް އޮންނާނެއެވެ. އެފަދަ އަޑުތައް އިވޭ ކޮންމެ ފަހަރަކު ކުރިން މިސްބާޙް ވެސް މަންމައާއި ބައްޕަގެ ދެމެދަށްވަދެ ރުޅި އިސްކޮށް ހަޅޭއްލަވައިގަނެވެ. އަދި އެވަގުތަކު އޭނައަށް ކަމުދާ ގޮތެއް ނިންމައިގެން ހުރި މީހެއްގެ ކޮޅަށް ޖެހިލައެވެ. ނަމަވެސް އެއީ އޭނަ ކަންތައް ކުރަން ޖެހޭ ގޮތެއް ނޫންކަން މިހާރު މިސްބާޙަށް އެނގެއެވެ. އޭނަ ވާންޖެހެނީ ނަފްރަތު އިތުރު ކުރުވާ މީހަކަށްނޫނެވެ. އޭނަ ވާންޖެހޭނީ އޭނަގެ މަންމައާއި ބައްޕައަށް ވެސް ލޯތްބާއި އިޙްތިރާމް ދީގެން މައްސަލަތައް ޙައްލުކުރާ މީހަކަށެވެ. އެގޮތަށް ކަންތައް ކޮށްގެން ނޫނީ އޭނަގެ ބައްޕަވެސް ކުރާ ގޯސް ކަންތައް ނުހުއްޓުވޭނެކަމަށް މިސްބާޙްގެ ހިތް ބުންޏެވެ. އެހެންކަމުން އޭނަ ލަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެގެން ގޮސް އަމީން އިން ސޯފާގެ ކައިރީގައި ހުއްޓިލިއެވެ. އެއްލި ކަޅިއަކުން އަމީނަށް މިސްބާޙް ފެނިފައި އަމީން އޭނަގެ ފުރިހަމަ ހިނިތުންވުން މިސްބާޙަށް ދެއްކިއެވެ.

 

“އަނހަ މިސްބާ! މިސްބާއަށްވެސް ނުނިދެނީތަ؟” އަމީން ހެވިފައި އިނދެ އަހާލިއެވެ. އެތައް ދުވަހެއްފަހުން އަމީން އޭނައާއި ލޯބިން ވާހަކަ ދެއްކުމުން މިސްބާޙްގެ ހިތަށް އަސަރުކުރިއެވެ. ޖަޒުބާތުން ފުރިގެން ދިޔަ ހިތެއްގެ ސަބަބުން އޭނައަށް އެއްޗެކޭ ނުބުނެވުނެވެ. އެހެންކަމުން އޭނަ ކުރެވުނު ސުވާލާއިމެދު ވެސް މާ ބޮޑު ވިސްނުމެއްނެތި ބޯޖަހާލިއެވެ.

 

“އާދޭ މެޗު ބަލަން.” އަމީން ސޯފާގައި އޭނަގެ ކައިރީގައި ހުރި ތަނުގައި ދެފަހަރަކު ޖަހާލަމުން ބުނެލިއެވެ. މިސްބާޙް ވީ އުފަލާއެކީ ހިނިތުންވެލަމުން އަމީންގެ ގާތުގައި އިށީނެވެ. އޭނަގެ ނަޒަރު ޓީވީއަށް ހުއްޓިފައިވިޔަސް އޭނައަށް މެޗަށް ސަމާލުކަން ދެވޭ ގޮތެއްނުވިއެވެ. ބައްޕަގެ ކައިރީގައި ހުރުމުން ނޭނގޭ ސަބަބަކާހުރެ އޭނަގެ ހަނދާނަށް އަންނަން ފެށީ ބައްޕަ ކޮށްދިންހާ ރަނގަޅު ކަންތައްތަކާއި އޭނަ ބައްޕައާއިމެދު ކުރި ގޯސް ކަންތައްތަކެވެ. ބައްޕަ އޭނައަށްޓަކައި ހަދިޔާތައް ގެނައުމުން އޭނަ ޝުކުރު ނުކުރި ގޮތެވެ. އަބަދުވެސް ބައްޕަގެ ފަރާތުން ގިނަގިނައިން އެއްޗެއްސަށް އެދެވުނު ގޮތެވެ. އޭނަ ބޭނުންވާ އެއްޗެއް ނުލިބުމުން އޭނަ ގޭގެ ހަމަޖެހުން ނަގާލާ ގޮތެވެ. މިއަދު ބައްޕަ މިހާ ދަހިވެތިވެފައިވަނީވެސް އޭނަގެ ސަބަބުންކަމަށް މިސްބާޙަށް ނިންމުނެވެ. އޭނައަށް އިސްޖަހައިގެން އިނދެ ދެލޯ މަރާލަމުން ޑޭޑްއޭ ކިޔައި ގޮވާލެވުނެވެ. އަމީން މިސްބާޙަށް ބަލާލިއެވެ.

 

“ޑޭޑް އައިމް ރިއަލީ ސޮރީ. އަހަންނަށް ޑޭޑްއާމެދު ކަންތައް ކުރެވިފައިވަނީ ރަނގަޅަކަށްނޫން. އައި ޝުޑް ހޭވް ތޭންކްޑް ޔޫ. ޑޭޑް އަހަންނަށްޓަކައި ބައިވަރު ކަންތައް ކޮށްދީފަވޭ. އެކަމަކު ބަދަލުގަ އަހަންނަށް އަދިވެސް ޑޭޑްއަށްޓަކައި މާ ބޮޑު ކަމެއްކޮށްދީފައެއްނެތް. ޑޭޑް ފަޚުރުވެރިވާނެ ފަދަ ކަމެއް އަހަންނަކަށް ނުކުރެވޭ. ކުޑައިރު ޑޭޑް އަހަރެން ސްކޫލްގަ ސްޕީޗެއް ދެންޏާ އޭތި ސްކޫލްގެ ބޭރުގަ އަޑުއަހަން ހުރެފަ އަހަރެން ގެއަށް އައިމަ ތަޢުރީފުކުރާނެ. އެކަމަކު ޑޭޑް ޕޯޑިއަމަށް އަރާފަ ހުންނަތަން އަހަންނަށް އެތައް ފަހަރަކު ފެންނައިރުވެސް އަހަރެން ތަޢުރީފެއް ނުކުރަން. އައިމް ރިއަލީ ސޮރީ.” މިސްބާޙް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. އަމީނަށް ހީލެވުނެވެ.

 

“ހެހެ……ހާދަ ސީރިއަސްކޮށް ތިހާވަރުގެ ވާހަކައެއް ތި ދައްކަނީ؟ އަސްލު……..ޑޭޑް މިސްބާޙަށް މަޢާފަށް އެދެންޖެހެނީ. ކަން ހިނގިގޮތް ޔަޤީންނުކޮށް އައި ރުޅީގަ ޑޭޑް މިސްބާޙަށް އަނިޔާކުރީ. އައި އޭމް ސޮރި.” އަމީން ޙަޤީޤަތުގައި ވެސް އޭނަގެ ދަރިފުޅަށްޓަކައި ދެރަވެހުރެ މޭމަތީގައި އެއްއަތް އަޅާލަމުން ބުނެލިއެވެ. މިސްބާޙް އަމީނަށް ބަލާލިއިރު އެ މޫނުމަތިން ފެނުނު ހިތާމަވެރިކަމުން އޭނަ އަމީންގެ ގައިގައި ބައްދާލަން ބޭނުންވިއެވެ. އެހެނަސް އޭނަ ލިބުނު ފުރުޞަތުގެ ބޭނުން ހިފިއެވެ.

 

“މަޢާފު ކުރާނީ ޝަރުތެއްގެ މަތިން. ޑޭޑް މާދަމާ އަހަންނާއެކީ ފަތިސް ނަމާދަށް މިސްކިތަށް ހިނގާ.” މިސްބާޙް އެހެން ބުނިއިރު އަމީނަކީ އެއްވެސް ނުބައި ކަމެއް ކުރާ މީހެއްކަން އޭނަ ހަނދާން ނެތިއްޖެއެވެ. މިސްބާޙްގެ ވާހަކައިން އަމީނަށް އަނެއްކާވެސް ހީލެވުނެވެ.

 

“ކީއްވެތަ މިސްބާޙް ޑޭޑް މާ ބޮޑަށް މިސްކިތަށް ގެންދަން އުޅެނީ. އެތާނގަ ޖަވާހިރެއް އޮތީތަ؟” އަމީން ސަމާސާ ރާގަކަށް ސުވާލުކުރިއެވެ.

 

“ޑޭޑްއަށް މިހާރު ޤަބޫލުކުރެވުނަސް ނުކުރެވުނަސް ޖަވާހިރަކަށްވުރެ ވެސް އަގުހުރި އެއްޗެއް ލިބޭނީ ނަމާދުކުރީމަ. މާދަމާ ފަތިސް ނަމާދަށް ޑޭޑް ދިޔައިއްޔާ ނަމާދުކޮށް ނިމުނީމަ އަހަރެން ޑޭޑްއަށް ކިޔައިދޭނަން އިން ޝާ ﷲ.” މިސްބާޙް ލުއި ހިނިތުންވުމަކާއެކީ ބުނެލިއެވެ. އަމީން ދެބުމަ އަރުވާލިއެވެ.

 

“އެހެންވިއްޔާ ދާންތާ މިޖެހުނީ.” އަމީން ބުންޏެވެ. މިސްބާޙަށް ހީލަމުން ބައްޕަގެ ގައިގައި ބައްދާލެވުނެވެ. އަމީން ވެސް އެތައް އަހަރަކަށްފަހު ލޯބިން އޭނަގެ ދަރިފުޅުގެ ގައިގައި ހިފަހައްޓާލިއެވެ. އެމީހުން އެހެން ތިއްބާ ސިޓިންގް ރޫމުގެ ބޮކިތައް ދިއްލިގެން ދިޔައެވެ.

 

“ދެ ބަފައިން ހާދަ ލޯބިވެގެން އުޅޭ ރެއެކޭ.” ފުރަގަހުން އިވުނު ވަޙީދުގެ އަޑަށް އަމީނާއި މިސްބާޙަށް އެކުއެކީހެން އެ ދިމާލަށް ބަލާލެވުނެވެ. އެވަގުތު ވަޙީދު ހުރީ ފުރަގަހުގައި ހުރި ކޮޓަރި ބަރީގެ ފާރުގައި ހުރި ސުވިޗް ބޯޑު ކައިރީގައެވެ.

 

“އަހަންނެއްނޫން. މިސްބާޙް. ވަޙީދު ކީއްކުރަންތަ ނިކުމެގެން ތިއުޅެނީ؟” އަމީން ދެންވެސް ހެވިފައި އިނދެ ސުވާލުކުރިއެވެ.

 

“ފެންފޮދެއް ބޯލަންވެގެން މިއައީ. އޭ މިއީ އެއްކަލަ މެޗްތަ؟ ކިހާ ވަރެއްތަ ސްކޯރ؟” ވަޙީދު ވެސް ޓީވީ ފެނިފައި އަވަސްއަވަހަށް ސޯފާގެ ކައިރިއަށް އައިސް އިށީނެވެ. މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަން ފެށީތާ މާ ގިނައިރެއްނުވެ އެމީހުން ސަޕޯޓުކުރާ ޓީމުން ގޯލެއްޖެހުމުން ތިން މީހުން އިހުނަށްވުރެ ފޯރިގަދަވިއެވެ. އެ ފޯރީގައި އިރުކޮޅަކު އިނުމަށްފަހު އަމީން ދެން ތިބި ދެމީހުންގާތު ތިމަންނަ އެބަ އަންނަމޭ ބުނެ ދާން ހިނގައިގަތެވެ. މިސްބާޙާއި ވަޙީދު ބަލާލިއިރު އަމީން ގޭގެ ކަނާތްފަރާތުގައި ހުރި ސިޑިން އޭނަގެ ކޮޓަރިއަށް ދިޔުމަށްޓަކައި މައްޗަށް އަރައިގެން ދަނީއެވެ. އެ ދެމީހުން މާ ބޮޑު އަޅައެއްނުލާ މެޗް ބަލަން ތިއްބެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުން ވަޙީދު ތިމަންނަ ކޮފީއެއް ބޮއިގެން އެބަ އަންނަމޭ ބުނެ ބަދިގެއަށް ދިޔައެވެ. ވަޙީދު ދިޔަތާ އިރުކޮޅެއްފަހުން މިސްބާޙްގެ ކައިރީގައި އޮތް އަމީންގެ ފޯނު ރިންގުވާން ފެށިއެވެ. މިސްބާޙަށް އެ ދިމާލަށް ބަލާލެވުނެވެ. ފޯނުގެ ސްކްރީނަށް އަރާފައި އޮތީ ހަމައެކަނި ނަންބަރެކެވެ.  އެހެންކަމުން އޭނަ ހިސާބަކަށް ޙައިރާންވެ އިނދެ އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އޭނަ ސަލާމް ގޮވައި ބައްޕަ ނެތް ވާހަކަ ބުނަން އުޅުނު ވަގުތު އެކޮޅުން ވާހަކަ ދެއްކިއެވެ.

 

“މަނިކުފާނު…….އެކުއްޖާ ކޮންމެވެސް އެއްގޮތަކަށް މީހަކަށް އަންގައިފި އަހަރުމެން ތިބިތަން. އެހެންވެ މިހާރު އަހަރުމެން މިތިބީ އޭނަ ހޭނައްތައިގެން ފަޅު ގެއަކަށް އައިސްފަ. މިއީ އެއްކަލަ…….ހޮޓް ކޮފީ ޝޮޕްގެ ފުރަގަހުގައި އޮންނަ ވަލުތެރޭގައި ހުރި ގެއެއް. މިއީ އަހަރެން ދަންނަ ގޮތުގަ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ފަޅުކޮށް ހުރި ތަނެއް.” އެކޮޅުން ވާހަކަ ދެއްކީ ފަޅު ގެއެއްގެ ދޮރުމަތީގައި ހުރި ނަސްރާއާއި ބެހުނު ޒުވާނާއެވެ. ޒުވާނާގެ ފުރަގަހުން އެގޭގެތެރެ ފުޅި ބައްތިއަކުން އަލި ކުރެވިފައވާކަން އެނގެއެވެ. އޭނަ ދެއްކި ވާހަކަތައް އަޑުއަހަން އިން މިސްބާޙަށް އިނދެވުނީ ޝޮކެއްގެ ތެރޭގައެވެ. “އެކުއްޖާ”އޭ ބުނުމުން މިސްބާޙްގެ ހަނދާނަށް ވަގުތުން އައީ ޔޫނުސްއެވެ. ބޭބެގެ އަންހެނުންވީ ތަނެއް އޭނައަށް އެނގިއްޖެކަން އެނގުންވީ ހިނދު މިސްބާޙްގެ ދެއަތް ފިނިވިއެވެ. އޭނައަށް އިތުރު އެއްޗެކޭ ނުބުނެ ވަގުތުން ފޯނު ކަނޑާލެވުނެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ޒުވާނާ ވީނުވީއެއް ނޭނގިހުރެ ފޯނު ކަންފަތުން ނަގާލިއެވެ. އޭނަ ހީކުރީ އަމީން އައި ރުޅީގައި އެއްވެސް އެއްޗެކޭ ނުބުނެ އެތަނަށް އަންނަން އުޅެނީ ކަމަށެވެ.

 

މިސްބާޙް ވަގުތުން ޔޫނުސްއަށް ގުޅަން ބޭނުންވެގެން އޭނަގެ ފޯނު ބަލައި ކޮޓަރިއަށް ދިޔައެވެ. އެނދުމަތީގައި އޮތް ފޯނު ނަގައި ނަންބަރުތަކަށް ފިތަން އުޅެނިކޮށް އޭނައަށް ޔޫނުސްގެ ނަންބަރު ނޭނގޭކަން ހަނދާންވިއެވެ. އޭނަ ޗޮއްކަނޑާލަމުން ފޯނުން ރާއްޖެ ޕްރެސްގެ ސައިޓަށްވަނީ ގުޅާލެވޭނެ ނަންބަރެއް ފެނޭތޯއެވެ. އެކަން ކާމިޔާބު ނުވުމުން މިސްބާޙް ފޯނު ތިރިކޮށް ޔޫނުސްއާއި ހަމައަށް ދެންމެ ލިބުނު ޚަބަރު ގެންދެވޭނެ ގޮތަކާއިމެދު ވިސްނިއެވެ. އިރުކޮޅެއްގެ ވިސްނުމަކަށްފަހު ކުއްލިއަކަށް އަފްރީންގެ ނަން އޭނަގެ ހިތަށް ވެރިވިއެވެ. އޭނައަށް އަފްރީންގެ ނަންބަރު އެނގެއެވެ. އެ ދުވަހު ގްރޫޕް ވޯކަށްޓަކައި ގްރޫޕްގައި ތިބި ހުރިހާ އެންމެންގެ ނަންބަރު ހޯދިއިރު އޭނަ އަފްރީންގެ ނަންބަރު ވެސް ލިޔުނެވެ. ނަންބަރު ލިބުނަސް އޭނަ ދުވަހަކުވެސް އަފްރީނަށް ގުޅާފައެއް ނުވެއެވެ. މެސެޖެއްވެސް ކޮށްފައެއްނުވެއެވެ. އެހެނަސް އޭނަ އެ ނަންބަރު ހިތުދަހެވެ. އެ ނަންބަރަށް ގުޅަން އެ ހިތް އެދެމުން ދިޔަ ވަރުންނެވެ. މިހާ ދުވަސް ވަންދެން އޭނަ އެކަން ނުކޮށް ހުއްޓަސް މިއަދު އޭނަ މަޖުބޫރެވެ. މިހާރު އޭނަ ބޭބެއާއި ބައްދަލުކުރަން ގެއިން ނިކުމެގެން ގޮއްސިނަމަ ބައްޕައާއި އެހެން މީހުންގެ ސުވާލުތައް ކުރިމަތިވާނެއެވެ. އެންމެ ރަނގަޅުވާނީ އަފްރީނަށް މެސެޖެއްކޮށްލުންކަމަށް މިސްބާޙްގެ ހިތް ބުނުމުން އޭނަ ތުރުތުރު އަޅަމުން ދިޔަ އިނގިލިތަކުން ޔޫނުސްގެ ނަންބަރަށް އެދި މެސެޖެއް ލިޔެ ފޮނުވާލިއެވެ. އެ މެސެޖުގައި އެތައް އަކުރެއް ނުބައިކޮށް ލިޔެވިފައި ހުރިކަން އޭނައަށް އެނގުންވީ ފޮނުވި ފަހުންނެވެ. އެހެނަސް މެސެޖުން ބުނާ އެއްޗެއް އެނގޭ ވަރުވާނެކަމަށް މިސްބާޙްގެ ހިތް ބުންޏެވެ.

 

**

 

އެނދުގެ ބާލީހަށް ބޯއަރުވައިގެން ދެފައި އެނދުން ބާލައިގެން އޮތް އަފްރީންގެ ފުރަގަހުގައި އޮތް ފޯނަށް މެސެޖެއް ލިބިގެން ދިޔުމުން ފޯނު ވައިބްރޭޓްވެ ފޯނުގެ ސްކްރީން އަލިވެގެން ދިޔައެވެ. އެހެނަސް ގަދަ ނިދީގައި އޮތް އަފްރީނަށް އެކަން ފާހަގަވީހެނެއް ހިއެއްނުވެއެވެ. އޭނަ ދޮންތަގެ ހަނދާނުގައި ރޮއިރޮއި އޮވެފައި ނިދުނީ ދެންމެއެވެ. އެކަން އޭނަގެ ދުޅަވެފައިވާ ދެލޮލުން އެނގެއެވެ. އޭނައަށް ނިދުނީ ވަކި ނިދަން އޮތްވައެއް ނޫންކަން ކޮޓަރީގައި ދިއްލާލެވިފައިވާ ބޮކިތަކާއި، އޭނަ ލައިގެން ހުރި ކުރުތާއާއި ޖިންސު ހެކިދިނެވެ.

 

**

 

އަފްރީންގެ ފަރާތުން ޖަވާބެއް ނުލިބި އިރުކޮޅެއްވުމުން މިސްބާޙްގެ ހިތަށް އުނދަގޫވިއެވެ. އަފްރީން އޭނައާއި ވާހަކަ ނުދައްކަން ޖަވާބެއް ނުދިނީހޭ ހިތަށްއެރިއެވެ. އެހެނަސް މިއީ ވާހަކަ ނުދައްކައި ހުންނަންޖެހޭ ވަގުތެއްނޫނެވެ. އަފްރީންގެ ދޮންތަ ހުރިތަނެއް އެނގެއޭ ބުނެ މިސްބާޙް މިއީ ކިހާ މުހިއްމު ވާހަކައެއްކަން އޭނައަށް އަންގަން ބޭނުންވިއެވެ. އެހެނަސް އަފްރީން ނުތަނަވަސް ކުރުވާކަށް މިސްބާޙް ބޭނުމެއްނުވިއެވެ. އޭނައަށް މި ލިބުނު މަޢުލޫމާތާއި އެއްގޮތަށް ކަންތައް ކުރުމުން އަފްރީންގެ ދޮންތަ ނުފެނިވެސް ހިނގައިދާނެއެވެ. މިސްބާޙަށް ފުން ނޭވައެއް ދޫކޮށްލެވުނު ވަގުތު އޭނައަށް ފޯނުގެ ގަޑިއަށް ބަލާލެވުނެވެ. މިއީ ކިހާ ދަން ގަޑިއެއްކަން ފާހަގަވުމުން އަފްރީނަށް މެސެޖު ނުފެންނަނީތޯ މިސްބާޙްގެ ހިތް ސުވާލުކުރިއެވެ. އެއާއެކު އަފްރީނަށް ގުޅަން ޚިޔާލުކުރުމުން ވެސް އޭނަގެ ހިތުގެ ތެޅުން އަވަސްވެ އޭނަގެ ހުރިހާ ހިއްސެއް ހޭލިއެވެ. އޭނަ ދެ ޚިޔާލެއްގެ މަތީގައި ހުރެ ދެންވެސް ތުރުތުރު އަޅަމުން ދިޔަ އިނގިލިތަކުން އަފްރީންގެ ނަންބަރަށް ގުޅައި ފޯނު ކަންފަތުގައި ޖައްސާލަމުން ނޭވާ ހިފަހައްޓާލިއެވެ.

 

**

 

އެނދުމަތީގައި އޮތް ފޯނު ރިންގުވާން ފެށި އަޑަށް އަފްރީންގެ ދެލޯ ތަގުޅިވެގެން ދިޔައެވެ. އޭނަ އުނދަގުލާއެކީ ދެލޯ ހުޅުވާލަމުން އެނދުގައި އޮވެ ފުރަގަހަށް ނަޒަރު ހިންގާލިއެވެ. ރިންގުވަމުން ދިޔަ ފޯނު ފެނިފައި އަފްރީން ރަނގަޅަށް ތެދުވެލަމުން ފޯނު ނަގައި ބަލާލިއެވެ. ސްކްރީނުން ނޭނގޭ ނަންބަރެއް ފެނުމުން އަފްރީން ފޫހިވިއެވެ. މިވާނީ ދަންގަޑީގައި އުނދަގޫކުރާ މީހުންގެ ތެރެއިން މީހަކަށޭ ހިތަށްއެރިއެވެ. އޭނަ ފޯނު ކަނޑާލަން އުޅެފައި ވެސް ޖެހިލުންވީ ނޭނގޭ ނަންބަރަކުން ގުޅާފައި ދޮންތައާއި ގުޅޭ ޚަބަރެއް ދީފާނެއޭ ހިތާއެވެ. އެމީހުން މިފަހަރު ބިރު ދައްކަން އުޅެނީ އޭނައަށްހެއްޔޭ އަފްރީންގެ ހިތް ބުނި ވަގުތު އޭނަގެ ދެއަތް ފިނިވިއެވެ. އެހެނަސް އޭނަ ހިތްވަރު ކޮށްލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

“ސް….ސަލާމް.” އަފްރީން ޖެހިލުންވުމަކާއެކީ ބުނެލިއެވެ.

 

**

 

އަފްރީންގެ އަޑު ކަންފަތުގައި ޖެހުމުން މިސްބާޙަށް ދެލޯ މަރާލެވުނެވެ. އޭނަ ފަޅި ސިކުންތަކަށް ދުނިޔޭގައި ހިނގާ ހުރިހާ ކަމަކާމެދު ހަނދާން ނެތުނެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނަގެ ލޯ ކުރިމަތިން އަފްރީނާއި އެކީ މުޅި ޙަޔާތް ވޭތުކުރާނެ ގޮތާއިމެދު ވިސްނިއްޖެއެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނައަށް ޙަޤީޤީ ދިރިއުޅުމަށް އަނބުރާ އާދެވުނެވެ. އޭނަ އަފްރީނަށް ގުޅީ ކީއްވެކަން ހަނދާންވުމުން އޭނައަށް ދެލޯ ހުޅުވާލެވުނެވެ. އޭނަ ވާހަކައެއް ދައްކަން އަނގަ ހުޅުވާލިއެއްކަމަކު އޭނަ އެއްޗެކޭ ބުނަން ނުކުޅެދުނެވެ. އޭނަ ވާހަކަ ދައްކަން ފަށައިފިނަމަ ދައްކަން ނުޖެހޭ އެތައް ވާހަކައެއް ނޭނގުމެއްގެ ތެރެއިން ދެއްކިދާނެތީ އޭނަގެ ހިތް ބިރުގަތެވެ. އޭނައަށް މިވަގުތު މި ހުރެވެނީ ހަމައެއްގައެއް ނޫންކަން އެނގުންވީ ހިނދު މިސްބާޙް ފޯނު ކަންފަތުން ނަގައި ފޯނު ކަނޑާލިއެވެ. އަފްރީނަށް މެސެޖު ފެންނާނެތާއޭ އޭނަގެ ހިތް ބުންޏެވެ.

 

**

 

ފޯނު ކެނޑިގެން ދިޔުމުން އަފްރީން ޙައިރާންވެފައި އިނދެ ފޯނުގެ ސްކްރީނަށް ބަލާލިއެވެ. އެވަގުތު މެސެޖެއް ލިބިފައި ހުރިތަން ފެނިފައި އޭނަ އެ މެސެޖު ހުޅުވާލިއެވެ.

 

“ސަލާމް. މިއީ މިސްބާޙް. ޔޫނުސްބޭބެގެ ނަންބަރު ބޭނުން. އާރޖެންޓް!” ފަސް ވަރަކަށް ކުށްހުރި މެސެޖުގައި އޮތީ އެހެންނެވެ. މިސްބާޙްގެ ނަން ފެނިފައި އަފްރީން ވެސް މިސްބާޙްހެން ހިނދުކޮޅަކަށް ހުވަފެނީ ދުނިޔެއަކަށް ދިޔައެވެ. ދެންމެ ގުޅީ މިސްބާޙްކަން އެނގުންވުމުން އަފްރީންގެ ހިތަށް ފޯރިއެރިއެވެ. ދެންމެ މިސްބާޙް ވާހަކަ ނުދެއްކި ގޮތުން އޭނަގެ ހިތުގައި މިސްބާޙަށްޓަކައި އިތުރު ޤަދަރެއް އުފެދުނެވެ. އޭނަ ވެސް ބޭކާރު ވާހަކަ ނުދެއްކުމަށްޓަކައި ހަމައެކަނި ޔޫންބެގެ ނަންބަރު ލިޔެ ފޮނުވާލިއެވެ. ފޮނުވާލިއިރުވެސް މިއީ ކޮން “އާރޖެންޓް” ކަމެއްތޯ އަފްރީންގެ ހިތް ސުވާލުކުރިއެވެ.

 

**

 

ޔޫނުސްގެ ނަންބަރު ލިބުމާއެކު މިސްބާޙް ލަސްތަކެއް ނުކޮށް އެ ނަންބަރަށް ގުޅާލިއެވެ. އެ ދަން ގަޑީގައި ވެސް ނަސްރާ ނުހޯދައި ނުހުރެވިގެން ތާރު މަގުން ސައިކަލު ދުއްވަމުން ދިޔަ ޔޫނުސް، އޭނަގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން މަގުގެ އެއްފަރާތުގައި ސައިކަލު މަޑުކޮށްލިއެވެ. އެއަށްފަހު ޖިންސްގެ ޖީބުން ފޯނު ނަގައި ގުޅަނީ ކާކުތޯ ބެލުމެއްނެތި ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

“ސަލާމް ބޭބޭ. ބޭބޭ އަހަންނަށް އެނގޭ ބޭބެގެ އަންހެނުން ހުރިތަނެއް. ހޮޓް ކޮފީ ޝޮޕްގެ ފުރަގަހުގައި ހުންނަ ފަޅުގޭގަ.” ކޮޓަރީގެ ދޮރަށް ފަސްދީގެން ހުރި މިސްބާޙަށް ނޭނގުނު ކަމަކީ އޭނަގެ އެ ޖުމްލަ ނިމުނުއިރު އަމީން ދޮރު މައްޗަށް އެރިކަމެވެ.

 

“މިސްބާޙަށް ކިހިނެއް އެނގެނީ؟ ބޭބެ މިއަދުވެސް އެގޭގެތެރެ ބެލިން. އެ ގޭގައެއްނެތް އެކަކުވެސް.” ޔޫނުސް ސައިކަލު މަތީގައި އިނދެ ބުންޏެވެ.

 

“މިރޭ އެމީހުން ބޭބެގެ ވައިފް އެގެއަށް ބަދަލުކުރީ. ޑޭޑްގެ ފޯނަށް ގުޅި މީހަކު ދެއްކި ވާހަކައެއް އަހަރެން އަޑުއެހީ. ވަރަށް ހީވޭ އެތާނގަހެން ބޭބެގެ ވައިފް ހުންނާނީ.” މިސްބާޙް އެހެން ބުނެލި ވަގުތު ދޮރުމަތީގައި ހުރި އަމީންގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެ އޭނަގެ ގޮށްމުއްކެވުނެވެ.

 

“އަސްލުވެސްތަ؟ ޖަޒާކަ ﷲ ޚައިރަން މިސްބާޙް. ޖަޒާކަ ﷲ ޚައިރަން.” ޔޫނުސް އެހެން ބުނެލިއިރު އޭނަގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ހިލުނެވެ. މިސްބާޙް ހޫންލައްވާލުމުން ޔޫނުސް އަވަސްއަވަހަށް ފޯނު ކަނޑައި ސައިކަލު ދުއްވާލަން އުޅުނެވެ. އެހެނަސް އޭގެ ކުރިން އޭނަ އެހެން ކަމެއް ކުރަން ބޭނުންވިއެވެ. ނަސްރާ ހައްޔަރު ކުރި މީހުންނަށް އޭގެ އަދަބު ދޭން އިންތިހާއަށް ބޭނުންވިއެވެ. އެހެންކަމުން އޭނަ ސައިކަލުމަތީގައި ހުރެ ފުލުހުންނަށް ގުޅާލިއެވެ.

 

ފޯނު ކަންފަތުން ނަގާލި މިސްބާޙް ހިނިތުންވުމަކާއެކީ ފަސްއެނބުރިލީތަނާހެން އޭނަގެ ހިނިތުންވުން ފިލައި ދިޔައެވެ. އަމީން ރުޅިން ރަތްވެފައި ހުރިތަން ފެނިފައި މިސްބާޙަށް އޭނައަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. އަމީން ކުއްލިއަކަށް ދިގު ފިޔަވަޅުތަކެއްގައި އައިސް މިސްބާޙްގެ ކޯތާފަތްމައްޗަށް ކުރީ ފަހަރަށްވުރެ ވެސް ހޫނު އެތިފަހަރެއް ވިއްލާލިއެވެ.

 

“ކަލޭ މަށާއި ލޯބިން ވާހަކަ ދެއްކީ މަށަށް ޖާސޫސްކޮށް މަގޭ ރޭވުންތައް ފޭލްކޮށްލަންދޯ؟” އަމީން އަޑުގެ ކޮޅަށް ދެއްކި ވާހަކަ އެވަގުތު ސިޑިން ފައިބަމުން ދިޔަ ޒާހިޔާއަށާއި ސިޓިންގް ރޫމުގައި އިން ވަޙީދަށް ވެސް އިވުނެވެ. އެ ދެމީހުންނަށް އަވަސްއަވަހަށް މިސްބާޙްގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަނެވުނެވެ.

 

 

“ކަލެއާއި އެ ޔޫނުސްއާ ވެސް ގުޅުން އޮންނަނީތަ؟!” އަމީން އޭނަގެ އަޑު މުޅި ގޭގައި ގުގުމާވަރަށް ސުވާލުކުރިއެވެ. އެވަގުތު ކޮޓަރީގެ ދޮރުމައްޗަށް އެރި ޒާހިޔާގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ.

 

“ކީއްވެ ޔޫނުސްއާ ގުޅުން ނުބާއްވަންވީ؟ ކަލޭ މިސްބާޙަށް އަނިޔާކޮށްފަ ފިލީމަ އޭނަ މަގޭ ދަރިފުޅަށް ލޭ ހަދިޔާކުރީ. ކަލޭއެއްނޫން!” ކޮޓަރި ތެރެއަށް ވަދެގެން އައި ޒާހިޔާގެ ވެސް އަޑު ގަދަވިއެވެ. ބޮޑު އަރައިރުމެއް ފެށެން އުޅޭ ކަހަލަ އިޙްޞާޞެއްވުމުން މިސްބާޙް އޭނަގެ ކޯތާފަތަށް ތަދުވާކަން ވެސް ހަނދާން ނެތުނެވެ. އޭނަ މަންމައަށް ގޮވާލަން އުޅުނު ވަގުތު އަނެއްކާވެސް އަމީން ވާހަކަ ދެއްކިއެވެ.

 

“އޭގެ މާނައަކީ ދެން އޭނައަށްޓަކައި މަށާވެސް ހަނގުރާމަކުރަންވީއޭދޯ؟” އަމީން ދެލޯ ބޮޑުކޮށްގެން ހުރެ ސުވާލުކުރިއެވެ.

 

“އާނ ކަލޭތީ ހަމަ ހަނގުރާމަކޮށް މަރާލަންޖެހޭ މީހެއް. ކަލެއަށް ކަމެއް ކުރެވުނިއްޔާ ކުރެވޭނީ އަބަދުވެސް އެހެން މީހަކަށް ގެއްލުންވާފަދަ ކަމެއްވިއްޔަ.” ޒާހިޔާ އެހެން ބުނެލިތަނާހެން އަމީން އަނގަ ހުޅުވާލި ވަގުތު މިސްބާޙް ވާހަކަ ދެއްކިއެވެ.

 

“މަންމާ ޕްލީޒް! ތިހެން ނުބުނޭ. ޑޭޑްވެސް އަދި ރަނގަޅުވާނެ އިން ޝާ ﷲ. ޑޭޑް……އަހަރެން ޑޭޑްއަށް ޖާސޫސެއް ނުކުރަން. ޑޭޑްގެ ފޯނަށް ކޯލެއް އައިމަ އަހަރެން ޑޭޑް ނެތް ވާހަކަ ބުނަން ފޯނު ނެގިތަނާ އެކޮޅުން ވާހަކަތައް ކިޔައިދިނީ. ޑޭޑް……ޑޭޑް ހައްޔަރުކޮށްގެން ތިއުޅެނީ މީހެއްގެ ޙަޔާތުގައި ހުރި ހަމައެކަނި ޢާއިލާ. ބޭބެ ވަރަށް ދެރަވާނެ ބޭބެގެ އަންހެނުންނަށް ގޮތެއްވެއްޖެއްޔާ. އެހާ ބޮޑު ގެއްލުމެއް މީހަކަށްދޭން ހެޔޮނުވާނެ ޑޭޑް. އެހާ ބޮޑު ނުބައެއްވާކަން އެނގިހުރެ އެކަން ޙައްލުކުރަން މަސައްކަތްނުކޮށް ހުންނަން އަހަންނަށް ހަމަ ނުކެރުން.” މިސްބާޙްގެ ވާހަކަ ފުރިހަމަ ނުވަނީސް އަމީން ވާހަކަ ދެއްކިއެވެ.

 

“ކަލޭ ވާހަކަ ނުދައްކާ ހުރޭ!” އަމީން އެހެން ބުނެ މިސްބާޙްގެ ޓީޝާޓުގައި ހިފަހައްޓާލިއެވެ. ޒާހިޔާ ދޫކޮށްލާށޭ ބުނެ އަމީންގެ އަތް ފޮޅުވާލި ވަގުތު ވަޙީދު ކޮޓަރިއަށްވަނެވެ.

 

“ބޭބޭ މިސްބާޙް މިދައްކަނީ ކޮން ވާހަކައެއްތަ؟ ކާކުތަ ބޭބެ ހައްޔަރުކޮށްގެން އުޅެނީ؟” ވަޙީދު މަޑުމައިތިރި އަޑަކުން ސުވާލުކުރިއެވެ.

 

“ޔޫނުސްބޭބެގެ އަންހެނުން.” މިސްބާޙް އެކަކަށްވެސް އެކައްޗެކޭ ވެސް ނުބުނެވެނީސް ޖަވާބުދިނެވެ. އެވާހަކަ އިވިފައި ވަޙީދުގެ ނިތުން ރޫފިލައިދިޔައެވެ. އޭނައަށް އަމީނަށް ބަލާލެވުނެވެ. އަމީން ރުޅިވެރިކަމާއެކީ ތުން ފިއްތާލިއެވެ.

 

“މިހުންނެވީ އަނެއް އިންސާފުވެރި ބޭފުޅާ. ދެން އަވަހަށް ފުލުހުންނަށް ގުޅާ. މަގޭ ދުޝްމިނުންނަށްވުރެ ވެސް ނުބައި ކަލޭމެން. މަ މިދަނީ މިގެއިން ނިކުމެގެން!” އަމީން އެހެން ބުނެލިތަނާހެން ޒާހިޔާ ދާށޭ ބުނެލިއެވެ. އެހެނަސް އަމީން ކޮޓަރިން ނިކުމެގެން ދިޔަ ވަގުތު މިސްބާޙް ޑޭޑްއޭ ކިޔައި ގޮވަމުން ފަހަތުން ދިޔައެވެ. އަމީން ގެއިން ނިކުމެގެން ދަމުން ދޮރު ކައިރީގައި ފާރުގައި ހުރި ތަޅުދަނޑި އެލުވާ އެތިން ކާރުގެ ތަޅުދަނޑި ހިފައިގެން ދިޔައެވެ. މިސްބާޙް ވެސް ގެއިން ނިކުތީ އޭނަގެ ސައިކަލުގެ ތަޅުދަނޑި ހިފައިގެން ދެންވެސް ބައްޕައަށް ގޮވަމުންނެވެ. އޭނަގެ ފަހަތުން ޒާހިޔާ އޭނަގާތު މަޑުކުރުމަށް އަންގަމުން ދިޔައެވެ. އެހެނަސް މިސްބާޙް މަޑުކުރާކަށް ބޭނުމެއްނުވިއެވެ. އޭނަ ބޭނުންވީ ބައްޕަ އަނބުރާ ގެންނާށެވެ. ބައްޕައާއި އަދިވެސް ލޯބިން ވާހަކަ ދައްކަން މަސައްކަތް ކޮށްފިނަމަ ބައްޕަ ރަނގަޅުވެދާނެއޭ ހިތާއެވެ. އެހެންކަމުން އަމީން ކާރު ސްޓާޓްކޮށްލި މަންޒަރު ފެނިފައި މިސްބާޙްވެސް އޭނަގެ ސައިކަލަށް އެރިއެވެ. އަދި އަމީން ކާރު ދުއްވާލުމުން މިސްބާޙް އެ ކާރުގެ ފަހަތުން ދިޔައެވެ. އެވަގުތު ޒާހިޔާއާއި ވަޙީދު ކަންބޮޑުވުމެއްގައި މަންޒަރު ބަލަން ގޭގެ ދޮރުމަތީގައި ތިއްބެވެ.

 

**

 

ހަމައެކަނި ފުޅި ބައްތިއެއްގެ އަލިން އަލިވެފައިވާ ހުސް ކޮޓަރިއެއްގެ ކަނެއްގައި އޮށޯވިފައި އޮތް ނަސްރާގެ ދެލޯ ތަގުޅިވެގެން ދިޔައީ އަނެއްކާވެސް އޭނަ ހޭއެރުމަށެވެ. ނަސްރާއަށް އިޙުޞާސް ކުރެވުނު ވަރުބަލިކަމެއްގެ ސަބަބުން އޭނަ މިފަހަރު ލޯ ނުހުޅުވަން ނިންމިއެވެ. އެހެނަސް މީހަކު އަތުގެ ނުފުށުން އޭނަގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލިހެން ހީވި ވަގުތު ނަސްރާއަށް ކުއްލިއަކަށް ދެލޯ ހުޅުވައި ބަލާލެވުނެވެ. އެވަގުތު އެއްކަލަ ޒުވާނާ އޭނައާއި ނުހަނު ކައިރިން ފެނިފައި ނަސްރާއަށް ބިރުގެންފައިވާ ހިތަކާއެކީ އަތްދަމައިގަންނަމުން ތެދުވެވުނެވެ. ނަސްރާގެ ނަސީބު ރަނގަޅުކަމުން ކުރުފައިމައްޗަށް ތިރިވެ އިން އެ ޒުވާނާ އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރީ އެހާ ބާރަކަށްނޫނެވެ. ޒުވާނާ ހޭންފެށުމުން ނަސްރާ ބިރުގެންފައިވާ ހިތަކާއެކީ އޭނަގެ ދެކަކޫ ކައިރިއަށް ގެނެސް ދެފައިގައި ދެއަތުން ވަށައި ފާރުގެ ކަނަށް ކުރުގެޅިލިއެވެ.

 

“މަންޖެ ހާދަ ބިރެކޭ. މިއީ ފުރަތަމަ ފަހަރުތަ ފިރިހެނަކާ ކައިރިވާ؟ ހެހެ…..ބިރުގަންނަންޖެހޭ ކަމެއްނޫން މިއީ. އަހަރެން ބައިވަރު ދުވަސްވެއްޖެ މަންޖެއާއި ކައިރިވާން ބޭނުންވެގެން ހުންނަތާ. މިރޭ މިއީ ރަނގަޅު ފުރުޞަތެއް. ގޭގަ ތިންވަނަ މީހަކު ނެތް. ލާއިގްވެސް ގެއަށް ގޮއްސި. އެހެންވީމަ އަހަރުމެން……” ޒުވާނާ ޖުމްލަވެސް ފުރިހަމަ ނުކޮށް ބިންމަތީގައި ކަކޫޖައްސައި ނަސްރާއާއި ކައިރިވާން އުޅުނެވެ. ނަސްރާއަށް ގޮތް ހުސްވެފައި އިނދެ ދެލޯ މަރައި ތަގުޅިކޮށްލަމުން އިސްޖަހާލެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ ޒުވާނާ ކުއްލިއަކަށް އޭނައާއި ދުރުވެގެން ދިޔަހެން ހީވުމުން ނަސްރާއަށް ދެލޯ ހުޅުވައި ބަލާލެވުނެވެ. އެވަގުތު ކޮޅަށްހުރި ޒުވާނާގެ ޓީޝާޓުގައި ފުރަގަހުން ހިފަހައްޓައިގެން އޭނައަށް ރުޅިވެރި ނަޒަރެއް ދީގެން ހުރި ޔޫނުސް ފެނިފައި ނަސްރާގެ މެއަށް ފިނިވިއެވެ. ޤަބޫލުކުރަން ދަތިވިއެއްކަމަކު ފަނޑު އަލީގެ ތެރެއިން ފެންނަމުން އެ ދިޔައީ ޔޫނުސްކަމަށް ބުނެ ނަސްރާ ހިތް އުފަލުން ނަށައިގަތެވެ.

 

“ކަލޭ ތިއީ ކާކު؟” ޒުވާނާ ޔޫނުސްގެ މޭމައްޗަށް އެތިފަހަރެއް ވިއްލާލަން އުޅުނު ވަގުތު ޔޫނުސް އޭނަގެ އަނެއްއަތުން ޒުވާނާގެ މުއްކެވިފައިވާ އަތުގައި ހިފަހައްޓާލިއެވެ.

 

“ކަލޭ އަތްލާން ތިއުޅުނު އަންހެން ކުއްޖާގެ ފިރިމީހާ. ދާންއުޅޭ މިތަނުން!” ޔޫނުސް އެންމެ ފަހު ޖުމްލަ ބުނެލި ހަރު އަޑެއްގެ ސަބަބުން ޒުވާނާ ސިއްސައިގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި ފުލުހުންގެ ބަޔަކު އެގެއަށް ވަދެގެން އައުމުން ޔޫނުސް އެ ޒުވާނާގެ ޓީޝާޓުން ދޫކޮށްލިއެވެ.

 

“މިއީ އަޅުގަނޑުގެ އަންހެނުން ހައްޔަރު ކުރުމުގައި ބައިވެރިވި މީހެއް.” ޔޫނުސް ޒުވާނާއަށް ޢިޝާރާތްކޮށްލަމުން ބުނެލިއެވެ. އެއާއެކު ފުލުހުންގެ މީހަކު އައިސް އެ ޒުވާނާ ހައްޔަރުކޮށްފިއެވެ.

 

“މިއީ އެހެންނޫނަސް ކުށުގެ ރެކޯޑް އޮންނަ މީހެއް. ކޮބައިތަ އަންހެން ކުއްޖާ؟” ޔޫނުސްއާއި ވާހަކަ ދެއްކި ފުލުސް މީހާ ޒުވާނާގާތު ހަރުކަށިކޮށް ސުވާލުކުރިއެވެ. އަދިވެސް އިން ތާ އިން ނަސްރާއަށް އަނެއްކާވެސް ދެލޯ މަރާލެވުނީ، އޭނަ އައުރަ ނިވާނުކޮށް ހުއްޓާ އެންމެން އެކީގައި އޭނައަށް ބަލަން އުޅޭހެން ހީވުމުންނެވެ. ޔޫނުސް ނަސްރާއަށް ނުބެލިއެއްކަމަކު އޭނަ ނުތަނަވަސްވާނެކަން ޔޫނުސްއަށް އެނގުނެވެ. އެހެންކަމުން ޔޫނުސް އޭނަގެ ފުރަގަހުގައި ހުރި ނަސްރާގެ ކުރިމައްޗަށް ހުއްޓިލަމުން ޖަވާބުދިނެވެ.

 

“އަންހެން ކުއްޖާ އެބަހުރި. އަޅުގަނޑު އޭނަ ގެއަށް ގެންގޮސްފާނަން.” ޔޫނުސް ބުނެލިއެވެ. އެއާއެކު ފުލުސްމީހާ އެންމެ ރަނގަޅޭ ބުނެ ޒުވާނާ ގޮވައިގެން އެގެއިން ނިކުމެގެން ދިޔައެވެ. ޔޫނުސް އަމީންގެ ވާހަކަ ބުނަން އަނގަ ހުޅުވާލި ވަގުތު ހުރިހާ ފުލުހުން އޭނަގެ ލޯމަތިން ގެއްލުނެވެ. އެހެންކަމުން އޭނަ ދެން އަޅާނުލަން ނިންމިއެވެ. އޭނައަށް ނަސްރާ އަނބުރާ ލިބިއްޖެއެވެ. އޭނަ މި ނޫންކަމެއް ބޭނުމެއްނުވެއެވެ. ޔޫނުސް ފެންކަޅިވެގެން ދިޔަ ދެލޮލާއެކީ ނަސްރާއާއި ދިމާލަށް އެނބުރިލަމުން ކުރުފައިމައްޗަށް ތިރިވެ ނަސްރާގެ ގައިގައި ބައްދާލިއެވެ. ނަސްރާ ރޮމުންރޮމުން ޔޫނުސްގެ މޭގައި ބޯއަޅައިގެން އޮވެ އެމީހުން ކުރިހާ ކަންތައްތަކެއްގެ ވާހަކަ ކިޔައިދިނެވެ. ޔޫނުސް އެ ހުރިހާ ކަމެއްގެ ޒިންމާ އަމިއްލަ ބޮލުގައި އެޅިއެވެ. އަމީން ނަސްރާ ހައްޔަރު ކުރަން ޖެހުނީ އޭނަގެ ސަބަބުން ކަމަށްބުނެ އޭނައަށް މަޢާފުކޮށްދިނުމަށް އެދުނެވެ. ނަސްރާ އެ ވާހަކައަށްފަހު އިތުރު އެއްޗެކޭ ނުބުނެ ހަމަ ރުއީއެވެ. ނަސްރާ ރޮއި ނިމެންދެން ޔޫނުސް އޭނަގެ ގައިގައި ހިފަހައްޓައިގެން އިނެވެ. އެއަށްފަހު ނަސްރާ ގެއަށް ގެންދިޔުމުގެ ކުރިން އޭނަ ވެފައިވާ ވަރުބައްޔަށާއި ޒަޚަމްތަކަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދިޔުމަށް ޔޫނުސް ޝަރީފަށް ގުޅިއެވެ.

 

**

 

މަތިވަމުން ދިޔަ ސްޕީޑަކާއެކީ މިސްބާޙް ތާރުމަގުން ދުއްވާފައި ދިޔައީ އެންމެ މަތީ ސްޕީޑްގައި ދުއްވަމުން ދިޔަ އަމީންގެ ކާރާއި ހަމަކުރެވޭތޯއެވެ. ޑޭޑް މަޑުކުރާށޭ ބުނެ އޭނަގެ ހިތް އެދި ގޮވަމުން ދިޔައެވެ. ބައްޕަ ދުއްވަމުން ދިޔަލެއް ބާރުކަމުން އޭނަގެ ހިތަށް ބިރުވެރިކަމެއްވެސް ވަންނަމުން ދިޔައެވެ. ބައްޕައަށް މިހާރު މަގުން ދުއްވާ އެއްވެސް އެއްޗެއް ސާފެއްވެސް ނުވާނެއޭ މިސްބާޙްގެ ހިތް ބުންޏެވެ. އޭނަގެ ހިތަށް ވެރިވި ނުތަނަވަސްކަމާއެކު ހިތާމަވެސް ކުރަމުން ދިޔައެވެ. ބައްޕަ އެންމެނާއި ދުރަށްދާން ޖެހޭ ވަރަށް ނުރުހުންވާންޖެހުނީ ހަމަ އޭނަގެ ސަބަބުންނޭ ހިތަށްއެރިއެވެ. އޭނަ އެ ޚަބަރު ލިބުމުން ބޭބެއަށް އެންގުމުގެ ކުރިން ބައްޕައަށް އެންގިނަމަ މާ ރަނގަޅުވީހެވެ. ބައްޕަގާތު ލޯބިން އެއީ ގޯސްކަމެއްކަމަށް ބުނެދޭން އުޅުނުނަމަ ބައްޕަ އަޑުއެހީހެވެ. ބައްޕަ ފަތިސް ނަމާދަށްދާން އެއްބަސްވިއްޔާ އެކަމަށް އެއްބަސްނުވާންވީ ސަބަބެއްނޯންނާނެއޭ މިސްބާޙްގެ ހިތް ބުންޏެވެ. ބައްޕަ މީގެ އިރުކޮޅެއްކުރިން އޭނަގެ ގައިގައި ބައްދާލި މަންޒަރު ސިފަވެގެން ދިޔުމުން މިސްބާޙްގެ ލޯ ކަރުނުން ފުސްވިއެވެ. މިރޭ އޭނަ ރާވައިގެން ހުރީ ހުރިހާ މައްސަލަތައް ޙައްލުކުރާށެވެ. އެހެނަސް ކަންދިމާވިގޮތުން މިރޭ މައްސަލަތައް ދުވަހަކުވެސް ގޯސްނުވާ ވަރަށް ގޯސްވެއްޖެއެވެ. އޭނަގެ ބައްޕަ ދެން ދުވަހަކުވެސް އޭނަ އެގޮތަށް ބައްދާނުލާނެތޯ ހިތް ސުވާލުކުރި ވަގުތު މިސްބާޙަށް ނޭނގި އޭނަގެ ސައިކަލުގެ ސްޕީޑް ދަށްވެގެން ދިޔައެވެ. ބައްޕަގެ ކާރުގެ ހެޑްލައިޓް ދުރުވަމުން ދިޔަތަން މިސްބާޙަށް ކަރުނަތަކުގެ ތެރެއިން ފެނުނެވެ. އޭގެ މާ ގިނައިރެއްނުވެ އިވުނު ބާރު އަޑެއްގެ ސަބަބުން މިސްބާޙް ބިރުން ފިއްކަނޑައިގެން ދިޔައެވެ. އޭނަ އަވަސްއަވަހަށް އެސްފިޔަ ޖަހަމުން ކުރިމައްޗަށް ބަލާލި ވަގުތު އަނެއްކާވެސް ބާރު އަޑަކާއެކީ ބިއްލޫރިތައް ތަޅައިގެން ދިޔަ އަޑުއިވުނެވެ. ބިރުވެރިކަމުން ވަށާލެވިގެން ދިޔަ ހިތަކާއެކީ މިސްބާޙް ނުފަރިތަ ގޮތަކަށް ސައިކަލު ދުއްވަމުން ކުރިއަށް ދިޔައެވެ. މާ ދުރަކަށް ނުދެވެނީސް މަގުގެ މެދުގައި ހުރަހަށް އޮތް ޕިކަޕެއް ފެނިފައި އޭނަ ސައިކަލު މަޑުކޮށްލިއެވެ. އެ ޕިކަޕްގެ ކުރީކޮޅު ގޮޑިވެފައި އޮތް ތަން ފެނުނު ވަގުތު އެއްލިކަޅިއަކުން މަގުގެ އެއްފަރާތުގައި ވެސް އެއްޗެއް އޮތްކަން މިސްބާޙަށް އެނގުންވިއެވެ. އޭނަ އެ ދިމާލަށް ބަލާލި ވަގުތު އެ ވިނަގަނޑުމަތީގައި ބަނޑުންވެފައި އޮތް ކަޅުކުލައިގެ ކާރު ފެނިފައި އޭނަގެ މެއަށް ނުބައި ގޮތެއްވިއެވެ. އެއީ ކޮން ކާރެއްކަން ޔަޤީންވި ވަގުތު މިސްބާޙް ޑޭޑްއޭ ކިޔައި ގޮވާލި ވޭނުން ފުރިގެންވި އަޑު މުޅި ޞަރަޙައްދުގައި ގުގުމައިގެން ދިޔައެވެ. އެވަގުތު އެތަނަށް ސައިކަލުތަކާއި ކާރުތައް މަޑުކުރަން ފަށައިފިއެވެ. މީހުން ކާރުގެ ވަށައިގެން އެއްވާން ފެށުމުން މިސްބާޙްވެސް ސައިކަލުން ފައިބައިގެން ކާރާއި ދިމާލަށް ހިނގައިގަތީ ރޮވެން ކައިރިވެފައި ހުރެއެވެ. މީހުންތަކުގެ ތެރެއިން ފުރޭނެމުން ގޮސް ކާރާއި ހަމައަށް ދެވުނުތަނާހެން މިސްބާޙް ދެކަކޫމައްޗަށް ތިރިވިއެވެ. އަދި ކާރުގެ ކުޑަދޮރުން ކާރުގެ އެތެރެ ފެނޭތޯ ބެލިއެވެ. އެކޮޅުކޮޅުން އޮތް އަމީންގެ ޒަޚަމްވެފައިވާ މޫނު ފެނިފައި މިސްބާޙް އަޑުން އަޑު ނަގައި ރޯންފެށިއެވެ. އަދި ޑޭޑްއޭ ކިޔައި ކުޑަދޮރުގެ ކައިރީގައި ތަޅަމުން ދިޔައެވެ. މިސްބާޙް އެތަނުން ދުރުކުރަންޖެހުނީ އެތައް މީހުން އެއްވެގެން ގަދަކަމުންނެވެ. މާ ގިނައިރެއްނުވެ އެތަނަށް އެމްބިއުލާންސްއައެވެ.

 

**

 

މިސްބާޙްގެ ޙަޔާތަށް ތޫފާނެއް އައި ވަގުތު ނަސްރާއާއި އޭނަގެ ޢާއިލާގެ މީހުން އުފާކުރަމުން ދިޔައެވެ. ޕްރައިވޭޓް ރޫމެއްގެ އެނދުގައި ނަސްރާ އައިވީ ގުޅައިގެން އެނދުމަތީގައި އިންއިރު އޭނަގެ ކައިރީގައި ޔޫނުސްވެސް އެނދުމަތީގައި އިނެވެ. އަފްރީން އެތާ ވަކިން ހުރި އެނދުގައި އިށީނދެގެން އިންއިރު ޝަރީފާއި އަފްރާޒް ތިބީ އެ ކޮޓަރީގެ ކަނުގައި ވަކިން ހުރި ދެ ސޯފާގައެވެ. މި ގަޑިއަކީ އާޒް ނިދާ ގަޑި ކަމަށްވުމުން ސަދަފްވީ ގޭގައެވެ. އޭނަގެ އެންމެ ގާތް އެކުވެރިޔާ ނެތެއްކަމަކު އަފްރާޒާއި އަފްރީން އެކިއެކި ސަމާސާތައްކޮށް ނަސްރާގެ ހިތް ފުރަމުން ދިޔައެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުޖާލާވި ހިނިތުންވުންތަކެވެ.

 

އެ އެންމެންގެ ވާހަކަތަކަށް ހުއްޓުމެއް އައީ ޔޫނުސްގެ ފޯނު ރިންގުވުމުންނެވެ. އޭނަ ފޯނު ޖީބުން ނަގައި ބަލާލިއިރު ސްކްރީނުން ދިގު ނަންބަރެއް ފެނިފައި އޭނަގެ ނިތަށް ރޫގިނަވިއެވެ. އެވަގުތު ޝަރީފް ކާކުތޯ ސުވާލުކުރިއެވެ. ހަމައެއާއެކު މި ވާނީ ބައްޕައަށޭ ޔޫނުސްގެ ހިތް ބުންޏެވެ. އޭނަ އެންމެން ގާތު އެބަ އަންނަމޭ ބުނެލަމުން އެ ކޮޓަރިން ނިކުތީ މިވަގުތު އެތާނގައި ނަވާޒްގެ ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެހެން ހީވީތީވެއެވެ. ޔޫނުސް ކޮޓަރީގެ ދޮރު ލައްޕާލަމުން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ސަލާމް ބައްޕާ.” ޔޫނުސް ލުއި ހިނިތުންވުމަކާއެކީ ބުނެލިއެވެ.

 

“އެނގިއްޖެދޯ ބައްޕަކަން؟ ބައްޕައަށް މިހާ ދުވަހު ދަރިފުޅަށް ނުގުޅާ ހުރެވުނީ ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގަ ބާއްވާފަ އޮތީތީއޭ. ހާދަ ބޮޑު ޙާދިސާއެއް ހިނގައިފިޔޭދޯ މިރޭ؟ އަމީން ކިހިނެއްތަ މިހާރު؟ ޒާހިޔާވެސް މިސްބާޙް ވެސް ފޯނެއްނުނަގާ.” ނަވާޒް ބުނެލިއެވެ. ޔޫނުސް ޙައިރާންވިއެވެ. ބޮޑު ޙާދިސާއެކޭ ބުނުމުން އޭނައަށް ސިފަވެގެން ދިޔައީ ނަސްރާއަށް ދިމާވި ކަންތައްތަކެވެ. އެހެނަސް…….

 

“ބައްޕާ އަމީނަށް ކީއްތަވީ؟” ޔޫނުސް އަހާލިއެވެ.

 

“ނުދެނަހުރިންތަ؟ ރާއްޖެ ޕްރެސްގަ މީގެ ގަޑިއިރެއްކުރިން އެބަހުރި ޚަބަރެއް. އަމީންގެ ކާރާއި ޕިކަޕަކާ އެކްސިޑެންޓެއްވެއްޖެޔޭ ކިޔާފަ. ފޮޓޯގަ އަމީންގެ ކާރު އޮތީ ބަންޑުން. ޔޫނުސްއަށް ޚަބަރެއްނުވޭތަ؟” ނަވާޒް ޙައިރާންކަމާއެކީ ސުވާލުކުރިއެވެ. ޔޫނުސްގެ ނިތަށް ރޫގިނަވިއެވެ. އޭނަގެ ހަނދާނަށް ކުއްލިއަކަށް އައީ މީގެ އިރުކޮޅެއް ކުރިން ހޮސްޕިޓަލަށް އެމްބިއުލާންސެއް ވެއްދި އަޑު އިވުނު ގޮތެވެ. އެއީ ކާކުކަން ބަލަން އުޅެފަވެސް އޭނަ ޚިޔާލު ބަދަލުކޮށްލި ގޮތެވެ. އަމީނަށް ހަމަ އެހާވެސް ބޮޑުވަރުވީބާއެވެ.

 

“ބައްޕާ އަހަރެން…..އަހަރެން ފަހުން އެބަގުޅަން.” ޔޫނުސް އަވަސްއަވަހަށް ބުނެ އެކޮޅުން ނަވާޒް ހޫންލައްވާލުމުން ފޯނު ކަނޑާލިއެވެ. ޔޫނުސް ވަގުތުން އޭނަގެ ފޯނުން ރާއްޖެ ޕްރެސްއަށް ދިޔައެވެ. އެންމެ ފުރަތަމަ ވެސް ފެނިގެން ދިޔައީ ނަވާޒް އެ ބުނި އެކްސިޑެންޓްގެ ވާހަކައެވެ. އެ ޚަބަރު ލިޔެފައިވަނީ މިކޮޅުގައި އުޅޭ މުވައްޒަފެކެވެ. ޔޫނުސް ވަގުތުން އެ ޚަބަރު ހުޅުވައި ފޮޓޯތައް ބަލަން ފެށިއެވެ. ފުރަތަމަ ތިން ފޮޓޯއިން ފެނުނީ ކާރު ބަންޑުން އޮތް މަންޒަރު ތިން ފަރާތަކުން ނަގާފައެވެ. ހަތަރުވަނަ ފޮޓޯގައި މިސްބާޙް ބިމަށް ތިރިވެ ކާރުގެ ކައިރީގައި ރޯން އިންތަން ފެނިފައި ޔޫނުސްގެ ހިތަށް އަސަރުކުރިއެވެ. އޭނަ މި ވާހަކަ ވަގުތުން ނަސްރާމެނަށް އަންގަން ބޭނުންވިއެވެ. މިސްބާޙަކީ މިރޭ އެމީހުންގެ މޫނުމަތީގައި ވި ހިނިތުންވުންތަކުގެ ސަބަބަކަށްވީ ހިނދު މިސްބާޙާއިއެކީ މި ޙާލަތުގައި ވުމަކީ އެންމެން ކުރަންޖެހޭނެ ކަމެއްކަމަށް އޭނަ ދެކުނީތީވެއެވެ.

 

“އަމީންގެ އެކްސިޑެންޓެއްވެއްޖެ.” ޔޫނުސް ކޮޓަރީގެ ދޮރު ހުޅުވާލަމުން ބުނެލި ވާހަކައިން އެންމެން ހިނދުކޮޅަކަށް ހިމޭންވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ ޝަރީފް ވާހަކަ ދެއްކިއެވެ.

 

“ހަމަ ރަނގަޅަށްވީ! އޭނައެއްނު އަހަރުމެންގެ ނަސްރާ ހައްޔަރު ކޮށްގެން އުޅުނީ؟ އޭނައަށް އެ ލިބުނީ އޭނައަށް ޙައްޤުވާ އަދަބު!” ޝަރީފް ފޯރިއާއެކީ ބުނެލިއެވެ. ނަސްރާ ބައްޕާއޭ ކިޔައި ދިގުކޮށް ގޮވާލިއެވެ.

 

“އަމީން ވެދާނެ އަހަރުމެންގެ ދުޝްމިނަކަށް. އެކަމަކު އޭނަގެ ރޭވުމުން އަހަރުމެން ސަލާމަތްކޮށްދިނީ މިސްބާޙް. މިސްބާޙް އަހަންނަށް ގުޅާފަ ބުނީ ނަސްރާ ގެންދެވުނީ އެގެއަށޭ. އޭނަ ނުބުނިނަމަ އަހަރެން އެގެ އަނެއްކާ ނުބެލީސް. އެއީ ކުރިން އެތައް ފަހަރަކު ބަލާފަ ހުރި ގެއަކަށްވާތީ……..އަމީނަކީ މިސްބާޙްގެ ބައްޕަ. އަމީނަށް ކަމެއްވުމުން އަހަރުމެނަށް މާ ބޮޑު އަސަރެއް ނުކުރިޔަސް މިސްބާޙް ހިތާމަ އެބަކުރޭ. އަހަރެން ދެކޭގޮތުގަ އަހަރުމެންވާނެ މިސްބާޙަށް ޝުކުރު އަދާކުރުމުގެ ގޮތުން ވިޔަސް އޭނައާއި އެކީގަވާން.” ޔޫނުސް ދެއްކި ވާހަކައިން އަފްރީނަށް އިނދެވުނީ ހިރިލަން ވެސް ނޭނގިފައެވެ. މިސްބާޙް އޭރު އޭނައަށް ގުޅީ ކީއްވެގެންކަން އޭނައަށް މިއެނގުނީ އަދި ކިރިޔާއެވެ. މިސްބާޙް އަމިއްލަ ބައްޕައާއި ދެކޮޅަށް ވެސް ރަނގަޅު ފިޔަވަޅެއް އެޅީތީ އަފްރީނަށް ހިތާހިތުން މިސްބާޙާއިމެދު ފަޚުރުވެރިވެވުނެވެ. އެއީ އޭނަގެ ހިތްވަރުގަދަ މިސްބާޙޭ ހިތަށްއެރިއެވެ. އަފްރީންގެ މޫނުމައްޗަށް ހިތާމަވެރި ހިނިތުންވުމެއް ވެރިވިއެވެ.

 

“އާނ ބައްޕާ. ޔޫނުސް އެ ބުނީ ތެދެއް. ޔޫނުސްއާއި ބައްޕަ ދޭ މިސްބާޙްގެ ކައިރިއަށް. ޔޫނުސް…….އަހަރެންގެ ފަރާތުން ވެސް މިސްބާޙަށް ޝުކުރު އަދާކޮށްދޭތި.” ނަސްރާ ޔޫނުސްއަށް ބަލާލަމުން ބުނެލިއެވެ. ޔޫނުސް އިރާދަކުރެއްވިއްޔާއޭ ބުނެލަމުން ޝަރީފްގާތު އައުމަށް އެދުނެވެ. ޝަރީފް ރުޅި މޫނަކާއެކީ ޔޫނުސްގެ ފަހަތުން ދިޔައެވެ. ބައްޕައާއި ޔޫންބެ ލޯމައްޗަށް ގެއްލުމުން އަފްރީންގެ ހިތަށް އުނދަގޫވިއެވެ. އޭނަވެސް މިސްބާޙްގެ ގާތަށް ގޮސް އޭނަގެ ހިތްހަމަ ޖައްސައިދޭން ބޭނުންވިއެވެ. އެހެނަސް ދެމީހުންގެ ހިތްވެސް ޖަޒުބާތުން ފުރިގެންވި ޙާލަތެއްގައި އޭނައަށް މާ ގިނަ ވާހަކަތައް ދެއްކިދާނެތީ އަފްރީން ޖެހިލުންވިއެވެ.

 

**

 

ޒާހިޔާއާއި މިސްބާޙާއި ވަޙީދު އައި.ސީ.ޔޫގެ ބޭރުގައި ހުންނަ ގޮނޑިބަރީގައި އިށީނދެގެން ތިބިއިރު ތިން މީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ބަނަކަމެވެ. އެންމެ ބޮޑު އަސަރެއްކޮށްފައިވަނީ މިސްބާޙަށެވެ. އޭނަގެ ލޯ ރަތްވެ ދުޅަވެފައިވީއިރު އޭނަގެ އިސްތަށިގަނޑުވަނީ ހޭވިފައެވެ. ލައިގެން ހުރި ނޫކުލައިގެ އެތަން މިތަނުގައި ލޭ ހުރިއިރު އެ ގަމީހުގައި ވަނީ ރޫޖެހިފައެވެ.

 

ތިން މީހުން އައި.ސީ.ޔޫއިން ނިކުންނާނެ ޑޮކްޓަރެއްގެ އިންތިޒާރުގައި ތިއްބާ ޑޮކްޓަރު ނިކުތުމުން ތިން މީހުންނަށްވެސް އެކުއެކީގައި ތެދުވެލެވުނެވެ. ޑޮކްޓަރު އެމީހުންނަށް ބަލަން ހުރެ މާޔޫސީ ގޮތަކަށް ބޯހޫރުވާލިއެވެ.

 

“މިއަދުން ފެށިގެން އަމީންގެ އެއްފަޅީގައި ވާގިއެއް ނުހުންނާނެ.” ޑޮކްޓަރު ބުނެލި ޖުމްލައިން ޑޮކްޓަރުގެ ކުރިމަތީގައި ތިބި ތިން މީހުންގެ އިތުރުން އެމީހުންގެ ފުރަގަހުގައި ތަންކޮޅެއް ދުރުގައި ތިބި ޔޫނުސްއާއި ޝަރީފް ވެސް ހުއްޓުން އެރިއެވެ. ސިކުންތުކޮޅެއްފަހުން ޒާހިޔާ ފުން ނޭވައެއް ދޫކޮށް ވަޙީދު ޑޮކްޓަރަށް ބޯޖަހާލި ވަގުތުވެސް މިސްބާޙް ހުރީ ހުއްޓުން އަރާފައެވެ. ޑޮކްޓަރު އެމީހުންނާއި ދުރަށް ހިނގައިގަތުމުން ވެސް ޑޮކްޓަރުގެ ޖުމްލަ އޭނަގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. އޭނަގެ ލޮލަށް ސިފަވަމުން ދިޔައީ ކުޑައިރުއްސުރެ ބައްޕަ އޭނައާއެކީ އުޅުނު ގޮތެވެ. އެއްޗެހި ގޮވި ކިތަންމެ ދުވަހެއް ދިޔަޔަސް އޭނަ އެދުވަސްތައް ހަނދާނެއްނުވެއެވެ. އޭނަ ހަނދާންވަމުން ދިޔައީ ބައްޕަ ބައްޕަގެ ބުރަކަށްޓަށް ލައިގެން އޭނަ އުފުއްލި ހަނދާނެވެ. އޭނައާއެކީ ޕާކަށް ގޮސް ފުޓުބޯޅަ ކުޅުނު ހަނދާނެވެ. ބައްޕަ އޭނައާއި ސަމާސާކުރި ގޮތްތަކެވެ. އެންމެ ފަހުން މިސްބާޙްގެ ހަނދާނަށް އައީ މިރޭ އޭނަގެ ބައްޕަ އޭނަ ބައްދާލި ގޮތެވެ. އެއީ ހަމަ ޙަޤީޤަތުގައި ވެސް ބައްޕައަށް އޭނަ ބައްދާލެވުނު ފަހު ފަހަރުތާއޭ ހިތް ބުނި ވަގުތު މިސްބާޙްގެ ލޮލުން ކަރުނަތައް ހޯސްލާފައި އަންނަން ފެށިއެވެ. އޭނައަށް އަނެއްކާވެސް ހުރިތަނަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. ވަޙީދު މިސްބާޙޭ ކިޔައި ގުދުވެ އޭނަގެ ދެކޮނޑުގައި ހިފަހައްޓާލި ވަގުތު ޒާހިޔާވެސް ތިރިވިއެވެ.

 

“ދަރިފުޅު ތި ރޮނީ ކީއްވެ؟ އެއީ ދަރިފުޅަށް އެތައް އަނިޔާއެއްދިން އިންސާނެއް. އޭނައަށް މިއަދު އެ އޮތީ އޭގެ ޢަޒާބު ލިބިފަ.” ޒާހިޔާ މިސްބާޙްގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ނުރުހުންތެރިކަމާއެކީ ބުނެލިއެވެ.

 

“މްމް….މަމް…..މާ. ޑޭޑް ބުނި ތިމަންނަ މިއަދު އަހަންނާއެކީ ފަތިސް ނަމާދަށްދާނަމޭ.” މިސްބާޙް ރޮވިފައިވާ އަޑަކުން ބުނެލި ވާހަކައިން އެތާނގައި ތިބި އެންމެންގެ ހިތްތައް ޖަޒުބާތުން ފުރިގެންއައެވެ. ޒާހިޔާއަށް ރޮވެން އުޅުނެއްކަމަކު އޭނަ ނޫންކަމަށް ހަދާލިއެވެ.

 

“އޭނަ މިއަދު ސަލާމަތުން ހުރިނަމަވެސް ނުދާނެ.” ޒާހިޔާ ޔަޤީންކަމާއެކީ ބުނެލިއެވެ.

 

“ނޫން މަންމާ. ރޭގަ ޑޭޑް އަހަންނާ ވަރަށް ލޯބިން ވާހަކަ ދެއްކީ. އަހަރެން ހުރިހާ ކަމެއް ގޯސްކުރީ. އަހަރެން އެންމެ ފުރަތަމަ ވެސް ބައްޕައަށް އެންގިނަމަ……” މިސްބާޙްގެ ވާހަކަ މެދުކެނޑުނެވެ.

 

“އެންގިނަމަ ނަސްރާ ދުވަހަކުވެސް ސަލާމަތް ނުކުރެވުނީސް. ހުރިހާ ކަމެއްވީ ރަނގަޅަށް. ދެންވެސް ކަންތައްވާނީ ރަނގަޅަށް އިރާދަކުރެއްވިއްޔާ.” ޒާހިޔާ ބުނެލިއެވެ.

 

“އާނ މިސްބާޙް. ދެން މިހާ ހިސާބުން ބޭބެ ވެސް އިސްލާޙުވާނެ އިރާދަކުރެއްވިއްޔާ. ދެރަނުވޭ.” ވަޙީދު އެހެން ބުނެލަމުން މިސްބާޙްގެ ކޮނޑުގައި ހިފައި ހިއްލަން އުޅުނެވެ. މިސްބާޙް ދެކޮޅު ހެދުމެއްނެތި އިސްޖެހިފައިހުރެ ކޮޅަށް ތެދުވިއެވެ.

 

“ޑޭޑް ބަލަން ހިނގާ.” މިސްބާޙް އެހެން ބުނެލަމުން ޒާހިޔާމެނަށް ބެލުމެއްނެތި އައި.ސީ.ޔޫގެ ދޮރާއި ދިމާލަށް ދާން ފެށިއެވެ. އެ މަންޒަރު ފެނިފައި ޔޫނުސް ކުރިއަށް ޖެހިލަމުން މިސްބާޙަށް ގޮވާލިއެވެ. މިސްބާޙް ފިޔަވަޅުތައް މަޑުޖައްސާލަމުން ފަސްއެނބުރި ބަލާލިއެވެ.

 

“މިސްބާޙް……އައިމް ރިއަލީ ސޮރީ. ނޭނގި ނަމަވެސް އަހަރެންގެ ސަބަބުން މިއަދު މިސްބާޙްގެ ބައްޕަ އެ ޙާލުގަ އޮތީ.” ޔޫނުސް ދެރަވެފައިހުރެ ބުނެލިއެވެ. މިސްބާޙް އިރުކޮޅެއްވަންދެން ޔޫނުސްއަށް ބަލަން ހުރެފައި އިޓްސް އޯކޭއޭ ވައި އަޑުން ބުނެލަމުން އައި.ސީ.ޔޫއަށް ގޮސްވަނެވެ. އޭނަގެ ފަހަތުން ޒާހިޔާއާއި ވަޙީދުވެސް ވަތް މަންޒަރު ބަލަން ހުރި ޔޫނުސްގެ މޫނުމަތިން ފެނަމުން ދިޔައީ ޙަމްދަރުދީ ކަމަށްވިޔަސް ޝަރީފްގެ މޫނުމަތިން ފެނުނީ ޙައިރާންކަމެވެ. މިސްބާޙަކީ އޭނަ ހީކުރި ކަހަލަ ކުއްޖެއްނޫންތާއޭ އޭނަގެ ހިތް ބުނަމުން ދިޔައެވެ. ތިމާގެ އަމިއްލަ ބައްޕަ ތިމާއަށް އަނިޔާ ކުރުމުން ވެސް ބައްޕަދެކެ މިސްބާޙް އިންތިހާއަށް ލޯބި އެބަވެއެވެ. އެއީ މި ޒަމާނުގައި ޢާއްމުކޮށް ފެންނަ މަންޒަރެއްވެސް ނޫނެވެ. ރަނގަޅު ކުއްޖެއްގެ ކިބައިގައި ނޫނީ އެފަދަ ސިފައެއް ނުހުންނާނެކަމަށް ޝަރީފަށް އަމިއްލަ ނަފްސާއި އެއްބަސްވެވުނެވެ. އެއާއެކު އޭނަ ކުއްލިއަކަށް މިސްބާޙާއިމެދު ޙަމްދަރުދީވިއެވެ. މިސްބާޙާއިމެދު ގޯސްކޮށް ވިސްނުނީތީވެވެސް ހިތާމަ ކުރެވުނެވެ. އޭނަ ވަޙީދުގާތު ވެސް ބުނިހާ ބަސްތައް ބަދަލުކުރަން ބޭނުންވިއެވެ. އެހެނަސް މިއީ އެކަން ކުރުމަށް ރަނގަޅު ވަގުތަކަށް ނުވާނެހެން ހީވީތީ ޝަރީފް ހިތުތެރޭގައި އެ ވާހަކަ ބޭއްވިއެވެ.

 

އޭގެ 4 ހަފްތާފަހުން އަމީން ފުރޮޅުލީ ގޮނޑިއެއްގައި ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. އޭނަ ގެއަށް ގެނެވުނު ދުވަހުގެ ރޭ ވަޙީދު އޮތީ ފުރަން ނިންމާފައެވެ. އޭނަ ފުރަންވީއިރު ވެސް އޭނަ ސާފުކުރަން އައި މައްސަލައިގެ އިތުރު ހެއްކެއް އޭނައަށް ނުލިބުނީތީ ވަޙީދު އަމިއްލަ ނަފްސަށް ނުރުހުންވިއެވެ. ގޯހެއް ހަދާފައިވާނީ މިސްބާޙެއް ނޫންކަން މިހާރު ވަޙީދަށް ޔަޤީން ކުރެވެއެވެ. އަމިއްލަ ބައްޕަ ވާގި ނެތުމުން ވެސް ބައްޕަ ހިތްހަމަޖެއްސުމަށްޓަކައި ބައްޕައާއި ސަމާސާ ކުރާ ކުއްޖަކު އެހާ ނުބައި ރޭވުމެއް ރާވާފާނެއެކޭ އޭނަގެ ހިތެއްނުބުނެއެވެ. ކޮންމެއަކަސް މިސްބާޙްގެ ފަރާތުންނާއި އަމީންގެ ފަރާތުން އޭނައަށް އެނގިގެން ގެއްލުންވި މީހުންނަށް ވަޙީދު މަޢާފަށް އެދެން ބޭނުންވިއެވެ. އެކަމަށްޓަކައި އޭނަ އެރޭ މިސްބާޙްގާތު އޭނަ ޝަރީފްމެންގެ ގެއަށް އޭނަ ގެންގޮސްދިނުމަށް އެދުނެވެ. އެއީ އަފްރީންގެ ގެކަން އެނގުންވުމުން މިސްބާޙް ޖެހިލުންވިއެވެ. އެހެނަސް އޭނައަށް ވަޙީދަށް އިންކާރުކުރަން ނުކެރުނީ ވަޙީދުގެ ފަރާތުން ކުރިމަތިވެދާނެ ސުވާލުތަކެއްގެ ސަބަބުންނެވެ. އެހެންކަމުން މިސްބާޙް އޭނަގެ ސައިކަލުގައި ވަޙީދު އެގެއަށް ގެންދިޔައެވެ. ވަޙީދާއެކީ މިސްބާޙް ވެސް ދެ ޚިޔާލެއްގެ މަތީގައި ހުރެ އެގޭގެ މައިދޮރާއި ހަމައަށް ދިޔައެވެ. އެވަގުތު ގޭގެ ތެރެއިން އަފްރީން ދޮންތާއޭ ކިޔައި ގޮވާލި އަޑަށް މިސްބާޙަށް ބޭ އިޚްތިޔާރުގައި ދޮރުމަތިން ދުރުވެސް ދޮރުގެ ކައިރ ފާރުކައިރީގައި މަޑުކޮށްލެވުނެވެ. ވަޙީދު ކިހިނެއްވީތޯ ސުވާލުކުރުމުން ތިމަންނަ ނުވަންނާނަމޭ މިސްބާޙް ބުންޏެވެ. ވަޙީދު އެއީ ކީއްވެތޯ ސުވާލުކުރުމުން ތިމަންނަ ވަންނަން ބޭނުމެއްނުވާކަމަށް މިސްބާޙް ބުންޏެވެ. ވަޙީދު އަޖައިބުވެފައި އޭނައަށް ބަލަން ހުރެފައި ސަލާމް ގޮވާލިއެވެ. އިރުކޮޅެއްފަހުން އެ ދޮރު ހުޅުވާލީ ޝަރީފެވެ. ވަޙީދު ފެނިފައި ޝަރީފް ހިނިތުންވުން ފަނޑުވިއެއްކަމަކު އޭނަ ވަޙީދަށް ހޫނު މަރުޙަބާއެއް ކިޔޭތޯ ބެލިއެވެ. ޝަރީފް އަފްރީނާއި އެވަގުތު އެގެއަށް ޔޫނުސްއާއެކީ ހުރި ނަސްރާ ލައްވައި ސައި ތައްޔާރު ކުރުވިއެވެ. ނަސްރާމެން ސައި ގެނައިއިރު ޝަރީފާއި ވަޙީދާއި ޔޫނުސް ވާހަކައިގައި ތިއްބެވެ. ވިޔަފާރީގެ ވާހަކަ ދައްކަމުން ގޮސް ވަޙީދު ކުއްލިއަކަށް ސީރިއަސްވެލިއެވެ.

 

“އަސްލު…….އާ ވިޔަފާރިއެއް ފަށާކަށް ނޫން އަހަރެން މިކޮޅަށް އައީ. މީގެ ދުވަސްކޮޅެއްކުރިން މިސްބާޙާއި ކޮންމެވެސް އަންހެން ކުއްޖަކާ ދެމެދު ހިނގި ކަންތައްތައް އިތުރަށް އޮޅުން ފިލުވަންވެގެން. އަސްލު އެ އަންހެން ކުއްޖާ ބަރުބާދުކޮށްލަން އުޅުނީ ކާކުކަން ދެނެގަންނަންވެގެން. މިސްބާޙް ތިމަންނަ އެއްވެސް ކަމެއް ނުކުރަމޭ ބުންޏަސް އަހަރެން އެކަމުގެ ހެކި ބޭނުންވި. މިހާރު މިސްބާޙް އެ އުޅޭ ގޮތްވެސް ހެއްކަކަށް ފުދޭނެ ކަންނޭނގެ. އެކަމަކު……” ވަޙީދުގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާ ޝަރީފް އެއްޗެކޭ ބުނަން އުޅުނު ވަގުތު އަފްރީން ވާހަކަ ދެއްކިއެވެ.

 

“އަހަރެންގެ އަތުގަ އެބައޮތް ހެކި.” ކޮޅަށްހުރި އަފްރީން ސާބިތުކަމާއެކީ ބުނެލިއެވެ. އެ އަޑު އިވިފައި ބޭރުގައި ހުރި މިސްބާޙް ހުއްޓުންއެރިއެވެ.

 

“ކޮން ހެއްކެއް؟” ވަޙީދު ކޮށްލީ މިސްބާޙްގެ ހިތުގައި އޮތް ސުވާލެވެ.

 

“އެރޭ މިސްބާޙާއެކީގަ ހުރި ކުއްޖަކީ އަހަރެން. އެކަމަކު އަހަރުމެން އެއްކޮޓަރިއެއްގަ ތަޅުލެވުނީ މިސްބާޙް ކުރި ކަމަކުންނެއްނޫން. އެއީ ސިނާންއާއި އަހަރެންގެ ކުރީގެ ބައެއް އެކުވެރިން ބައިވެގެން ކުރި ކަމެއް.” އެ ވާހަކަ އިވިފައި ވަޙީދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މިސްބާޙަށް ވެސް ބޮޑުވެގެން ދިޔަ ދެލޮލާއެކީ ހުޅުވާލެވިފައިވާ ދޮރާއި ދިމާލަށް ބަލާލިއެވެ. އަފްރީނަށް އެނގުނީ ކިހިނެއްބާއޭ އޭނަގެ ހިތަށްއެރިއެވެ.

 

“އެކަމަކު……ޝަރީފް ބުނީ…” ވަޙީދުގެ ވާހަކަ ފުރިހަމައެއްނުވިއެވެ.

 

“އަމިއްލަ ދަރިފުޅުގެ ނަން ބަދުނާމު ނުކުރުމަށްޓަކައި އަހަންނަށް ދޮގެއް ހަދާލެވުނީ. އެރޭ އަހަރެން ސަލާމަތްކުރީ ހަމަ އަފްރީން.” ޝަރީފް އެންމެ ފަހުން ބުނެލިއެވެ. ވަޙީދު ދެންވެސް ޤަބޫލުކުރަން ޖެހިލުންވިއެވެ.

 

“ކޮބައިތަ ހެއްކަކީ ސިނާންކަން މިކަން ކުރީ؟” ވަޙީދު ހާސްވެފައިހުރި ވަރު އޮޅުންއަރާފައި އަފްރީންގާތު ސުވާލުކުރިއެވެ. އެވަގުތު ޝަރީފް ކޮން ސިނާނެއްތޯ އެހިއެވެ. އެހެނަސް އަފްރީން އެއަށް ސަމާލުކަން ދިނުމެއްނެތި އޭނަގެ ހެދުމުގެ އެއްފަރާތުގައި ހުރި ޖީބުން އޭނަގެ ފޯނު ނެގިއެވެ. އަދި ފޮޓޯއެއް ހުޅުވާލަމުން ވަޙީދު އަތަށް އެ ފޯނު ދިއްކޮށްލިއެވެ. ވަޙީދު އެ ފޯނު އަތުލައި އެއަށް ބެލިއެވެ.

 

“ތިއީ އެ ޙާދިޘާ ހިނގި ދުވަސްވަރު ސިނާނާއި އަހަރެންގެ އެކުވެރިޔާ ނައުފާއާއި ދެމެދު ބަދަލުކުރެވިފައި ހުރި މެސެޖުތައް. ތި މެސެޖުތަކުން ވަރަށް ސާފުކޮށް އެނގޭނެ އެމީހުން ރޭވި ރޭވުން. ސިނާން އަހަންނަށް މިސްބާޙްގެ ޕްރޮފައިލްއިން މެސެޖެއް ފޮނުވުމާ، ފަލަކް އަހަރެންގެ އެހީ ހޯދަން އެގެއަށް ގެންދިޔުމާއި، މިސްބާޙްގެ އައި.ޕެޑް ފޮރުވައިގެން ފަލަކްގެ ގޭގައި އޭތި އޮތް ވާހަކަ ބުނުމާއި، އެ ހުރިހާ ވާހަކައެއް ތިއިން އެނގޭނެ. އަހަރެން ޝުކުރުކުރަން ރާޔާއަށް ރާޔާ އަހަންނަށް ތި އެއްޗެހި ފޮނުވި ކަމަށްޓަކައި. އަހަންނަށްވެސް ދޭތެރެ ދޭތެރެއިން މިސްބާޙަށް ޝައްކު ކުރެވެމުން ދިޔަ. އެކަމަކު މިހާރު ހަމަ ޔަޤީން މިސްބާޙް މައުސޫމްކަން.” އަފްރީންގެ އެ ވާހަކަ އިވިފައި މިސްބާޙަށް ހުރެވުނީ ދެލޯ މަރައި ދެބުމަ ކައިރިކޮށްގެނެވެ.

 

“އަހަރުމެންގެ ރާޔާތަ؟” ވަޙީދަށް ފޯނުން ނަޒަރު ވަކިކޮށްލަމުން އަހާލެވުނެވެ.

 

“ލައްބަ…..ރާޔާއަށް ސިނާންގެ ފޯނުން މެސެޖުތައް ފެނުނު ދުވަހު އޭނަ އަހަންނަށް އެ އެއްޗެހި ފޮނުވައިފި. ރާޔާ ބޭނުމެއްނުވި އަހަރެންގެ ހިތުގައި މިސްބާޙާއިމެދު ޝައްކުތަކެއްވާކަށް. އެއީ….އެހެންވީމަ.” އަފްރީން އިތުރު ސަބަބެއް ބުނަން އުޅެފައިވެސް އޮޅުވާލިއެވެ. ރާޔާ އޭނަގެ ހިތުގައި މިސްބާޙާމެދު ޝައްކުތަކެއްވާން ނޭދުނީ ރާޔާ ދެކޭ ގޮތުގައި މިސްބާޙް އޭނަދެކެ ވަނީ ޙަޤީޤީ ލޯތްބެކެވެ. އެ ވާހަކަ އެންމެންގެ ކުރިމަތީގައި ބުނަން އަފްރީން ޖެހިލުންވިއެވެ. އޭނަގެ ނަސީބު ރަނގަޅުކަމުން އޭނަ ވާހަކަ އޮޅުވާލިކަން އެތާނގައި ތިބި އެކަކަށްވެސް ނޭނގުނެވެ. އެހެނަސް ބޭރުގައި ހުރި މިސްބާޙް ހުރީ، ރާޔާ އެހެން ހަދަންވީ އަސްލު ސަބަބު އެނގެން ބޭނުންވެފައެވެ. އެހެނަސް އޭނަ އެކަމަށްޓަކައި ފިޔަވަޅެއް ނޭޅިއެވެ.

 

ވަޙީދު ފޯނުގައި ހުރި މެސެޖުތައް ކިޔާފައި ފުން ނޭވައެއް ދޫކޮށްލަމުން ކޮޅަށް ތެދުވިއެވެ. އެއަށްފަހު އޭނަގެ އަތުގައި އޮތް ފޯނު އަފްރީންގެ އަތަށް ދިއްކޮށްލިއެވެ.

 

“އެންމެ ރަނގަޅު. އެހެންވިއްޔާ އަހަރެން އަހަރެންގެ ދަރިފުޅު ސިނާންގެ ފަރާތުން އަފްރީނަށް ވަރަށް ބޮޑަށް މަޢާފަށް އެދެން. ހިތަށް އަރަނީ ރާޔާ އަހަރެން ކައިރީގަ ތި ވާހަކަ ނުބުނީ ކީއްވެބާއޭ. ބުނެފިއްޔާ ސިނާން އޭނައަށް އަދަބުދީފާނެތީ ކަންނޭނގެ. ކޮންމެ ގޮތެއްވިޔަސް އަހަރެން ސިނާނަށް ޙައްޤު އަދަބުދޭނަން. އެކަމުގެ ޔަޤީންކަން އަފްރީނަށް މިދެނީ. އަހަރެން ބޭބެގެ ފަރާތުން ޔޫނުސްމެނަށް ވެސް ކުރިމަތިވިހާ ދަތިތަކަށް މަޢާފަށް އެދެން. ބޭބެއަށް ދެން މިހާރު ޖެހިފައިވާ ޙާލަށްވުރެ ބޮޑު އަދަބެއް ނުލިބޭނެ ކަންނޭނގެ. މުޅި ޢުމުރު ދުވަހު އެއަށްޓަކައި މަސައްކަތް ކުރި އިންތިޚާބުގައިވެސް މިހާ ކައިރިވެފައި އޮތްވާ ބައިވެރިނުވެވޭގޮތް އެވީ. އެހެން އިންނައިރުވެސް ވަރަށް ރުޅި އައިއްސަ އަބަދުވެސް ހުންނަނީ. އެނގޭ މޫނުމަތިން.” ވަޙީދު ކިޔައިދިނެވެ.

 

“އެއީ މައްސަލައެއްނޫން ބޭބޭ. ބޭބެ އަހަރުމެންނަށް މަޢާފަށް އެދޭކަށް ވެސް ނުޖެހޭ. އަމީން އަހަރުމެންނަށް މައްސަލަތައް ކުރިމަތި ކުރުވިއްޔާ އެ މައްސަލަތައް ޙައްލުކުރީ އޭނަގެ ދަރިފުޅު. މިސްބާޙް. މިސްބާޙާއި ހެދި އަމީނަށް ނަފްރަތުކުރަން ނޭނގިފަ އަހަރުމެން މިތިބެނީ. އަމީނަށްޓަކައި ދުޢާވެސް ކުރެވޭ މިސްބާޙަށް އެކަމުން އުފަލެއް ލިބޭނެކަމަށް އުއްމީދުކޮށް.” ޔޫނުސް ހިނިތުންވުމަކާއެކީ ދެއްކި ވާހަކަ އިވިފައި މިސްބާޙަށް ވެސް ހިނިތުންވެލެވުނެވެ.

 

“ހަމަ އަސްލުވެސް. މިސްބާޙް އެ ހުރިހާ އަނިޔާތަކަކަށްފަހުވެސް އޭނަގެ ބައްޕަދެކެ ލޯބިވޭ. އޭނަ އައިއްސަ އެބަހުއްޓޭ. މިގެއަށް ނުވަދެ ބޭރުގަ އެބަހުރި. ނޭނގެ ކީއްވެކަމެއްވެސް. މިސްބާޙް!” ވަޙީދު ގޭގެ ހުޅުވާލެވިފައިވާ ދޮރަށް ނަޒަރު ހުއްޓާލަމުން ބާރަށް ގޮވާލިއެވެ. އެއާއެކު އަފްރީނާއި މިސްބާޙްގެ ހިތުގެ ތެޅުން ވެސް އަވަސްވިއެވެ. އަފްރީން މިސްބާޙް ދެކެން ކެތްމަދުވީ ވަގުތު އެތެރެއަށް ދާން ބޭނުންވިވަރުން އޭނަގެ ދެފައިގައި ރިއްސާލިއެވެ. އެހެނަސް އޭނަ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ހުރިތާ ހުރެ ވާހަކަ ދެއްކިއެވެ.

 

“ވަޙީދުބޭ އަވަހަށް އާދޭ. މިހާރު ޗެކް އިން ކުރާ ގަޑިޖެހެނީ.” މިސްބާޙް ދޮރުމައްޗަށް އެރުމެއްނެތި ގޮވާލިއެވެ. އެއާއެކު ވަޙީދުވެސް އަތުކުރީގައި އޮތް ގަޑިއަށް ބަލައި އެއީ ވެސް ތެދެކޭ ބުނެ ދަނީއޭ ބުނެލިއެވެ. އެއަށްފަހު އެގެއިން ނިކުންނަން ދިޔައެވެ. މިސްބާޙްގެ ސައިކަލު ދުއްވާލި އަޑަށް އަފްރީންގެ ހިތް ގެނބުނެވެ. އޭނައަށް ދެން ދުވަހަކުވެސް މިސްބާޙް ނުފެންނާނީތޯ ހިތަށްއެރިއެވެ. ސައިކަލު ދުއްވަމުން ދިޔަ މިސްބާޙްގެ ހިތަށް ވެސް ވެރިވީ އެފަދަ ސުވާލެކެވެ. އެހެނަސް ތަޤުދީރުގައި އެމީހުން އަދި ބައްދަލުވާން އޮތިއްޔާ ބައްދަލުވާނެ ކަމުގައ ދެމީހުންގެ ވެސް ހިތް ބުންޏެވެ.

 

***8 އަހަރު ފަސް***

 

“އަފޫ ދޮންތީ ތަންކޮޅެއް މަޑުން ދުއްވިދާނެތަ؟” ޖީޕްގެ ކުރީ ސީޓުގައި އިން 4 އަހަރުގެ އަޔާނާ ސީޓުގެ ދެފަރާތުގައި ދެއަތުން ބާރަށް ހިފަހައްޓައިގެންނެވެ. ޑްރައިވާރސް ސީޓުގައި އަޅި ކުލައިގެ ބޮޑު ޝޯލްއަކާއި ކަޅުކުލައިގެ ޖިލްބާބެއް ލައިގެން އިން އަފްރީނަށް ހީލެވުނެވެ. އޭނަ ދުއްވަމުން ދިޔައީ އެހާ ބާރަކަށް ނޫނަސް ކުއްލިއަކަށް އެކި ފަރާތް ފަރާތަށް އަނބުރަމުން ދިޔަ ގޮތުން އަޔާނާ ބިރުގަންނަމުން ދިޔައެވެ. މިއީ އަފްރީންގެ އާދައެވެ. އޭނައަށް ބޮޑުދައިތަ ކިޔާ ހަމައެކަނި ކުއްޖާ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ދުއްވަން ގެންގޮސް މިފަދަ ސަމާސާތައް ކުރުމެވެ. އަފްރީން އެންމެ ފަހުން ޖިޕް ދުއްވާފައި ގޮސް މަޑުކޮށްލީ ޔޫނުސްމެންގެ ގެ ކުރިމައްޗަށެވެ. އެގޭގެ ވަށައިގެން ހުރި ތިރި ފާރުވެސް ޒަމާނީ ފެންވަރަށް ހަދާފައި ހުރި ގޮތުން ހައިބަތު ހުރިކަމަށް ދައްކައެވެ. އަފްރީން ޖިޕުން ފައިބައިގެން ގޮސް އަޔާނާ ހުރި ސީޓުގެ ދޮރު ހުޅުވައި އޭނަ އުރާލަން އުޅުމުން އަޔާނާ ދެކޮޅު ހެދިއެވެ. އަޔާނާ ރުޅި މޫނަކާއެކީ ދެއަތް އުރާލިތަން ފެނިފައި އަފްރީން ދެރަވާކަމަށް ހެދެމުން ސޮރީއޭ ބުނެލިއެވެ. އަޔާނާ އަފްރީނަށް ބަލާލަމުން ބުނީ މަޢާފު ކުރާނީ އައިސްކްރީމެއް ދިނުމުން ކަމަށެވެ. އަފްރީން އެއްބަސްވުމުން އަޔާނާ ހެވިފައި ހުރެ އަފްރީންގެ ގާތަށް ދިޔައެވެ. އަފްރީން ގެއަށް ގޮސް ސަލާމް ގޮވާލުމުން ނަސްރާ ދޮރުގެ ތަޅު ހުޅުވާލިއެވެ. އެއާއެކު އަފްރީން ގެއަށް ވަދެގެން ދިޔައެވެ. އަޔާނާ ފެނުމާއެކު ނަސްރާ އަޔާނާއާއި ވާހަކަ ދައްކަން ފެށިއެވެ. އިރުކޮޅެއްފަހުން ޔޫނުސް ވެސް އައުމުން އަޔާނާ ޔޫނުސްގެ ގާތަށް ދުވެފައި ގޮސް އޭނަ އުރާލަން އެދުނެވެ. ޔޫނުސް އުފަލާއެކީ އޭނަގެ ލޯބިވާ ދަރިފުޅު އުރާލައިގެން ކޮޓަރިއަށް ދިޔައެވެ. ޔޫނުސް ލޯމައްޗަށް ގެއްލުނު ވަގުތު ނަސްރާ ވާހަކަ ދެއްކިއެވެ.

 

“އަފޫއަށް ކަމުދާނެ ފޮތެއް ދޮންތަ އަތުގަ އެބައޮތްހެން ދޮންތައަށް ހީވަނީ.” ނަސްރާ ބުނެލިއެވެ. އަފްރީން ކޮން ފޮތެއްތޯ އަހާލި ވަގުތު ނަސްރާ އެތާ ސިޓިންގް ރޫމުގައި ހުރި މޭޒުމަތީގައި އޮތް ފޮތެއް ނަގައިގެން އައިސް އަފްރީނަށް ދައްކާލިއެވެ. ފޮތުގެ ބޭރުގައި “ޤުރުއާން އެންޑް ސައިންސް”އޭ ލިޔެވިފައި އޮތްތަން ފެނިފައި އަފްރީނަށް ހިނިތުންވެލެވުނެވެ. އޭނައަކީ މިއަދު މަތީ ސާނަވީ ކުލާސްތަކަށް ސައިންސްގެ މާއްދާތައް ކިޔަވައިދޭ ޓީޗަރެކެވެ. އޭނަ އެ ޙައިސިއްޔަތުން ކިޔަވައިދެނީ ހަމައެކަނި ސައިންސެއްނޫނެވެ. އެ މާއްދާތަކުގެ ތެރޭގައި ފޮރުވިފައިވާ “އާޔަތްތައް”ވެސް އޭނަ ކިޔަވައިދެއެވެ. މިހާ ހިސާބަށް އައިއިރު އޭނައަށް ކިޔަވައިދެވޭ ގޮތާއިމެދު އެހެނިހެން މުދައްރިސުންނާއި ބެލެނިވެރިން ވެސް ފާހަގަކުރަމުންދެއެވެ.

 

“ޖަޒާކަ ﷲ ޚައިރަން ދޮންތާ. ހަމަ އަސްލުވެސް ވަރަށް ކަމުދޭ…….ބައި ދަ ވޭ ދޮންތާ. އަހަރެން އާ ހެދުމެއް ބޭނުން. އަންނަ ހަފްތާގަ އިވެންޓެއް އެބައޮތް ސްކޫލްގަ. އައިޝާ ދައްތަ ފުރައިގެން ގޮއްސި. ދެން ކާކު ލައްވާ އަހަރެންގެ ހެދުން ފަހާނީ؟” އަފްރީން އަހާލިއެވެ.

 

“ޒާހިޔައްތަ އެބަހުރި އައިއްސަ. ޒާހިޔައްތަ މިހާރު ހެދުން ފަހާ.” ނަސްރާ ހެވިފައި ހުރެ ބުންޏެވެ.

 

“ކޮން ޒާހިޔައްތައެއް؟” އަފްރީނަށް އަހާލެވުނެވެ.

 

“އަފްރީންގެ މައިދައިތަ.” ނަސްރާ ނުހޭން މަސައްކަތް ކުރަމުން ބުނެލިއެވެ. އެ ބުނެވުނު އެއްޗެއް ނަގައިގަނެވުމުން އަފްރީންގެ މޫނު ރަތްވިއެވެ. އޭނަ ލަދުގަތެއްކަމަކު ރުޅިވެސް އައެވެ. މި ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި އޭނަގެ ޢާއިލާއާއި މިސްބާޙްގެ ޢާއިލާއާއި ދެމެދުގައި އޮތް ގުޅުންވަނީ ބަދަހިވެފައެވެ. އެކަން ފެށުނީ ޔޫނުސް މިސްބާޙަށް އާދަކޮށް ގުޅަން ފެށި ހިސާބުންނެވެ. އޭނައަށްފަހު ޝަރީފްވެސް ގުޅަން ފެށިއެވެ. މާ ގިނަ ދުވަހެއްނުވެ ދެޢާއިލާގެ އެންމެންވެސް އެކަކު އަނެކަކާ އެކުވެރިވިއެވެ. މިސްބާޙާއި އަފްރީން ފިޔަވައެވެ. އެ ދެމީހުންނަށް ވެސް ދެމީހުންގެ ވާހަކަތައް ޢާއިލާ މެދުވެރިކޮށް ލިބިފައިވެއެވެ. މިސްބާޙަކީ މިހާރު 3 ފިހާރައެއްގެ ވެރިއެއްކަން އަފްރީނަށް އެނގެނީ ޓީވީއިން ފެންނަ އިންޓަވިއުތަކަށްވުރެ ޝަރީފް މިސްބާޙަށް ކުރާ ތަޢުރީފުތަކަކުންނެވެ. މިސްބާޙްގެ ވާހަކަތައް ދައްކާ އަޑު އިވިފައި އަފްރީން ކިތަންމެ ބޭނުމެއްނުވިޔަސް އޭނަގެ މޫނު ރަތްވެއެވެ. އެކަން ޢާއިލާގެ އެންމެނަށް ފާހަގަވާކަން އޭނައަށް އެނގެއެވެ. އެހެނަސް އޭނަ ނުރުހުންވަނީ ފަހަކަށް އައިސް ދޮންތަމެން މާ ބޮޑަށް އޭނައާއި މިސްބާޙް އަޅުވައިކިޔާތީވެއެވެ. އެގޮތަށް ކަންތައް ކުރުމުން އޭނައަށް ނުލިބޭނެ މީހެއްގެ ހުވަފެންތައް ދެކެދެކެ ހުންނަން ޖެހިދާނެތީ އަފްރީން ޖެހިލުންވެއެވެ. އޭނައަށް ނޭނގުނު ކަމަކީ ދެ ޢާއިލާއިން ވެސް އޭނައާއި މިސްބާޙަށް ސިއްރުން އެދެމީހުންގެ ކައިވެނި ހަމަޖެއްސިކަމެވެ.

 

އިރު އޮއްސެމުން ދިޔަ ވަގުތު މާލޭގެ މަގަކުން ދުއްވާފައި ދިޔަ ކަޅުކުލައިގެ ކާރު މަޑުކޮށްލީ 10 ބުރީގެ ފިހާރައެއްގެ ކުރިމައްޗަށެވެ. އެ ކާރުން ފޭބީ މިސްބާޙެވެ. މިސްބާޙް ކާރުން ފޭބުމަށްފަހު އޭނަގެ ބޮޑު ފިހާރައަށް ނަޒަރު ހިންގާލިއެވެ. އެންމެ މައްޗަށް ބެލުމުން ނޫނީ ފުރިހަމައަށް ނުފެނޭ އެ ފިހާރަ ފެނިފައި އޭނަގެ ސިކުނޑީގައި ގުގުމަމުން ދިޔައީ އެކިއެކި ޚަބަރުތަކުންނާއި ޝޯތަކުން ދައްކާ ވާހަކައެވެ. އޭނައަކީ ވަރަށް މޮޅު ވިޔަފާރިވެރިއެއްކަމަށް ބުނެ ދައްކާ ވާހަކަތަކެވެ. އެހެނަސް މިސްބާޙް އެ ވާހަކަތަކަށް ހެއްލޭކަށް ބޭނުމެއްނުވެއެވެ. އޭނައަށް ލިބިފައިވާ މުއްސަނދި ކަމެއް ލިބިފައިވަނީ އޭނަގެ ސަބަބުންނެއްނޫންކަން މިސްބާޙަށް އެނގެއެވެ. އޭނައަށް ލިބިފައިވާ ކާމިޔާބީއެއް ލިބިފައިވަނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންކަން މިސްބާޙް ހަނދާންކުރެއެވެ. މީގެ އަހަރުތަކެއް ކުރިން އޭނަ ހުރީ ސްކޫލުން ކެނޑިގެން ދާނެ ދިމާލެއް ނޭނގިފައެވެ. ބައްޕަ ބަލިވުމުގެ ސަބަބުން އޭނަ ވަޙީދުބެއަށް ބަރޯސާވާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނަ އަމިއްލައަށް ވަޒީފާއަށް ދާން ނިންމިއެވެ. އޭނަ އަނބުރާ ދިޔައީ ކުރީގައި އޭނަ މަސައްކަތް ކުރި ރިސޯޓަށެވެ. އޭނަގެ ހުނަރުވެރިކަމާއި ތެދުވެރިކަމުން އޭނަގެ މަޤާމް ދުވަހުން ދުވަހަށް މަތިވަމުން ދިޔައެވެ. އެ ވަޒީފާއިން ލިބުނު ފައިސާއިން އޭނަ ވަޙީދުގެ ޚިޔާލާއި އެއްގޮތަށް ފިހާރައެއް ހުޅުވިއެވެ. އެ ފިހާރައިން ލިބުނު ފައިދާއިން އެހެން ދެ ފިހާރަ ހުޅުވިއެވެ. މިއަދުވެސް އޭނަ ދަނީ އާ ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. އޭނަ އެކަމަށްޓަކައި ޙަމްދުކުރަނީ ހަމައެކަނި ﷲ އަށެވެ. މިފަހަރުވެސް ޙަމްދު ކޮށްލަމުން މިސްބާޙް ފިހާރައަށް ގޮސް ވަނެވެ. ދޮރުގެ ކައުންޓަރު ދޮށުގައި އިނީ ނޫކުލައިގެ އެޕްރޯނެއް އަޅައިގެން އިން ސިނާނެވެ.

 

“ކޮބާ ކިހިނެއްތަ ސޭލްސް؟” މިސްބާޙް ގޮސް ކައުންޓަރުމަތީގައި އަތް ބާއްވަމުން ސުވާލުކުރިއެވެ. އެވަގުތު ފިހާރައިގެ އެންމެން ފިހާރަ ބަންދުކުރަން ތައްޔާރުވަމުން ދިޔައެވެ.

 

“ހަމަ ބަރާބަރު. މިއަދު އަހަރެންގެ ލާސްޓް ޑޭ.” ސިނާން ހިނިތުންވުމަކާއެކީ އެހެން ބުނެލަމުން ކޮޅަށް ތެދުވެލިއެވެ.

 

“ވޮހް! މިއަދު ފަސްޓް އޮކްޓޯބާރދޯ؟ ކޮންގްރޭޖުލޭޝަންސް!” މިސްބާޙް ފޯރިއާއެކީ ބުނެލިއެވެ. އެވަގުތު ސިނާން ހެމުން ހެމުން އޭނަގެ އެޕްރޯން ނަގާލިއެވެ. ވަޙީދު އޭނައަށް ދިން “ދިގުދެމިގެންދާ” އަދަބު ނިމިގެން ދިޔައީ މިއަދެވެ. ވަޙީދު އޭނައަށް އަމުރު ކުރީ ސްކޫލްގައި އުޅެމުން ވިޔަސް ވަޒީފާއަކަށް ދަމުން ވިޔަސް 7 އަހަރު ވަންދެން ފިހާރައެއްގެ ސޭޓަކަށް ހުރުމަށެވެ. އެކަން ކުރަން ފެށިއިރު ސިނާން ވަޙީދުގެ ފިހާރައިގެ ކައުންޓަރު ދޮށުގައި އިނީ ފުސް މޫނު ހަދައިގެންނެވެ. އެއަށްވުރެ ވެސް ބޮޑަށް ރުޅި އައީ ފަހުން މިސްބާޙްގެ ފިހާރައެއްގައި ހުންނަން ޖެހުމުންނެވެ. އެހެނަސް ދުވަސްތައް ފާއިތުވަމުން ގޮސް އޭނަ އެ ވަޒީފާއަށް މުޅިން ހޭނިއްޖެއެވެ. ފަހުންފަހުން އައިސް އޭނަ މިސްބާޙަށް ވެސް ރުޅިއެއްނުވެއެވެ. އުމުރުން ދުވަސްވުމުން ރުޅިވުމަކީ ޅަ ކުދިންގެ ކަމެއްހެން އޭނައަށް ހީވާން ފެށީތީވެއެވެ.

 

“ފައިނަލީ ތި ލަދުން ތި ސަލާމަތްވީ!” މިސްބާޙް އެހެން ބުނެލީ ސިނާނަށް އިޙްޞާސްވާނީ އެގޮތަށް ކަމަށް ހީކޮށެވެ. ސިނާން އޭނަގެ ކައިރިއަށް އައިސް ހުއްޓިލިއެވެ.

 

“ކޮން ލަދެއްތަ ދެން؟ އެއްވެސް ވަޒީފާއަކީ ދަށް ވަޒީފާއެއްނޫނެއްނު؟ ޓު ބީ އޮނެސްޓް އަހަރެން ރިސޯޓުގަ ހުންނަ ވަޒީފާއާ މި ވަޒީފާއާ މާ ބޮޑު ތަފާތެއް އޮތްހެނެއް އިޙްޞާޞެއް ނުކުރެވޭ. މުއްސަނދިވާން ހުވަފެންތައް ދެކޭއިރު އަހަރުމެން ހަނދާން ނައްތާލަނީ މި ކުދި ވަޒީފާތައް އަދާކުރާނެ މީހަކު ނެތިއްޔާ މުއްސަނދިންނަށް ވެސް ނުއުޅެވޭނެކަން.” ސިނާން ބުންޏެވެ. މިސްބާޙް ހިނިތުންވުމަކާއެކީ އެއްފަހަރު ބޯޖަހާލިއެވެ.

 

“ހަމަ ރަނގަޅަށް ތިބުނީ. ހާދަ ވިސްނުންތެރި ކުއްޖަކަށްވެއްޖެއްޔޭ ކަލޯ. ހީވަނީ ހަމަ ބޮޑު މީހެއްހެން.” މިސްބާޙް ސިނާންގެ ކޮނޑުގައި ލުއި ގޮތަކަށް ޖަހާލަމުން ބުނެލިއެވެ.

 

“25 އަހަރުވީމަ ވެސް ބޮޑު ނުވަނީތަ؟ މިސްބާއެއްނޫންތަ ތި މުސްކުޅިވަނީ؟ ދެންވެސް މެރީކުރަން އުޅެބަލަ ބޮލުގަ ނުރަ ނުފަޅަނީސް.” ސިނާން ބުންޏެވެ.

 

“ތިކަމާ ވިސްނަންވީ.” މިސްބާޙް ފަޓުލޫނުގެ ޖީބަށް ދެއަތް ޖަހާލަމުން ބުނެލިއެވެ.

 

“އަހަންނަށް ހީވަނީ ޒާހިޔައްތަ މިސްބާޙް އެކޮޅަށް ގެންނަން އުޅެނީ މެރީ ކުރުވަންހެން.” ސިނާން ހިނިތުންވުމަކާއެކީ އޭނައަށް އެނގޭ ވާހަކައެއް ހީއެއްގެ ގޮތުގައި ކިޔައިދިނެވެ. މިސްބާޙް ދެލޯ ހަނިކޮށްލަމުން ސިނާންގެ ކޮނޑަށް އަތް ވައްޓާލަމުން ނަމާދަށް ހިނގާށޭ ބުނެލިއެވެ.

 

އޭގެ ދެދުވަހެއްހާ ދުވަސްފަހުން މިސްބާޙް ބައްޕައާއެކީ އެކޮޅަށް ދިޔުމާއެކު އޭނައާއި އަފްރީންގެ ކައިވެނީގެ ވާހަކަ އިވުމުން މިސްބާޙަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަފްރީންގެ ވާހަކަތައް އިވިފައި ދުރަށްދަނީ ކީއްވެކަން އެނގޭކަމަށް ޒާހިޔާ ބުނުމުން މިސްބާޙަށް މަންމަގެ ގައިގައި ބައްދާލެވުނެވެ. އަމީން ވެސް ހުރީ މި ކައިވެންޏަށް ރުހިގެންނެވެ. ފަހުން އައިސް އަމީނާއި ޝަރީފްމެންގެ ދެމެދުގައި ވެސް އެއްވެސް ހަމަނުޖެހުމެއް ނޯވެއެވެ. މިސްބާޙްގެ ބުރަ މަސައްކަތުން އަމީންވަނީ އޭނަ ވާގި ނެތުނުތާ މަދު ދުވަސްތަކެއްފަހުން ދީނަށް ޝައުޤުވެރިކަން ބަހައްޓާ މީހަކަށްވެފައެވެ. މިސްބާޙް އޭނައަށް ޤުރުއާނުގެ އާޔަތްތައް ކިޔައިދެމުން ދިޔަވަރަކަށް އޭނަ ތައުބާވާން ބޭނުންވަމުން ދިޔައެވެ. ބަލިވިތާ އަހަރެއްހާ ދުވަސްފަހުން އޭނަ މިސްބާޙްގާތު އެތައް ވަރަކުން ސިފަކޮށްދީގެން އޭނަ ނަމާދު ކުރުވުމަށް އެންގިއެވެ. މިސްބާޙަށް އަމީން ބުނި އެއްޗެއްގެ މާނަ އެނގުނު ވަގުތު އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. އަމީން ނަމާދުކޮށް ޤުރުއާން ކިޔަވަން ފެށި ފަހުން އޭނަ ގެއްލުން ދީފައިވާ އެންމެނަށް މިސްބާޙް މެދުވެރިކޮށް މަޢާފަށް އެދުނެވެ. އޭގެ ފަހުން އަމީން އަބަދުހެން ފެންނަނީ އޭނަގެ ބައި ހިނިތުންވުމުގައި ހުންނަތަނެވެ. ޙަޤީޤީ އުފާވެރިކަން ލިބެނީ ދުނިޔޭގެ ތަނަވަސްކަމުންނެއް ނޫންކަން އޭނައަށް އެނގުންވިފަދައެވެ.

 

މިސްބާޙާއި އަފްރީންގެ ކައިވެނި ކުރެވިގެން ދިޔައީ އެދެމެދުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވިއެވެ. ޚިތުބާގައި އަފްރީން ޖިލްބާބް ލައިގެން އިންތަން ފެނިފައި މިސްބާޙް އަފްރީން ދެކެ އިތުރަށް ލޯބިވިއެވެ. މިސްބާޙް ކުޑަކުދިންނަށްޓަކައި ޤުރުއާން ކުލާހެއް ހުޅުވަން އުޅޭ ވާހަކަ ޒާހިޔާ ބުނުމުން އަފްރިނަށް މިސްބާޙް އިތުރަށް ކަމުދިޔައެވެ. ދެމީހުންނަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދިނުމުން އެ ދެމީހުންނަށް ވެސް އެކައްޗެކޭ ވެސް ބުނާކަށް ނުކެރުނެވެ. ވާހަކަ ފަށަންވީ ހިސާބެއް ނުވެސް އެނގުނީއެވެ.

 

ސިއްރުން އެކަކު އަނެކެއްދެކެ ލޯބިވަމުން ދިޔަ ދެހިތެއް ގުޅިގެން ދިޔައީ ހަނދުވަރީ ރެއެއްގައި މިސްބާޙްގެ ގޭގައެވެ. ޕާޓީވެސް ބޭއްވިގެން ދިޔައީ އެ ގޭގައެވެ. ނަސްރާމެންގެ ޕާޓީ ފަދައިން އަންހެނުން ގޭގެ ތެރޭގައި ތިބިއިރު ފިރިހެނުން ތިބީ ގޭގެ ފެންޑާ ތެރޭގައެވެ. މިސްބާޙަށާއި އަފްރީނަށް މަރުޙަބާ ކިޔުމަށްޓަކައި ނަވާޒްވެސް ރިސޯޓުގެ މަސައްކަތް ދޫކޮށް އެ ޕާޓީއަށް ގޮސްފައި ހުއްޓެވެ. މީގެ އަށް އަހަރު ކުރިން ބޭއްވުނު އިންތިޚާބުން އޭނަ ހޮވޭގޮތެއްނުވިއެވެ. އެހެނަސް އޭނަ އެކަމާ ހިތާމައެއް ނުކުރެއެވެ. އޭނަ ދެން ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަންނާކަށް ވެސް ބޭނުމެއް ނުވީއެވެ. އޭނަ އެކަމުގެ ތެރެއަށްވަނީ ޤައުމަށް ޚިދުމަތްކުރުމުގެ ނިޔަތުގައި ކަމަށްނުވާތީވެއެވެ. އެކަމަށް އޭނަ ޤާބިލުހެން ވެސް އޭނައަށް ހީނުވީތީވެއެވެ.

 

ދަންވަމުން ގޮސް ހުރިހާ މެހުމާނުން ހުސްވުމުން ޢާއިލާގެ އެންމެން އެކީގައި ކެއުމަށްޓަކައި ސުފުރާ ދޮށަށް ދިޔައެވެ. މިސްބާޙް އެންމެނަށް ބަހަނާއެއް ދައްކާލަމުން އަފްރީން ގޮވައިގެން އަތިރިމައްޗަށް ދިޔައެވެ. މިސްބާޙާއި ޖެހޭ ނުޖެހޭ ހިސާބުގައި ހުރެ ހިނގަމުން ދިޔައިރު އަފްރީންގެ ހިތް އަވަސްވެފައިވިއެވެ. އަތިރިމައްޗަށް ފޭބި ވަގުތު މިސްބާޙް އޭނަގެ އަތުގައި ބާރަށް ހިފަހައްޓާލި ގޮތުން އޭނަގެ ހިތް ހިނދުކޮޅަކަށް ހުއްޓުނުހެން ވެސް ހީވިއެވެ. ނޭވާ ކުރުވަމުން ދިޔަ އަފްރީނަށް ނޭނގުނު ކަމަކީ މިސްބާޙްގެ ހިތުގައި ވެސް އެފަދަ އިޙްޞާސްތައް ދައުރުވަމުން ދާ ކަމެވެ. މިސްބާޙް އޭނަ ގޮވައިގެން ގޮސް ރާޅު ނުފޯރާ ހިސާބުގައި އިށީނެވެ. އެއަށްފަހު ދެމީހުންނަށް ވެސް އުޑުގައި ހުރި ފުރިހަމަ ހަނދަށް ބަލަން ހިމޭންކަމުގެ ވަގުތުކޮޅަކަށް ތިބެވުނެވެ.

 

“ސުވާލެއްކޮށްލަންތަ އަފްރީން؟” މިސްބާޙް އަފްރީނަށް ބަލާލުމެއްނެތި އަހާލިއެވެ. އަފްރީނަށް ހޫންލައްވާލުން ނޫންކަމެއް ނުކުރެވުނެވެ.

 

“އަފްރީން އަހަރެން ކަމުގޮސްގެންތަ އަހަންނާ އިނީ؟” މިސްބާޙް ދެންވެސް ހަނދަށް ނަޒަރު ހުއްޓައިގެން އިނދެ ސުވާލުކުރިއެވެ. އަފްރީން ވަގުތުން ޖަޒުބާތުން ފުރިގެންވި ޖަވާބެއްދޭން ބޭނުންވިއެވެ. އެހެނަސް ސަމާސާއެއްކުރަން ޚިޔާލުކުރެވުނު ވަގުތު އޭނަގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.

 

“ނޫން. ޢާއިލާގެ މީހުން ބުނީމަ ދެން ޖެހޭނީ އަޑުއަހާފަ ކިޔަމަންވާންތާ. މިހާރު މާ ލަސްވެސްވެއްޖް.” އަފްރީނަށް ހެވެން އުޅުނީތީ އޭނަގެ ވާހަކަ ފުރހަމައެއްވެސް ނުވިއެވެ. އެކަން ފާހަގަވެ މިސްބާޙަށް އަފްރީނާއި ދިމާލަށް ބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީ ވަގުތު ދެމީހުންނަށް ލަދުރަކި ގޮތަކަށް ހީލެވުނެވެ. އެއަށްފަހު އެދެމީހުންގެ ދެމެދަށް އަނެއްކާވެސް ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަމުގެ ތެރެއިން އަފްރީނަށް އެއްލިކަޅިއަކުން އެއްފަރާތެއްގައި ހުރި ކުޑަކުއްޖެއްގެ ފިޔަވަޅުތައް ފެނިފައި މިއަދު އޭނަ ކިޔެވި އެއްޗެއްގެ މަތިން ހަނދާންވިއެވެ. އޭނައާއި މިސްބާޙްގެ ދެމެދުގައި ވާހަކަ ފެށުމަށްޓަކައި އެވާހަކަ ރަނގަޅުވާނެކަމަށް އަފްރީނަށް ނިންމުނެވެ.

 

“މިސްބާޙަށް އެނގޭތަ؟ ﷲ ނަހީކުރެއްވި ކަމަކުން ދުރުވެގަތުމަކީ ހިޖުރައެއް.” އަފްރީން ކުއްލިއަކަށް ދެއްކި ވާހަކައިން މިސްބާޙަށް އޭނައާއި ދިމާލަށް ބަލާލެވުނެވެ.

 

“އަސްލުވެސްތަ؟ އަހަރެން ހީކުރީ ހިޖުރަ ކުރުމަކީ އެއްތަނުން އަނެއްތަނަށް ދިޔުންކަމަށް.” މިސްބާޙް ބުންޏެވެ.

 

“އެއީ ވެސް ހިޖުރައެއް. އެކަމަކު އަހަރުމެން ﷲ އާއި ގާތްވުމަށްޓަކައި ނުބައި ކަމެއްދޫކޮށް ހެޔޮ ކަމެއް ކުރަން ނިންމުމަކީ ވެސް ހިޖުރައެއް. އަހަރެން ހަމަ އަހަރެންގެ ދިރިއުޅުމާމެދު ވިސްނާލުމުން ހަމަ ހިތަށް އަރަނީ ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގަ ހިޖުރައެކޭ ކުރެވުނީ. ފުރަތަމަ ކަމަކަށް އަހަރެން ފިރިހެން ކުދިންނާއި ރައްޓެހިވުން ދޫކޮށްލީ، ދެން ފިލްމު ބެލުމާއި ލަވަ އަޑުއެހުން ދޫކޮށް ހެޔޮ އެއްޗެހި ދަސްކުރަން ފެށީ، ދެން އަހަރެން ގޯސް އެކުވެރިން ދޫކޮށް ރަނގަޅު އެކުވެރިން ޚިޔާރުކުރީ، ދެން އަހަރެން ގޯސް ސްޕީޗްތައް ކިޔުމުގެ ބަދަލުގަ ހެޔޮ ވާހަކަތައް ލިޔެވިފައިވާ ސްޕީޗްތައް ކިޔަން ފެށީ. ދެން………” އަފްރީންގެ ވާހަކަ މެދުކެނޑުނެވެ.

 

“އެހާ ހިސާބުން އަހަރެންގެ ހިޖުރަ ފެށުނީ.” މިސްބާޙް ހިނިތުންވުމަކާއެކީ ބުނެލިއެވެ.

 

“އެހެންތަ؟” އަފްރީން ހެވިފައި އިނދެ ސުވާލުކުރިއެވެ.

 

“ހޫމް…..އަފްރީންގެ ސްޕީޗެއް އަޑުއަހާފަ އަހަރެން ވެސް އަހަރެންގެ ދެވިހިފުންތަކާ ދުރުވެ ޤުރުއާނާއި ބެހޭ ގޮތުން ދަސްކުރަން ފެށީ، އަންހެން ކުދިންނާއި ދުރުދުރުން އުޅެން ފެށީ، މަންމަމެންނާއި ހުތުރުކޮށް ވާހަކަ ދެއްކުމުގެ ބަދަލުގަ ރީތިކޮށް ވާހަކަ ދައްކަން ފެށީ، ބައްޕައާއި ދިމާލަށް ހަޅޭއްލެވުމުގެ ބަދަލުގަ ލޯބިދޭން ފެށީ.” މިސްބާޙް ކިޔައިދިނެވެ.

 

“މާޝާ ﷲ. ހަމަ އަސްލުވެސް ހިޖުރައެއްހެންދޯ ހީވަނީ؟ މީގެއިން ކޮންމެ ބަދަލަކީ ވެސް އެތައް މަސައްކަތަކުން ވެވޭ ބަދަލެއް. އެއްރޭ އެއްދުވާލުން ކުރެވޭ ކަމެއްނޫން. އެއްރޭ އެއްދުވާލުން ހުރިހާ ކަމެއް ބަދަލެއް ނުވެސް ކުރެވޭނެ. ހަމަ ލަސްލަހުން ފިޔަވަޅުތައް އެޅެމުން ދާނީ. ދޮންތަ ކިޔައިދިން ދޮންތައާއި ޔޫންބެގެ ހިޖުރައިގެ ވާހަކަވެސް. ދޮންތަ ބުނީ މެރީ ކުރިފަހުން އިތުރަށް ހިޖުރަ ކުރަން ފަސޭހަވެއްޖެއޭ. އެއީ ދޮންތައާއި ޔޫންބެ އެކަކު އަނެކަކު ގޯސް ޢަމަލުތަކުން ދުރުކުރުމަށް އެކަކު އަނެކަކަށް އެހީވެދޭތީވެކަމަށް ދޮންތަ ބުނީ.” އަފްރީން ބުނެލިއެވެ. މިސްބާޙް ދޮންވެލިގަނޑު މަތީގައި އޮތް އަފްރީންގެ އަތްމަތީގައި އަތް އަޅާލިއެވެ.

 

“އަހަރެންގެ ހިޖުރަ ފަށައިގަންނަން ވެސް އެހީވެދިނީ އަފޫ. އޭގެ ބަދަލުގަ އަހަރެންވެސް ބޭނުން އަފޫއަށް އެހީވެދޭން. އަފްރީން ބަލިކަށި ވިޔަސް މިއަތަށް ދަމަމުން ވިޔަސް ކުރިއަށް ދެވޭތޯ ބަލާނަން އިން ޝާ ﷲ.” މިސްބާޙް ބުނެލި ވާހަކައިން އަފްރީނަށް ހިނިތުންވެލެވުނެވެ. އޭނައަށް ވެސް އިން ޝާ ﷲ އޭ ބުނެލެވުނެވެ.

 

އެރޭ އަތިރިމަތީގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު މިސްބާޙާއި އަފްރީން ހިނގައިގަތީ އެމީހުންގެ ފިޔަވަޅުތަކުގެ ނިޝާން އަތިރި މައްޗަށް ދޫކުރަމުންނެވެ. ބީއްސަމުން ދިޔަ ރާޅުތައް އެ ނިޝާންތައް ފޮހެމުން ދިޔައީ އެމީހުންގެ މާޒީގެ ހުރިހާ ހަނދާނެއް ފޮހެ އާ ދިރިއުޅުމެއް ފެށެން އުޅޭ ފަދައަކުންނެވެ.

 

**ނިމުނީ**

The post Hijra (Last Part) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hijra-last-part/feed/ 0 485
Hijra (Part 49) https://blog.storiesbyjana.com/hijra-part-49/?utm_source=rss&utm_medium=rss&utm_campaign=hijra-part-49 https://blog.storiesbyjana.com/hijra-part-49/#respond Fri, 16 Apr 2021 11:48:29 +0000 https://blog.storiesbyjana.com/hijra-part-48-copy/

އޭނަގެ ފަރާތުން މި ޚަބަރު މިސްބާޙަށް ލިބުނުކަން އަމީނަށް އެނގިއްޖެނަމަ އަމީން އޭނަގެ ބިރު ޙަޤީޤަތަކަށް ހަދާފާނެކަމުގެ ބިރުހީވިއެވެ. އެހެންކަމުން ޔޫނުސް އަވަހަށް ސައިކަލު ސްޓާޓްކޮށްލަމުން ސައިކަލު ދުއްވާލިއެވެ. މިސްބާޙަށް ކަންބޮޑުވުމެއްގައި ސައިކަލު ދިޔަ ދިމާލަށް ބަލަން ހުރެވުނެވެ.   **   އެތައް ދުއްވުމަކަށްފަހު ޔޫނުސް އެރޭވެސް ގެއަށް އައީ މާޔޫސްވެފައިވާ މޫނަކާއެކީގައެވެ. އޭނަ ގެއަށްވަދެ ސިޓިންގް ރޫމުގެ ބޮކި ދިއްލާލަމުން ގޮސް ސޯފާއަށް ވެއްޓިގަނެ ދެއަތުން މޫނު ފޮރުވާލިއެވެ. މަރާލި ލޮލުގެ ދޭތެރެއިން ނަސްރާގެ […]

The post Hijra (Part 49) appeared first on Stories by Jana.

]]>

އޭނަގެ ފަރާތުން މި ޚަބަރު މިސްބާޙަށް ލިބުނުކަން އަމީނަށް އެނގިއްޖެނަމަ އަމީން އޭނަގެ ބިރު ޙަޤީޤަތަކަށް ހަދާފާނެކަމުގެ ބިރުހީވިއެވެ. އެހެންކަމުން ޔޫނުސް އަވަހަށް ސައިކަލު ސްޓާޓްކޮށްލަމުން ސައިކަލު ދުއްވާލިއެވެ. މިސްބާޙަށް ކަންބޮޑުވުމެއްގައި ސައިކަލު ދިޔަ ދިމާލަށް ބަލަން ހުރެވުނެވެ.

 

**

 

އެތައް ދުއްވުމަކަށްފަހު ޔޫނުސް އެރޭވެސް ގެއަށް އައީ މާޔޫސްވެފައިވާ މޫނަކާއެކީގައެވެ. އޭނަ ގެއަށްވަދެ ސިޓިންގް ރޫމުގެ ބޮކި ދިއްލާލަމުން ގޮސް ސޯފާއަށް ވެއްޓިގަނެ ދެއަތުން މޫނު ފޮރުވާލިއެވެ. މަރާލި ލޮލުގެ ދޭތެރެއިން ނަސްރާގެ ހިނިތުންވުން ސިފަވެގެން ދިޔުމުން ޔޫނުސް އިހުނަށްވުރެ ދެރަވިއެވެ. އެ ހިނިތުންވުން އޭނައަށް ދެން ދުވަހަކުވެސް ނުފެންނާނީ ހެއްޔެވެ؟ އޭނަ ޖެހޭނީ އަނެއްކާވެސް އޭނަގެ އެކަނިވެރި ޙަޔާތަށް އަނބުރާ ދާން ހެއްޔެވެ؟ އޭނަ ދެން ކޮންމެ ދުވަހަކު ގެއަށް އަންނާނީ ކާކު ދެކޭ ހިތުން ހެއްޔެވެ؟ އޭނަ އޭނައަށް ކުރިމަތިވާ މައްސަލަތައް ކިޔައިދޭނީ ކާކަށް ހެއްޔެވެ؟ އެ މައްސަލަތައް ޙައްލުކުރުމުގައި އެހީވެދޭނީ ކާކު ހެއްޔެވެ؟ ނަސްރާއާއެކީ ވޭތުވި އެއްއަހަރު ތެރޭގައި އޭނައަށް އެކަނި ނުއުޅެވޭވަރަށް ނަސްރާ އޭނަ ބަލިކަށިކޮށްފިއެވެ. އޭނައަށް މި ގޮތަކަށް ނުއުޅެވޭނެ ކަމަށް ޔޫނުސް އަމިއްލަ ނަފްސުގާތު ބުންޏެވެ. އޭނަ ޖެހޭނީ ހިތްވަރު ކުރާށެވެ. ނަސްރާއަކީ އޭނައަށް ޙަޔާތުގައި ލިބުނު އެންމެ ރީތި، އަގުހުރި ހަދިޔާއެވެ. އޭނަ ކިތަންމެ ބޭނުމެއްނުވިޔަސް އޭނަ ނަސްރާއާއި މިއަދު ނޫނިއްޔާ މާދަމާ މުޅިން ވަކިވާން ޖެހޭނެކަން ޔޫނުސް އަމިއްލަ ހިތަށް ހަނދާންކޮށްދިނެވެ. އެހެނަސް ޔޫނުސްގެ އެ ހިތަށް އުނދަގޫވަމުން ދިޔައީ ހަމައެކަނި ނަސްރާ އޭނަ ކައިރީގައި ނުވާތީވެއެއްނޫނެވެ. ނަސްރާ ހުރީ ކޮން ޙާލެއްގައިކަން ނޭނގިގެންވެސްމެއެވެ. ކޮންމެއަކަސް އެންމެ މޮޅު ރައްކާތެރިޔަކީ ﷲ ކަން ހަނދާންކޮށް ޔޫނުސް ނަސްރާއަށްޓަކައި ދުޢާކުރިއެވެ.

 

ޔޫނުސް ސޯފާގައި އިށީންތާ އިރުކޮޅެއްފަހުން އޭނަގެ ޖިންސްގެ ޖީބުގައި އޮތް ފޯނަށް މެސެޖެއްއައެވެ. ޔޫނުސް ފޯނު ނަގައި ބަލާލިއިރު އެއީ ނަވާޒްގެ މެސެޖެކެވެ. ނަވާޒްގެ ނަން ފެނިފައި ޔޫނުސްގެ ހިތް އަވަސްވިއެވެ. އެންމެ ފުރަތަމަ ވެސް އަމީންގެ ކަންތައްތަކުގެ ވާހަކަ ބައްޕަގާތު ނުބުނެވުނުކަމުގެ މޮޔަހީވިއެވެ. ޔޫނުސް އަވަސްއަވަހަށް އެ މެސެޖު ހުޅުވައި ކިޔާލިއެވެ.

 

“ބައްޕަ މިރޭ ފުރަނީ. މިހިރީ ފްލައިޓްގަ. ހިތްހެޔޮ ކުރައްޗޭ. ވަރަށް ސަލާމް.” މެސެޖު ކިޔާފައި ޔޫނުސްގެ ހިތް އިހުނަށްވުރެ އަވަސްވިއެވެ. އޭނަ މާ ލަސްވުމުގެ ކުރިން ނަވާޒްގެ ނަންބަރަށް ގުޅާލިއެވެ. އެހެނަސް ފޯނު ކަންފަތުގައި ޖެއްސިތާ މާ ގިނައިރެއްނުވެ އެ ފޯނު ނިވާލެވިފައިވާކަމަށް ކިޔަން ފެށުމުން ޔޫނުސްއަށް ދެލޯ މަރާލެވުނެވެ. އަދި ނިތުގައި އެއްއަތް ޖައްސާލަމުން އިސްތަށިގަނޑު މައްޗަށް ކަހާލެވުނެވެ. ފޯނު ކަންފަތުން ނަގާލި ވަގުތު ޔޫނުސްއަށް އިނދެވުނީ އަމިއްލަ ނަފްސަށް ރުޅިވެގެންނެވެ. އެ އައި ރުޅިއާއެކީ އަމީންގެ ޙަޤީޤަތް ކޮންމެވެސް އެއްގޮތަކަށް އެންމެންގެ ކުރިމައްޗަށް ގެންނަން ޔޫނުސް ބޭނުންވިއެވެ. ގިނަ މީހުން އެއްވެފައި ތިބި ތަނެއްގައި އަމީނާއި ދިމާލަށް އެއްޗެހި ގޮވާތަން ސިފަކުރެވުމުން އެގޮތް ރަނގަޅުވާނެ ކަމުގައި ޔޫނުސްއަށް ނިންމުނެވެ. އެހެންކަމުން އޭނަ ވަގުތުން މާލެދާން ނިންމިއެވެ.

 

އޭގެ އަނެއްދުވަހު އަމީން އެއްވެސް މީޑިޔާއަކަށް އެންގުމެއްނެތި ނުރަސްމީކޮށް ރަށަށްއައެވެ. އަމީން އެތައް ޒަމާނަކަށްފަހު ހެވިފައިހުރެ ގެއަށް ވަތް ގޮތުން ޒާހިޔާއާއި މިސްބާޙްގެ އިތުރުން އޭރުވެސް ރަށުގައި ހުރި ވަޙީދުވެސް ޙައިރާންވިއެވެ. އެދުވަހުގެ މެންދުރު ސުފުރާ ދޮށުގައި ވަޙީދު އެ ވާހަކަ ދެއްކިއެވެ.

 

“ބޭބެ ކިހިނެއްވީތަ މިއަދު މާ ބޮޑަށް އުފާވެގެން އުޅޭހެން ހީވަނީ؟ އިންތިޚާބުން ކާމިޔާބުވާ މަންޒަރު ހުވަފެނުން ފެނުނީތަ؟” ވަޙީދު އެ ސުވާލު ކުރުމުން މިސްބާޙަށް އޭނަގެ ބައްޕައަށް ބަލާލެވުނު ވަގުތު އަދިވެސް ނުރުހުންވެފައި އިން ޒާހިޔާ އިނީ އަމީނަށް ބަލަން ބޭނުންނުވެފައެވެ.

 

“ހެހެހެ……މި ފަހަރު ހުވަފެނެއްނޫން. އިންތިޚާބުން ކާމިޔާބުވާނެކަން ޔަޤީންވާތީ މިހާވަރަށް މި ހެވެނީ.” އަމީން އޭނަގެ ހުރިހާ ދަތްތައް ދައްކައިގެން އިނދެ ބުނެލިއެވެ.

 

“އަހަންނަކަށް ހިއެއްނުވޭ ބޭބެމެނަށް އިންތިޚާބު ކާމިޔާބު ކުރެވޭނެހެނެއް. މިހާރު އަބަދުވެސް އިވެނީ ތި ޕާޓީއިން މެންބަރުން ވަކިވާ ވާހަކަ.” ވަޙީދު ބުންޏެވެ. އެއާއެކު އަމީންގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ.

 

“އަދި މެންބަރު ވަކިވިޔަސް އަހަރުމެންނަށް ވޯޓު ދޭނެ މީހުން މަދެއްނުވާނެ. ވަޙީދަކީ ވެސް ޕާޓީއެއްގަ އުޅޭ މީހެއްނޫން. އެކަމަކު ނަވާޒަށް ނޫންތަ ވޯޓުދޭން ނިންމައިގެން ތިހިރީ؟ މިތިބި މިސްބާޙާއި ޒާހިޔާވެސް ވޯޓު ދޭނީ އަހަރުމެންނަށްނު؟” އަމީން އެހެން ބުނެލުމާއެކު ޒާހިޔާ ރުޅިން ރަތްވިއެވެ. އޭނަ އެއްޗެކޭ ބުނަން އުޅެފައިވެސް ކުރިމަތީގައި ހުރި ތަށި ދުރަށް ކޮއްޕާލަމުން ސުފުރާ ދޮށުން ތެދުވެ އެތަނުން ދާން ހިނގައިގަތެވެ. މިސްބާޙަށް އެއްފަހަރު އޭނަގެ މަންމައަށް އަނެއްފަހަރު ކުރިމަތީގައި ހުރި ބައްޕައަށް ބަލާލެވުނެވެ. އެވަގުތު އަމީން ހުރީ އޭނަގެ ކަތުރުކަށިގަނޑަށް ބާރުކޮށް ބުމަގޮށްޖަހައި މިސްބާޙަށް ނަޒަރު ހުއްޓައިގެންނެވެ.

 

“އަހަންނަށް ހިއެއްނުވޭ ޒާހިޔާ ދޭނެހެނެއް.” ވަޙީދު ރާގަކަށް ބުނެލިއެވެ.

 

“މަށަށް ވަރިހަމަ ތީގެއިން އެކަކު ނުދިނަސް. އަހަރުމެންނަށް ވޯޓު ލިބުމަށް ހުރަސް އަޅަމުން އައި އެންމެ ބާރުގަދަ މީހަކަށް މިހާ ދުވަހު ހުރީ ޔޫނުސް. އެކަމަކު މިއަދަށްފަހު ޔޫނުސްވެސް ހުންނާނީ އަހަރުމެން ކޮޅުގަ.” އަމީން ހަމަޖެހޭ ގޮތް ދައްކަމުން ބުނެލި ވާހަކައިން މިސްބާޙްގެ ދެބުމަ ކައިރިވިއެވެ.

 

“ރާއްޖެ ޕްރެސްގެ ޔޫނުސްދޯ؟ އޭނަ ބޭބެގެ ކޮޅަށް ޖެހިއްޖެއްޔާ ހަމަ ބަރާބަރު. އެއީ އެންމެންގެ އިތުބާރު ލިބިފައިވާ މީހެއް. އޭ ބޭބޭ……އަޑުއެހިންތަ އެ ޔޫނުސްގެ އަންހެނުންނަށް ކޮންމެވެސް ކަމެއްވީ ވާހަކަ؟ އަހަރެން އިއްޔެގަ ދުށިން އޭނަ ވަރަށް ކަންބޮޑުވެފަ ތިމަންނަގެ އަންހެނުން ދުށިންތޯ އެންމެނާއި ސުވާލުކުރަމުން ދިޔަތަން. ކިހިނެއްތަ އޭނަގެ އަންހެނުންނަށްވީ؟” ވަޙީދު އެ ވާހަކަ ދައްކަމުން ދިޔައިރު ކަމުން ދިޔަ އަމީންގެ މޫނުމައްޗަށް ވެރިވި ނުތަނަވަސްކަން މިސްބާޙަށް ސިއްރެއްނުވިއެވެ.

 

“އެ….އެނ؟ އަހަރެން އަޑުއެހިތާ މިހިރީ. ޔޫނުސްއާއި ތަންކޮޅެއް ކުރިން އެކުވެރިވީ. އިއްޔެގަ ނުވެސް ގުޅަން އޭނައަށް. އޭގެ ކުރީ ދުވަހު ވަރަށް އުފަލުން ހުރީ. ކިހިނެއްބާވީ؟” އަމީން ޔޫނުސްއަށްޓަކައި ކަންބޮޑުވެފައި ކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ.

 

“ނޭނގެ. މި ދުވަސްކޮޅު ކުއްޖަކަށް ގޭގަ އެކަނިވެސް ނުހުރެވޭ މީހުންގެ ދަހިވެތިކަމާހެދި. ކީއްކުރާނީ؟” ވަޙީދު ބޯހޫރުވާލަމުން ބުނެލިއެވެ. އަމީން ހޫންލައްވާލިއިރު ވެސް އޭނަގެ ނިތުން ދާ ތިކިތައް ހިއްލަން ފަށާފައިވިއެވެ. އަމީން ނޫންކަމަށް ހަދާފައި އެ ދާ ތިކިތައް ފޮހެލިތަން ފެނިފައި މިސްބާޙްގެ ފައިމަތީގައި އޮތް އޭނަގެ އަތް މުއްކެވިގެން ދިޔައެވެ. އޭނަގެ ބައްޕަ އޭނަ ހީކުރި ވަރަށް ވެސް ނުބައިކަން އެނގުންވުމުން މިސްބާޙްގެ ހިތް ހިތާމަކުރިއެވެ. މީހުންނަށް އަނިޔާ ކުރުމެއްނެތި ވެސް ނުހަނު ފަސޭހައިން ކާމިޔާބު ލިބޭނެކަން ބައްޕައަށް އެނގޭނެނަމައޭ ހިތަށްއެރިއެވެ. މީގެ ކުރިން ބައްޕަ ކޮންމެ ކަމެއް ކުރިޔަސް އެއީ ނުކުރާ ކަމަކަށް ހަދައި މަޢާފުކުރަން މިސްބާޙް ނިންމައިގެން ހުއްޓަސް މިފަހަރު އެހެން ހެދޭކަށް ނެތެވެ. މިފަހަރު ގެއްލުމެއް ލިބެނީ އޭނަގެ ބޭބެއެއްގެ ގާތް މީހަކަށެވެ. އޭނައަށް އޭނަގެ ލޯ ކުރިމަތިން ބޭބެގެ އަންހެނުންނަށް ގެއްލުންވާތަން ބަލަހައްޓައިގެން ނުހުރެވޭނެއެވެ. އޭނަ ކޮންމެ ގޮތެއް ހަދާފައިވެސް މި ޙާލަތް ބަދަލުކުރަންވީ ކަމަށް އޭނަގެ ސިކުނޑި އަންގައިފިއެވެ.

 

އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ޔޫނުސް ދެ ޚިޔާލެއްގެ މަތީގައި ހުރެ މާލެއަށްދާން އޭނަގެ ހެދުންތައް ކޮނޑުގައި އަޅާ ދަބަހަކަށް އަޅަމުން ދިޔައެވެ. ރޭ މާލެއަށް ދިޔުމުގެ ނިންމުން ނިންމީ ކިތަންމެ ޖޯޝާއެކީގައި ކަމަށްވިޔަސް އަނެއްދުވަސްވުމުން އެންމެ ރަނގަޅު ގޮތަކީ މިއީތޯ އޭނަގެ ހިތް ސުވާލުކުރަމުން ދިޔައެވެ. ޔޫނުސް އޭނަގެ ދަބަހަށް ހެދުން އަޅައި ނިމުނުތަނާހެން ގޭގެ ދޮރުގައި މީހަކު ޓަކިދިން އަޑު އިވުނެވެ.

 

“ހުޅުވާފަ ހުރީ.” ޔޫނުސް ކޮޓަރިން ނިކުންނަމުން ގޮވާލިއެވެ. އެއާއެކު ގޭގެ ދޮރު ހުޅުވާލަމުން ގެއަށް ވަނީ ފުރިހަމަ ހިނިތުންވުމެއްގައި ހުރި އަމީނެވެ.

 

“ހާއި.” އަމީން ދިގުކޮށް ގޮވާލަމުން ދޮރު ލައްޕާލިއެވެ. ޔޫނުސްއަށް ބުމަގޮށްޖަހާލަމުން ދެއަތް މުއްކަވާލެވުނެވެ.

 

“ނަސްރާ ދިޔައިމަ ގޭގެ ދޮރުވެސް ތަޅުނުލާ ހުންނަނީ. ދެން ރަނގަޅުތާދޯ؟ ކޮން ޕްރައިވަސީއެއް ޔޫނުސް އެކަނިމާއެކަނި ބޭނުންވާނީ؟” އަމީން ބުނެލި ވާހަކައިން ޔޫނުސްގެ މޫނު ރުޅިން ރަތްވެ އޭނައަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ.

 

“ވޮހް! އަހަރެން ވަރަށް ބޮޑަށް ބިރުގަނެއްޖެ.” އަމީން ފަހަތަށް ފިޔަވަޅެއް އަޅައި އެހެން ބުނެލަމުން ހޭންފެށިއެވެ.

 

“ނަސްރާގެ ވާހަކައެއް ނެތިއްޔާ ދިޔަޔަސް ހެޔޮ.” ޔޫނުސް ކިތަންމެ ރުޅިގަދަ ވިޔަސް އޭނަގެ އަޑު ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އަމީން ޗޮއްކަނޑާލިއެވެ.

 

“އަޅޭ…..ދާހިތެއްނުވޭ. ޔޫނުސް ކުރާނެ ކަމެއް ނޭނގިގެން އުޅޭތަން ބަލަން ބޭނުންވަނީ. ނަސްރާގެ އަޑު އަހަން ބޭނުންތަ؟” އަމީން އޭނަގެ ފަޓުލޫނުގެ ޖީބުން ފޯނު ނަގައި ބުނެލި ވާހަކައިން ޔޫނުސްގެ މެއަށް ފިނިވިއެވެ. އަމީން އޭނަގެ ފޯނާއި އެއްއަތުން ކުޅެން ހުރިތަން ޔޫނުސްއަށް ބަލަން ހުރެވުނީ ކެތްތެރިކަން ކުޑަވެފައެވެ. އެންމެ ފަހުން އަމީން ރެކޯޑިންއެއް ޕްލޭއި ކޮށްލަމުން އޭނަގެ އަތްމަތީގައި ފޯނު ބާއްވައި ޔޫނުސްއާއި ދިމާލަށް ދިއްކޮށްލިއެވެ. ޔޫނުސް އިވޭނެ އަޑަކަށް އޭނަގެ ކަންފަތް ހުޅުވާލިއެވެ. އެންމެ ފުރަތަމަ ވެސް ނަސްރާ ވައި އަޑަކުން ފެނަށް އެދި ގޮވާ އަޑުން ޔޫނުސްގެ ހިތަށް ކަށިތަކެއް ހެރިގެން ދިޔަ ފަދައެވެ. އިރުކޮޅެއްފަހުން އަންހެނަކު މިހިރީއޭ ބުނެ ބޮޑު ފެން އެއްޗެއް އޮއްސާލި އަޑު އިވުނެވެ. އެއާއެކު ނަސްރާގެ ތުރުތުރު އަޅާ އަޑުއިވިފައި އޭނަ ހީކަރުވަން ފެށީކަން އެނގުނެވެ. އޭގެ މާ ގިނައިރެއްނުވެ ހަމަ ކޮންމެވެސް އަންހެނަކު މި ބޯށޭ ބުނެލި އަޑު އިވުނެވެ. ހިނދުކޮޅެއްފަހުން ނަސްރާ ގަދައަށް ކެއްސަން ފެށިއެވެ. ކުރުވެފައިވާ ނޭވާއަކާއެކީ ކެއްސަމުން ދިޔަ އަޑު އިވިފައި ހަމަ ދެންމެދެންމެ އޭނަ ހުއްޓިދާނެހެން ހީވަމުން ދިޔައިރު ޔޫނުސްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އަމީން ދެންވެސް ރަޙުމްކުޑަ ހިނިތުންވުމަކާއެކީ އެ ރެކޯޑިންގް މަޑުޖައްސާލިއެވެ.

 

“ތިއްތި ރެކޯޑިންގްއެއްދޯ؟ އަހަރެންގެ ފޯނު ހަމަ މޮޅިއްޔޭ.” އަމީން އޭނަ ފޯނު ދައްކާލަމުން ހެވިފައިހުރެ ބުންޏެވެ.

 

“ކުޑަކޮށް ވެސް ހިތަށްނާރާތަ ތި ކުރެވެނީ ނުބައި ކަމެކޭ؟” ޔޫނުސް ކުރެހިފައިވާ އަޑަކުން ސުވާލުކުރިއެވެ.

 

“ނާރާ. މިއަދަށްފަހު ޔަޤީން ކުރާތި ރާއްޖެ ޕްރެސްގަ އެއްވެސް ޚަބަރެއް ނުލިޔެވޭތޯ. ދެން ވަގުތެއް ލިބުނިއްޔާ އަހަރުމެންނާ އެއްކޮޅަށް ލިޔަން މުވައްޒަފުންނަށް އަންގާލިޔަސް ހެޔޮ. ޔޫނުސްގެ ޗޮއިސް. ކޮންމެ ގޮތެއްވިޔަސް ޔޫނުސްއަކަށް ނަސްރާ ދެނެއް ނުފެންނާނެ. ޔޫނުސް އަހަރުމެންނާއި ގުޅުނަސް އަހަރެން ބޭނުމެއްނުވާނެ އަނެއްކާ ނަސްރާއާއި ޔޫނުސްވެގެން ދެވަނަ ރާއްޖެ ޕްރެސްއެއް އުފައްދަން.” އަމީން ބުންޏެވެ. ޔޫނުސްއަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އަމީންގެ ވާހަކައިގެ މެދުތެރެއިން އޭނަ އުޅުނީ ނަސްރާއަށްޓަކައި އަމީނާއި ގުޅެން ބޭނުންވާ ވާހަކަ ބުނާށެވެ. އެހެނަސް އަމީން އެ އިޚްތިޔާރުވެސް އޭނައަކަށް ނުދެއެވެ. އޭނަ މުޅިން ބަލިވީ ކަމަށް ހިތުގެ ކަނަކުން ގޮވާލިއިރު އަދި ހުރިހާ ކަމެއް ނުނިމޭ ކަމަށް ހިތުގެ އެއްފަޅިން އެންގިއެވެ. އަދިވެސް ނަސްރާ ދުނިޔޭގަ އެބަހުއްޓެވެ. އަދިވެސް އޭނައަށް ނަސްރާއާއި ހަމައަށް ދެވިދާނެއެވެ. އެދުވަހަކުން އޭނަ ނަސްރާއާއި ވެގެން އަމީނަށް މި ދުވަހުގެ ބަދަލުދޭނީކަމަށް ހިތް ބުނި ވަގުތު ޔޫނުސްގެ ރޫޙަށް އަނެއްކާވެސް އާ ޖޯޝެއްއައެވެ. އަމީން ބާއިއޭ ބުނެ އެގެއިން ނިކުމެގެން ދިޔަތަން ޔޫނުސް ބަލަންހުރީ އިހުނަށްވުރެ ވަރުގަދަ ޢަޒުމެއްގައެވެ.

 

އޭގެ އަނެއްދުވަހު އަފްރާޒްވެސް އޭނަގެ ޢާއިލާ ގޮވައިގެން ރަށަށް އައިއްސިއެވެ. އެދުވަހު ނަސްރާ ހޯދުމުގެ މަސައްކަތް ކުރީ އަފްރާޒާއި ޝަރީފާއި ޔޫނުސްވެސް ވެގެންނެވެ. ޝަރީފް ޖިޕްގައި އެއްރަށަށް ދިޔައިރު ޔޫނުސް އޭނަގެ ސައިކަލުގައި އަނެއް ރަށަށް ދިޔައެވެ. އަފްރާޒް ދެން އޮތް ރަށަށް ދިޔައީ ޒަޔާންގެ ސައިކަލުގައެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް މިއަދު ހޯދުމުގެ މަސައްކަތުގައި އުޅުނު މީހުންނަށް އެހީ ލިބެމުން ދިޔައެވެ. ޢާއްމު މީހުންނާއި ސުވާލުކުރުމުން ފުދޭވަރަކަށް މީހުންގެ ފަރާތުން ޖަވާބު ލިބުނެވެ. ތިން މީހުންނަށް ލިބުނު ޖަވާބުތަކާއި އެއްގޮތަށް ދުއްވުމުން އެ މީހުންނަށް އެންމެ ފަހުން ވަދެވުނީ ތިން ތަނަކަށެވެ. އަފްރާޒާއި ޝަރީފް އެ މީހުން ފޯރި މަންޒިލްތަކުން ނަސްރާގެ ނިޝާނެއް ފެނޭތޯ މަސައްކަތް ކޮށްކޮށް ކާމިޔާބެއް ނުވިއެވެ. އެހެނަސް ޔޫނުސް ވަތް ފަޅު ގޭގެ ތެރެއަށް ވަންނަމުން ދަނިކޮށް އޭނަގެ ބޫޓު ދަށުގައި އެއްޗެއްވިއެވެ. އޭނަ ބަލާލިއިރު އެއީ ރިހިކުލައިގެ އަނގޮޓިއެކެވެ. ޔޫނުސް ޤަބޫލުވެސް ނުކުރެވިފައި ގުދުވެ އެ އަނގޮޓި ނަގައި ބަލާލިއެވެ. އެއީ ނަސްރާގެ އަނގޮޓިކަން ޔަޤީންވުމުން ޔޫނުސް ވީ އުފަލާއެކީ ނަސްރާއަށް ގޮވަން ފެށިއެވެ. އެ ފަޅު ގޭގެ އެކި ކޮޓަރިތަކުގެ ދޮރު ހުޅުވަމުން ގޮސް ހުރިހާ ދޮރެއް ހުޅުވުނު އިރު ވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ޔޫނުސް ދެރަވެފައިހުރެ އަދިވެސް އެއްފަހަރު އަތުގައި އޮތް އަނގޮޓިއަށް ބަލާލިއެވެ. އެއީ ހަމަ ނަސްރާގެ އަނގޮޓިއޭ ހިތް ބުނި ވަގުތު ޔޫނުސް އަނދިރި ކޮޓަރިތަކަށް އަލި ކުރަމުން ނަސްރާއަށް ގޮވަމުން ދިޔައެވެ. އެމީހުން ނަސްރާއާއެކީ ފިލީތާއޭ ހިތަށްއެރުމުން ޔޫނުސް އަވަސްއަވަހަށް އެ ގެއިން ނިކުތެވެ. ގެ ވަށައި ވަށް ބުރެއް އެޅުނުއިރު ވެސް ޔޫނުސްއަށް އެ ވާވެފައިވާ ހިސާބުގެ ދުރުދުރުންވެސް މީހަކު ނުފެނެއެވެ. ޔޫނުސް ގެއަށް ގޮސް އަފްރާޒާއި ޝަރީފަށް އަނގޮޓި ދައްކައި ކަންވީގޮތް ކިޔައިދިނެވެ. ޝަރީފާއި އަފްރާޒް ވެސް މިއަދު އެކި މީހުން ވަރަށް ޔަޤީންކަމާއެކީ އެމީހުންނަށް މިސްރާބު ދެއްކި ވާހަކަ ބުންޏެވެ. ކޮންމެ ގޮތެއްވިޔަސް ނަސްރާއާއި އެންމެ ގާތް މަންޒިލަށް ދެވުނީ ޔޫނުސްއަށްކަން ތިން މީހުންނަށް ވެސް ޤަބޫލު ކުރެވުނެވެ. އެމީހުންނަށް ނޭނގުނު ކަމަކީ މިއަދު އެމީހުންނަށް މިސްރާބު ދެއްކި އެންމެނަކީ ވެސް އަމީން ފައިސާ ދީފައި ހުރި މީހުންކަމެވެ. އަދި ނަސްރާގެ އަނގޮޓި އެގޭގައި ބާއްވާފައި އޮތީ އެމީހުން އިތުރަށް އޮޅުވުމަށްޓަކައިކަމެވެ.

 

ޔޫނުސް ނަސްރާ ހޯދުމުގެ މަސައްކަތުގައި އުޅުނަސް ރާއްޖެ ޕްރެސްގެ މުވައްޒަފުން ސައިޓަށް ޚަބަރުތައް ޝާޢިއުކުރަމުން ގެންދިޔައެވެ. މި ދުވަސްވަރު އަމީންގެ ފަރާތުން އެހާ ފާޅުކަން ބޮޑުގޮތެއްގައި ނޭދެވޭ ކަމެއް ނުފެންނާތީ އޭނަގެ ނޭދެވޭ ވާހަކައެއް ނާންނަނީއެވެ. އެހެންކަމަށްވީތީ ރާއްޖެ ޕްރެސް އެއްކޮށް ނުހުއްޓުނަސް އަމީނަށް އެއީ މާ ބޮޑު ކަމަކަށް ނުވިއެވެ.

 

ނަސްރާ ހޯދުމުގެ މަސައްކަތް 3 ދުވަސްވަންދެން ކުރެވުނުއިރު ވެސް އެއްވެސް ނަތީޖާއެއް ޔޫނުސްމެނަކަށް ފެންނަ ގޮތެއްނުވިއެވެ. ނަސްރާގެ އަނގޮޓި އެގެއެއްގެ ތެރެއިން ފެނުނު ގޭގެ ވެރި ފަރާތާއި ސުވާލުކުރުމުން އެ މީހާ ޔޫނުސްމެން އިތުރަށް އޮޅުވިއެވެ. ނަތީޖާއެއްގެ ގޮތުން ހަމަ އެ އަތޮޅުގައި ބެލި ތަންތަން ބަލަބަލައި އެމީހުންނަށް އެއްދުވަސްވަންދެން ތިބެވުނެވެ. އެދުވަހުގެ އިރުއޮއްސުނު ވަގުތު ގެއަށް އައި އަފްރާޒް ހުރީ ރުޅިން ރަތްވެފައެވެ.

 

“މިތާނގައެއްނެތް ނަސްރާ! ހިނގާ މާދަމާ ކައިރީގަ ހުރި ރަށްތަކަށާއި އަތޮޅުތައް ބަލަން.” އަފްރާޒް ގޭގެ ގޭޓު ކައިރީގައި މަޑުކޮށްގެން ތިބި ޝަރީފާއި ޔޫނުސްގާތު ހަރުއަޑުން ބުނެލިއެވެ. އޭނަގެ އެ ވާހަކައަށް ވަރުބަލިވެފައި ތިބި ޔޫނުސްއާއި ޝަރީފް ހަމައެކަނި ބޯޖަހާލީއެވެ.

 

އެރޭގެ ޢިޝާ ނަމާދަށްފަހު ޔޫނުސް ގެއަށް ދިޔައީ ލަސް ހިނގުމެއްގައެވެ. ނަސްރާގެ ޚިޔާލުތަކުން އޭނަގެ ސިކުނޑި ފުރިފައިވީއިރު އަދިވެސް ނަސްރާ ނުފެންނަކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ. އޭނަ އެންމެ ހިނދުކޮޅަކަށް ވެސް ނަސްރާ ސަލާމަތް ކުރުމަށް މަސައްކަތެއްނުކޮށް ހުންނާކަށް ބޭނުމެއްނުވެއެވެ. އެހެނަސް މިރޭ އޭނައަށް އިޙްޞާސް ކުރެވެމުން ދިޔައީ އާދަޔާ ޚިލާފު ވަރުބަލި ކަމެކެވެ. ވާނީވެސް އެހެންތާއެވެ. ވޭތުވެދިޔަ 3 ދުވަސް ތެރޭގައި އޭނައަށް ރަނގަޅަށް ނުކެވެއެވެ. ކާ ހިތެއްނުވެސްވަނީއެވެ. ކާން އުޅޭ ކޮންމެ ފަހަރަކު ނަސްރާ މިހާރު ހުންނާނީ ކައިގެންތޯ ހިތް ސުވާލުކުރުމުން އޭނަ ކާ އެތިކޮޅު ތަށީގައި ބާއްވައެވެ.

 

ޔޫނުސް ގެއަށް ދިޔަ މަގުމަތީގައި މިރޭ ރަނގަޅަށް ކައިގެން ނިދާލުމަށް ޢަޒުމް ކަނޑައެޅިއެވެ. މާދަމާ ނަސްރާ ބަލައި ދާއިރު ބާރުގަދަކޮށް ހުރުމަށެވެ. އެހެނަސް ގެއަށްވަދެ ކޮޓަރިއާއި ހަމައަށް ދެވުމުން އޭނައަށް އެތަނަށް ވަދެވުނެވެ. މާ ގިނައިރެއްނުވެ ނަސްރާގެ ހަނދާންތައް އާވެގެން ދިޔުމުން ޔޫނުސްގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. އޭނަ ނަސްރާ ނުދެކޭތާ އެންމެ 3 ދުވަސްވެފައިވިޔަސް އޭނައަށް ހީވަމުން ދިޔައީ ނަސްރާއާއި ބައްދަލުނުވާތާ އެތައް ޤަރުނައެއް ވޭތުވެފައިވީހެންނެވެ. ނަސްރާގެ އަޑު އަހަން އޭނަގެ ކަންފަތް އެދި ގޮވަމުން ދިޔައެވެ. އެހެނަސް އެއީ ކައިރި މުސްތަޤްބަލެއްގައި ވާނެ ކަމެއް ނޫންކަން އެނގުންވުމުން ޔޫނުސްއަށް އެނދުގެ ކައިރީގައި ބިންމަތީގައި އިށީނދެވުނެވެ. ހިމޭންކަން ވެރިވެފައިވި ކޮޓަރީގެ ތެރެއިން ޔޫނުސްއަށް ހަމައެކަނި އިވެމުން ދިޔައީ އޭނަގެ ހިތް ކުރަމުން ދިޔަ ސުވާލެވެ. ނަސްރާ ކޮބައިތޯއެވެ.

 

**

 

ހަމައެކަނި ހުދުކުލައިގެ ބޮތްކެއްގެ އަލިން އަލިވެފައިވާ ކުޑަ ގޮޅިއެއްގެ އެއްފަރާތުގައި ކުޑަ ވަކަރު މޭޒެއްވިއެވެ. އެ މޭޒުމަތީގައި ހުރީ ކުދިކުދި ބޭސްފުޅިތަކާއި ހުދުކުލައިގެ ފޮތިކޮޅުތަކެވެ. އެ ބޭސްފުޅިތަކުގެ ކައިރީގައި މެދުމިނުގެ ފަސްޓް އެއިޑް ކިޓެއްވިއެވެ. މޭޒުގެ ދަށުގައި ކުދި ބެންޑޭޖް ރޯލްތައްވެސް ހުރިއެވެ. ކުޑަ ގޮޅީގެ އަނެއްފަރާތުގެ ބިންމަތިން ފެންނަމުން ދިޔައީ އެކި ވަރުވަރުގެ ތޫނު ހަތިޔާރުތައް އުކާލެވިފައިވިތަނެވެ. އޭގެއިން ބައެއް ހަތިޔާރުތަކުގައި ލޭވެސް ހުއްޓެވެ. ކުޑަ ގޮޅީގެ މެދުގައި އޮތީ މަޑު ފިޔާތޮށި ކުލައެއްގެ ހަރުވާޅު ހެދުމެއް ލައިގެން އޮތް ނަސްރާއެވެ. އޭނަގެ ދެލޯ މެރިފައިވީއިރު ވިހުރާލެވިފައިވާ އިސްތަށިގަނޑުވަނީ ހޭވިފައެވެ. ދެއަތް ތިލައާއި ދެ ފައިތިލައިގައި ވެސް ބެންޑޭޖް އެޅިފައިވީއިރު އޭނަގެ ކަނދުރާގައި ވެސް މަލަން އެޅިފައިވިއެވެ.

 

ބޭރުން ދެ ފިރިހެނަކު ވާހަކަ ދައްކާ އަޑު ކުޑަ ގޮޅީގެ ތެރެއަށް ވަނުމާއެކު ނަސްރާގެ މެރިފައިވާ ދެލޯ ތަގުޅިވެގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވާލިއެވެ. މަތިން ފެނުނު އަލި ބޮކީގެ ސަބަބުން އޭނަގެ ލޯ ހުޅުވުނީ ހަނިކޮށެވެ. ނަސްރާ އަދިވެސް އެއްފަހަރު ދެލޯ މަރާލަމުން އޭނަގެ އުޅަނބޮށި ތަޅުންމަތީގައި ވިއްދައި ތެދުވެވޭތޯ ބެލިއެވެ. އޭނަގެ އަނގައިން ނިކުތް އާހުގެ އަޑުން އޭނަގެ ދެއަތުގައި ވެސް ރިއްސިކަން އެނގެއެވެ. ނަސްރާ ރަނގަޅަށް ސީދާ ވެލަމުން އޭނަގެ ލޯ އުނގުޅާލި ވަގުތު ބޭރުން ދެ ފިރިހެނުން ދެއްކި ވާހަކަ އޭނައަށް ސާފުވިއެވެ.

 

“އޭ މިހާރު އޭނަ ހޭ އަރާފާނެދޯ؟ ބަލާލަބަލަ.” ބޭރުން އެއް ފިރިހެނަކު އެހެން ބުނެލި އަޑަށް ނަސްރާގެ ދެލޯ ބޮޑުވިއެވެ. އޭނަ ކަނާތް ފަރާތުން ފެނުނު މުށިކުލައިގެ ބާ ދޮރާއި ދިމާލަށް ބަލާލިއެވެ. އޭގެ އިރުކޮޅެއްނުވެ މީހަކު އެ ދޮރު ހުޅުވާލި ވަގުތު ނަސްރާ އޮތީ ކުރިން އޮތް ގޮތަށް ތަޅުންމަތީގައި އޮށޯވެ ދެލޯ މަރައިގެންނެވެ.

 

“އަދި ހޭނާރާ.” ދޮރު ކައިރީގައި ހުރި ފިރިހެން މީހާ ބުނެލިއެވެ.

 

“އެހެންތަ؟ އެހެންވިއްޔާ އަދި އިރުކޮޅަކުން ކަންނޭނގެ. އާދޭ. އަހަރުމެން އަންނާނީ އޭނަ ހޭ އަރާއިރަށް.” ބޭރުގައި ހުރި ފިރިހެން މީހާ ބުނެލިއެވެ. އެއާއެކު ދޮރު ހުޅުވި ޒުވާނާ ދޮރު ލައްޕައިފިއެވެ. އެމީހުންގެ ފިޔަވަޅުތަކުގެ އަޑު ފޭދެމުން ގޮސް ގެއްލުނު ތަނާހެން ނަސްރާ އަނެއްކާވެސް ލޯ ހުޅުވާލިއެވެ. 3 ދުވަސްވީއިރު އެ މީހުން ކަންތައް ކުރާ ގޮތް ނަސްރާއަށް ވަނީ ރަނގަޅަށް ދަސްވެފައެވެ. އެމީހުން ގިނަ ފަހަރު އޭނަ ބާއްވަނީ ހޭ ނައްތާފައެވެ. ހޭ އަރާއިރަށް އެ މީހުން ނަސްރާގެ ގާތަށް ގޮސް އޭނައަށް އެކި އަނިޔާތައް ކުރެއެވެ. އޭނައަށް ކާންދޭން އަންނަ އަންހެން މީހާ އޭނަގެ އަތް ބަނދެފައި ބަހައްޓައިގެން ކޮންމެ ފަހަރަކު އޭނައަށް ދޭނީ މަދު ކާ އެތިކޮޅެކެވެ. ފެނަށް އެދި ގޮވުމުން އޭނައަށް ގިނަ ފަހަރު ފެން ނުލިބެއެވެ. ލިބުނަސް ލިބެނީ އޭނައަށް ފުދޭވަރަކަށް ނޫނެވެ. ކަރު ހިއްކުމުގެ ސަބަބުން އޭނަގެ ކަރުގައި މިހާރު އަބަދުވެސް ނުފިލާ ތަދެއް ހުރެއެވެ. މި ހުރިހާ ކަމެއްގެ މައްޗަށް އެ މީހުން ޔޫނުސްގެ ވާހަކަތައް އޭނައަށް ކިޔައިދޭނެއެވެ. ޔޫނުސް ވެސް ވަނީ މިފަދަ ބަންދެއްގައި ކަމަށާއި ޔޫނުސްވެސް ދުވަސްކޮޅަކުން މަރާލާނެކަމަށްބުނެ އެމީހުން ނަސްރާއަށް ޚަބަރުދެއެވެ. އޭގެއިން ކޮންމެ ފަހަރަކު އޭނައަށް ބާރަށް ރޮއިގަނެވެއެވެ. އޭނަ ޔޫނުސްއާއި ވާހަކަ ދައްކަން ބޭނުންވެއެވެ. ޔޫނުސްގެ ޙާލު ބަލަން ބޭނުންވެއެވެ.

 

މިއަދުވެސް ޔޫނުސް މަތިން ހަނދާންވުމުން އޭނަގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އޭނަ ނުރުއިމަށްޓަކައި ތުންފަތުގައި ދަތް އަޅާލަމުން ދުރަށް ނަޒަރު ހިންގާލި ވަގުތު ފެނުނު އެއްޗަކުން އޭނައަށް ޤަބޫލު ކުރަން ވެސް ދަތިވިއެވެ. ތަޅުންމަތީގައި އެ އޮތީ މޯބައިލް ފޯނެކެވެ. ޔޫނުސްއަށް ގުޅަންވީ ކަމަށް ހިތް ބުނި ވަގުތު ނަސްރާގެ ހިތް އަވަސްވިއެވެ. އޭނަ އޭނަގެ ހަތަރެސްފައިގައި ރިހޭކަން ހަނދާން ނައްތާލަމުން އެ ފޯނަށް އަތް ދިއްކޮށް ފޯނު ނެގިއެވެ. ނޭނގޭ ސަބަބަކާހުރެ އޭނަގެ ދެލޯވެސްވަނީ ފުސްވެފައެވެ. ފޯނުގައި ހުރި ނަންބަރުތައް ފެނޭތޯ މަސައްކަތް ކުރަމުން ނަސްރާ އޭނަގެ ރިއްސަމުން ދިޔަ އިނގިލިތަކުން ނަންބަރުތަކަށް ފިތަން ފެށިއެވެ. ޔޫނުސްގެ ނަންބަރު ޖަހައި އެ ނަންބަރަށް ގުޅާލީ ޔޫނުސްގެ އަތުގައި އޭނަގެ ފޯނު އޮންނާނެ ގޮތެއް ހައްދަވައި ދެއްވުމަށްއެދި ދުޢާ ކުރަމުންނެވެ.

 

**

 

އެނދަށް ލެނގި ބިންމަތީގައި އިށީނދެގެން އިން ޔޫނުސްގެ ފޯނު ރިންގުވާން ފެށުމުން އޭނައަށް ނަސްރާގެ ޚިޔާލުތަކަކުން ނިކުމެވުނެވެ. އޭނަ ހަމަހޭވެރިކަމެއް ލިބުނު ފަދައަކުން އެއްލޯ މަތިން އެއްއިނގިލި ހިނގައި އޭނަގެ ޖިންސްގެ ޖީބުން ފޯނު ނެގިއެވެ. ނޭނގޭ ސަބަބަކާހުރެ އޭނަ މިފަހަރު ގުޅަނީ ކާކުތޯވެސް ނުބަލައި ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ސަލާމް ގޮވަން އުޅުނު ވަގުތު އޭނަގެ އަނގައިން ނިކުތީ ވައި އަޑެކެވެ. އެހެންކަމުން އޭނަ އިތުރު އެއްޗެކޭ ނުބުނެ އެކޮޅުން ވާހަކަ ދައްކާނެ އިރަކަށް އިންތިޒާރު ކުރިއެވެ.

 

“ޔޫނުސް؟” ކަންފަތުގައި ޖެހުނު އަޑަކުން ޔޫނުސްއަށް ހީވީ އޭނަގެ ހިތަށް އާ ދިރުމެއް ލިބުނީ ހެންނެވެ.

 

ނުނިމޭ

The post Hijra (Part 49) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hijra-part-49/feed/ 0 481
Hijra (Part 48) https://blog.storiesbyjana.com/hijra-part-48/?utm_source=rss&utm_medium=rss&utm_campaign=hijra-part-48 https://blog.storiesbyjana.com/hijra-part-48/#respond Fri, 16 Apr 2021 11:47:21 +0000 https://blog.storiesbyjana.com/hijra-part-47-copy/

ގޭގެ ދޮރުގެ ތަޅު ހަލާކު ކުރެވިފައިވީއިރު ދޮރު ވަނީ ކުޑަކޮށް ހުޅުވިއެވެ. ޔޫނުސް ހިސާބަކަށް ކަންބޮޑުވެ ހުރެ ދޮރުކައިރިއަށް ގޮސް އެއްއަތުން މާ ބޮނޑި ހިފައިގެން ހުރެ އަނެއްއަތުން ދޮރު ރަނގަޅަށް ހުޅުވާލިއެވެ. މިފަހަރު ފެނުނު މަންޒަރަކުން އޭނަގެ އަތުގައި އޮތް މާ ބޮނޑި ޓައިލްސް މަތީގައި ގޮސް ޖެހުނެވެ. އެ މާ ބޮނޑި ޖެހުނު ހިސާބުން ފެށިގެން އޭނަގެ ކޮޓަރިއާއި ހަމައަށް ބިންމަތީގައި ހުރި ލޭ ފެނިފައި ޔޫނުސްގެ ހިތް ހުއްޓުނު ފަދައެވެ. ބައެއް ހިސާބު […]

The post Hijra (Part 48) appeared first on Stories by Jana.

]]>

ގޭގެ ދޮރުގެ ތަޅު ހަލާކު ކުރެވިފައިވީއިރު ދޮރު ވަނީ ކުޑަކޮށް ހުޅުވިއެވެ. ޔޫނުސް ހިސާބަކަށް ކަންބޮޑުވެ ހުރެ ދޮރުކައިރިއަށް ގޮސް އެއްއަތުން މާ ބޮނޑި ހިފައިގެން ހުރެ އަނެއްއަތުން ދޮރު ރަނގަޅަށް ހުޅުވާލިއެވެ. މިފަހަރު ފެނުނު މަންޒަރަކުން އޭނަގެ އަތުގައި އޮތް މާ ބޮނޑި ޓައިލްސް މަތީގައި ގޮސް ޖެހުނެވެ. އެ މާ ބޮނޑި ޖެހުނު ހިސާބުން ފެށިގެން އޭނަގެ ކޮޓަރިއާއި ހަމައަށް ބިންމަތީގައި ހުރި ލޭ ފެނިފައި ޔޫނުސްގެ ހިތް ހުއްޓުނު ފަދައެވެ. ބައެއް ހިސާބު ގަނޑުގައި ލޭގެ ތިކިތައް ހުރިއިރު އަނެއްބައި ހިސާބުގައި ހުރީ ލޭ ފެތުރިގެން ގޮސްފައެވެ. އިންތިހާ ދަރަޖައިގެ ބިރުވެރިކަމެއް ވަށާލެވިގެން ދިޔަ ހިތަކާއެކީ ޔޫނުސް ނަސްރާގެ ނަން ކިޔާލަން އުޅުމުން އޭނަގެ އަނގައިން ނިކުތީ ހަމައެކަނި ވައިއަޑެކެވެ. ޔޫނުސް ޖެހިލުންވުމަކާއެކީ ކޮޓަރިއާއި ދިމާލަށް ލަސް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. މިނެޓެއްގެ ތެރޭގައި އޭނައަށް ކޮޓަރިއާއި ހަމައަށް ދެވުނެވެ. ކޮޓަރީގެ ދޮރުވެސް ވަކި ވަރަކަށް ހުޅުވިފައި ހުރިތަން ފެނިފައި ޔޫނުސް ދެލޯމަރާލަމުން އެ ދޮރު ކުއްލި ކޮއްޕާލިއެވެ. އޭނަ ދެ ޚިޔާލެއްގެ މަތީގައި ހުރެ ލޯ ހުޅުވާލި ވަގުތު އޭނައަށް ފެނުނީ އޭނަ އުއްމީދު ކުރިފަދަ މަންޒަރެއްނޫނެވެ. އެފުށްމިފުށަށް ޖެހިފައިވާ ކޮޓަރީގެ ތެރެއިން ވެސް ނަސްރާގެ ނިޝާނެއް ފެންނާކަށް ނެތެވެ. ޔޫނުސްއަށް ދެ ބުމަ ކައިރިކޮށްލަމުން ކޮޓަރި ތެރެއަށް ވަދެވުނެވެ. އަދި ވަށައި ހޯދަމުން އަވަސް ހިނގުމެއްގައި ގޮސް ފާޚާނާގެ ދޮރު ހުޅުވާލެވުނެވެ. އެތަނުން ވެސް ނަސްރާ ނުފެނުމުން ޔޫނުސް ދިގު ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުންނަން ދިޔައެވެ.

 

“ނަސްރާ! އަހަންނާ ސަމާސާކުރަން ނުއުޅެއްޗޭ ނަސްރާ.” ޔޫނުސް ރުޅިވެރިކަމާއި ހިތާމައިގެ އަސަރެއް އެކުލެވޭ އަޑަކުން ގޮވަމުން ކޮޓަރިން ނިކުތެވެ. އޭނަ އެހެން ބުނިއިރު ވެސް މިއީ ނަސްރާގެ “ސަމާސާ”އަކަށް ނުވާނެކަން ޔޫނުސްއަށް ޔަޤީންކުރެވުނެވެ. އެހެނަސް އޭނަ އުއްމީދު ކަނޑާލުމެއްނެތި ގޭގެ އެކި ދޮރުތައް ހުޅުވަމުން އެ ހުރިހާ ތަނަކުން ނަސްރާ ފެނޭތޯ ބަލަމުން ދިޔައެވެ. ބަދިގެއިންނާއި ކާގެއިންނާއި ގޭގެ ފޮތް ހަރުގަނޑު ހުންނަ ކޮޓަރިން ވެސް ނަސްރާ ނުފެނުމުން ޔޫނުސްގެ ހިތް މޭތެރޭގައި އޮވެ ގެނބެން ފެށިއެވެ. އޭނަ ކަރުނައިން ފުރެމުން ދިޔަ ދެލޮލާއެކީ ގޭގެ ދޮންނަ މެޝިން ހުންނަ ތަނަށް ދިޔައެވެ. އެތަނުން ވެސް އޭނަ ދެލޯ ހޯދަމުން ދިޔަ ސޫރަ ނުފެނުމުން ޔޫނުސް އެތާތެރެއިން ގޭގެ ބިއްދޮށަށް ނިކުތެވެ.

 

“ނަސްރާ!” ޔޫނުސް ވަށައި ނަޒަރު ހިންގަމުން އަޑުގެ ކޮޅަށް ގޮވާލިއިރު އެ އަޑުގައި ވޭނެއް އެކުލެވިގެން ދިޔައެވެ. ޔޫނުސްގެ އަޑު މިސްކިތުން ގެއަށް އަންނަމުން ދިޔަ ޝަރީފާއި ޒަޔާނަށް އިވުނެވެ. ދެމީހުން ކަންބޮޑުވުމަކާއެކީ އެކަކު އަނެކަކަށް ބަލާލަމުން އެ ގެއަށް ވަންނަން ދިޔައެވެ. ގޭގެ ފެންޑާ ތެރޭގައި ހުރި ޔޫނުސްގެ ހެދުން ފޮށި ފެނިފައި ޝަރީފް ޙައިރާންކަމާއެކީ އެ ފޮށި ނަގައިގެން ގޭގެ ދޮރާއި ދިމާލަށް ދިޔައެވެ. ޝަރީފާއި ޒަޔާނަށް އެކުއެކީގައި ގޭގެ ހުޅުވާލެވިފައިވި ދޮރާއި ހަމަވީ ވަގުތު އެ ދެމީހުން ވެސް ޔޫނުސް ފަދައިން ހުއްޓުން އެރިއެވެ.

 

“ސުބުޙާނަ ﷲ. މިގޭގަ ކޮންކަމެއްތަ ހިނގީ؟ ޔޫނުސް!” ޝަރީފް އަތުގައި ހުރި ފޮށި ބަހައްޓައި އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ވާހަކަ ދައްކަމުން ޔޫނުސްއަށް ގޮވާލިއެވެ. ޔޫނުސް އިސާހިތަކުން ގޭގެ ތެރެއިން އައިސް އެމީހުންނާއި ދިމާލަށް އަންނަމުން ދިޔަތަން ފެނުނެވެ.

 

“ބައްޕާ ކޮބައިތަ ނަސްރާ؟” ޔޫނުސް ބިންމަތީގައި ހުރި ލެއަށް ބެލުމެއްނެތި ކުރިއަށް އަންނަމުން ސުވާލުކުރިއެވެ.

 

“ނަސްރާ ހުރީ މިގޭގައެއްނު؟ ނެތީތަ އޭނަ؟” ޝަރީފް ވެސް ނުތަނަވަސްވެގެން ދިޔަ ހިތަކާއެކީ ދެލޯ ބޮޑުކޮށްލަމުން ސުވާލުކުރިއެވެ.

 

“ނެތް. ޒަޔާން ދުށިންތަ ރޭ މިގެއަށް ބަޔަކު އައިތަން؟” ޔޫނުސް އަވަސްއަވަހަށް އަހާލިއެވެ.

 

“ނުދެކެން އަހަންނެއް. ނަސްރާ ހަމަ އަސްލުވެސް ނެތީތަ؟ ރަނގަޅަށް ހޯދިންތަ؟” ޒަޔާން ގޭގެ ތެރެއަށް ނަޒަރު ހިންގާލަމުން ސުވާލުކުރިއެވެ. ޔޫނުސްއަށް އެއްޗެކޭ ނުބުނެވެނީސް ޝަރީފް ވާހަކަ ދެއްކިއެވެ.

 

“މިހިރީ މަގޭ ނަސްރާގެ ލޭތަ؟” ޝަރީފް ހިސާބަކަށް ރޮވިފައިހުރެ ބިންމައްޗަށް ޢިޝާރާތް ކުރަމުން އެހިއެވެ. ޔޫނުސް އެ ސުވާލުގެ ޖަވާބަކަށް ދުރަށް ނަޒަރު ހިންގާލިއެވެ. ނަސްރާ ޒަޚަމްވެފައި އޮތްތަން ޚިޔާލުކުރަން ވެސް އޭނައަށް ދައްޗެވެ. އެހެނަސް ކުރިމަތިން މި ފެންނަ ގޮތުން ހީވަނީ ނަސްރާ ދުވަހަކުވެސް އަނިޔާ ނުކުރެވޭ ވަރަށް އަނިޔާ ކުރެވިފައިވާ ހެންނެވެ. އެއަށްވުރެ ވެސް ގޯސް ޚިޔާލުތައް އޭނަގެ ސިކުނޑިއަށް ވެރިވާން އުޅުނު ވަގުތު ޝަރީފް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“ޕޮލިހަށް ގުޅާ ޔޫނުސް.” ޝަރީފް ބުނެލިއެވެ. އެއާއެކު ޔޫނުސް އޭނަގެ ޖީބުން ފޯނު ނެގިއެވެ. އޭނަ ނަންބަރުތަކަށް ފިތަން އުޅުނު ވަގުތު އޭނަގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ. ނަންބަރު ފެނިފައި ޔޫނުސްގެ މޫނުމައްޗަށް ޙައިރާންކަމެއް ވެރިވިއެވެ. މި ވާނީ އޭނަގެ އާ މުވައްޒަފަކަށޭ ހިތައި ޔޫނުސް ފޯނު ކަނޑާލިއެވެ. އޭނަ އަނެއްކާވެސް ފުލުހުންނަށް ގުޅަން އުޅުނު ވަގުތު ހަމަ އެ ނަންބަރުން ގުޅަން ފެށުމުން ޔޫނުސްގެ ގާތަށް ރުޅިއައެވެ. ޝަރީފް ކާކުތޯ ސުވާލުކޮށްލިތަނާހެން ޔޫނުސް އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“އަހަރެން ފޯނު ކަނޑާލާނީ އަހަރެން ބިޒީކޮށް އުޅޭތީ. ދެންވެސް ދަންނާތި!” ޔޫނުސް ނުރުހުންތެރިކަމާއެކީ އެހެން ބުނެލަމުން ފޯނު ބާއްވަން އުޅުނެވެ. އެހެނަސް އެކޮޅުން ވާހަކަ ދެއްކުމުން އޭނަ ހުއްޓުން އެރިއެވެ.

 

“ހުމް ދަންނާނަން. ހެހެހެ……..ލޯބިވާ އަންހެނުން ވީ ތަނެއް ބަލަން ބޭނުންވާ ވަރަށްވުރެ ވެސް ބިޒީތަ؟” އެކޮޅުން އިވުނީ ދަންނަ އަޑެއްހެން ހީވުމުން ޔޫނުސްގެ ދެބުމަ ކައިރިވިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެއީ ކާކުކަން ނަގައިގަނެވުމުން އޭނަގެ ނިތުން ރޫ ފިލައިދިޔައެވެ.

 

“އަމީން.” ޔޫނުސްއަށް ދެދަތްޕިލަ ޖައްސައިގެންހުރެ ކިޔާލެވުނެވެ. ފޯނުގެ އަނެއްކޮޅުން އަމީން ހީގަތްއަޑު އިވުނެވެ.

 

“ރަނގަޅަށް ތި ބުނެވުނީ.” އަމީން އޭނަގެ ސިޓިންގް ރޫމުގެ ސޯފާއަށް ލެނގިގެން އިނދެ ބުނެލިއެވެ.

 

“ނަސްރާ ކޮބާ؟” ޔޫނުސް ރުޅިވެރިކަމާއެކީ ތުރުތުރު އަޅާ އަޑަކުން ސުވާލުކުރިއެވެ. އޭނަގެ އެ ސުވާލާއެކީ ޒަޔާނާއި ޝަރީފް އެ ވާހަކައަށް ހުރިހާ ސަމާލުކަމެއްދިނެވެ.

 

“ހާދަ އަވަހަކަށް ނަސްރާ ހޯދަން ތިއުޅެނީ؟ ފުރަތަމަ މި ޙާދިސާއާބެހޭ ކުއްލި ޚަބަރެއް ލިޔެލަންވީއެއްނު؟” އަމީން ލާނެތް ރާގަކަށް ވާހަކަ ދެއްކުމުން ޔޫނުސްގެ ރުޅިވީ ގަދައެވެ.

 

“ކޮބައިހޭ އޭނަ؟ ކަލޭ ބޭނުންވަނީ ކޯޗެއް؟ ފައިސާތަ؟ ޢަދަދެއް ބުނެފިއްޔާ ދީފާނަން.” ޔޫނުސް ބުމަގޮށްޖެހިފައިހުރެ ބުނެލިއެވެ. އެއާއެކު އަމީން ކުއްލިއަކަށް ސީދާވެލިއެވެ.

 

“ކަލެއަށް ހީވަނީ މަ މީ ފައިސާ ނުލިބިގެން އުޅޭ ސަލާންޖަހާ މީހެއްހެންތަ؟ މަ ނުއުޅެން ކަލޭގެ ފައިސާ ނުލިބިގެން. އަޑުއަހާ! ކަލޭގެ އަންހެނުން ކަލެއަށް ދެން ދުވަހަކުވެސް ނުފެންނާނެ. އޭނަ އެބަހުރި ދުނިޔޭގަ. އެކަމަކު މިއަދުން ފެށިގެން އޭނަ ހުންނާނީ އަހަރެންގެ ހައްޔަރުގަ. ކަލޭ އަހަންނާއި އަހަރެންގެ ޕާޓީއާ ދެކޮޅަށް ލިޔަން ދެން ޚިޔާލުވެސް ނުކުރާތި. އޭގެ ބަދަލު ލިބޭނީ ކަލޭގެ އަންހެނުންނަށް. ޕޮލިހަށް ގުޅަން މަސައްކަތް ކުރިޔަސް ކަލޭގެ އަންހެނުންނަށް އެކަން ފެންނާނެ.” އަމީން ބުނެލިއެވެ.

 

“އަހަރެން މި ކަމުގެ ވާހަކަ މުޅި ދުނިޔެއަށް އަންގައިފިއްޔާ ކަލޭ ޖެހޭނީ ނަސްރާ ދޫކުރަން.” ޔޫނުސްވެސް އޭނަގެ ހިތަށްވެރިވި ބިރުވެރިކަން ފިލުވާލަމުން ބިރެއް ދައްކާލިއެވެ.

 

“އުނހު. ދުލެއް ނުކުރާނަން. އަހަރެން ހައްޔަރު ކުރަން އައުމުގެ ކުރިން ނަސްރާއަށް ހިރިވެސް ނުލެވޭވަރު ކުރާނަން. ތި ގޭތެރޭގަ ތި ހުރި ލެއަކީ އަހަންނަށާއި އަހަރެން މި ވަޒީފާ ޙަވާލުކުރި މީހުންނަށް ކުރެވިދާނެ ކަންތައްތަކުގެ ކުޑަ މިސާލެއް. ނަސްރާ މަރާއި ގާތްކޮށްފަ މިހާރު ސަލާމަތްކޮށްފަ އެ އޮތީ.” އަމީން ބުނެލި ވާހަކައިން ޔޫނުސްއަށް ހީވީ އޭނަގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔައީހެންނެވެ. ނަސްރާ މިހާރު އޮންނާނީ ކޮން ޙާލެއްގަތޯ އަމިއްލަ ހިތާއި ސުވާލުކޮށްލެވުނު ވަގުތު އޭނަގެ ލޯ ކަރުނުން ފުސްވިއެވެ. އެ މަންޒަރު ފެނިފައި ޝަރީފް ކިހިނެއްވީތޯ އަހާލިއެވެ. އެހެނަސް ޔޫނުސްއަށް ޖަވާބު ދެވޭ ގޮތެއްނުވިއެވެ. އޭނައަށް ހުއްޓުން އަރާފައި ހުރެވުނީއެވެ.

 

ޔޫނުސްގެ ފަރާތުން ޖަވާބެއް ނުލިބި އިރުކޮޅެއްވުމުން އޭނަ ބަލިކަށިވެއްޖެކަން އެނގުންވި އަމީންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ އަނެއްކާވެސް ސޯފާއަށް ލެނގިލިއެވެ.

 

“އެހެންވީމަ…..އަހަރެން މި ބުނި ވާހަކަތައް ހަނދާން ބަހައްޓާނެކަމަށް އުއްމީދުކުރަން. ހެހެ…….ދެން އަންހެން ކުއްޖެއްވީމަ އެހެނިހެން ބާވަތްތަކުގެ އަނިޔާވެސް ދެވިދާނެދޯ؟ ނަސްރާގެ ވަށައިގެން ތިބެނީވެސް ފިރިހެނުން. އެ މީހުން ކަމެއް ނުކުރިޔަސް ނަސްރާއަކީ ނުލާހިކު ރީތި ކުއްޖެއްވީމަ އަހަންނަށް ވެސް ކައިރިވެވިދާނެ ކަންނޭނގެ.” އަމީން އެހެން ބުނެލިތަނާހެން ޔޫނުސް ހަޅޭއްލެވިއެވެ.

 

“އޭނަ ގައިގަ އަތް ނުލާތި!” ޔޫނުސް ރޫރޫއަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ. އަމީން ހިނިގަނޑެއް ޖަހައި ބާއިއޭ ބުނެލަމުން ފޯނު ކަނޑާލީ ޔޫނުސް އެއްޗެކޭ ބުނަން އުޅުނު ވަގުތެވެ. އޭނަ ފޯނުގެ ސްކްރީނަށް ބަލާލަމުން މާ ބޮޑު ވިސްނުމެއްނެތި ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ޝަރީފް އޭނައަށް ގޮވަމުން ގޭގެ ތެރެއަށް ވަނެވެ. އެހެނަސް ޔޫނުސް ޝަރީފަށް ފަރުވާލެއްނެތި ކޮޓަރިއަށް ގޮސް އޭނަގެ ސައިކަލުގެ ތަޅުދަނޑި ފެނޭތޯ ހޯދިއެވެ.

 

“ޔޫނުސް ކާކުތަ ދެންމެ ގުޅީ؟” ޝަރީފް ކޮޓަރީގެ ދޮރުމަތީގައި ހުރެ ސުވާލުކުރިއެވެ.

 

“އަމީން. އޭނަ ނަސްރާ ހައްޔަރުކޮށްގެން އުޅެނީ.” ޔޫނުސް އެތާ ވެއްޓިފައި އޮތް ސައިޑް ޓޭބްލް ތެދުކޮށް އޭގެ ވަތްގަނޑު ހުޅުވަމުން ބުނެލިއެވެ.

 

“ކޮން އަމީނެއް؟ އެ އެމް.އާރް.ޕީ ގެ؟” ޝަރީފް ރުޅިވެރިކަން ވެރިވެގެން ދިޔަ އަޑަކުން އަހާލިއެވެ.

 

“އާނ……..އަހަރެން ޕާޓީއާމެދު ގޯސް ވާހަކައެއް ލިޔެފިއްޔާ ނަސްރާއަށް އޭގެ އަނިޔާ ލިބޭނެއޭ އޭނަ ބުނީ.” ޔޫނުސް ކިޔަވާ މޭޒުދޮށަށް ދަމުން ބުނެލިއެވެ.

 

“ކީކޭ؟! މަގޭ ދަރިފުޅު! ކޮންތާކުތަ އޭނަ ނަސްރާ ބަހައްޓައިގެން އުޅެނީ؟” ޝަރީފް އެހެން ބުނެލި ވަގުތު ޔޫނުސް ކިޔަވާ މޭޒުގެ ދަށުގައި އޮތް ތަޅުދަނޑިއެއް ނަގައި ސީދާވެލައިފިއެވެ.

 

“ނޭނގެ. އަހަރެން މިދަނީ ހޯދަން. ބައްޕަ ޕޮލިހަށް ނުގުޅާތި. ގުޅިއްޔާ ނަސްރާއަށް މާ ރަނގަޅެއް ނުވާނެ.” ޔޫނުސް ކޮޓަރިން ނިކުންނަމުން ބުނެލިއެވެ. ޝަރީފް ތިމަންނަ ވެސް އެބަ އަންނަމޭ ބުނެ ޔޫނުސްގެ ފަހަތުން ދިޔައެވެ.

 

ޔޫނުސް އޭނަގެ ސައިކަލުގައި ގެއިން ނައްޓާލިތާ މާ ގިނައިރެއްނުވެ ޝަރީފް ވެސް އޭނަގެ ޖިޕުގައި ނަސްރާ ހޯދަން ދިޔައެވެ. ޝަރީފް ގެއަށް ގޮސް އަފްރީނަށް ޚަބަރު ދިނުމުން އޭނައަށް ވަގުތުން ރޮވުނެވެ. އޭނަ ރޮވިފައިހުރެ އޭނަވެސް ދޮންތަ ބަލައި ދާނެކަމަށް ޝަރީފްގާތު ބުންޏެވެ. އެހެނަސް ޝަރީފް އެކަމަށް އިންކާރު ކުރުމުން އަފްރީނަށް ގޭގައިހުރެ ދުޢާކުރުން ނޫންކަމެއް ނުކުރެވުނެވެ.

 

ޔޫނުސްއާއި ޝަރީފް މުޅި އަތޮޅު ވަށައި ދުއްވަމުން އެކި ފަޅު ގެ ތަކަށް ވަންނަމުން ދިޔައެވެ. ޒަޔާން ވެސް އެހީވުމުގެ ގޮތުން ރޭގައި ކަންތައް ވީ ގޮތާއިމެދު އަވަށްޓެރިންނާއި ސުވާލުކޮށް ސާފުކުރެވޭތޯ ބެލިއެވެ. އެހެނަސް އޭގެއިން އެކަކަށް ވެސް ރޭގަ ކަމެއްވީކަމެއް އެނގޭކަމަކަށް ނުވިއެވެ. އޭނަގެ ރޭވުން ކާމިޔާބު ނުވުމުން ޒަޔާން ޔޫނުސްއަށް ޙަމްދަރުދީވިއެވެ. އަދި ޔޫނުސް ހޯދާ ހޯދުމުން ނަސްރާ ސަލާމަތްކޮށްދެއްވުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ. ނަމަވެސް ޔޫނުސްއަށް ހޯދަމުން ގޮސް އަތޮޅުގެ މެދާއި ހަމައަށް ދެވުނު އިރުވެސް އޭނައަކަށް ނަސްރާ ފެންނަ ގޮތެއް ނުވިއެވެ. މެންދުރު ނަމާދަށް ބަންގި ގޮވީވެސް ޔޫނުސް ހޯދަމުން ދަނިކޮށެވެ. ކައިރިން ފެނުނު މިސްކިތެއްގައި މެންދުރު ނަމާދު ކުރުމަށްފަހު ޔޫނުސްއަށް އެތައް އިރެއްވަންދެން ރޮއިރޮއިފައި ދުޢާކުރެވުނެވެ. ނަސްރާ އޭނައަށް ފެންނާނެ ގޮތެއް ހައްދަވައިދެއްވުމަށާއި، އޭނައަށް ނަސްރާއާއި ހަމައަށް ނުދެވުނަސް ނަސްރާ ރައްކާތެރިކޮށްދެއްވުމަށް އެދިއެވެ. ދުޢާ ކުރުމަށްފަހު ޔޫނުސް އަނެއްކާވެސް ހޯދަންފެށީ އޭނަ ބަނޑުހައިވާކަން ހަނދާން ނައްތާލަމުންނެވެ. ސައިކަލުން އެކި ޞަރަޙައްދުތަކަށް ގޮސް މަޑުކޮށްލަމުން ޔޫނުސް ހިނގާފައި އެކި ގެ ތަކަށް ގޮސް ސުވާލުތައް ކުރަމުން ދިޔައެވެ. ބަޔަކު މީހުން ޒަޚަމްވެފައިވާ ކުއްޖަކު ގޮވައިގެން ދިޔަތަން ދުއްތޯ އަހައި އަހައި އެންމެން ވެސް ބޯހޫރުވަމުން ދިޔައެވެ. ދެރަވަމުން ދިޔަ ހިތަކާއެކީ ޔޫނުސް ހޮސްޕިޓަލަށްވެސް ދިޔައެވެ. އެތަނުން ވެސް ހަމަ އެއް ޖަވާބެއް ލިބުމުން އޭނަގެ ހުރިހާ ހިތްވަރެއް އެލުނުފަދައެވެ. އޭނަ ހޮސްޕިޓަލުން ނިކުމެ ސައިކަލަށް އެރި ވަގުތު އޭނަގެ ކޯތާފަތް މައްޗަށް ކަރުނައެއް ފައިބައިގެން އައެވެ. އޭނަ އޭތި އަވަސްއަވަހަށް ފޮހެލަމުން ސައިކަލު ދުއްވާލީ އޭނަ ނަސްރާ އެފަދަ ޙާލަކަށް ދޫކޮށް ބަލި ޤަބޫލުކޮށްގެން ނުވާނެކަން ހިތަށް ވިސްނައިދީގެންނެވެ.

 

އިރުއޮއްސެމުން ދިޔަ ވަގުތު ޔޫނުސް އޭނަގެ ގެ ކައިރިއަށް ސައިކަލު މަޑުކޮށްލީ ވަގުތަކީ މަގުގެ އަނެއްފަރާތުން އަންނަމުން ދިޔަ ޝަރީފްގެ ޖިޕްވެސް އެގޭގެ ކުރިމައްޗަށް މަޑުކޮށްލި ވަގުތެވެ. ޝަރީފް ޖިޕުން ފައިބައި ވަގުތުން ސުވާލުކުރީ އެއްވެސް ޚަބަރެއްވިތޯއެވެ. ޔޫނުސް ސައިކަލުމަތީގައި އިނދެ މާޔޫސީ ގޮތަކަށް ބޯހޫރުވާލިއެވެ. އެއާއެކު ޝަރީފްގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

 

“އަހަރެންގެ ކަނބުލޮ……….ނޭނގޭ އެމީހުން ގެންދިޔައީ ކޮންތަނަކަށް ކަމެއްވެސް.” ޝަރީފް ރޮވިފައިވާ އަޑަކުން ބުނެލިއެވެ.

 

“އަހަރެން ހީކުރީ މި އަތޮޅުން ފެންނާނެ ކަމަށް. ރޭގަ ހިއެއްނުވޭ އެހެން އަތޮޅަކަށް ގެންދެވޭވަރުގެ ވަގުތެއް އެމީހުންނަށް ލިބޭނެހެނެއް.” ޔޫނުސް ވާހަކަ ދައްކައި ނިމުނުތަނާހެން ޝަރީފް އެއްޗެހި ގޮވިއެވެ.

 

“ކަލޭ ވާހަކަ ނުދައްކާ ހުރޭ! ކަލެއާއިހެދި ނަސްރާ ގެއްލުނީ. ކަލޭ އެ ނޫހެއް ނުހިންގާނަމަ މިއަދު ނަސްރާ ހުންނާނީ ސަލާމަތުން. މަށަށް ހީވަނީ ކަލެއާއި ނަވާޒް ގުޅިގެންހެން މިކަން ކުރަނީދޯ؟ ނަވާޒްއަކީ ބައްޕައެއްނު؟ ބައްޕަ އުޅޭ ގޮތަށްނޫންތަ ދަރިވެސް އުޅޭނީ.” ޝަރީފް ކުއްލިއަކަށް އައި ރުޅީގައި ދެއްކި ވާހަކަތަކުން ޔޫނުސްގެ ހިތަށް އުނދަގޫވިއެވެ. ޝަރީފް އޭނަގެ ބައްޕައާއިމެދު ވާހަކަ ދެއްކިގޮތުން ރުޅި އައި ވަގުތު ނަސްރާ ގެއްލުމުގެ ޒިންމާ އޭނަގެ ބޮލުގައި އެޅުވިގެން ދިޔުމުން ދެރަވެސްވިއެވެ. އޭނަ ނަސްރާއަށް ގެއްލުމެއްވާން އެދޭނީ ކީއްވެ ހެއްޔެވެ؟ ނަސްރާއާއި ނުލާ އޭނަގެ ޙަޔާތް ވޭތުކުރާނެ ގޮތް ޚިޔާލަށް ގެންނަންވެސް ޔޫނުސްއަށް ފަސޭހައެއްނޫނެވެ. ނަސްރާއަކީ އޭނަގެ އެހީތެރިޔާއެވެ. އޭނަގެ ގާތް އެކުވެރިޔާއެވެ. އޭނަގެ ލޯބިވެރިޔާއެވެ. އޭނަގެ އެކަނިވެރިކަން ފިލުވައިދިން ބައިވެރިޔާއެވެ. ވީއިރު ނަސްރާއަށް ލިބޭނެ ގެއްލުމެއްވާނީ އޭނައަށް ވެސް ލިބޭނެ ގެއްލުމަކަށްނޫން ހެއްޔެވެ؟ ނަސްރާގެ ހުރިހާ ހަނދާނެއް އެއްފަހަރާ ސިކުނޑިއަށް ވެރިވާން ފެށުމުން ޔޫނުސްއަށް ރޮވެން އުޅުނެވެ. ނަމަވެސް އެވަގުތު މަޣުރިބު ނަމާދަށް ބަންގި ގޮވަން ފެށުމުން ޔޫނުސް ދުރަށް ނަޒަރު ހިންގައި އޭނަގެ ނޭވާ އެތެރެއަށް ދަމާލިއެވެ. ޝަރީފް ޗޮއްކަނޑާފައި އޭނަގެ ޖިޕަށް އަރައި ޖިޕް ގެއަށް ވައްދަން ދިޔަ ވަގުތު ޔޫނުސް އޭނަގެ ސައިކަލުން ފައިބައި ސައިކަލު ގެއަށް ވައްދަން ފެށިއެވެ.

 

އެރޭގެ މަޣުރިބު ނަމާދަށްފަހު ގެއަށް އައިސް ޔޫނުސް ގޭގެ ތަޅުންމަތިން ސާފުކުރަމުން ދިޔައިރު އޭނަގެ ހިތް ހުއްޓުމެއްނެތި ނަސްރާ މިހާރު ކޮބައިތޯ ސުވާލުކުރަމުން ދިޔައެވެ. ހިތަށް ވެރިވެފައިވި ހިތާމައާއި ބިރުވެރިކަމުގެ އިތުރުން އެ ހިތަށް ޙައިރާންކަންވެސް ވެރިވަމުން ދިޔައެވެ. ނަސްރާއަށް މި ހުރިހާ ޒަޚަމްތަކެއް ލިބުނުއިރު ނަސްރާގެ ހަޅޭކުގެ އަޑުވެސް އެކަކަށް ވެސް ނީވުނީތޯ ޔޫނުސްއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވެމުން ދިޔައެވެ. ނަމަވެސް އެ ސުވާލު މާ މުހިއްމު އެއްޗަކަށް ނުވިއެވެ. އެ ސުވާލަށް ޖަވާބު ލިބުނަސް އޭތި ނަސްރާއާއި ހަމައަށް ދިޔުމަށް އޭނައަށް އެހީއަކަށް ނުވާނެހެން ޔޫނުސްއަށް ހީވީތީވެއެވެ. ސިޓިންގް ރޫމު ސާފު ކުރުމަށްފަހު ކޮޓަރި ހަމައަކަށް އެޅުވުމުގެ ތެރޭގައި ނަސްރާގެ ހެދުންތައް ފެނިފައި ޔޫނުސްއަށް ފޮނި ޚިޔާލުތަކުގެ ފުން ކަނޑަކަށް ފޭބުނެވެ. އޭނައަށް ބިންމަތިން ނެގި ނަސްރާގެ ނޫކުލައިގެ ހަރުވާޅު ހެދުން ނަގައި ބައްދާލެވުނީ ހިތް އެކަމަށް އެދުނު ވަރުންނެވެ. އޭނަ ނަސްރާއާއި އެކީގައި ހުންނަން ބޭނުންވި މިންވަރު އިޙްޞާސް ކުރެވުމުން ޔޫނުސްއަށް އާ ހިތްވަރެއް ލިބުނެވެ. އޭނަ ޢިޝާ ނަމާދަށްފަހު އަނެއްކާވެސް ނަސްރާ ހޯދަން ދިޔައެވެ.

 

އެރޭގެ ވަގުތެއްގައި މިސްބާޙް އޭނަގެ ގޭގެ ގޭޓު ކައިރީގައި އުޑުގައިވާ ފުރިހަމަ ހަނދާއި ތަރިތަކަށް ބަލަން ހުއްޓެވެ. ސްކޫލުން ކެނޑުނުފަހުން ކުރާނެ މާ ބޮޑު މަސައްކަތެއް ނޯންނާތީ އޭނަ ކޮންމެ ރެއަކު ކުރާ ކަމަކީ މިއީއެވެ. ހަނދުގެ ރީތިކަމާއިމެދު ވިސްނަމުން ގޮސް އޭނައަށް އަފްރީންގެ ޚިޔާލުތަކަށް ދެވުނީ ނޭނގުމެއްގެ ތެރެއިންނެވެ. އޭނައަށް ހުރެވުނީ އަފްރީންގެ ޚިޔާލުގައިކަން އެނގުންވީ ވެސް އެ ހިމޭން މަގުން ސައިކަލެއް ދުއްވާފައި އަންނަ އަޑު އިވުމުންނެވެ. އެއާއެކު މިސްބާޙް އޭނަގެ ވިސްނުން އޭނަގެ ބާރުގެ ދަށަށް ގެނެސް ވާތް ފަރާތަށް ނަޒަރު ހިންގާލިއެވެ. އެ އަނދިރި މަގުން ސައިކަލުގެ ހެޑްލައިޓް އޭނައަށް ފެނުނެވެ. މިސްބާޙްމެންގެ ގެއާއި ކައިރިވީވީހެން އެ ސައިކަލުގެ ދުވެލި މަޑުވަމުން ދިޔައެވެ.

 

“ބޭބޭ!” ގޭގެ ފެންޑާއިން ނިކުމެފައިވާ އަލީގެ ތެރެއިން ޔޫނުސް ފެނުމާއެކު މިސްބާޙަށް ޙައިރާންކަމާއެކީ ގޮވާލެވުނެވެ. ޔޫނުސް އައިސް މިސްބާޙްގެ ކުރިމަތީގައި ސައިކަލު މަޑުކޮށްލިއެވެ. މިސްބާޙް އޭނަގެ ފުރިހަމަ ހިނިތުންވުން ޔޫނުސްއަށް ދައްކާލިއެވެ.

 

“ބޭބެގެ ޝޯ ބެލިން އަހަރެން. ވަރަށް ކޫލް. އަސްލު އެ ވާހަކަ ބުނަން ބޭބެ ކައިރިއަށް ދާންވެގެންނޭ މި ހުންނަނީ. ފަސްކުރަމުން ކުރަމުން ގޮސް ރޭގަނޑު މިވީ. ކިހިނެއްތަ ބޭބެ؟” މިސްބާޙް އުޖާލާވި މޫނަކާއެކީ ސުވާލުކުރިއެވެ. އެހެނަސް ޔޫނުސް ކުރިމައްޗަށް ނަޒަރު ހުއްޓައިގެން އިނދެފައި އިސްޖަހާލި ގޮތުން މިސްބާޙްގެ މޫނުމަތިން އެ އުޖާލާކަން ގެއްލުނެވެ. ޔޫނުސްއަށް ބަލަން ހުއްޓާ މިއަދު މެންދުރު ފުދޭވަރަކަށް ބާރު ސްޕީޑެއްގައި ޔޫނުސް ސައިކަލު ދުއްވާފައި ދިޔަ ހަނދާނެއް މިސްބާޙްގެ ސިކުނޑިއަށް ވެރިވިއެވެ.

 

“ބޭބޭ……ކީއްވެތަ މިއަދު ބޭބެ އެހާ ބާރަށް ސައިކަލު ދުއްވާފަ ދިޔައީ؟ މިއަދު މެންދުރު؟” މިސްބާޙް އަހާލިއެވެ.

 

“ބޭބެގެ ވައިފް ކިޑްނެޕްވެއްޖެ.” ޔޫނުސް މިސްބާޙަށް ބަލާލަމުން ބުނެލިއެވެ.

 

“ވަޓް؟! އަހަރެން ނުދެކެން ޚަބަރެއްވެސް. އެއްވެސް ނޫހަކުން ނުދެކެން. ކޮން އިރަކުތަވީ؟” މިސްބާޙް ހާސްކަން އެކުލެވިފައިވި ގޮތަކަށް އެހިއެވެ.

 

“މިއީ އެކަކަށްވެސް ސާފުނުވާ ޚަބަރެއް. ބޭބެއަކަށްވެސް ސާފެއްނުވޭ………..މިސްބާޙްގެ ޑޭޑް ރަށުގަ އެބައުޅޭތަ؟” ޔޫނުސް ސީރިއަސްކަމާއެކީ ސުވާލުކުރިއެވެ.

 

“ނޫން ޑޭޑް ހުރީ މާލޭގަ. ކިހިނެއްވީ؟ މިއީ އަނެއްކާ……..ޑޭޑްގެ ކަމެއްދޯ؟” މިސްބާޙް ކުއްލިއަކަށް އެނގުންވީ ފަދައިން ދެލޯ ބޮޑުކޮށްލަމުން އަހާލިއެވެ. މިސްބާޙް އެހެން ބުނުމުން ޔޫނުސްގެ ހަނދާނަށް އައީ އަމީންގެ ހިނިގަނޑެވެ. އެއާއެކު އެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ. އޭނަ އެކަން މިސްބާޙަށް ދައްކާކަށް ބޭނުމެއްނުވިއެވެ. އޭނަގެ ފަރާތުން މި ޚަބަރު މިސްބާޙަށް ލިބުނުކަން އަމީނަށް އެނގިއްޖެނަމަ އަމީން އޭނަގެ ބިރު ޙަޤީޤަތަކަށް ހަދާފާނެކަމުގެ ބިރުހީވިއެވެ. އެހެންކަމުން ޔޫނުސް އަވަހަށް ސައިކަލު ސްޓާޓްކޮށްލަމުން ސައިކަލު ދުއްވާލިއެވެ. މިސްބާޙަށް ކަންބޮޑުވުމެއްގައި ސައިކަލު ދިޔަ ދިމާލަށް ބަލަން ހުރެވުނެވެ.

 

ނުނިމޭ

The post Hijra (Part 48) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hijra-part-48/feed/ 0 476
Hijra (Part 47) https://blog.storiesbyjana.com/hijra-part-47/?utm_source=rss&utm_medium=rss&utm_campaign=hijra-part-47 https://blog.storiesbyjana.com/hijra-part-47/#respond Fri, 16 Apr 2021 11:46:03 +0000 https://blog.storiesbyjana.com/hijra-part-46-copy/

“އެއީ ތެދެއް.” ނަވާޒް އިސްއުފުލައި ޔޫނުސްއަށް ބަލާލަމުން ބުނެލީ ހަމައެކަނި އެހާވަރަށެވެ. އެއާއެކު ޔޫނުސް ގަނޑުވެގެން ދިޔައެވެ. އޭނައަށް އޭނަގެ ކަންފަތަށް އިތުބާރުކުރަން ދަތިވިއެވެ. އަނެއްކާވެސް މުޅި ތަނަށް މަރު ހިމޭންކަމެއް ވެރިވިއެވެ. މިފަހަރު އެއްފަރާތަކުން މުވައްޒަފަކު ގޮވާލުމުން ވެސް ޔޫނުސްއަކަށް އަޑެއް ނުއިވުނެވެ. އޭނައަށް ނަވާޒް ބުނި އެއްޗެއް ޤަބޫލުކުރަން ނޭނގިފައި އިނދެވުނުއިރު ނަވާޒް އެހެން ބުނީ ކީއްވެތޯ އޭނަގެ ސިކުނޑި ސުވާލުކުރަމުން ދިޔައެވެ.   ޔޫނުސް އަނެއްކާވެސް ބަހެއް ބުނެލަން ނޭނގިފައި އިންތަން ފެނިފައި […]

The post Hijra (Part 47) appeared first on Stories by Jana.

]]>

“އެއީ ތެދެއް.” ނަވާޒް އިސްއުފުލައި ޔޫނުސްއަށް ބަލާލަމުން ބުނެލީ ހަމައެކަނި އެހާވަރަށެވެ. އެއާއެކު ޔޫނުސް ގަނޑުވެގެން ދިޔައެވެ. އޭނައަށް އޭނަގެ ކަންފަތަށް އިތުބާރުކުރަން ދަތިވިއެވެ. އަނެއްކާވެސް މުޅި ތަނަށް މަރު ހިމޭންކަމެއް ވެރިވިއެވެ. މިފަހަރު އެއްފަރާތަކުން މުވައްޒަފަކު ގޮވާލުމުން ވެސް ޔޫނުސްއަކަށް އަޑެއް ނުއިވުނެވެ. އޭނައަށް ނަވާޒް ބުނި އެއްޗެއް ޤަބޫލުކުރަން ނޭނގިފައި އިނދެވުނުއިރު ނަވާޒް އެހެން ބުނީ ކީއްވެތޯ އޭނަގެ ސިކުނޑި ސުވާލުކުރަމުން ދިޔައެވެ.

 

ޔޫނުސް އަނެއްކާވެސް ބަހެއް ބުނެލަން ނޭނގިފައި އިންތަން ފެނިފައި ނަވާޒް އޭނައަށް އެހީވެދޭން ބޭނުންވިއެވެ. އެހެންކަމުން އޭނަ އިތުރަށް ވާހަކަ ދެއްކިއެވެ.

 

“އެއީ މީގެ 9 ވަރަކަށް އަހަރު ކުރިން. އަހަރެން ޝަހީމާއާއެކީ އުޅެމުން ދިޔައީ ވަރަށް އުފަލުގަ. އޭރު އަހަރުމެންނަށް ލިބިފައި ހުރި ފިރިހެން ދަރިފުޅަށް 17 އަހަރުވީ. ނޭނގެ ކީކޭ ހިތަށް އަރައިގެން ކަމެއް އަހަރެން ޝަހީމާ ވަރިކުރަން ނިންމީ. ލިބިފައި ހުރި ނިޢުމަތަށް ޝުކުރު ނުކުރެވުނީތީ ކަންނޭނގެ ހީވީ އެހެން މީހަކާ އިނީމަ މާ އުފާވާނެއޭ. އަހަރެން މަޑުމަޑުން ޝަހީމާއާއި އަހަރުމެންގެ ދަރިފުޅާއި ދުރުވާން ފެށިން. އެމީހުންނާއި ދިމާލަށް އެއްވެސް ސަބަބަކާނުލާ އެއްޗެހި ގޮވިން. އަހަރެން ޝަހީމާ ވަރިކުރި ދުވަހު ޝަހީމާއަށާއި ދަރިފުޅަށްވެސް އަނިޔާކުރިން. އެދުވަހު ދަރިފުޅު ބުނަންވެސް ބުނި މިއަށްވުރެ ރީތިކޮށް ވެސް ތިމަންނަމެން ބޭނުންނުވާ ވާހަކަ ބުނެވިދާނެއެއްނޫންހޭ. އަހަރެން އޭގެ ބަދަލުގަ އޭނަ ގެއިން ނެރެލީ. އަދި ޝަހީމާވެސް ގެއިން ނެރެލީ. އެމީހުން އަހަންނާ ވަކިވިތާ މަސްތަކެއްފަހުން އަހަރެން އާސިޔާއާއި އިނީ. އެއަށްފަހު އަހަރެން އެމީހުންނަށް ފައިސާއެއް ވެސް ނުފޮނުވަން. ނޭނގޭ އެމީހުން އުޅެންޖެހުނު ޙާލެއްވެސް. ޝަހީމާއަކީ އެކަނިމާއެކަނި އުޅުނު އަންހެނެއް. އަހަރެންގެ ދަރިފުޅު…..” ނަވާޒްއަށް އޭނަގެ ވާހަކަ އެހާ ހިސާބަށް ގެންދެވުނުއިރު އޭނަގެ އަރުތެރެ ބެދުނެވެ. ނަވާޒް ހިތާމަވެރި ގޮތަކަށް އިސްޖަހާލިތަން ފެނިފައި ޔޫނުސްގެ ހިތަށް އަސަރުކުރީ ކީއްވެކަމެއް ނޭނގެއެވެ. އޭނަގެ ލޮލުން ކަރުނަ ހިލެން ފެށިހެން ހީވި ވަގުތު ޔޫނުސް އެސްފިޔަ ޖަހަމުން ދުރަށް ނަޒަރު ހިންގާލިއެވެ. އަދި އޭނަ ހިތާމަކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އަމިއްލަ ހިތަށް ވިސްނައިދިނެވެ. ނަވާޒް މިހާރު ވެސް އެ ވާހަކަތައް އެ ދައްކަނީ މީހުންގެ ސަމާލުކަން ހޯދަންކަމަށް ޔޫނުސްއަށް ނިންމުނެވެ. ނަވާޒް އެހާވަރަށް އޭނައާއި އޭނަގެ މަންމައަށް ޙަމްދަރުދީވާނަމަ ކުޑަމިނުން އެމީހުން ބަލާލަން އައީހެވެ.

 

 

“އަހަރެން އެމީހުންނަށްޓަކައި މިހާ ހިތާމަ ކުރަންޏާ އަހަރެން އަނބުރާ ނުދިޔައީ ކީއްވެހޭދޯ؟ އަހަންނަށް އެ މީހުންގެ އަގު ވަޒަންވީ އަހަންނަށް ލިބުނު އާ ޢާއިލާ އަހަންނަށް ގެއްލުނުފަހުން. އާސިޔާއާއި އަހަރުމެންގެ ދަރިފުޅު ނިޔާވި ފަހުން އަހަންނަށް އެނގުންވީ އަހަންނަށް ފަސްދެވުނީ ކިހާ ބޮޑު ނިޢުމަތަކަށްކަން. އެއަށްފަހު އަހަރެން އަނބުރާ ދާން ބޭނުންވި. އެކަމަކު އަހަންނަށް ނޭނގުނީ އޭރު މާ ލަސްވެއްޖެކަން. އަހަރެންގެ އަލަތު ދަރިފުޅުގެ ހިތުގައި އަހަންނަށްޓަކައި އޮތް ރުޅިވެރިކަން 9 އަހަރު ފަހުން ވެސް ކުޑައެއްނުވޭ. އަހަރެން ބައްދަލުކުރަން ދިޔަ ދުވަހު ދަރިފުޅުގެ ލޮލުން އަހަންނަށްޓަކައި ނަފްރަތު ފެނިފައި ހިތަށް ކެތްނުވާވަރުވި. މާޒީ ބަދަލުކުރެވިދާނެނަމައޭ ހިތަށްއެރި. ބުނަން ބޭނުންވި ދަރިފުޅު ކައިރީގަ ބައްޕައަށް މާޒީ ބަދަލު ނުކުރެވޭނެއޭ. އެކަމަކު ހަމަ ޔަޤީންވި ދަރިފުޅު އަޑެއްނާހާނެކަން……….އެއީ ދަރިފުޅުގެ ކުށެއްނޫން ޙަޤީޤަތުގަ. ދަރިފުޅުގެ ހިތް އެހާ ހަރުވީ ދަރިފުޅުގެ ބައްޕައަށް ކަންތައް ކުރެވުނު ގޮތުން. އެކަމަކު ބައްޕަ ދަރިފުޅުމަތިން ހަނދާންވާ މިންވަރު ދަރިފުޅަށް އެނގޭނެނަމައޭ ހިތަށްއަރާ. ދަރިފުޅު ކައިރީގަ ނެތިގެން ކަރުނައެޅީ ކިތައްރޭ ކަމެއްވެސް ނޭނގޭ…….ކޮންމެ ގޮތެއްވިޔަސް ވަރަށް އުފާވޭ ދަރިފުޅު ކާމިޔާބުވާތަން ފެނިފަ. ފަޚުރުވެރިވެފަ އެންމެން ކައިރީގަ ބުނަން ބޭނުންވޭ އެއީ އަހަރެންގެ ދަރިފުޅޭ. އެކަމަކު ދަރިފުޅު ބައްޕައާއި އެއްވެސް ގުޅުމެއް އޮންނަކަން އެހެން މީހަކަށް އަންގަން ބޭނުންނުވާނެހެން ހީވާތީ ނުބުނަނީ.” ނަވާޒް އޭނަގެ ވާހަކަ ނިންމާލަމުން އިސްއުފުލާލިއިރު އޭނަގެ ދެލޯވަނީ ކަރުނުން ފުރިފައެވެ. އެވަގުތު އޭނަގެ ކުރިމަތީގައި އިން ޔޫނުސްގެ މޫނުމަތިން ފެނުނީ ރުޅިވެރިކަމާއި ހިތާމަވެރިކަން އެކުލެވޭ އަސަރެކެވެ. ބައްޕައަށް މަޢާފުކުރަންވީ ކަމުގައި ބުނެ ޔޫނުސްގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ. އެހެނަސް މާ ގިނައިރެއްނުވެ ކުރިން ދުވަހު މިސްބާޙް އޭނަ ކައިރީގައި ދެއްކި ވާހަކައެއް އޭނަގެ ސިކުނޑި ހަނދާންކޮށްދިނެވެ. ނަވާޒްގެ އެހެން ޅަ ކުއްޖަކު ހުންނަ ވާހަކައެވެ. ހަމަ އެއާއެކު ނަވާޒް މިހާރުވެސް ހެދެނީ ކަމުގައި ޔޫނުސްގެ ހިތް ބުންޏެވެ.

 

 

މުވައްޒަފަކު އިހުނަށްވުރެ ތަންކޮޅެއް ބާރަށް ޔޫނުސްއަށް ގޮވާލި އަޑަށް އޭނައަށް އެދިމާލަށް ބަލާލެވުނެވެ. އެވަގުތު ކެމެރާގެ ފުރަގަހުގައި ހުރި މާއިޒް އިންޓަވިއު ނިންމާލަންވީކަމަށް ދެއަތުން ޢިޝާރާތް ކުރިއެވެ. އެއާއެކު ޔޫނުސް އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފެތުރޭތޯ ބަލަމުން ނަވާޒަށް ބަލާލިއެވެ.

 

“ވަރަށް……އަސަރުގަދަ ވާހަކައެއް. އަޅުގަނޑުމެން އެދެނީ މަނިކުފާނުގެ އިޙްޞާސްތައް މި ވެބިނާރ މެދުވެރިކޮށް ވިޔަސް މަނިކުފާނުގެ ދަރިފުޅާއި ހަމައަށް ފޯރުން. އަދި މަނިކުފާނަށް ކުރިއަށް އޮތް އިންތިޚާބުން ވެސް ކާމިޔާބީއެއް ލިބުން. ވަރަށް ބޮޑަށް ޝުކުރިއްޔާ އަޅުގަނޑުމެންނަށް މި ފުރުޞަތު ދެއްވީތީ.” ޔޫނުސް އެހެން ބުނެލަމުން ސަލާމަށް އަތް ދިއްކޮށް ނަވާޒާއި ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. ޔޫނުސްއަށް މާ ކައިރިއަށް ނާދެވެނީސް ނަވާޒް ވެސް ގަދަކަމުން ހިނިތުންވެލަމުން ތެދުވެގެން ގޮސް ޔޫނުސްގެ ކައިރިއަށް ގޮސް ސަލާމަށް ދިއްކުރެވިފައިވި ޔޫނުސްގެ އަތުގައި ހިފިއެވެ. ރާއްޖެ ޕްރެސްގެ މުވައްޒަފަކު އިންޓަވިއު ނިމުނީ ކަމަށްބުނި ވަގުތުވެސް ޔޫނުސްއާއި ނަވާޒް ތިބީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. އަދިވެސް ހިތާމަވެރިކޮށް ހުރި ނަވާޒްގެ މޫނު ޔޫނުސްގާތު އެތައް ވާހަކައެއް އެއްފަހަރާ ބުނި ފަދައެވެ. މިހާރު ނަވާޒް ހެދެންވީ ކާކަށްހެއްޔޭ ޔޫނުސްގެ ހިތް ބުންޏެވެ. އެހެނަސް އެއީ އޭނަ ނަވާޒާއިބެހޭ ނުބައި ވާހަކައެއް ލިޔެފާނެތީތާއޭ ޔޫނުސްގެ ހިތަށް އެރި ވަގުތު އޭނައަށް ނަވާޒްގެ އަތުން ދޫކޮށްލެވުނެވެ. ނަވާޒަށް ކުޑަކޮށް ސިހިފައި އޭނަގެ އަތާއި ދުރުވި ޔޫނުސްގެ އަތަށް ބަލާލެވުނެވެ. އެއަށްފަހު އަނެއްކާވެސް ޔޫނުސްއާއި ދިމާލަށް ބަލާލިއެވެ. އޭގެ މާ ގިނައިރެއްނުވެ ޔޫނުސް އޭނައަށް ފަސްދީފައި އެތާ ހުރިހާ އެއްޗެއް ޕެކްކުރަން ތިބި މުވައްޒަފުންގެ ކައިރިއަށް ދިޔައެވެ. އެ މަންޒަރު ފެނިފައި ނަވާޒްގެ މޭގައި ރިހުމެއް އުފެދުނެވެ. ޔޫނުސް ވަރަށް އަވަހަށް އޭނައަށް ނުވެސް ފެންނަ ހިސާބަކަށް ގޮސްދާނެ ކަމަށް ހިތް ބުނި ހިނދު އެ ރިހުން ތޫނުވެ މުޅި މެއަށް ފެތުރެން ފެށިއެވެ. ޔޫނުސް ކައިރި މަޑުކުރާށޭ ބުނަން ހިތަށްއެރިއެވެ. އަންހެނުން ގޮވައިގެން އައިސް ބައްޕަ ކައިރީގައި އުޅެން އައުމަށް އެދެން ބޭނުންވިއެވެ. ޔޫނުސް އެ ޚިޔާލާއި އެއްބަސްވެދާނެއޭ ހިތައި ނަވާޒަށް ކުރިއަށް ފިޔަވަޅެއް އެޅުނެވެ. އެހެނަސް އޭނަގެ ފިޔަވަޅުތައް އިތުރަށް ކުރިއަށް ނުދިޔައީ ޔޫނުސްގެ ގެއަށް ދިޔައިރު ކަންތައް ވީގޮތް ހަނދާންވެފައެވެ. ޔޫނުސް އަނެއްކާވެސް އޭނައާއި ދިމާލަށް އެފަދަ ބަސްތަކެއް ބުނެފިނަމަ މިފަހަރު އޭނައަށް ވާނެ ގޮތެއް ނޭނގެއެވެ. ޔޫނުސް ދެން ހަމަ ދުވަހަކުވެސް ދަރިފުޅެއްގެ ޙައިސިއްޔަތުން އޭނައާއި ވާހަކަ ނުދައްކާނީބާއޭ ނަވާޒްގެ ހިތް ބުންޏެވެ. އެ ސުވާލުގެ ޖަވާބަކަށް ސިކުނޑި އާނއެކޭ ބުނުމުން ނަވާޒް އެ ޖަވާބާއި އެއްބަސްވާން ބޭނުންވިއެވެ. އެ ނޫން ގޮތަކަށް އޭނައަށް ހަމަޖެހުމެއް ލިބެން ނެތްކަން އެނގުންވުމުންނެވެ. ނަވާޒް ފުން ނޭވައެއް ދޫކޮށް ފަޓުލޫނުގެ ޖީބަށް ދެއަތް ޖަހާލަމުން ލަސް ހިނގުމެއްގައި ގޭގެ ތެރެއަށް ދާން ހިނގައިގަތެވެ.

 

މުވައްޒަފުންނަށް އެހީވަމުން ދިޔަ ޔޫނުސްގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. އޭނައަށް އިޙްޞާސް ކުރެވެމުން ދިޔައީ އޭނައަކީ ދެފުށް ދެގޮތް މީހެއްހެންނެވެ. އެންމެންގެ ކުރިމަތީގައި އޭނަ ހެދިގެން ހުރީ ނަވާޒަށް ހެޔޮއެދޭ މީހެއްކަމުގައެވެ. އެހެނަސް އެ އެންމެން ގެއްލުމުން އޭނަ ނަވާޒަށް ފަސްދީފިއެވެ. އޭނަ ކަންތައް ކުރީ ނާއިންސާފުންކަމަށް އޭނަގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އެންމެފަހުން އެ ހިތަށް ކެތް ނުކުރެވިގެން ޔޫނުސް ފަސްއެނބުރި ބަލާލިއެވެ. އެވަގުތު ނަވާޒް އޭނައަށް ފަސްދީފައި ގޭގެތެރެއަށް ވަންނަމުން ދިޔަ މަންޒަރު ފެނިފައި ޔޫނުސްއަށް ބޭއިޚްތިޔާރުގައި ތެޅިގަނެވުނެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު މާއިޒް އޭނަ ކައިރީގައި ހިނގާށޭ ބުނެލިއެވެ. އެހެނަސް އޭނަ ނަވާޒަށް ބަލަން ހުރެ އޭނަ ދާނީ ފަހުން ކަމުގައި ބުނެލިއެވެ. އޭގެ އިރުކޮޅެއްފަހުން އެގޭގެ ތެރެއިން ހުރިހާ މުވައްޒަފުން ހުސްވެ ޔޫނުސްއާއި ނަވާޒް އެކަނިވިއެވެ. ނަވާޒް އޭނައާއި ދުރަށް ހިނގަމުން ދިޔަތަން ބަލަންހުރި ޔޫނުސްގެ ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔައެވެ. އޭނަ ކަންތައް ކުރަން މިއުޅެނީ ރަނގަޅަށްތޯ އަމިއްލަ ހިތާއި ސުވާލުކޮށްލެވުނެވެ. ރަނގަޅު ގޮތަކީ ނަވާޒަށް ރުޅިވުން ހެއްޔެވެ؟ ނުވަތަ މަޢާފުކޮށްލުން ހެއްޔެވެ؟ އަމިއްލަ ބައްޕައަށް ރުޅިވެގެން އޭނައަށް ލިބެން އޮތީ ކޯޗެއްހެއްޔެވެ؟ ފާފަވެރިވުން ނޫންކަމެއްވާނެ ހެއްޔެވެ؟ ނަވާޒަކީ ވެސް ފާފަވެރިއެކެވެ. އެހެނަސް އޭނަ ފާފަވެރިއަކަށް ޤަސްދުގައިވެގެން ނުވާނެއެވެ. ނަސްރާ ބުނިހެން ބައްޕަ ގޯސްވިޔަސް އޭނަ ގޯސްވެގެން ނުވާނެއެވެ. އެހެންނޫނަސް މަޢާފު ކުރުމަކީ ﷲ އަބަދުވެސް ވޮޑިގެންވާކަން ހަނދާންކުރާ މުޙުސިނުންގެ ސިފައެއްކަން ޔޫނުސްގެ ހަނދާނަށް އައި ވަގުތު އޭނައަށް އަނގަ ހުޅުވާލެވުނެވެ.

 

“ބައްޕާ!” ޔޫނުސް އިސްޖަހައިގެން ހުރެ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެވަގުތު ހިނގަމުން ދިޔަ ނަވާޒްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔަ ވަގުތު އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔައީ ކުޑަކުޑަ ޔޫނުސް ބައްޕާއޭ ކިޔައި ގޮވާލާ އަޑެވެ. ލޯ މައްޗަށް ސިފަވަމުން ދިޔައީ ޔޫނުސް ކުޑައިރު އޭނަ ގެއަށް އައިސް ވަންނަތަނާހެން ޔޫނުސް އޭނަގެ ގައިގައި ބައްދާލާ މަންޒަރެވެ. މި ހުރެވުނީ އެ މާޒީގައެއްނޫންކަން އެނގުންވީ ހިނދު ނަވާޒަށް ފެންކަޅިވެގެން ދިޔަ ދެލޮލާއެކީ ފަސްއެނބުރި ބަލާލެވުނެވެ. އެވަގުތު ޔޫނުސް ދުރުގައި އޭނައަށް ބަލަން ހުރިތަން ފެނިފައި ނަވާޒަށް އެދިމާލަށް ދިގު ފިޔަވަޅުތަކެއް އެޅެން ފެށިއެވެ. ޔޫނުސް ބަލަބަލާ ހުއްޓާ ނަވާޒް އައިސް އޭނަގެ ގައިގައި ބާރަށް ބައްދާލައިފިއެވެ.

 

“ދަރިފުޅާ…….އާދޭސް މި ކުރަނީ ބައްޕައަށް މަޢާފުކޮށްދީ. ބައްޕަ ޤަބޫލުކުރަން ބައްޕައަށް ކަންތައް ކުރެވުނީ ގޯސްކޮށްކަން. ބައްޕަ ދެން އެހެން ނަހަދާނަން ދަރިފުޅަށް. ދަރިފުޅު ބައްޕަ ކައިރިއަށް އާދޭ.” ނަވާޒްގެ ތުރުތުރު އަޅާ އަޑު ނުހަނު ކައިރިން އިވުމުން ޔޫނުސްގެ ހިތް އާދަޔާ ޚިލާފަށް ދެރަވިއެވެ. ހަމަ އެވަގުތުގައި އެ ހިތް އުފާވެސް ކުރަމުން ދިޔައެވެ. ނޭނގޭ ސަބަބަކާހުރެ އޭނަ މުޅި ޢުމުރު ދުވަހު މި ވަގުތުކޮޅަށްޓަކައި އިންތިޒާރު ކުރިހެން ޔޫނުސްއަށް ހީވިއެވެ. ބައްޕައެއްގެ ލޯބި އެތައް އަހަރެއް ފަހުން އިޙްޞާސް ކުރެވުމުން އޭނަގެ ހިތުގައި ނުތެޅި އޮތް ބައެއް ތެޅެން ފެށި ފަދައެވެ. ޔޫނުސް ޙައިރާންވިއެވެ. އޭނަ ކުޑައިރު ހީކުރަމުން ދިޔައީ އޭނަ ބޮޑުވީ ދުވަހަކުން މަންމައަށާއި ބައްޕައަކަށް ވެސް ބޭނުންނުވާނެ ކަމަށެވެ. އެހެނަސް މިއަދު އޭނައަށް 26 އަހަރުވެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުނު ފަހުން ވެސް އޭނަ ބައްޕަ ކައިރީގައި ހުންނަން ބޭނުން އެބަވެއެވެ. ޔޫނުސްއަށް ޖެހިލުންވުމަކާއެކީ އޭނަގެ ދެއަތް އުފުލައި ބައްޕަގެ ގައިގައި ބައްދާލެވުނެވެ. އެއާއެކު ބައްޕަ ގިސްލަން ފެށި އަޑު އިވިފައި ޔޫނުސްގެ ދެފައިން ވާގި ދޫވާން އުޅުނުހެން ހީވިއެވެ. އޭނަ ދުވަހަކުވެސް ބައްޕަ ރުއި އަޑު އަހާފައެއްނުވެއެވެ. އޭނައަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށީ އެހެންވެ ކަންނޭނގެއެވެ. ބައްޕަ ބާރަށް ރޯން ފެށުމުން ޔޫނުސްއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނައަށް އޭނަގެ ބައްޕަ ހާދަ ދެރަ ކުރެވިއްޖެއެވެ. ކުޑައިރު އޭނަ ރޮއްވާލީ މަންމައެވެ. މިއަދު އޭނައަށް މި ރޮއްވާލެވެނީ އޭނަގެ ބައްޕައެވެ. އޭނަ މަންމައާއިމެދު ކަންތައް ކުރީ މީހަކަށް ކަންތައް ކުރެވޭނެ އެންމެ ގޯސްކޮށެވެ. އޭނަ އޭނަގެ ބައްޕައާއިމެދުވެސް އެގޮތަށް ކަންތައް ކުރާނީ ހެއްޔެވެ؟ އެހާ ހިސާބަށް ނުދިޔަޔަސް މިހާރު ވެސް އޭނައަށް ބައްޕަގެ ހިތަށް އެތައް ޒަޚަމްތަކެއް ދެވިއްޖެއެވެ. އޭނަ ބައްޕައަށް ރުޅިވަނީ ވެސް ވަކި ކޮން ޙައިސިއްޔަތަކުން ހެއްޔެވެ؟ ބައްޕަ މާޒީގައި ގޯސްކޮށް ކަންތައް ކޮށްފައިވިއްޔާ އޭނަ ގޯސްކޮށް ކަންތައް ކޮށްފައި ނުވަނީ ހެއްޔެވެ؟ ނޫނެކެވެ. އޭނަ އޭނަގެ ބައްޕައަށްވުރެ ވެސް ނުބައެވެ. އެހެން މީހުން އޭނައަށް މަޢާފުކުރުމަށް އޭނަ އެދޭއިރު އޭނައަށް އޭނަދެކެ ލޯބިވާ ބައްޕައަށް މަޢާފު ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ މަޢާފުކުރުމުން ޘަވާބު ލިބެން އޮތީ ހަމަ އޭނައަށެވެ.

 

“ބައްޕާ…..އަހަރެން ބައްޕައަށް މަޢާފުކޮށްފިން. ބައްޕަވެސް އަހަންނަށް މަޢާފުކޮށްދީ. އެހާ ގިނަ ދުވަސް ވަންދެން ބައްޕައާއި ރުޅިވެގެން އަހަންނަށް ހުރެވުނުކަމަށްޓަކައި. ބައްޕައާއި ދިމާލަށް އެއްޗެހި ގޮވުނު ކަމަށްޓަކައި. ބައްޕަ އަހަންނަށްޓަކައި ކޮށްދިން ކަންތައްތައްވެސް މަދެއްނޫން. އެ ކަންތައްތަކުގެ މަތިން ހަނދާން ނެތުނީތީ މިހާ ދުވަސްވަންދެން ބައްޕައާއި ދުރުގަ ހުރެވުނީ. އަހަންނަށް މަންމައާއި މެދުގަ ވަރަށް ދެރަކޮށް ކަންތައް ކުރެވިފަވަނީ. އެގޮތަށް ބައްޕައާއި ދޭތެރޭ ކަންތައް ކުރާކަށް ބޭނުމެއްނޫން. އެގޮތަށް ކަންތައް ކުރިއްޔާ އަހަރެންގެ ތައުބާއަކީ ޤަބޫލުކުރެވިގެންވާ އެއްޗަކަށްނުވާނެ. ބައްޕަ ބުނޭ އަހަރެން ބައްޕައަށްޓަކައި ކޮށްދޭންވީ ކީއްކަން. މިހުރިހާ އަހަރުތަކެއްގެ ބަދަލުދޭން ބޭނުން އަހަރެން.” ޔޫނުސްގެ ވާހަކަ ނިމުނުއިރު އޭނަގެ އަޑު ކުރެހުނެވެ. ނަވާޒް ލުއި ހީލުމަކާއެކީ ޔޫނުސްއާއި ދުރުވެލަމުން އެއްއަތުން އޭނަގެ ކަރުނަތައް ފޮހެލިއެވެ.

 

“ބައްޕަ ޙަޤީޤަތުގަ ބޭނުމެއްނުވޭ ޔޫނުސްގެ ފަރާތުން އިތުރު އެއްޗެއް. ކުރިން ހިތަށްއެރި ޔޫނުސް ބައްޕައަށް މަޢާފު ކުރާ ދުވަހަކުން ޔޫނުސްގާތު މާލެއަށް އައިސް ބައްޕައާއެކީ އުޅޭށޭ ބުނާނީއޭ. ދެންމެއަކުވެސް ހިތަށްއެރި އެހެން. އެކަމަކު މިހާރު ބައްޕައަށްޓަކައި ދަރިފުޅުގެ ހިތް ސާފުކަން އެނގުނީމަ ދެން އިތުރުކަމެއް ބޭނުމެއްނުވޭ. ބައްޕަ އަންނާނަން ދޭތެރެދޭތެރެއިން ދަރިފުޅާ ބައްދަލުކުރަން.” ނަވާޒް ހިނިތުންވުމަކާއެކީ ޔޫނުސްގެ ކޮނޑުގައި އެއްއަތް އަޅައިގެން ހުރެ ބުނެލިއެވެ.

 

“އެންމެ ރަނގަޅު. އެކަމަކު އަހަރެން މާލޭގަ އަދި ހުންނަން އެބަޖެހޭ 3 ދުވަސްވަންދެން. އެ 3 ދުވަހަށް އަހަރެން އުޅޭނީ މިގޭގަ. އެޓޭކަށް ތައްޔާރުވެގެން ހުންނައްޗޭ.” ޔޫނުސް ނުހަނު ސީރިއަސްކަމާއެކީ ބުނެލި ވާހަކައިން އެންމެ ފުރަތަމަ ނަވާޒްގެ ހިނިތުންވުން ފޭދުނެވެ. އެހެނަސް މާ ގިނައިރެއްނުވެ ޔޫނުސްގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލީތަން ފެނިފައި މާޒީގެ ހަނދާނެއް އޭނަގެ ސިކުނޑިއަށް ވެރިވިއެވެ. ޔޫނުސް ކުޑައިރުއްސުރެ ފުރާވަރަށް އެޅެންދެން ވެސް ކުޅޭ ބަޑިއެއް ގެންގުޅުނެވެ. އޭނަ ކުޑައިރުއްސުރެ ވެސް މަސައްކަތް ކުރަމުން ދިޔައީ ނަވާޒްގެ ގަޔަށް “ވަޒަނެއް” އަރާތޯއެވެ. އެހެނަސް އަދި އަދަށްދާންދެން ވެސް އޭނައަށް އެކަން ކުރެވިފައެއްނުވެއެވެ. ނަވާޒް ކުޑަކޮށް ހީލަމުން ތުންފިއްތައި ސާބިތުކަމާއެކީ އެއްފަހަރު ބޯޖަހާލިއެވެ.

 

ބައްޕައަށް މަޢާފު ކުރުމުން ޔޫނުސްއަށް ލިބުނީ ބަޔާންކުރަންދަތި ހިތްހަމަ ޖެހުމެކެވެ. ބައްޕަގެ ފަރާތުން އޭނައަށް ލިބެމުން ދިޔައީ އޭނަ އުއްމީދުވެސް ނުކުރާފަދަ ލޯތްބެކެވެ. އޭނަ ބައްޕަގެ ގެއަށް ބަދަލުވީފަހުން އޭނައަށް މީރު އެއްޗެއް ނޫނީ އެގޭގައި ނުކައްކައެވެ. ބައްޕަ ވީހާވެސް ވަރަކަށް އޭނައާއެކީ ވަގުތު ހޭދަކުރަން މަސައްކަތް ކުރެއެވެ. އެކީގައި އެ ހޭދަކުރެވޭ ވަގުތުތަކުގައި ދެކެވޭ ވާހަކަތަކަކުން ޔޫނުސްގެ ހިތުގައި ކޮންމެ ފަހަރަކު ބައްޕައަށްޓަކައިވާ ލޯބި އިތުރުވެގެންދެއެވެ. ބައްޕަ ދުވަހަކުވެސް ނޭނގޭ ވަރަށް އެނގެމުން ދިޔަވަރަކަށް ޔޫނުސްގެ ހިތުގައި ބައްޕައަށްޓަކައި ކުލުނެއް އުފެދެމުން ދިޔައެވެ. އެއްދުވަހު ނަވާޒް ކޮޓަރީގައި ނެތް ވަގުތެއްގައި ނަވާޒްގެ ހުޅުވާލެވިފައި ލެޕްޓޮޕްގައި ހުރި ސްކްރީން ސޭވާރ ފެނިފައި ޔޫނުސްއަށް ޤަބޫލު ނުކުރެވިގެން ކައިރިއަށް ގޮސް ބަލާލެވުނެވެ. ފެނި ގެއްލެމުން ދިޔަ ހުރިހާ ފޮޓޯތަކަކީ އޭނަ އޭނަގެ ބައްޕައާއެކީ ކުޑައިރު ނަގާފައިވާ ފޮޓޯތަކެވެ. އެ ފޮޓޯތައް ފެނިފައި ޔޫނުސްގެ ހަނދާނަށް ވަގުތުން އައީ މިސްބާޙް ދެއްކި ވާހަކައެވެ. ބައްޕަގެ “އަނެއް ދަރިފުޅަކީ” އޭނަ ނޫން ދެވަނަ މީހެއްނޫނެވެ. އެ ފޮޓޯތައް ލެޕްޓޮޕްގައި ހުރުމުން ބައްޕަ އޭނަ މަތިން ހަނދާންވި މިންވަރު ތަޞައްވުރު ކުރެވުނެވެ. އެއަށްވުރެ ބޮޑަށް ތަޞައްވުރު ކުރެވުނީ އެދުވަހު ލެޕްޓޮޕް ހުޅުވާލުމުން ފެނުނު އެއްޗެހިންނެވެ. ކްރޯމްއިން ހުޅުވާލެވިފައިވާ އެއް ޓެބްގައި ހުސްވެސް ހުރީ ރާއްޖެ ޕްރެސްގައި އޭނަ ލިޔެފައި ހުރި ރިޕޯޓުތައް ހުރި ޕޭޖެކެވެ. ދެން ހުރި ޓެބްގައި ހޮޓްމެއިލް ހުޅުވާލެވިފައިވީއިރު 100 އަށްވުރެ ގިނަ ޑްރާފްޓް ހުރިތަން ފެނިފައި އޭނަ ޑްރާފްޓްސްއަށް ދިޔައެވެ. އެ ހުރިހާ ޑްރާފްޓަކީ ވެސް އޭނައަށް ފޮނުވަންވެފައި ނުފޮނުވައި ހުރި ޑްރާފްޓްތަކެވެ. ޔޫނުސް އެ ޑްރާފްޓްތައް ކިޔަން ފެށިތާ މާ ގިނައިރެއްނުވެ އޭނަގެ ދެލޯ ކަރުނުން ފުސްވިއެވެ. ބައްޕަ އޭނައަށްޓަކައި ލިޔެފައިވާ ހުރިހާ “ސިޓީ”އެއްގައި އޭނަދެކެ ލޯބިވާ ވާހަކައާއި އޭނަ ހަނދާންވާ ވާހަކަ ލިޔެވިފައިވިއެވެ. އެ ސިޓީގައި ރާއްޖެ ޕްރެސްގެ ކާމިޔާބީއަށްޓަކައި އޭނައަށް މަރުޙަބާ ކިޔާފައި އޮތިއްޔާ އަނެއް ސިޓީގައި ދުޝްމިނުންގެ ރޭވުންތަކަށް ސަމާލުވުމަށް އަންގާފައިވެއެވެ. އެ ހުރިހާ ސިޓީއެއް ކިޔާފައި އޭނަގެ ބައްޕަ އޭނައަށް ހެޔޮ އެދޭ މިންވަރު ޔޫނުސްއަށް އެނގުންވިއެވެ. އޭނަ މިހުރިހާ ދުވަހު ބައްޕައަށް ގެއްލުންވާން އެދެމުން ދިޔައީ އޭނަގެ ނުބައި ކަމުންނޭ ޔޫނުސްގެ ހިތް ބުންޏެވެ. އޭނަ އޭގެ ބަދަލުގައި ބައްޕައަށް އިތުރަށް ލޯބިދޭން ބޭނުންވިއެވެ. އެކަމަށްޓަކައި އޭނަ ބައްޕަ ގޮވައިގެން މިސްކިތަށް ދާން ފެށިއެވެ. މީގެ ކުރިންވެސް ނަވާޒް ނަމާދު ކުރިއެވެ. އެހެނަސް އޭނަ ނަމާދު ކުރަމުން ދިޔައީ ނަމާދު ވަގުތު ނިމެން ކައިރިވެފައި ވަނިކޮށް ގޭގައެވެ. ނަވާޒް މަސައްކަތް އެބަހުރިކަމަށްބުނެ ބަހަނާ ދައްކަން އުޅުމުން ވެސް ޔޫނުސް އޭނަ ހައްލާލައިގެން މިސްކިތަށް ގެންދިޔައެވެ. ޖަމާޢަތުގައި ނަމާދުކޮށް ނިމުމުން ޔޫނުސް އޭނައަށް ދީނާއިބެހޭ ގޮތުން ދަސްވެފައިވާ ވާހަކަތައް ނަވާޒްއަށް ކިޔައިދެއެވެ. ޔޫނުސް ކިޔައިދޭތީ ނަވާޒް ހުރިހާ ވާހަކައެއް ވަރަށް ޝައުޤުވެރިކަމާއެކީ އަޑުއަހަމުން ދިޔައެވެ. އެއްރެއަކު މަޣުރިބު ނަމާދަށް ފަހު ޔޫނުސް މައިންބަފައިންނަށް ކަމޭހިތުމާއި ބެހޭ އާޔަތެއް ނަވާޒަށް ކިޔައިދިނެވެ. އެރޭ ޢިޝާ ނަމާދުގައި އެ އާޔަތްތައް ކިޔެވިގެން ދިޔުމުން ދެމީހުންނަށް ވެސް ރޮވުނެވެ. އެ ނަމާދަށްފަހު ގެއަށް ގޮސް ޔޫނުސް ރޮވިފައި ހުރެ ޝަހީމާއާއި މެދު ކަންތައްވީގޮތް ނަވާޒަށް ކިޔައިދިނެވެ. ޔޫނުސް ހީކުރި ގޮތާއި ޚިލާފަށް ނަވާޒް އެކުށުގެ ޒިންމާވެސް އެޅީ އަމިއްލަ ބޮލުގައެވެ. އެކަން އެގޮތަށްވީ އޭނައަށް ބައްޕައެއްގެ ވާޖިބު އަދާ ނުކުރެވުނީތީވެ ކަމުގައި އޭނަ ބުންޏެވެ. ޔޫނުސްއަށް އެރޭވެސް ޖަޒުބާތުން ފުރިގެން ދިޔަ ހިތަކާއެކީ ބައްޕަގެ ގައިގައި ބައްދާލެވުނެވެ.

 

މާލޭގެ މަގުތަކުން މަޝްހޫރު ދެމޫނެއް ދުވަހަކުވެސް ނުފެންނަހާ ގާތުން ފެންނަމުން ދިޔައީތީ ގިނަ މީހުންގެ ނަޒަރުތައް އެ ދެމޫނަށް އަމާޒުވަމުން ދިޔައެވެ. އެހާ މަޝްހޫރު ނުވާ ނޫސްތަކުން މި ވާހަކަ ޚަބަރެއްގެ ގޮތުގައި ވެސް ގެނެސްފައިވެއެވެ. އެމީހުންގެ މަޤްޞަދަކަށްވެފައިވީ މިހާރު ޔޫނުސް ވެސް ނަވާޒަށް ހެއްލި ދެން ދޮގު ޚަބަރުތައް ލިޔަން ފަށާފާނެކަމުގެ ޝައްކު މީހުންގެ ހިތްތަކުގައި އުފެއްދުމެވެ. އެހެނަސް އެއިން ޔޫނުސްއާއި ނަވާޒަށް ވެސް އަސަރު ކުރިކަމަކަށް ނުވެއެވެ. އެހެން މީހުން ކޮންމެ ވާހަކައެއް ދެއްކިޔަސް އެ ދެމީހުންނަކީ ތެދުވެރިންކަން ﷲ މޮޅަށް ދެނެވޮޑިގެންވާނެކަން އެމީހުނަށް އެނގޭތީވެއެވެ.

 

ނަވާޒަށް މާ ބޮޑު އަސަރެއް ނުކުރިއެއްކަމަކު އެ ދުވަހު ނަވާޒް ދިން އިންޓަވިއުއަށްފަހު މީހުން ދައްކަމުން ދިޔަ ވާހަކަތައް އިވެމުން ދިޔަ އަމީން ހުރީ ސިކުނޑި ސުމަކަށްދާން ކައިރިވެފައެވެ. އޭނަ އެ ރުޅި ބޭލުމަށްޓަކައި ނަވާޒަށް ގުޅަން މަސައްކަތް ކޮށްކޮށް އެކަން 2 ދުވަސް ވަންދެން ކާމިޔާބެއް ނުކުރެވުނެވެ. ކޮންމެ ފަހަރަކު ނަވާޒް އޭނަގެ ފޯނު ބިޒީކޮށްލައެވެ. ތިންވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ނަވާޒާއި ގުޅުމުން އަމީން ހަޅޭއްލަވަން ފެށިއެވެ.

 

“ފޯނެއް ނުނަގާ! ޖަލްސާއަކަށް ނާދޭ! އެއްވުމަކަށް ނާދޭ! ނަވާޒްއަށް މިކަން ނުކުރެވެންޏާ އަހަންނަށް ތި މަޤާމް ދޭންވީއެއްނު؟” އަމީން އާދައިގެ މަތިން ސިޓިންގް ރޫމުގައި ދެކޮޅުން ދެކޮޅަށް ހިނގަން ހުރެ ބުނެލިއެވެ.

 

“އަމީން، އަހަރުމެން އިންތިޚާބުން ކާމިޔާބުވާން އޮތިއްޔާ ކާމިޔާބުވާނެ އިރާދަކުރެއްވިއްޔާ. އަހަރެން ބޭނުމެއްނޫން ދޮގު ހަދައިގެން ކާމިޔާބީއެއް ހޯދާކަށް. އެއަށްވުރެ މާ ރަނގަޅުވާނެ ނުހޮވުނަސް.” ނަވާޒް ސިޓިންގް ރޫމުގެ ސޯފާގައި ހަމަޖެހިގެން އިނދެ ބުނެލިއެވެ.

 

“ކީކޭ؟؟!!” އަމީން އަޑުގެ ކޮޅަށް ގޮވާލިއެވެ.

 

“އަމީން ކުޑަކޮށް ހަމަޖެހިބަލަ……..އާނ ބުނޭ ޔޫނުސްކައިރި މި އަންނަނީއޭ.” ނަވާޒް ފޯނުން ވާހަކަ ދައްކަން ހުރެ ގޭގެ ދޮރުމައްޗަށް އޭނަގެ ޑްރައިވަރު އައުމުން ވާހަކަ ދެއްކިއެވެ. އެ އަޑު އިވުމުން ފޯނުގެ އަނެއްކޮޅުގައި ހުރި އަމީންގެ ދެލޯ ހަނިވިއެވެ.

 

“އާނ އަމީން. އަހަރެން ކުޑަކަމެއްގަ ބިޒީކޮށް މިއުޅެނީ. ފަހުން ގުޅާނަން އިރާދަކުރެއްވިއްޔާ.” ނަވާޒް އެހެން ބުނެ އަމީނަށް އެއްޗެކޭ ބުނެލާނެ ފުރުޞަތެއްވެސް ނުދީ ފޯނު ކަނޑާލިއެވެ. އަމީނަށް އޭނަގެ ފޯނު ކަންފަތުން ނަގާލަމުން އައި ރުޅީގައި ފޯނު ބިމަށް ޖަހާލެވުނެވެ.

 

އެރޭ ޔޫނުސް އޭނައަށް ދަޢުވަތު ލިބުނު ޝޯއަށް ދިޔައީ ނަވާޒް ހަދިޔާކުރި ކަޅުކުލައިގެ ކޯޓު ފަޓުލޫނު ލައިގެންނެވެ. ޝޯގައި ޔޫނުސްއާއި އެކިއެކި ޒާތީ ސުވާލުތައް ކުރެވުނެވެ. އޭނަގެ އަންހެނުންނާއިމެދު ދެކެނީ ކިހިނެއްތޯ ސުވާލުކުރެވުމުން ޔޫނުސް ފަށުވި ޢިބާރާތްތަކުން އޭނަ ނަސްރާދެކެ ވާ ލޯބި ހާމަ ކުރިއެވެ. އެވަގުތު ޝަރީފްމެނާއިއެކީ އެގޭގައި ޓީވީ ބަލަން އިން ނަސްރާގެ މޫނު ރަތްވިއެވެ. އަފްރީން ދިމާކުރުމުން އޭނަ އިތުރަށް ލަދުގަތެވެ. ޝޯ ނިމުމުން ޔޫނުސް އެންމެ ފުރަތަމަ ގުޅީ ނަސްރާއަށެވެ.

 

“ކިހިނެއްތަ ލޯބިވާ؟” ޔޫނުސް ސްޓޫޑިޔޯގެ ބޭރުގައި ފާރަށް ލެނގި ފޯނު ކަންފަތުގައި ޖައްސައިގެންހުރެ ހިނިތުންވުމަކާއެކީ އަހާލިއެވެ.

 

“ހާދަ ލޯބިވެގެން އުޅޭ ރެއެކޭ.” ނަސްރާ އޭނައާއި ޔޫނުސްގެ ކޮޓަރިއަށް ވަންނަމުން ރަތްވެފައިވާ މޫނަކާއެކީ ބުނެލިއެވެ. ޔޫނުސްއަށް ހީލެވުނެވެ.

 

“އެބައަންނަން……މާދަމާ ފަތިހު އިން ޝާ ﷲ. ގޭގަ ހުންނައްޗޭ.” ޔޫނުސް ބުނެލިއެވެ.

 

“އުނހު ނުހުންނާނަން. ޖައްވަށް އަހަރެން ދާނީ މާދަމާ ފަތިހު.” ނަސްރާ ހިނިތުންނުވާން މަސައްކަތް ކުރަމުން ބުންޏެވެ. ޔޫނުސްއަށް އިހުނަށްވުރެ ބާރަށް ހީލެވުނެވެ. އެވަގުތު މަގުގެ ކަނާތް ފަރާތުން އޭނައާއި ދިމާލަށް އަންނަމުން ދިޔަ ބައްޕަގެ ހުދުކުލައިގެ ކާރު ފެނިފައި ޔޫނުސް ސީދާވެލިއެވެ.

 

“ނަސްރާ ބާއްވަނީ އިނގޭ؟ ގޭގެ ދޮރު ތަޅުލަން ހަނދާން ކުރާތި.” ޔޫނުސް ކާރާއި ދިމާލަށް ދަމުން ބުނެލިއެވެ. ނަސްރާ އާނއެކޭ ބުނުމުން ޔޫނުސް ފޯނު ކަންފަތުން ނަގައި ކާރަށް އެރިއެވެ. ކާރު ދުއްވާލި ވަގުތު ޔޫނުސްއާއެކީ ފާރަށް ލެނގި ފޯނަށް ބަލަހައްޓައިގެން ހުރި ޒުވާނަކު ސީދާވެލައިފިއެވެ. ކޮނޑާއި ހަމައަށް އިސްތަށިގަނޑު ދިގުކޮށްފައި އޮތް އެޒުވާނާގެ ޑައިކޮށްފައިވާ އިސްތަށިގަނޑު އައްސާލެވިފައިވީއިރު އެ ހިކި ޒުވާނާ ލައިގެން ހުރީ ބޮޑު ކަޅުކުލައިގެ ޓީޝާޓަކާއި ކަކުލާއި ހަމައަށް އޮތް ހުދުކުލައިގެ ސޯޓެކެވެ. ޒުވާނާ އޭނަގެ ފޯނުން ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

“އޭނަގެ އަންހެނުން……ހީވަނީ ގޭގަ އެކަނިހެން އުޅެނީ.” ޒުވާނާ މަޢުލޫމާތު ދޭ ފަދައަކުން ކިޔައިދިނެވެ. އޭގެ މާ ގިނައިރެއްނުވެ ޒުވާނާ ފޯނު ކަންފަތުން ނަގާލަމުން ޕޭވްމެންޓް މަތިން މަގުގެ އަނެއްކޮޅަށް ހިނގަން ފެށިއެވެ.

 

އެރޭ ދަންގަޑިއެއްގައި ފުރުމަށްޓަކައި ޔޫނުސް އެއާރޕޯޓަށް ދިޔައީ ނަސްރާއަށްދޭން ރަތްކުލައިގެ ފިނިފެންމާ ބޮނޑިއެއް ހިފައިގެންނެވެ. ޔޫނުސް ފުރުވަން އައި ނަވާޒަށް މެދުކެނޑުމެއްނެތި ޔޫނުސްގެ ފަރާތުން އިވެމުން ދިޔައީ ނަސްރާގެ ރަނގަޅުކަމުގެ ވާހަކައެވެ. ނަވާޒަށް މަޢާފަށް އެދެން ވެސް ހިތްވަރު ދިނީ ނަސްރާ ކަމަށާއި، އޭނައަށް ދީން އުނގަންނައި ދިނީ ނަސްރާ ކަމަށާއި، ނަސްރާ ވަރަށް މޮޅު ވާހަކަ ޔޫނުސް ފޫހިކަމެއްނެތި ދައްކަމުން ދިޔަ ގޮތުން ނަވާޒަށް ހެވުނެވެ. ތިއުޅެނީ ކެތްމަދުވެގެން ކަމަށްބުނެ ނަވާޒް ޔޫނުސްއާއި ދިމާކުރިއެވެ.

 

ޗެކް އިން ކުރަން ދާން އުޅުނު ވަގުތު ޔޫނުސް ނަވާޒްގެ ގައިގައި ބައްދާލަމުން ބައްޕަ ނުދާނަންތޯ ސުވާލުކުރިއެވެ. ޖަވާބުގައި ނަވާޒް ބުނީ އޭނަ މި ހަފްތާތެރޭގައި ޑޮކްޓަރަކަށް ދައްކަން ލަންކާއަށް ދާންޖެހޭ ވާހަކައެވެ. ޔޫނުސް ކިހިނެއްވީތޯ އެހިއެވެ.

 

“އެއީ މާ ބޮޑުކަމެއްނޫން. މޭމައްޗަށް ތަދުވެގެން އުޅޭތާ ދުވަސްކޮޅެއްވެގެން އުޅޭތީ މި ދަނީ. ޔޫނުސް އައިފަހުން ޙަޤީޤަތުގަ ވަރަށް ރަނގަޅު. އަނބުރާ އައިސްދާނަން ހަފްތާއެއްހާ ދުވަސްފަހުން އިރާދަކުރެއްވިއްޔާ. އައިސް ޔޫނުސްއާއި ނަސްރާއާ ބައްދަލުކުރަން ދާން ނިންމައިގެން މިހިރީ. ދެން ދޭ. މި މާ ބޮނޑި ނުމިލަނީސް ނަސްރާއާއި ހަމައަށް ގެންދެވޭތޯ އުޅެބަލަ.” ނަވާޒް ޔޫނުސް ދެއަތުން ހިފައިގެން ހުރި މާ ބޮނޑިއަށް ޢިޝާރާތްކޮށް ސަމާސާ ރާގަކަށް ވާހަކަ ނިންމާލަމުން ޔޫނުސްގެ ކޮނޑުގައި ލުއި ގޮތަކަށް ޖަހާލިއެވެ. ޔޫނުސްއަށް ހީލަމުން ބޯޖަހާލެވުނެވެ. އަދި ހިތާހިތުން ބައްޕައަށްޓަކައި ދުޢާކުރެވުނެވެ.

 

ޔޫނުސްއަށް އެރޭ ފްލައިޓް ތެރޭގައި ނުވެސް ނިދެއެވެ. ނަސްރާ ދެކޭ ހިތުން އޭނަވަނީ ކެތްމަދުވެފައެވެ. މިއަދު އޭނައާއި ނަސްރާގެ ދެމެދުގައި ޒުވާބުކުރަންވީ އެއްވެސް ސަބަބެއްނެތެވެ. އޭނަ އަނބުރާ މިދަނީ ނަސްރާ އޭނައަށް ނަޞޭޙަތްތެރިވަމުން އައި ކަންތައް ކޮށްފައެވެ. އޭނަ ބައްޕައަށް މަޢާފު ކުރި ވާހަކަ އެނގުނު ފަހުން ނަސްރާއާއި އޭނައާއި ދެމެދު އެއްވެސް ކަހަލަ ނުރުހުންތެރިކަމެއް ނޯވެއެވެ. މިއަދު އޭނައާއި ނަސްރާއާއި ދެމެދުގައިވި ހުރިހާ ހުރަހެއް ނެތި ގޮއްސިހެން ޔޫނުސްއަށް ހީވެއެވެ. އޭނަ ދެންވެސް ނަސްރާ ރަނގަޅު ނަޞޭޙަތެއް ދިނިއްޔާ އޭގައި ވަގުތުން ހިފަން އަމިއްލަ ނަފްސާއި ވަޢުދުވިއެވެ.

 

ޔޫނުސް އިން ފްލައިޓް ޖެއްސީ ފަތިސް ނަމާދު ވަގުތުގައި ކަމަށްވުމުން އޭނަ އެއާޕޯޓުގައި ނަމާދުކޮށްލިއެވެ. އެއާރޕޯޓުން ނިކުމެ އޭނަ ޓެކްސީއެއް ހޯދައި އެ ޓެކްސީއަށް އެރިއިރު އޭނަގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އޭނައަށް އެއްފަހަރު އޭނަގެ އަތުގައި އޮތް މާ ބޮނޑިއަށް އަނެއްފަހަރު ކުރިމަތިން ފެންނަމުން ދިޔަ މަގަށް ބެލެމުން ދިޔައެވެ. އެންމެ ފަހުން ޔޫނުސް ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުން ދިޔަ ވަގުތު ކޮޅު ޖެހުނެވެ. އޭނަ އިން ޓެކްސީ އޭނަގެ ގެ ކުރިމައްޗަށް މަޑުކޮށްލި ވަގުތު ޔޫނުސް އިސާހިތަކު ކާރުގެ ދޮރު ހުޅުވައި ކާރުން ފޭބިއެވެ. ކާރުގެ ޑިކީއިން އޭނަގެ ފޮށި ނަގަން ދިޔަ ޑްރައިވަރަށް ވެސް ސަމާލުކަމެއް ދިނުމެއްނެތި ޔޫނުސް ފުރިހަމަ ހިނިތުންވުމަކާއެކީ ގެއަށް ވަންނަން ދިޔައެވެ. އެހެނަސް ގޭގެ ފެންޑާއަށް ވަދެވުނު ވަގުތު ފެނުނު މަންޒަރަކުން އެ ހިނިތުންވުން ފަނޑުވިއެވެ. ގޭގެ ދޮރުގެ ތަޅު ހަލާކު ކުރެވިފައިވީއިރު ދޮރު ވަނީ ކުޑަކޮށް ހުޅުވިއެވެ. ޔޫނުސް ހިސާބަކަށް ކަންބޮޑުވެ ހުރެ ދޮރުކައިރިއަށް ގޮސް އެއްއަތުން މާ ބޮނޑި ހިފައިގެން ހުރެ އަނެއްއަތުން ދޮރު ރަނގަޅަށް ހުޅުވާލިއެވެ. މިފަހަރު ފެނުނު މަންޒަރަކުން އޭނަގެ އަތުގައި އޮތް މާ ބޮނޑި ޓައިލްސް މަތީގައި ގޮސް ޖެހުނެވެ.

 

ނުނިމޭ

The post Hijra (Part 47) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hijra-part-47/feed/ 0 471
Hijra (Part 46) https://blog.storiesbyjana.com/hijra-part-46/?utm_source=rss&utm_medium=rss&utm_campaign=hijra-part-46 https://blog.storiesbyjana.com/hijra-part-46/#respond Fri, 16 Apr 2021 11:44:46 +0000 https://blog.storiesbyjana.com/hijra-part-45-copy/

ޔޫނުސްއަށްޓަކައި ތަޢުރީފުގެ ބަސްތައް އޮހެމުން ދިޔަ ވާހަކަ އެ ވެބިނާރއަށްޓަކައި މަސައްކަތް ކުރި ފައިޒާން ގެއަށް ދިޔަ މަގުމަތީގައި ބުންޏެވެ. ޔޫނުސް ކާރުގެ ކުރީ ސީޓުގައި އިނދެ ފަހަތް ބެލިއިރު ފައިޒާން އުނގުމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕުން އޭނަގެ ދެފަރާތުގައި ތިބި ދެ އެކުވެރިންނަށް ކޮމެންޓްތައް ދައްކާފައި ހެމުން ދިޔައެވެ. މި ވެބިނާރ މިހާ ކާމިޔާބުވީ ވެސް އަންހެން ކުދިން ޔޫނުސް ބަލަން ބޭނުންވާތީވެކަމަށް ފައިޒާން ބުންޏެވެ. ޔޫނުސް ކަޅިމައްޗަށް ހިންގާލަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. އޭނަ […]

The post Hijra (Part 46) appeared first on Stories by Jana.

]]>

ޔޫނުސްއަށްޓަކައި ތަޢުރީފުގެ ބަސްތައް އޮހެމުން ދިޔަ ވާހަކަ އެ ވެބިނާރއަށްޓަކައި މަސައްކަތް ކުރި ފައިޒާން ގެއަށް ދިޔަ މަގުމަތީގައި ބުންޏެވެ. ޔޫނުސް ކާރުގެ ކުރީ ސީޓުގައި އިނދެ ފަހަތް ބެލިއިރު ފައިޒާން އުނގުމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕުން އޭނަގެ ދެފަރާތުގައި ތިބި ދެ އެކުވެރިންނަށް ކޮމެންޓްތައް ދައްކާފައި ހެމުން ދިޔައެވެ. މި ވެބިނާރ މިހާ ކާމިޔާބުވީ ވެސް އަންހެން ކުދިން ޔޫނުސް ބަލަން ބޭނުންވާތީވެކަމަށް ފައިޒާން ބުންޏެވެ. ޔޫނުސް ކަޅިމައްޗަށް ހިންގާލަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. އޭނަ އެ ކޮމެންޓްތައް ބަލާހިތެއް ނުވެއެވެ. އެއީ އޭނައަށް އާ ކަމެއް ނޫނެވެ. އޭނަދެކެ ޙަޤީޤަތުގައި ލޯބިވާ މީހުންނަކީ އެއީއެއްނޫންކަން އޭނައަށް މިހާރު ސާފުކޮށް އެނގެއެވެ. އެހެންކަމުން އެ މީހުންގެ ޚިޔާލުތައް ދެނެގަތުން އޭނައަށް މާ މުހިއްމެއްނޫނެވެ. އޭނަ ބޭނުންވަނީ ނަސްރާ އޭނަ ހުށަހެޅިގޮތާއިމެދު ދެކޭ ގޮތް ދެނެގަންނާށެވެ.

 

އޭނަގެ ގެ ކައިރިއަށް ކާރު މަޑުކުރުމާއެކު ޔޫނުސްގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. އޭނަ އަވަސްއަވަހަށް ކާރުން ފައިބައިގެން ގޮސް ގޭގެ ދޮރުމައްޗަށް އަރައި ދޮރު ހުޅުވާލިއެވެ. ސިޓިންގް ރޫމުގެ ސޯފާގައި އިން ނަސްރާ ފެނުމާއެކު ޔޫނުސްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

 

“ކޮބާ ކިހިނެއްތަ؟” ޔޫނުސް ގެއަށް ވަދެ ދޮރު ލައްޕާލަމުން އަހާލިއެވެ.

 

“އަހަރެން؟ އަހަރެން ރަނގަޅު އަލްޙަމްދުލި ﷲ.” ނަސްރާ މާ ބޮޑުކަމެއް ނުވާކަމަށް ހެދިގެން ފޮތަކަށް ބަލަން އިނދެ ބުނެލިއެވެ.

 

“އެއްކަލަ އެކްޓްރެސް. ދެން ބުނެބަލަ، އިންޓަވިއު ކިހިނެއް؟” ޔޫނުސް ގޮސް އެތާ ވަކިން ހުރި ސްޕޮންޖް ސޯފާގެ އަތްގަނޑުމަތީގައި އިށީންނަމުން އަހާލިއެވެ.

 

“ކޮން އިންޓަވިއުއެއްތަ؟ ނުބަލަން އެއްވެސް އިންޓަވިއުއެއް.” ނަސްރާ ޔޫނުސްއަށް ބެލުމެއްނެތި  ހިނިތުންނުވާން މަސައްކަތް ކުރަމުން ބުނެލިއެވެ. އެކަން ޔޫނުސްއަށް ފާހަގަ ކުރެވުމުން ޔޫނުސްއަށް ހިނިތުންވެލެވުނެވެ. ހިނދުކޮޅަކަށްފަހު އޭނަ އެ ހިނިތުންވުން ފޮރުވާލިއެވެ.

 

“ނަސްރާ ނުބަލަންތަ އަޅެ؟ މިރޭ ވެބިނާރއެއް ބޭއްވީ. ވެބިނާރ ނިމުނުތަނާހެން އެތައް ކޮމެންޓެއް ލިބުނު. ގިނައީ ވެސް އަންހެން ކުދިންގެ ކޮމެންޓްތައް. އަހަރެން ހީކުރީ އަހަރެން މާ މުސްކުޅިވެއްޖެކަމަށް އަންހެން ކުދިންގެ ކޮމެންޓްތައް ލިބެން. އެކަމަކު…….މިރޭ އެނގިއްޖެ އަހަރެން އަދިވެސް ޒުވާންކަން.” ޔޫނުސް ހެވިފައި އިނދެ ބުނެލިއެވެ. އެވަގުތު ނަސްރާ އޭނަ އަތުގައި އޮތް ފޮތް ތިރިކޮށްލަމުން ދެލޯ ހަނިކޮށްފައި ޔޫނުސްއަށް ބަލާލިއެވެ.

 

“ކީކޭތަ ކޮމެންޓްތަކުގަ އަންހެން ކުދިން ލިޔެފަ ހުރީ؟” ނަސްރާ ނުރުހުމުގެ ރާގަކަށް އަހާލިއެވެ.

 

“ދެން އެނގެއެއްނޫންތަ ހުންނާނެ ވާހަކަތައް؟ އަހަރެންގެ ސްޓައިލް ވަރަށް ކަމުދާ ވާހަކައާ އަހަރެން ވާހަކަ ދައްކާގޮތް ރީތި ވާހަކައާ……” ޔޫނުސް ހަދަހަދައިގެން ކިޔައިދިނެވެ. އެއާއެކު ނަސްރާ ރުޅިވެރިކަމާއެކީ ފޮތް ލައްޕައި މޭޒުމަތީގައި ބޭއްވިގޮތުން ޔޫނުސްއަށް ހެވެން އުޅުނެވެ. އޭނަ ތުންފިއްތާލިއިރު އޭނައަށް ހުރެވުނީ ހިނިތުންވުމެއްގައެވެ.

 

“އެއްވެސް ރީއްޗެއްނޫން.” ނަސްރާ ރުޅިނުވާ ކަމަށްހެދި ޔޫނުސްއަށް ބަލައި ދެބުމަ އަރުވާލަމުން ބުންޏެވެ.

 

“ކުއްޖަކު ބުނި ތިމަންނަ އިންޓަވިއު ނުބަލަމޭ.” ޔޫނުސް ލާނެތް ރާގަކަށް ބުނެލިއެވެ.

 

“އެއީ އޮޅުމަކުން ފެނުނީ.” ނަސްރާ އޭނައަށް މާ ބޮޑު އަސަރެއް ނުކުރާކަމަށް ހެދި ކޮޅަށް ތެދުވެލަމުން އެތަނުން ދާން ހިނގައިގަތެވެ. ނަސްރާ ލޯމައްޗަށް ގެއްލުމުން ޔޫނުސް ވެސް ލުއި ހީލުމަކާއެކީ ތެދުވުނެވެ.

 

“އޮޅުމަކުން ފެނުނީމަ އެއްކޮށް ބެލުނުދޯ؟” ޔޫނުސް ނަސްރާގެ ފަހަތުން ކޮޓަރިއާއި ދިމާލަށް ދަމުން ދޯދިނެވެ.

 

“ހުނ! ކީއްކުރަން އަހަރެން އެއްކޮށް ބަލަންވީ؟ އެއަށްވުރެ މާ މުހިއްމު ކަންތައް އަހަރެން ކުރަން ހުރޭ.” ނަސްރާ ފަހަތް ބެލުމެއްނެތި ކޮޓަރިއަށް ވަދެގެން ދިޔައެވެ. ޔޫނުސްއަށް އަނެއްކާވެސް ހެވުނެވެ. ނަސްރާގެ ވާހަކަ ދެއްކުމުގައި ހުރި ރާގުން އޭނަ ހަދަނީ ދޮގުތަކެއްކަން ޔޫނުސްއަށް ޔަޤީންވިއެވެ. ޔޫނުސް ކޮޓަރިއަށް ވަތްއިރު ނަސްރާ ފާޚާނާއަށްވަދެ ދޮރު ލައްޕާލި އަޑަށް އޭނަ ސިހުންވާ ގޮތްވިއެވެ. އޭނައަށް އެދިމާލަށް ބަލަން ހުރެ ހިނިތުންވުމަކާއެކީ ބޯހޫރުވާލެވުނީ ނަސްރާ ރަނގަޅަށްވެސް ޙަސަދަވެރިވީކަން އެނގުންވުމުންނެވެ. އޭނަ ކޮޓަރިއަށް ވަދެގެން ގޮސް އެނދުގައި އިށީންނަން އުޅުނު ވަގުތު އެނދުމަތީގައި ހުޅުވިފައި އޮތް ޑައިރީއެއް ކަހަލަ ފޮތެއް އޭނައަށް ފެނުނެވެ. އެ ފޮތުގައި ދަނބު ކުލައިގެ ދެލިން ދިވެހި ބަހުން ލިޔެވިފައިވީއިރު ފޮތުގެ ކައިރީގައި ގަލަމެއްވެސް އޮތެވެ. ޔޫނުސް ހިސާބަކަށް ޙައިރާންވެހުރެ އެ ފޮތް ނަގައި އެނދުގައި އިށީންނަމުން އެ ހުޅުވިފައިހުރި ޞަފްޙާ ކިޔަން ފެށިއެވެ. އޭގައި ނަސްރާ ކިޔައިދީފައިވަނީ މިރޭ ޔޫނުސް އިންޓަވިއުއަށްޓަކައި ދިޔަ ވާހަކައެވެ. އިންޓަވިއު ފެށުމުގެ ވެސް އެތައް އިރެއްކުރިން އޭނައަށް ލެޕްޓޮޕް ދޮށުގައި އިށީނދެވުނު ވާހަކައެވެ. އިންޓަވިއު ފެށުމުން އޭނައަށް އެސްފިޔަ ޖެހުމެއްނެތި ޔޫނުސްއަށް ބަލަން އިނދެވުނު ވާހަކައެވެ. އެއަށްފަހު ނަސްރާ އޭނައަށް ތަޢުރީފުކޮށްފައި ހުރި ގޮތުން ޔޫނުސް ހިނިތުންވެލީ ވަގުތު އޭނަގެ މޫނުވެސް ރަތްވިއެވެ. އޭނަ ހުޅުވައިގެން ހުރި ދެ ޞަފްޙާ ކިޔައި ނިމުމުން ޔޫނުސް ފޮތުގައި މީގެ ކުރިން ލިޔެވިފައި ހުރި ވާހަކަތައް ވެސް ކިޔަން ބޭނުންވިއެވެ. އެ ވާހަކަތައް ކިޔަން ފެށުމުން ޔޫނުސްއަށް ހީވީ އޭނައާއި ނަސްރާގެ ޒަވާޖީ ޙަޔާތުގައި މިހާތަނަށް ހިނގިހާ ކަންތައްތައް އޭނަގެ ލޯކުރިމަތިން ސިފަވަމުން ދިޔައީ ހެންނެވެ. ނަސްރާ އޭނަގެ ހިތުގައި ޔޫނުސްއަށްޓަކައި އިޙްޞާސްތައް އުފެދެމުން ދިޔަ ގޮތް ކިޔައިދީފައިވި ގޮތުން ޔޫނުސްއަށް ހިނިތުންވުމެއްގައި އިނދެވުނެވެ. އޭނަ ފޮތް ކިޔަން އިންދާ ފާޚާނާގެ ދޮރު ހުޅުވުނު އަޑަށް ޔޫނުސް ފަހަތް ބަލާލިއެވެ. އެވަގުތު ނަސްރާ ފާޚާނާއިން ނިކުމެ އެތާ ހުރި ހަރުގަނޑުގައި އަޅުވާފައި އޮތް ތުވާލިން އޭނަގެ ތެތް މޫނު ފޮހެނީއެވެ. ޔޫނުސް ނަސްރާއަށް ބަލަން އިނދެފައި އަނެއްކާވެސް އޭނަގެ އަތުގައި އޮތް ފޮތަށް ބަލާލިއެވެ. އެވަގުތު އޭނަ ހުޅުވައިގެން ހުރި ޞަފްޙާގައި ލިޔެވިފައިވި ވާހަކަތަކަކުން އޭނަގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ އެ ހިނިތުންވުން ފިލުވާލަމުން ކަރުކެހިލިއެވެ. ދުރުގައި ހުރި ނަސްރާ އެއަޑަށް ޔޫނުސްއަށް ބަލާލިއެވެ.

 

“ޤަބޫލުކުރަން ދަތިވިޔަސް މިއަދު އަހަރެން އިނދެގެން މިހިރީ އަހަރެން ހުވަފެންތަކުން ދެކެމުން އައިފަދަ މީހަކާއެވެ. ޔޫނުސްގެ ކިބައިގައި އަހަންނަށް ކަމުދާ ހުރިހާ ސިފައެއްވާކަން މިއަދު އަހަންނަށް ޔަޤީން ކުރެވެއެވެ. ޔޫނުސް……” ޔޫނުސް ހެވިފައި އިނދެ ފޮތް ކިޔަމުން ދަނިކޮށް ނަސްރާ އަވަސް ހިނގުމެއްގައި އައިސް ފޮތް ޖަހައިގަންނަން އުޅުނެވެ. އެއާއެކު ޔޫނުސް އެ ފޮތް ނަސްރާގެ އަތާއި ދުރުކުރިއެވެ. ނަސްރާ އަނެއްކާވެސް ހޯދަން މަސައްކަތް ކުރުމުން ޔޫނުސް ހުނުމަކާއެކީ ކޮޅަށް ތެދުވެ ދެން ވެސް ފޮތް ކިޔަން މަސައްކަތް ކުރަމުން ނަސްރާއާއި ދުރަށް ދެވޭތޯ ބެލިއެވެ.

 

“ޔޫނުސް ޕްލީޒް……..” ނަސްރާ ޅަ އަޑަކުން އެހެން ބުނެލި އަޑަށް ޔޫނުސް ފަހަތް ބަލާލިއެވެ. އެވަގުތު ނަސްރާ މޫނުގައި ދެއަތް އަޅައިގެން ހުރިތަން ފެނިފައި ޔޫނުސްގެ ފުރިހަމަ ހިނިތުންވުން ފަނޑުވިއެވެ. އޭނަ ލަސްލަހުން ނަސްރާއާއި ދިމާލަށް އެނބުރި އޭނަގެ އަތުގައި އޮތް ފޮތް ކައިރީގައި ހުރި ކިޔަވާ މޭޒުމަތީގައި ބޭއްވިއެވެ. އެއަށްފަހު ލަސް ހިނގުމެއްގައި ނަސްރާގެ ކުރިމައްޗަށް ގޮސް ހުއްޓި އޭނަގެ އުނަގަނޑުގައި ދެއަތުން ވަށާލިއެވެ. އެވަގުތު ނަސްރާ އޭނަގެ ރަތްވެފައިވާ މޫނުން ދެއަތް ނަގައި އިސްއުފުލާލިއެވެ.

 

 

“ހުސް ދޮގު އެ ފޮތުގަ ހުރީ. ވެދާނެ ތިއީ ތަންކޮޅެއް ކުރިން ލިޔެފަ ހުރި އެއްޗެއް ކަމަށް. މިހާރު……” ނަސްރާ ޔޫނުސްގެ ދެއަތް ނައްޓުވަން މަސައްކަތް ކުރަމުން ދައްކަން ފެށި ވާހަކަ މެދުކެނޑުނެވެ.

 

“ތަންކޮޅެއް ކުރިންނެއްނޫން އަހަރެން ލައިވް ވެބިނާރއެއް ބޭއްވީ. އޭގެ ވާހަކަވެސް އެބަހުރި. ދެމީހުންގެ ގުޅުމަށް މާ ގިނަ ދުވަސްވީތީވެ ކަންނޭނގެ ތަޢުރީފުކުރަން އެލާޖިކްވެގެން ތިއުޅެނީ. އެކަމަކު އެއީ ގޯހެއްނޫނެއްނު ނަސްތު؟” ޔޫނުސް ނަސްރާއަށް ފުންކޮށް ބަލަންހުރެ ބުނެލިއެވެ. ޔޫނުސް އޭނައަށް ގޮވާލި ނަމަކުން ނަސްރާއަށް ހިނިތުންވެލެވުނެވެ. އެއީ ވަރަށް މަދު ބަޔަކު މަދު ފަހަރަކު ނޫނީ ނަސްރާއާއި މުޚާތަބު ކުރާ ނަމެއްނޫނެވެ. ޔޫނުސް އޭނައަށް އެ ނަމުން ގޮވާނީ ޢާއްމު ގޮތެއްގައި އޭނަދެކެ ލޯބިވާ ވާހަކަ ބުނުމަށެވެ. އުފާވެރިކަމުން ނަސްރާގެ ހިތް ފުރެން އުޅެނިކޮށް މިރޭ ގެއަށް އައިސް ޔޫނުސް ދެއްކި ވާހަކައަކުން އޭނަ މޫނުމަތީގެ އުޖާލާކަން ގެއްލުނެވެ.

 

“އަހަރެންގެ ތަޢުރީފު އެހެންނޫނަސް މިހާރު އެހާ މުހިއްމެއްނޫނެއްނު؟” ނަސްރާ ހިސާބަކަށް ދެރަވެފައިހުރެ ބުނެލިއެވެ. ޔޫނުސްވެސް ހިތާމަވެރިކަން ވެރިވެގެން ދިޔަ މޫނަކާއެކީ އިހުނަށްވުރެ ވެސް ބޮޑަށް ނަސްރާ އޭނައާއި ގާތްކޮށްލިއެވެ.

 

“އަހަރެން ނުވެސް ބަލަން އެހެން މީހަކު ބުނި އެއްޗެއް. ކީއްވެކަން އެނގޭތަ؟ އަހަރެންގެ މާޒީގައި ކުރި ކަންތައް އެނގިހުރެ ވެސް އަހަންނަށް އިޙްތިރާމްކުރީ އެމީހުންނެއްނޫން. އަހަންނަށް ދީން އިތުރަށް އުނގަންނައިދޭން މަސައްކަތްކުރީ އެމީހުންނެއްނޫން. އަހަރެން ނުބައި ކަމެއްކުރީމަ އަހަރެން ރުޅި އަންނާނެކަން އެނގުނަސް އެއީ ނުބައިކަމެކޭ ބުނަމުން ދިޔައީ އެމީހުންނެއްނޫން. އަހަރެން އަހަރެންގެ ވަޒީފާއިން ވަކިވެގެން އައި ދުވަހު އަހަންނަށް ހިތްވަރުދިނީ އެމީހުންނެއްނޫން. އަހަރެން މިހާ ހިސާބަށް އައީ އެމީހުންގެ ސަބަބުންނެއްނޫން.” ޔޫނުސް ބުނެލިއެވެ. އެވަގުތު ނަސްރާ ފެންކަޅިވެގެން ދިޔަ ދެލޮލާއެކީ ހިނިތުންވެލިއެވެ. ޔޫނުސް ދެލޯ މަރާލަމުން ނަސްރާގެ ނިތުގައި އޭނަގެ ނިތް ޖައްސާލިއެވެ.

 

**

 

ޔޫނުސްގެ ފުރަތަމަ ވެބިނާރއަށް ލިބުނު ތަރުޙީބުން ހުރިހާ ސިޔާސީ ލީޑަރުން ވެސް އަމިއްލައަށް އިސްނަގައިގެން އެމީހުން އެފަދަ ގޮތަކަށް އިންޓަވިއު ކުރުމަށް ރާއްޖެ ޕްރެސްއަށް އެދުނެވެ. ނަވާޒް ފިޔަވައެވެ. އޭނަ ހުރީ ޔޫނުސްއާއި ބައްދަލުކުރަން އެންމެ ފަހުން ދިޔަ ދުވަހު އޭނަ ޔޫނުސްއާއި ކުރި ވަޢުދުގެ މަތިން ހަނދާން ކޮށްގެނެވެ. ކޮންމެ ދުވަހަކު އެ ވަޢުދާއި ޚިލާފުވުމަށް އޭނަގެ ހިތް އެދެމުން ދިޔައެއްކަމަކު އޭނަ ހުރީ އޭނަ އަމިއްލައަށް ޔޫނުސް ކައިރިއަށް ނުދާން ނިންމައިގެންނެވެ. ނަވާޒަށް ބަޔާން ކުރަން ދަތި އުފަލެއް ލިބިގެން ދިޔައީ ރާއްޖެ ޕްރެސްއިން އޭނަ އިންޓަވިއުކުރަން ބޭނުންވާ ވާހަކަ އިވުމުންނެވެ. އޭނަ އެއަށް އާނބަސް ދިނީ ކަރުނުން ފުރިގެންވި ދެލޮލުންނެވެ. އެއަށްވުރެ ބޮޑަށް އުފާވީ އެ ވެބިނާރތަކާއި ބެހޭ ފޭސްބުކް ޕޯސްޓްގައި ހުރިހާ އިންޓަވިއުއެއްވެސް ކުރާނީ ޔޫނުސްކަމުގައި އޮތްތަން ފެނިފައެވެ. އޭނަ އެ އިންޓަވިއުއަށް ދިޔުމަށް ކެތްމަދުވިއެވެ.

 

ނަވާޒް ފިޔަވައި އެހެން ހުރިހާ ސިޔާސީ ލީޑަރުން ވެސް ޔޫނުސްއަށް ރަށުގައި ހުރެގެން އިންޓަވިއު ކުރެވުނެވެ. އެހާ ހިސާބަށް އައިއިރު ޔޫނުސްގެ ވެބިނާރތައް ބަލަމުން އައި މީހުންގެ ޢަދަދު އެތައް ގުނައެއް އިތުރުވެ އެންމެން ވެސް އޭގެ ވާހަކަތައް ދައްކަން ފަށައިފިއެވެ. އެ އިންޓަވިއުތަކުގައި ސިޔާސީ ލީޑަރުންގެ ފަރާތުން ދުވަހަކުވެސް އިވިފައި ނުވާ ވާހަކަތައް އިވުނީތީ އެހެން ނޫސްތަކާއި ޗެނަލްތަކުން ވެސް އެ އިންޓަވިއުތަކުގެ ވާހަކަ ޚަބަރުގައި ގެންނަން މަޖުބޫރުވިއެވެ. ޔޫނުސްއާއި ރާއްޖެ ޕްރެސްގެ ނަން ދުވަހަކުވެސް މަޝްހޫރުނުވާ ވަރަށް މަޝްހޫރުވެގެން ދިޔުމުން ޝޯއަކަށް އައުމަށް ޔޫނުސްއަށް ދަޢުވަތު ލިބުނެވެ. ޔޫނުސް ހެވިފައިހުރެ އެ ޚަބަރު ނަސްރާއާއި ޙިއްޞާކުރިއެވެ.

 

“އެހެންވީމަ ބައްޕަގެ އިންޓަވިއުއަށް ބައްޕަ މިކޮޅަށް ގެންނާކަށް ނުޖެހޭނެދޯ؟ ޝޯ އޮތީ އިންޓަވިއު އޮންނަ ތާރީޚުގެ 4 ދުވަސްފަހުން.” ކިޔަވާ މޭޒުދޮށުގައި އިން ނަސްރާ އޭނަގެ ކައިރީގައި ކޮޅަށް ހުރި ޔޫނުސްގާތު ބުނެލިއެވެ. އެއާއެކު ޔޫނުސްގެ މޫނުމަތީގެ އުޖާލާކަން ގެއްލި އޭނަގެ އިސްޖެހުނެވެ. ނަސްރާ އެ މަންޒަރު ފެނިފައި ކޮޅަށް ތެދުވެލިއެވެ.

 

“ޔޫނުސް……މިފަހަރު ގޮއްސަ ބައްޕައަށް މަޢާފަށް އެދެންވާނެ އިނގޭ؟ މިއީ ރަނގަޅު ފުރުޞަތެއްނު؟” ނަސްރާ ކުޑަ ކުއްޖަކާ ވާހަކަ ދައްކާ ފަދައަކުން ޔޫނުސްގެ މޫނު ފެނޭތޯ ބަލަމުން ބުނެލިއެވެ. ޔޫނުސް ޗޮއްކަނޑާލަމުން އިސްއުފުލާލިއެވެ.

 

“ނަސްރާ. އަހަރެންގެ ޚިޔާލު އަނެއްކާވެސް ބަދަލުވެއްޖެ. އޭނައަކީ އަހަރެން ހީކުރި ވަރަށްވުރެ ވެސް ގޯސް މީހެއް. ކުރީ ދުވަހު………” ޔޫނުސްގެ ވާހަކަ މެދުކެނޑުނެވެ.

 

“ކިތަންމެ ގޯސްވިޔަސް އެއީ ޔޫނުސްގެ ބައްޕަ. ބައްޕައަށް ވީހާވެސް ރަނގަޅަށް ކަންތައް ކޮށްދިނުމަކީ ޔޫނުސްގެ ވާޖިބެއް. ޔޫނުސްއަށްވެސް އެނގެއެއްނޫންތަ އެކަން؟ ބައްޕަ ގޯހޭ ކިޔާފަ ބައްޕައާއި ދޭތެރޭ ދެރަކޮށް ކަންތައް ކުރީމަ ޔޫނުސް ގޯސް މީހަކަށްވާނީ. ޔޫނުސް އެފަދަ މީހަކަށްވާން ބޭނުންތަ؟” ނަސްރާ އަހާލިއެވެ. ޔޫނުސް ނަސްރާއަށް ބަލަން ހުރެފައި ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ބޯހޫރުވާލިއެވެ.

 

“އެހެންވިއްޔާ ބައްޕައަށް މަޢާފަށް އެދޭނަންދޯ؟” ނަސްރާ ހިނިތުންވުމަކާއެކީ ދޯދިނެވެ. ޔޫނުސް ބޯޖަހާލުމުން ނަސްރާ ޔޫނުސްގެ ކޯތާފަތަށް ބޮސްދިނެވެ.

 

ޔޫނުސް މާލެއަށް ފުރަން އޮތް ދުވަހު ނަސްރާވެސް ޔޫނުސްއާއެކީ ޝަރީފްގެ ޖިޕްގައި އެއާރޕޯޓަށް ދިޔައެވެ. އެއާރޕޯޓަށް ގޮސް ޔޫނުސް ނަސްރާގާތު އެދުނީ އޭނަ އަންނަންދެން ޝަރީފްގެ ގެއަށް ދިޔުމަށެވެ. ޝަރީފް ވެސް އެގޮތަށް ކަންތައް ކުރުމަށް އެދުނެވެ. ނަސްރާ އެ ވާހަކައާއި އެއްބަސްވީ ވަކި ވަރަކަށެވެ. ދުވާލު ގަޑީގެ ގިނަ ވަގުތު އޭނަ ހޭދަކުރާނީ ބައްޕަގެ ގޭގައި ކަމަށް އޭނަ ބުންޏެވެ. އެހެނަސް ހަފްތާއެއްހާ ދުވަސްވަންދެން ޔޫނުސްގެ ގެ ފަޅަށް ބަހައްޓާކަށް އޭނަ އެއްބަހެއް ނުވިއެވެ. ނަސްރާ އެކަން ފާހަގަކުރުމުން ޝަރީފް އެ ވާހަކަ ޤަބޫލު ކުރިއެއްކަމަކު ޔޫނުސް ދެންވެސް ނަސްރާގެ ޚިޔާލު ބަދަލު ކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަސްރާ ދެންވެސް ގެއަށް ލިބިދާނެ ގެއްލުމަކާމެދު ވާހަކަ ދެއްކުމުން ޔޫނުސް އެންމެ ފަހުންޖެހުނީ ނަސްރާއާއި އެއްބަސްވާށެވެ. އޭރުވެސް އޭނަގެ ހިތުގައި ނޭނގޭ ނުތަނަވަސްކަމެއްވިއެވެ. މިގޮތަށް އިޙްޞާސް ކުރެވެނީ ނަސްރާ އެކަނި ދޫކޮށްފައި ފުރަތަމަ ފަހަރަށް އެހާ ދުރަށް ދާން އުޅޭތީވެ ކަމުގައި އޭނަގެ ހިތް ބުންޏެވެ. ޗެކް އިން ކުރުމަށްފަހު ޔޫނުސް އެއާރޕޯޓުން ނިކުމެގެން އައިސް ނަސްރާގެ އަތުގައި ހިފައިގެން އެއާރޕޯޓުގެ ވަށައި އޮތް ޞަރަޙައްދުގައި ހިނގިއެވެ. ނަސްރާ ދައްކަމުން ދިޔަ ވާހަކަތައް ޔޫނުސް އަހާ ހިތުން އަޑު އަހަމުން ދިޔައެވެ. އޭނަ އަނެއްކާވެސް އެއާރޕޯޓަށް ވަންނަންޖެހޭ ވަގުތުޖެހުމުން ޔޫނުސްގެ ހިތް ދެރަވިއެވެ. އޭނަ އޭނަގެ އެއްކޮނޑުގައި އޮތް ދަބަހުގައި ހިފަހައްޓައިގެން ހުރެ ނަސްރާގެ އަތުން ދޫކޮށްލީ ހިތާއި ދެކޮޅަށް ލަސްލަހުންނެވެ. އެއާރޕޯޓަށްވަދެ އޭނައާއި ނަސްރާގެ ދެމެދުން ބިއްލޫރި ދޮރު ލެއްޕިގެން ދިޔުމުން ވެސް ޔޫނުސްއަށް ފަހަތް ބަލާލެވުނެވެ. ނަސްރާގެ މޫނު ނުފެނުނެއްކަމަކު އޭނަ ހުރީ ހިނިތުންވެގެންކަމަށް އޭނަގެ ލޯ ޢިޝާރާތް ކުރިއެވެ. އެހެންކަމުން ޔޫނުސް ވެސް ނަސްރާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އަނެއްކާވެސް ނަސްރާއަށް ފަސްދީފައި ދާން ހިނގައިގަތެވެ.

 

ޔޫނުސް މާލެއަށް ގޮސް ނަވާޒްގެ ގެއަށް ދާން ހިތަށްއެރިއެވެ. އެހެނަސް އޭނައަށް ނަވާޒާއި ރީތިކޮށް ވާހަކަ ދެއްކޭނެހެން ހީނުވީތީ ޚިޔާލު ބަދަލުކޮށްލަމުން ހޮޓަލަކަށް ދިޔައެވެ. ކުއްޔަށް ހިފި ކޮޓަރިއަށް ވަދެ އޭނަ މާދަމާގެ އިންޓަވިއުއަށްޓަކައި ތައްޔާރުކުރި ސުވާލުތައް ނަގައި ފަރިތަކުރަން ފެށިއެވެ. އޭނަ ނަވާޒާއި ހިނިތުންވުމަކާއެކީ ވާހަކަ ދައްކާ މަންޒަރު ސިފަކުރަން ވެސް ޔޫނުސްގެ ސިކުނޑި ނުކުޅެދެއެވެ. އޭނަ ނަވާޒާއި ހިނިތުންވާންވީ ކީއްވެހެއްޔެވެ؟ އޭނަގެ މުޅި ޒުވާން ޢުމުރު ބަރުބާދުވެގެން ދިޔައީ ނަވާޒާއި ހެދިއެވެ. އޭނައާއި އޭނަގެ މަންމަ ނިކަމެތިވެގެން ދިޔައީ ހަމަ އެ ނަވާޒާއި ހެދިއެވެ. އޭނައާއި އޭނަގެ މަންމަ އެ ޙާލަށް ދޫކޮށްފައި ނަވާޒް އުޅެމުން ދިޔައީ ޝާހީ ދިރިއުޅުމެކެވެ. ނަވާޒް އެހެން މީހަކާއި އިނދެގެން ހިތުން އުޅުނީ މާޒީގައިވީ ހުރިހާ ކަމެއް ހަނދާން ނައްތާލަން ހެއްޔެވެ؟ އޭނަގެ އަންހެނުންނާއި ދަރިފުޅު މަރުވެގެން ދިޔައީ ހަމަ ރަނގަޅަށެވެ. އޭނައަށް ޙައްޤުވަނީ އެގޮތެވެ.

 

ނަފްރަތުން ފުރިގެންވި ޚިޔާލުތަކުން ޔޫނުސްގެ ސިކުނޑި ފުރިގެން ދިޔައެވެ. އޭގެ ސަބަބުން އޭނަގެ ހިތުގައި މީގެ އަހަރުތަކެއް ކުރިން އުފެދުނުފަދަ ޝުޢޫރެއް އުފެދުނެވެ. އޭނަގެ ބައްޕައަށްވުރެ އޭނަ މޮޅުކަން ބައްޕައަށް ދެއްކުމެވެ. މިއަދު އެހެންނޫނަސް އޭނަ ވަނީ މަޝްހޫރު، މޮޅު މީހަކަށްވެފައޭ ޔޫނުސްގެ ހިތް ބުންޏެވެ. ދެންވީ އެ ނަވާޒް ދަށަށް ޖައްސާލާށެވެ. އެ ޖުމްލަ ހިތަށް އެރުމާއެކު ޔޫނުސް އޭނަ ހިފަހައްޓައިގެން ހުރި ކްލިޕް ބޯޑުގައި ހައްޔަރު ކުރެވިފައިހުރި ގަނޑަށް ސުވާލުތައް އިތުރު ކުރަން ފެށިއެވެ. އަދި އެ ސުވާލުތަކުގެ ޖަވާބުގައި ނަވާޒް އަމިއްލަ ދިފާޢުގައި ބުނެލާނެ އެއްޗަކާމެދު ވެސް ވިސްނުމަށްފަހު އިތުރު ސުވާލުތައް ލިޔުނެވެ.

 

އޭގެ އަނެއްދުވަހުގެ ރޭ ނަވާޒް އޭނަގެ ކޮޓަރީގައި ހުރި ދިގު ލޯގަނޑު ކުރިމަތީގައި ހުރީ ފުރިހަމަ ހިނިތުންވުމެއްގައެވެ. ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައި އޭނަ ތައްޔާރުވެގެން ހުންނަތާ މިހާރު ބައިގަޑިއިރު ވެދާނެއެވެ. ޔޫނުސް ހަމަ ދެންމެ ދެންމެ އައިސް ދާނެއޭ ބުނެ އޭނަގެ ހިތް ތެޅެމުން ދިޔައެވެ. އެންމެ ފަހުން މީހަކު ކޮޓަރީގެ ދޮރު ހުޅުވައި އެމީހުން އައިއްސިއޭ ބުނެލި އަޑަށް ނަވާޒަށް އުފާވެގެން ދިޔަ ހިތަކާއެކީ އެދިމާލަށް ބަލާލެވުނެވެ. އޭނަ އަވަސް ހިނގުމެއްގައި ކޮޓަރިން ނިކުމެގެން ދިޔައެވެ.

 

ގޭގެ ބޮޑު ސިޓިންގް ރޫމަށް ނަވާޒް ދިޔައިރު ޔޫނުސްއާއެކީ އެހެނިހެން 5 މުވައްޒަފަކު ވެބިނާރއަށްޓަކައި ތައްޔާރު ކުރަމުން ދިޔައެވެ. ކަޅު ކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި ޔޫނުސް ފުރަގަހުން ފެނިފައި ވެސް އެއީ އޭނަގެ ދަރިފުޅުކަން ނަވާޒަށް އެނގުނެވެ. ޔޫނުސް ކޮންމެވެސް މީހެއްގާތު އެއްޗެކޭ ބުނެފައި ފަހަތް ބެލިއިރު އޭނައާއި ނަވާޒްގެ ހަތަރުކަޅި ހަމަވިއެވެ. ނަވާޒްގެ މޫނުމައްޗަށް ވަގުތުން ހިނިތުންވުމެއް ވެރިވިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި ޔޫނުސް ނުރުހުންތެރިކަމާއެކީ މޫނު އަނބުރާލި ގޮތުން ނަވާޒްގެ ހިނިތުންވުން ފޭދުނެވެ.

 

އިންޓަވިއު ފެށެން 30 ސިކުންތައްވެފައި ވަނިކޮށް ޔޫނުސްއާއި ނަވާޒް ސިޓިންގް ރޫމުގެ މެދުގައި ހުރި މޭޒުގެ ދެފަރާތުގައި ވަކިން ހުރި ދެ ސޯފާގައި އިށީނެވެ. ނަވާޒް ޔޫނުސްއަށް ބަލަން އިންއިރު ޔޫނުސް ދެއަތްދެއަތާއި ހާކަމުން ދެއަތް ޖޯޑުކޮށް ދުރުހޯދޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. 30 ސިކުންތު ހަމަވުމާއެކު ޔޫނުސް ހިނިތުންވުމަކާއެކީ ކެމެރާއަށް ނަޒަރު ހުއްޓާލަމުން އޭނަ ޢާއްމު ގޮތެއްގައި ވެސް ވެބިނާރ ތަޢާރަފު ކުރާ ގޮތަށް ތަޢާރަފުކޮށްލިއެވެ. އެއަށްފަހު މިރޭ އޭނައާއިއެކީ ހުރީ ހުސެއިން ނަވާޒް ކަމަށް ބުނެ އޭނަ ނަވާޒަށް މަރުޙަބާ ކިޔުނެވެ. ނަވާޒް ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. ނަވާޒް ކުރިމަތީގައި އިންތަން ބަލަންވުމުން ވެސް ޔޫނުސްގެ މޫޑު ޚަރާބުވިއެވެ. އިންޓަވިއު ހުއްޓާފައި މިތަނުން ފިލަންވީއޭ ހިތަށްއެރިއެވެ. އެހެނަސް މިވަގުތު އެތައް ހާސް ބަޔަކު މި މަންޒަރު ބަލަން ތިބޭނެކަން ހަނދާންކޮށް ޔޫނުސް މަނިކުފާނު ކިހިނެއްތޯ ސުވާލުކޮށްލިއެވެ. ނަވާޒްވެސް އޭނަގެ ހިތަށް މާ ބޮޑު އަސަރެއް ނުކުރާކަމަށް ހެދެމުން ރަނގަޅޭ ބުނެލިއެވެ.

 

ޔޫނުސް މި އިންޓަވިއު ވެސް ފެށީ އެހެން އިންޓަވިއުތައް ފަށާ ސުވާލުތަކަކުންނެވެ. ޕާޓީގެ މަޤްޞަދުތަކަކީ ކޮބައިކަމާއި، އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ޤައުމަށްޓަކައި ޙާޞިލްކޮށްދޭން ބޭނުންވާ ލަނޑުދަނޑިތަކަކީ ކޮބައިކަމާއި އަދި އިންތިޚާބުން ކާމިޔާބުވުމުގެ ކިހާ ބޮޑު ޔަޤީންކަމެއް އޮތްކަމާއި ބެހޭ ސުވާލުތަކެވެ. މި ހުރިހާ ސުވާލުތަކަކަށް ވެސް ނަވާޒް ދިނީ ހަމަ އެހެނިހެން ސިޔާސީ ލީޑަރުން ވެސް ދިންފަދަ ޖަވާބުތަކެވެ. އޭނަ އާދަޔާ ޚިލާފު ޖަވާބެއް ދިނީ ޔޫނުސް އޭނަގެ ކޮރަޕްޝަންގެ ޢަމަލުތަކުގެ ވާހަކަ އިވޭ ވާހަކަ ބުނެފައި މިއީ ކިހާ ވަރެއްގެ ޙަޤީޤަތެއްތޯ ސުވާލުކުރުމުންނެވެ. ނަވާޒް އިރުކޮޅެއް ވަންދެން އިނދެފައި ވާހަކަ ދެއްކިއެވެ.

 

“ބައިވަރު ދުވަސްވަންދެން ދޮގު ހެދިއްޖެ. އެކަމަކު މިއަދު ދޮގު ހަދާ ހިތެއްނުވޭ. އެ ހުރިހާ ޚަބަރުތަކަކީ ވެސް ތެދު ޚަބަރުތައް. އެކަމަކު………ދެން ބޭނުމެއްނުވޭ އެކަހަލަ އެއްވެސް ކަމެއްކުރާކަށް. ކިތަންމެ ގިނައިން ފައިސާ ލިބުނަސް ހިތް ނުފުރޭނެކަން ދަސްވެއްޖެ. ފައިސާއެއްނޫން ހުރިހާ ކަމަކީ.” ނަވާޒް ބުނެލި ވާހަކައިން މުޅި ތަނަށް ހިމޭންކަން ވެރިވިއެވެ. އެކި ކަންކޮޅުތަކުން އިންޓަވިއު ބަލަމުން ދިޔަ މީހުންވެސް ތިބީ އިވުނު އެއްޗެއް ޤަބޫލުކުރަން ދަތިވެފައެވެ. އަމިއްލަ އެޕާޓްމެންޓްގެ ސޯފާގައި ލެޕްޓޮޕުން އިންޓަވިއު ބަލަން އިން އަމީނަށް ވެސް ބިރެއް ފެނިގެން އުޅޭ ފަދައަކުން ސީދާވެލެވުނެވެ.

 

ބުނާނެ އެއްޗެއް ނޭނގިފައި އޭނަގެ ކުރިމަތީގައި އިން ޔޫނުސްއަށް ބަލަން އިންދާ ނަވާޒަށް ނޭނގި އޭނައަށް ހިނިތުންވެލެވުނެވެ. އޭނަ ޙަޤީޤަތުގައި ވެސް މިރޭ ދޮގެއް ހަދާކަށް ބޭނުމެއްނުވީއެވެ. އޭނަގެ ދަރިފުޅު އެތައް އަހަރުތަކެއް ފަހުން އޭނައާއި ލޯބިން ވާހަކަ ދައްކަމުން ދާއިރު އޭނަ ދޮގެއް ހަދާނީ ކިހިނެއް ހެއްޔެވެ؟ ދޮގެއް ހެދިއްޔާ އަނެއްކާވެސް ޔޫނުސް އޭނައާއި ދުރަށް ގޮސްދާނެ ނޫންހެއްޔެވެ؟

 

ޔޫނުސް އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން ކެމެރާގެ ފަހަތުގައި ހުރި މީހަކު ވައިއަޑުން ޔޫނުސްއަށް ގޮވާލައިފިއެވެ. އެއާއެކު ހަމަހޭވެރިކަމެއް ލިބިގެން ދިޔަ ޔޫނުސްއަށް ވާހަކަ ދެއްކުނެވެ.

 

“އަމް……..އެހެންވީމަ މާނައަކީ މަނިކުފާނު އިންތިޚާބު ކާމިޔާބުކޮށްފިނަމަ މަނިކުފާނާބެހޭ އެފަދަ ޚަބަރެއް ނުފެންނާނެއޭ ދެއްތޮ؟” ޔޫނުސްއަށް މާ ބޮޑު ވިސްނުމެއްނެތި ކޮށްލެވުނީ އެ ސުވާލެވެ. އެއާއެކު އޭނައަށް އެކަމާމެދު ހިތާމަކުރެވުނެވެ. ނޭނގުމެއްގެ ތެރެއިން ވެސް އޭނައަށް ޢިޝާރާތް ކުރެވުނީ ނަވާޒަކީ ރަނގަޅު މީހަކަށް ވެދާނެކަމަށެވެ. ނަވާޒް ތުންފިއްތާލަމުން ބޯޖަހާލިތަން ފެނިފައި ޔޫނުސްގެ ހިތުގައި ރުޅީގެ އަލިފާނެއް ރޯވިއެވެ. އަމިއްލަ ކުށާއި އެއްބަސްވީ ވެސް މީހުންގެ ސަމާލުކަން ހޯދައި އޭނައަކީ ގޯސް މީހަކަށް ނުވާނެކަން ދެއްކުމަށްޓަކައިތާއޭ ހިތަށްއެރިއެވެ. ޔޫނުސް ވަގުތުން ނަވާޒްގެ ރޭވުން ފޭލްކޮށްލަން ބޭނުންވިއެވެ.

 

“ދެން އޮތީ އަޅުގަނޑު އަމިއްލައަށް އަޑުއަހާފައިވާ ވާހަކައަކާ ގުޅޭ ސުވާލެއް. އަޅުގަނޑަށް އިވިފައިވާ ގޮތުގަ މަނިކުފާނު މާލެއަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ކައިވެންޏެއް ބައްލަވާފަވަނީ. އެ ކައިވެނިން ކުއްޖަކު ވެސް ލިބިވަޑައިގެންނެވި. ދެން އެ ކައިވެނި ރޫޅުމުން މަނިކުފާނު އަނބިމީހާއާއި އެކުއްޖާއާއި ދޭތެރޭ ވަރަށް ދެރަކޮށް ކަންތައް ކުރެއްވި ވާހަކަ އަޅުގަނޑު އަޑުއެހިން. މިއީ ތެދެއްތޯ؟” ޔޫނުސް އޭނަގެ ރުޅިވެރިކަން މޫނުމަތިން ފާޅުނުކޮށްވެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނަ ކޮންމެވެސް ވަރަކަށް ނުރުހިފައި ހުރިކަން ރަނގަޅަށް އަޑުއަހަން ހުރި މީހަކަށް އެނގޭނެއެވެ. އެންމެ ރަނގަޅަށް އެކަން އެނގުނީ ޔޫނުސްގެ ތޫނު ނަޒަރު އަމާޒުވެފައިވި ނަވާޒަށެވެ. ނަވާޒް އެ ސުވާލު ކުރިތާ އިރުކޮޅެއްފަހުން އިސްޖަހާލިއެވެ.

 

“އެއީ ތެދެއް.” ނަވާޒް އިސްއުފުލައި ޔޫނުސްއަށް ބަލާލަމުން ބުނެލީ ހަމައެކަނި އެހާވަރަށެވެ.

 

ނުނިމޭ

The post Hijra (Part 46) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hijra-part-46/feed/ 0 466
Hijra (Part 45) https://blog.storiesbyjana.com/hijra-part-45/?utm_source=rss&utm_medium=rss&utm_campaign=hijra-part-45 https://blog.storiesbyjana.com/hijra-part-45/#respond Fri, 16 Apr 2021 11:43:42 +0000 https://blog.storiesbyjana.com/hijra-part-44-copy/

“މަންމާ ޕްލީޒް. މި ޙާލަތުގަ އަހަރެން ސިނާނާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ ބަދަލުގަ އޭނައާއެކީގަ ހުރިއްޔާ އޭނަ އިސްލާޙުވުމުގެ ފުރުޞަތު މާ ބޮޑު. އަހަރެން ބޭނުމެއްނޫން އަހަރުމެންގެ ދެމެދުގަ ބަދަލު ހިފުމުގެ މުބާރާތެއް ފެށެން. އެއަށްވުރެ މާ ރަނގަޅުވާނެ އަހަރެން މަޢާފުކޮށްފިއްޔާ.” މިސްބާޙް ބޯހޫރުވަމުން އިސްޖަހާލިއެވެ. ޒާހިޔާ ކަރުނުން ފުރެމުން ދިޔަ ދެލޮލާއެކީ އޭނަގެ ދަރިފުޅުގެ ގައިގައި ބައްދާލިއެވެ. އެވަގުތު އެދެމައިންނަށް ނޭނގުނު ކަމަކީ އެ ކޮޓަރީގެ ބޭރުގައި ދޮރުކައިރީގައި އެ ހުރިހާ ވާހަކައެއް އަޑުއަހަން ވަޙީދު […]

The post Hijra (Part 45) appeared first on Stories by Jana.

]]>

“މަންމާ ޕްލީޒް. މި ޙާލަތުގަ އަހަރެން ސިނާނާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ ބަދަލުގަ އޭނައާއެކީގަ ހުރިއްޔާ އޭނަ އިސްލާޙުވުމުގެ ފުރުޞަތު މާ ބޮޑު. އަހަރެން ބޭނުމެއްނޫން އަހަރުމެންގެ ދެމެދުގަ ބަދަލު ހިފުމުގެ މުބާރާތެއް ފެށެން. އެއަށްވުރެ މާ ރަނގަޅުވާނެ އަހަރެން މަޢާފުކޮށްފިއްޔާ.” މިސްބާޙް ބޯހޫރުވަމުން އިސްޖަހާލިއެވެ. ޒާހިޔާ ކަރުނުން ފުރެމުން ދިޔަ ދެލޮލާއެކީ އޭނަގެ ދަރިފުޅުގެ ގައިގައި ބައްދާލިއެވެ. އެވަގުތު އެދެމައިންނަށް ނޭނގުނު ކަމަކީ އެ ކޮޓަރީގެ ބޭރުގައި ދޮރުކައިރީގައި އެ ހުރިހާ ވާހަކައެއް އަޑުއަހަން ވަޙީދު ހުރިކަމެވެ. އޭނަ ސީރިއަސް މޫނަކާއެކީ އިރުކޮޅެއް ވަންދެން ހުރިތާ ހުރެފައި ގެއިން ނިކުންނަން ހިނގައިގަތެވެ.

 

މިސްބާޙް ދެއްކި ވާހަކަތައް އިވިފައި ވަޙީދުގެ ހީ ޔަޤީނަކަށް ބަދަލުވިއެއްކަމަކު އޭނަ ސިނާނާއި ހަމައަށް ދިޔުމުގެ ކުރިން އަދިވެސް އިތުރަށް ހޯދަން ބޭނުންވިއެވެ. ކަން ހިނގިގޮތް ޒާހިޔާއާއި މިސްބާޙްގެ ނަޒަރިއްޔާތު ފިޔަވައި އެހެން މީހުންގެ ނަޒަރިއްޔާތުތަކުން ވެސް ދެނެގަންނަން ބޭނުންވިއެވެ. އެހެންކަމުން އޭނަ އެރޭ ޖަލްސާއަށް ގޮސް ވާހަކަ ދެއްކީ ކާކުތޯ ހޯދުމަށްޓަކައި ރަށުގެ އެކި މީހުންނާއި ސުވާލުކުރަމުން ދިޔައެވެ. ލިބުނު ޖަވާބުތަކުން އޭނައަށް އެންމެ ފަހަކަށް ޝަރީފްގެ ފިހާރައަށް ދެވުނެވެ. ކަން ދިމާ ކުރި ގޮތުން ޝަރީފް ހުރީ ފިހާރައަށް އަލަށް ގެނެވޭ އެއްޗެހި ލައި އެއެއްޗެއްސަށް އަގު ހެދުމަށްޓަކައި ހަދާފައި ހުންނަ އޮފީހުގައެވެ. ވަޙީދު އެ އޮފީހަށް ގޮސް މޭޒުދޮށުގައި އިން ޝަރީފަށް އަދަބުވެރިކަމާއެކީ ތަޢާރަފުވެ ސަލާމްކޮށްލިއެވެ. ވަޙީދަކީ މުޅި ޤައުމުން ވެސް ހޮވާލެވޭފަދަ މަޝްހޫރު ވިޔަފާރިވެރިއަކަށްވީތީ ޝަރީފް ވަގުތުން ކޮޅަށް ތެދުވެ ހެވިފައި ހުރެ ވާހަކަ ދެއްކިއެވެ. އެހެނަސް ދުރުދުރުން ވާހަކަ ދައްކަމުން ގޮސް ވަޙީދު ފެށި ވާހަކައިން ޝަރީފްގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ. ވަޙީދު އެއީ ޙަޤީޤަތުގަ މިސްބާޙްގެ ކަމެއްނޫންދޯއޭ ބުނެލި ތަނާހެން ޝަރީފް ވާހަކަ ދެއްކިއެވެ.

 

“އަޅުގަނޑަށް އެނގޭ މިސްބާޙަކީ ތި ބޭފުޅާއަށް ބޮޑުބޭބެ ކިޔާ ކުއްޖެއްކަން. އެކަމަކު އޭގެ ސަބަބުން އަޅުގަނޑެއް ނުބުނާނަން އޭނަ ރަނގަޅެކޭ. ކުއްޖަކު ނުބައި ކަމެއް ކުރީމަ އަޅުގަނޑުމެން ނުވާނެދޯ އެ މީހުންނަށް އެގޮތަށް ކަންތައް ކުރުމަށް ހިތްވަރުދޭން؟” ޝަރީފް ސީރިއަސް ނަޒަރެއްގައި ހުރެ މަޑުމައިތިރި އަޑަކުން ބުންޏެވެ.

 

“އާނ އެކަމަކު އަޅުގަނޑަށް މިއަދު އިވުނު ވާހަކައަކުން ހީވަނީ މިސްބާޙެއްނޫންހެން ގޯސްކަމެއްކުރަން އުޅުނީ.” ވަޙީދު ދެބުމަ ކައިރިކޮށްގެން ހުރެ ބުނެލިއެވެ.

 

“މިސްބާޙް ފެށުނީއްސުރެ ވެސް އަޅުގަނޑު އެރޭ ސަލާމަތް ކުރި އަންހެން ކުއްޖާއާއި ކައިރިވާން މަސައްކަތް ކުރި. އަޅުގަނޑު އަމިއްލަ ލޮލުން ދުށިން.” ޝަރީފް ހިސާބަކަށް ރުޅި އައިސްފައި ހުރެ ބުންޏެވެ. ޝަރީފްގެ ވާހަކައިން ވަޙީދު އޮޅުން އެރިއެވެ. މިއީ އަދި އެހާ ފަސޭހައިން ދެނެގަނެވޭނެ ކަމެއްނޫންކަން އޭނައަށް އެނގުންވިއެވެ. އޭނައަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

 

“ޝަރީފަށް އެނގޭތަ އެއީ ކޮން ގެއެއްގެ އަންހެން ކުއްޖެއްކަން؟” ވަޙީދު ސުވާލުކުރިއެވެ. އެއާއެކު ޝަރީފްގެ ހިތް ނުތަނަވަސްވިއެވެ. ހިނދުކޮޅަކަށް ހުއްޓުން އަރާފައި ހުރުމަށްފަހު އޭނައަށް ވާހަކަ ދެކެވުނެވެ.

 

“އަޅުގަނޑަކަށް ނޭނގޭ އެއީ ކޮން ކުއްޖެއްކަމެއް. މި ރަށު ކުއްޖެއްނޫން އެއީ. އެ ކުއްޖާ ބުނެދީގެން އެކުއްޖާ ގެއަށް ގެންދެވުނީވެސް. މިހާރު ހަނދާނެއްނެތް އެގޭގެ އެޑްރެސް.” ޝަރީފް އޭނަގެ މޫނުމަތިން ކަންބޮޑުވުން ފިލުވަން މަސައްކަތް ކުރަމުން ބުނެލިއެވެ. ދޮގެއް ހެދުނީތީ އޭނަގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. އެހެނަސް އޭނަ ދޮގެއް ހެދީ އަމިއްލަ ދަރިފުޅަށްޓަކައިކަމަށްބުނެ ޝަރީފް އަމިއްލަ ނަފްސަށް ބަހަނާއެއް ދެއްކިއެވެ.

 

“އެކުއްޖާ ނޭނގެންޏާ ޝަރީފަށް ކިހިނެއް އެނގެނީ މިސްބާޙް އެކުއްޖާއާއި ކައިރިވާން އުޅުނުކަން؟” ވަޙީދު ދެންވެސް ނިތަށް ރޫއަރުވައިގެން ހުރެ އަހާލިއެވެ.

 

“އެކުއްޖާ ދަނީ އަޅުގަނޑުގެ ދަރިފުޅުދާ ސްކޫލަށް. ދަރިފުޅު ބަލައި ދާ ކޮންމެ ފަހަރަކު ފެނޭ މިސްބާޙް އެ އަންހެން ކުއްޖާއާއެކީ ހުންނަތަން.” ޝަރީފް މިފަހަރު އިހުނަށްވުރެ ފަސޭހައިން ޙަޤީޤަތް އޮޅުވިއެވެ. ވަޙީދު ދެންވެސް ޤަބޫލުކުރަން ނޭނގިފައި ހުރެ މަޑުމަޑުން ބޯޖަހާލިއެވެ. އެއަށްފަހު ގަދަކަމުން ހިނިތުންވެލަމުން އެންމެ ރަނގަޅޭ ބުނެ ޝުކުރު އަދާކޮށް ޝަރީފާއި ސަލާމް ކޮށްލަމުން އޮފީހުން ނިކުމެގެން ދިޔައެވެ. އެވަގުތު ޝަރީފްގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ މިސްބާޙަށް ޙައްޤުވާ އަދަބު އޭނައަށް ލިބެން އުޅޭހެން ޝަރީފަށް ހީވުމުންނެވެ. އޭނައަށް ނޭނގުނު ކަމަކީ ވަޙީދު އޭނަ ބުނި ވާހަކަތައް ޤަބޫލު ނުކުރާކަމެވެ. އަދިވެސް އިތުރު ހޯދުންތައް ހޯދަންޖެހޭ ކަމުގައި ވަޙީދު ދެކުނެވެ.

 

އެރޭގައި ކަންތައް ހިނގިގޮތް ސާބިތުކުރެވޭނެ ގޮތަކާއިމެދު ވިސްނަމުން ދިޔައީ ވަޙީދު އެކަންޏެއްނޫނެވެ. އަފްރީން ވެސް އޭނައަށް ލިބޭ ހުސް ވަގުތުތަކުގައި މިސްބާޙްގެ މައުސޫމްކަން އެންމެނަށް ޔަޤީންކޮށްދެވޭނެ ފަދަ ގޮތެއް ރޭވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. މިގޮތުން އޭނަ އެދުވަސްތަކުގެ މަތިން ހަނދާންކޮށް އޭނައަށް އެއްވެސް ހެއްކެއް ލިބޭނެ ގޮތެއް އޮތްތޯ އަމިއްލަ ނަފްސާއި ސުވާލުކުރެއެވެ. ނައުފާމެންގާތު ބައްޕަކައިރީގައި ހުރިހާ ވާހަކައެއް ކިޔައިދިނުމަށް އެދެންވީ ކަމުގައި އަފްރީންގެ ހިތް ބުނެއެވެ. އެހެނަސް ނައުފާމެން އޭނަ ބުނާހާ ގޮތަކަށް ކަންތައް ކުރާނެ ހެއްޔެވެ؟ މިއަދު ވެސް އެމީހުން އޭނައާއި ދެކޮޅަށް ރޭވުމެއް ނުރާވާކަމެއް ނޭނގެއެވެ. މިއަދުވެސް ސިނާނާއި އެމީހުންނާއި މެދުގައި ގުޅުމެއް އޮންނާނެބާވައެވެ. އެ ސުވާލު ހިތަށްވެރިވާ ކޮންމެ ފަހަރަކު އަފްރީންގެ އެ ހިތް ބިރުގަނެއެވެ. އެހެނަސް އޭނަގެ އެހީތެރިއެއް ކަމުގައި ﷲ އަބަދުވެސް ވޮޑިގެންވާކަން ހަނދާން ކުރުމުން އޭނަގެ ހިތް ހަމަޖެހެއެވެ.

 

އެއްދުވަހު އަފްރީން ފޭސްބުކަށް ވަދެގެން އިންދާ އޭނައަށް ފްރެންޑް ރިކުއެސްޓެއް ލިބުނެވެ. އެއީ ކާކުގެ ރިކުއެސްޓެއްތޯ ބެލިއިރު އޭތި ލިބިފައިވަނީ “ރާޔާ ވަޙީދު” ނަމަކަށް ކުއްޖެއްގެ ފަރާތުންނެވެ. ނަމުގެ ދަށުގައި އެއްވެސް ނަމެއް ނެތުމުން މިއީ އޭނައަށް އެއްގޮތަކަށްވެސް ނޭނގޭނެ ކުއްޖެއްކަން އަފްރީނަށް އެނގުންވިއެވެ. ރާޔާ އިތުރަށް ދެނެގަތުމަށްޓަކައި އޭނަ ރާޔާގެ ޕްރޮފައިލަށް ދިޔައެވެ. ޕްރޮފައިލް ޕިކްޗާރގައި ހުރީ، ރަތް ކުލައިގެ އަތްދިގު ކުރު ހެދުމަކާއި ފަޔާއި ހަމައަށް އޮތް ކަޅުކުލައިގެ ސްކާޓަކާއިއެކީ ރަތްކުލައާއި ކަޅުކުލައިގެ ރޮނގުތައް އެޅިފައިވާ ޝޯލްއެއް އަޅައިގެން ފެންއަރުވާ ވަޑާމެއްގެ ކުރިމަތީގައި ހުއްޓި ހުރި އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ފުރިހަމަ ހިނިތުންވުން އަފްރީނަށް ކޮންމެވެސް މީހެއްގެ މަތިން ހަނދާން ކޮށްދިނެއްކަމަކު އެއީ ކާކުގެ ހަނދާނެއް ކަމެއް ނޭނގުނެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިންދާ އަފްރީނަށް މެސެޖެއް ލިބުނެވެ.

 

“ވީ ނީޑް ޓު ޓޯކް.” ރާޔާ ފޮނުވި މެސެޖުގައި އޮތީ ހަމައެކަނި އެހެންނެވެ. އަފްރީނަށް ޙައިރާންވެފައި އެ މެސެޖަށް ބަލަން އިނދެވުނެވެ.

 

**

 

ނަސްރާގެ ޚިޔާލާއި އެއްގޮތަށް ޔޫނުސް ރާއްޖެ ޕްރެސްގެ އެހެނިހެން މުވައްޒަފުންނާއެކީ ވެބިނާރއެއް ބޭއްވުމަށްޓަކައި ސިޔާސީ ލީޑަރުންގެ އިޒުނަ ހޯދޭތޯ މަސައްކަތް ކުރިއެވެ. ވައިބާރ މެދުވެރިކޮށް އޭނަގެ ބައިވެރިން އެންމެ ފުރަތަމަ ވެސް ނަވާޒްގެ އިޒުނަ ހޯދުމުގެ ވާހަކަ ދެއްކުމުން ޔޫނުސް ވީ ފޫއްސާއެކީ އެ އިންޓަވިއު ބާއްވާނީ އެންމެ ފަހުން ކަމުގައި ބުނެލިއެވެ. އޭގެ ބަދަލުގައި އެވަގުތު އެރަށަށް އައިސްފައި ހުރި ސިޔާސީ ލީޑަރަކު އިންޓަވިއު ކުރުމުގެ ޚިޔާލު ޔޫނުސް ދިނެވެ. ބައެއް މީހުން އެކަމާ ނުރުހުން ފާޅުކުރިއެއްކަމަކު އެ ބައްދަލުވުން ނިމުނީ ޔޫނުސްގެ ޚިޔާލަށް އެންމެން އެއްބަސްވުމަށްފަހުގައެވެ.

 

ޔޫނުސް ހީކުރިވަރަށްވުރެ ވެސް ފަސޭހައިން އޭރު އެރަށަށް އައިސްފައި ހުރި ސިޔާސީ ލީޑަރެއް ކަމަށްވާ ސުހެއިލް ޙަސަން ވެބިނާރއަށް އައުމަށް އެއްބަސްވިއެވެ. އެއްބަސްވީ ވެސް ނުހަނު ކުޑަ އަގަކަށެވެ. ޔޫނުސް ވީ އުފަލާއެކީ އޭނަގެ ބައިވެރިންނަށް އެ ވާހަކަ އެންގިއެވެ. ވެބިނާރއެއް ބާއްވަން ނިންމީއްސުރެ ރާއްޖެ ޕްރެސްގެ މުވައްޒަފުން ސޯޝަލް މީޑިޔާ މެދުވެރިކޮށް އެއާއިބެހޭ މަޢުލޫމާތުތައް ޢާއްމުންނާއި ޙިއްޞާކުރަން ފެށިއެވެ. ފުރަތަމަ އިންޓަވިއު ނުވެސް ބޭއްވެނީސް އެ އިންޓަވިއުތައް ބޭއްވުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔައެވެ. މިފަދަ ގޮތަކަށް ސިޔާސީ ލީޑަރުން އިންޓަވިއު ކުރުމަކީ އާ ކަމަކަށްވާތީވެއެވެ. އަދި ބައެއްމީހުން ޔޫނުސް ޕްރެޒެންޓަރެއްގެ ގޮތުގައި ދެކެން ބޭނުންވާކަން ވެސް ކޮމެންޓްތަކުން އެނގެމުން ދިޔައެވެ.

 

ޔޫނުސް އިންޓަވިއުއެއް ހުށަހަޅަން ނުހަނު މޮޅުވާނެ ކަމަށް ޢާއްމުން ބުނަމުން ދިޔައެއްކަމަކު ޙަޤީޤަތަކީ އެއީއެއްނޫނެވެ. ހުށަހެޅުމުގެ ޚިޔާލުން ވެސް އޭނަ ނުތަނަވަސްވަމުން ދިޔައެވެ. ވެބިނާރ ފަށައިގަންނާނެ ގޮތް އޭނަ ގަނޑެއްގައި ލިޔެ ސިއްރުސިއްރުން އަމިއްލަ ނަފްސަށް ކިޔައިދެމުން ދިޔައެވެ. ނަސްރާއަށް ވެސް “ފިލައިގެން” އޭނަ ފަރިތަކުރަމުން ދިޔައީ، އޭނަގެ ނަޒަރުން އޭނައަށް އެ ލިޔުން ކިޔެމުން ދިޔައީ އެންމެ ކަމުދާ ގޮތަށް ކަމުގައި ނުވާތީވެއެވެ.

 

“ތިގޮތައްތަ ހުށަހަޅަން އުޅެނީ؟” އެއްރެއެއްގެ ދަން ގަޑިއެއްގައި ޔޫނުސް އޭނަގެ ގަނޑުތައް ހިފައިގެން ސިޓިންގް ރޫމުގެ ސޯފާގައި ކިޔަން އިންދާ ފުރަގަހުން އިވުނު ނަސްރާގެ އަޑަށް އޭނަ ސިއްސައިގެން ދިޔައެވެ. އޭނަ ފަސްއެނބުރި ބަލާލި ވަގުތު ސޯފާގެ ކައިރީގައި ހުރި ނަސްރާއަށް ހެވެން ފެށިއެވެ. ޔޫނުސްއަށް ވެސް ރަތްވެގެން ދިޔަ މޫނަކާއެކީ އިސްޖަހާލަމުން އަމިއްލަ ނަފްސަށް މަލާމާތް ކުރާ ފަދައަކުން ލުއި ގޮތަކަށް ހީލިއެވެ. އޭނަ މާޔޫސީ ގޮތަކަށް އަތުގައި އޮތް ގަނޑާއި ދިމާލަށް ނަޒަރު ހުއްޓާލި ގޮތުން ނަސްރާގެ ހުނުން މަޑުވިއެވެ. މިއީ ސަމާސާކުރަންވީ ވަގުތެއްނޫންކަން ނަސްރާއަށް އެނގުންވިއެވެ. އޭނަ ޔޫނުސްއަށް ބަލަން ހުރެފައި ގޮސް ޔޫނުސްގެ ކައިރީގައި އިށީނެވެ. އަދި އޭނައަށް އެ ގަނޑު ދެއްކުމަށް އެދުނެވެ. ޔޫނުސް ނަސްރާއަށް ބަލާފައި ގަނޑު ނަސްރާގެ އަތަށް ލައިދިނުމުން އޭނަ އޭތި ކިޔަން ފެށިއެވެ. އަދި މިއަށްވުރެ ރީތި ގޮތަކަށް ވެސް ފެށިދާނެއެއްނޫންހެއްޔޭ ނަސްރާ ބުންޏެވެ. އިސްޖަހައިގެން ހުރި ޔޫނުސްއަށް ކުއްލިއަކަށް ނަސްރާއާއި ދިމާލަށް ބަލާލެވުނެވެ. ނަސްރާ ޔޫނުސްއަށް އޭނަގެ ޚިޔާލު ކިޔައިދިނެވެ. ޔޫނުސްއަށް ނަސްރާ ކިޔައިދިން ތަޢާރަފު މާ ކަމުދިޔައެވެ. އެހެން ކަމުން އޭނަ މޭޒުމަތީގައި އޮތް ގަލަމާއި ކްލިޕް ބޯޑް ނަގައި އާ ތަޢާރަފެއް ލިޔަން ފެށިއެވެ. އޭނަ ލިޔެ ނިމުނުތަނާހެން އޭތި ކިޔުމަށް ނަސްރާ އެދުނެވެ. ޔޫނުސް ވަގުތުން އިންކާރު ކުރިއެވެ. އެހެނަސް ނަސްރާ ގޮތްދޫނުކުރުމުން އޭނަ ޖެހުނީ ކިޔާށެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް ނަސްރާ އޭނަ ހުށަހެޅި ގޮތާއިމެދު މަލާމާތެއް ނުކުރެއެވެ. އޭގެ ބަދަލުގައި ހުށަހެޅުމުގައި ހުރި ނޭދެވޭ ކަންތައް ފާހަގަކޮށްދީ އެކަންތައް ރަނގަޅު ކުރވޭނެ ގޮތްތައް ކިޔައިދިނެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި ނަސްރާއާއެކީ ފަރިތަކުރަން ޔޫނުސްއަށް ފަސޭހަވިއެވެ. މާ ގިނައިރެއްނުވެ ޔޫނުސްއަށް ޚުދު އޭނައަށް ވެސް ކަމުދާފަދަ ގޮތަކަށް ތަޢާރަފު ކިޔެން ފެށިއެވެ. އޭނަ އެންމެ ފަހު ފަހަރަށް ތަޢާރަފު ކިޔައި ނިމުނުތަނާހެން ނަސްރާ އަތްތިލަ ބަޑިޖެހިއެވެ. ނަސްރާގެ އެ ޙަރަކާތުން ޔޫނުސްއަށް އަމިއްލަ ނަފްސާއިމެދު ފަޚުރުވެރިވެވުނެވެ. ތަޢާރަފު ފަރިތަކުރުމަށްފަހު ޔޫނުސް ނަސްރާއާއެކީ ސިޔާސީ ލީޑަރާއި ކުރާނެ ސުވާލުތައް ތައްޔާރު ކުރިއެވެ. އެއަށްފަހު ނަސްރާއަކީ ސިޔާސީ ލީޑަރެއް ކަމުގައި ދެކިގެން ޔޫނުސް އެ ސުވާލުތައް ނަސްރާއާއި ކުރިއެވެ. ނަސްރާ ދެމުން ދިޔަ ސަމާސާވެރި ޖަވާބުތަކަކުން ޔޫނުސްއަށް ހެވެމުން ދިޔައެވެ. ދެމީހުން ހުނުމުގައި ތިއްބާ ޔޫނުސްއަށް ނަސްރާ ވަރުބަލިވެފައިހުރި މިންވަރު އެނގުންވުމުން އޭނަ ނަސްރާގާތު ނިދަން ދިޔަޔަސް މައްސަލައެއްނެތް ކަމުގައި ބުންޏެވެ. ނަސްރާ ޔޫނުސްގާތު ވެސް އަވަހަށް އަންނާށޭ ބުނަމުން ކޮޓަރިއަށް ދިޔައެވެ. ޔޫނުސް އަދިވެސް އެއްފަހަރު އޭނަ ތައްޔާރު ކުރި ސުވާލުތައް މުރާޖަޢާކުރުމަށްފަހު ނިދަން ދިޔައެވެ. އޭނަ ނިދަން ތައްޔާރުވެގެން އެނދަށް އެރިއިރު ނަސްރާ އޮތީ ގަދަ ނިދީގައެވެ. ނަސްރާއަށް ބަލަން އިނދެ ޔޫނުސްއަށް ހީލެވުނީ ނަސްރާ ކުރި ސަމާސާތައް ހަނދާންވެފައެވެ. އެ ހަނދާންތައް އާވުމުގެ ތެރެއިން މިހާތަނަށް ނަސްރާ އޭނައަށްޓަކައި ކޮށްދީފައިވާ ކަންތައްތައްވެސް ސިކުނޑިއަށް ވެރިވުމުން ޔޫނުސްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. މީގެ އަހަރެއްހާ ދުވަސްކުރިން އޭނައަށް ބީރައްޓެއްސެއް ކަމުގައިވީ މީހަކު މިއަދު އޭނައަށް އިންތިހާއަށް މުހިއްމު މީހަކަށްވީ ގޮތުން ޔޫނުސްގެ ހިތަށް ޙައިރާންކަމެއް ވެރިވިއެވެ. އޭނައަށް ހިތާހިތުން ނަސްރާއަށްޓަކައި ހުރިހާ ހެވެއް އެދެވުނެވެ. ނަސްރާ އޭނަގެ ޙަޔާތުގައިވި ކަމަށްޓަކައި ޝުކުރުކުރެވުނެވެ. ޔޫނުސް ނަސްރާގެ މޫނުން ނަޒަރު ވަކި ކުރުމެއްނެތި އޮށޯތެވެ. އެއަށްފަހު ނަސްރާގެ ކައިރިއަށް ޖެހިލަމުން އޭނަގެ ގައިގައި ބައްދާލިއެވެ.

 

ވެބިނާރ ބާއްވަން ހަމަޖެހިފައި އޮތް ރޭ ޔޫނުސްއާއި އެ އަތޮޅުގައި އުޅޭ ރާއްޖެ ޕްރެސްގެ އެހެނިހެން 5 މުވައްޒަފުން ސުހެއިލް ކުއްޔަށް އުޅެމުން ދިޔަ ގެއަށް ކާރެއްގައި ދިޔައެވެ. އެގޭގެ ބޮޑު ސިޓިންގް ރޫމުގައި ބޭއްވިގެން ދިޔަ އިންޓަވިއު 20000 އަށްވުރެ ގިނަ މީހުން ސައިޓް މެދުވެރިކޮށް ވަގުތުން ބަލަމުން ދިޔައެވެ. ޔޫނުސް ސުހެއިލާއި ވާހަކަ ދައްކަމުން ދިޔައީ މާތް ބަހުން ކަމަށްވިޔަސް އޭނަގެ ވާހަކައިގައި އެކުވެރި ގޮތެއްވިއެވެ. ގިނަ ޢަދަދެއްގެ ބަޔަކު އިންޓަވިއު ބަލަމުން ދިޔައިރުވެސް އެކަމަށް ތަޢުރީފު ކުރިއެވެ. ޔޫނުސް ކުރަމުން ދިޔަ ސުވާލުތަކަކީ ގިނަ މީހުން ޖަވާބު ބޭނުންވެގެން ތިބި ސުވާލުތަކެއްކަމަށް އެންމެން ވެސް ޤަބޫލުކުރިއެވެ. ކޮންމެ ސިޔާސީ ލީޑަރެއް ފަދައިން ސުހެއިލް ވެސް ހުރިހާ ސުވާލުތަކަށް ޖަވާބު ދެމުން ދިޔައީ އޭނައަކީ އެންމެ ހެޔޮ މީހާހެން އެންމެނަށް ހީވާ ފަދައަކުންނެވެ. ޔޫނުސް އޭގެއިން އެއްވެސް ވާހަކައަކީ ދޮގަކަށް ވެދާނެ ކަމަކަށް ޢިޝާރާތެއް ނުކުރެއެވެ. އޭނަ އިންޓަވިއު ނިންމާލީ ވެސް ސުހެއިލަށް އިންތިޚާބުން ކާމިޔާބީއަކަށް އެދެމުންނެވެ. ވެބިނާރ ނިމުނުތަނާހެން ސައިޓްއިން އެ އިންޓަވިއު ފޮނުވާފައި ހުރި ގޮޅީގެ ދަށަށް އެތައް ބައެއްގެ ކޮމެންޓްތައް އަންނަން ފެށިއެވެ. ޔޫނުސްއަށްޓަކައި ތަޢުރީފުގެ ބަސްތައް އޮހެމުން ދިޔަ ވާހަކަ އެ ވެބިނާރއަށްޓަކައި މަސައްކަތް ކުރި ފައިޒާން ގެއަށް ދިޔަ މަގުމަތީގައި ބުންޏެވެ. ޔޫނުސް ކާރުގެ ކުރީ ސީޓުގައި އިނދެ ފަހަތް ބެލިއިރު ފައިޒާން އުނގުމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕުން އޭނަގެ ދެފަރާތުގައި ތިބި ދެ އެކުވެރިންނަށް ކޮމެންޓްތައް ދައްކާފައި ހެމުން ދިޔައެވެ. މި ވެބިނާރ މިހާ ކާމިޔާބުވީ ވެސް އަންހެން ކުދިން ޔޫނުސް ބަލަން ބޭނުންވާތީވެކަމަށް ފައިޒާން ބުންޏެވެ. ޔޫނުސް ކަޅިމައްޗަށް ހިންގާލަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. އޭނަ އެ ކޮމެންޓްތައް ބަލާހިތެއް ނުވެއެވެ. އެއީ އޭނައަށް އާ ކަމެއް ނޫނެވެ. އޭނަދެކެ ޙަޤީޤަތުގައި ލޯބިވާ މީހުންނަކީ އެއީއެއްނޫންކަން އޭނައަށް މިހާރު ސާފުކޮށް އެނގެއެވެ. އެހެންކަމުން އެ މީހުންގެ ޚިޔާލުތައް ދެނެގަތުން އޭނައަށް މާ މުހިއްމެއްނޫނެވެ. އޭނަ ބޭނުންވަނީ ނަސްރާ އޭނަ ހުށަހެޅިގޮތާއިމެދު ދެކޭ ގޮތް ދެނެގަންނާށެވެ.

 

ނުނިމޭ

The post Hijra (Part 45) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hijra-part-45/feed/ 0 462
Hijra (Part 44) https://blog.storiesbyjana.com/hijra-part-44/?utm_source=rss&utm_medium=rss&utm_campaign=hijra-part-44 https://blog.storiesbyjana.com/hijra-part-44/#respond Fri, 16 Apr 2021 11:42:07 +0000 https://blog.storiesbyjana.com/hijra-part-43-copy/

The post Hijra (Part 44) appeared first on Stories by Jana.

]]>

“އެދަނީ އޭނަ. ދޭ ފަހަތުން. އަނ……އެއްކަލަ ފަޅު މަގަށް އެޅުނީމަ މީތި ނަގާނީ.” އެ ފިރިހެން މީހާ އެހެން ބުނެލި އަޑަށް މިސްބާޙަށް ވަގުތުން ފަސްއެނބުރި ބަލާލެވެން އުޅުނެވެ. ނަމަވެސް އޭނަ ނޭނގޭ ކަމަށް ހެދިގެން ހުރެފައި އިރުކޮޅެއްފަހުން ޔޫނުސް ދަމުން ދިޔަ ދިމާލަށް ބަލާލިއެވެ. އެވަގުތު ޔޫނުސްއާއި ދިހަ ވަރަކަށް ފިޔަވަޅު ފަހަތުން ހިނގަމުން ދިޔަ ބޮޑު ކޯޓެއް ލައިގެން ހުރި ބިޔަ ފިރިހެނަކު ފެނިފައި މިސްބާޙްގެ ބުމަގޮށްޖެހުނެވެ. އޭނަ ލަސްތަކެއްނުކޮށް ކާރަށް އަރައި ދޮރު ލައްޕާލަމުން ކާރު ސްޓާޓްކޮށްލިއެވެ.

 

މިސްބާޙް އެ ބީރައްޓެހި މީހާގެ ފަހަތުން ކާރު ދުއްވަމުން ދިޔައީ އެމީހާއާއި ނުހަނު ދުރުންނެވެ. އޭނަ ދުއްވަމުން ދިޔަލެއް ދުރުކަމުން ކާރުގެ ހެޑްލައިޓްގެ އަލި އެމީހާއާއި ހަމައަށް ފޯރަނީ ކިރިޔަ ކިރިޔާއެވެ. ދުވަހަކުވެސް ނުދުއްވާހާ ދަށް ސްޕީޑެއްގައި ކާރު ދުއްވަމުން ދިޔައިރު ކޮންމެ ގޯޅިއަކަށް އެޅުމުގެ ކުރިން މިސްބާޙް ކެތްތެރިކަމާއެކީ ހިނދުކޮޅަކަށް މަޑުކުރަމުން ދިޔައީ އެ މީހަކަށް ޝައްކުނުވާނެ ގޮތަކަށް ކަންތައް ކުރުމަށެވެ. އެމީހާ އެންމެ ފަހަކަށް އެޅީ ފުދޭވަރަކަށް އަނދިރިކޮށް އޮތް ފަޅު މަގަކަށެވެ. އެ މަގުގައި ދެތިން ގެ ފިޔަވައި އެހެން ގެއެއްގައި ބަޔަކުވެސް އުޅޭހެނެއް ހިއެއްނުވެއެވެ. މަގުގެ މެދުގައި ކަހަލަ ގޮތަކަށް އެއްފަރާތުގައި ހުރި އަލި ބޮކިން ފެތުރިފައިވާ އަލި ފިޔަވައި އެހެން އައްޔެއް ނެތް ފަދައެވެ. އެ އައްޔާއި ހަމައަށް ދެވުނު ތަނާހެން އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ މީހާ ދެފަރާތަށް ދެފަރާތަށް ނަޒަރު ހިންގާލިތަން މިސްބާޙަށް ފެނުނެވެ. އެއާއެކު އޭނައަށް އިހުނަށްވުރެ ބޮޑަށް ސަމާލުވެލިއެވެ. އޭނަ ބަލަބަލާ ހުއްޓާ އެ މީހާ އޭނަގެ ކޯޓުގެ ތެރެއިން ބޮޑު ވަޅިއެއް ނަގައި އެ އަތް ވައްޓާލިއެވެ. އޭނަ ނެގީ ވަޅިއެއްކަން ސާފުވީ ވަގުތު މިސްބާޙްގެ ދެލޯ ބޮޑުވިއެވެ. އެ ވަޅީގެ ކައިރިން އެމީހާއަށްވުރެ ކުރިން ހިނގާފައި ދިޔަ ޔޫނުސް ފެނިފައި މިސްބާޙްގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. ކުއްލިއަކަށް ވަޅި ހިފައިގެން ދިޔަ މީހާގެ ހިނގުން އަވަސްވިހެން ހީވި ވަގުތު މިސްބާޙަށް ކާރު ބާރަށް ދުއްވާލެވުނެވެ. ކާރުގެ އަޑަށް މަގުން ހިނގާފައި ދިޔަ ޔޫނުސްއަށާއި އޭނަގެ ފަހަތުން އައި މީހާއަށް ވެސް ފަސްއެނބުރި ބަލާލެވުނެވެ. އޭގެ ސިކުންތުކޮޅެއްފަހުން މިސްބާޙްގެ ކާރު އައިސް އަނބުރާލަމުން ޔޫނުސްއާއި އެމީހާގެ މެދުގައި މަޑުކޮށްލައިފިއެވެ. އެވަގުތު ކާރުގެ ދެކޮޅުގައި ތިބި ދެމީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ޙައިރާންކަމެވެ. މިސްބާޙް އެއްފަހަރު އޭނަގެ ކަނާތްފަރާތުން ފެނުނު މީހާއަށް އަނެއްފަހަރު ވާތްފަރާތުގައި ހުރި ޔޫނުސްއަށް ބަލާލިއެވެ. އެއަށްފަހު ކާރުގެ ކުރީ ސީޓަށް އެރޭ ދޮރު އެތެރެއިން ހުޅުވާލަމުން ޔޫނުސްއަށް ފެނިލިއެވެ.

 

“ބޭބެ އަރާ އަވަހަށް.” ކާރު ތެރޭގައި ޔޫނުސްއަށް ބަލަން އިނދެ މިސްބާޙް ގޮވާލިއެވެ.

 

“މިސްބާޙް؟” ޔޫނުސް ނިތަށް ރޫއަރުވައިގެން ހުރެ ކާރުގެ ކައިރިއަށް ގޮސް ދޮރު ރަނގަޅަށް ހުޅުވާލިއިރު މިސްބާޙަށް އަނެއްފަރާތަށް ބަލާލެވުނެވެ. އެވަގުތު އެތާހުރި މީހާ ރުޅި މޫނަކާއެކީ ކާރަށް ފަސްދީފައި ދާން ހިނގައިގަތްތަން ފެނިފައި އޭނައަށް ހަމަޖެހުމެއް ލިބުނެވެ. އެހެން މީހަކު ހުއްޓާ ބޭބެއަށް ކަމެއްކުރަން އޭނައަށް ނުކެރުނީތާއޭ ހިތަށްއެރިއެވެ. މިސްބާޙް ފުން ވިސްނުމެއްގެ ތެރޭގައި ދުރަށް ހިނގަމުން ދިޔަ މީހާއަށް ބަލަން އިންދާ ޔޫނުސް ކާރަށް އަރައި ދޮރު ލައްޕާލިއެވެ.

 

“ކިހިނެއްތަވީ މިސްބާޙް މިހާ ކުއްލިއަކަށް؟” ޔޫނުސް ސުވާލުކުރި އަޑަށް މިސްބާޙަށް ސިހިފައި އޭނައާއި ދިމާލަށް ބަލާލެވުނެވެ. ޔޫނުސް ދެބުމަ އަރުވާލިއެވެ.

 

“ބޭބޭ…..ކޮންމެވެސް މީހަކު ވަޅިއެއް ހިފައިގެން ބޭބެ ފަހަތުން އައިސްއައިސް ހުރީ. އެ ދަނީ.” މިސްބާޙް ކާރުގެ ކުޑަ ދޮރުން ބޭރަށް ޢިޝާރާތް ކުރުމުން ޔޫނުސްއަށް ވެސް އެ ދިމާލަށް ބަލާލެވުނެވެ.

 

“ބޭބޭ…..އެއީ ކީއްވެތަ މީހަކު ވަކި ބޭބެއަށް ޙަމަލާދޭން އުޅޭނީ؟ އެ މީހާ ހަމަ ގައިމުވެސް ފޭރިގަންނާކަށް ނޫން އައީ. އަހަރެން އަޑުހެން އެހެން މީހަކު އެދަނީ ޔޫނުސްއޭ ކިޔާފަ ފަހަތުން ދާށޭ ބުނި އަޑު.” މިސްބާޙް ކިޔައިދިނެވެ. ޔޫނުސްއަށް މިސްބާޙް ދެއްކި ވާހަކައާއިމެދު ވިސްނާލެވުނެވެ. އޭނައަށް ޙަމަލަދޭން އުޅޭނީ ކާކުތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އެއާއެކު އޭނަގެ ހަނދާނަށް އައީ މި ދުވަސްކޮޅު އޭނައަށް ލިޔެވެމުންދާ ޚަބަރުތަކެވެ. މޯލްޑިވިއަން ރީފޯމް ޕާޓީއާއި ބެހޭ ގޯސް ޚަބަރުތައް މާ ގިނަވީތާއޭ ހިތަށްއެރިއެވެ. އޭގެ މާގިނައިރެއްނުވެ ޔޫނުސްގެ ހަނދާނަށް އައީ މީގެ ދުވަސްތަކެއް ކުރިން ނަވާޒް އޭނަގެ ގެއަށް އައިސް އޭނައަށް ފައިސާދޭން އުޅުނު ގޮތެވެ. ހަމަ އެއާއެކު މިއީ ކާކުގެ ކަމެއްކަން ޔޫނުސްއަށް ހިތާހިތުން ނިންމާލެވުނެވެ.

 

“ބޭބެއަށް އެނގޭ އެއީ ކާކު ފޮނުވި މީހެއްކަން. ބޭބެގެ ވަޒީފާގެ ގޮތުން ކަންތައްވާގޮތް މިއީ. އެއީ މާ ބޮޑަށް ހާސްވާ ކަންތައްތަކެއްނޫން. އިތުރު ހިތްވަރެއް ލިބެނީ މިކަހަލަ ކަންތައް ދިމާވީމަ.” ޔޫނުސް ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެހެނަސް މިސްބާޙްގެ މޫނުމަތިން ކަންބޮޑުވުން ފިލައި ނުދެއެވެ.

 

“ވަޒީފާގެ ގޮތުންނޭ؟ މާނައަކީ ޚަބަރު ލިޔުނީމަ؟ މިއީ ޑޭޑްގެ ކަމެއްތަ އަނެއްކާ؟” މިސްބާޙް އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ވާހަކަ ދައްކަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. މިސްބާޙްގެ ސުވާލުތަކަކުން ޔޫނުސްގެ ހިނިތުންވުން ފަނޑުވިއެވެ. ޑޭޑްއޭ ބުނުމުން ޔޫނުސްގެ ސިކުނޑިއަށް ވަގުތުން ވެރިވެގެން ދިޔައީ ނަވާޒްގެ ނަމެވެ. އޭނައާއި ނަވާޒާއި ދެމެދު އޮތް ގުޅުން ހަނދާންވުމުން އޭނަގެ ހިތަށް އުނދަގޫވިއެވެ. އެކަން އެހެން ނުވާނެނަމައޭ ހިތަށްއެރިއެވެ. މީގެ ދުވަސްކޮޅެއްކުރިން ބައްޕައަށްޓަކައި ހިތުގައި އުފެދުނު ހުރިހާ އިޙްޞާޞެއް ހަނދާން ނެތި އަނެއްކާވެސް ބައްޕައަށް ނަފްރަތު ކުރެވެން ފެށިއެވެ.

 

“މިސްބާޙްގެ ޑޭޑްއަށްވުރެ ބޮޑަށް ޕާޓީގެ ވެރިފަރާތުންނެއްނު ކަންތައް ކުރާނީ؟” ޔޫނުސް ހިސާބެއްގެ ނުރުހުންތެރިކަމަކާއެކީ ބުނެލިއެވެ.

 

“ނޫން ބޭބެ. ނަވާޒްބެ އެހެން ދޭތެރެއަކުން ގޯސްކަމެއް ކުރިޔަސް ނަވާޒްބެ ވަރަށް މީހުންނަށް އަނިޔާއެއް ނުކުރާނެ.” މިސްބާޙް އެހެން ބުނެލިތަނާހެން ޔޫނުސް އެއްވެސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.

 

“ސީރިއަސްލީ މިސްބާޙް؟” ޔޫނުސް ރާގަކަށް ސުވާލުކުރިއެވެ.

 

“ބޭބެއަށް ފަހަރެއްގަ ޤަބޫލުކުރަން ދަތިވެދާނެ. އެކަމަކު ނަވާޒްބެ ހަމަ އަސްލުވެސް ވަރަށް ކަމެއްނުކުރޭ. ކަމެއް ކުރިޔަސް ކުރަނީ ޑޭޑްގެ އެދުމަށް. ޑޭޑް ފަހަކަށް އައިސް ރުޅިގަދަވާ އެއްސަބަބަކީ ވެސް ނަވާޒްބެ އިންތިޚާބުގެ ކަންކަމަށް އެހާ ބޮޑު ސަމާލުކަމެއް ނުދޭތީވެހެން އަހަންނަށް ހިވަނީ. އެކަހަލަ ވާހަކައެއް ޑޭޑް ދައްކާ އަޑު އަހަރެން އެހިން. އަސްލު ވަރަށް ދެރަކޮށް ނަވާޒްބެއާއި ދޭތެރޭ ކަންތައްވެފަ ހުރީ. ވަރަށް އެކަނިވެރިކޮށް ނަވާޒްބެ އުޅެމުން ދަނީ.” މިސްބާޙް ދެއްކި ވާހަކައިން ޔޫނުސްގެ ނިތަށް ރޫގިނަވިއެވެ.

 

“އޭނަގެ އަންހެނުންނާއި ކުދިން ނުތިބޭތަ؟” ޔޫނުސް އަހާލިއެވެ.

 

“ކުއްޖަކު ވިހެއުމުގެ ތެރޭގަ ނަވާޒްބެގެ ވައިފް މަރުވީ. އޭގެ ދުވަސްކޮޅެއްފަހުން އެ ކުއްޖާގެ ޙާލުވެސް ދެރަވެގެން މި ދުނިޔެ ދޫކޮށް ދިޔައީ. އެދުވަސްފަހުން މިއަދާއި ހަމައަށް ވެސް ނަވާޒްބެ އުޅެނީ އެކަނި. މީހުން ބުނެއުޅޭ ނަވާޒްބެގެ އެހެން ކުއްޖަކު ހުރެއޭ. ނަވާޒްބެ މިހާތަނަށް މީޑިޔާގަ އެކަހަލަ ވާހަކައެއް ދައްކާފައެއްނުވޭ. އެކަމަކު މަންމަ ބުނި އެއްދުވަހު ނަވާޒްބެގެ ފޯނުން އެހެން ކުޑަ ކުއްޖެއްގެ ފޮޓޯ ދުށީމޭ. އަހަރެންވެސް އެއްދުވަހު ނަވާޒްބެގެ ލެޕްޓޮޕުން ދުށިން އެކަހަލަ ފޮޓޯއެއް.” މިސްބާޙް ވިސްނުމެއްގެ ތެރޭގައި އިނދެ ބުނެލިއެވެ. އޭނަގެ ވާހަކަ އަޑު އަހަމުން ދިޔަ ޔޫނުސްގެ ހިތުތެރޭގައި އެތަކެއް ޝުޢޫރެއް އަރާ ފައިބަމުން ދިޔައެވެ. ނަވާޒްގެ އަންހެނުންނާއި ދަރިފުޅު މަރުވީ ވާހަކަ އިވިފައި ޔޫނުސް އަނެއްކާވެސް ހަނދާންވީ ނަވާޒް އޭނަގެ ގެއަށް އައި ދުވަހެވެ. އޭނަ އަންހެނުންނާއި ކުދިންނޭ ބުނުމުން ނަވާޒްގެ މޫނުމަތިން ފެނިގެން ދިޔަ ހިތާމަވެރިކަން ލޮލަށް ސިފަވުމުން ޔޫނުސްއަށް ޙަމްދަރުދީވެވުނެވެ. އެހެނަސް މިސްބާޙް އެހެން ކުޑަކުއްޖެއްގެ ވާހަކަ ދެއްކުމުން އެ ޙަމްދަރުދީ ގެއްލި ދިޔައެވެ. އެ ކުއްޖާވާނީ ނަވާޒް ކައިވެނި ނުކޮށް ލިބުނު ކުއްޖެއްކަމަށް ޔޫނުސްގެ ހިތް ބުންޏެވެ. އެއާއެކު އެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ.

 

މިސްބާޙާއި ޔޫނުސް ހިމޭންކަމާއެކީ ކާރު ތެރޭގައި ތިއްބާ ކުއްލިއަކަށް ބޭރުން ސައިކަލެއްގެ ބަރުގޮނުގެ އަޑު އިވުނެވެ. އެއާއެކު ދެމީހުންނަށް އެކީގައި އެ ދިމާލަށް ބަލާލެވުނެވެ. މަގުގެ މެދަށްވާ ގޮތަށް މަޑުކުރެވިފައި އޮތް މިސްބާޙްގެ ކާރުގެ ސަބަބުން ކުރިއަށް ނުދެވިގެން އުޅުނު ސައިކަލެއް އެ މީހުންނަށް ފެނުނެވެ.

 

“އޮހް……ތިބި ތަން ވެސް ހަނދާން ނައްތާލާފަ މިތިބެނީ.” މިސްބާޙް ކާރު ދުއްވަން ތައްޔާރުވެލަމުން ހެވިފައި އިނދެ ބުނެލިއެވެ.

 

“ބޭބެ މިދަނީ ގެއަށް.” ޔޫނުސް ސީރިއަސް ނަޒަރެއްގައި ހުރެ ކާރުގެ ދޮރު ހުޅުވާލަން އުޅުނެވެ.

 

“ނޫން ބޭބެ. އަހަރެން ގެއަށް ގެންގޮސްދީފާނަން.” މިސްބާޙް ބުނެލިއެވެ. ޔޫނުސް އެންމެ ރަނގަޅޭ ބުނެލުމުން މިސްބާޙް ކާރު ދުއްވާލިއެވެ.

 

މިނެޓްތަކެއްގެ ދަތުރަކަށްފަހު މިސްބާޙްގެ ކާރު ޔޫނުސްގެ ގޭގެ ކުރިމަތީގައި މަޑުކޮށްލައިފިއެވެ. ޔޫނުސް ގަދަކަމުން ހިނިތުންވެލަމުން މިސްބާޙަށް ޝުކުރު އަދާކޮށް ކާރުން ފޭބިއެވެ. ޔޫނުސް ގެއަށް ވަންނަން ދިޔަ ވަގުތު މިސްބާޙް ކާރު ކުރިއަށް ދުއްވާލައިފިއެވެ. މާ ދުރަކަށް ނުދެވެނީސް އޭނައަށް ބޭއިޚްތިޔާރުގައި ކަނާތް ފަރާތަށް ނަޒަރު ހިންގާލެވުނެވެ. އެ ފަރާތުން ގޭޓެއްލާފައި ހުރި ގެ ފެނިފައި މިސްބާޙްގެ މެއަށް ފިނިވިއެވެ. އޭނައަށް ކާރު މަޑުކޮށްލެވުނީ ޚުދު އޭނައަށް ވެސް ނޭނގިއެވެ. އޭނަ ކިތަންމެ ބޭނުމެއް ނުވިޔަސް އޭނަގެ ދެލޯ އަފްރީން ދެކެން އިންތިހާއަށް ބޭނުންވިއެވެ. އޭނައަށް ދެން ދުވަހަކުވެސް އަފްރީން ނުފެންނާނެކަމުގެ ޚިޔާލުން ވެސް މިސްބާޙްގެ ހިތަށް އުނދަގޫވެއެވެ. އޭނަ އަފްރީންގާތު ދައްކަން ބޭނުންވާ ހާދަ ގިނަ ވާހަކައެއް އެބަހުއްޓެވެ. އަފްރީން ވެސް އޭނައާއި ވާހަކަ ދައްކަން ބޭނުންވާނެކަން އޭނައަށް ޔަޤީން ކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. މިސްބާޙަށް އޭނަގެ ސިކުނޑީގައި ކާރުން ފައިބައިގެން އެގެއަށް ގޮސް އަފްރީނާއި ހަމައަށް ދެވިއްޖެއެވެ. އޭގެ އިތުރަށް ވެސް އެހެނިހެން ޚިޔާލުތަކެއް ކުރެވެން ފެށުމުން މިސްބާޙަށް ދެލޯ މަރާލަމުން އިސްޖަހާލެވުނެވެ. އޭނަ އިރުކޮޅެއް ވަންދެން އެހެން އިނދެފައި ހިތާއި ދެކޮޅަށް ކާރު ދުއްވާލިއެވެ.

 

ޔޫނުސް އެރޭ ހިނގި އެއްވެސް ކަމެއްގެ ވާހަކަ ގެއަށް ގޮސް ނަސްރާއަކަށް ކިޔައެއްނުދެއެވެ. ނަވާޒްގެ ކަންތައްތަކުގެ ވާހަކަ އޭނަ ދައްކާ ހިތެއްނުވީއެވެ. ކޮންމެއަކަސް ނަސްރާ ދޭތެރެދޭތެރެއިން އޭނަ ގާތު ބައްޕައާއި ބައްދަލުކުރަން ދާންވީ ނޫންހޭ ބުނެ ހަދައެވެ. އޭގެއިން ކޮންމެ ފަހަރަކު ޔޫނުސް ރުޅިން ފަޅައިގެން ދާން އުޅުނެއްކަމަކު އޭނަ އެ ރުޅި ނަސްރާއަށް ފޮރުވައެވެ. އޭނަ ނަސްރާއަށް ރުޅި އިސްކުރާ ކޮންމެ ފަހަރަކު އެދެމެދަށް ވެރިވެގެންދާ ހިމޭންކަމަށް އޭނަ ނަފްރަތުކުރާތީވެއެވެ. ނަސްރާ ހިނިތުންވުމަކާނުލާ ދޭ ކުރު ޖަވާބުތައް އިވިފައި އޭނަގެ ހިތުގެ ހަމަޖެހުން ގެއްލޭތީވެއެވެ. އޭނަގެ ވަށައިގެން ފެންނަމުންދާ ޒަވާޖީ ޙަޔާތްތައް ފަދައިން އޭނައާއި ނަސްރާގެ ޒަވާޖީ ޙަޔާތަކީ ވަކި ހިސާބަކުން އަބަދުވެސް އަރައިރުންވާ ޙަޔާތަކަށް ހަދަން ބޭނުމެއް ނުވާތީވެއެވެ. އޭނަ ނަސްރާއަށް ވީހާވެސް ހެޔޮކޮށް ކަންތައް ކޮށްދޭން މަސައްކަތް ކުރާ ވަރަކަށް ނަސްރާވެސް އޭނައަށް ކަންތައް ކޮށްދޭން އުޅޭހެން ހީވާ ކޮންމެ ފަހަރަކު ޔޫނުސްއަށް ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބެއެވެ.

 

އެއްރެއަކު ޔޫނުސް އޭނަގެ ސައިޓް އިތުރަށް ޕްރޮމޯޓްކުރާނެ ގޮތަކާއިމެދު ވިސްނަމުން ދަނިކޮށް ނަސްރާ މޮޅު ޚިޔާލެއްދިނެވެ.

 

“ވެބިނާރތަކެއް ބާއްވަންވީއެއްނު؟ ކޮންމެ ސިޔާސީ ލީޑަރަކު އިންޓަވިއުކޮށްފަ އެ އިންޓަވިއު ސައިޓްއިން ލައިވްކުރާނީ.” ނަސްރާ އެނދުމަތީގައި އިށީނދެގެން އިނދެ އޭނަގެ ކައިރީގައި އިން ޔޫނުސްގާތު ފޯރިއާއެކީ ބުނެލިއެވެ.

 

“ވާވް! ކޫލް އައިޑިއާއެއް. ވެބިނާރއެއް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެނގޭނެ ކުދިން ވެސް އުޅޭނެހެން ހީވަނީ އަހަރުމެންގެ ޓީމުގަ.” ޔޫނުސް ހިނިތުންވުމަކާއެކީ ބުނެލިއެވެ.

 

“އަލްޙަމްދުލި ﷲ.” ނަސްރާ ހެވިފައި އިނދެ ބުންޏެވެ.

 

“ވެބިނާރއެއް ބޭއްވޭނެ ވަރަށް ލާރިވެސް ލިބިދާނެ. އެކަމަކު ނޭނގެނީ ސިޔާސީ ލީޑަރުން ގެނައުމަށްޓަކައި ދޭންޖެހޭނެ ވަރަށް ލާރި ހުންނާނެކަން.” ޔޫނުސް ހިސާބަކަށް މާޔޫސްވެފައި އިނދެ ބުނެލިއެވެ.

 

“އެމީހުން ގެންނާނީއެއްނޫން. އެމީހުން ކައިރިއަށްދާނީ އެމީހުން ތިބި ތަނަކަށް. ބައެއް މީހުން މި ދުވަސްކޮޅު މިރަށަށް ވެސް އެބައާދެއެއްނު؟ ދެން އަދި މި ވެބިނާރތައްވެގެން ދާނީ ވެސް އެމީހުންނާއިމެދު މިހާތަނަށް ދެކެވުނުހާ ގޯސް ވާހަކަތައް ސާފުކޮށްދިނުމުގެ ފުރުޞަތަކަށް. އެ މީހުން ހިލޭވެސް މި ފުރުޞަތުގެ ބޭނުން ހިފާފާނެއެއްނު؟” ނަސްރާ އަހާލިއެވެ. ޔޫނުސް އިރުކޮޅަކު ވިސްނަން އިނދެފައި ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ.

 

“ހާދަ މޮޅު ކުއްޖަކާއޭ އަހަންނަށް އިނދެވިގެން މިއުޅެނީ. އަހަންނާ މިހާވަރަށް ގުޅެނީވެސް އެހެންވެ ކަންނޭނގެ.” ޔޫނުސް ރާގަކަށް ބުނެލިއެވެ. ނަސްރާ ދުރުބަލަން އިނދެ ތުން ފިއްތާލިއެވެ.

 

“ހުމް…..މޮޔަ މީހަކު މޮޅު ކުއްޖަކާ އިނީމަތާ ދިރިއުޅެވޭނީ.” ނަސްރާ ހިނިތުންނުވާން މަސައްކަތް ކުރަމުން އެހެން ބުނެލިއިރު އޭނަގެ މޫނު ރަތްވިއެވެ. ޔޫނުސް ރުޅިވާކަމަށް ހެދެމުން އޭނަގެ ކަރުން އަޑެއް ލައްވައި ނަސްރާގެ ކަރުގެ ވަށައިގެން އޭނަގެ އެއްއަތް ގެންގޮސް ނަސްރާ އޭނަގެ ގާތަށް ގެނައެވެ. ނަސްރާއަށް ނުހޭން ހުއްޓާވެސް ހެވުނެވެ.

 

އޭގެ އަނެއްދުވަހު ވަޙީދު ޒާހިޔާއަށް ގުޅާފައި އޭނަ މިސްބާޙްގެ ޙާލު ބަލަން ރަށަށް އަންނަ ވާހަކަ ބުންޏެވެ. މިސްބާޙްގެ ޙާލު ރަނގަޅުވީފަހުން ވަޙީދު އޭނަ ބަލަން އަންނަން އުޅޭތީ ޒާހިޔާ އެކަމާމެދު ސުވާލުކުރިއެވެ. ދެވޭނީ ވަގުތުވީ އިރަކުން ނޫންތޯ ވަޙީދު ބުނެލީ ބަހަނާއެއް ދެއްކުމުގެ ގޮތުންނެވެ. ޒާހިޔާ އިތުރު ސުވާލުތަކެއް ނުކޮށް މިސްބާޙް އެދުވަހުގެ މެންދުރު ވަގުތު ވަޙީދު ބަލައި އެއާރޕޯޓަށް ފޮނުވިއެވެ. އެއާރޕޯޓުން މިސްބާޙް ފެނުނުތަނާހެން މިސްބާޙް ހިނިތުންވެލީގޮތުން ވަޙީދަށް ޙައިރާންކަމެއް ލިބުނެވެ. އެއަށްވުރެ ވެސް ބޮޑަށް ވަޙީދު ޙައިރާންވެގެން މިސްބާޙް އަމިއްލައަށް އޭނަގެ ފޮށިތައް ނަގައިގެން ގޮސް ކާރުގެ ޑިކީއަށްލަމުން ދިޔަތަން ފެނުމުންނެވެ. އޭނައަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިއެވެ. އޭނަ ނަގަން އަންނާނީ މިސްބާޙްކަމަށް ޒާހިޔާ ބުނީއްސުރެ އޭނައަށް ޚިޔާލުކުރެވެމުން ދިޔައީ މިސްބާޙް އޭނައާއި ދިމާލަށް ހުތުރު ބަހުން އެއްޗެހި ގޮވާ މަންޒަރެވެ. އަދި އޭނައަށް އަމުރުކޮށްގެން އޭނަ ލައްވާ ހުރިހާ ފޮށިތައް އުފުއްލުވާ މަންޒަރެވެ. ނަމަވެސް ކަންތައްވެގެން މި ދިޔައީ އޭނަ ހީކުރި ގޮތަކަށްނޫނެވެ.

 

މިސްބާޙާއެކީ އޭނަގެ ގެއަށް ގޮސްފައިވެސް ފެންނަމުން ދިޔަ ކަންތައްތަކުން ވަޙީދު ސިހުންވަމުން ދިޔައެވެ. މިސްބާޙް އޭނަގެ މަންމައާއި ހިނިތުންވުންތަކާއެކީ އަދަބުވެރިކަމާއެކު ވާހަކަ ދައްކަމުން ދިޔަ ގޮތުން މިސްބާޙް އުޅެނީ މަންމަ ކައިރިން ކަމަކަށް އެދެންބާވައޭ ހިތަށްއެރިއެވެ. އެހެނަސް ވަޙީދު އިންތިޒާރު ކޮށްކޮށް މިސްބާޙް ކަމަކަށް އެދޭތަނެއް ނުފެނުނެވެ. މިސްބާޙް ހެދެނީއެއް ނޫންކަން ވަޙީދަށް ޔަޤީންވީ މިސްބާޙް އޭނަވެސް ގޮވައިގެން އަސްރު ނަމާދަށް ދިޔަ ގޮތުންނެވެ. އަސްރު ނަމާދަށްފަހު އޭނަ މިސްކިތުން ފައިބަން އުޅުނު ވަގުތު މިސްބާޙް ޚަތިމް ނަގައިގެން އިށީންތަން ފެނުމުންނެވެ. ގެއަށް ދިޔަ މަގުމަތީގައި މިސްބާޙް އޭނަގާތު ޤުރުއާނުގެ އާޔަތްތަކުގެ ފުންކަމުގެ ވާހަކަ ދެއްކި ގޮތުންނެވެ. ތިމަންނައަށް ވެސް އެކަން އެނގުނީ ވަރަށް ފަހުން ކަމުގައި ބުނިބުނުމުންނެވެ. ވަޙީދަށް އެންމެ ފަހުން ކެތްނުވެގެން ޒާހިޔާގާތު މި ވާހަކަ ދެކެވުނެވެ.

 

“މިސްބާޙް ވަރަށް ބަދަލުވެއްޖެދޯ؟” ވަޙީދު ސިޓިންގް ރޫމުގައި ވަކިން ހުރި ސޯފާއެއްގައި އިނދެ ދިގު ސޯފާގައި ޓީވީ ބަލަން އިން ޒާހިޔާއަށް ދޯދިނެވެ.

 

“ހޫމް. އޭނަ މިހާރު ވަރަށް ބަސްއަހާ.” ޒާހިޔާ ހިސާބަކަށް ފަޚުރުވެރިވެފައި އިނދެ ބުންޏެވެ. ވަޙީދު ބޯޖަހާލަމުން އިރުކޮޅަކު އެއްޗެކޭ ނުބުނެ ޓީވީ ބަލަން އިނެވެ. ޓީވީއިން ދައްކަމުން ދިޔަ ހެޑްލައިން ނިއުސްތަކުގެ ތެރެއިން އަމީން ފެނިގެން ދިޔުމުން ޒާހިޔާ ވަގުތުން ޗެނަލް ބަދަލުކުރިއެވެ. ވަޙީދަށް ޒާހިޔާއާއި ދިމާލަށް ބަލާލެވުނެވެ.

 

“ސުވާލެއް ކޮށްލަންތަ ޒާހިޔާ؟” ވަޙީދު އަހާލިއެވެ. ޒާހިޔާ ދެންވެސް ފޫހިވެފައި އިނދެ ހޫންލައްވާލިއެވެ.

 

“އަމީން މިސްބާޙަށް އަނިޔާކުރާނީ މިސްބާޙް ނުބައިކަމެއް ކުރިކަން ޔަޤީންވާތީވެއެއްނޫންތަ؟” ވަޙީދު އެހިއެވެ. އެއާއެކު ޒާހިޔާގެ މޫނު ރުޅިން ރަތްވިއެވެ.

 

“ވަޙީދަށް ވެސް އުނދަގޫދޯ އަމިއްލަ ބޭބެ ނާއިންސާފުން ކަމެއް ކުރިކަން ޤަބޫލުކުރަން؟ ޤަބޫލު ކުރިޔަސް ނުކުރިޔަސް ޙަޤީޤަތަކީ މިސްބާޙް އެއްވެސް ކަމެއް ނުކުރާކަން. އަދި……އަދި އެނގޭތަ މިސްބާޙް އެ ކޮޓަރިއަކަށް ގެންދިޔައީ ކާކުކަން ވެސް؟ ސިން…….” ޒާހިޔާއަށް އެހާ ހިސާބަށް ބުނެލެވުނުތަނާހެން އެއްފަރާތަކުން މިސްބާޙް މަންމާއޭ ކިޔައި ގޮވާލި އަޑު އިވުނެވެ. އެއާއެކު ޒާހިޔާއާއި ވަޙީދަށް އެކުއެކީގައި އެދިމާލަށް ބަލާލެވުނެވެ. އެމީހުން ބަލާލިއިރު މިސްބާޙް ހުރީ ދެބުމަ ކައިރި ކޮށްގެން ވިޔަސް އިރުކޮޅެއް ފަހުން އޭނަ ދެބުމަ އަރުވާލިއެވެ.

 

“އަމް….މަންމާ. އަހަރެންގެ އެއްކަލަ ނޫކުލައިގެ ގަމީސް ކޮބާ؟” މިސްބާޙް އަހާލިއެވެ.

 

“އެތާ އަލަމާރީގަ ނެތްތަ؟” ޒާހިޔާ ކޮޅަށް ތެދުވެލަމުން މިސްބާޙްގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. މިސްބާޙް ވެސް ވަޙީދަށް ބަލާފައި މަންމަގެ ފަހަތުން ދާން ހިނގައިގަތެވެ. ވަޙީދު އެ މަންޒަރު ފެނިފައި ކޮޅަށް ތެދުވިއެވެ

 

“އަހަރެން މިދަނީ ބޭރަށް.” ވަޙީދު އެހެން ބުނެލަމުން ގެއިން ނިކުންނަން ދިޔައެވެ. ޒާހިޔާ އެންމެ ރަނގަޅޭ ބުނެލަމުން މިސްބާޙްގެ ކޮޓަރިއަށްވަނެވެ.

 

ކޮޓަރިއަށް ގޮސް އަލަމާރި ހުޅުވާލުމާއެކު ނޫކުލައިގެ ގަމީސް ފެނިފައި ޒާހިޔާ އޭތި ނަގައި މިސްބާޙަށް ދައްކާލިއެވެ.

 

“މިއޮތީއެއްނު؟” ޒާހިޔާ ޙައިރާންވެހުރެ ބުނެލިއެވެ.

 

“ހުމް…..” މިސްބާޙް ތުންފިއްތައި އެހެން ބުނެލި ގޮތުން ޒާހިޔާއަށް ޝައްކުގެ ނަޒަރަކުން މިސްބާޙަށް ބަލާލެވުނެވެ.

 

“މިސްބާޙް…….ގަމީސް ނުފެނިގެނެއްނޫންދޯ އައީ؟” ޒާހިޔާ ސުވާލުކުރުމުން މިސްބާޙަށް މަންމައާއި ދިމާލަށް ބަލާލެވުނެވެ. ޒާހިޔާ ބަލަހައްޓައިގެން ހުންނަން ފެށުމުން މިސްބާޙް ބޯޖަހާލިއެވެ. އެއާއެކު ޒާހިޔާގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ.

 

“މިސްބާޙް! ކީއްވެތަ މަންމަ ހުއްޓުވީ؟ ޚަބަރުގަ ވެސް އެ ސިނާންގެ ވާހަކަ ނުލިޔުއްވާ، އޭނަގެ ބައްޕަ ކައިރިވެސް އެ ވާހަކަ ނުބުނުވާ……..މިސްބާޙް ތި އުޅެނީ ކީއްކުރަންތަ؟” ޒާހިޔާ އޭނަގެ މުލައްދަނޑިމަތީގައި ގަމީސް ބާއްވަމުން ވާހަކަ ދެއްކިއިރު އޭނަގެ އަޑު ހަރުވެއްޖެއެވެ.

 

“މަންމާ، ސިނާން އަހަންނަށް އިއްޔެގަ ގުޅި. ބުނީ ވަޙީދުބެ މިރަށަށް އަންނަނީ އަސްލު އެރޭގަ ކަންތައްވީގޮތް ރަނގަޅަށް ދެނެގަންނަންވެގެންނޭ. ވަރަށް ބިރުގެންފަ ސިނާން ހުރީ. އަހަރެން ކައިރީގަ ބުނީ ވަޙީދުބެއަށް ހުރިހާ ވާހަކައެއް ފޮރުވަދޭށޭ. އަހަރެން ބުނިން އާނއެކޭ…..” މިސްބާޙްގެ ވާހަކަ މެދުކެނޑުނެވެ.

 

“އެކަމަކު މިސްބާ…….” ޒާހިޔާ ދެރަ ގޮތަކަށް ދައްކަން އުޅުނު ވާހަކަވެސް ފުރިހަމައެއް ނުވިއެވެ.

 

“މަންމާ ޕްލީޒް. މި ޙާލަތުގަ އަހަރެން ސިނާނާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ ބަދަލުގަ އޭނައާއެކީގަ ހުރިއްޔާ އޭނަ އިސްލާޙުވުމުގެ ފުރުޞަތު މާ ބޮޑު. އަހަރެން ބޭނުމެއްނޫން އަހަރުމެންގެ ދެމެދުގަ ބަދަލު ހިފުމުގެ މުބާރާތެއް ފެށެން. އެއަށްވުރެ މާ ރަނގަޅުވާނެ އަހަރެން މަޢާފުކޮށްފިއްޔާ.” މިސްބާޙް ބޯހޫރުވަމުން އިސްޖަހާލިއެވެ. ޒާހިޔާ ކަރުނުން ފުރެމުން ދިޔަ ދެލޮލާއެކީ އޭނަގެ ދަރިފުޅުގެ ގައިގައި ބައްދާލިއެވެ. އެވަގުތު އެދެމައިންނަށް ނޭނގުނު ކަމަކީ އެ ކޮޓަރީގެ ބޭރުގައި ދޮރުކައިރީގައި އެ ހުރިހާ ވާހަކައެއް އަޑުއަހަން ވަޙީދު ހުރިކަމެވެ.

 

ނުނިމޭ

The post Hijra (Part 44) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hijra-part-44/feed/ 0 458
Hijra (Part 43) https://blog.storiesbyjana.com/hijra-part-43/?utm_source=rss&utm_medium=rss&utm_campaign=hijra-part-43 https://blog.storiesbyjana.com/hijra-part-43/#respond Fri, 16 Apr 2021 11:40:10 +0000 https://blog.storiesbyjana.com/hijra-part-42-copy/

“އެއްވެސް ރަނގަޅެއްނޫން!” ސިޓިންގް ރޫމުގެ ވާތްފަރާތުން އައި ޝަރީފްގެ އަޑަށް އަފްރީނާއި ނަސްރާއަށް އެދިމާލަށް ބަލާލެވުނެވެ. އަފްރާޒް ވެސް ވާނުވާއެއް ނޭނގިފައި ހުއްޓާ ޝަރީފް ބާރު ހިނގުމެއްގައި އައިސް ލެޕްޓޮޕް ސްކްރީން ކުރިމައްޗަށް އަރައިފިއެވެ.   “އަދި މަށަށް ވެސް ނާންގާ އެ މިސްބާޙަކު އަފްރީނާއި ދެވަންތަ ތިއުޅެނީ؟” ޝަރީފް ކޮޅަށްހުރެ ރުޅިވެރިކަމާއެކީ ސުވާލުކުރިއެވެ.   “ނޫން ބައްޕާ އަޅުގަނޑު ނުއުޅެން. އަދި އަފްރީން ކައިވެންޏަކަށް ތައްޔާރުހެނެއްވެސް އަޅުގަނޑަކަށް ހިއެއްނުވޭ. އެކަމަކު މިސްބާޙްގެ އިންޓަވިއު ކިޔާފަ ހިތަށްއެރީ […]

The post Hijra (Part 43) appeared first on Stories by Jana.

]]>

“އެއްވެސް ރަނގަޅެއްނޫން!” ސިޓިންގް ރޫމުގެ ވާތްފަރާތުން އައި ޝަރީފްގެ އަޑަށް އަފްރީނާއި ނަސްރާއަށް އެދިމާލަށް ބަލާލެވުނެވެ. އަފްރާޒް ވެސް ވާނުވާއެއް ނޭނގިފައި ހުއްޓާ ޝަރީފް ބާރު ހިނގުމެއްގައި އައިސް ލެޕްޓޮޕް ސްކްރީން ކުރިމައްޗަށް އަރައިފިއެވެ.

 

“އަދި މަށަށް ވެސް ނާންގާ އެ މިސްބާޙަކު އަފްރީނާއި ދެވަންތަ ތިއުޅެނީ؟” ޝަރީފް ކޮޅަށްހުރެ ރުޅިވެރިކަމާއެކީ ސުވާލުކުރިއެވެ.

 

“ނޫން ބައްޕާ އަޅުގަނޑު ނުއުޅެން. އަދި އަފްރީން ކައިވެންޏަކަށް ތައްޔާރުހެނެއްވެސް އަޅުގަނޑަކަށް ހިއެއްނުވޭ. އެކަމަކު މިސްބާޙްގެ އިންޓަވިއު ކިޔާފަ ހިތަށްއެރީ އެއިން އަފްރީނަށް އަސަރުކޮށްފައިވާނެއޭ. އަފްރީންގެ އެންމެ ކައިރީގަ ހުރީ ބައްޕަ. އެކަމަކު އަފްރީނަކަށް ނުކެރޭނެ ބައްޕައަކާ އޭނަގެ އިޙްޞާސްތައް ޙިއްޞާ ކުރާކަށް. ބައްޕަ ތިހާވަރަށް ރުޅި އިސްކުރީމަ އަމުދުންނެއް ނުކެރޭނެ. އަޅުގަނޑު ވެސް ކުރިން ނަސްރާ ކަމެއް ކުރީމަ ހަޅޭއްލަވައި ހެދިން. އެކަމަކު ދެނެއްނޫން. މިހާރު ދަސްވެއްޖެ އެގޮތަށް ކަންތައް ކުރީމަ ކަންތައް ގޯސްވުންނޫން ކަމެއް ނުވާނެކަން.” އަފްރާޒް އޭނަގެ ވާހަކަ ނިންމާލީ ނަސްރާއަށް ބަލާލަމުންނެވެ. އަފްރީނަށް ވެސް ދޮންތައަށް ބަލާލެވުނީ ދޮންބެ އެ ބުނި އެއްޗެއްގެ މާނަ ނޭނގުމުންނެވެ. ނަސްރާއަށް އިސްޖަހާލެވުނެވެ.

 

“ދެން އިޙްޞާސްތައް ޙިއްޞާ ކުރުމުގެ ތެރޭގަ ޖެހޭތަ ނުބައި މީހަކީ ހެޔޮ މީހެކޭ ބުނެފަ ނުބައި މީހަކާ އިންނަން ހިތްވަރުދޭން؟ މި ބުނަނީ! އަހަރެން ދުނިޔޭގަ ހުއްޓާ އެ އަމީންގެ ދަރިފުޅު އަހަރުމެންގެ ޢާއިލާއަކަށް ނުވަންނާނެ!” ޝަރީފް ހުރީ ދެންވެސް ރުޅިން ރަތްވެފައެވެ. އެ ވާހަކަ އިވިފައި އަފްރީނަށް ކަރުނުން ފުރިގެންވި ދެލޮލުން ބައްޕައަށް ބަލަން އިނދެވުނެވެ. މީހަކާ އިންނަން ޚިޔާލު ނުކުރިއެއްކަމަކު ބައްޕަގެ އެ ބަސްތަކުން އޭނަ ނޭނގޭ ސަބަބަކާހުރެ ދެރަވެއްޖެއެވެ.

 

“ބައްޕާ……..އަނެއްކާވެސް ބައްޕަ ތިއުޅެނީ އޮޅުމެއްގެ ތެރޭގަ ކަމަށްވެދާނެއެއްނު؟ ބައްޕަ ކިހާ ވަރަކަށް ޔޫނުސްއަށް ވެސް ދެކޮޅު ހެދިންތަ؟ އެހާ ނުބައިކޮށް މީހުންނާއިމެދު ދެކޭކަށް ނުވާނެއޭ ބައްޕާ.” އަފްރާޒް ވާހަކަ ނިންމާލީ ބައްޕައަށް ދިގުކޮށް ގޮވާލަމުންނެވެ. އެހެނަސް އެއިން ޝަރީފްގެ މޫނުމަތީގެ ކުލަވަރު ބަދަލެއްނުވިއެވެ. އޭނަ އިރުކޮޅަކު ހުރެފައި މޫނު އަނބުރާލަމުން ހިނގާފައި ގޮސް ގެއިން ނިކުމެގެން ދިޔައީއެވެ. އެ މަންޒަރު ބަލައިގެން އިން އަފްރީނަށް އޭނަގެ މޫނުގައި ދެއަތް އަޅާލެވުނެވެ.

 

“އަފޫ…” އަފްރާޒް ގޮވާލުމުން އަފްރީން ހަމައެކަނި އޭނަގެ ދެލޯ ފެންނާނެ ވަރަށް އަތްތިރި ކޮށްލިއެވެ. އަފްރީންގެ ފެންކަޅިވެފައިވާ ދެލޯ ފެނިފައި އަފްރާޒް ފުން ނޭވައެއްދޫކޮށްލިއެވެ.

 

“އަފޫ މިއީ އަދި ނިމުމެއްނޫން. މިވަގުތު އަފޫއަށް ހީވެދާނެ އަފޫއަށް މިސްބާޙް ނޫން މީހަކު ކަމުނުދާނެހެން. އެކަހަލަ މީހަކު ނުލިބޭނެހެން. އެކަމަކު އެއީ ޙަޤީޤަތެއްނޫން. ރަނގަޅު އެތައް ބަޔަކު ދުނިޔެމަތީގަ ތިބޭނެ. އަދި އަފޫއަށް ކަމުދާ މީހުންވެސް އުޅޭނެ. އަފޫއާއި އިންނާނެ މީހެއްގެ ނަން މިއަދުވެސް ވަނީ އަފޫގެ ނަމުގެ ކައިރީގައި ލިޔެވިފަ. އެހެންވީއިރު ނުލިބޭނެ މީހެއްގެ ފަހަތުން ދިޔުމުގެ އެއްވެސް ބޭނުމެއްނެތެއްނުދޯ؟ ދޮންބެ ނުބުނަން އަފޫއަށް މިސްބާޙް ނުލިބޭނެއެކޭ. ތި ދެކުދިން ކައިވެނި ކުރެވޭވަރު ވީމަ އެދުވަހަކުން ވެސް ދެކުދިންނަށް ދެކުދިން ކަމުދަންޏާ އިންނާނީ. އެދުވަސް އަންނައިރު ބައްޕަ ވެސް ޤަބޫލުވާނެ ކަންނޭނގެ. އިން ޝާ ﷲ.” އަފްރާޒް ހިނިތުންވުމަކާއެކީ ވާހަކަ ނިންމާލިއެވެ. އަފްރީނަށް ޙައިރަންކަންމަތީގައި އިނދެ އޭނަގެ މޫނުން އަތް ނަގާލެވުނެވެ. ޙައިރާންވީ ދޮންބެ ދުވަހަކުވެސް އޭނައާއި މިގޮތަށް ވާހަކަ ދައްކާފައި ނުވާތީވެއެވެ. ދައްކަފާނެކަމަށްވެސް އޭނަ ހިއެއްނުކުރެއެވެ. އެހެނަސް ދޮންބެ އޭނަ ހިތްހަމަ ޖައްސައިދޭން މަސައްކަތް ކުރާކަން އިޙްޞާސް ކުރެވުމުން އަފްރީނަށް ހީވީ އޭނަގެ ބޮލުން ބޮޑު ބުރައެއް އުފުލިގެން ދިޔައީހެންނެވެ.

 

“އެއީ ތެދެއް އަފޫ. އެ ދުވަހަކުން ހަމަ އަފޫއަށް ކަމުދާ މީހަކު އަފޫ ކައިރިއަށް އަންނާނެ އިން ޝާ ﷲ. އެހެންނޫނަސް މި ދުނިޔޭގަ އުޅޭއިރު މިވެނި މީހަކާ ނުލާ ނުއުޅެވޭނެކަމަށް ބަލައިގެން އުޅޭކަށް ނުވާނެ. އެހެން އުޅެންޏާ ހިތްދަތިކަން ލިބޭނީ.” ނަސްރާ ބުނެލިއެވެ. ނަސްރާއަށް ބަލަން އިން އަފްރީނަށް ބޯޖަހާލެވުނެވެ.

 

“އެނގޭ ދޮންތާ. އެހެން މީހަކު ނެތަސް އަހަރުމެންނާއެކު ﷲ ވާކަން ހަނދާން ހުރިއްޔާ ކިތަންމެހާވެސް އުފަލުގައި އުޅެވިދާނެ. ދޮންތަ ތިހެން ބުނީމަ ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ. ދޮންބެ ވެސް ވާހަކަ ދެއްކީމަ މި ސިޗުއޭޝަން އެހާ އުނދަގުލެއްނޫންހެން ހީވެއްޖެ. އައި……ލަވް ޔޫ.” އަފްރީން އެންމެ ފަހު ޖުމްލަ ބުނެލީ ހިސާބަކަށް ނުކެރިފައި އަދި އެހެން ބުނެވޭތީވެސް ޙައިރާންވެ ހުރެއެވެ. އޭނަގެ ޖުމްލަ ނިމުނުތަނާހެން އަފްރާޒާއި ނަސްރާ ބާރަށް ހޭންފެށިއެވެ. އަފްރީނަށް އޭނަގެ ރަތްވެގެން ދިޔަ މޫނުގައި ދެއަތް އަޅާލެވުނެވެ.

 

“ބަލާބަލަ ނަސްރާ. އަދި ކިރިޔާ މި ކުއްޖާއަށް އަހަރުމެންދެކެ ލޯބިވެޔޭ މި ބުނެވުނީ.” އަފްރާޒް ސަމާސާވެރި ރާގަކަށް ބުނެލިއެވެ. ނަސްރާ ރުޅި މޫނަކާއެކީ ހޫންލައްވައި އަފްރީންގެ ކޮނޑުގައި އަތްއަޅައި ކުޑަކޮށް ކޮއްޕާލިއެވެ.

 

“ދެން! ލޯބިވާންވީ ސަބަބެއް ފެނުނީމަތާދޯ ލޯބިވާ ވާހަކަ ބުނެވޭނީވެސް؟” އަފްރީން ފޮނިވާކަމަށް ހެދެމުން ބުނެލިއެވެ. އަފްރާޒް އެއަށްވެސް ސަމާސާވެރި ރާގެއްގައި ރައްދެއްދިނެވެ. ތިން ބެއިން އެތައް އިރެއް ވަންދެން އެ “ޒުވާބު”ގައި ތިއްބެވެ. އެ ވާހަކަތަކުގެ ތެރެއިން އަފްރީން އޭނަގެ ހިތާމަތަކުގެ މަތިން ހަނދާން ނެތުނެވެ. ދޮންބެއާއި ދޮންތައާއި ވަކިވެގެން ގޮސް ކޮޓަރިއަށް ވަތް އިރު ވެސް އޭނައަށް ހަމަޖެހުމެއް ލިބިފައިވިއެވެ. އަފްރީން ނިދަން އެނދުގައި އޮށޯތީ ދޮންބެ ދެއްކި ވާހަކަތައް ހަނދާން ކުރަމުންނެވެ. އެ ހަނދާން އާކުރުމުން އޭނައަށް ލިބެންވީ މީހަކު އޭނައަށް ލިބޭނެކަން އަފްރީނަށް ޔަޤީންކުރެވުނެވެ. އެހެންކަމުން އޭނަ ހާސްވާކަށް ނުޖެހޭކަން އަމިއްލަ ނަފްސަށް ވިސްނައިދެމުން އަފްރީން ނިދޭތޯ ބެލިއެވެ. ނިދުމުގެ ކުރިން އޭނަ ކުރި އެތައް ދުޢާތަކެއްގެ ތެރެއިން އޭނައަށް މިސްބާޙަށް ޝިފާ ދެއްވުމަށް އެދި ދުޢާކުރެވުނީ ހިތް އެކަމަށް އެދުނު ވަރުންނެވެ. ހަމަ އެއާއެކު އޭނައަށް މިސްބާޙްގެ ޚިޔާލުތަކުގައި ހުރެވެން އުޅުނެވެ. އެހެނަސް އެ ޚިޔާލުތަކަށް މުޅިން ގެއްލުމުގެ ކުރިން އަފްރީން އޭނަގެ ފޯނުން ޤުރުއާން ޖަހާލިއެވެ.

 

އޭގެ 2 ހަފްތާ ފަހުން މިސްބާޙް ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. އޭރުވެސް އޭނަގެ ބައެއް ބެންޑޭޖްތައް ނުނެގި ހުރިއިރު އޭނައަށް ހިނގެނީ ކޮރު ޖަހަމުންނެވެ. އެއްހަފްތާފަހުން އެކަން ރަނގަޅުވާނެ ކަމުގައި ޑޮކްޓަރުން ބުންޏެވެ. ގެއަށް ގޮސް ޒާހިޔާ ވަގުތުން މިސްބާޙަށް އެންގީ ހުރިހާ ބެންޑޭޖެއް ނުނެގެނީސް ސްކޫލަށް ނުދެވޭނެ ވާހަކައެވެ. ޒާހިޔާ ހީކުރި ގޮތުގައި މިސްބާޙް ހުންނާނީ ކިޔަވަން ސްކޫލަށްދާން ބޭނުންވެގެންނެވެ. އެހެނަސް އޭނައަށް ޙައިރާންކަމެއް ލިބިގެން ދިޔައީ އޭގެ ދުވަސްކޮޅެއްފަހުން އެއްދުވަހު ހެނދުނު ސްކޫލަށް ދިޔުމަށްޓަކައި އޭނަ މިސްބާޙަށް ގޮވާފައި ސައި ތައްޔާރު ކުރުވަން ދިޔުމަށްފަހު އަނެއްކާވެސް އައިއިރު މިސްބާޙް އެނދުގައި އިށީނދެގެން އިންތަން ފެނުމުންނެވެ.

 

“ސްކޫލަށް ނުދަނީތަ؟” ޒާހިޔާއަށް ކޮޓަރީގެ ދޮރުކައިރީގައި ހުރެ ސުވާލުކުރެވުނެވެ. މިސްބާޙް ޒާހިޔާއަށް ބަލާލަމުން ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ހޫންލައްވާލިއެވެ.

 

“ކިހިނެއްވީ؟ އަދިވެސް ރަނގަޅުނުވަނީތަ؟” ޒާހިޔާ ކޮޓަރިތެރެއަށް ވަންނަމުން ކަންބޮޑުވުމަކާއެކީ އަހާލިއެވެ. ޒާހިޔާ ގޮސް މިސްބާޙް ކައިރިއަށް ހުއްޓި މިސްބާޙްގެ ކޮނޑުގައި އަތް އަޅާލި ވަގުތު އޭނަ އިނީ އިސްޖެހިފައެވެ. އޭނަ ޖަވާބެއްނުދީ އިރުކޮޅެއްވުމުން ޒާހިޔާ އޭނަގެ ކައިރީގައި އިށީނދެ ބޮލުގައި ފިރުމާލިއެވެ.

 

“ރަނގަޅުނުވަންޏާ މައްސަލައެއްނެތް މަޑުކޮށްލިޔަސް.” ޒާހިޔާ ބުންޏެވެ.

 

“އަހަރެން ރަނގަޅު މަންމާ. އަހަރެން ބޭނުމެއްނުވަނީ ސްކޫލަށްދާކަށް. ސްކޫލްގަ އަފްރީން ވެސް ހުންނާނެ. އަދި އަހަރުމެން ކުލާހުގަ އުޅޭނެ އަހަންނާއި އަފްރީން އެއްކޮޓަރިއެއްގަ ތަޅުލުމުގަ ބައިވެރިވި އަންހެން ކުދިންތަކެއްވެސް. ކިތަންމެ ހަނދާން ނައްތާލަން އުޅުނަސް އެ އަންހެން ކުދިން މިހާރު ހުންނާނީ އެ ވާހަކަތައް މުޅި ސްކޫލަށް ފަތުރާފަ. އެކި މީހުން އެ ވާހަކަތައް ދައްކާ އަޑު އަހާހިތެއް އަހަރެން ނުވޭ. އަދި އަމުދުން އަހަރެން ސްކޫލަށް ދިޔައިމަ އެ އަޑުތައް ގަދަވާނެ. އަހަންނާއި އަފްރީން އަޅުވާވެސް ކިޔަން ފަށާފާނެ. އަހަރެން ބޭނުމެއްނޫން އެގޮތަށް ކަންތައްވާކަށް.” މިސްބާޙް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ކިޔައިދިނެވެ. އޭނަ ޙަޤީޤަތުގައި އަފްރީނަށް އުނދަގޫވާކަށް ބޭނުމެއްނުވަނީއެވެ. އިންޓަވިއުގައި އޭނަގެ އިޙްޞާސްތައް ހާމަކުރުމުގެ މޮޔަކަން އޭނައަށް މިހާރު ހީވެއެވެ. އެ ރިޕޯޓު ކިޔާފައި އަފްރީން އޭނައާއި ދުރުގައި އުޅެންޖެހުނު ޙާލެއްވެސް ނޭނގެއެވެ.

 

“ހޫމް……އެކަމަކު ދެން ދަރިފުޅު ސްކޫލުން ކެނޑޭނީތަ؟” ޒާހިޔާ ސުވާލުކުރިއެވެ.

 

“އާނ މަންމާ. އަހަރެން ބޭނުންވަނީ އަނބުރާ މާލެއަށްދާން. މާލެއަށް ގޮއްސަވެސް އޭ ލެވެލް ނިންމިދާނެއެއްނު؟” މިސްބާޙް ޒާހިޔާއަށް ބަލާލަމުން އަހާލިއެވެ. ޒާހިޔާ ތުންފިއްތާލަމުން ބޯޖަހާލީ މިސްބާޙް އޭނަގެ ޚިޔާލު ބަދަލުނުކުރާނެހެން ހީވުމުންނެވެ.

 

“އެކަމަކު އަނބުރާ މާލެއަށްދާން މަންމައަށް ފެންނަނީ އެ އިންތިޚާބެއް ނިމުނީމަ. އެކޮޅަށް ގޮއްސަ އަހަރުމެން ތިބެން ޖެހޭނީ އަމީން……ޑޭޑްގެ ގޭގަ. އެ ގޭގަ މިދުވަސްކޮޅު ފުދޭވަރަކަށް ކަންތައް އޮންނާނެ. އިންތިޚާބުގެ އަވައިގަ ޖެހިގެން އޭނަ އަހަރުމެންނަށް ކަމެއް ނުކުރާނެކަމެއްވެސް ނޭނގޭ. އެހެންވީމަ…..” ޒާހިޔާގެ ވާހަކަ މެދުކެނޑުނެވެ.

 

“އާނ މަންމަ ބުނަންޏާ އަހަރެން މަޑުކޮށްފާނަން.” މިސްބާޙް މަޑުމައިތިރި އަޑަކުން އެހެން ބުނެލީ މަންމައާއި ޒުވާބު ނުކުރުމަށެވެ. ޒާހިޔާ ވީ އުފަލާއެކީ މިސްބާޙްގެ ގައިގައި ބައްދާލިއެވެ.

 

މިސްބާޙަށް ބިރުހީވެފައި އޮތްހެން ސްކޫލްގެ ގިނަ ކުދިބަޔަކަށް އެރޭ މިސްބާޙާއެކީ އެއްކޮޓަރިއެއްގައިވީ އަފްރީންކަން އެނގިފައިވިއެވެ. އެހެނަސް އޭގެއިން އެއްވެސް މީހަކު އަފްރީންގެ ކުރިމައްޗަށް ގޮސް އެ ވާހަކައެއް ނުދައްކައެވެ. ސްކޫލް ފެށުނީއްސުރެ ވެސް އެކި ކުދިން ސިއްރުސިއްރުން މިސްބާޙާއި ކޮންމެވެސް އަންހެން ކުއްޖެކޭ ކިޔާ އަޑު އޭނައަށް އިވެއެވެ. ނައުފާއާއި އޭނަގެ އެކުވެރިންގެ އިތުރުން ވެސް ބައެއް ކުދިންނަށް އެ އަންހެން ކުއްޖަކީ ކާކުކަން އެނގޭކަން އަފްރީނަށް އެނގުންވީ އެއްދުވަހު އޭނަ ކެންޓީންގައި އިންދައެވެ.

 

“އައި ތިންކް ހީ މަސްޓް ރިއަލީ ލަވް ހާރ. ނައުފާ ބުނީ އެރޭ މިސްބާޙް ކޮޓަރިން ނިކުތް ގޮތަށް އެއްވެސް މީހަކާ ވާހަކަ ވެސް ނުދައްކާ ގެއިން ނިކުމެގެން ދިޔައިއްޔޯ. އަދި ސައިކަލަށް ވެސް ނާރާ ވާރޭތެރެއިން ސްލޯ މޯޝަންގަ ހިނގާފަޔޯ ގެއަށް ދިޔައީ. ސޯ ޑްރެމެޓިކް!” އަފްރީން އޭނަގެ އެކުވެރިންގެ އިންތިޒާރުގައި މޭޒެއްގެ ދޮށުގައި އިންދާ އޭނަގެ ގޮނޑިއާއި ދިމާ ފުރަގަހުގައި ހުރި ގޮނޑީގައި އިން ފައިހާ ބުނެލި އަޑު އިވުނެވެ. ފައިހާއަކީ ސްކޫލްގެ ތެރެއިން އަފްރީނަށް ފެންނަ ކުއްޖަކަށް ވިޔަސް އޭނަ ދުވަހަކުވެސް ވާހަކަ ދެއްކި ކުއްޖެއްނޫނެވެ.

 

“ކީއްވެތަ މިސްބާޙް ދެރަވާންވީ؟” ފައިހާގެ އެކުވެރިޔަކު ސުވާލުކުރިއެވެ.

 

“ނައުފާ ބުނީ އެ އަންހެން ކުއްޖާ މިސްބާޙާއި ދިމާލަށް އެއްޗެހި ގޮވިއްޔޯ. އޭ! އެނގޭތަ އެއީ ކޮން އަންހެން ކުއްޖެއްކަން؟” ފައިހާ ފޯރިއާއެކީ އެ ސުވާލު ކުރުމުން އަފްރީނަށް ވެސް ކަންފަތް ހުޅުވާލެވުނެވެ.

 

“ކާކު؟” ފައިހާގެ އެކުވެރިޔާ އަހާލިއެވެ.

 

“އެއްކަލަ……11 ޑީގަ އުޅޭ އަފްރީން.” ފައިހާގެ ޖަވާބު އިވިފައި އަފްރީންގެ ދެލޯ ބޮޑުވިއެވެ. މުޅި ދުނިޔެ ކުރިމަތީގައި އޭނަ ފަޟީޙަތްވި ކަހަލަ އިޙްޞާޞެއް ކުރެވުނެވެ. އޭނައަށް ނުބައި ކަމެއް ނުކުރެވޭކަން ވެސް އޭނަ ހަނދާން ނެތުނެވެ.

 

“އަހް! އަފްރީން އިޒް ސޯ ލަކީ. އަހަންނަކީ އޭނަ ނަމަ މިސްބާޙްގެ އަތުތެރެއަށް ގޮސް ވަނީމުސް.” ފައިހާގެ އެކުވެރިޔާ ބުނެލި ވާހަކައިން އަފްރީނަށް ދެލޯ މަރާލެވުނީ އޭނަ ފެންކަޅިވުމުންނެވެ.

 

“އޭނައަކީ ބޮޑު މޮޔައެއް. މިސްބާޙް ދޫކޮށްލާނީ ހަމަހޭގަ ހުރި މީހެއްނޫން.” ފައިހާގެ އެ ވާހަކަ އަޑުއިވިފައި އަފްރީނަށް ދެލޯ ހުޅުވާލެވުނެވެ. އޭނަގެ ދެބުމަ ކައިރިވެފައިވީ އޭނަ ނުރުހުންވީ ވަރުންނެވެ. އޭނަގެ ރުޅި ގަދަވާން އުޅުނު ވަގުތު އަފްރީންގެ ހިތް އޭނައަށް ﷲ މަތިން ހަނދާންކޮށްދިނެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔުނަސް އޭނަ ހެދީ ރަނގަޅަށްކަން ﷲ މޮޅަށް ދެނެވޮޑިގެންވާނެކަމަށް އެ ހިތް ބުންޏެވެ. އޭނަ އެރޭ މިސްބާޙާއި ކައިރިވިނަމަ މިއަދު އަހަންޖެހުނީހީ މިއަށްވުރެ ވެސް ހުތުރު ވާހަކަތަކެވެ. ނަމަވެސް ދުރުވީ އޭނަ ހެއްޔެވެ؟ އަފްރީނަށް ވިސްނާލެވުނެވެ. ނޫނެކެވެ. ނުބައިކަމެއް ނުކުރުމުގެ ތަޢުރީފު އޭނައަށްވުރެ ބޮޑަށް ޙައްޤުވަނީ މިސްބާޙަށެވެ. މިސްބާޙް އެރޭ އެންމެ ފިޔަވަޅެއް ވެސް އިތުރަށް އެޅިނަމަ އޭނައަށް އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނީހެވެ. މިސްބާޙް ބުނިހެން އޭނަ މިސްބާޙް ބުނާ ބަސްތަކަކުން ވިރިގެން ދިޔައީހެވެ. އެހެނަސް އެންމެ ބޮޑަށް ބަދުނާމުވެގެން މި ދިޔައީ މިސްބާޙްގެ ނަމެވެ. އަނިޔާތައް ލިބިގެން މި ދިޔައީ މިސްބާޙަށެވެ. ހޭނެތިފައި އޮތް މިސްބާޙްގެ ފޮޓޯތައް ހަނދާނަށް އައުމުން އަފްރީނަށް ދެލޯ މަރާލަމުން ބޯހޫރުވާލެވުނެވެ. ކަންތައްވެގެން މި ދިޔައީ ވަރަށް ގޯސްކޮށްކަމަށް ހިތް ބުންޏެވެ. އޭނައަށް ވެވޭނެނަމަ އޭނަ އަމިއްލައަށް މިސްބާޙްގެ މައުސޫމްކަން ހާމަކޮށް ރާއްޖެ ޕްރެސްއަށް އިންޓަވިއުއެއް ދިނީހެވެ. އެހެނަސް ބައްޕަ އެކަން ކުރުމަށް ހުއްދަ ދޭނެހެނެއް ހިއެއްނުވެއެވެ. ބައްޕަ މިހާރުވެސް ވަނީ އެރެއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ކައިރީގައި ނުދައްކަން އަންގާފައެވެ. ކޮންމެ ގޮތަކަށް ވިޔަސް ވީ ވަރަކުން މިސްބާޙަށް އިންސާފު ހޯދައިދިނުމުގެ ޝުޢޫރެއް އަފްރީންގެ ހިތުގައި އުފެދުނެވެ. މިސްބާޙް އެ އިންޓަވިއު ދިނުމަށްފަހު ވެސް ބައެއް މީހުންގެ ހިތްތަކުގައި މިސްބާޙާއިމެދު ނުބައި ޚިޔާލުތައް ވާކަން އަފްރީނަށް މިހާރު އެނގޭތީވެއެވެ.

 

މިސްބާޙް އެދުވަހު ހަވީރު މަންމަ ބުނި އެއްޗެހި ގަނެދިނުމަށްޓަކައި ގެއާއި ތަންކޮޅެއް ދުރުގައި ހުރި ފިހާރައަކަށް ކާރުގައި ދިޔައެވެ. ހުރިހާ އެއްޗެއް ގަނެ ނިމުނުއިރު ވަނީ އިރުއޮއްސެން ގާތްވެފައެވެ. ކާރު ދުއްވަން އިންދާ މަޣުރިބު ނަމާދު ވަގުތުވުމުން މިސްބާޙް އެންމެ ކައިރިން ފެނުނު މިސްކިތެއްގެ ކައިރީގައި ކާރު ޕާކް ކޮށްލިއެވެ. އޭނަ ވުޟޫކޮށްގެން މިސްކިތަށް ވަތް މަގުމަތީގައި ޔޫނުސް ފެނުނެވެ. ނަމަވެސް ޔޫނުސް އަވަސްއަރުވާލާފައި މިސްކިތަށް ވަދެގެން ދިޔައީތީ ޔޫނުސްއަކަށް މިސްބާޙް ނުފެނުނެވެ. މަޣްރިބު ނަމާދު ޖަމާޢަތުގައި ކުރުމަށްފަހު މިސްބާޙް ޔޫނުސް ފެނޭތޯ ބެލިއިރު ޔޫނުސް ޤުރުއާން ކިޔަވަން ފެށީއެވެ. އެ މަންޒަރު ފެނިފައި މިސްބާޙް ވެސް ޢިޝާ ނަމާދު ވަގުތު ޖެހެންދެން ޤުރުއާން ކިޔަވަން ނިންމިއެވެ. ޢިޝާ ނަމާދަށްފަހު މިސްބާޙް ޔޫނުސް ހޯދަން އުޅުނު ވަގުތު ޔޫނުސް މިސްކިތުގެ ސިޑިން ފައިބައިގެން ދަނީއެވެ. މިސްބާޙް މިސްކިތުން ފައިބައިގެން ގޮސް އޭނަގެ ކާރަށް އަރަން އުޅުނު ވަގުތު ޔޫނުސް އާދައިގެ ހިނގުމެއްގައި އޭނައަށް ފަސްދީފައި ދަމުން ދިޔަތަން ފެނުނެވެ. ބޭބޭއޭ ކިޔައި ގޮވާލަން ހިތަށްއެރިއެއްކަމަކު ޔޫނުސް ހުރީ މާ ދުރުގައިކަން އެނގުންވުމުން މިސްބާޙް ހިނިތުންވުމަކާއެކީ އިސްޖަހާލިއެވެ. އޭނަ ކާރުގެ ދޮރަށް ތަޅުދަނޑި ޖަހަން އުޅުނު ވަގުތު ފުރަގަހުން ފިރިހެނަކު ޔޫނުސްއޭ ކިޔާލި އަޑަށް އޭނައަށް އޭނަގެ ކަންފަތް ހުޅުވާލެވުނެވެ.

 

“އެދަނީ އޭނަ. ދޭ ފަހަތުން. އަނ……އެއްކަލަ ފަޅު މަގަށް އެޅުނީމަ މީތި ނަގާނީ.” އެ ފިރިހެން މީހާ އެހެން ބުނެލި އަޑަށް މިސްބާޙަށް ވަގުތުން ފަސްއެނބުރި ބަލާލެވެން އުޅުނެވެ. ނަމަވެސް އޭނަ ނޭނގޭ ކަމަށް ހެދިގެން ހުރެފައި އިރުކޮޅެއްފަހުން ޔޫނުސް ދަމުން ދިޔަ ދިމާލަށް ބަލާލިއެވެ. އެވަގުތު ޔޫނުސްއާއި ދިހަ ވަރަކަށް ފިޔަވަޅު ފަހަތުން ހިނގަމުން ދިޔަ ބޮޑު ކޯޓެއް ލައިގެން ހުރި ބިޔަ ފިރިހެނަކު ފެނިފައި މިސްބާޙްގެ ބުމަގޮށްޖެހުނެވެ.

 

ނުނިމޭ

The post Hijra (Part 43) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hijra-part-43/feed/ 0 453
Hijra (Part 42) https://blog.storiesbyjana.com/hijra-part-42/?utm_source=rss&utm_medium=rss&utm_campaign=hijra-part-42 https://blog.storiesbyjana.com/hijra-part-42/#respond Fri, 16 Apr 2021 11:36:30 +0000 https://blog.storiesbyjana.com/hijra-part-41-copy/

ފޯނުން ގޭމު ކުޅެން އިނދެ ބައްޕަވެސް މިހާރު މިސްބާޙް މަތިން ހަނދާން ނެތިދާނެކަމަށްބުނެ ސިނާން އޭނަގެ ހިތަށް ވިސްނައިދިނެވެ. އޭގެ އިރުކޮޅެއް ނުވަނީސް އެ ހިތުގެ ހަމަޖެހުން ގެއްލި ދިޔައީ ފޯނުގެ ސްކްރީނަށް “ބައްޕަ”އޭ އެރުމުންނެވެ. ސިނާނަށް ލިބުނު ޝޮކާއެކީ އޭނަގެ ދެލޯ ބޮޑުވިއެވެ. އޭނަ ފޯނުގައި ހިފަހައްޓައިގެން ހުރި ދެއަތް ފިނިވިއެވެ. ފޯނަށް ޖަވާބުދޭން ނުދޭން ހުރެހުރެފައި ސިނާން ތުރުތުރު އަޅަމުން ދިޔަ އިނގިލިން ކޯލު ރިސީވް ކޮށްލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.   “ހަ……..ހެލޯ.” […]

The post Hijra (Part 42) appeared first on Stories by Jana.

]]>

ފޯނުން ގޭމު ކުޅެން އިނދެ ބައްޕަވެސް މިހާރު މިސްބާޙް މަތިން ހަނދާން ނެތިދާނެކަމަށްބުނެ ސިނާން އޭނަގެ ހިތަށް ވިސްނައިދިނެވެ. އޭގެ އިރުކޮޅެއް ނުވަނީސް އެ ހިތުގެ ހަމަޖެހުން ގެއްލި ދިޔައީ ފޯނުގެ ސްކްރީނަށް “ބައްޕަ”އޭ އެރުމުންނެވެ. ސިނާނަށް ލިބުނު ޝޮކާއެކީ އޭނަގެ ދެލޯ ބޮޑުވިއެވެ. އޭނަ ފޯނުގައި ހިފަހައްޓައިގެން ހުރި ދެއަތް ފިނިވިއެވެ. ފޯނަށް ޖަވާބުދޭން ނުދޭން ހުރެހުރެފައި ސިނާން ތުރުތުރު އަޅަމުން ދިޔަ އިނގިލިން ކޯލު ރިސީވް ކޮށްލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

“ހަ……..ހެލޯ.” ސިނާން ޖެހިލުންވުމަކާއެކީ ބުނެލިއެވެ.

 

“އެއާރޕޯޓުގަތަ ތިހިރީ؟” އެކޮޅުން ވަޙީދުގެ ހަރުކަށި އަޑު އިވުނެވެ.

 

“ލައްބަ.” ސިނާން ޖަވާބުދިނެވެ.

 

“ފްލައިޓަށް އަރާފަ ގުޅާތި. މިސްބާޙް ބަލަން ދިޔައިންތަ؟” ވަޙީދު ކުރި ސުވާލުން ސިނާންގެ ހިތް ރޫރޫއެޅިއެވެ. އޭނަ ނޫނެކޭ ބުނަން ބޭނުންވިއެވެ. އެހެނަސް އެ ޖަވާބު ދީފިނަމަ ކަންތައް ވާނެ ގޮތާއިމެދު ވިސްނާލުމުން ދޮގު ހަދާނީއޭ ހިތް ބުންޏެވެ. ބައްޕައަށް ދޮގު ހެދުމަކީ އޭނަ ޢާއްމު ގޮތެއްގައި ކުރާ ކަމަކަށް ވިޔަސް މިހާ ފާޅުކަން ބޮޑުގޮތެއްގައި އެންމެނަށް އެނގިފައިވާ މައްސަލައަކާއިމެދު ދޮގު ހަދަން އޭނަ ޖެހިލުންވިއެވެ. ނިކަން އަވަހަށް ޙަޤީޤަތް އެންމެންގެ ކުރިމައްޗަށް އައިސްދާނެކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ. ސިނާން ބުނާނެ އެއްޗެއް ނޭނގިފައި އިންދާ ވަޙީދު ރުޅި އަޑަކުން ހޫންލައްވާލިއެވެ. ސިނާނަށް ވަގުތުން ވާހަކަ ދެއްކުނެވެ.

 

“އަޅުގަނޑު ދިޔައިން. ދިޔައިރު މިސްބާޙް ހޭނާރާ. ޒާހިޔައްތަ ބުނީ އެކްސިޑެންޓެއްވިއްޔޭ.” ސިނާން އޭނައަށް ހީވި ގޮތް ކިޔައިދިނެވެ.

 

“ތިއީ ތެދެއްތަ އަނެއްކާ؟ ވަރަށް ހިއެއްނުވޭ. ފޮޓޯތަކުން މިސްބާޙްގެ މޫނުގެ އެކި ތަންތަން ނޫފަން ގަނެފައި ހުރި ގޮތުން ހީވަނީ މާރާމާރީއެއްގެ ތެރެއިން ނިކުތީހެން. އޭނަގެ ބައްޕައަށް ވެސް ގުޅާގުޅާ ފޯނެއް ނުނަގާ. އޭނަ އެބައުޅޭ މާލެތެރޭގަ. އަމީން ވެސް އުޅެނީ ފައިސާއާހެދި މޮޔަވެގެން. މިސްބާޙް އުޅޭތަން އޭނައަށް ބެލޭނަމަ މީހަކު އައިސް ޖަލްސާއެއްގެ މެދުގަ ލަދުގަންނަން ޖެހޭ ވާހަކަތައް ދައްކާކަށް ނުޖެހުނީސް. ސިނާނަށް އެނގޭތަ އެރޭ މިސްބާޙް ހުރިތަނެއް؟” ވަޙީދު ނުރުހިފައިހުރެ ސުވާލުކުރިއެވެ.

 

“ން….ނޭނގެ ބައްޕާ. ނޭނގޭ.” ސިނާން ތެޅިތެޅި އޮތް ހިތަކާއެކީ ބުނެލިއެވެ.

 

“އެންމެ ރަނގަޅު. ފްލައިޓަށް އަރާފަ ގުޅާތި. ބާއްވާ.” ވަޙީދު އަނެއްކާވެސް ހަނދާންކޮށްދީފައި ފޯނު ކަނޑާލިއެވެ. ސިނާނަށް ދެލޯ މަރާލަމުން ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އެހެނަސް އެއިން އޭނަގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ކިތަންމެ ބޭނުމެއްނުވިޔަސް ހުރިހާ ކަމެއް ގޯހުންގޯހަށް ދާނެ ގޮތްތައް އޭނައަށް ޚިޔާލު ކުރެވެމުން ދިޔައެވެ.

 

އެރޭ ޔޫނުސް ރާއްޖެ ޕްރެސްގައި ޝާއިއުކުރި ރިޕޯޓް އޭގެ އަނެއްދުވަހު މުޅި ސޯޝަލް މީޑިޔާއަށް ފެތުރިގެން ދިޔައެވެ. މިސްބާޙްގެ އަސަރުގަދަ އިންޓަވިއު ކިޔާފައި ގިނަ ޢަދަދެއްގެ މީހުންގެ ލޯތަކުން ކަރުނަ ހިލިއްޖެއެވެ. އެ އިންޓަވިއުއިން އެންމެ ބޮޑު އަސަރެއްކުރީ އަފްރީން ނޫން ދެވަނަ މީހަކަށް ނޫނެވެ. އަފްރީނަށް އެ ރިޕޯޓުގެ ވާހަކަ އަޑުއިވުނީ އެދުވަހު ސްކޫލަގައި ހުއްޓާ ކުލާހުގެ ކުދިބަޔަކު އެ ވާހަކަ ދެއްކުމުންނެވެ. ސްކޫލުން ގެއަށް އައި ގޮތަށް އަފްރީން ކެތްމަދުވެފައިވާ ހިތަކާއެކީ ކިޔަވާ މޭޒުދޮށުގައި އިނދެ ލެޕްޓޮޕުން ރިޕޯޓް ކިޔަންފެށިއެވެ. މިސްބާޙް އޭނައާއި އެ “އަންހެން ކުއްޖާ” އާއި ދެމެދު އޮތް ގުޅުން ކިޔައިދީ އޭނަގެ ހިތުގެ ޝުޢޫރުތައް ހާމަކޮށްފައިވި ގޮތުން އަފްރީންގެ ލޯ ކަރުނުން ފުސްވިއެވެ. އެ އަންހެން ކުއްޖާއަށްޓަކައި އޭނަގެ ހިތުގައި ޚާއްޞަ މަޤާމެއް ދެވިފައިވި ވާހަކަ އަފްރީނަށް ކިޔާލެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. އެއަށްފަހު މިސްބާޙް އެރޭ އޭނައާއި ދުރަށްދިޔަ ސަބަބުތައް ބުނެދީފައިވި ގޮތުން އަފްރީންގެ ހަނދާނަށް އައީ މިސްބާޙް ގިސްލަމުން ދިޔަ މަންޒަރެވެ. މިސްބާޙަށް އެވަގުތު ކުރެވިފައިވާނެ އިޙްޞާސްތައް ތަޞައްވުރު ކުރެވުމުން އަފްރީންގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. އޭނަ މިސްބާޙާއިމެދު ދެކުނީ ހާދަ ނުބައި ކޮށޭ ހިތަށްއެރިއެވެ. ރިޕޯޓުގެ ފަހަތުގައި މިސްބާޙްގެ މަންމަ ދައްކާފައި ހުރި ވާހަކަތަކަކުން އަފްރީންގެ ހިތް ކުދިކުދިވިއެވެ. މިސްބާޙަށް ލިބުނު ޒަޚަމްތަކަށްޓަކައި އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނަ މިސްބާޙަކީ ކިހާ މައުސޫމް ކުއްޖެއްކަން އޭނަގެ ބައްޕައަށް އެންގިނަމަ ބައްޕަ ޖަލްސާއަށް ގޮސް އެވާހަކަ ނުދެއްކީހެވެ. ބައްޕަ އެ ވާހަކަ ނުދެއްކިނަމަ މިސްބާޙްގެ ބައްޕަ ރުޅިނައީހެވެ. މިސްބާޙްގެ ހިތުގައި އޭނަގެ ބައްޕައަށްޓަކައިވާ އިޙްޞާސްތައް ކިޔުނު ވަގުތު އަފްރީނަށް އިތުރަށް ރޮވުނެވެ. ތިމާ އެހާވަރަށް ލޯބިވާ މީހަކު ތިމާއަށް އަނިޔާކުރުމުން ދެރަވާނެ މިންވަރެއް އަފްރީނަށް އަންދާޒާކުރާކަށް ވެސް ނޭނގެއެވެ. ރިޕޯޓް ކިޔައި ނިމުނުތަނާހެން އަފްރީން މިސްބާޙް ދެކިލަން ދާން އިންތިހާއަށް ބޭނުންވިއެވެ. އޭނަ ކިޔަވާ މޭޒުދޮށުން ތެދުވެލީ މިސްބާޙަށް މަޢާފަށް އެދުމަކީ އޭނަ ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެއްކަމަށް ހިތް ބުނަމުން ދިޔައީތީވެއެވެ. ކޮޓަރީގެ ދޮރާއި ހަމައަށް ދިޔައިރު އަފްރީންގެ ޚިޔާލުތަކުން އޭނައަށް މިސްބާޙްގެ ގާތަށް ދެވިއްޖެއެވެ. ދޮރުގެ ތަޅުގައި ހިފާލި ވަގުތު އޭނަ މިސްބާޙްގެ ގައިގައި ބައްދާލިތަން ސިފަކުރެވުމުން އަފްރީންގެ ޙަރަކާތްތައް މަޑުވިއެވެ. އަދި ގެއިން ވެސް ނުނިކުމެވެނީސް މިފަދަ ޚިޔާލުތަކެއް ކުރެވޭނަމަ އެތަނަށް ދިޔުމުން ވާނީ ކިހިނެއްބާއޭ ހިތް ސުވާލުކުރިއެވެ. އެވަގުތު އޭނަގެ ދެފައިން ވާގި ދޫވާން އުޅުނުހެން ހީވުމުން އަފްރީނަށް ދޮރުގެ ތަޅުގައި ބާރަށް ހިފަހައްޓާލަމުން ދެލޯ މަރާލެވުނެވެ. އޭނަ މިސްބާޙްގެ ގާތަށްދާން ބޭނުންވަނީ ހަމައެކަނި މަޢާފަށް އެދޭކަށް ނޫންކަން އަފްރީނަށް އެނގުންވިއެވެ. އޭނަ ދެން ދުވަހަކުވެސް މިސްބާޙާއި ވާހަކަ ދެއްކިއްޔާ ގާތްނޫން ގޮތަކަށް ވާހަކަ ދެއްކޭނެހެނެއް އަފްރީނަކަށް ހިއެއްނުވެއެވެ. މިސްބާޙް އިންޓަވިއުގައި ޖަވާބުތައް ދީފައިވި ގޮތުން މިހާރު މިސްބާޙަކީ ތެދުވެރިއެއްކަން އޭނައަށް ޔަޤީންވެއްޖެއެވެ. މިސްބާޙްގެ ހިތުގައި އޭނައަށްޓަކައި ޖާގައެއް ދެވިފައިވިކަން އެނގުމުން ވެސް އޭނަގެ ހިތުގައި ވެސް މިސްބާޙަށްޓަކައި އިޙްޞާސްތަކެއްވާކަން އޭނަ އަންގަން ބޭނުންނުވެއޭ އޭނައަކަށް ނުބުނެވޭނެއެވެ. މިވަގުތު ވެސް މިސްބާޙް ފެނިއްޖެނަމަ އޭނަ ވިރިގެންދާނެކަން އޭނައަށް ޔަޤީނެވެ. އޭނައަށް މި ޚިޔާލު ކުރެވޭ ގޮތަށް ވާހަކަ ދައްކައިފިނަމަ މިސްބާޙަށް ވެސް ދުރުގައި ހުރެވޭނެހެނެއް ހިއެއްނުވެއެވެ. އެހެންވީމަ އޭނަ ގޮސްގެންނުވާނެ ނޫންހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމުން އަފްރީންގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެވެ. އޭނަގެ ހިތުގެ ކަނަކުން ނޫނެކޭ ކިޔައި ގޮވާލައިފިއެވެ. އެހެނަސް އަފްރީން ގަދަކަމުން ކަހަލަ ގޮތަކަށް ދޮރުގެ ތަޅުން ދޫކޮށްލިއެވެ. އަދި ހިތާއި ދެކޮޅަށް ރޮމުންރޮމުން ގޮސް އެނދުގައި އިށީނެވެ. މޫނުގައި ދެއަތް އަޅާލަމުން އަފްރީނަށް އިހުނަށްވުރެ ބާރަށް ރޮވުނީ އޭނަ މިސްބާޙް ދެކެން ބޭނުންވިވަރު އޭނަގެ ހިތް އޭނައަށް އެންގުމުންނެވެ. އޭނަ މިސްބާޙް ހަނދާންވާ މިންވަރު މިސްބާޙަށް އެނގޭނެނަމައޭ ހިތަށްއެރިއެވެ. މިސްބާޙްގެ ހަނދާންތަކުން ދުރުނުވެވޭނެހެން ހީވި ވަގުތު އަފްރީން އަވަސްއަވަހަށް އޭނަގެ ކޯތާފަތުން ކަރުނަތައް ފޮހެލިއެވެ. އަދި ދެއަތް އުފުލާލަމުން އަމިއްލަ ހިތަށް ހަމަޖެހުމެއް ގެނެސްދެއްވުމަށްއެދި ދުޢާކުރެވުނެވެ. ދުޢާ ކުރަމުން ގޮސް އޭނައަށް ނޭނގުމެއްގެ ތެރެއިން މިސްބާޙަށްޓަކައި ވެސް ދުޢާކުރެވެން ފެށިއެވެ. އަދި ބޭ އިޚްތިޔާރުގައި ހިތާހިތުން އެއްދުވަހު އޭނައާއި މިސްބާޙް ގުޅޭނެ ގޮތެއް ހައްދަވައިދެއްވުމަށްއެދި ދުޢާކުރެވުނެވެ.

 

ޢާއްމު ގޮތެއްގައި އޮންލައިން ނޫސް ކިޔައި ނުއުޅޭ ވަޙީދަށް މިސްބާޙްގެ އިންޓަވިއު ފެނުނީ، އޭނަ ގެއަށް އައުމުން އޭނަގެ 14 އަހަރުގެ ހަގު ދަރިފުޅު ކަމަށްވާ ރާޔާ އެ ޚަބަރު ދެއްކުމުންނެވެ. ސިޓިންގް ރޫމުގެ ސޯފާގައި ރާޔާގެ ލެޕްޓޮޕުން އެ ރިޕޯޓް ކިޔަން އިން ވަޙީދަށް އިނދެވުނީ ޙައިރާންވެފައެވެ. މިސްބާޙް ވާހަކަ ދައްކާފައި ހުރި ގޮތުން އެއީ އޭނަ ދަންނަ މިސްބާޙެއް ނޫނޭ ހިތަށްއެރިއެވެ. މިސްބާޙަކީ އޭނަ ދަންނަ ގޮތުގައި ލަދުކުޑަ ކަމެއް ކުރުމަށްފަހު އެކަމާމެދު ފަޚުރުވެރިވެފައި ވާހަކަ ދައްކާ ކުއްޖެކެވެ. މިސްބާޙް މާލޭގައި ހުރިއިރު އޭނަ ވަޙީދުގެ ކުރިމަތީގައި ވެސް ޖެހިލުމެއްނެތި އޭނަ އެއްފަހަރާ ރައްޓެހިވެގެން އުޅޭ އަންހެން ކުދިންގެ ވާހަކަ ދައްކައެވެ. ވަޙީދު އެއްޗެހި ގޮވުމުން ވެސް މިސްބާޙްގެ އުޅުމަކަށް ބަދަލެއް ނައެވެ. ދެން މިއަދު މިސްބާޙަށް މިހާ ބޮޑު ބަދަލެއް އައީ ކިހިނެއްބާއޭ ވަޙީދުގެ ހިތް ސުވާލުކުރިއެވެ. ރިޕޯޓު ކިޔަން ފެށިއިރު ވަޙީދަށް އިނދެވުނީ ޙައިރާންކަމެއްގެ ތެރޭގައި ވިޔަސް ރިޕޯޓުގެ ފަހަތުގައި އަމީން ކުރި ކަންތައްތަކުގެ ވާހަކަ ފެނިފައި ވަޙީދުގެ ރުޅިގަދަވިއެވެ. މިސްބާޙް އެހާ ޞާލިޙުވެފައި ވަނިކޮށް އަމީން މިސްބާޙަށް އިތުބާރު ނުކޮށް އޭނައަށް އަނިޔާ ކުރީތީވެއެވެ.

 

ވަޙީދާއި ރާޔާ ސިޓިންގް ރޫމުގެ ސޯފާގައި ތިއްބާ ސްކޫލުން ގެއަށް އައި ސިނާން ގޭގެ ދޮރު ހުޅުވާލި ވަގުތު ރާޔާއަށް އިސްއުފުލާލެވުނެވެ.

 

“ދޮންބެ ބަލާބަލަ. މިސްބާބެ ދިން އިންޓަވިއުއެއް އެބަހުރި ރާއްޖެ ޕްރެސްގަ. ވަރަށް ޓަޗިންގް.” ރާޔާ ފޯރިއާއެކީ އެއްފަހަރު ސިނާނަށް އަނެއްފަހަރު ލެޕްޓޮޕް ސްކްރީނަށް ބަލަމުން ބުނެލިއެވެ. އެއާއެކު ސިނާންގެ ފިޔަވަޅުތައް މަޑުޖެހި އޭނަގެ ދެލޯ ބޮޑުވިއެވެ. ވަޙީދު ރިޕޯޓް ކިޔައި ނިންމާލަމުން ސިނާނަށް ބަލާލި ވަގުތު ސިނާން ވެސް ހުރީ ވަޙީދަށް ބަލަހައްޓައިގެންނެވެ. ސިނާންގެ ބިރުގެންފައިވާ ހިތް ބާރުބާރަށް ތެޅެމުން ދިޔައީ ބައްޕަ ކޮށްލާނެ ސުވާލަކަށް ކެތްމަދުވެގެން ފަދައެވެ. އެހެނަސް ސިނާން ހީކުރި ގޮތާއި ޚިލާފަށް ބައްޕަ އިރުކޮޅެއް ވީއިރުވެސް ސުވާލެއް ނުކުރުމުން ސިނާން ޖެހިލުންވުމަކާއެކީ ގޭގެ ތެރެއަށް ވަދެގެން ދާން ފެށިއެވެ. މާ ދުރަކަށް ނުދެވެނީސް ވަޙީދުގެ އަޑު އިވުނެވެ.

 

“ސިނާން!” ވަޙީދު ހަރުއަޑުން ގޮވާލި އަޑަށް ސިނާންގެ ފިޔަވަޅުތަކާއެކީ އޭނަގެ ހިތް ވެސް ހުއްޓުނެވެ. އެވަގުތު ރާޔާ މަންޒަރު ނުބަލަންވެގެން އަވަހަށް ސޯފާއިން ތެދުވެގެން ގޮސް އެތާ ހުރި ސިޑިން މައްޗަށް އަރައިގެން ދިޔައެވެ.

 

“ލައްބަ.” ސިނާން ހިތްވަރުކޮށްފައި  ވަޙީދަށް ބަލާލިއެވެ.

 

“މިސްބާޙްގެ އެކްސިޑެންޓެއްނޫންވީ. ކީއްވެ ދޮގު ހެދީ؟” ވަޙީދު ބުމަގޮށްޖެހިފައި އިނދެ ސިނާނަށް ބަލާލަމުން އުނގުގައި ހުރި ލެޕްޓޮޕް ކުރިމަތީގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ.

 

“އަމް…….ޒާހިޔައްތަ އަޅުގަނޑު ކައިރީގަ ބުނީ އެކްސިޑެންޓެކޭ.” ސިނާން އޭނަގެ ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން ބުންޏެވެ.

 

“ޒާހިޔައްތަ އަމިއްލައަށް ޚަބަރުގަ ބުނެފަ މި އޮތީ މިސްބާޙްގެ ބައްޕަ މިސްބާޙަށް އަނިޔާކުރިއްޔޭ.” ވަޙީދު ޝައްކުގެ ނަޒަރަކުން ސިނާނަށް ބަލަން އިނދެ ބުނެލިއެވެ. އެއާއެކު ސިނާން ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. އޭނައަށް މި އިވުނީ އަދި އާ ވާހަކައެކެވެ. ބޮޑުބޭބެ މިސްބާޙަށް އަނިޔާކުރީ ކީއްވެބާއޭ ހިތަށްއެރިއެވެ.

 

“ޖަވާބެއްދީ!” ވަޙީދު ހަރުއަޑުން ގޮވާލަމުން ކޮޅަށް ތެދުވުމުން ސިނާން ސިހިގެން ދިޔައެވެ.

 

“ބަ..ބަ……ބައްޕާ. އަ…އަޅުގަނޑު ނުދެނަހުރިން. އަ…….” ސިނާން ޖެހިލުންވުމަކާއެކީ ފެށި ވާހަކަ ފުރިހަމައެއްނުވިއެވެ.

 

“ކީއްވެ ނުދެނަހުރީ؟ އެރަށުގަ ނޫންތަ މިހާ ދުވަހު ހުރީ؟ ކޮން އެކުވެރިޔެއްގެ ވާހަކަތަ މިސްބާޙް އެ ދައްކަނީ؟ އޭނަ ބުނީ ކޮންމެވެސް އެކުވެރިޔެކޭ ތިމަންނަ އަންހެން ކުއްޖަކާއެކީ ކޮޓަރިއެއްގަ ތަޅުލީ. އެއީ ތެދެއްތަ؟” ވަޙީދު ސުވާލުކުރިއެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔަ ސިނާންގެ ހިތަށް ޙައިރާންކަމެއް ވެރިވިއެވެ. މިސްބާޙް އޭނަގެ ނަން ހާމަނުކުރީ ކީއްވެބާއޭ ހިތަށްއެރިއެވެ. އެހެނަސް އެކަމާމެދު މާ ބޮޑަށް ވިސްނުމެއްނެތި ސިނާން ލިބުނު ކުޑަ ހިތްހަމަޖެހުމާއެކީ ވާހަކަ ދެއްކިއެވެ.

 

“ނޫން ބައްޕާ އެއީ ހުސް ދޮގު. ބައްޕައަށް އެނގެއެއްނޫންތަ މިސްބާ އުޅޭ ގޮތް؟ އެއްފަހަރާ އެތައް އަންހެން ކުދިންނާ ރައްޓެހިވާ މީހަކު އަންހެން ކުއްޖަކާއެކީ ގަދަކަމުން ކޮޓަރިއެއްގަ ތަޅުލާކަށް ނުޖެހޭނެއެއްނު؟ އަހަރެން އެކޮޅަށް ދިޔަފަހުން އެތައް ރެއަކު ދުށިން އޭނަ އަންހެން ކުދިންނާއި ގައިގޯޅިވެގެން އުޅޭ މަންޒަރު. ބުނަން ވެސް ބުނިން އެއީ ގޯސްކަމެކޭ އެކަމަކު މިސްބާ އަޑެއްނާހާ.” ސިނާން ހިތާމަ ކުރާ ފަދައަކުން އިސްޖަހައި ބޯހޫރުވަމުން ކިޔައިދިނެވެ. ވަޙީދު ދެންވެސް ސިނާނަށް ބަލަން ހުރީ ޝައްކެއްގެ މަތީގައެވެ.

 

“އިންޓަވިއުގަ ވާހަކަ ދައްކާފަ ހުރި ގޮތުން ވަރަށް ހިއެއްނުވޭ މިހާރު މިސްބާޙަކީ އެކަހަލަ ކުއްޖެއްހެން.” ވަޙީދު ކޮންޓްރޯލް ކުރެވިފައިވާ އަޑަކުން ބުނެލިއެވެ.

 

“އެއީ އޭނަ ހެދެނީ. އިންތިޚާބު މިހާ ކައިރިވެފަ އޮތްވާ ބޮޑުބޭބެގެ ނަން ހަޑިވާފަދަ ގޮތަކަށް އޭނަ ވާހަކަ ދައްކައިގެންނުވާނެއެއްނުދޯ؟ އެއީ އެހެންވީމަ ކަމަށްވާނީ.” ސިނާން ބުނެލިއެވެ.

 

“އެކަމަކު މި އިންޓަވިއުއިން ބޮޑުބޭބެގެ ނަން ހަޑިވެއްޖެ. މިސްބާޙް އޭނަގެ ބައްޕަގެ ނަން ހަޑިކުރަން ބޭނުންނުވަންޏާ އޭނަގެ މަންމަ ދެއްކި ވާހަކަތައް ވެސް އިންޓަވިއުއަށް ނާރުވަން މަސައްކަތް ކުރީސް. ތި ދައްކާ ވާހަކަ ތާކުންތާކު ނުޖެހޭ.” ވަޙީދު ބުނެލި ވާހަކައިން ސިނާން އަނެއްކާވެސް ނުތަނަވަސް ވާންފެށިއެވެ. ވަޙީދު އެ މަންޒަރު ފަރުވާތެރިކަމާއެކީ ބެލިއެވެ.

 

“އާ……އެވާނީ….” ސިނާން އިތުރު ދޮގުތައް ހަދަން އުޅުނު ވަގުތު ވަޙީދު އޭނައަށް ހުރަސްއެޅިއެވެ.

 

“ހިއެއްނުވޭ ސިނާންގެ ފަރާތުން ޙަޤީޤަތް އެނގޭނެހެނެއް. އަހަރެން އަމިއްލައަށް އެކޮޅަށް ދާންވީހެން ހީވަނީ. އާ ފިހާރަ ހުޅުވުމުގެ ކަންތައް ނިމުނީމަ ދާނީ. އެރަށަށް ގޮއްސަ ހޯދާ ހޯދުމުން ސިނާން ތި ބުނާ އެއްވެސް ވާހަކައަކީ ދޮގެއްކަން ސާބިތުވެއްޖެއްޔާ ދިގުދެމިގެންދާ އަދަބަކަށް ތައްޔާރުވެގެން ހުންނާތި!” ވަޙީދު ސިނާނާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮއްލަމުން ބުނެލިއެވެ. އެއަށްފަހު ރުޅިވެރިކަމާއެކީ ހިނގާފައި ގޮސް ގެއިން ނިކުމެގެން ދިޔައީ ސިނާންގެ ހިތް ބިރުވެރިކަމުން ވަށާލާފައެވެ.

މިސްބާޙްގެ އިންޓަވިއުގެ ސަބަބުން ބިރުވެރިކަމެއް އިޙްޞާސް ކުރެވުނީ ސިނާނަށް އެކަންޏެއްނޫނެވެ. މޯލްޑިވިއަން ރީފޯމް ޕާޓީއިން މީހުން ހަލުވިކަމާއެކީ ވަކިވާ މަންޒަރު ފެނިފައި އަމީންގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. ކުރާނެ ކަމެއް ނޭނގިގެން އޭނަ އެޗް.އެން ނިއުސްއަށް ގުޅާފައި އެ އިންޓަވިއުގެ ހުރިހާ ވާހަކައެއް ދޮގުކޮށް ރިޕޯޓެއް ލިޔުމަށް އެންގިއެވެ. އަމީންގެ އެދުމަށް އެޗް.އެން ނިއުސްގައި ވަގުތުން ރިޕޯޓެއް ޝާއިއުވެގެން ދިޔައެވެ. އެ ރިޕޯޓުގައިވާ ގޮތުން މިސްބާޙާއި ޒާހިޔާ އެކަހަލަ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އަދި މިސްބާޙަށް ލިބުނު އަނިޔާތަކުގެ ސިއްރަކީ އޭނަގެ އެކުވެރިންގެ ބަޔަކު އޭނައަށް އަނިޔާކުރުމެވެ. މީގެ އިތުރުން އަމީން އޭނަގެ ދަރިފުޅުމަތިން ވަރަށް ހަނދާންވާ ވާހަކައާއި އޭނަ މާލެއަށް އައިސްފައި ހުރީ ވަރަށް މުހިއްމު މަސައްކަތެއްގައި ކަމަށްވެސް އެ ރިޕޯޓުގައި ލިޔެވިފައިވިއެވެ. އެ ރިޕޯޓަކަށް މާ ބޮޑު ތަރުޙީބެއް ނުލިބުނެވެ. ޢާއްމު ގޮތެއްގައި އެޗް.އެން ނިއުސްގެ ހުރިހާ ރިޕޯޓަކަށް ތަޢުރީފުކުރާ މީހުން ވެސް ބުނަމުން ދިޔައީ ދަރިފުޅަށްވުރެ ބޮޑަށް މުހިއްމުވާނީ ކޮން މަސައްކަތެއްތޯއެވެ. އެފަދަ ކޮމެންޓްތައް ފެނިފައި އަމީން އަނބުރާ ރަށަށް ގޮސް އެންމެނަށް ދައްކާލުމަށްޓަކައި މިސްބާޙްގެ ގައިގައި ބައްދާލަން ބޭނުންވެއެވެ. އެހެނަސް އޭނަ އެގޮތަށް ކަންތައް ކުރުމުން އެންމެންގެ ކުރިމަތީގައި މިސްބާޙް އޭނައާއި ދެކޮޅު ހަދާފާނެތީވެސް އަމީން ކަންބޮޑުވިއެވެ. އެހެންކަމުން އޭނަ އޭގެ ބަދަލުގައި މިސްބާޙާއެކީ ތަންކޮޅެއް ކުރިން ނެގިފައިހުރި ފޮޓޯތައް އޭނަގެ ފޭސްބުކް ޕޭޖްގައި ޝެއަރކުރަން ފެށިއެވެ. އޭނައާއި މިސްބާޙް އެއްކުލައެއްގެ ކޯޓު ފަޓުލޫނުގައި ހިނިތުންވެގެން ތިބި ފޮޓޯއެއް ޕޯސްޓްކޮށް އޭގެ މަތީގައި މިސްބާޙް ހަނދާންވާ ވާހަކަ ލިޔުމުން އެ ފޮޓޯއަށް ހާހުން ލައިކްސް ލިބުނެވެ. އެހެނަސް ގިނަބަޔަކު ތިބީ މިސްބާޙަށް ޙަމްދަރުދީ ފާޅުކޮށް އަމީނަށް އެއްޗެހި ގޮވައި ކޮމެންޓްކޮށްފައެވެ.

 

“ކީއްތަ ދެން މަ ކުރަންވީ؟ މަ ރަށަށް ދިޔައިއްޔާ ހުރިހާ ކަމެއް ގޯހުންގޯހަށް ދާނީ. މިސްބާޙް ދެކޮޅު ނެހެދިޔަސް އެ ޒާހިޔާއަށް ނުހުރެވޭނެ އެއްޗެކޭ ނުކިޔާ. އެ ނަވާޒް ވެސް ނުއުޅޭ ކަމެއް ކުރާ ހިތުންނެއް. އޭނައަށް ވަރިހަމަ އަހަރުމެންނަށް އިންތިޚާބު ކާމިޔާބު ނުކުރެވުނަސް. އެކަމަކު މަށަކަށް ނުހުރެވޭނެ ކަމެއްނުކޮށް.” އަމީން އޭނަގެ ސިޓިންގް ރޫމުގެ ދެކޮޅުންދެކޮޅަށް ހިނގަމުން ހަރު އަޑުން ވާހަކަ ދެއްކިއިރު އެތާހުރި ސޯފާގައި އޭނަގެ ޕާޓީގައި އިސްކޮށް އުޅޭ އޭނަގެ އެކުވެރިއެއްކަމަށްވާ މުފީދު އިނެވެ.

 

“ކަމެއް ނުކޮށް ހުންނާކަށް ބޭނުމެއްނުވޭ އަހަރެންވެސް.” މުފީދަށް އެހާ ހިސާބަށް ބުނެލެވުނުތަނާ އަމީން ވާހަކަ ދެއްކިއެވެ.

 

“މަ ބޭނުންވަނީ އެ ޔޫނުސް މަރާލަން!” އަމީން އޭނަގެ ފިޔަވަޅުތައް މަޑުޖައްސައި މުފީދަށް ބަލަންހުރެ ރުޅިވެރިކަމާއެކީ ބުނެލިއެވެ. މުފީދު ކޮޅަށް ތެދުވިއެވެ.

 

“އަމީން….މިހާ ނާޒުކު ޙާލަތެއްގަ އަހަރުމެން ވަރަށް ވިސްނައިގެން ފިޔަވަޅު އަޅަންވާނީ. މިހާރު ވެސް އަމީނާއިމެދު ބައިވަރު ވާހަކަތައް އެބަ ދެކެވޭ. އެ ވާހަކަތައް ދެކެވެނީ ޔޫނުސްއާ ހެދި. ދެން ހަމަ މިދުވަސްކޮޅު ޔޫނުސްއަށް ކަމެއްވެއްޖެއޭ ކިޔާފައި އޮތް ޚަބަރެއް ފެތުރިއްޖެއްޔާ ވަރަށް ފަސޭހައިން އެންމެނަށް ނަގައިގަނެވޭނެ އޭގެ ފަހަތުގައިވަނީ އަމީންކަން. އަހަންނަށް ފެންނަނީ މި އަޑުތައް ތަންކޮޅެއް މަޑުވަންދެން އަހަރުމެން މަޑުކުރަން. އެއަށްފަހު ކަމެއްކުރަން. ޕާޓީއަށް މެންބަރުން އިތުރު ކުރެވިދާނެ. އަދި އިންތިޚާބުގެ ކުރިން ދެ މަސް އެބައޮތް.” މުފީދު ބުނެލިއެވެ. އޭނަ ދެއްކި ވާހަކައިން އަމީނަށް ހަމަޖެހުމެއް ލިބުނުކަން އެ މޫނުމަތިން އެނގެއެވެ. އޭނަ މުފީދަށް ބަލަންހުރެ ފުން ނޭވައެއް ދޫކޮށް ހޫންލައްވާލަމުން ބޯޖަހާލިއެވެ.

 

މުޅި އެ ދުވަހު އަފްރީންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރިކަމެވެ. ނަމަވެސް އެ މަންޒަރު ދެކޭކަށް ގޭގައި އެކަކު ވެސް ނެތެވެ. މެންދުރު ގަޑީގައި ޝަރީފް ވެސް ގެއަށް ކާކަށް ނާދެއެވެ. ދުވަހަކީ ނަސްރާވެސް ސްކޫލްގައި އަވަދިނެތި އުޅެމުން ދިޔަ ދުވަހަކަށްވުމުން އޭނައަށް ވެސް މެންދުރު އަފްރީން ކައިރިއަށް ދެވޭ ގޮތެއްނުވިއެވެ. އަފްރީނަށް އެދުވަހު ފިލާވަޅުތައް ވެސް ހަދަން އިނދެވުނީ ރޮވިފައެވެ. އޭނަ ބުނި ބަސްތަކުން މިސްބާޙް ދެރަވާނެ މިންވަރު މެދުކެނޑުމެއްނެތި އިޙްޞާސް ކުރެވެމުން ދިޔައީތީވެއެވެ. އޭނައަށް މިސްބާޙް ފެންނާނެނަމައޭ ހިތަށްއެރީ ކިތައްފަހަރު ކަމެއްވެސް ނޭނގެއެވެ. އެހެން ހިތަށްއަރާ ކޮންމެފަހަރަކު މިސްބާޙްވެސް އޭނަ ދެކެން ބޭނުންވާނެތޯ ހިތް ސުވާލުކުރެއެވެ.

 

އެދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ނަސްރާ އަފްރީންގެ ކޮޓަރިއަށް ވަތްއިރު އަފްރީން އޭނަގެ ފޮތްތައް ދަބަހަށް އަޅަނީއެވެ. އަފްރީން އޭނައަށް ފުރަގަސްދީގެން ހުރުމުން ނަސްރާ އެ ކޮޓަރީގެ ހުޅުވާލެވިފައިވާ ދޮރުގައި ޓަކި ދިނެވެ. އަފްރީން ފަސްއެނބުރި ބަލާލިއިރު އޭނަގެ ދުޅަވެފައިވާ ދެލޯ ފެނިފައި ނަސްރާގެ ހިތަށް ތަދުވިއެވެ. އޭނަ ހީކުރި ގޮތަށް އިންޓަވިއުގައި މިސްބާޙް ބުނެލި ބަސްތައް އަފްރީންގެ ހިތާއި ކުޅެލިތާއޭ ހިތް ބުންޏެވެ. އޭނަ ވަނީ މިވާހަކަ އަފްރާޒާއިވެސް ޙިއްސާ ކޮށްފައެވެ. އަފްރާޒް ބުނި ގޮތުގައި ނަސްރާއާއި އޭނަ ވެގެން މި މަޢުޟޫއަށް އަފްރީނާއި ވާހަކަ ދެއްކުން މުހިއްމެވެ. އަފްރީން އޭނަގެ އިޙްޞާސްތައް އެކަކާވެސް ޙިއްޞާނުކޮށް ހުރެހުރެފައި ގޯސް ފިޔަވަޅެއް އަޅާފާނެތީ އަފްރާޒާއި ނަސްރާ ވެސް ކަންބޮޑުވިއެވެ. އެހެންކަމުން އެދެބެއިން މިރޭ އަފްރީނާއި ވާހަކަ ދައްކަން ނިންމިއެވެ.

 

“އަފޫ……މިހާރު ދޮންބެ އޮންލައިން ވާނެ. ލެޕްޓޮޕް ހިފައިގެން އާދެބަލަ ސިޓިންގް ރޫމަށް.” ނަސްރާ ބުނެލިއެވެ. އަފްރީން ވަގުތުން ނޫނެކޭ ބުނަން ބޭނުންވިއެވެ. ނަމަވެސް އޭގެ ސަބަބު ދޮންތައަށް ކިޔައިދޭން ބޭނުމެއް ނުވީތީ އަފްރީން މަޑުމަޑުން ބޯޖަހާލިއެވެ.

 

**

 

“ސަލާމް.” ލެޕްޓޮޕް ސްކްރީނުން ފެންނަމުން ދިޔަ އަފްރާޒް އުޖާލާވި ހިނިތުންވުމަކާއެކީ ސަލާން ގޮވާލިއެވެ.

 

“ވަޢަލައިކުމުއްސަލާމް.” ސޯފާގައި އިން ނަސްރާވެސް ޖަވާބު ދިނީ ހިނިތުންވުމަކާއެކީ ކަމަށްވިޔަސް އަފްރީން ޖަވާބު ދިނީ ބަނަވެފައިވާ މޫނަކާއެކީ އެއްދިމާލަކަށް ބަލަން އިނދެއެވެ. އެކަން ފާހަގަވުމުން އަފްރާޒްގެ ހިނިތުންވުން ފަނޑުވިއެވެ. އަފްރާޒަށް ވީގޮތް ފެނިފައި ނަސްރާއާށް އަފްރީނާއި ދިމާލަށް ބަލާލެވުނެވެ. އެއާއެކު އޭނަގެ ހިނިތުންވުންވެސް ފިލައިދިޔައެވެ.

 

“އަފޫ ކިހިނެއްތަ؟” އަފްރާޒް އޭނަގެ އަޑުގައި ޖޯޝެއް އެކުލެވޭތޯ މަސައްކަތް ކުރަމުން ސުވާލުކުރިއެވެ.

 

“ރަނގަޅު.” އަފްރީން ދޮންބެއަށް ބަލާލަމުން ކުރު ޖަވާބެއްދިނެވެ.

 

“މިރޭ މި އޮންލައިން ވީ ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެގެންނޭ. އަފޫގެ އެރޭންޖްޑް މެރިއޭޖެއްގެ ވާހަކަ ދައްކަން.” އަފްރާޒް ސަމާސާވެރި ރާގަކަށް ވާހަކަ ދެއްކީ އަފްރީން ހެއްވާލުމުގެ ނިޔަތުގައެވެ. އެކަން ކާމިޔާބުވެސްވިއެވެ. އަފްރީންގެ ލުއި ހީލުމަކާއެކީ އިސްޖަހާލިއެވެ. އޭނަ އިސްއުފުލާލިއިރު އެ މޫނުމަތީގައިވި ހިތާމަވެރިކަން ފެނިފައި އަފްރާޒާއި ނަސްރާގެ ހިތަށް ވެސް އަސަރުކުރިއެވެ.

 

“އަފޫ…….ސީރިއަސްކޮށް ދޮންބެގާތު ބުނެބަލަ. އަފޫއަށް ކުއްޖަކު ކަމުދޭތަ؟ ކަމުދަންޏާ އެކުއްޖާއާ އަފޫ މެރިކޮށްދީފާނަން. އެހެރީއެއްނު ދޮންތަ ވެސް ދޮންތަގެ ޕްރިންސް ޗާމިންއާ މެރީކޮށްގެން؟” އަފްރާޒް ވީހާވެސް އަފްރީނާއި ގުޅޭ ފަދަ ގޮތަކަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

 

“ޕްރިންސް ޗާމިންގްއެއް ނޫން ބޭނުންވަނީ. ބޭނުންވަނީ އަހަންނަށް ﷲ މަތިން ހަނދާންކޮށްދޭނެ މީހަކު.” އަފްރީން އޭނަގެ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން އެހެން ބުނެލީ އޭނައަށް މިހާރު ވިސްނޭކަން ދޮންބެއަށް އެންގުމަށްޓަކައެވެ. އަފްރީން ދިން ޖަވާބުން އޭނަ ހީކުރި ގޮތަށް ދޮންބެގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.

 

“މާޝާ ﷲ. އެކަހަލަ ކުއްޖަކާ އަފްރީން ދިމާވެފަވޭތަ؟” އަފްރާޒް ސުވާލުކުރިއެވެ. އެއާއެކު އަފްރީން ހުއްޓުންއެރިއެވެ. އޭނަ ޙަޤީޤަތް ފޮރުވަން ބޭނުންވިއެވެ. އެހެނަސް ދޮގު ހަދާކަށް ބޭނުމެއްނުވިއެވެ.

 

“ހޫމް. އެނގޭ އެކަހަލަ ކުއްޖަކު.” އަފްރީން އިސްޖަހައިގެން އިނދެ ބުނެލިއެވެ.

 

“ކޮން ކުއްޖެއް؟” އަފްރާޒް ކެތްމަދުވިއެއްކަމަކު އޭނަ އެކަން ފާޅުނުކުރެވެވޭތޯ އުޅުނެވެ.

 

“މިސްބާޙް.” އަފްރީން ދެލޯ މަރައިގެން އިނދެ އެ ނަން ކިޔާލީ މީހަކު ކަމުދިޔުމަކީ ގޯހެއްނޫންކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ. އޭނަ ދެލޯ ހުޅުވާލިއިރު އޭނަ ހީކުރި ގޮތާއި ޚިލާފަށް ދޮންބެ ހުރީ ޙައިރާންވެފައެއްނޫނެވެ.

 

“އޭނަ އެ އިންޓަވިއުގައި ބުނެފަ އެވަނީ ތެދުތަ އަފްރީން؟” އަފްރާޒް އަހާލިއެވެ.

 

“އާނ ދޮންބެ އޭނަ ވަރަށް ރަނގަޅު. އޭނަ ކުރީގަ އުޅުނީ އަހަރެންގެ ސަމާލުކަން ހޯދަންވެގެން. އަހަރެން ކުރީގަ……ރައް…ޓެހިވީ ކުއްޖެއްގެ އެދުމުގެ މަތިން އޭނަ އުޅުނީ އަހަރެން އިންސަލްޓްކުރަން. އެކަމަކު ފަހުންފަހުން އައިއްސަ އޭނަ ވަރަށް ރަނގަޅު. ކުރީކޮޅު އޭނަ އަހަންނަށް ދަޢުވަތު ދިން އޭނަގެ ސައިކަލުގެ ފަހަތަށް އަރަން. އެކަމަކު ފަހުން އޭނަގެ މަންމަ އޭނަ ކައިރި އަހަރެން ގޮވައިގެން ސައިކަލުގަ ގެއަށް ގެންދާށޭ ބުނީމަވެސް އޭނަ އިންކާރުކުރީ. އޭނަގެ މަންމަވެސް ބުނި އޭނަ ވަރަށް ބަދަލުވެއްޖެއޭ.” އަފްރީނަށް އެ ވާހަކަތައް ކިޔައިދެވުނުލެއް އޮމާންކަމުން ޚުދު އަފްރީން ވެސް ޙައިރާންވިއެވެ.

 

“އަފްރީން އޭނައާއި ކައިރިވާން އުޅުނިންތަ؟” އަފްރާޒް ކުރި ސުވާލުން އަފްރީންގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވެ އޭނައަށް އިސްޖަހާލެވުނެވެ.

 

“ނޫން ދޮންބެ. އަހަރެން މިހާރު އެކަހަލަ އެއްވެސް ކަމެއް ނުކުރަން. އަދި އަމުދުން ކައިރިވާން އުޅުނަސް މިސްބާޙް އެކަން އެހެން ވިޔަދޭނެހެނެއް އަހަންނަށް ހިއެއްނުވޭ. އޭގެ އެންމެ ބޮޑު ހެއްކަކީ އެރޭ އޭނަ އަހަންނާއި ދުރަށް ދިޔަ ގޮތް.” އަފްރީން އިސްއުފުލާލި ވަގުތު އޭނަގެ ކޯތާފަތްމައްޗަށް ކަރުނަ ފައިބައިގެން އައެވެ. އަފްރީން އަވަސްއަވަހަށް އެ ކަރުނަތައް ފޮހެލިއެވެ. އަފްރާޒް މަންޒަރު ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.

 

“ދޮންބެއަށް ވެސް އަސްލު އެހެންވެ ހީވަނީ މިސްބާޙަކީ ރަނގަޅު ކުއްޖެއްހެން.” އަފްރާޒް ބުންޏެވެ. އެއާއެކު އަފްރީން ބޯޖަހަން ފެށިއެވެ.

 

“ހަމަ އަސްލުވެސް ވަރަށް ރަނގަޅު.” އަފްރީނަށް އެހެން ބުނެލެވުނީ އިޚްތިޔާރަކާނުލައެވެ.

 

“އެއްވެސް ރަނގަޅެއްނޫން!” ސިޓިންގް ރޫމުގެ ވާތްފަރާތުން އައި ޝަރީފްގެ އަޑަށް އަފްރީނާއި ނަސްރާއަށް އެދިމާލަށް ބަލާލެވުނެވެ.

 

ނުނިމޭ

The post Hijra (Part 42) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hijra-part-42/feed/ 0 448
Hijra (Part 41) https://blog.storiesbyjana.com/hijra-part-41/?utm_source=rss&utm_medium=rss&utm_campaign=hijra-part-41 https://blog.storiesbyjana.com/hijra-part-41/#respond Fri, 16 Apr 2021 11:35:16 +0000 https://blog.storiesbyjana.com/hijra-part-40-copy/

“އަހުމަދު މިސްބާޙް އަމީންގެ އިންޓަވިއު.” ޔޫނުސް އޭނަގެ އަތުގައި އޮތް ރެކޯޑަރު ދައްކައި އެހެން ބުނެލަމުން އެއްލޯ މަރާލިއެވެ. ޔޫނުސް ފެނިފައި ޒާހިޔާއަށް ހިނިތުންވެލެވުނު ވަގުތު މިސްބާޙްގެ ނިތަށް ރޫއެރިއެވެ.   “މިއީ ކާކުތަ މަންމާ؟” މިސްބާޙަށް ޒާހިޔާއާއި ދިމާލަށް ބަލާލަމުން އަހާލެވުނެވެ.   “މިއީ ޔޫނުސް. ރޭ މިސްބާޙް ހޮސްޕިޓަލަށް ގެންނަން އެހީވެދިނީ މި ބޭބެ. މިސްބާޙަށްޓަކައި ލޭ ހަދިޔާކޮށްދިނީ ވެސް މި ބޭބެ.” ޒާހިޔާގެ ވާހަކަ ނިމުނުތަނާހެން އެމީހުންގެ ގާތަށް އަންނަމުން ދިޔަ ޔޫނުސް […]

The post Hijra (Part 41) appeared first on Stories by Jana.

]]>

“އަހުމަދު މިސްބާޙް އަމީންގެ އިންޓަވިއު.” ޔޫނުސް އޭނަގެ އަތުގައި އޮތް ރެކޯޑަރު ދައްކައި އެހެން ބުނެލަމުން އެއްލޯ މަރާލިއެވެ. ޔޫނުސް ފެނިފައި ޒާހިޔާއަށް ހިނިތުންވެލެވުނު ވަގުތު މިސްބާޙްގެ ނިތަށް ރޫއެރިއެވެ.

 

“މިއީ ކާކުތަ މަންމާ؟” މިސްބާޙަށް ޒާހިޔާއާއި ދިމާލަށް ބަލާލަމުން އަހާލެވުނެވެ.

 

“މިއީ ޔޫނުސް. ރޭ މިސްބާޙް ހޮސްޕިޓަލަށް ގެންނަން އެހީވެދިނީ މި ބޭބެ. މިސްބާޙަށްޓަކައި ލޭ ހަދިޔާކޮށްދިނީ ވެސް މި ބޭބެ.” ޒާހިޔާގެ ވާހަކަ ނިމުނުތަނާހެން އެމީހުންގެ ގާތަށް އަންނަމުން ދިޔަ ޔޫނުސް ވާހަކަ ދެއްކިއެވެ.

 

“ޝްޝްޝް……ތިއީ ދައްކާ ވާހަކަތަކެއްނޫން.” ޔޫނުސް އެނދުގެ ކައިރީގައި ހުއްޓިލަމުން އެހެން ބުނެލި ގޮތުން މިސްބާޙާއި ޒާހިޔާއަށް ވެސް ހީލެވުނެވެ. ޔޫނުސް ވެސް ލުއި ހީލުމަކާއެކީ މިސްބާޙްގެ ކޮނޑުގައި އެއްއަތް އެޅިއެވެ.

 

“މިހާރު ކިހިނެއްތަ؟” ޔޫނުސް މަޑުމައިތިރި އަޑަކުން އަހާލިއެވެ.

 

“ރަނގަޅު ފުދޭވަރަކަށް، އަލްޙަމްދުލި ﷲ. ބޭބެ ކެމެރާ ހިފައިގެން ތި އައީ ކީއްކުރަން؟ އަހަރެން ބޭބެ ދުށް ހަނދާނެއްވޭ.” މިސްބާޙް ހިނިތުންވުމަކާއެކީ ބުންޏެވެ. މިސްބާޙް ވާހަކަ ދެއްކިގޮތުން އޭނައަކީ ހީކުރިވަރަށް ވުރެވެސް ރަނގަޅު ކުއްޖެކޭ ޔޫނުސްގެ ހިތަށްއެރިއެވެ.

 

“ހެހެ……އެއްރަށެއްގަ އުޅެންޏާ މަގުމަތިން ވެސް ފެނިފަ ހުރެދާނެތާ. ދެން ފެންނާނީ ރާއްޖެ ޕްރެސްގައި ހުންނަ ކުދި ކުދި ފޮޓޯތަކުން.” ޔޫނުސް ބުނެލިއެވެ. އެއާއެކު ޒާހިޔާއާއި މިސްބާޙްގެ މޫނުމައްޗަށް ވެސް އުޖާލާކަމެއް ވެރިވިއެވެ.

 

“ވާވް! މި ދުވަސްކޮޅު އެންމެ މަޝްހޫރު ނޫހުގެ ނޫސްވެރިއަކު އަހަރެންގެ އިންޓަވިއުއެއް ނަގަން އައީ އަހަރެން މާ މަޝްހޫރުވީމަތަ؟” މިސްބާޙް އުފާވާން ނޭނގިފައި ހިސާބަކަށް ޙައިރާންވެހުރެ އަހާލިއެވެ.

 

“ތިއީ ނޫސްވެރިޔެއްވިއްޔާ ކީއްވެ ރޭގަ ކެމެރާ ހިފައިގެން ނައީ؟” ޔޫނުސްއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ޒާހިޔާ ސުވާލުކުރިއެވެ.

 

“އަހަރެން ރޭ އައީ ނޫސްވެރިއެއްގެ ގޮތުގައެއްނޫން. އަހަރެންގެ ކޮއްކޮއެއްގެ ބޭބެއެއްގެ ގޮތުގަ. މިސްބާޙް އޮތްގޮތް ފެނިފަ އަސްލު ފޮޓޯ ނަގަން ހަނދާންވެސް ނެތުނީ……މިސްބާޙް. ތިއީ މަޝްހޫރު ކުއްޖެއް ނޫންތަ؟ މަޝްހޫރުވީމައެއްނު ރޭ ޖަލްސާގަ މީހަކު އައިސް މިސްބާޙްގެ ވާހަކަ ދެއްކީމަ އެ ޚަބަރު ސިކުންތުކޮޅެއްގެ ތެރޭގަ ފެތުރިގެން ދިޔައީ؟” ޔޫނުސްގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ. ޔޫނުސްގެ ވާހަކައިން ޒާހިޔާ އިސްޖަހާލިއިރު މިސްބާޙްގެ ހަނދާނަށް އައީ އޭނަގެ ބައްޕަ ދެއްކި ވާހަކައެކެވެ. އޭނަ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ޔޫނުސްއަށް ބަލާލިއެވެ.

 

“ބޭބޭ، ކާކުތަ އެ ވާހަކަ ޖަލްސާގަ ދެއްކީ؟” މިސްބާޙް އަހާލިއެވެ. ޔޫނުސް ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“އަފްރީންގެ ބައްޕަ.” ޔޫނުސް ދިން ޖަވާބުން މިސްބާޙްގެ ދެލޯ ބޮޑުވިއެވެ. އޭނަގެ ހަނދާނަށް އައީ އެރޭ އަފްރީންގެ ބައްޕަ ކޮޓަރިއަށް އައިސް ވާހަކަ ދެއްކި ގޮތެވެ. އަފްރީންގެ ބައްޕަ އޭރުވެސް ރުޅި އައިސްފައި ހުރިކަން އެނގުނެއްކަމަކު ރުޅި އައީ އެހާވަރަކަށްކަން މިސްބާޙް ނުދެނެ ހުއްޓެވެ.

 

“އަފްރީންގެ ބައްޕަ ގޮއްސަ ބުނީ ތިމަންނަ މިއައީ މިސްބާޙާއިއެކީ އެއްކޮޓަރިއެއްގަ ހުރި އަންހެން ކުއްޖަކު ސަލާމަތް ކޮށްފައޭ. ގާތްގަނޑަކަށް ހުރިހާ ނޫހެއްގަ ވެސް މި ޚަބަރު ޖަހާފައިވަނީ. މީހުން މިސްބާޙާއިމެދު އެކި ވާހަކަތައް އެބަ ދައްކާ.” ޔޫނުސްގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާ ޒާހިޔާ ވާހަކަ ދެއްކިއެވެ.

 

“އެމީހުން ނުޖެހޭނެ ޙަޤީޤަތް ނުބަލާ މަގޭ މިސްބާޙާއިމެދު ވާހަކަ ލިޔާކަށް. މިސްބާޙް ނުކުރޭ އެއްވެސް ކަމެއް!” ޒާހިޔާގެ އަޑު ހަރުވިއެވެ. އެވަގުތު މިސްބާޙް އިނީ އެއްޗެކޭ ބުނަން ބޭނުން ނުވެފައި ދެރަ މޫނަކާއެކީ އިސްޖެހިފައެވެ.

 

“އެނގޭ. އަފްރީންއަކީ އަހަރެންގެ އަންހެނުންގެ ކޮއްކޮ. އަފްރީންގެ ބައްޕަ ގޭގެ އެންމެނަށް ކިޔައިދިން ފެނުނު މަންޒަރުތައް. ބައްޕަ މިސްބާޙާއިމެދު ގޯސްކޮށް ވާހަކަ ދެއްކިޔަސް އަފްރީން ބުނަނީ މިސްބާޙް އެއްވެސް ކަމެއް ނުކުރެއޭ. އަފްރީން އެހެން ބުނަނީ މީހަކު މަޖުބޫރުކޮށްގެންނޭ ވެސް ބުނެވޭކަށްނެތް. އަފްރީން އަހަރެންގެ އަންހެނުން ކައިރިން މިސްބާޙް ކިހިނެއްތޯ ވެސް އެހި. މިސްބާޙަކީ އަފްރީނަށް ބިރުދައްކާ މީހަކަށްވިނަމަ އަފްރީން މިސްބާޙްގެ ޙާލު ނުބެލީސް ކަންނޭނގެ.” ޔޫނުސް ޒާހިޔާއަށް ބަލަންހުރެ ދައްކަމުން ދިޔަ ވާހަކަ ނިމުނުއިރު މިސްބާޙަށް އިނދެވުނީ ފެންކަޅިވެފައިވާ ދެލޮލާއެކީ ޔޫނުސްއަށް ބަލަހައްޓައިގެންނެވެ. އަފްރީން އޭނަގެ ޙާލު ބަލަން އުޅޭކަން އެނގުމުން ހިތަށް ލިބުނު އުފަލާއެކީ އެ ހިތުގައި ރިހުމެއް ވެސް އުފެދުނެވެ. އަފްރީން މިވަގުތު އޭނަގެ ގާތުގައި ނެތީތީވެއެވެ. އޭނަ އަފްރީން ދެކެން ބޭނުންވިއެވެ. އޭނަ ރަނގަޅުކަމަށް އަފްރީންގާތު އަމިއްލައަށް ބުނަން ބޭނުންވިއެވެ. އެހެނަސް އެއީ ކައިރި މުސްތަޤްބަލެއްގައި ކުރެވޭނެ ކަމެއް ނޫންކަން އެނގުންވުމުން މިސްބާޙްގެ ހިތުގައި ވި ރިހުން ތޫނުވިއެވެ.

 

“އަހަރެން އަދި މި ޚަބަރާއި ބެހޭގޮތުން އަހަރުމެންގެ ނޫހުގަ އެއްވެސް އެއްޗެއް ނުލިޔަން. ގިނަ މީހުން އަދިވެސް މިސްބާޙްގެ ބޮލުގައި އެޅުވޭ އިލްޒާމްތައް ޤަބޫލު ނުކޮށް ތިބީ އަދި އަހަރުމެންގެ ނޫހުން އެ ވާހަކަ ނުފެންނާތީ. އެއީ މިއަދު އެންމެ ގިނަ މީހުންގެ އިތުބާރު ލިބިފައިވާ ނޫހަކީ އަހަރުމެންގެ ނޫސް ކަމަށްވާތީ. ޢާއްމުގޮތެއްގަ މިކަހަލަ ސިއްރުވެރި ގޮތަކަށް ހިނގާ ކަންތައްތަކުގެ ވާހަކަ އަހަރުމެން ނުލިޔަން. އެކަމަކު މިސްބާޙްގެ ނަމާއި ގުޅުވައިގެން ދެކެވޭ ވާހަކަތައް ހުއްޓުވުމަށްޓަކައި މިކަން ކުރުން މުހިއްމު ކަމުގައި ދެކޭތީ އަހަރެން މިއައީ. މިސްބާޙް…….ބޭބެ މިސްބާޙާއި ސުވާލުކުރާނަން ބޭބެއަށް އެއްވެސް ކަމެއް ނޭނގޭ ކަމަށް ހަދާފަ. މިސްބާޙް އެ ހުރިހާ ސުވާލަކަށް ތެދުތެދަށް ޖަވާބުދޭންވީ އިނގޭ؟” ޔޫނުސް އޭނަގެ ކަރުގައި އޮތް ކެމެރާ ނަގައި އެނދުމަތީގައި ބާއްވަމުން ރެކޯޑަރު ޖައްސަން ތައްޔާރުވިއެވެ. މިސްބާޙް ޔޫނުސްއަށް ބަލަން އިނދެފައި މަޑުމަޑުން ބޯޖަހާލިއެވެ. ޒާހިޔާއަށް ލިބުނު ހިތްހަމަޖެހުމާއެކީ އަވަސްއަވަހަށް ޔޫނުސްއަށް އެތާ ކައިރީގައި ހުރި ގޮނޑި ދެއްކިއެވެ. ޔޫނުސް އެ ގޮނޑީގައި އިށީނދެ ރެކޯޑަރު ޖައްސާލަމުން މިސްބާޙާއި ދިމާލަށް އޭތި ދިއްކޮށްލިއެވެ.

 

“މިސްބާޙް……ރޭގެ ޖަލްސާގަ ކޮންމެވެސް މީހަކު މިސްބާޙް އަންހެން ކުއްޖަކާއެކީ ހުރި ވާހަކަ ބުނި. އެއީ ތެދެއްތަ؟” ޔޫނުސް ސުވާލުކުރިއެވެ.

 

“ތެދެއް.” މިސްބާޙް ސީދަލަށް ޖަވާބުދިނެވެ.

 

“އެ އަންހެން ކުއްޖާއާއި މިސްބާޙާއި ދެމެދު އޮތީ ކޮން ގުޅުމެއް؟” ޔޫނުސް ހިސާބެއްގެ ޖެހިލުންވުމަކާއެކީ އަހާލިއެވެ. އެ ސުވާލުން މިސްބާޙް ކުޑަކޮށް ހުއްޓުން އެރިއެވެ. އަފްރީނަކީ އޭނަގެ ކާކުތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އިރުކޮޅެއްގެ ވިސްނުމަށްފަހު އޭނަ ފުން ނޭވައެއް ދޫކޮށްލަމުން އެއްދިމާލަކަށް ނަޒަރު ހުއްޓާލިއެވެ.

 

“އެކުއްޖާއަކީ އަހަންނާ އެކީގަ ކިޔަވާ ކުއްޖެއް. އަހަރެން މިރަށަށް އައީ އަހަރެންގެ އެކުވެރިއެއްގެ އެދުމުގެ މަތިން އެކުއްޖާއަށް ލަނޑެއްދޭންވެގެން. އެކުއްޖާ ބަދުނާމު ކުރަން ވެގެން އަހަރެން އައީ. އެކަމަކު އެކަން ނުކުރެވެނީސް ﷲ ގެ އިރާދަފުޅުން އަހަރެންގެ ލޯ ހުޅުވިއްޖެ. އެނގިއްޖެ އަހަންނާއި އަހަރެންގެ އެކުވެރިޔާ ރޭވި ރޭވުމަކީ ރަނގަޅު ރޭވުމެއް ނޫންކަން. ﷲ ހުރިހާ އިންސާނުން މާތް ކުރައްވާފައިވީއިރު އަހަރެން އިންސާނަކަށް އެހާބޮޑު އަނިޔާއެއް ދީގެން ނުވާނެކަން ވިސްނުނު. އަދި ޚުދު އަހަރެން އެހާ ދަށު ދަރަޖައަކަށް ވެއްޓިގެން ނުވާނެކަން އެނގުންވި. އެއްވެސް މީހެއްގެ ދިރިއުޅުން ބަރުބާދުކޮށްގެން އަހަންނަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެކަން އަހަންނަށް ޔަޤީންވި. އެހެންވެ އަހަރެން އެކުވެރިޔާ ގާތު ބުނިން އެކަން ހުއްޓާލުމަށް. އެކަމަކު އެ އެކުވެރިޔާ އެ ރޭވުން ކުރިއަށް ގެންދިޔަކަމަށް އަހަރެން ނުދެނަހުރިން. އަހަރެންގެ އައި ޕެޑް ނުފެނިގެން ރޭ އޭނައަށް ގުޅީމަ ބުނީ މިވެނި ގެއެއްގައޭ އޮތީ. އަހަރެން އެގެއަށް ދިޔައިމަ އެގޭގަ ހުރި ކުއްޖަކު ބުނީ މިވެނި ކޮޓަރިއެއްގައޭ އޮތީ. އެކުދިން ކޮންމެވެސް މަސައްކަތެއްގަ ތިބޭތީ އަހަރެން ކައިރީގަ ބުނީ އަމިއްލައަށް ނަގާށޭ. އަހަރެން ކޮޓަރިއަށް ދިޔައީ އެތާނގަ އެއްވެސް މީހަކު ހުރިތޯވެސް އަހާފަ. އެމީހުން ބުނީ އެއްވެސް މީހަކު ނެތޭ. އެކަމަކު އަހަރެން އެތަނަށް ދިޔައިރު އެކުއްޖާ އެތާތެރޭ ހުރި. އަހަންނަށް ވަދެވުނުތަނާހެން އަހަރެންގެ ފުރަގަހުން ކޮޓަރީގެ ދޮރު ލެއްޕި ތަޅުލެވިގެން ދިޔަ. އެކުވެރިޔާ ކޮޓަރީގެ ބޭރުން ވާހަކަ ދެއްކި އަޑު އިވިފަ އާދޭސްކުރިން ދޮރު ހުޅުވުމަށް އެދި. އެކަމަކު އެކުވެރިޔާ ދިޔައީ. އެއަށްފަހު ދޮރު ހަލާކުކުރަން ވެސް މަސައްކަތް ކުރިން. އެކަން ވެސް ކާމިޔާބެއްނުވި. އެކުވެރިޔާ ދެއްކި ވާހަކަތަކަކުން ކޮޓަރި ތެރޭގަ ހުރި ކުއްޖާ ވެސް ހީކުރީ އަހަރެން އުޅެނީ ނުބައި ކަމެއް ކުރަން ކަމަށް. ވަރަށް ބޭނުންވި ހުރިހާ ވާހަކައެއް އެއްފަހަރާ ކިޔައިދޭން. އެކުއްޖާއަކީ އަހަރެންގެ ހިތުގައި ޙާއްސަ މަޤާމެއް ދެވިފައިވާ ކުއްޖަކަށް ވެސް ވީތީ. އަހަރެން އުޅުނިން ކިޔައިދޭން. އަހަންނަށް ހަމަ ޚިޔާލުކުރެވެމުން ދިޔަ އެކުއްޖާގެ ހިތް ވިރިގެން ދާނެ ފަދަ ގޮތަކަށް އެވާހަކަތައް ކިޔައިދެވޭނެ ގޮތްތައް. އެކަމަކު ވަކި ހިސާބަކުން އެނގިއްޖެ ކިޔައިދިނީމަ އަހަންނަށް އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވޭނެކަން. އެ ވަގުތަށްޓަކައި އެންމެ ރަނގަޅުވާނީ އެކުއްޖާ އަހަންނަށް ރުޅިވެގެން ހުރުންކަން ވިސްނިގެން އަހަރެން ދުރަށް ދިޔައިން. އޭގެ އިރުކޮޅެއްފަހުން އެކުއްޖާ އެކުއްޖާގެ ބައްޕައަށް ގުޅައިގެން ބައްޕައާއެކީ ގެއަށް ދިޔައީ.” މިސްބާޙް ކިޔައިދިނެވެ. އޭނައަށް އޭނަގެ ހިތް ބަންޑުން ކޮށްލެވުނީ އޭނަގެ އިޙްޞާސްތަކަށް އޭނައަށް އިތުރަށް ކެތްނުކުރެވޭނެހެން ހީވުމުންނެވެ. އޭނައަކީ ދޮގުވެރިއެއް ނޫންކަން ވަކިން ޚާއްސަކޮށް އަފްރީނަށް އަންގަން އޭނަ ބޭނުންވިއެވެ. އޭނަ ދެންމެ ދެއްކި ވާހަކައިން އަފްރީން ޤަބޫލުކުރާނެ ކަމަށް އޭނައަށް އުއްމީދުކުރެވުނެވެ.

 

“މިސްބާޙްގެ ވަރަށް ގާތް އެކުވެރިއެއްތަ އެކުއްޖާއާއި ދެކޮޅަށް ރޭވުންތައް ރޭވީ؟ އެ އެކުވެރިޔާ އުޅެނީ މިކޮޅުގަތަ؟” ޔޫނުސް ޝައުޤުވެރިކަމާއެކީ ސުވާލުކުރިއެވެ.

 

“ނޫން. އެކުވެރިޔާ އުޅެނީ މާލޭގަ. މިކޮޅަށް އައީ ޗުއްޓީއަށް. އޭނަ މިރޭ ފުރާނެ މާލެއަށް.” މިސްބާޙް ޖަވާބު ދިނެވެ. އެއާއެކު އެނދު ކައިރީގައި ކޮޅަށް ހުރި ޒާހިޔާއަށް ސިނާންގެ ނަން ކިޔާލެވެން އުޅުނެވެ. އެހެނަސް މިސްބާޙް މުޅި ނަން އެކީގައި ނުކިޔެނީސް މަންމައަށް ކުއްލިއަކަށް ބަލާލަމުން ބޯހޫރުވާލިއެވެ. އޭނަ މި އިންޓަވިއުއަށް ސިނާންގެ ނަން ގެންނާކަށް ބޭނުމެއް ނުވިއެވެ. ބަދަލު ހިފަން ކިތަންމެ ބޭނުންވިއެއްކަމަކު މަޢާފުކުރުމުގެ ރީތިކަން އޭނަ ސިނާނަށް ދައްކަން ބޭނުންވިއެވެ. ބަދަލު ހިފުމެއްނެތި ވެސް މީހަކަށް ހިމޭންކަމާއެކީ އުޅެވިދާނެކަން އޭނަ ސިނާނަށް އަންގައިދޭން ބޭނުންވިއެވެ. އޭގެ ސަބަބުން އޭނަ އަފްރީންގެ ފަރާތުން ބަދަލު ނުހިފަން ދަސްވާނެކަމުގެ އުއްމީދުގައެވެ.

 

ޔޫނުސް އެއްފަހަރު މިސްބާޙަށް އަނެއްފަހަރު ޒާހިޔާއަށް ބަލާލަމުން ކަރުކެހިލިއެވެ. އެއާއެކު ދެމީހުން އެކުއެކީގައި އަނެއްކާވެސް ޔޫނުސްއަށް ބަލާލިއެވެ.

 

“މިސްބާޙަށް ތި އަނިޔާތައް ލިބުނީ ކިހިނެއް؟” ޔޫނުސް އެހިއެވެ. އެ ސުވާލު އަހާފައި މިސްބާޙް އިސްޖަހާލިއެވެ. ޒާހިޔާ ދެރަ މޫނަކާއެކީ މިސްބާޙަށް ބަލަން ހުއްޓެވެ.

 

“އަހަރެން ރޭ ގެއަށް އައި މަގުމަތީގަ އެކްސިޑެންޓެއް ހިނގީ.” މިސްބާޙް އަވަސްއަވަހަށް އެހެން ބުނެލީ އޭނަގެ ބައްޕަގެ ނުބައި ވާހަކައެއް ދައްކަން ބޭނުން ނުވެގެންނެވެ. މިސްބާޙްގެ ޖަވާބު އިވިފައި ޔޫނުސް އޮޅުން އެރިއިރު ޒާހިޔާ ރުޅިއައެވެ.

 

“އެކްސިޑެންޓެއް ހިނގީ ގޭގެ ތެރޭގަ އޮތްވާތަ؟ ދޮގު ނަހަދާ މިސްބާޙް! ޔޫނުސް، މިސްބާޙް ރޭ ގެއަށް އައިއިރު ޖަލްސާގަ އިވުނު ވާހަކަތަކަކުން އަމީން ހުރީ ވަރަށް ރުޅި އައިއްސަ. އޭނަ މިސްބާޙް ބުނި އެއްޗެއް އަޑުނާހާ މިސްބާޙަށް އަނިޔާކުރީ. އޭނަ ކުރި ކަންތައް ކިޔައިދޭކަށް ވެސް އަހަންނަކަށް ކުޅަދާނައެއްނޫން. މިސްބާޙް މި ޙާލުގަ ޖައްސާފަ އޭނަ މިހާރު ހުރީ މާލެއަށް ގޮއްސަ. އިންތިޚާބު އިންތިޚާބު އިންތިޚާބު……އަބަދަށް އިންތިޚާބަކާމެދު އޭނައަށް ވިސްނޭނީ!” ޒާހިޔާ ރޮވިފައިވާ އަޑަކުން ރުޅިވެރިކަމާއެކީ ވާހަކަ ދެއްކިއެވެ.

 

“މަންމާ……ޑޭޑްގެ ވިސްނުން އެގޮތަށް ހުރުމުގެ އެންމެ ބޮޑު ސަބަބަކީ އަހަރެން. ވެދާނެ ޑޭޑް ބޭނުންވަނީ އަހަންނަށް ވީހާވެސް ތަނަވަސް ދިރިއުޅުމެއް ހޯދައިދޭންކަމަށް. އެކަމުގަ އުޅެމުން ޑޭޑް އަހަންނަށް ލޯބި ދޭންވީކަން ހަނދާން ނެތުނީ ކަމަށްވާނީ. ޙަޤީޤަތުގަ އެހެންވަންޏާ އެކަން ޑޭޑްގެ ސަމާލުކަމަށް ގެނައުމަކީ އަހަރެންގެ ޒިންމާއެއް. އަހަންނަށް ދީނާއި ބެހޭގޮތުން އެނގުނު އެއްޗެއް ޑޭޑްއަށް ބުނެދީ ޑޭޑް އަހަންނާއެކީ ނަމާދަށް ގެނައުމަށް އިހުނަށްވުރެ ބާރުއެޅިނަމަ މިދުވަސް ނުފެނުނީސް. އަހަންނަށް ހަމަ އަހަރެންގެ ޒިންމާ އަދާ ނުކުރެވުނީ. ޙަޔާތުގެ 19 އަހަރު ވޭތުވެދިޔައީ ޑޭޑްއާއި މަންމައަށް ހެޔޮކޮށް ނުހިތާ. އޭގެ ބަދަލު އަހަންނަށް މަންމަމެންނަށް އަދާކޮށް ނުދެވޭނެ އެހާ ފަސޭހައިން މިހާ ކުރު މުއްދަތެއްގަ. އަދި ޑޭޑް ވެސް ބަދަލުވާނެ އިން ޝާ ﷲ. އަދި ޑޭޑް ވެސް އަހަރެން ދެކެ ލޯބިވާނެ. އަހަރެން އިންތިޒާރު ކުރަނީ އެ ދުވަހަށް.” މިސްބާޙްގެ ވާހަކަ ނިމުނުއިރު އޭނަގެ ކޯތާފަތްމައްޗަށް ކަރުނައެއް ފައިބައިގެންއައެވެ. ރޮވިފައިހުރި ޒާހިޔާ ނުހުރެވިގެން މިސްބާޙްގެ ގައިގައި ބައްދާލަމުން އޭނަގެ ބޮލުގައި ބޮސްދިނެވެ. އެވަގުތު އެ ދެމީހުންނަށް ވެސް ނޭނގުނުކަމަކީ ޔޫނުސް އިނީ ގަނޑުވެފައި ކަމެވެ. މިސްބާޙް އެންމެ ފަހަކަށް ބުނެލި ޖުމްލަތަކަކުން ޔޫނުސްއަށް ހީވީ މިސްބާޙް އެ ކިޔައިދިނީ އޭނަގެ ޙަޔާތުގެ ވާހަކަ ހެންނެވެ. އޭނަގެ ޙަޔާތުގައި ވެސް ފުރަތަމަ 19 އަހަރު ވޭތުވެދިޔައީ މަންމައާއި ބައްޕައަށް ނުކިޔަމަންތެރިވުމުގައެވެ. އޭނަގެ ވެސް ލޯ ހުޅުވިގެން ދިޔައީ އެ ޢުމުރުގައެވެ. އެހެނަސް މިސްބާޙާއި އޭނަ ހާދަ ތަފާތެވެ. މިސްބާޙް އޭނަގެ ބައްޕަ އޭނަ މަރާލަން އުޅުމުން ވެސް ބައްޕައަށް މަޢާފުކޮށްފިއެވެ. އެހެނަސް ބައްޕަ ހަމައެކަނި އޭނަ ގެއިން ނެރިލުމުން ޔޫނުސްގެ ހިތުގައި ބައްޕައަށްޓަކައި މުޅި ޢުމުރަށް ދެމިގެންދާފަދަ ނަފްރަތެއް އުފެދިއްޖެއެވެ. މިސްބާޙް އެ މަސައްކަތް ކުރަނީ އޭނަގެ ބައްޕަ ދީނާއި އިތުރަށް ކައިރިކުރެވޭތޯއެވެ. ނަމަވެސް ޔޫނުސް އޭނަގެ ބައްޕަގެ އާޚިރަތާއިމެދު އެއްގޮތަކަށްވެސް ނުވިސްނައެވެ. މިސްބާޙް އެ އިންތިޒާރު ކުރަނީ އޭނަގެ ބައްޕަ އޭނަގެ ދެކެ ލޯބިވާނެ ދުވަހަކަށެވެ. އެހެނަސް ޔޫނުސްއަށް އެ ދުވަސް ފެނިފައި ވިޔަސް އޭނަ މި ހުންނަނީ އެ ލޯބި ޤަބޫލުކުރަން ބޭނުންނުވެފައެވެ.

 

“ދަރިފުޅާ…..މަންމައަށް މަޢާފުކުރޭ. ދަރިފުޅު ނަޞޭޙަތްދޭން އުޅުނީމަ ވެސް މަންމަ ދަރިފުޅަށް މަލާމާތް ކުރީ. ދެން އެހެންނެއް ނަހަދާނަން. ދަރިފުޅު މަންމައަށް ނަޞޭޙަތްދީ. ދަރިފުޅު މަންމައަށްވުރެ މާ ރަނގަޅު. ދަރިފުޅަށް މަންމައަށްވުރެ މާ ބޮޑަށް އެނގޭ. މަންމައަށް ބުނެދީ ދަރިފުޅާ.” ޒާހިޔާ މިސްބާޙްގެ މޫނުގައި ދެއަތުން ހިފަހައްޓައިގެން ހުރެ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ. މަންޒަރު ބަލަން އިން ޔޫނުސްއަށް ވެސް ރޮވެން ކައިރިވިއެވެ. މިސްބާޙާއި މިސްބާޙްގެ މަންމަ ފެނިފައި އޭނަގެ ހަނދާނަށް އައީ އޭނަގެ މަންމައެވެ. އޭނަގެ މަންމަ ވެސް އޭނަދެކެ ހާދަ ލޯތްބެއްވިއެވެ. ބަދަލުގައި އޭނަ ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ ހުރިހާ ހިތި ހަނދާނެއް އެއްފަހަރާ އޭނަގެ ސިކުނޑިއަށް ވެރިވާން ފެށުމުން އޭނައަށް އިސްޖަހާލަމުން ދެލޯ މަރާލެވުނެވެ. އެވަގުތު ކަރުނަތަކުން އޭނަގެ އެސްފިޔަތައް ތެމުނެވެ.

 

“ބޭބޭ……ކިހިނެއްތަވީ ބޭބެއަށް؟” މިސްބާޙްގެ އަޑަށް ޔޫނުސް އިސްއުފުލާލިއިރު އޭނަގެ ދެލޯ ވަނީ ރަތްވެފައެވެ. ޒާހިޔާއާއި މިސްބާޙް ޔޫނުސްއަށް ބަލަން ތިބީ ކަންބޮޑުވުމަކާއެކީގައެވެ.

 

“އަމް……މިހާ ހިސާބުން އިންޓަވިއު ނިމުނީ. އިރާދަކުރެއްވިއްޔާ މިރޭ މި އިންޓަވިއުގެ ރިޕޯޓެއް ނޫހުގަ ޝާއިއުކުރާނަން. އޭރުން ހުރިހާ ކަމެއް އެންމެނަށް ސާފުވާނެ.” ޔޫނުސް އޭނަގެ ރެކޯޑަރު ނިވާލަމުން ބުނެލިއެވެ. ދެންވެސް އެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރިކަމެވެ.

 

“މަޑުކޮށްބަލަ ބޭބޭ. ބޭބެއަށް ކަމެއްވެއްޖެހެން ހީވަނީ.” ޔޫނުސް ކޮޅަށް ތެދުވުމުން މިސްބާޙް ހާސްކަމަކާއެކީ ބުނެލިއެވެ.

 

“އެ ވާނީ ދަރިފުޅު ދެއްކި ވާހަކައިން އަސަރުކުރީކަމަށް.” ޒާހިޔާ ހިތާމަވެރި ހިނިތުންވުމެއްގައި ހުރެ ބުންޏެވެ. ޔޫނުސްގެ މޫނުމައްޗަށް ވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ހޫންލައްވާލަމުން ބޯޖަހާލިއެވެ.

 

އެދުވަހު ގެއަށް ގޮސް ޔޫނުސްއަށް ރަނގަޅަށް ރޮވުނެވެ. މާޒީގެ އެކި މަންޒަރުތައް އިއްޔެ ވީކަމެއްހެން އޭނަގެ ލޯ ކުރިމަތިން ސިފަވަމުން ދިޔައެވެ. އަމިއްލަ އަތުން އޭނަގެ މަންމައަށް ކުރި ކަންތައް ހަނދާންވެފައި އޭނައަށް އޭނަގެ ތުރުތުރު އަޅަމުން ދިޔަ އަތަށް ބަލާލެވުނެވެ. އޭނަ އޭނައަށް ނުވިނަމައޭ އޭނަގެ ހިތަށްއަރަމުން ދިޔައެވެ. ޔޫނުސް ސިޓިންގް ރޫމުގެ ދިގު ސޯފާއަށް ލެނގިގެން ބިންމަތީގައި ރޯން އިންތަން ފެނިފައި ނަސްރާ ގޮސް އޭނަ ކައިރީގައި އިށީނެވެ. އަދި ކިހިނެއްވީތޯ ސުވާލުކުރިއެވެ. ޔޫނުސް މިއަދު މިސްބާޙް ދެއްކި ވާހަކަތައް ނަސްރާއާއި ޙިއްސާކުރިއެވެ.

 

“ނަސްރާ…….ކިތަންމެ ނޫންކަމަށް ހަދައިގެން ހުއްޓަސް އަހަންނަކީ ވަރަށް ނުބައި މީހެއް. އަހަރެން….އަހަރެންގެ މަންމައަށް އެތައް އަނިޔާއެއްކުރިން. އަހަރެން އެތައް ދުވަހު މަންމަ ރޮއްވާލިން. އަހަރެންގެ ދެއަތުން މަންމަ މަރާލީވެސް. މަންމަ އަހަންނަށް މަޢާފުކުރާނެތަ ނަސްރާ؟” ޔޫނުސް ކަރުނުން ފުރިގެންވި ދެލޮލުން ނަސްރާއަށް ބަލަން އިނދެ ނާއުއްމީދީ ގޮތަކަށް ސުވާލުކުރިއެވެ. ނަސްރާ ޔޫނުސްގެ މޫނުން ނަޒަރު ވަކި ކުރުމެއްނެތި އޭނަގެ އެއްއަތުގައި ދެއަތުން ހިފަހައްޓާލިއެވެ.

 

“މާޒީގަ ވެފަ އޮތް ކަމެއް ބަދަލެއް ނުކުރެވޭނެ. އެކަމަކު މިއަދު ކަންވާނެ ގޮތް ޔޫނުސްއަށް ބަދަލުކުރެވިދާނެ. ޔޫނުސްގެ ބައްޕަ އަދިވެސް ދުނިޔޭގަ އެބަހުރި. ބައްޕަ ކައިރިއަށް ގޮސް ބައްޕައާއި ލޯބިން ވާހަކަ ދައްކަންވީ. މިހުރިހާ ދުވަހު ވާހަކަ ދެކެވުނު ގޮތާމެދު ބައްޕައަށް މަޢާފަށް އެދެންވީ.” ނަސްރާ ބުނެލިއެވެ. ޔޫނުސް ނަސްރާއަށް ބަލަން އިނދެފައި ވިސްނުމެއްގެ ތެރެއަށް ގެއްލިގެން ދާ ފަދަ ގޮތަކަށް ބިމަށް ނަޒަރު ހުއްޓާލިއެވެ. އަދި އިރުކޮޅެއްފަހުން ބޯޖަހާލިއެވެ.

 

“ބައްޕައާއި ވާހަކަ ދައްކާނެ ހިތްވަރެއް ލިބުނު ދުވަހަކުން ދައްކާނީ އިރާދަކުރެއްވިއްޔާ.” ޔޫނުސް އިންގޮތަށް އިނދެ ބުނެލިއެވެ. ހެޔޮކަމެއް ކުރުމުގައި ލަސްކުރާކަށް ނުވާނެކަމަށް ނަސްރާ ބުނަން ބޭނުންވިއެވެ. އެހެނަސް އޭނަ ޔޫނުސްއަށް ވަގުތު ދޭން ބޭނުންވިއެވެ. ޔޫނުސް ނަވާޒްއަށް ބައްޕަގެ ނަމުން މުޚާތަބު ކުރުމަކީ ވެސް ނަސްރާގެ ނަޒަރުން އޭނައަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެކެވެ.

 

**

 

އެރޭގެ 8:30 ވީ ވަގުތު ޑިޕާރޗާރގެ ގޮނޑިއެއްގައި ގޮސް ސިނާން އިށީނެވެ. އޭނަ ފޯނާއި ކުޅެމުން އެއްފައި ތަޅުވަމުން ދިޔަ ގޮތުންނާއި އޭނަގެ މޫނުމަތީގައިވި ކުލަވަރުން އޭނަ އިނީ ކަންބޮޑުވުމެއްގައި ކަން ހާމަވެއެވެ. ޙަޤީޤަތަކީ އެއީއެވެ. އިއްޔެ ރޭ މިސްބާޙްގެ ޚަބަރު މުޅި ޤައުމަށް ފެތުރުނު ފަހުން އޭނައަށް ހުރެވެނީ ހާސްކަމެއްގެ ތެރޭގައެވެ. މިސްބާޙް ޒަޚަމްވެފައިވިތަން ފެނިފައި އޭނަ ވެސް ދެރަވިއެވެ. މިސްބާޙް ބަލަން ގޮސް އޭނައަށް ވީ ކިހިނެއްކަން ސާފުކުރަން ވެސް ސިނާން ބޭނުންވިއެވެ. އެހެނަސް އޭނައަށް ނުކެރުނީ މިސްބާޙް ހޭއެރި އިރަކުން މިސްބާޙް އެންމެނަށް އަންގާފާނެތީވެއެވެ. ނަމާދު ނުކުރިއެއްކަމަކު އެރޭ ހިނގި ކަންތައްތަކުގައި އޭނަގެ އަތެއްވާކަން މިސްބާޙް ހަނދާން ނުހުންނާނެ ގޮތެއް ހައްދަވައިދެއްވުމަށްއެދި އޭނައަށް ދުޢާ ކުރެވެމުން ދިޔައެވެ. މިސްބާޙް އޭނަގެ ވާހަކަ ދެއްކުމުން އެވާހަކަ އޭނަގެ ބައްޕަގެ ކަންފަތަށް ފޯރާފާނެތީ އޭނަ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އޭނަގެ ބައްޕައާއި ބޮޑުބޭބެއަކީ ދެބެއިން ކަމަށްވިޔަސް އެދެމީހުންގެ ދެމެދުގައި އުޑާއި ބިމާ ދެމެދުގައިވާހާ ތަފާތުތައް ވެއެވެ. އޭނަގެ ބައްޕައަކީ ބޮޑުބޭބެ ކަހަލަ ދޮގުވެރިއެއްނޫނެވެ. ބައްޕައަކީ އިންސާފަށް ލޯބިކުރާ ހަރުދަނާ ޝަޚުޞިއްޔަތެއްގެ ވެރިއެކެވެ. ގިނަ މީހުން އޭނަގެ ބައްޕައަށް ޤަދަރުކުރަނީ ބައްޕަގެ އެ ސިފައިގެ ސަބަބުން ކަމަށްވިޔަސް ސިނާން އޭނަގެ ބައްޕައަށް ސިހުންވާ ސަބަބަކީ އެއީއެވެ. ވަޙީދުގެ ކުރިމައްޗަށް މައްސަލައެއް ގެނެސްފިނަމަ ރަނގަޅަށް ކަންތައް ހިނގި ގޮތް ބަލާފައި ނޫނީ އޭނަ ނިންމުމެއް ނުނިންމާނެއެވެ. މިސްބާޙްގެ ޚަބަރުތައް ފެނިފައި ވެސް ވަޙީދު ސިނާނަށް ގުޅައި ކަންވީ ގޮތާއިމެދު ސުވާލުކުރިއެވެ. ސިނާން ޖަވާބުގައި އޭނައަށް ނޭނގޭ ކަމަށް ބުނުމުން ވަޙީދު ވަގުތުން އެދުނީ މިސްބާޙާއި ބައްދަލުކުރަން ދިޔުމަށެވެ. އޭނަ ފެނިފައި މިސްބާޙް އޭނަ ކުރި ކަންތައްތަކުގެ މަތިން ހަނދާންވެދާނެތީ ސިނާން ނުދިޔައެވެ. މުޅި ދުވަހު ސިނާނަށް ހުރެވުނީ ދެ ޚިޔާލެއްގެ މަތީގައެވެ. އޭނަ ނުގޮސް ހުއްޓާ ބައްޕަ ގުޅާފާނެތީ ހިތަށް ބިރުވެރިކަމެއް ވަންނަމުން ދިޔައެވެ. މިވަގުތު ވީއިރު ވެސް ބައްޕަ ނުގުޅީތީ ސިނާނަށް ހިތްހަމަޖެހުމެއް ލިބުނެވެ. ފޯނުން ގޭމު ކުޅެން އިނދެ ބައްޕަވެސް މިހާރު މިސްބާޙް މަތިން ހަނދާން ނެތިދާނެކަމަށްބުނެ ސިނާން އޭނަގެ ހިތަށް ވިސްނައިދިނެވެ. އޭގެ އިރުކޮޅެއް ނުވަނީސް އެ ހިތުގެ ހަމަޖެހުން ގެއްލި ދިޔައީ ފޯނުގެ ސްކްރީނަށް “ބައްޕަ”އޭ އެރުމުންނެވެ. ސިނާނަށް ލިބުނު ޝޮކާއެކީ އޭނަގެ ދެލޯ ބޮޑުވިއެވެ.

 

ނުނިމޭ

The post Hijra (Part 41) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/hijra-part-41/feed/ 0 444