Dhivehi posts Archives - Stories by Jana Fri, 21 Jan 2022 07:06:05 +0000 en-US hourly 1 https://wordpress.org/?v=6.9.4 191921862 އެ ވަޒަނުގެ ޒަޚަމަށް ޝިފާ ހޯދާށެވެ. https://blog.storiesbyjana.com/%de%87%de%ac-%de%88%de%a6%de%92%de%a6%de%82%de%aa%de%8e%de%ac-%de%92%de%a6%de%9a%de%a6%de%89%de%a6%de%81%de%b0-%de%9d%de%a8%de%8a%de%a7-%de%80%de%af%de%8b%de%a7%de%81%de%ac%de%88%de%ac/?utm_source=rss&utm_medium=rss&utm_campaign=%25de%2587%25de%25ac-%25de%2588%25de%25a6%25de%2592%25de%25a6%25de%2582%25de%25aa%25de%258e%25de%25ac-%25de%2592%25de%25a6%25de%259a%25de%25a6%25de%2589%25de%25a6%25de%2581%25de%25b0-%25de%259d%25de%25a8%25de%258a%25de%25a7-%25de%2580%25de%25af%25de%258b%25de%25a7%25de%2581%25de%25ac%25de%2588%25de%25ac https://blog.storiesbyjana.com/%de%87%de%ac-%de%88%de%a6%de%92%de%a6%de%82%de%aa%de%8e%de%ac-%de%92%de%a6%de%9a%de%a6%de%89%de%a6%de%81%de%b0-%de%9d%de%a8%de%8a%de%a7-%de%80%de%af%de%8b%de%a7%de%81%de%ac%de%88%de%ac/#comments Fri, 21 Jan 2022 07:04:36 +0000 https://blog.storiesbyjana.com/?p=3158

ވަޒަނެއްގެ ޙަމަލާއެއް އަމާޒުވެގެން އުޅޭ މީހަކު ތިބާ ޚިޔާލަށް ގެންނާށެވެ. އެ ވަޒަން އެރީ އެމީހެއްގެ ކޮނޑަށެވެ. އެ ޒަޚަމަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި އެމީހަކު ގެއަށް ގޮސް ވަޒަން އެރި ތަނުގައި ބޭސް އަޅައެވެ. ވަޒަން އެރީ މުހިއްމު ގުނަވަނަކަށް ނުވީތީ އެމީހާގެ ފުރާނަ ސަލާމަތްވެއެވެ.   އެހެނަސް އެ ނިންމުނީ އެންމެ ރަނގަޅު ނިންމުމެއް ނޫންކަން އެމީހަކަށް އެނގެން މާ ގިނަ ދުވަހެއް ނުނަގައެވެ. ވަޒަން އެރި ތަނަށް ތަދުވެ އުދަގޫވާން […]

The post އެ ވަޒަނުގެ ޒަޚަމަށް ޝިފާ ހޯދާށެވެ. appeared first on Stories by Jana.

]]>

ވަޒަނެއްގެ ޙަމަލާއެއް އަމާޒުވެގެން އުޅޭ މީހަކު ތިބާ ޚިޔާލަށް ގެންނާށެވެ. އެ ވަޒަން އެރީ އެމީހެއްގެ ކޮނޑަށެވެ. އެ ޒަޚަމަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި އެމީހަކު ގެއަށް ގޮސް ވަޒަން އެރި ތަނުގައި ބޭސް އަޅައެވެ. ވަޒަން އެރީ މުހިއްމު ގުނަވަނަކަށް ނުވީތީ އެމީހާގެ ފުރާނަ ސަލާމަތްވެއެވެ.

 

އެހެނަސް އެ ނިންމުނީ އެންމެ ރަނގަޅު ނިންމުމެއް ނޫންކަން އެމީހަކަށް އެނގެން މާ ގިނަ ދުވަހެއް ނުނަގައެވެ. ވަޒަން އެރި ތަނަށް ތަދުވެ އުދަގޫވާން ފަށައެވެ. އެހެނީ އެ ވަޒަން ވަނީ އޭނަގެ ހަންގަނޑާއި މަސްތަކުގެ ތެރެއަށް ވަދެފައެވެ. އަދި އަމުދުން ވަޒަން ހެދިފައިވަނީ ވިހަގަދަ ދަގަނޑަކުން ކަމަށްވުމުން، އެ ދަގަނޑުގެ ވިހަ އެމީހެއްގެ ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ދަތުރުކުރެއެވެ. އޭގެ ނޭދެވޭ އަސަރުތައް އެމީހަކަށް ތަޖުރިބާ ކުރެވިގެން ދަނީ އަހަރުތަކެއް ފަހުން ކަމަށްވެސް ވެދާނެއެވެ.

 

މި ވާހަކަ އަޑު އެހުމަށްފަހު އެމީހެއްގެ މޮޔަކަން ތިބާއަށް އިޙްސާސް ކުރެވިދާނެއެވެ. އެ ވަޒަން އެރި ދުވަހު އެމީހަކު ޖެހޭނީ ވަޒަން ނަގަންކަމަށް ތިބާއަށް ހިތާހިތުން ބުނެވުނީހެވެ. އެހެނީ ތިބާ އެމީހެއްގެ މަޤާމުގައިވިނަމަ އެހެން ހެދީމުހެވެ. އެހެން ނޫންތޯއެވެ؟

 

އެހެނަސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން، ދެންމެ ވާހަކައިގައި އެމީހާ ކަންތައް ކުރި ގޮތަށް ޢަމަލުތައް ބަހައްޓާކަން އެނގޭތޯއެވެ؟ އަޅުގަނޑުމެންގެ ހަށިގަނޑުގެ ތެރޭގައި ވަޒަނެއް ނޯވެދާނެއެވެ. އެހެނަސް އަޅުގަނޑުމެންގެ މޭތެރޭގައި ތަދުތަކެއްވެއެވެ. އޭގެ ތެރެއިން ބައެއް ތަދުތަކަކީ ކޮންތަނަކުން ކޮން އިރަކު ލިބުނު ތަދެއްކަން ނޭނގޭ ތަދުތަކެވެ. އެހެނަސް އަނެއްބައި ތަދުތަކަކީ އޭގެ ފަހަތުގައިވާ ސަބަބުތައް އަޅުގަނޑުމެންނަށް އެނގޭ ޒަޚަމްތަކެވެ.

 

ހިތަށް ޒަޚަމެއް ލިބޭކަން އަޅުގަނޑުމެންނަށް އެނގޭ ޙާލަތްތަކުގައި ވެސް، ވަރަށް ގިނަ ފަހަރު މަތިން އެ ތަދު ‘އައްސިކޮށް’ ތަދު ފިލުވަން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވެއެވެ. އެ ތަދު އިޙްސާސް ނުކޮށް އެ ތަދު ފިލުވައިލެވޭތޯ މަސައްކަތް ކުރެވެއެވެ. ވަޒަން އެރި ޒަޚަމްގައި ވަޒަން ނެގުމެއްނެތި ބޭސް އެޅި މީހާ ފަދައިންނެވެ. އެ މީހާއާއި އެއްގޮތަށް އަޅުގަނޑުމެންނަށް ހީކުރެވެނީ، އެ ޒަޚަމަށް ޝިފާ ހޯދުމަށްވުރެ ޒަޚަމުގެ ތަދު ފިލުވައިލުން މާ ފަސޭހަވާނެ ކަމަށެވެ. އެހެންކަމުން އަޅުގަނޑުމެން އެހެން ހަދަމުއެވެ. ތަދު އައްސި ކުރާ މާހިރަކަށް ވުރެ ވެސް މޮޅަށް އަޅުގަނޑުމެން އެ ތަދު ނެތް ކަމަށް ހަދަމުއެވެ.

 

އެހެނަސް ތަދު އައްސި ކުރުމުން މައްސަލަ ޙައްލެއް ނުވެއެވެ. ތަދު އިޙްސާސް ނުކުރެވުނަސް އެ ތަދު ނެތްކަމަކަށް ނުވެއެވެ. އަޅުގަނޑުމެން ނުދެނެ ތިއްބާ އަނެއްކާވެސް އެ ތަދު، އޭގެ ހުރިހާ ނޭދެވޭ އަސަރުތަކާއިއެކީ އަޅުގަނޑުމެންނާއި ހަމައަށް އަނެއްކާވެސް އާދެއެވެ. އެ ތަދު ފުރަތަމަ އިޙްސާސް ކުރެވުނު ވަރަށްވުރެ ވެސް މިފަހަރު އެ ތަދު ދެ ގުނަ ވެފައިވެއެވެ. އަނެއްކާވެސް އެ ތަދުން ސަލާމަތްވާނެ ގޮތަކާއިމެދު އަޅުގަނޑުމެންނަށް ވިސްނެން ފަށައެވެ.

 

މި މައްސަލައަށް އަޅުގަނޑު އަލި އަޅުވައިލަން ބޭނުންވި ސަބަބަކީ، މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމަކަށްވެފައި، މިއިން އަޅުގަނޑުމެންގެ އީމާންތެރިކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާތީއެވެ. އަޅުގަނޑުމެން ތައުބާވެ، ދީނާއިމެދު އުނގެނެމުން ދިޔަ ދުވަސްވަރަކީ އެ ތަދު ‘އައްސި’ ކުރަމުން ދިޔަ ދުވަސްވަރުކަމަށް ވެދާނެއެވެ. އެ ތަދު އަނެއްކާވެސް އަޅުގަނޑުމެންނާއި އައިސް ހަމަކުރުމުން، އަޅުގަނޑުމެން އަޅުކަންތައް އަދާ ކުރަމުން ދާ ވަރު މަދުވެގެންދެއެވެ. އެހާ ހިސާބަށް ދިޔުމުން އަޅުގަނޑުމެން އުއްމީދު ކަނޑައިލަން ބޭނުންވެއެވެ. އަޅުގަނޑުމެންގެ އީމާންތެރިކަމާއި ﷲ އާއިމެދު އޮތް ގުޅުން ގެއްލި ދަނީ ކަމަށް ހީކުރަމުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންދެކެ ލޯބިވެވޮޑިގެންނުވާ ކަމުގެ އިޙްސާސުން އެ ނާއުއްމީދީ އިޙްސާސްތައް އިތުރުވެގެން ދެއެވެ.

 

އެހެނަސް ޙަޤީޤަތަކީ އޭގެ އިދިކޮޅު ކަމަށްވެސް ވެދާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ތަދުގެ މަތިން އަނެއްކާވެސް ތިބާއަށް ހަނދުމަ ކޮށްދެއްވީ، އެކަލާނގެ ތިބާދެކެ ވާ ލޯބިފުޅުގެ ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ. އެކަލާނގެ ތިބާއަށް އެ ތަދު އަނެއްކާވެސް އިޙްސާސް ކޮށްދެއްވީ، އެ ތަދާއި ކުރިމަތިލައި، އެއާއިމެދު ރަނގަޅު ފިޔަވަޅެއް އަޅަން ތިބާއަށް ފުރުސަތެއް ދިނުމަށް ކަމަށްވެސް ވެދާނެއެވެ. އެ ތަދުގެ ޙަޤީޤަތް ތިބާއަށް ހާމަކޮށްދިނުމަށް ކަމަށްވެސް ވެދާނެއެވެ. މިއީ އެ ‘ވަޒަން’ ތިބާގެ ހަށިގަނޑުން ވަކިކޮށް އެ ޒަޚަމަށް ފުރިހަމަ ޝިފާއެއް ހޯދުމަށް ލިބުނު ފުރުސަތަކަށްވެސް ވެދާނެއެވެ. އަދި އެކަލާނގެ ފިޔަވައި އަޅުގަނޑުމެންނަށް ޝިފާއެއް ދެއްވާނީ ވެސް ކޮން ފަރާތެއް ހެއްޔެވެ؟

 

އެހެންކަމުން ތިބާއަށް ޙަޔާތުގައި ތަދު އިޙްސާސް ކުރެވި، ނަމާދުކޮށް އެހެނިހެން އަޅުކަންތައް ވެސް އަދާ ކުރަން ދަތިވެފައިވާނަމަ، އެ ދަތިކަމާއިއެކީ ވެސް އަޅުކަންތަކާއިގެން ކުރިއަށް ދާށެވެ. އެހެނީ ތިބާއަށް ޙަޔާތުގައި އިތުރަށް ކުރިއަށް ދިޔުމަށް ހިތްވަރެއް ލިބުނިއްޔާ ލިބޭނީ އެ އަޅުކަންތަކުންނެވެ. އަދި ތިބާއަށް ބޭނުންވާ އެހީއެއް ހޯދަން ހިތްވަރެއް ލިބޭނީ ވެސް އެ އަޅުކަންތަކުންނެވެ. ހިތުގެ އެންމެ އަޑިން އެއްވެސް މީހަކަށް ނޭނގޭ ފަދައިން ވެވޭ ދުޢާތައް އިޖާބަވެގެން ދަނީ އެ ވަގުތުކޮޅުތަކުގައެވެ. ޚުދު ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާގެ ހިތް އޭގެ ގޮތުގައި ހިފަހައްޓަން އެހީވެވޮޑިގެންވާ ކަމަށްޓަކައި ތިބާގެ ޤަދަރުވެރިކަން އިޙްސާސް ކުރާށެވެ. މި ކަންތައްތަކާއިއެކީ ވެސް ހޭދަކުރެވޭ މި ހިތްދަތި ދުވަސްތަކަކީ މާޒީއާއި އެކުވެގެންދާނެ ދުވަސްތަކެއްކަން ހަނދާން ބަހައްޓާށެވެ. (އިން ޝާ ﷲ)

The post އެ ވަޒަނުގެ ޒަޚަމަށް ޝިފާ ހޯދާށެވެ. appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%87%de%ac-%de%88%de%a6%de%92%de%a6%de%82%de%aa%de%8e%de%ac-%de%92%de%a6%de%9a%de%a6%de%89%de%a6%de%81%de%b0-%de%9d%de%a8%de%8a%de%a7-%de%80%de%af%de%8b%de%a7%de%81%de%ac%de%88%de%ac/feed/ 1 3158
މުޅި ޢުމުރަށް އެކަނިވެރިކަމުގައެއް ނޫނެވެ. މުޅި ޢުމުރަށް އަޅުގަނޑުގެ ވެރިރަސްކަލާނގެއާއި އެކީގައެވެ. https://blog.storiesbyjana.com/%de%89%de%aa%de%85%de%a8-%de%a2%de%aa%de%89%de%aa%de%83%de%a6%de%81%de%b0-%de%87%de%ac%de%86%de%a6%de%82%de%a8%de%88%de%ac%de%83%de%a8%de%86%de%a6%de%89%de%aa%de%8e%de%a6%de%87%de%ac%de%87%de%b0/?utm_source=rss&utm_medium=rss&utm_campaign=%25de%2589%25de%25aa%25de%2585%25de%25a8-%25de%25a2%25de%25aa%25de%2589%25de%25aa%25de%2583%25de%25a6%25de%2581%25de%25b0-%25de%2587%25de%25ac%25de%2586%25de%25a6%25de%2582%25de%25a8%25de%2588%25de%25ac%25de%2583%25de%25a8%25de%2586%25de%25a6%25de%2589%25de%25aa%25de%258e%25de%25a6%25de%2587%25de%25ac%25de%2587%25de%25b0 https://blog.storiesbyjana.com/%de%89%de%aa%de%85%de%a8-%de%a2%de%aa%de%89%de%aa%de%83%de%a6%de%81%de%b0-%de%87%de%ac%de%86%de%a6%de%82%de%a8%de%88%de%ac%de%83%de%a8%de%86%de%a6%de%89%de%aa%de%8e%de%a6%de%87%de%ac%de%87%de%b0/#respond Mon, 27 Dec 2021 15:11:50 +0000 https://blog.storiesbyjana.com/?p=3130

ކުޑައިރުއްސުރެ އަޅުގަނޑުގެ ކިބައިގައި އެކަނިވެރިކަމުގެ ބިރުވެރިކަން ހުރެއެވެ. ކޮޓަރިއެއްގައި އެކަނި ހުރުމުގެ ބިރުވެރިކަމެއް ނޫނެވެ. އެހެނެއްކަމަކު އެންމެ ގާތުގައި ތިބޭ މީހުން ވެސް އަޅުގަނޑު ދޫކޮށް އަޅުގަނޑު އެކަނިވެރިވެދާނެ ކަމުގެ ބިރުވެރިކަމެވެ. އެގޮތަށް އެކަނިވެރިވެ، އޭގެ ސަބަބުން އަޅުގަނޑު ހިތާމަވެރިކަމުގެ ތެރެއަށް ގެއްލިދާ ޚިޔާލުތައް ތަކުރާރުކޮށް އަޅުގަނޑަށް ކުރެވެއެވެ. މި ބިރުވެރިކަމުގެ ތެރޭގައި އުޅޭތާ އަހަރުތަކެއް ފަހުން އަޅުގަނޑަށް ވަރަށް ފުން އެކަނިވެރިކަމެއް އިޙްސާސް ކުރެވުނު ދުވަހެއް އައެވެ. ދުވަހަކުވެސް އިޙްސާސް ނުކުރެވޭ ދަރަޖައިގެ އެކަނިވެރިކަމެކެވެ. އެއީ އަޅުގަނޑު […]

The post މުޅި ޢުމުރަށް އެކަނިވެރިކަމުގައެއް ނޫނެވެ. މުޅި ޢުމުރަށް އަޅުގަނޑުގެ ވެރިރަސްކަލާނގެއާއި އެކީގައެވެ. appeared first on Stories by Jana.

]]>

ކުޑައިރުއްސުރެ އަޅުގަނޑުގެ ކިބައިގައި އެކަނިވެރިކަމުގެ ބިރުވެރިކަން ހުރެއެވެ. ކޮޓަރިއެއްގައި އެކަނި ހުރުމުގެ ބިރުވެރިކަމެއް ނޫނެވެ. އެހެނެއްކަމަކު އެންމެ ގާތުގައި ތިބޭ މީހުން ވެސް އަޅުގަނޑު ދޫކޮށް އަޅުގަނޑު އެކަނިވެރިވެދާނެ ކަމުގެ ބިރުވެރިކަމެވެ. އެގޮތަށް އެކަނިވެރިވެ، އޭގެ ސަބަބުން އަޅުގަނޑު ހިތާމަވެރިކަމުގެ ތެރެއަށް ގެއްލިދާ ޚިޔާލުތައް ތަކުރާރުކޮށް އަޅުގަނޑަށް ކުރެވެއެވެ.

 

މި ބިރުވެރިކަމުގެ ތެރޭގައި އުޅޭތާ އަހަރުތަކެއް ފަހުން އަޅުގަނޑަށް ވަރަށް ފުން އެކަނިވެރިކަމެއް އިޙްސާސް ކުރެވުނު ދުވަހެއް އައެވެ. ދުވަހަކުވެސް އިޙްސާސް ނުކުރެވޭ ދަރަޖައިގެ އެކަނިވެރިކަމެކެވެ. އެއީ އަޅުގަނޑު އެ އެކަނިވެރިކަމުން ރައްކާތެރިކޮށްދޭނެކަމަށް އަޅުގަނޑު ހީކުރި ކަންތައް ދޫކޮށްލަން ޖެހުނު ދުވަހެވެ. އެކަންތަކަކީ އަޅުގަނޑަށް ފައިދާކުރަނިވި ކަންތަކެއް ނޫންކަން އެނގުންވި ދުވަހެވެ.

 

އަޅުގަނޑު އެކަންތައް ދޫކޮށްލަން ނިންމުމުން، ހިތުގެ ފުން މިނުގައި ހުސްކަމެއް އިޙްސާސް ކުރެވުނެވެ. އަޅުގަނޑަށް ފުރުވަން ނޭނގޭ ޒާތުގެ ލޯވަޅެއް ހިތުގައި ހުރިހެން ހީވިއެވެ. ވަކިން ޚާއްޞަކޮށް އެދުވަހުއެވެ. އަޅުގަނޑުގެ ހިތުގައިވި އެކަނިވެރިކަމުގެ ބިރުވެރިކަމަކީ ޙަޤީޤަތެއްކަމަށް ޔަޤީން ކުރެވުމުންނެވެ. އެ އެކަނިވެރިކަމުން އަޅުގަނޑު ސަލާމަތް ކޮށްދޭނެކަމަށް އަޅުގަނޑު ހީކުރި ކަންތައް ވެސް އެކަން ކުރުމުގައި ފޭލްވުމުންނެވެ.

 

އެދުވަސްވަރު ނަމާދަށްފަހު ދެ ތިން ޞަފްޙާގެ ޤުރުއާން ކިޔެވުމަކީ އަޅުގަނޑުގެ އާދައެކެވެ. އެހެނަސް ހިތުތެރޭގައި ހިނގަމުން ދިޔަ ވަރުގަދަ ޖަޒުބާތުތަކެއްގެ ސަބަބުން އެ އާދަ ހުއްޓިފައިވިއެވެ. އެހެނަސް މި ނަން ގަންނަ ދުވަހު އަޅުގަނޑު އަނެއްކާވެސް ޤުރުއާނާއި ގާތްވާން ނިންމީމެވެ. ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ގެ ހަނދުމައިންކަން ހަނދާންކުރަމުންނެވެ.

 

ކަން ދިމާކުރި ގޮތުން އޭގެ ހަފްތާތަކެއް ކުރިން އަޅުގަނޑުގެ ކިޔެވުން ހުއްޓިފައިވީ ސޫރަތުލް އަންބިޔާއުގެ ފަހު ކޮޅުންނެވެ. އަޅުގަނޑުގެ ތުރުތުރު އަޅާ އަޑުން، ކަރުނަތައް ހިފަހައްޓަން ގަދައަޅައި މަސައްކަތް ކުރަމުން ކިޔަވަން ފެށިއިރު ކިޔެވުނީ، ޔޫނުސް ޢަލައިހިއްސަލާމްގެ ވާހަކައިގެ މަންޒަރެއް ސިފަކޮށްދޭ އާޔަތެކެވެ. ބޮޑުމަހުގެ ބަނޑުތެރޭގައި، އެތައް އަނދިރިގަނޑުތަކެއްގެ ދަށުން އެކަލޭގެފާނު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދުޢާ ދެންނެވި ކަމަށް ސިފަކުރެވިފައިވި މަންޒަރެވެ. އެއަށްފަހު ﷲ ވަޙީކުރައްވާފައިވީ، އެކަލާނގެ ޔޫނުސް ޢަލައިހިއްސަލާމް ހިތްދަތިކަމާއި މޮޅިވެރިކަމުން މިންޖުކޮށްދެއްވި ގޮތުގެ ވާހަކައެވެ. އަދި މުއުމިނުން ސަލާމަތް ކޮށްދެއްވާ ގޮތަކީ އެއީ ކަމަށް ﷲ ވަޙީކުރައްވާފައިވެއެވެ.

 

މި ވާހަކައިން ވެސް އަޅުގަނޑު ހިތަށް އަސަރުކުރިއެވެ. އެހެނީ ޚުދު އަޅުގަނޑުވެސް ވީ އަނދިރިގަނޑެއްގެ ތެރޭގައިހެން އަޅުގަނޑަށް ހީވިއެވެ. އަޅުގަނޑަށް ބުނެދޭން ނޭނގޭ އިޙްސާސްތަކުގެ އަނދިރިކަމެވެ. އަޅުގަނޑުގެ މެއަށް ތަދުކުރަމުން ދިޔަ ޖަޒުބާތުތަކުގެ އަނދިރިކަމެވެ. އެހީއަށް އެދެންވީ ގޮތެއް ވެސް ނޭނގޭކަމުގެ އަނދިރިކަމެވެ.

 

އެހެނަސް އަޅުގަނޑަށް ދެން އޮތް އާޔަތް ކިޔަވައިލެވުނެވެ.

 

وَزَكَرِيَّا إِذْ نَادَىٰ رَبَّهُ رَبِّ لَا تَذَرْنِي فَرْدًا

 

“އަދި زكريّا ގެފާނު ހަނދުމަކުރާށެވެ! އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މި އަޅާއަކީ އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ…” ސޫރަތުލް އަންބިޔާއު، 89

 

އަޅުގަނޑު ހަނދާން އެބަހުއްޓެވެ. އަޅުގަނޑަށް މި އާޔަތް ފުރިހަމައެއް ނުކުރެވުނެވެ. ކިޔަވައިލެވުނީ ހަމައެކަނި އެހާ ހިސާބަށެވެ. ކަރުނުން ލޯ ފުސްވެ ދިޔަ ހިނދު، ކުދިކުދި ވަމުން ދިޔަ ހިތުގައި ހިފެހެއްޓިގެން ދިޔަހެން ހީވިއެވެ.

 

އަޅުގަނޑުގެ ހިތް އަނބުރައި އެއްވަމުން ދިޔަ އިޙްސާސް އަޅުގަނޑަށް ކުރެވުނީ ކީއްވެތޯއެވެ. އެއީ އެދުވަހުގެ އެ ވަގުތު އަޅުގަނޑު އެ އާޔަތް ކިޔަވަން އިރާދަކުރެއްވީ އަޅުގަނޑުގެ ވެރިރަސްކަލާނގެކަން އެނގުންވީތީވެއެވެ. އެދެންވީ ކޮންކަމަކަށް ކަން ވެސް ނޭނގުނު އެ ޙާލަތުގައި އަޅުގަނޑުގެ ދުލުން އެ ދުޢާ ބޭރުވެގެން އައުމަށް އިރާދަކުރެއްވީ އަޅުގަނޑުގެ ވެރިރަސްކަލާނގެއެވެ. އަދި ޚުދު އެކަލާނގެ އަޅުގަނޑުގެ ދުލުން އެ ދުޢާ ކުރަން އިރާދަކުރައްވާނީ، އަޅުގަނޑު އިޙްސާސް ކުރަމުން ދިޔަ އެކަނިވެރިކަމަށް އެކަލާނގެ ނިމުމެއް ގެންނާނެތީވެކަން ޔަޤީންވެސް ކުރެވުނީތީވެއެވެ.

 

ހަމަ އެހިނދުން އެހިނދަށް އަޅުގަނޑަށް އިޙްސާސް ކުރެވެމުން ދިޔަ އެކަނިވެރިކަމަށް ލުޔެއް ލިބުނެވެ. އެންމެ ބަހެއް ވެސް ބުނެލުމެއް ނެތި އަޅުގަނޑުގެ އަޑު ކޮންމެވެސް ފަރާތަކުން އައްސަވައިފިކަން ޔަޤީންކުރެވުނެވެ. އަޅުގަނޑު ދުވަހަކުވެސް ވީ އެކަނިވެރިކަމެއްގެ ތެރޭގައެއް ނޫންކަން އެވަގުތު އެނގުންވިއެވެ. އަޅުގަނޑުގެ ވެރި ރަސްކަލާނގެ އެކަލާނގެ ޢިލްމުފުޅުން، ފާއިތުވި ދުވަސްތަކުގައިވެސް އަޅުގަނޑާއި އެކީ ވި ކަމާއި، ކުރިއަށް އޮތް ތާނގައިވެސް ވާނެކަން ޔަޤީންކުރެވުނެވެ.

 

ދެންމެ އަޅުގަނޑު ޙިއްސާކުރި އާޔަތާއިމެދު އަދި އިތުރަށް ވިސްނައިލައްވާށެވެ. އެ އާޔަތަކީ ޒަކަރިއްޔާ ޢަލައިހިއްސަލާމްގެ ދުޢާއެކެވެ. އެކަލޭގެފާނު ވަރަށް މުސްކުޅި ޢުމުރަށް އެޅި، އެކަލޭގެފާނުގެ އަނބިކަނބަލުންނަކީ، ދަރިން ނުލިބޭ ކަނބަލެއް ކަމުގައި ވީ ނަމަވެސް އެކަލޭގެފާނަށް ދަރިއަކު ދެއްވުމަށް އެދި ކުރެއްވި ދުޢާއެވެ. އަޅުގަނޑުގެ އެކަނިވެރިކަމަށް ނިމުމެއް އައުމަކީ، އެފަދަ ޙާލަތެއްގައި މީހަކަށް ދަރިއަކު ލިބޭނެހާ ‘ނާދިރު’ ކަމެއް ކަމަށް އަޅުގަނޑަށް ހީކުރެވިފައިވިއެވެ.

 

އެހެނަސް އެއީ ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ނާދިރު ކަމަކަށް ނުވިއެވެ. އެކަލޭގެފާނު ޒަކަރިއްޔާ ޢަލައިހިއްސަލާމްއަށް ދަރިކަލަކު ދެއްވައި، އެ ދަރިކަލަކީ އެކަލޭގެފާނު ދުނިޔެ ދޫކޮށް ދިޔުމުން ވެސް އެކަލޭގެފާނު ދަޢުވަތު ދެއްވި ދީނަށް ދަޢުވަތު ދެއްވާ ދަރިކަލަކު ކަމުގައިވިއެވެ. ހަމަ އެފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑަށް އިޙްސާސް ކުރެވެމުން ދިޔަ އެކަނިވެރިކަމުގެ ބިރުވެރިކަމަށް އެހީ ފޮނުއްވިއެވެ.

 

އެދުވަސްފަހުން، އަޅުގަނޑު ހީވެސް ނުކުރާ ދިމަދިމާލުން އެ ބިރުވެރިކަމާއި ކުރިމަތިލައި އެއިން އަރައިގަންނަން އަޅުގަނޑަށް އެތައް އެހީއެއް ލިބުނެވެ. އެ ބިރުވެރިކަމުން އަޅުގަނޑަށް އަރައިގަނެވިފައިވާ މިންވަރާއި މެދު މިއަދު ވެސް ވިސްނައިލުމުން، އެއީ އަޖާއިބުކުރުވަނިވި ކަމެއްގެ ގޮތުގައި ސިފަވެގެންދެއެވެ. އަޅުގަނޑަށް މާޒީގައި ކުރެވޭފަދަ އެކަނިވެރި ޚިޔާލުތައް ކުރެވި، ރޮވޭގޮތް މިއަދު ނުވާ ކަމަށްޓަކައި އަޅުގަނޑަށް ހަމަ ޔަޤީނުންވެސް ފުރިހަމައަށް ޝުކުރު ނުކުރެވޭނެއެވެ.

 

އެހެންކަމުން ތިބާއަށް އެކަނިވެރިކަން އިޙްސާސް ކުރެވޭނަމަ ދަންނާށެވެ. ތިބާގެ ވެރިރަސްކަލާނގެ ތިބާ ދުވަހަކުވެސް އެކަނި ދޫކޮށްނުލައްވާނެއެވެ. ތިބާގެ އެންމެ ފުންކޮށް ބރުގަންނަ ކަންތަކާއި، އެ ބިރުވެރިކަމުގެ ފަހަތުގައިވާ ސަބަބުތައް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. ތިބާއަށް އެންމެ ބޭނުންވަނީ ކޮންކަމެއް ކަން ވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.

 

އެހެންކަމުން އެކަލާނގެއާއިއެކީ ވާށެވެ. އެކަލާނގެ ޙަޟްރަތުން އެދޭށެވެ. އެހެނީ ތިބާގެ އެންމެ ބޮޑު ރައްކާތެރކަމަކީ އެކަލާނގެއެވެ. އެކަލާނގެ ކިބައިން ތިބާއަށް އެ ރައްކާތެރިކަން އިޙްސާސް ކުރެވުމުން، އެކަލާނގެ ތިބާގެ ޙަޔާތަށް މީހުން ފޮނުއްވާނެއެވެ. އަދި އެމީހުން ވެގެން ދާނީ އެކަލާނގެ ހަނދުމަކޮށް ތިބާއަށް މާކުރިން ވެސް ލިބިފައިވާ އުފާވެރިކަމަށް އިތުރު އުފާވެރިކަމެއް ގެނެސްދޭނެ ބަޔަކަށެވެ. (އިން ޝާ ﷲ)

The post މުޅި ޢުމުރަށް އެކަނިވެރިކަމުގައެއް ނޫނެވެ. މުޅި ޢުމުރަށް އަޅުގަނޑުގެ ވެރިރަސްކަލާނގެއާއި އެކީގައެވެ. appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%89%de%aa%de%85%de%a8-%de%a2%de%aa%de%89%de%aa%de%83%de%a6%de%81%de%b0-%de%87%de%ac%de%86%de%a6%de%82%de%a8%de%88%de%ac%de%83%de%a8%de%86%de%a6%de%89%de%aa%de%8e%de%a6%de%87%de%ac%de%87%de%b0/feed/ 0 3130
އެ ހުރިހާ ކަމެއް ތިބާއަށް ދޭހަކުރެވޭނެއެވެ! https://blog.storiesbyjana.com/%de%87%de%ac-%de%80%de%aa%de%83%de%a8%de%80%de%a7-%de%86%de%a6%de%89%de%ac%de%87%de%b0-%de%8c%de%a8%de%84%de%a7%de%87%de%a6%de%81%de%b0-%de%8b%de%ad%de%80%de%a6%de%86%de%aa%de%83%de%ac%de%88%de%ad/?utm_source=rss&utm_medium=rss&utm_campaign=%25de%2587%25de%25ac-%25de%2580%25de%25aa%25de%2583%25de%25a8%25de%2580%25de%25a7-%25de%2586%25de%25a6%25de%2589%25de%25ac%25de%2587%25de%25b0-%25de%258c%25de%25a8%25de%2584%25de%25a7%25de%2587%25de%25a6%25de%2581%25de%25b0-%25de%258b%25de%25ad%25de%2580%25de%25a6%25de%2586%25de%25aa%25de%2583%25de%25ac%25de%2588%25de%25ad https://blog.storiesbyjana.com/%de%87%de%ac-%de%80%de%aa%de%83%de%a8%de%80%de%a7-%de%86%de%a6%de%89%de%ac%de%87%de%b0-%de%8c%de%a8%de%84%de%a7%de%87%de%a6%de%81%de%b0-%de%8b%de%ad%de%80%de%a6%de%86%de%aa%de%83%de%ac%de%88%de%ad/#respond Mon, 01 Nov 2021 14:54:33 +0000 https://blog.storiesbyjana.com/?p=3076

"މި ވަގުތުކޮޅުގައި އަހަންނަށް ފެންނަން ނެތް ހެވަށްޓަކައި އަހަރެން ﷲ އަށް ޙަމްދުކުރަމެވެ..." އަޅުގަނޑަށް މި ބަސްތައް ބުނެވުނީ، ވަރަށް ހިތާމަވެރި ދުވަހެއްގައި ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. އޭރު އަޅުގަނޑުގައި ލޮލުން ކަރުނަ އޮހޮރެމުން ދިޔައިރު މޭގައި ރިހުމެއްވިއެވެ. އެއީ މިއަދާއި ހަމައަށް ވެސް ދިގު ދެމިގެންދާނެ ރިހުމެއް ކަމަށް އަޅުގަނޑަށް އޭރު ހީވެފައިވިއެވެ. އެހެނީ އެ ރިހުން އަޅުގަނޑުގެ ކިބައިން ވަކި ނުވާތާ ވަރަށް ޒަމާންވެފައިވީތީވެއެވެ. އަދި އެދުވަހު ކަންތައް ދިމާވެގެން ދިޔަ ގޮތުން އެ ތަދު […]

The post އެ ހުރިހާ ކަމެއް ތިބާއަށް ދޭހަކުރެވޭނެއެވެ! appeared first on Stories by Jana.

]]>

“މި ވަގުތުކޮޅުގައި އަހަންނަށް ފެންނަން ނެތް ހެވަށްޓަކައި އަހަރެން ﷲ އަށް ޙަމްދުކުރަމެވެ…”

 

އަޅުގަނޑަށް މި ބަސްތައް ބުނެވުނީ، ވަރަށް ހިތާމަވެރި ދުވަހެއްގައި ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. އޭރު އަޅުގަނޑުގައި ލޮލުން ކަރުނަ އޮހޮރެމުން ދިޔައިރު މޭގައި ރިހުމެއްވިއެވެ. އެއީ މިއަދާއި ހަމައަށް ވެސް ދިގު ދެމިގެންދާނެ ރިހުމެއް ކަމަށް އަޅުގަނޑަށް އޭރު ހީވެފައިވިއެވެ. އެހެނީ އެ ރިހުން އަޅުގަނޑުގެ ކިބައިން ވަކި ނުވާތާ ވަރަށް ޒަމާންވެފައިވީތީވެއެވެ. އަދި އެދުވަހު ކަންތައް ދިމާވެގެން ދިޔަ ގޮތުން އެ ތަދު އިތުރަށް ގޯސްވެފައިވިއެވެ.

 

ނޫނެކެވެ. އަޅުގަނޑު އެއްގޮތަކަށް ވެސް އެ ބަސްތައް ބުނެލީ އަޅުގަނޑު މާތް މީހަކަށްވީތީވެއެއްނޫނެވެ. އަދި އެ ހިތާމައިން ދުރު ވެވިދާނެ ގޮތެއް އަޅުގަނޑަށް ފެންނާތީވެއެއްވެސް ނޫނެވެ. އަޅުގަނޑުގެ އީމާންތެރިކަން ދުވަހަކުވެސް ދަށްނުވާވަރަށް އޭރު ދަށްވެފައިވިއެވެ. ކޮންމެހެން ކުރަންޖެހޭ އަޅުކަމެއް ނޫނީ އަޅުގަނޑަށް ނުވެސް ކުރެވެއެވެ. އެއްވެސް ކަހަލަ އަލިމަގެއް ނުވާ އަނދިރި ހޮހޮޅައެއްގައި އަޅުގަނޑު ބަންދުވެފައިވިހެން ހީވިއެވެ.

 

އަޅުގަނޑަށް އެ ބަސްތައް ބުނެވުނީ ކީއްވެތޯއެވެ؟ ކޮންމެވެސް ގޮތަކުން، އަޅުގަނޑު ﷲ އާއި މެދު އުނގެނިފައިވާ ޢިލްމުގެ ކުޑަ މިންވަރެއް، އެ ވަގުތު އަޅުގަނޑުގެ ސަލާމަތަށްޓަކައި އައީއެވެ. ޙަޔާތުގެ އެހާތަނަށް އައިއިރު ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުގެ ކަންތައް ފުރިހަމައަށް ބެލެހެއްޓެވި ގޮތް އަޅުގަނޑުގެ ހަނދާނަށް އައެވެ. އެކަލާނގެއީ އެންމެ ރަޙީމްވަންތަ، އެކަލާނގެ އަޅުންދެކެ ލޯބިވެވޮޑިގެންވާ، އަދި އެންމެ މޮޅު ރޭވުންތައް ރާއްވަވާ، އަދި އެކަލާނގެ އަޅުންނަށް ދަތިތަކުގެ ތެރެއިން ނެރޭނެ މަގު ދައްކަވާ، އަދި ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ރަސްކަލާނގެކަން ހަނދާންވެގެން ދިޔައެވެ. އެކަލާނގެ ގެ ރީތިވެގެންވާ ނަންފުޅުތައް ހަނދާންވެގެން ދިޔައެވެ. މީގެ އިތުރުން ސޫރަތުލް ފާތިޙާއާއި ބެހޭގޮތުން އުނގެނޭއިރު، ތަކުރާރުކޮށް އަޅުގަނޑަށް އުނގެނިފައިވާ އެއްކަމެއް ސިކުނޑީގައި ބިންވަޅު ނެގިފައިވިއެވެ.

 

ސޫރަތުލް ފާތިޙާގެ ފުރަތަމަ އާޔަތަކީ (الْحَمْدُ لِلّهِ رَبِّ الْعَالَمِيْن) އަކީ ޢަރަބި ބަހުގައި ޖުމްލާ އިސްމިއްޔާއެކެވެ. މާނައަކީ ނަމަކަށް ބިނާވެފައިވާ ޖުމްލައެކެވެ. ޢަރަބި ބަހުގައި ޖުމްލައެއް ކަމެއްގެ ބަދަލުގައި ނަމަކަށް ބިނާވެފައިވުމުން އޭގެ މާނައަކީ، އެ ޖުމްލައިގައި ބުނެވޭ ކަމަކީ ތާ އަބަދަށް ދެމިގެންދާނެ ކަމެކެވެ. މީގެ މާނައަކީ ﷲ ގެ ޙަމްދު އަބަދުވެސް ދެމިވޮޑިގެންވާކަމެވެ. އެކަލާނގެއަށް ޙައްޤުވާ ތަޢުރީފާއި ޝުކުރު އަބަދުވެސް އެގޮތުގައި ދެމި ހުރެއެވެ. އެކަލާނގެ އަޅުގަނޑުމެންގެ ޙަޔާތުގައި އަޅުގަނޑުމެންނަށްޓަކައި ކޮންމެ ކަމެއް ތަޤްދީރު ކުރެއްވިއްޔަސް، އެކަމަށްޓަކައި އެކަލާނގެއަށް ޝުކުރުކޮށް ޙަމްދުކުރުން ޙައްޤުވެގެންވެއެވެ. އަޅުގަނޑު މި ބަސްތައް ތަކުރާރު ކޮށްލާނަމެވެ.

 

މާތް ﷲ އަޅުގަނޑުމެންގެ ޙަޔާތުގައި އަޅުގަނޑުމެންނަށްޓަކައި ކޮންމެ ކަމެއް ތަޤްދީރު ކުރެއްވިއްޔަސް، އެކަމަށްޓަކައި އެކަލާނގެއަށް ޝުކުރުކޮށް ޙަމްދުކުރުން ޙައްޤުވެގެންވެއެވެ.

 

އެހެންކަމުން ކޮންމެ ކަމެއް ދިމާވިޔަސް އަޅުގަނޑުމެންނަށް ބުނެވެންވާނެއެވެ. ޔާ ރައްބެވެ! މިވަގުތު މި އަޅާއާއި ދޭތެރޭ ވަމުން މިދަނީ މި އަޅާއަށް ދިމާވާނެ އެންމެ ރަނގަޅު ގޮތެވެ. މިއަޅާއަށް އެކަން ނުފެނުނަސް މި އަޅާ މިކަމަށްޓަކައި އިބަރަސްކަލާނގެއަށް ޝުކުރުވެރިވަމެވެ!

 

އެނގޭތޯއެވެ؟ އެ ބަސްތައް އަޅުގަނޑަށް ބުނެވުނުތާ ދުވަސްކޮޅެއް ފަހުން އޭރު އަޅުގަނޑުގެ ޙަޔާތުގައި ކަންތައް ވެގެން ދިޔައީ، އަޅުގަނޑަށް ދިމާވާނެ އެންމެ ފުރިހަމައަށްކަން ހަމަ ޙަޤީޤަތުގައި ވެސް އަޅުގަނޑަށް އެނގުންވެގެން ދިޔައެވެ. އެ ތަދުގެ ފަހަތުގައިވި ސަބަބު އަޅުގަނޑަށް ސާފުކޮށް ފެނިގެން ދިޔައެވެ. ހިތުގައިވި ޒަޚަމްތަކަށް ﷲ ގެ ރަޙްމަތްފުޅުން ޝިފާ ލިބި، އެ ތަދު ފޭދިގެން ދިޔަދިޔަހެން، އެ ޒަޚަމްތައް ލިބުމުގެ ކުރިން އަޅުގަނޑަށް ލިބިފައި ނުވާފަދަ ހިތްވަރެއް ލިބުނު ކަހަލަ އިޙްސާސެއް ކުރެވުނެވެ. އަޅުގަނޑުގެ އަމިއްލަ ނަފްސާއިމެދު އެތައް ކަމެއް ދަސްވެ، އެ ތަޖުރިބާގެ ސަބަބުން އެތައް ބަޔަކަށް އެހީވެވުނެވެ. ސުބްޙާނަ ﷲ!

 

އެހެންކަމުން ރަސޫލާ (ޞ.ޢ.ވ) ވަރަށް ގިނައިން الْحَمْدُ لِلّهِ عَلَى كُلِّ حَالٍ (ހުރިހާ ޙާލަތެއްގައި ވެސް އެންމެހާ ތަޢުރީފަކާއި ޝުކުރެއް ޙައްޤުވެގެންވަނީ ﷲ އަށެވެ.) މި ބަސްތައް ޙަދީޘްކުރައްވާކަން އަޑު އިވޭ ހިނދު ދަންނާށެވެ. ރަސޫލާ (ޞ.ޢ.ވ) އެ ޙަދީޘް ކުރެއްވީ ޙަޤީޤަތް ނޫން އެހެން އެއްވެސް ކަމެއްނޫނެވެ! އަދި ތިބާ ވެސް ތިބާގެ ޙަޔާތުގައި ހިތްނޭދޭ ގޮތަށް ކަމެއް ހިނގާއިރު އެ ބަސްތައް ބުނެފިނަމަ، އެ ބުނެވެނީ ވެސް ހަމަ ޙަޤީޤަތްކަން ޔަޤީންކުރާށެވެ!

 

އެހެންކަމުން الْحَمْدُ لِلّه ކިޔާށެވެ. ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތަކުވެސްމެއެވެ. ޙައްލު ނުވާ ޙާލަތްތަކަށްޓަކައި ޙަމްދުކުރާށެވެ. އެ ނުފިލާ ތަދަށްޓަކައި ޙަމްދުކުރާށެވެ. އޮޅުންބޮޅުންވެ ދޭހަ ނުކުރެވޭ އިޙްސާސްތަކަށްޓަކައި ޙަމްދުކުރާށެވެ. ތިބާގެ އަތްދަށުން ދޫވެގެންދާ ކޮންމެ ކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއަށްޓަކައި ރާއްވަވާ ރީތި ރޭވުންކަން ދަންނާށެވެ. އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ތިބާ ޙަމްދުގެ ބަސްތައް ކިޔައި އެ ބަސްތަކުގެ ތެދުކަން ހިތަށް ވިސްނައިދިންހާ އަވަހަކަށް، އެ ކަންތައް ތިބާއަށް ދޭހަކުރެވިގެންދާނެއެވެ. (އިން ޝާ ﷲ)

The post އެ ހުރިހާ ކަމެއް ތިބާއަށް ދޭހަކުރެވޭނެއެވެ! appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%87%de%ac-%de%80%de%aa%de%83%de%a8%de%80%de%a7-%de%86%de%a6%de%89%de%ac%de%87%de%b0-%de%8c%de%a8%de%84%de%a7%de%87%de%a6%de%81%de%b0-%de%8b%de%ad%de%80%de%a6%de%86%de%aa%de%83%de%ac%de%88%de%ad/feed/ 0 3076
ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުފަހިވާ ސިއްރެއް! https://blog.storiesbyjana.com/%de%8b%de%ac%de%8b%de%aa%de%82%de%a8%de%94%de%ad%de%8e%de%ac-%de%84%de%a7%de%87%de%b0%de%96%de%a6%de%88%de%ac%de%83%de%a8%de%86%de%a6%de%89%de%a6%de%81%de%b0-%de%89%de%a6%de%8e%de%aa%de%8a%de%a6%de%80/?utm_source=rss&utm_medium=rss&utm_campaign=%25de%258b%25de%25ac%25de%258b%25de%25aa%25de%2582%25de%25a8%25de%2594%25de%25ad%25de%258e%25de%25ac-%25de%2584%25de%25a7%25de%2587%25de%25b0%25de%2596%25de%25a6%25de%2588%25de%25ac%25de%2583%25de%25a8%25de%2586%25de%25a6%25de%2589%25de%25a6%25de%2581%25de%25b0-%25de%2589%25de%25a6%25de%258e%25de%25aa%25de%258a%25de%25a6%25de%2580 https://blog.storiesbyjana.com/%de%8b%de%ac%de%8b%de%aa%de%82%de%a8%de%94%de%ad%de%8e%de%ac-%de%84%de%a7%de%87%de%b0%de%96%de%a6%de%88%de%ac%de%83%de%a8%de%86%de%a6%de%89%de%a6%de%81%de%b0-%de%89%de%a6%de%8e%de%aa%de%8a%de%a6%de%80/#respond Thu, 21 Oct 2021 15:52:33 +0000 https://blog.storiesbyjana.com/?p=3059

ޢަރަބި ބަހުގައި تَقوى މި ބަހުގެ މާނައަކީ އަމިއްލަ ނަފްސު ރައްކާތެރިކުރުމެވެ. މި މާނައިން އުފެދޭ ސުވާލަކީ އަމިއްލަ ނަފްސު ކޮންކަމަކުން ރައްކާތެރިކުރުން ހެއްޔެވެ؟ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ތަޤްވާވެރިކަމުގެ މާނައަކީ ﷲ ނަހީކުރެއްވި ކަންތައްތަކުން ދުރުވެ އެކަލާނގެ ގެ ޢަޒާބުން ރައްކާތެރިކަން ލިބިގަތުމެވެ. އެހެނަސް ތަޤްވާވެރިކަމާއިއެކީ އަޅުގަނޑުމެން ޙަޔާތް ވޭތުކުރަން ފަށައިފިނަމަ އެހެން ފިލާވަޅެއް ވެސް އަޅުގަނޑުމެންނަށް ދަސްވެގެން ދިޔުން އެކަށީގެންވެއެވެ. އެއީ، ތަޤްވާވެރި ވެގެން އަޅުގަނޑުމެންނަށް އަމިއްލަ ނަފްސުތައް ރައްކާތެރި ކުރެވެނީ ހަމައެކަނި އާޚިރަތުގެ ޢަޒާބުން ނޫންކަމެވެ. […]

The post ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުފަހިވާ ސިއްރެއް! appeared first on Stories by Jana.

]]>

ޢަރަބި ބަހުގައި تَقوى މި ބަހުގެ މާނައަކީ އަމިއްލަ ނަފްސު ރައްކާތެރިކުރުމެވެ. މި މާނައިން އުފެދޭ ސުވާލަކީ އަމިއްލަ ނަފްސު ކޮންކަމަކުން ރައްކާތެރިކުރުން ހެއްޔެވެ؟

 

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ތަޤްވާވެރިކަމުގެ މާނައަކީ ﷲ ނަހީކުރެއްވި ކަންތައްތަކުން ދުރުވެ އެކަލާނގެ ގެ ޢަޒާބުން ރައްކާތެރިކަން ލިބިގަތުމެވެ.

 

އެހެނަސް ތަޤްވާވެރިކަމާއިއެކީ އަޅުގަނޑުމެން ޙަޔާތް ވޭތުކުރަން ފަށައިފިނަމަ އެހެން ފިލާވަޅެއް ވެސް އަޅުގަނޑުމެންނަށް ދަސްވެގެން ދިޔުން އެކަށީގެންވެއެވެ. އެއީ، ތަޤްވާވެރި ވެގެން އަޅުގަނޑުމެންނަށް އަމިއްލަ ނަފްސުތައް ރައްކާތެރި ކުރެވެނީ ހަމައެކަނި އާޚިރަތުގެ ޢަޒާބުން ނޫންކަމެވެ. އެހެނެއްކަމަކު ތަޤްވާވެރިކަމުގެ ސަބަބުން، ފާފަތަކުގެ ތެރެއިން އަޅުގަނޑުމެންނަށް މި ޙަޔާތުގައި ލިބޭނެ ވޭނާއި ކެކުޅުމުން ވެސް ރައްކާތެރިކަން ލިބިގެންދާކަމެވެ.

 

ތިބާ ފަހަރެއްގައި ކާން ބޭނުންވެ ހުރެވެސް ޙަރާމް ކެއުމަކުން ނުވަތަ ބުއިމަކުން ދުރުވެފައި ހުރެދާނެއެވެ. އެ ކެއުމުން ތިބާގެ ޞިއްޙަތަށް ލިބޭނެ ގެއްލުން ތިބާއަށް އެނގުންވެގެން ދަނީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ. ތިބާ ފަހަރެއްގައި ޙަރާމް ފައިސާއެއް އެހެންނޫނީ ރިބާ ލޯނެއް ނަގަން އުޅެފައިވެސް ނުނަގަން ނިންމާފައި ހުރެދާނެއެވެ. ލޯނެއްގެ ދަށުގައި ދަރަނިވެރިވެ، އެހެންނޫނީ ޙަރާމް ފައިސާއެއް ބޭނުންކޮށްގެން ލިބޭ ހާސްކަމާއި ހިތްހަމަނުޖެހުމާއި ނުލައި ތިބާގެ ޙަޔާތް މާ ރަނގަޅުކަން ތިބާއަށް އެނގުންވެގެންދަނީ ފަހުންނެވެ. ތިބާ ފަހަރެއްގައި ﷲ ރުހިވޮޑިގެންނުވާފަދަ ކައިވެނިން ބޭރުގެ ގުޅުމެއް ދޫކޮށްފައި ހުރެދާނެއެވެ. އެހެނަސް އެ ގުޅުމުގައި އުޅެވުނުނަމަ ތިބާގެ ޙަޔާތް ބަރުބާދުވީސްކަން ތިބާއަށް އެނގިގެންދަނީ އޭގެ އަހަރުތަކެއް ފަހުންނެވެ. އެހެންނޫނީ އޭރު އެ ގުޅުމުގައި އުޅުނުއިރު ތިބާގެ ޙަޔާތުގައި އެންމެ ފުރިހަމައަށް ކަންތައް ނުހިނގީސްކަން ތިބާއަށް އެނގިގެން ދެއެވެ. ތިބާ، ތިބާގެ ހުރިހާ ނޭދެވޭ އާދަތައް ﷲ އަށްޓަކައި ދޫކޮށްފައިވެދާނެއެވެ. ކަންކަމުގައި ހުއްޓުމެއްނެތި ކުރިއަށް ދިޔުމަށް ތިބާއަށް ހިތްވަރެއް ލިބިގެން ގޮސްފައިވަނީ އެއިންނެވެ. އަދި ތިބާކުރާ މަސައްކަތުގެ ފެންވަރުވެސް ރަނގަޅުވެފައިވަނީ އެއިންނެވެ.

 

މި ހުރިހާ ކަމަކުން އަޅުގަނޑުގެ ހަނދާނަށް އަންނަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވާ ދުޢާއެކެވެ.

 

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَ فِي الآخِرَةِ حَسَنَةً وَ قِنَا عَذَابَ النَّار

 

“އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް މި ދުނިޔޭގައި ވެސް ހެޔޮކަން، އަދި އާޚިރަތުގައި ވެސް ހެޔޮކަން ދެއްވައި އަޅަމެން އަލިފާނުގެ (އެބަހީ: ނަރަކައިގެ) ޢަޒާބުން ރައްކާތެރިކުރައްވާނދޭވެ!” ސޫރަތުލް ބަޤަރާ، 201

 

ޚުދު ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް މި ދުޢާ ދަސްކޮށްދެއްވާފައިވުމުން އެނގެނީ އެކަލާނގެ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ވެސް ބާއްޖަވެރިކަން ދެއްވަން އިރާދަކުރައްވާކަމެވެ. އެކަމަށްޓަކައި މަސައްކަތް ކުރާ ބަޔަކަށެވެ. އަދި ހަމަ އެހެންމެ އެކަލާނގެ އެ ބާއްޖަވެރިކަން ހޯދޭނެ މަގެއް އަޅުގަނޑުމެންނަށް ދައްކަވާފައިވުމުން އެނގިގެންދަނީ އެކަލާނގެ ޙަޟްރަތުގައި އެކަލާނގެ އަޅުންނަށްޓަކައިވާ ލޯބިފުޅެވެ.

 

މާތް ﷲ އަޅަމެންނަކީ ތަޤްވާވެރިން ކަމުގައި ލައްވާ އަޅަމެންނަށް މި ދުނިޔޭގައި ވެސް ހެޔޮކަން، އަދި އާޚިރަތުގައި ވެސް ހެޔޮކަން ދެއްވައި އަޅަމެން ނަރަކައިގެ ޢަޒާބުން ރައްކާތެރިކުރައްވާށި! އާމީން!

The post ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުފަހިވާ ސިއްރެއް! appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%8b%de%ac%de%8b%de%aa%de%82%de%a8%de%94%de%ad%de%8e%de%ac-%de%84%de%a7%de%87%de%b0%de%96%de%a6%de%88%de%ac%de%83%de%a8%de%86%de%a6%de%89%de%a6%de%81%de%b0-%de%89%de%a6%de%8e%de%aa%de%8a%de%a6%de%80/feed/ 0 3059
ތިބާއަށް ލޯބި ބޭނުންވެއެވެ. މީހުންގެ ލޯތްބެވެ. https://blog.storiesbyjana.com/%de%8c%de%a8%de%84%de%a7%de%87%de%a6%de%81%de%b0-%de%8d%de%af%de%84%de%a8-%de%84%de%ad%de%82%de%aa%de%82%de%b0%de%88%de%ac%de%87%de%ac%de%88%de%ac-%de%89%de%a9%de%80%de%aa%de%82%de%b0%de%8e%de%ac/?utm_source=rss&utm_medium=rss&utm_campaign=%25de%258c%25de%25a8%25de%2584%25de%25a7%25de%2587%25de%25a6%25de%2581%25de%25b0-%25de%258d%25de%25af%25de%2584%25de%25a8-%25de%2584%25de%25ad%25de%2582%25de%25aa%25de%2582%25de%25b0%25de%2588%25de%25ac%25de%2587%25de%25ac%25de%2588%25de%25ac-%25de%2589%25de%25a9%25de%2580%25de%25aa%25de%2582%25de%25b0%25de%258e%25de%25ac https://blog.storiesbyjana.com/%de%8c%de%a8%de%84%de%a7%de%87%de%a6%de%81%de%b0-%de%8d%de%af%de%84%de%a8-%de%84%de%ad%de%82%de%aa%de%82%de%b0%de%88%de%ac%de%87%de%ac%de%88%de%ac-%de%89%de%a9%de%80%de%aa%de%82%de%b0%de%8e%de%ac/#comments Fri, 17 Sep 2021 12:19:28 +0000 https://blog.storiesbyjana.com/?p=3020

"މީހުން ތިބާއަށް ތަޢުރީފުކޮށް، ތިބާ ބަލައިގަނެ އެމީހުންގެ ޝުކުރުވެރިކަން ލިބިގަތުމަކީ ކޮންމެހެން އަހަރުމެންގެ ޙަޔާތަށް އެހާ މުހިއްމު ކަންތައްތަކެއް ނޫނެވެ." އަޅުގަނޑުގެ ދައްތަ ގާތު އަޅުގަނޑު މިހެން ބުނެލީ، ސޯޝަލް އެންޒައިޓީ އާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ދަނިކޮށެވެ. ސޯޝަލް އެންޒައިޓީ އަކީ މީހުންގެ ތެރޭގައި އުޅޭއިރު އެހެން މީހުން ތިބާ ބަލައިގަންނަ ގޮތާއިމެދު ނުހަނު ގަދައަށް ފިކުރު ކުރަން ޖައްސާ ނަފްސާނީ ބައްޔެކެވެ. "ނޫނެކެވެ! ބައެއްފަހަރު އެ ކަންތައްތަކަކީ ކައިބޮއި އުޅޭ ތަކެއްޗަށްވުރެ ވެސް މުހިއްމު ކަންތަކެވެ. […]

The post ތިބާއަށް ލޯބި ބޭނުންވެއެވެ. މީހުންގެ ލޯތްބެވެ. appeared first on Stories by Jana.

]]>

“މީހުން ތިބާއަށް ތަޢުރީފުކޮށް، ތިބާ ބަލައިގަނެ އެމީހުންގެ ޝުކުރުވެރިކަން ލިބިގަތުމަކީ ކޮންމެހެން އަހަރުމެންގެ ޙަޔާތަށް އެހާ މުހިއްމު ކަންތައްތަކެއް ނޫނެވެ.”

 

އަޅުގަނޑުގެ ދައްތަ ގާތު އަޅުގަނޑު މިހެން ބުނެލީ، ސޯޝަލް އެންޒައިޓީ އާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ދަނިކޮށެވެ. ސޯޝަލް އެންޒައިޓީ އަކީ މީހުންގެ ތެރޭގައި އުޅޭއިރު އެހެން މީހުން ތިބާ ބަލައިގަންނަ ގޮތާއިމެދު ނުހަނު ގަދައަށް ފިކުރު ކުރަން ޖައްސާ ނަފްސާނީ ބައްޔެކެވެ.

 

“ނޫނެކެވެ! ބައެއްފަހަރު އެ ކަންތައްތަކަކީ ކައިބޮއި އުޅޭ ތަކެއްޗަށްވުރެ ވެސް މުހިއްމު ކަންތަކެވެ. އިބްރާހީމް ޢަލައިހިއްސަލާމްގެ ދުޢާ ހަނދާންވޭ ހެއްޔެވެ؟”

 

ދައްތަ ޖަވާބުގައި ބުންޏެވެ. އެ ބަސްތަކުން އަޅުގަނޑަށް ވިސްނަން މަޖުބޫރުވިއެވެ. ދައްތަ އެ ދައްކަނީ ކޮން އާޔަތެއްގެ ވާހަކަ ކަން ހަނދާންވެގެން ދިޔަދިޔަހެން، އަޅުގަނޑަށް ދައްތައާއި އެއްބަސް ވެވުނެވެ.

 

އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޢާއިލާ މައްކާގެ ސަހަރާއަށް ދޫކުރައްވާފައި ދިޔަ ވަގުތު ކުރެއްވި ރީތި ދުޢާތައް އިބްރާހީމް ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. އެ ދުޢާތަކުގެ އެއްބައި ތިރީގައިވާ އާޔަތުގައި މިވަނީއެވެ.

 

رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ

 

“އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއްގައި، ޙުރުމަތްތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެބައިމީހުން ނަމާދު ޤާއިމްކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެބައިމީހުންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެބައިމީހުންނަށް ރިޒުޤު ދެއްވާނދޭވެ! (އެއީ) އެބައިމީހުން ޝުކުރު ވެރި ވުމަށްޓަކައެވެ” ސޫރަތް އިބްރާހީމް، 37

 

މި އާޔަތުގައި އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޢާއިލާ މީހުންނަށްޓަކައި ﷲ ގެ ޙަޟްރަތު އެދިލެއްވި ކަންތަކުގެ ތަރުތީބަށް ބައްލަވާށެވެ. އެކަލޭގެފާނު ފުރަތަމަ އެދިލައްވަނީ މީހުންގެ ހިތްތައް އެކަލޭގެފާނުގެ ޢާއިލާއަށް (ހާޖަރުގެފާނާއި ތުއްތު އިސްމާޢީލުގެފާނާއި އަދި އިސްމާޢީލުގެފާނުގެ ފަރާތުން އަންނަ ދަރިފަސްކޮޅަށް) ލެންބެވުމަށެވެ. އެކަލޭގެފާނުގެ ޢާއިލާއަށް މޭވާތަކުގެ ރިޒުޤު ދެއްވުމަށް އެދިލައްވަނީ އެއަށް ފަހުގައެވެ. އެކަލޭގެފާނުގެ ޢާއިލާއަށްޓަކައި މީހުންގެ ލޯތްބަށް އެދިލެއްވީ މޭވާތަކުގެ ރިޒުޤަށްވުރެ ކުރިންނެވެ.

 

ޢިލްމުވެރިން ދަންނަވާ ގޮތުގައި މިއަދާއި ހަމައަށް ވެސް މައްކާގައިވާ ގެފުޅާއި އެ ގެފުޅުގައި ކުރެވޭ އަޅުކަމަށްޓަކައި މީސްތަކުންގެ ހިތުގައި ލޯތްބެއްވަނީ އިބްރާހީމް ޢަލައިހިއްސަލާމްގެ މި ދުޢާގެ ސަބަބުންނެވެ. އާޔަތުގެ ބަހުރުވައިން އޭގެ މާނަ އަންނަނީ ހަމައެކަނި ގެފުޅަށް ލޯތްބެއް ލެއްވުމަކަށް ނޫނެވެ. تَهْوِي إِلَيْهِمْ (އެބައިމީހުންނަށް ލެންބެވުމަށް) މި ބަސްތަކުގައިވާ هِم ޢަރަބި ބަހުގައި ބޭނުންކުރެވެނީ މީހުންނަށެވެ. އެހެންކަމުން އިބްރާހީމް ޢަލައިހިއްސަލާމް މި ދުޢާގައި އެދިލެއްވީ އެކަލޭގެފާނުގެ ޢާއިލާ މީހުންނަށްޓަކައި މީސްތަކުންގެ ހިތްތައް ލެންބެވުމަށެވެ.

 

އަޅުގަނޑު މި ވާހަކައަށް އަލި އަޅުވައިލަން ބޭނުންވާ ސަބަބަކީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން އަމިއްލަ ނަފްސަށް ދަތިކުރުވާ ޙާލަތްތައް އަންނާތީވެއެވެ. ދަތިކުރުވަނީ ކިހިނެއްތޯއެވެ؟ އަޅުގަނޑުމެންގެ ޙަޔާތަށް އެހެން ބަޔަކު ބޭނުންނުވާ ކަމަށް ނިންމާ ނިންމުމުންނެވެ. އެހެނީ އަޅުގަނޑުމެންގެ ޙަޔާތުގައި އަޅުގަނޑުމެން ކުރާ ކަންތައް ފުރިހަމައަށް ބަލައިގަތް ބަޔަކު ނެތެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ބޮޑުވެގެން އައީވެސް އަޅުގަނޑުމެން ކުރާ ކުދިކުދި ކަންތަކަށް ޢާއިލާ މީހުން ތަޢުރީފު ނުކުރާފަދަ ޘަޤާފަތެއްގައި ކަމަށް ވުމުންނެވެ. އެހެންނޫނީ އަޅުގަނޑުމެންގެ ޙަޔާތުގައި އަޅުގަނޑުމެން ދިމާވި ގިނަ މީހުންނަކީ އަޅުގަނޑުމެންނަށް ހެޔޮ އެދޭ ބައެއް ނޫނެވެ. އެހެންނޫނީ އަޅުގަނޑުމެންގެ ޙަޔާތުގައި އެންމެ ދަތި ދުވަސްތައް ހޭދަކުރަން ޖެހުނީ އެންމެ ގާތުން ފެނުނު މީހުންގެ ސަބަބުންނެވެ.

 

މިފަދަ ޙަޔާތެއް އަޅުގަނޑުމެން ކަނޑައްތު ކޮށްފައިވާނަމަ، މީހުންނާއި ގުޅުމެއް ބާއްވަން އެދޭ އެދުމަކީ ނެތް އެދުމެއްކަމަށް ހަދަން އަޅުގަނޑުމެން މަސައްކަތް ކުރަމުއެވެ. އެހެން މީހުން ގާތުން އެހީއަށް އެދި، އިޙްސާސްތައް ޙިއްސާކޮށް، ޝަކުވާތައް ބަންޑުންކޮށް، ހިތާމައާއި ކަރުނަތައް ޙިއްސާ ކުރުމުގެ އެދުން ގަންބުވާލަން މަސައްކަތް ކުރަމުއެވެ. އެހެނަސް އަޅުގަނޑުމެންނަށް އެނގުންނުވާ ޙަޤީޤަތަކީ، ކިތަންމެ ވަރަކަށް އެ އިޙްސާސްތައް ނެތްކަމަށް ހަދަން މަސައްކަތް ކުރިޔަސް، އެ އިޙްސާސްތައް ކޮންމެވެސް އެއްގޮތަކުން އަޅުގަނޑުމެންގެ ކިބައިން ‘ނިކުންނާނެ’ ކަމެވެ.

 

އެ އިޙްސާސްތައް ނިކުންނަ އެއްގޮތަކީ، އަޅުގަނޑުމެންނަށް ޙަޔާތުގައި މީހުންގެ ފަރާތުން ނުލިބުނު ގާތްކަމާއި ލޯތްބަށް އަޅުގަނޑުމެންނަށް އުއްމީދު ކުރެވެނީ، ލޯބިން ގުޅެން އުޅޭ މީހެއްގެ ފަރާތުންނެވެ. (އަޅުގަނޑުމެން ބަލާ ގިނަ ފިލްމުތަކުންނާއި ޑްރާމާތަކުން ވެސް ލިބެނީ މި މެސެޖު ކަމަށްވާތީވެއެވެ.) މުސްތަޤްބަލުގައި ތިބާ ކުރަން އުޅޭ ކައިވެންޏަކުން އުއްމީދު ކުރަން މިއީ ރަނގަޅު ކަމަކަށް ވިޔަސް، ތިބާގެ ހުރިހާ ޖަޒުބާތީ އެދުމެއް ފުއްދަން ތިބާގެ މުސްތަޤްބަލުގެ ކައިވެނީގެ ބައިވެރިޔާގެ ފަރާތުން އުއްމީދުކުރުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެ ބައިވެރިޔާގެ ވެސް ބަލިކަށި ދުވަސްތައް އަންނާނެތީވެއެވެ. އެފަދަ ޚިޔާލެއްގައި އުޅޭނަމަ، ކައިވެނިން ބޭރުގައި ރަނގަޅު ނޫން ގުޅުންތަކަށް ވެސް ދާން އަޅުގަނޑުމެން ފަސޭހައިން އެއްބަސްވާނަމުއެވެ. އަނެއް ޖިންސުގެ މީހެއްގެ ފަރާތުން ތަޢުރީފެއް ލިބޭއިރަށް، ތިބާ އުފާކޮށްދޭނެ މީހަކީ އެއީހެން ތިބާއަށް ހީވެދާނެއެވެ. އެފަދަ ވިސްނުމެއް ގެންގުޅުމުގެ ނުސިޔާނުކަމާއި ނުރައްކާތެރިކަން ތިބާއަށް އިޙްސާސް ކުރެވޭ ހެއްޔެވެ؟ ސުބްޙާނަ ﷲ!

 

އަޅުގަނޑުމެންގެ ވަށައިގެން މީހުންނާއި ގާތްވެ ގުޅުމެއް ދެމެހެއްޓުން މުހިއްމުވާ އެއް ސަބަބަކީ މިއީއެވެ. އެކަމަށްޓަކައި ތިބާ ކޮންމެހެން ލޯބިވެރިއެއް ހޯދާކަށް ނުޖެހެއެވެ. އެފަދަ ގުޅުމެއް ތިބާއަށް ޢާއިލާގެ މީހަކާއި ވެސް ބޭއްވިދާނެއެވެ. ޢާއިލާއިން ނޫންނަމަ އެކުވެރިންގެ ތެރެއިންނެވެ. ކޮންމެ މީހަކަށް ވިޔަސް ތިބާގެ އިޙްސާސްތައް ޙިއްސާކޮށް ހަދާނެ އެންމެ މީހެއް ނަމަވެސް ތިބާގެ ޙަޔާތުގައި ހުންނަން ވާނެއެވެ. ތިބާއަކީ ގޯސް މީހެއްކަމަށް ނުދެކި ތިބާގެ ވާހަކަތައް އަޑު އަހާނެ މީހެކެވެ. އެފަދައިން ތިބާ މީހެއް ގާތު އިޙްސާސްތައް ޙިއްސާކޮށްފައިނުވާނަމަ މިއީ ވަރަށް ދަތި ކަމަކަށް ވެދާނެއެވެ. އެހެނަސް އެކަން ކުރުމުން ތިބާއަށް އަގުނުކުރެވޭހާވަރުގެ ހިތްހަމަޖެހުމެއް އިޙްސާސް ކުރެވޭނެއެވެ. (އިން ޝާ ﷲ)

 

ތިބާގެ ޙަޔާތުގައި އެފަދައިން އިތުބާރު ކުރެވޭ މީހެއް ނެތް ހެން ހީވާ ނަމަ ތިބާގެ އިޙްސާސްތައް ﷲ އާއި އިޙްސާސް ކުރާށެވެ. އަދި އެފަދަ ޞާލިޙު ބައެއްގެ ލޯބި ތިބާގެ ޙަޔާތުގައި ވެސް ލެއްވުމަށް އެދޭށެވެ. މިއީ ރަސޫލާ ﷺ ގެ ސުންނަތުގެ ތެރެއިން ވެސް ވާ ކަމެކެވެ. (ތިރީގައިވާ ކޮމެންޓް ބައްލަވާ) އިޚްލާޞްތެރި ހިތަކާއިއެކީ ﷲ ގެ ޙަޟްރަތުގައި އެދޭށެވެ. އޭރުން އެކަލާނގެ ތިބާގެ ދުޢާ އިޖާބަކުރައްވާނެއެވެ. އިބްރާހީމް ޢަލައިހިއްސަލާމްގެ ދުޢާ އިޖާބަ ކުރެއްވިހާ ރީތިކޮށެވެ. އެ ދުޢާގެ ބާރު މިއަދާއި ހަމައަށް ވެސް ދެމިގެންވެއެވެ. ހާޖަރުގެފާނާއި، އިސްމާޢީލްގެފާނާއި، އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި މުޙައްމަދު ﷺ އަށްޓަކައި މިއަދާއި ހަމައަށް ވެސް އަޅުގަނޑުމެންގެ ހިތްތަކުގައި ލޯތްބެއް ވެއެވެ. ސުބްޙާނަ ﷲ!

The post ތިބާއަށް ލޯބި ބޭނުންވެއެވެ. މީހުންގެ ލޯތްބެވެ. appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%8c%de%a8%de%84%de%a7%de%87%de%a6%de%81%de%b0-%de%8d%de%af%de%84%de%a8-%de%84%de%ad%de%82%de%aa%de%82%de%b0%de%88%de%ac%de%87%de%ac%de%88%de%ac-%de%89%de%a9%de%80%de%aa%de%82%de%b0%de%8e%de%ac/feed/ 1 3020
ހިތާއި އެ ހިތުގެ ‘ހޭދަކުރުންތައް’ https://blog.storiesbyjana.com/%de%80%de%a8%de%8c%de%a7%de%87%de%a8-%de%87%de%ac-%de%80%de%a8%de%8c%de%aa%de%8e%de%ac-%de%80%de%ad%de%8b%de%a6%de%86%de%aa%de%83%de%aa%de%82%de%b0%de%8c%de%a6%de%87%de%b0/?utm_source=rss&utm_medium=rss&utm_campaign=%25de%2580%25de%25a8%25de%258c%25de%25a7%25de%2587%25de%25a8-%25de%2587%25de%25ac-%25de%2580%25de%25a8%25de%258c%25de%25aa%25de%258e%25de%25ac-%25de%2580%25de%25ad%25de%258b%25de%25a6%25de%2586%25de%25aa%25de%2583%25de%25aa%25de%2582%25de%25b0%25de%258c%25de%25a6%25de%2587%25de%25b0 https://blog.storiesbyjana.com/%de%80%de%a8%de%8c%de%a7%de%87%de%a8-%de%87%de%ac-%de%80%de%a8%de%8c%de%aa%de%8e%de%ac-%de%80%de%ad%de%8b%de%a6%de%86%de%aa%de%83%de%aa%de%82%de%b0%de%8c%de%a6%de%87%de%b0/#respond Tue, 17 Aug 2021 15:42:35 +0000 https://blog.storiesbyjana.com/?p=2973

އަޅުގަނޑުމެންގެ ތެރެއިން ވިޔަފާރިއާއި ގުޅޭގޮތުން ކުޑަ މިންވަރަކަށް ވެސް އެނގޭ ބަޔަކަށް އެނގޭނެއެވެ. ވިޔަފާރިތައް ހިނގަނީ ‘އިންވެސްޓްމެންޓް’ތަކަށް ބުރަވެއެވެ. އިންވެސްޓްމެންޓަކީ އެ ވިޔަފާރިއަކުން ވަކި ކަމަކަށް ފައިސާއާއި ވަގުތު ހޭދަކުރުމެވެ. ވިޔަފާރީގެ މިލްކުވެރިޔާއާއި އޭގެ މަސައްކަތުގައި އުޅޭ މީހުން އަބަދުވެސް ވަކި ކަމަކަށް ‘އިވެސްޓު’ ކުރުމުގެ ކުރިން އެއިން ލިބޭނެ ފައިދާއަކާއިމެދު ވިސްނާނެއެވެ.   ކޮންމެވެސް އެއް ޕްރޮޑަކްޓަކަށް އިންވެސްޓުކުރަން އުޅޭ ވިޔަފާރިއެއް ޚިޔާލަށް ގެންނާށެވެ. މަތިމަތިން ބަލައިލިއިރު އެ ޕްރޮޑަކްޓްއިން ފުދޭވަރަކަށް ފައިދާކުރާނެ ކަމަށް ބެލެވުނެވެ. […]

The post ހިތާއި އެ ހިތުގެ ‘ހޭދަކުރުންތައް’ appeared first on Stories by Jana.

]]>

އަޅުގަނޑުމެންގެ ތެރެއިން ވިޔަފާރިއާއި ގުޅޭގޮތުން ކުޑަ މިންވަރަކަށް ވެސް އެނގޭ ބަޔަކަށް އެނގޭނެއެވެ. ވިޔަފާރިތައް ހިނގަނީ ‘އިންވެސްޓްމެންޓް’ތަކަށް ބުރަވެއެވެ. އިންވެސްޓްމެންޓަކީ އެ ވިޔަފާރިއަކުން ވަކި ކަމަކަށް ފައިސާއާއި ވަގުތު ހޭދަކުރުމެވެ. ވިޔަފާރީގެ މިލްކުވެރިޔާއާއި އޭގެ މަސައްކަތުގައި އުޅޭ މީހުން އަބަދުވެސް ވަކި ކަމަކަށް ‘އިވެސްޓު’ ކުރުމުގެ ކުރިން އެއިން ލިބޭނެ ފައިދާއަކާއިމެދު ވިސްނާނެއެވެ.

 

ކޮންމެވެސް އެއް ޕްރޮޑަކްޓަކަށް އިންވެސްޓުކުރަން އުޅޭ ވިޔަފާރިއެއް ޚިޔާލަށް ގެންނާށެވެ. މަތިމަތިން ބަލައިލިއިރު އެ ޕްރޮޑަކްޓްއިން ފުދޭވަރަކަށް ފައިދާކުރާނެ ކަމަށް ބެލެވުނެވެ. އެހެނަސް މަހެއްހާ ދުވަސްފަހުން އެ ޕްރޮޑަކްޓްގެ ސަބަބުން ވިޔަފާރިއަށް ގެއްލުންވާން ފަށައެވެ. އެހެނަސް ވިޔަފާރީގެ ވެރިޔާ ދެންވެސް ހަމަ އެ ޕްރޮޑަކްޓަށް އިންވެސްޓުކުރަން ނިންމައެވެ. އެ ޕްރޮޑަކްޓް ގިނަ ތަންތަނުން ވިއްކޭގޮތަށް ހަދައި އިޝްތިހާރުކުރަން ފައިސާ ހޭދަކުރެއެވެ. އެ ވިޔަފާރިވެރިޔާ އެއްވެސް ބަދަލެއްނެތި ހަމަ އެ ޕްރޮޑަކްޓަށް އިންވެސްޓުކުރަމުން ދާނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އެ ވިޔަފާރި ދަށްވެގެން ގޮސް ބަނގުރޫޓުވާ ހިސާބަށް ވެސް ގޮސްދާނެކަން އެނގެން، މާ ބޮޑަށް ވިޔަފާރީގެ ޢިލްމު ހުރުން މުހިއްމެއް ނޫނެވެ. އެއީ އެ ވިޔަފާރިވެރިޔާއަށް އެ ކުރި ހޭދައިގެ ބަދަލު ނުލިބޭތީވެއެވެ.

 

މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކުރެވޭ ކަމެކެވެ. ކޮންމެހެން ފައިސާއާއި ވަގުތުންނެއް ނޫނެވެ. އެހެނެއްކަމަކު އަޅުގަނޑުމެންގެ އިޙްސާސްތަކުންނެވެ. އަޅުގަނޑުމެންނަށް ކޮންމެވެސް މީހަކު ކަމުގޮސްފާނެއެވެ. އެހެންނޫނީ ޢާއިލާ މީހެއްދެކެ އެހެންނޫނީ އެކުވެރިއެއްދެކެ ވެސް ވަކި ހައްދެއްނެތި ލޯބިވެވިދާނެއެވެ. އޭގެ ސަބަބުން ބޭއިޚްތިޔާރުގައި ނަމަވެސް އަޅުގަނޑުމެންގެ އިޙްސާސްތައް އެމީހުންނަށްޓަކައި އަޅުގަނޑުމެންނަށް ‘އިންވެސްޓް’ ކުރެވެއެވެ. އަބަދުމެ އެމީހުންނާއިމެދު ކަންބޮޑުވެ، އެމީހުން ދެރަވުމުން އިންތިހާއަށް ދެރަވެ، އެމީހުން ދެރަކުރާ ކޮންމެ މީހެއްގެ ކިބައިން ބަދަލު ހިފައި އެމީހުންނަށްޓަކައި އަޅުގަނޑުމެންގެ ހިތުގައިވާ ހުރިހާ ލޯތްބެއް ‘ހޭދަ’ ކުރެވެއެވެ. އެމީހުންގެ ފަރާތުން އެއްވެސް ކަމެއް ނުލިބުނަސް އަޅުގަނޑުމެން މިހެން ކަންތައް ކުރަމުއެވެ. މިއީ އެއްވެސް ގެއްލުމެއް ހުރިކަމެއް ނޫންހެން އަޅުގަނޑުމެންނަށް ހީވެއެވެ. އެހެނަސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ.

 

ކޮންމެ ‘އިމޯޝަނަލް އިންވެސްޓްމެންޓް’ އެއްގައި ވެސް އަގެއްވެއެވެ. އެ އަގަކީ އަޅުގަނޑުމެންގެ ކިބައިން ޙަޤީޤީ ލޯތްބެއްވުމުގެ ޤާބިލުކަން ނެތިދިޔުމެވެ. އެ ޖަޒުބާތުތައް ދިން މީހަކާއެކީ މެނުވީ އުފާވެރިކަމެއް ހޯދުމުގެ ޤާބިލުކަން ނެތިދިޔުމެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައް ވެސް އޭގެ ޒާތުގައި ފެނުމުގެ ބަދަލުގައި، އެ މީހެއްގެ ނަޒަރިއްޔާތުން އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް އަގެއް ދެވޭ ހިސާބަށް ދިޔުމެވެ. މީގެ ސަބަބުން އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ކުރަންޖެހޭ އިޙްތިރާމްވެސް އަޅުގަނޑުމެންގެ ހިތުން ނެތިގެންދެއެވެ. އަދި އަމިއްލަ ނަފްސާއިމެދު އަޅައިލަން ވެސް ބޭނުންނުވާ ހިސާބަށްދެއެވެ. އެނގިގެންނާއި ނޭނގިވެސް އަޅުގަނޑުމެންނަށް މިހާ ހިސާބަށް ދެވިދާނެއެވެ.

 

އެހެންކަމުން އަޅުގަނޑުމެންގެ ހިތްތައް އަމާޒުވަނީ ކޮން ދިމާލަކަށް ކަމާއިމެދު ވިސްނުން ވަރަށް މުހިއްމެވެ. އަޅުގަނޑުމެން ‘އިމޯޝަނަލީ އިންވެސްޓް’ ކުރާ ކަންތައްތަކަކީ އަޅުގަނޑުމެންގެ މުޅި ޙަޔާތް ބަރުބާދުކޮށްލާ އެހެންނޫނީ މުޅި ޙަޔާތް އާރާސްތުކުރާ ކަންތައްތަކަށްވާތީވެއެވެ. ތިބާއަށް މިހާރު އެއްވެސް ބަދަލެއް ނުދެވޭ ފަދަ ފަރާތަކަށް ‘އިންވެސްޓް’ ކުރެވިފައިވާނަމަ އެމީހެއްގެ ކިބައިންނާއި އެ އިޙްސާސްތަކުން ވެސް ދުރުވެގަންނަން މަސައްކަތް ކުރާށެވެ. ތިބާގެ އިޙްސާސްތައް އިޙްސާސްކުރަމުން އެއާއިމެދު ވިސްނަމުން، އެ ހައްދެއްނެތް ޖަޒުބާތުތައް ވަކި މީހަކަށް އަމާޒުވާ ޙަޤީޤީ ސަބަބު ހޯދަން މަސައްކަތް ކުރާށެވެ. ޙަޤީޤީ ލޯތްބަކީ ހައްދެއްނެތި ވާ އެއްޗެއް ނޫނެވެ. އަދި ޙަޤީޤީ ލޯބިވަނީ ބަލިކަށިކަމާއި ބޭޤަރާރީއާއި އެކީގަވެސް ނޫނެވެ. ޙަޤީޤީ ލޯތްބެއް ވެވެނީ ތިބާގެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ އެފަދަ އިޙްސާސްތަކެއް ހިފެހެއްޓުމަށް ތިބާގެ ކިބައިގައި ހިތްވަރެއްވާ ޙާލުގައެވެ.

 

ޙަޤީޤީ ލޯތްބެއްވުމަށް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމުގެ ޤާބިލުކަމާއި ހިތްވަރު ހޯދަން އޮތް އެންމެ ފަހި ގޮތް ވަނީ ﷲ އާއި އެކީގައެވެ. ތިބާގެ ހިތް ތި އެދެމުންދާ ‘ޓޮކްސިކް’ ދިމާލަށް ދިޔުމުގެ ބަދަލުގައި، ގަދަކަމުން ވިޔަސް އެ ހިތް ﷲ އާއި ދިމާލަށް އަނބުރައިލާށެވެ. ﷲ މަތިން ހަނދުމަށް ކުރުމަށް ތިބާގެ ހިތް އަނބުރައިލާށެވެ. ޤުރުއާނާއި ދިމާލަށް ތިބާގެ ހިތް އަނބުރައިލާށެވެ. ﷲ އާއި މެދު އިތުރަށް އުނގެނި، އެކަލާނގެދެކެ ލޯބިވުމަށް ހިތް އަނބުރައިލާށެވެ. ޚުދު ތިބާއަށް ވެސް ދޭހަ ނުކުރެވޭ ތިބާގެ އިޙްސާސްތައް ދޭހަކުރަން އެހީވެދެއްވުމަށް އެކަލާނގެ ޙަޟްރަތުގައި އެދޭށެވެ. ސީދާ ތިބާގެ ހިތަށް ވަގުތުން ބަދަލެއް ލިބޭނެ ފަދަ ހަމައެކަނި ލޯތްބަކީ ﷲ ގެ ލޯބިފުޅެވެ. ތިބާއާއި އެހެން މީހުންނާއި ދެމެދުގައިވާ ލޯބިވެސް އިޞްލާޙުކޮށްލާނެ ލޯބިފުޅަކީ އެއީއެވެ. އަދި ތިބާގެ އަމިއްލަ ނަފްސުވެސް ރަނގަޅަށް ދެނެގަނެ އަމިއްލަ ނަފްސު ދެކެ ވެސް ލޯބިވުމަށް ތިބާއަށް އެހީވެދޭނެ ލޯބިފުޅަކީ އެއީއެވެ. ސުބްޙާނަ ﷲ!

 

**

 

މިއީ ދާރިސް ވާހަކައާއި ގުޅުން ހުރި ޕޯސްޓެކެވެ.

The post ހިތާއި އެ ހިތުގެ ‘ހޭދަކުރުންތައް’ appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%80%de%a8%de%8c%de%a7%de%87%de%a8-%de%87%de%ac-%de%80%de%a8%de%8c%de%aa%de%8e%de%ac-%de%80%de%ad%de%8b%de%a6%de%86%de%aa%de%83%de%aa%de%82%de%b0%de%8c%de%a6%de%87%de%b0/feed/ 0 2973
ތިބާގެ ވަށައިގެންވަނީ ތިބާއަށްޓަކައިވާ ޢިޝާރާތްތަކެވެ. https://blog.storiesbyjana.com/%de%8c%de%a8%de%84%de%a7%de%8e%de%ac-%de%88%de%a6%de%81%de%a6%de%87%de%a8%de%8e%de%ac%de%82%de%b0%de%88%de%a6%de%82%de%a9-%de%8c%de%a8%de%84%de%a7%de%87%de%a6%de%81%de%b0%de%93%de%a6%de%86%de%a6%de%87/?utm_source=rss&utm_medium=rss&utm_campaign=%25de%258c%25de%25a8%25de%2584%25de%25a7%25de%258e%25de%25ac-%25de%2588%25de%25a6%25de%2581%25de%25a6%25de%2587%25de%25a8%25de%258e%25de%25ac%25de%2582%25de%25b0%25de%2588%25de%25a6%25de%2582%25de%25a9-%25de%258c%25de%25a8%25de%2584%25de%25a7%25de%2587%25de%25a6%25de%2581%25de%25b0%25de%2593%25de%25a6%25de%2586%25de%25a6%25de%2587 https://blog.storiesbyjana.com/%de%8c%de%a8%de%84%de%a7%de%8e%de%ac-%de%88%de%a6%de%81%de%a6%de%87%de%a8%de%8e%de%ac%de%82%de%b0%de%88%de%a6%de%82%de%a9-%de%8c%de%a8%de%84%de%a7%de%87%de%a6%de%81%de%b0%de%93%de%a6%de%86%de%a6%de%87/#respond Thu, 29 Jul 2021 15:55:24 +0000 https://blog.storiesbyjana.com/?p=2924

ތިބާގެ ނޭވާ މެދުކެނޑޭހާ ޒާތުގެ ރީތި ޤުދުރަތީ މަންޒަރެއް ދުވަހަކުވެސް ދުށިން ހެއްޔެވެ؟ އެއީ ރާއްޖޭގެ ހުދު ދޮންވެލީގެ އަތިރިތައް ކަމަށްވިޔަސް މެއެވެ. އެ އަތިރިތަކަށް ބީއްސާލާ ރާޅުތަކުގެ ހިމޭން އަޑާއެކީ ފެންނަ މަންޒަރަށް ވިޔަސްމެއެވެ. އެހެންނޫނީ ސްވިޓްޒަލޭންޑްގެ ބޮޑެތި ފަރުބަދަތަކާއި، ދުރުދުރަށް ފެންނަ ފެހި ކުލައިގެ ވިނަ ކާރޕެޓްތައް ކަމަށް ވިޔަސްމެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަ އެކި ނޫކުލަތަކުގެ ކޯރުތަކާއި ފެން އާރުތައް ވިޔަސްމެއެވެ. އެހެންނޫނީ ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތުގައާއި އިރު އަރާ […]

The post ތިބާގެ ވަށައިގެންވަނީ ތިބާއަށްޓަކައިވާ ޢިޝާރާތްތަކެވެ. appeared first on Stories by Jana.

]]>

ތިބާގެ ނޭވާ މެދުކެނޑޭހާ ޒާތުގެ ރީތި ޤުދުރަތީ މަންޒަރެއް ދުވަހަކުވެސް ދުށިން ހެއްޔެވެ؟ އެއީ ރާއްޖޭގެ ހުދު ދޮންވެލީގެ އަތިރިތައް ކަމަށްވިޔަސް މެއެވެ. އެ އަތިރިތަކަށް ބީއްސާލާ ރާޅުތަކުގެ ހިމޭން އަޑާއެކީ ފެންނަ މަންޒަރަށް ވިޔަސްމެއެވެ. އެހެންނޫނީ ސްވިޓްޒަލޭންޑްގެ ބޮޑެތި ފަރުބަދަތަކާއި، ދުރުދުރަށް ފެންނަ ފެހި ކުލައިގެ ވިނަ ކާރޕެޓްތައް ކަމަށް ވިޔަސްމެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަ އެކި ނޫކުލަތަކުގެ ކޯރުތަކާއި ފެން އާރުތައް ވިޔަސްމެއެވެ. އެހެންނޫނީ ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތުގައާއި އިރު އަރާ ވަގުތު އުޑުމަތިން ފެނިގެންދާ އެ ރީތި ކުލަތައް ކަމަށްވިޔަސްމެއެވެ.

 

އެ މަންޒަރުތައް ފެނުމުން ތިބާގެ ޚިޔާލަށް އަންނަނީ ކޯޗެއް ހެއްޔެވެ؟ މި ޒަމާނަށް ބަލާ ކަމަށްވާނަމަ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އެ މަންޒަރުގެ ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާއަށް ލާނަމެވެ. އެހެނަސް އެހާ ރީތި ތަޖުރިބާއެއް ހަމައެކަނި އެހާ ހިސާބުން ނިންމައިލުން ކިހާ ދެރަ ހެއްޔެވެ؟ ތިބާގެ ވަށައިގެންވާ އެ ހުރިހާ އެއްޗެއް ތިބާގެ ލޮލުން ފެންނަ މަންޒަރަށްވުރެ ފުން ވާހަކައެއް ތިބާއަށް ވާސިލުކޮށްދޭން އުޅޭހެން ހިއެއްނުވޭ ހެއްޔެވެ؟

 

މި ސުވާލާއިމެދު ވިސްނަމުން މި އާޔަތް ކިޔާށެވެ.

 

إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الْأَلْبَابِ

 

“ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ أهل ވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ” ސޫރަތް އާލު ޢިމްރާން، 190

 

މި އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ގޮތުގައި އަޅުގަނޑުމެންގެ ވަށައިގެންވާ ހުރިހާ އެއްޗެއްގައި އަޅުގަނޑުމެންނަށް ހެކިތަކެއްވެއެވެ. އަދި އެ ހެކިތައް އެންމެ ސާފުކޮށް ފެންނާނެ ބަޔަކީ ބުއްދީގެ އަހުލުވެރިންނެވެ. أُولِي الْأَلْبَابِ ގެ މާނައަކީ ސާފުކޮށް ވިސްނޭ ސިކުނޑިތަކެއްގެ ވެރިންނެވެ. ބޭކާރު ކަންތަކުން އެމީހުންގެ ސިކުނޑި އެއްކިބާވެފައިވުމުން ވަށައިގެން ފެންނަ ޙަޤީޤަތްތަކާއި މެދު އެމީހުންނަށް ސާފުކޮށް ވިސްނެއެވެ.

 

ދެން ސުވާލަކީ، އެމީހުންނަށް ފެންނަނީ ކޮންކަމެއްގެ ހެކިތަކެއް ހެއްޔެވެ؟ ދެން އޮތް އާޔަތުން ސިފަކޮށްދެނީ އެކަމެވެ.

 

الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ

 

“އެބައިމީހުންނަކީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، اللَّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެމީހުން ދަންނަވާނެއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، ބާޠިލު ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ ޢަޒާބުން އަޅަމެން ދިންނަވާނދޭވެ” ސޫރަތް އާލުޢިމްރާން، 191

 

ﷲ އަޅުގަނޑުމެންނަށް މި އަންގަވަނީ، ދުވަހުގެ ގިނަ ވަގުތުގައި ﷲ މަތިން ހަނދުމަކުރާ ބުއްދީގެ އަހުލުވެރިން، އެމީހުން ވަށައިގެން ހައްދަވާފައިވާ ތަކެއްޗާއިމެދު ވިސްނުމަށްފަހު ބުނާ ފުރަތަމަ ބަސްތަކަކީ، رَبَّنَا (އަޅަމެންގެ ވެރިރަސްކަލާކޮ!) އެވެ. ސުވާލަކީ، އެމީހުން އެހެން ބުނަނީ ކީއްވެ ހެއްޔެވެ؟

 

އެއީ އެމީހުންގެ ވަށައިގެންވާ މަންޒަރުތަކަށް ބެލުމަށްފަހު އެމީހުންނަށް ކަމެއް އެނގުންވެއެވެ. އެއީ އެމީހުންގެ ވަށައިގެންވާ ޚަލްޤުތައް ހެދިފައިވަނީ އެމީހުންގެ އަމިއްލަ އަތުން ނޫންކަމެވެ. އަދި އެމީހުންފަދަ އެހެނިހެން އިންސާނުންގެ އަތުން ވެސް ނޫންކަމެވެ. އަދި އެ އިންސާނުންނަކަށް އެ ބޮޑެތި އުޑުތަކާއި ބިންތަކުގެ މައްޗަށް ބާރުވެސް ނުހިންގޭކަމެވެ. އެ ހުރިހާ ކަމެއްގެ މައްޗަށް ބާރު ހިންގަވާ ފަރާތެއް ވާނެކަން އެމީހުންނަށް އެނގުންވެއެވެ. ހަމަ މިއާއިއެކު އެ ޚަލްޤުތައް ފަދައިން ޚުދު އެމީހުންގެ އަމިއްލަ ނަފްސުތަކަކީ ވެސް އެމީހުންގެ އަމިއްލަ މިލްކެއް ނޫންކަން އެމީހުންނަށް ވިސްނެއެވެ. އެމީހުންގެ ސޫރައާއި ހަށިގަނޑުގެ ބައްޓަން ހުންނާނެ ގޮތް ނިންމީ އެމީހުންނެއް ނޫންކަމަށްވުމުންނެވެ. އަދި އެ ހަށިގަނޑުގެ ކަންތައް ހިންގަނީ އެމީހުން އަމިއްލައަށް ކަމަށްނުވުމުންނެވެ.

 

އެމީހުންގެ ރައްބެއްވާކަން އެމީހުންނަށް ވިސްނެނީ އެހެންވެއެވެ. ވަށައިގެންވި ހުރިހާ އެއްޗެއް ހައްދަވައި އެ އެއްޗެހީގެ މައްޗަށް ބާރު ހިންގަވާ ރައްބެވެ.

 

އެހެންކަމުން ތިބާއަށް ދެން ރީތި މަންޒަރެއް ފެންނަ ހިނދު ހަނދާންކުރާށެވެ. އެއީ ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިބާއަށްޓަކައި ލެއްވި ޢިޝާރާތެކެވެ. އަދި ހެއްކެކެވެ. އެއީ ތިބާ އެކަލާނގެ މަތިން ހަނދުމަކޮށް ޝުކުރުވެރިވެ، އެކަލާނގެއަށް ޙައްޤުވާ ފަދައިން އެކަލާނގެއަށް އަޅުކަން ކުރުމަށް ލިބޭ ޢިޝާރާތެކެވެ. އެހާ ރީތި ޢިޝާރާތްތަކެއް އެކަލާނގެ އަޅުންނަށް ދައްކަވާ ރައްބަކީ ކިހާ މަތިވެރިވެ ރީތިވެވޮޑިގެންވާ ރައްބަކަށް ވާނެ ހެއްޔެވެ؟ ސުބްޙާނަ ﷲ!

 

*އުސްތާޒް ނުޢުމާންގެ ދަރުހަކުން ނެގިފައި

 

ނޯޓް: މިއީ މި ޕޯސްޓުގައި ދެވަނައަށް ގެނެސްދީފައިވާ އާޔަތުގެ އެއްބައިގެ ތަފްސީރެވެ.

The post ތިބާގެ ވަށައިގެންވަނީ ތިބާއަށްޓަކައިވާ ޢިޝާރާތްތަކެވެ. appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%8c%de%a8%de%84%de%a7%de%8e%de%ac-%de%88%de%a6%de%81%de%a6%de%87%de%a8%de%8e%de%ac%de%82%de%b0%de%88%de%a6%de%82%de%a9-%de%8c%de%a8%de%84%de%a7%de%87%de%a6%de%81%de%b0%de%93%de%a6%de%86%de%a6%de%87/feed/ 0 2924
ތިބާއަށް ޙައްޤުވާ ބައި ތިބާއަށް ލިބޭނެއެވެ. https://blog.storiesbyjana.com/%de%8c%de%a8%de%84%de%a7%de%87%de%a6%de%81%de%b0-%de%99%de%a6%de%87%de%b0%de%a4%de%aa%de%88%de%a7-%de%84%de%a6%de%87%de%a8-%de%8c%de%a8%de%84%de%a7%de%87%de%a6%de%81%de%b0-%de%8d%de%a8%de%84%de%ad/?utm_source=rss&utm_medium=rss&utm_campaign=%25de%258c%25de%25a8%25de%2584%25de%25a7%25de%2587%25de%25a6%25de%2581%25de%25b0-%25de%2599%25de%25a6%25de%2587%25de%25b0%25de%25a4%25de%25aa%25de%2588%25de%25a7-%25de%2584%25de%25a6%25de%2587%25de%25a8-%25de%258c%25de%25a8%25de%2584%25de%25a7%25de%2587%25de%25a6%25de%2581%25de%25b0-%25de%258d%25de%25a8%25de%2584%25de%25ad https://blog.storiesbyjana.com/%de%8c%de%a8%de%84%de%a7%de%87%de%a6%de%81%de%b0-%de%99%de%a6%de%87%de%b0%de%a4%de%aa%de%88%de%a7-%de%84%de%a6%de%87%de%a8-%de%8c%de%a8%de%84%de%a7%de%87%de%a6%de%81%de%b0-%de%8d%de%a8%de%84%de%ad/#respond Mon, 26 Jul 2021 07:49:14 +0000 https://blog.storiesbyjana.com/?p=2908

ޙަޔާތުގައި ބައެއްފަހަރު ދަތިކަމެއް ދިމާވުމުން އެހެންނޫނީ ފުރުސަތެއް ގެއްލުމުން އަޅުގަނޑުމެން އެހެން މީހުންނަށް އޭގެ ނަފްރަތު އަމާޒުކުރެވޭތަން އާދެއެވެ. އަޅުގަނޑުމެންނަށް ބުނެވެއެވެ.   “އޭނައާއި ހެދި ނޫންނަމަ އަހަންނަށް މިހެން ނުވީހެވެ.”   “އެ ފުރުސަތު އަހަންނަށް ހަމަ ޔަޤީނުންވެސް ޙައްޤެވެ. އެމީހުން އިންސާފުވެރިއެއް ނޫނީއެވެ.”   “އެމީހުންނާއިހެދި ނޫންނަމަ އަހަރެންގެ ޙަޔާތް މިހާ ބުރައެއް ނުވީހެވެ.”   މި ޝަކުވާތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް މުޅި ޢުމުރު ދުވަސް ހޭދަކުރެވިދާނެއެވެ. އަޅުގަނޑުމެންނަށް ދެރަ ދިން މީހުން އަޅުގަނޑުމެންގެ […]

The post ތިބާއަށް ޙައްޤުވާ ބައި ތިބާއަށް ލިބޭނެއެވެ. appeared first on Stories by Jana.

]]>

ޙަޔާތުގައި ބައެއްފަހަރު ދަތިކަމެއް ދިމާވުމުން އެހެންނޫނީ ފުރުސަތެއް ގެއްލުމުން އަޅުގަނޑުމެން އެހެން މީހުންނަށް އޭގެ ނަފްރަތު އަމާޒުކުރެވޭތަން އާދެއެވެ. އަޅުގަނޑުމެންނަށް ބުނެވެއެވެ.

 

“އޭނައާއި ހެދި ނޫންނަމަ އަހަންނަށް މިހެން ނުވީހެވެ.”

 

“އެ ފުރުސަތު އަހަންނަށް ހަމަ ޔަޤީނުންވެސް ޙައްޤެވެ. އެމީހުން އިންސާފުވެރިއެއް ނޫނީއެވެ.”

 

“އެމީހުންނާއިހެދި ނޫންނަމަ އަހަރެންގެ ޙަޔާތް މިހާ ބުރައެއް ނުވީހެވެ.”

 

މި ޝަކުވާތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް މުޅި ޢުމުރު ދުވަސް ހޭދަކުރެވިދާނެއެވެ. އަޅުގަނޑުމެންނަށް ދެރަ ދިން މީހުން އަޅުގަނޑުމެންގެ ޙަޔާތުގައިވާތީވެއެވެ. އަދި އެމީހުން އަޅުގަނޑުމެންނަށް ނުފެންނަ ހިސާބެއްގައި ވިޔަސް، އެ މީހުން ބުނި ބަސްތަކާއި އެމީހުން ދިން ނަޒަރުތައް އަޅުގަނޑުމެންގެ ހަނދާނުގައި ހަރުލާފައި ހުރުން އެކަށީގެންވެއެވެ. އެމީހުން އެ ބުނި ބަސްތަކާއި ކުރި ކަންތަކުގެ ރައްދުދޭން އަޅުގަނޑުމެން ބޭނުންވެއެވެ. އެމީހުންގެ ކިބައިން ބަދަލު ހިފަން އަޅުގަނޑުމެން ބޭނުންވެއެވެ. އެމީހުން އަޅުގަނޑުމެންނަށް ދެރަ ދިން ފަދައިން އެމީހުން ދެރަވާ މަންޒަރު ދެކެން ބޭނުންވެއެވެ. މީގެއިން އެއްވެސް އިޙްސާސަކީ އަޅުގަނޑުމެންގެ ހިތްތަކަށް އިތުރަށް ދަތިކުރުވާ އިޙްސާސްތަކެވެ. ލިބިފައިވާ ހިތާމައިގައި ހިތަށް ލިބިފައިވާ ޒަޚަމްތައް އިތުރަށް ގޯސްކުރުވާ އިޙްސާސްތަކެވެ.

 

ޙަޤީޤަތުގައި ތިބާ އެމީހުންނާއި ކުރިމަތިލާން ނުޖެހޭކަން އެނގިއްޖެނަމަ ތިބާއަށް އިޙްސާސް ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ތިބާގެ ޙަޔާތުން ގެއްލި ދިޔަ ހެވަކަށްޓަކައި އެމީހުންގެ ބޮލުގައި އިލްޒާމް އަޅުވަން ނުޖެހޭކަން ތިބާއަށް އެނގިއްޖެނަމަ އިޙްސާސް ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ތިބާގެ ޙަޔާތުގައިވާ ހުރިހާ މައްސަލައެއް އެކުއެކީގައި ޙައްލުކުރެވޭނެ ފަރާތަކަށްވަނީ އެންމެ ފަރާތެއްކަން އެނގުމުން އިޙްސާސް ކުރެވޭނީ ކިހިނެއް ހެއްޔެވެ؟

 

މި ސުވާލުތައް ހަނދާނުގައި ބަހައްޓައިގެން ތިރީގައިވާ އާޔަތް ކިޔުއްވާށެވެ.

 

وَإِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ

 

“އަދި اللَّه ތިބާއަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ، އެކަން ފިއްލަވާނޭ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހެޔޮކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ فضل ވަންތަކަން އަނބުރާ ރައްދުކުރެވޭނެ ފަރާތެއް ނުވެތެވެ. އެ فضل ވަންތަކަން އެކަލާނގެ ދެއްވަނީ، އެކަލާނގެ އަޅުންގެ ތެރެއިން، އެކަލާނގެ އިރާދަކުރެއްވި މީހަކަށެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ” ސޫރަތް ޔޫނުސް، 107

 

މި އާޔަތުގައި ﷲ ވަޙީކުރައްވާފައި މިވަނީ އަޅުގަނޑުމެންނަށް ކުރިމަތިވާ ހުރިހާ ގެއްލުމަކާއި ހެވެއްގެ ފަހަތުގައިވަނީ އެކަލާނގެ ކަމެވެ. އަޅުގަނޑުމެންނަށް ލިބުނު ހިތްދަތިކަމަކުން އަރައިގަތުމަށްޓަކައި އެހެން މީހުންގެ ބޮލުގައި އިލްޒާމް އަޅުވާކަށް އަޅުގަނޑުމެން ނުޖެހެއެވެ. އެހެނެއްކަމަކު އަޅުގަނޑުމެން އެހީއަށް އެދި ދުޢާކުރަން ޖެހެނީ އަޅުގަނޑުމެންގެ ތަޤްދީރުގެ މައްޗަށް ބާރު ލިބިވޮޑިގެންވާ ފަރާތަށެވެ. އެކަލާނގެ އިރާދަފުޅުން މެނުވީ އެއްވެސް މީހެއްގެ ފަރާތުން އަޅުގަނޑުމެންނަށް ގެއްލުމެއް ނުލިބޭނެއެވެ. އަދި އެކަލާނގެ އަޅުގަނޑުމެންނަށްޓަކައި ހެވެއް އިރާދަކުރައްވައިފިނަމަ އެކަން އަޅުގަނޑުމެންގެ ކިބައިން ޖަހައިގަނެވޭނެ އެއްވެސް މީހަކު ނުވެއެވެ.

 

އެހެންކަމުން މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެންގެ އުފާވެރިކަން އެހެން މީހަކު ޖަހައިގަންނާނެތީ އަޅުގަނޑުމެން ބިރުގަންނާކަށް ނުޖެހެއެވެ. އެހެނީ އަޅުގަނޑުމެންގެ ޙަޔާތުގެ ހުރިހާ ކަމެއް އިރާދަކުރައްވައި ނިންމަވަނީ ﷲ އެވެ. ޙިކްމަތަކާއި ނުލާ އެއްވެސް ދަތި ޙާލަތެއް އެކަލާނގެ އަޅުގަނޑުމެންނަށް ނުޖައްސަވައެވެ. އަދި މަޤްޞަދަކާއި ނުލައި އެކަލާނގެ އަޅުގަނޑުމެންނަށް ނިޢުމަތްތަކެއް ވެސް ނުދެއްވައެވެ..

އެހެންކަމުން އެކަލާނގެ އިރާދަކުރައްވާ އަޅަކަށް އެކަލާނގެ އެކަމެއް ފޯރުކޮށްދެއްވައެވެ. އެހެނީ އަޅުގަނޑުމެންގެ ޙާލަތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. ސުބްޙާނަ ﷲ!

 

ނޯޓް: މީގެ މާނައަކީ އަޅުގަނޑުމެންނަށް އަނިޔާ ލިބޭ ޙާލަތްތަކުގައި އަޅުގަނޑުމެން އިންސާފު ހޯދަން މަސައްކަތް ކުރަން ނުޖެހޭ ވާހަކައެއް ނޫނެވެ. މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ކޮންމެހެން ވެސް އަނިޔާވެރިންގެ ޢަމަލުތައް ހުއްޓުވަން ޖެހެއެވެ. މި ޕޯސްޓުގައި އަޅުގަނޑު މި އަލި އަޅުވައިލީ ތިބާ އެ ޙާލަތެއް ރަނގަޅުކުރުމަށް ކުރެވޭނެ އިތުރު ކަމެއް ނެތަސް ތިބާގެ ޒަޚަމްތަކުގެ ސަބަބުން އެ ހަނދާންތައް އާވާ ޙާލަތްތަކެވެ. އެހެންނޫނީ އެ ޙާލަތް ރަނގަޅުކުރަން ހުރިހާ ކަމެއް ކުރުމަށްފަހު ވެސް މީހުން ތިބާއާއިމެދު ދަށްކޮށް ދެކި ތިބާއާއި މެދު ވާހަކަތައް ދައްކާ ޙާލަތްތަކެވެ.

The post ތިބާއަށް ޙައްޤުވާ ބައި ތިބާއަށް ލިބޭނެއެވެ. appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%8c%de%a8%de%84%de%a7%de%87%de%a6%de%81%de%b0-%de%99%de%a6%de%87%de%b0%de%a4%de%aa%de%88%de%a7-%de%84%de%a6%de%87%de%a8-%de%8c%de%a8%de%84%de%a7%de%87%de%a6%de%81%de%b0-%de%8d%de%a8%de%84%de%ad/feed/ 0 2908
ނޫނެކެވެ! އެއީ އިއްތިފާޤެއް ނޫނެވެ! https://blog.storiesbyjana.com/%de%82%de%ab%de%82%de%ac%de%86%de%ac%de%88%de%ac-%de%87%de%ac%de%87%de%a9-%de%87%de%a8%de%87%de%b0%de%8c%de%a8%de%8a%de%a7%de%a4%de%ac%de%87%de%b0-%de%82%de%ab%de%82%de%ac%de%88%de%ac/?utm_source=rss&utm_medium=rss&utm_campaign=%25de%2582%25de%25ab%25de%2582%25de%25ac%25de%2586%25de%25ac%25de%2588%25de%25ac-%25de%2587%25de%25ac%25de%2587%25de%25a9-%25de%2587%25de%25a8%25de%2587%25de%25b0%25de%258c%25de%25a8%25de%258a%25de%25a7%25de%25a4%25de%25ac%25de%2587%25de%25b0-%25de%2582%25de%25ab%25de%2582%25de%25ac%25de%2588%25de%25ac https://blog.storiesbyjana.com/%de%82%de%ab%de%82%de%ac%de%86%de%ac%de%88%de%ac-%de%87%de%ac%de%87%de%a9-%de%87%de%a8%de%87%de%b0%de%8c%de%a8%de%8a%de%a7%de%a4%de%ac%de%87%de%b0-%de%82%de%ab%de%82%de%ac%de%88%de%ac/#respond Wed, 21 Jul 2021 15:59:18 +0000 https://blog.storiesbyjana.com/?p=2889

ނުހަނު ތަޖުރިބާކާރު މުދައްރިސެއްގެ އެހީއާއިއެކީ ތިބާ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރާތަން ޚިޔާލަށް ގެންނާށެވެ. އެ ޕްރޮޖެކްޓް ބިނާވެގެންވާ މާއްދާ ތިބާއަށް ރަނގަޅަށް ނޭނގުނަސް އެ މުދައްރިސަށް ނުހަނު ރަނގަޅަށް އެނގެއެވެ. އަދި އެ މުދައްރިސަކީ ތިބާއާއި ނުހަނު ގާތްވެފައި ޕްރޮޖެކްޓް ނިމޭއިރު ތިބާ ކާމިޔާބުވާން އެދޭ މުދައްރިސެކެވެ.   އެހެންކަމުން ތިބާ އެ މުދައްރިސްގެ އެހީއާއިއެކީ ޕްރޮޖެކްޓްގެ މަސައްކަތް ފަށަމުއެވެ. ބައެއްފަހަރު ތިބާ ކުރާ މަސައްކަތާއި އެ މުދައްރިސް އެއްބަސްވެއެވެ. އަނެއްބައި ފަހަރު ތިބާގެ ޚިޔާލުތައް ބަދަލުކުރުމަށް […]

The post ނޫނެކެވެ! އެއީ އިއްތިފާޤެއް ނޫނެވެ! appeared first on Stories by Jana.

]]>

ނުހަނު ތަޖުރިބާކާރު މުދައްރިސެއްގެ އެހީއާއިއެކީ ތިބާ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރާތަން ޚިޔާލަށް ގެންނާށެވެ. އެ ޕްރޮޖެކްޓް ބިނާވެގެންވާ މާއްދާ ތިބާއަށް ރަނގަޅަށް ނޭނގުނަސް އެ މުދައްރިސަށް ނުހަނު ރަނގަޅަށް އެނގެއެވެ. އަދި އެ މުދައްރިސަކީ ތިބާއާއި ނުހަނު ގާތްވެފައި ޕްރޮޖެކްޓް ނިމޭއިރު ތިބާ ކާމިޔާބުވާން އެދޭ މުދައްރިސެކެވެ.

 

އެހެންކަމުން ތިބާ އެ މުދައްރިސްގެ އެހީއާއިއެކީ ޕްރޮޖެކްޓްގެ މަސައްކަތް ފަށަމުއެވެ. ބައެއްފަހަރު ތިބާ ކުރާ މަސައްކަތާއި އެ މުދައްރިސް އެއްބަސްވެއެވެ. އަނެއްބައި ފަހަރު ތިބާގެ ޚިޔާލުތައް ބަދަލުކުރުމަށް އެ މުދައްރިސް ބުނެއެވެ. އަދި ބައެއްފަހަރު ތިބާ ކޮށްފައިވާ މަސައްކަތް އެއްކޮށް ބަދަލުކުރަން ވެސް އެ މުދައްރިސް އަންގަފާނެއެވެ. އެހެނަސް އެކަމާއިމެދު މައްސަލަ ޖެއްސުމެއްނެތި ތިބާ އެ ބަދަލުތަކާއިމެދު އެއްބަސްވެ އެއާއި އެއްގޮތަށް ޢަމަލުކުރަމުއެވެ. އެހެނީ ތިބާގެ މުދައްރިސްގެ ޢިލްމަށް ތިބާ އިތުބާރު ކުރާތީވެއެވެ. އަދި އެ މުދައްރިސް ހުރިހާ ގޮތަކުން ވެސް ތިބާގެ ކާމިޔާބީއަށް އެދޭކަން ތިބާއަށް ޔަޤީން ކުރެވޭތީވެއެވެ.

 

އެއްވެސް މިސާލަކަށްވުރެ ﷲ ސުބުޙާނަހޫ ވަތަޢާލާ މަތިވެރިވެ ވޮޑިގެންވެއެވެ. މިވަގުތު މިކަން ޚިޔާލަށް ގެންނާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއާއި މެދު ކަންތައް ކުރައްވާ ގޮތާއިމެދު ވިސްނާށެވެ. ބައެއްފަހަރު ތިބާގެ ރޭވުންތަކާއި ﷲ ގެ ރޭއްވެވުންތަކާއި އެއްގޮތްވެއެވެ. ޙަޔާތުގައި ތިބާ އެދޭ ގޮތަށް ކަންތައްވުމަށް ﷲ އިރާދަކުރައްވައެވެ. އަނެއްބައި ފަހަރު އެކަލާނގެ ތިބާއަށްޓަކައި އެހެން ގޮތެއް ރާއްވަވައެވެ. އެހެނީ ތިބާއަށް ޙައްޤުވެގެން ވަނީ އެއަށްވުރެ ފުރިހަމަ ނިޢުމަތެއްކަން އެކަލާނގެ ދެނެވޮޑިގެންވަނީއެވެ. ނޫނީ ވަކި ކަމަކުން ދުރުވުމުން ތިބާ ﷲ އާއި ގާތްވެގެންދާނެކަން އެކަލާނގެ ދެނެވޮޑިގެންވަނީއެވެ. އެހެންނޫނީ ތިބާ ރާވައިގެން ހުރި ރޭވުންތަކުން ތިބާއަށް ލިބެން އުޅޭ ގެއްލުމުން އެކަލާނގެ ތިބާ ރައްކާތެރި ކުރައްވަނީއެވެ.

 

މުޞީބާތެއް ކުރިމަތިވާ ހިނދު ކިޔަން ރަސޫލާ (ޞ.ޢ.ވ) އަންގަވާފައިވާ ބަސްތަކަށް ނިކަން ބައްލަވާށެވެ.

 

قَدَرَ اللّه وَمَا شَاء فَعَل

 

“އެއީ ﷲ ތަޤްދީރު ކުރެއްވި ގޮތެވެ. އަދި އެކަލާނގެ އިރާދަކުރެއްވި ގޮތަށް އެކަލާނގެ ކަންތައް ކުރެއްވިއެވެ.”

 

(ޞަޙީޙް މުސްލިމް)

 

މި ބަސްތައް އަޑުއިވުމުން ހިތަށް ހަމަޖެހުމެއް ނުލިބޭ ހެއްޔެވެ؟ ޙަޔާތުގައި އެއްވެސް ކަމެއް ހިނގަނީ އިއްތިފާޤަކުން ނޫންކަން އެނގުމުންނެވެ. މުޞީބާތެއް ޖެހުމުގެ މާ ކުރިން އެކަން އަޅުގަނޑުމެންނަށްޓަކައި ﷲ ކަނޑައަޅުއްވައި ލިޔުއްވާފައިވާކަން އެނގުމުންނެވެ. އަދި ﷲ އީ އަޅުގަނޑުމެންދެކެ އެންމެ ލޯބިވެވޮޑިގެންވާ އަދި އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ގޮތް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން އެނގުމުންނެވެ.

 

ރަސޫލާ (ޞ.ޢ.ވ) މި ބަސްތައް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވީ ހަމައެކަނި ދަތި ވަގުތުކޮޅެއްގައި ބުނެލާ ބަސްތަކެއްގެ ގޮތުގައެއް ނޫނެވެ. އެހެނެއްކަމަކު އެ ބަސްތަކުން ދަސްކޮށްދެއްވާފައިވަނީ މުޞީބާތްތަކުގެ ތެރެއިން އަޅުގަނޑުމެންގެ ވިސްނުން ބައްޓަންވެފައި ހުންނަންވީ ގޮތެވެ. އަޅުގަނޑުމެންނަކީ އެފަދަ ވިސްނުމެއް ގެންގުޅޭ ބަޔަކަށްވަމާ ހިނގާށެވެ.

 

މާތް ﷲ އަޅަމެންނަކީ ހުރިހާ ޙާލަތްތަކެއްގައިވެސް އެކަލާނގެއަށް ވަކީލުކުރާ އަޅުންކަމުގައި ލައްވާށި! އާމީން!

 

ޙަދީޘް ރެފަރެންސް:

https://sunnah.com/urn/2118440

The post ނޫނެކެވެ! އެއީ އިއްތިފާޤެއް ނޫނެވެ! appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%82%de%ab%de%82%de%ac%de%86%de%ac%de%88%de%ac-%de%87%de%ac%de%87%de%a9-%de%87%de%a8%de%87%de%b0%de%8c%de%a8%de%8a%de%a7%de%a4%de%ac%de%87%de%b0-%de%82%de%ab%de%82%de%ac%de%88%de%ac/feed/ 0 2889
މި ހެޔޮ ޢަމަލުގެ ޘަވާބު ގެއްލުވައިނުލާށެވެ! https://blog.storiesbyjana.com/%de%89%de%a8-%de%80%de%ac%de%94%de%ae-%de%a2%de%a6%de%89%de%a6%de%8d%de%aa%de%8e%de%ac-%de%98%de%a6%de%88%de%a7%de%84%de%aa-%de%8e%de%ac%de%87%de%b0%de%8d%de%aa%de%88%de%a6%de%87%de%a8%de%82%de%aa/?utm_source=rss&utm_medium=rss&utm_campaign=%25de%2589%25de%25a8-%25de%2580%25de%25ac%25de%2594%25de%25ae-%25de%25a2%25de%25a6%25de%2589%25de%25a6%25de%258d%25de%25aa%25de%258e%25de%25ac-%25de%2598%25de%25a6%25de%2588%25de%25a7%25de%2584%25de%25aa-%25de%258e%25de%25ac%25de%2587%25de%25b0%25de%258d%25de%25aa%25de%2588%25de%25a6%25de%2587%25de%25a8%25de%2582%25de%25aa https://blog.storiesbyjana.com/%de%89%de%a8-%de%80%de%ac%de%94%de%ae-%de%a2%de%a6%de%89%de%a6%de%8d%de%aa%de%8e%de%ac-%de%98%de%a6%de%88%de%a7%de%84%de%aa-%de%8e%de%ac%de%87%de%b0%de%8d%de%aa%de%88%de%a6%de%87%de%a8%de%82%de%aa/#respond Mon, 12 Jul 2021 12:29:50 +0000 https://blog.storiesbyjana.com/?p=2869

އިސްލާމްދީނުގައި އަޅުގަނޑުމެން ކުރާ ކޮންމެ ހެޔޮ ޢަމަލަކަށް އޭގެ ޘަވާބު ލިބޭކަން އަޅުގަނޑުމެންނަށް އެނގެއެވެ. އެހެނަސް އެ ހެޔޮ ޢަމަލެއް ކުރުމަށްފަހު ކަންތައް ކުރެވޭ ގޮތަކުން އޭގެ ޘަވާބު ގެއްލިދާ ހެޔޮ ޢަމަލެއް ވާކަން ތިބާއަށް އެނގޭ ހެއްޔެވެ؟ އެއީ ޞަދަޤާތް ކުރުމުގެ ހެޔޮ ޢަމަލެވެ! ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُم بِالْمَنِّ وَالْأَذَىٰ كَالَّذِي يُنفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ "އޭ […]

The post މި ހެޔޮ ޢަމަލުގެ ޘަވާބު ގެއްލުވައިނުލާށެވެ! appeared first on Stories by Jana.

]]>

އިސްލާމްދީނުގައި އަޅުގަނޑުމެން ކުރާ ކޮންމެ ހެޔޮ ޢަމަލަކަށް އޭގެ ޘަވާބު ލިބޭކަން އަޅުގަނޑުމެންނަށް އެނގެއެވެ. އެހެނަސް އެ ހެޔޮ ޢަމަލެއް ކުރުމަށްފަހު ކަންތައް ކުރެވޭ ގޮތަކުން އޭގެ ޘަވާބު ގެއްލިދާ ހެޔޮ ޢަމަލެއް ވާކަން ތިބާއަށް އެނގޭ ހެއްޔެވެ؟ އެއީ ޞަދަޤާތް ކުރުމުގެ ހެޔޮ ޢަމަލެވެ!

 

ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

 

يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُم بِالْمَنِّ وَالْأَذَىٰ كَالَّذِي يُنفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ

 

“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާޠިލު ނުކުރާށެވެ! މީހުންނަށް ދެއްކުމަށްޓަކައި އެމީހެއްގެ މުދާ ހޭދަކުރާ މީހެއްގެ މިސާލު ފަދައިންނެވެ. اللَّه އަށާއި އާޚިރަތް ދުވަހަށް އޭނާ އީމާނެއް ނުވެއެވެ.” ސޫރަތުލް ބަޤަރާ، 264

 

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ مَنّ އާއި أَذَىٰ ގެ ސަބަބުން އަޅުގަނޑުމެންގެ ޞަދަޤާތްތައް ބާޠިލު ނުކުރުމަށެވެ. މި އާޔަތް ރަނގަޅަށް ދެނެގަތުމަށްޓަކައި އެ ދެ ބަހަށް ވަކިވަކިން ބަލައިލަމާ ހިނގާށެވެ.

 

مَنّ ގެ މާނައަކީ މީހަކަށް ކަމެއް ކޮށްދިނުމެވެ. އަދި އެ ކޮށްދިން ކަމެއްގެ ވާހަކަ އެ މީހަކަށް ހަނދާންކޮށްދިނުމެވެ. (ދިވެހި ބަހުގައި މިގޮތަށް ކަންތައް ކުރުމަށް ކިޔަނީ ކަލަގޮވުމެވެ.) އެހެންކަމުން އާޔަތުގެ ފުރަތަމަ ބައިން މި ސިފަކޮށްދެނީ ޞަދަޤާތެއް ދީފައި އެ ޞަދަޤާތެއްގެ ވާހަކަ އެ ލިބުނު މީހާއަށް ހަނދާންކޮށްދޭ ވާހަކައެވެ. ‘މި ދިޔަ މަހު އަހަރެން ތިބާއަށް ދިން ލާރީގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ ތިބާ އޭރު ހުރީ ފައިސާއަށް ވަރަށް ދަތިވެފައިދޯއެވެ؟’ މި ފަދަ ވާހަކަތައް ދާނީ مَنّ ގެ ދަށަށެވެ.

 

ދެންމެ ސިފަކުރެވިގެން އެ ދިޔައީ ވަރަށް ސީދާސީދަލަށް ކަލަގޮވިދާނެ ގޮތެކެވެ. އެހެނަސް އެކަން ކުރެވޭ ނުސީދާ ގޮތްތަކެއްވެސް ހުރެއެވެ. ‘ކުރީފަހަރު އަހަރެން ބޭނުންވި ވަރަށް ފައިސާ ރައްކަލެއް ނުކުރެވުނެވެ. އެކަމަކު އެބައި ޞަދަޤާތައް ދެވުނީތީ އުފާކުރަމެވެ.’ މި ފަދަ ބަސްތަކަކީ ވެސް مَنّ ގެ ދަށަށް ދާނެ ބަސްތަކެވެ. އަދި އަމުދުން ބަސްތަކަކާއި ނުލައިވެސް އެކަން ކުރެވޭ ފަހަރު އާދެއެވެ. އަޅުގަނޑުމެން ޞަދަޤާތް ދީފައިވާ މީހުންނާއެކީ އުޅޭއިރު އުޅުން ބަހައްޓާ ގޮތުންނެވެ. އެމީހުންގެ ކުރިމަތީގައި އަޅުގަނޑުމެންގެ މިޒާޖު ބަދަލުވެގެންދާ ގޮތުން ވެސް އެ މީހުން ދަށްކޮށްލެވިދާނެއެވެ. މިފަދަ އަޚްލާޤުން މާތް ﷲ އަޅަމެން ރައްކާތެރި ކުރައްވާށި! އާމީން!

 

އާޔަތުގައި ދެން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ބަހަކީ أَذَىٰ އެވެ. މީގެ މާނައަކީ އެހެން މީހަކު ދެރަކޮށް ހިތްދަތިކޮށްލުމެވެ. އެމީހަކަށް ކޮށްދިން ކަމެއްގެ ވާހަކަ ހަނދާން ކޮށްދިނުމުން އެމީހަކު ދެރަވާނެއެވެ. އެހެނީ އެހެން މީހެއް ކައިރީގައި އެދެން ޖެހޭ ފަދަ ޙާލަތެއްގައިވާން އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އަދި މީހަކު ބޭނުމެއްޖެހިފައިވާ ޙާލަތެއްގެ މަތިން އެމީހަކަށް ހަނދާން ކޮށްދިނުމަކީ ރީތި ސިފައެއް ވެސް ނޫނެވެ.

 

އަޅުގަނޑުމެން ދޭ ޞަދަޤާތްތައް އެއްކޮށް ބާޠިލުކޮށްލާ ދެ ޢަމަލީ މިއީއެވެ. ޞަދަޤާތަށްޓަކައި އަޅުގަނޑުމެން ފައިސާ، އެހެން ނޫނީ ކޮންމެވެސް މުދަލެއް އެހެންނޫނީ އަޅުގަނޑުމެންގެ ވަގުތުވެސް ދީފައިވެދާނެއެވެ. އެހެން މީހަކަށް އެހީއެއް ވުމަށް ހޭދަކުރެވޭ ވަގުތަކީ ވެސް ޞަދަޤާތެކެވެ. އެހެނަސް އަޅުގަނޑުމެން އެ ދިން ޞަދަޤާތުގެ މަތިން އެ ލިބުނު މީހަކަށް ހަނދާންކޮށްދޭނަމަ، ﷲ ގެ ޙަޟްރަތުގައި އަޅުގަނޑުމެން އެ ހެޔޮ ޢަމަލުކޮށްފައި ނުވާފަދައެވެ. އަދި އޭގެ ޘަވާބު އާޚިރަތް ދުވަހު އަޅުގަނޑުމެންނަކަށް ނުލިބޭނެއެވެ.

 

އާޔަތުގެ ފަހު ކޮޅުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެފަދަ މީހުން ސިފަކުރައްވާފައިވާ ގޮތް ނިކަން ބައްލަވާށެވެ. އެމީހުން ސިފަ ކުރައްވާފައިވަނީ ﷲ އާއި އާޚިރަތް ދުވަހަށް އީމާންނުވާ މީހުންގެ ގޮތުގައެވެ. އެހެނީ އެބައިމީހުން ޙަޤީޤަތުގައި ﷲ އަށް އީމާންވާނަމަ އެމީހުން ދިން ޞަދަޤާތް ﷲ ބައްލަވައިވޮޑިގެންވާކަން އެމީހުންނަށް ޤަބޫލުކުރެވޭނެއެވެ. އެހެންކަމުން މީހުންނަށް އޭގެ ވާހަކަ ހަނދާންކޮށްދިނުމުގެ ބޭނުމެއް އެމީހުންނަށް އިޙްސާސް ނުކުރެވުނީހެވެ. އަދި އާޚިރަތް ދުވަހަށް އެމީހުން ޙަޤީޤަތުގައި އީމާންވާނަމަ، އެ ދުވަހު އެމީހުން ދިން ޞަދަޤާތެއްގެ ޘަވާބާއި ދަރުމަ ލިބޭނެކަން އެމީހުންނަށް ޤަބޫލުކުރެވޭނެއެވެ. އެހެންކަމުން އެ ޞަދަޤާތް ދެވުނު މީހުންގެ ކިބައިން ޤަދަރާއި، ގިނަގުނަ ޝުކުރަކާއި އެމީހުންގެ ކިބައިން އިތުރު ކަމެއް ހޯދުމުގެ އެދުމެއް ހިތުގައި ނޯންނާނެއެވެ. އެހެނީ ﷲ އެބައިމީހުން ދިން ޞަދަޤާތުގެ ޘަވާބު ހިސާބެއްނެތި ދެއްވާނެކަން އެމީހުންނަށް ޤަބޫލުކުރެވޭނެތީވެއެވެ.

 

މާތް ﷲ އަޅަމެންގެ ކިބައިން އަޅަމެންގެ ޞަދަޤާތްތައް ޤަބޫލު ކުރައްވާށި! އަދި އެ ޞަދަޤާތް ބާޠިލުވާނެ ފަދަ ޢަމަލުތަކުން އަޅަމެން ރައްކާތެރި ކުރައްވާށި! އާމީން!

 

*އުސްތާޒް ނުޢުމާންގެ ދަރުހަކުން ނެގިފައި

The post މި ހެޔޮ ޢަމަލުގެ ޘަވާބު ގެއްލުވައިނުލާށެވެ! appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%89%de%a8-%de%80%de%ac%de%94%de%ae-%de%a2%de%a6%de%89%de%a6%de%8d%de%aa%de%8e%de%ac-%de%98%de%a6%de%88%de%a7%de%84%de%aa-%de%8e%de%ac%de%87%de%b0%de%8d%de%aa%de%88%de%a6%de%87%de%a8%de%82%de%aa/feed/ 0 2869