Dhaaris Archives - Stories by Jana Tue, 01 Feb 2022 13:53:16 +0000 en-US hourly 1 https://wordpress.org/?v=6.9.4 191921862 ދާރިސް (ފަންސާސްހަތަރުވަނަ ބައި) https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a7%de%90%de%b0%de%80%de%a6%de%8c%de%a6%de%83%de%aa%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/?utm_source=rss&utm_medium=rss&utm_campaign=%25de%258b%25de%25a7%25de%2583%25de%25a8%25de%2590%25de%25b0-%25de%258a%25de%25a6%25de%2582%25de%25b0%25de%2590%25de%25a7%25de%2590%25de%25b0%25de%2580%25de%25a6%25de%258c%25de%25a6%25de%2583%25de%25aa%25de%2588%25de%25a6%25de%2582%25de%25a6-%25de%2584%25de%25a6%25de%2587%25de%25a8 https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a7%de%90%de%b0%de%80%de%a6%de%8c%de%a6%de%83%de%aa%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/#comments Tue, 01 Feb 2022 11:54:14 +0000 https://blog.storiesbyjana.com/?p=3167

“މަންމަ ދެކިލަން ބޭނުން….މަންމައާއި ބައްދަލުކުރަން ބޭނުން. މަންމައާއި އެކީ އުޅެން ބޭނުން. އެކަމަކު މަންމަ ދެރަކުރަން ވެސް ބޭނުމެއްނޫން….” ދާރިސްގެ އެ ފަހު ބަސްތަކާއިއެކީ އެ އަޑު ގެއްލިގެން ދިޔައީ ދާރިސްގެ އަރު ބެދުމުންނެވެ. އެއާއިއެކު ދާރިސް މޫނުގައި އެއްއަތް އަޅައިލަމުން ރަނގަޅަށް ރޯން ފެށިއެވެ.   ހިބާ އެ މަންޒަރު ބަލަން ނުހުރެވިގެން ދާރިސްގެ ކައިރިއަށް ގޮސް ބިންމަތީގައި ކަކޫ ޖައްސައިލަމުން ދާރިސްގެ ބޯ ގެނެސް އޭނަގެ މޭގައި ޖައްސައި ބައްދައިލިއެވެ.   އެ ވަގުތުކޮޅުން […]

The post ދާރިސް (ފަންސާސްހަތަރުވަނަ ބައި) appeared first on Stories by Jana.

]]>

“މަންމަ ދެކިލަން ބޭނުން….މަންމައާއި ބައްދަލުކުރަން ބޭނުން. މަންމައާއި އެކީ އުޅެން ބޭނުން. އެކަމަކު މަންމަ ދެރަކުރަން ވެސް ބޭނުމެއްނޫން….” ދާރިސްގެ އެ ފަހު ބަސްތަކާއިއެކީ އެ އަޑު ގެއްލިގެން ދިޔައީ ދާރިސްގެ އަރު ބެދުމުންނެވެ. އެއާއިއެކު ދާރިސް މޫނުގައި އެއްއަތް އަޅައިލަމުން ރަނގަޅަށް ރޯން ފެށިއެވެ.

 

ހިބާ އެ މަންޒަރު ބަލަން ނުހުރެވިގެން ދާރިސްގެ ކައިރިއަށް ގޮސް ބިންމަތީގައި ކަކޫ ޖައްސައިލަމުން ދާރިސްގެ ބޯ ގެނެސް އޭނަގެ މޭގައި ޖައްސައި ބައްދައިލިއެވެ.

 

އެ ވަގުތުކޮޅުން ފެށިގެން ދާރިސް ވަރަށް ގިނައިރު ވަންދެން ރުޔެވެ. ދާރިސް ރޮއި ނިމެންދެން ހިބާ ދާރިސްގެ ގައިގައި ބައްދާލައިގެން އިނެވެ.

 

އެންމެފަހުން ދާރިސްގެ ރުއިން ހުއްޓުމުން ހިބާ ދާރިސްއާއި މަންމަގެ ވާހަކަ ދައްކަން ނުއުޅުނެވެ. އެ ވާހަކައިން އަނެއްކާވެސް ދާރިސްގެ ޙާލަތު ގޯސްވުން ނޫންކަމެއް ނުވާނެކަން ދަނެގެންނެވެ. އެހެންކަމުން ހިބާ ދާރިސްގާތު އެދުނީ އެތަނުން ތެދުވެގެން ގޮސް ތާޒާވެލުމަށެވެ. އެވަގުތަކީ މަޣްރިބް ނަމާދަށް ބަންގި ގޮވަން ފެށި ވަގުތަށްވުމުން ދާރިސް ވަކި ދެކޮޅު ހެދުމެއްނެތި ހިބާ އެދުނު ގޮތަށް ހެދިއެވެ. އަދި ނަމާދަށްފަހު ހިބާއާއިއެކީ އެރޭ ކުޑަކޮށް ކާންވެސް ކެއެވެ. ކެއި ގަޑީގައި ހިބާ ހަމްނާގެ ދޮރުގައި ޓަކި ދިނީ، އެ ގަޑީގައި ހަމްނާ ކާން ބޭނުންތޯ ބެލުމަށެވެ.

 

“ހަމް ކާނީ ފަހުން، ދޮންތާ…” ހަމްނާ ދޮރު ހުޅުވުމެއް ވެސް ނެތި އެތެރެއިން ބުނެލި އަޑު އިވުނެވެ. އެއިން ހިބާ ހަމްނާއާއި މެދު ވެސް ކަންބޮޑުވާ ގޮތްވިއެވެ. ބޮޑުކަމެއް ވެގެން ނޫނީ ހަމްނާ ކޮޓަރީގެ ދޮރު ހުޅުވުމެއްނެތި އޭނައާއި ވާހަކަ ނުދައްކާނެކަން އެނގޭތީވެއެވެ.

 

“އާރ ޔޫ އޯކޭ، ހަމް؟” ހިބާއަށް އަހައިލެވުނެވެ.

 

“ޔެސް ދޮންތާ…އައި އޭމް މޯ ދޭން ގުޑް!”

 

ހަމްނާ އެހެން ބުނެލިއިރު އެ އަޑު ގަދަކަމުން ހަމައަކަށް އަޅުވަން ޖެހުނުހެން ވެސް ހިބާއަށް ހީވިއެވެ. ހަމަ ޔަޤީންތޯ އަހައިލެވުނީ އެހެންވެއެވެ. ހަމްނާ ވަގުތުން އާނއެކޭ ބުނި އަޑު އިވުނެވެ. އެއާއިއެކު ހިބާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ހަމްނާއާއި އިތުރު ސުވާލުތައް ކުރަން ބޭނުންވިއެއްކަމަކު، ހަމަ އެވަގުތު ކާ ގެއިން ދާރިސްގެ ކެއްސުމުގެ އަޑު އިވުމުން، އެ ދިމާލަށް ނަޒަރެއް ދެވުނެވެ. މި ވަގުތު އޭނައަށް ބޮޑަށް ބޭނުންވަނީ ދާރިސްކަމަށް ނިންމަމުން ހިބާ އަނެއްކާވެސް ކާގެއަށް ދާން މިޞްރާބު ޖެހިއެވެ.

 

އެހެނަސް ހިބާއަށް ހީވީ ރަނގަޅަކަށް ނޫނެވެ. ހަމްނާ ވީ ހަމަ ދާރިސްއާއި އެއްވަރަށް ހިބާގެ އަޅައިލުން ބޭނުންވެފައެވެ. ހިބާއަށް ޖަވާބު ދިންއިރު ލެއްޕިފައިވާ ދޮރު ކުރިމަތީގައި ހުއްޓިހުރި ހަމްނާގެ ލޯ ދުޅަވެފައިވީއިރު ބޯ ހެވިފައިވިއެވެ. ގެއަށް އައިސް ފެންވެރިތާ އިރުގަނޑެއް ވެފައިވިއެއްކަމަކު އިސްތަށިގަނޑުގައި ފުނާ އަޅާނެހާ ހިތްވަރެއްވެސް ނުލިބިފައިވިހެން ހީވެއެވެ. ދޮންތަ ދިޔަ އަޑު އިވުމުން ވެސް ހަމްނާއަށް ހުރި ގޮތަށް ހުރެވުނެވެ. އޭގެ މާ ގިނައިރެއްނުވެ ދޮންތަ ދިޔަކަން އެނގުމުން، އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށީ އެދުވަހުގެ ކިތައްވަނަ ފަހަރަށް ކަމެއްވެސް ހަމްނާއަށް ނޭނގެއެވެ. ތަދުވަމުން ދިޔަ ލޮލުން ކަރުނަ އޮހޮރި، އަމިއްލަ ގިސްލުމުގެ އަޑުގެ ތެރެއިން، ނައުފަލްގެ އަޑުވެސް ހަމްނާގެ ކަންފަތުގައި ގުގުމައިލިއެވެ.

 

“ތިގޭގަ އުޅޭ އިސްމާޢީލް އީތަންއަކީ…..ތީނަގެ ބައްޕަ މެރިކަމަށް މީހުން ބުނެ އުޅޭ ދާރިސްތަ؟”

 

ނައުފަލްގެ އެ ސުވާލު އިވިފައި ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހަމްނާއަށް ހީވިއެވެ. ދުނިޔެ ވަށައި އެނބުރެން ފެށި ކަހަލަ އިޙްސާސެއް ކުރެވުނީ، ލިބުނު ޝޮކުތަކެއްގެ ބޮޑުކަމުންނެވެ. ދާރިސްބެއަކީ ކާކުކަން ނައުފަލަށް ޝައްކުކުރެވޭ ކަމުގެ އަޖާއިބާއި، ހަމްނާގެ ހިތަށް ވެސް ގެންނަން ދަތި، ބައްޕައާއި ގުޅޭ ވާހަކައިގެ ހިތްދަތިކަމުންނެވެ. ބޮޑުވަމުން އައިއިރު ރަށުގެ އެތައް ބައެއްގެ ދުލުން ބައްޕައާއި ގުޅޭ އެ ވާހަކަ އިވިފައިވިއެއްކަމަކު، އެ ބަސްތައް އަޑުއަހަން ހަމްނާ އާދަވެފައެއް ނުވެއެވެ.

 

“އައްދެ! މަ ހީކުރި ހީކުރުމެއް ނޫންދޯ ޙަޤީޤަތަކީ؟ އެ ބުނާ އީތަންއަކީ ހަމަ ދާރިސް؟ ތި ހިމޭންކަމުން އެކަން ޔަޤީން އެބަ ކުރެވޭ…” ނައުފަލް ރާގަކަށް ވާހަކަ ދެއްކިއެވެ. އެ ހިނދު ހަމްނާގެ ދެބުމަ ކައިރިވިއެވެ.

 

ނައުފަލް ދާރިސްބެ ގެ ޙަޤީޤަތް ދެނެގަންނަން އެހާ ބޮޑަށް ބޭނުންވާނެ ސަބަބެއް ނުވިސްނުމުންނެވެ. އަދި އަމުދުން އޭނައަށް މި ކަންތައް ކުރެވޭ ގޮތުން ނައުފަލް އެ ޙަޤީޤަތާއި ހަމައަށް ފޯރައި، އޭނައަށް މަލާމާތް ކުރާ ކަހަލަ އިޙްސާސެއް ކުރެވުމުންނެވެ. ހިތަށް ވެރިވި އެ ޚިޔާލާއި އެކީ އިސާހިތަކު ހަމްނާ ހިތަށް ސާބިތުކަން ވެރި ކުރުވަމުން ނައުފަލާއި ކުރިމަތިލިއެވެ.

 

“އަހަރެންގެ ބައްޕައާއި ބެހޭގޮތުން ރޯމާ ދުވާލު ތިހާ ބޮޑު ދޮގެއް ހެދީމަ ބުނާނެ އެއްޗެއް ނޭނގިފަ މިހިރީ!” ހަމްނާގެ އެ ޖުމްލަ ނިމުނުއިރު ގޮށްމުއްކެވި، ރުޅިން ތުރުތުރު އެޅިއެވެ.

 

“މަ އޮޅުވަން ދޯ ތި އުޅެނީ މިހާރު؟ މަ ނޯ-“

 

“މީހެއް ނުއުޅޭ ކަލޭގެ ވިސްނުން ހުރި ގޮތެއް ބަލާކަށް! މިއަދު ތި ގޮތަށް ވާހަކަ ދެއްކިޔަސް ޤިޔާމަތް ދުވަހު ބައްޕައަށް އިންސާފު ލިބޭނެ އިން ޝާ ﷲ! އެދުވަހަކުން ބައްޕައޭ ކިޔައިގެން އެކިއެކި ވާހަކަ ދެއްކި އެންމެންގެ ހެޔޮ ޢަމަލުތައް ލިބޭނީ ބައްޕައަށް….ތީނަގެ ހެޔޮ ޢަމަލެއް ހުރިއްޔާ އެ އެއްވެސް!”

 

“ހަހް! ކަޓް އިޓް އައުޓް-“

 

“ޔޫ ކަޓް އިޓް އައުޓް! ދެން ތީނަގެ ހިޔަނި އެޅޭ ހިސާބެއްގަ ވެސް ހުންނާކަށް ބޭނުމެއްނޫން! ކާންޓް ބިލީވް އައި ހޭޑް ފީލިންގްސް ފޯ ޔޫ…”

 

އެ ފަހު ބަސްތައް ބުނެލި ހިނދު ހަމްނާގެ އަޑުންނާއި މޫނުމަތިން ވެސް ރުޅިވެރިކަން ފާޅުވިއެއްކަމަކު، ލޮލުން ކަރުނަ ހިލިފައިވިއެވެ. އެއަށްފަހު ނައުފަލަށް ވަކި އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ ނައުފަލަށް ފަސްދީފައި ހިނގަން ފެށީ ދިގު ފިޔަވަޅުތަކެއްގައެވެ. ހަމްނާ ދާން ފެށުމުން ނައުފަލް ހުރީ އޮޅުމެއްގެ ތެރޭގައިކަން އެ މޫނުމަތިން އެނގެއެވެ. ދެންމެ އޭނަ ހީކުރި ފަދައިން ހަމްނާ ހިމޭންވީ، އީތަންގެ ޙަޤީޤަތް އޭނަ ހާމަކުރުމުން ކަމެއް، ނޫނީ ހަމްނާ ބުނި ފަދައިން ބައްޕަގެ ވާހަކަ އިވިފައި ޖަޒުބާތުގައި ޖެހުމުންކަމެއް ޔަޤީން ނުކުރެވުނީތީ ކަންނޭނގެއެވެ.

 

ނައުފަލާއި އޭނައާއި ދެމެދު ދެކެވުނު ވާހަކަތައް ހަނދާންވެ، އެ މަންޒަރު ސިފަވެގެން ދިޔަދިޔަހެން ހަމްނާއަށް އިތުރަށް ރޮވުނެވެ. އެހެނަސް އޭނައަށް ޙައިރާންކަމެއް ލިބުނީ، މީގެ ދުވަސްކޮޅެއް ކުރިއާއި ޚިލާފަށް، ނައުފަލްގެ ޚިޔާލުތަކާއިއެކީ އެ ވަގުތު އޭނަގެ މޭގައި ރިހުމެއް ނެތުމުންނެވެ. ނައުފަލަކީ އޭނައަށް އެންމެ ރަނގަޅު ބައިވެރިޔާ ނޫންކަން އެހާ ހިސާބަށް އައިއިރު ހަމްނާގެ އެ ހިތަށް ވިސްނިފައިވީތީވެއެވެ. ކިތަންމެ ގަދައަށް ރޮވުނަސް އެކަމަށްޓަކައި އެ ވަގުތު ހަމްނާއަށް ޙަމްދު ކުރެވުނެވެ.

 

**

ރޭގަނޑުގެ ކެއުމަށްފަހު އެރޭ ދާރިސް ޢިޝާ ނަމާދު ކުރީ ގޭގައެވެ. އެއަށްފަހު ދާރިސް ވަގުތުން ނިދާނީ ކަމަށް ހިބާއަށް ހީކުރެވުނެވެ. އެހެނަސް އެނދުގައި އޮށޯތުމުގެ ބަދަލުގައި ދާރިސް އަނެއްކާވެސް ގޮސް އިށީނީ، އޭނަ މަންމަގެ ހަނދާނުގައި ރޮވުނުއިރު އިން ތަނުގައެވެ. އެ ހިތާމައަށް އަނބުރައިދާން އުޅުނު ފަދައަކުންނެވެ. ލޯބިވާ މަންމަގެ އެންމެ ފަހުގެ ހަނދާންވެސް ވަނީ ހިތާމައިގެ ތެރޭގައި ކަމަށްވުމުންނެވެ.

 

ހިބާ އަމިއްލައަށް ނިދަން ތައްޔާރުވެގެން އައިއިރުވެސް، ދާރިސް ބިންމަތީގައި އިންގޮތަށް އިނެވެ. އެ މަންޒަރު ފެނިފައި ހިބާ ދާރިސްގާތު ނުނިދާނަންތޯ ސުވާލުކުރިއެވެ. ޖަވާބުގައި ނިދި ނާންނަކަމަށް ދާރިސް ބުންޏެވެ. އެ ބަސްތައް އިވިފައި ހިބާ އެނދުގައި އޮށޯންނަން އުޅެފައިވެސް ހިތްހަމަ ނުޖެހުމުން ދާރިސްގެ ކުރިމައްޗަށް ވާގޮތަށް އެނދުގެ ކައިރިން ބިންމަތީގައި އިށީނެވެ.

 

“ހިބާ ނިދަން ދާންވީއެއްނު؟” ހިބާ ހެދިގޮތް ފެނުމުން ދާރިސްއަށް ބުނެވުނެވެ. އެއާއިއެކު ހިބާ ބޯހޫރުވައިލިއެވެ.

 

“ދާރިސް ނިދަން އައިމަ ނޫނީ އަހަރެން ވެސް ނިދަން ބޭނުމެއްނޫން.” ހިބާ ބުންޏެވެ.

 

“އެކަމަކު ހިބް-“

 

“މަންމަގެ ވާހަކަތައް އަހަންނަށް ކިޔައިލަދީބަލަ ދާރިސް. ކުޑައިރު ވެސް އަދި މިހާރު ވެސް އެއްވެސް ވަރަކަށް މަންމަގެ ވާހަކަ އަހަންނަށް ކިޔައި ނުދެމެއްނު؟”

 

ހިބާ ލުއި ހިނިތުންވުމަކާއިއެކީ ބުނެލި އެ ވާހަކައިން ދާރިސް ހިމޭންވާ ގޮތްވިއެވެ. ދާރިސް ވަކި އެއްޗެކޭ ނުބުނުމުން ހިބާ އިތުރަށް ވާހަކަ ދެއްކިއެވެ.

 

“ބަލާ ބެލުމަށް ހީވަނީ އެއީ ވަރަށް ލޯބި މަންމައެއްހެން. ކުދިން ލޯބިން ގެންގުޅޭ މަންމައިންގެ ވާހަކަ ވަރަށް އަޑުއަހާ ހިތްވޭ. އަހަންނަށް އެފަދަ ލޯތްބެއް ތަޖުރިބާ ނުކުރެވޭތީ ކަންނޭނގެ. ހެހެ….” ހިބާ ޙަޤީޤަތުގައި އެހެން ބުނެލީ ދާރިސްއަށް އަމިއްލަ މަންމަގެ ވާހަކަތައް ދެއްކުމުގެ ފުރުސަތެއް ދިނުމަށެވެ. މަންމައާއި ގުޅޭ ހިތްދަތި ހަނދާންތަކުގެ ބަދަލުގައި އުފާވެރި ހަނދާންތައް އާކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި ވެސްމެއެވެ. އެހެނަސް އެ ވާހަކަ ނިމުނުއިރު މައެއްގެ ލޯބިން ޚުދު އޭނަ މަޙްރޫމްވެފައިވި މިންވަރު އިޙްސާސް ކުރެވުމުން އެވަގުތު ހިތް ދެރަވާ ގޮތްވިއެވެ.

 

ހިބާގެ ވާހަކައަށްފަހު އެ ފަހު ހީލުން ހީލި އިރު، އެ ލޯ މަތިން ފާޅުވި ރިހުން ދާރިސްއަށް ސިއްރެއް ނުވިއެވެ. އެއާއިއެކު ހިބާއަށްޓަކައި އުފެދިގެން ދިޔަ ޙަމްދަރުދީއާއި އެކީ ދާރިސްއަށް އިރުކޮޅެއް ވަންދެން ހިބާއަށް ބަލަން އިނދެވުނެވެ. އެއަށްފަހު ވާހަކަ ދެކެވުނެވެ.

 

“މަންމަ….އެހެން ބުނީމަވެސް ހަނދާންވަނީ އޯގާތެރި ހިނިތުންވުމެއް. އަހަރެންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން…އަތްމަތި ދަތިވިޔަސް ކޮންމެވެސް ގޮތެއް ހޯދައިގެން އަހަރެން ހިތް އެދޭހާ އުފަލެއް ހޯދައިދޭ ފަރާތެއް. އަހަރެންގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް އެދި، ހެޔޮ ކަންތައްތައް ދަސްކޮށްދިން ފަރާތެއް…”

 

ދާރިސް ކިޔައި ދިންދިންހެން ހިބާއަށް ކަނުލައި އަޑުއަހަން އިނދެވުނެވެ. އެ ބަސްތަކަށްފަހު ދާރިސް ދެން ކިޔައިދޭން ފެށީ މަންމަގެ އުފާވެރި ހަނދާންތަކެވެ. މަންމަ އޭނައަށް ދޭން މީރު ކާއެއްޗެހި ތައްޔާރު ކުރާ ވާހަކައާއި، މަންމަ އޭނަ ގޮވައިގެން ޕާކަށް ގެންދިޔަ ދުވަސްތަކުގެ ވާހަކައާއި، ސްކޫލްގެ ކިޔެވުން އޭނައަށް އެންމެ ދަތި ދުވަސްވަރު މަންމަ އޭނައަށް ދިން ހިތްވަރުގެ ވާހަކައެވެ.

 

ދާރިސް އެ ވާހަކަތައް ކިޔައިދިނީ، ޙަޤީޤީ މަންމައެއްގެ ލޯބީގެ ޒާތަކީ ކޮބައިކަން ހިބާއަށް ސިފަކޮށްދިނުމަށެވެ. ހިބާގެ މަންމަ ހިބާއާއިމެދު ކަންތައް ކުރީ ކޮށްގެން ވާނެ ގޮތަށް ނޫންކަން ހިބާއަށް ޔަޤީން ކޮށްދިނުމުގެ ގޮތުން ވެސްމެއެވެ. ދާރިސް ހީކުރި ފަދައިން އޭނަގެ ވާހަކައިގެ ވަކި ހިސާބަކުން ހިބާގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. ހިބާއަށް ހިތްވަރު ދިނުމަށްޓަކައި ދާރިސް ހިބާގެ ކައިރިއަށް ދާން ބޭނުންވިއެއްކަމަކު، ޚުދު އޭނަ ވެސް މަންމަގެ ހަނދާންތަކުން ދެރަވުމުގެ ސަބަބުން އިންގޮތަށް އިނދެވުނެވެ. އޭގެ މައްޗަށް އޭނަގެ ލޯބިވާ މަންމަގެ މަޞްލަޙަތު ވަނީ އޭނައާއި ދުރުގައިވުމުންކަމަށް ސިކުނޑި ބުނަމުން ދިޔައީތީ، އެއްގޮތަކަށް ވެސް ތެދުވާނެހާ ހިތްވަރެއް ނުލިބުނެވެ.

 

އެހެންކަމުން އެފަހަރު ވެސް އަނެކާއަށް ހިތްވަރެއް ދިނުމަށް އެންމެ ފުރަތަމަ ތެދުވުނު މީހަކަށްވީ ހިބާއެވެ. ހިބާ ގޮސް ދާރިސްގެ ކައިރީގައި އިށީނދެ ދާރިސްގެ ކޮނޑުގައި ބޯއަޅައިލީ، އޭނަ ދާރިސްގެ ކައިރީގައި އެބަހުރިކަން އިޙްސާސްކޮށްދިނުމަށެވެ. ދާރިސްވެސް ހިބާގެ ކޮނޑުގައި ހިފަހައްޓައިލީ، ހިބާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

 

އެ ފަހުން ވެސް ހިބާ މަންމަގެ އިތުރު ވާހަކަތައް ކިޔައިދިނުމަށް ދާރިސްގާތު އެދުނެވެ. ދާރިސް ވަކި ދެކޮޅު ހެދުމެއްނެތި ހިބާއަށް ކިޔައިދިނެވެ. ދާރިސްގެ ވާހަކަތައް އަޑުއަހަމުން ދިޔަދިޔަހެން ހިބާއަށް އެ މޭމަތީގައި ބޯއަޅައިގެން އޮވެ ނިދޭ ގޮތްވިއެވެ. ހިބާ ނިދުނީކަން އެނގުންވުމުން ދާރިސް، ހިބާ އޭނަގެ އަތްދަނޑިމައްޗަށް އުފުއްލައިގެން ގޮސް އެނދުގައި ބޭއްވިއެވެ. ހިބާގެ ގައިގައި ރަޖާ އަޅައި ދިނުމަށްފަހު، އެ ބޮލުގައި މަޑުމަޑުން ފިރުމައިލަމުން ނިތުގައި ބޮސްދިނެވެ.

 

**

 

ހިބާއަށް ހޭލެވުނުއިރު ކޮޓަރީގެ ފެންލައިޓުން ފުރޭނިގެން އައިސްފައިވި އަލިން، ކޮޓަރި އަލިވެފައިވިއެވެ. މޯޅިއަކަށް ދެމެމުން އެނދުގެ ކުރިމައްޗަށްވާ ގޮތަށް ފެންނަމުން ދިޔަ ފެންލައިޓަށް ނަޒަރެއް ދެމުން، ހިބާ ފާރުގައި ހުރި ގަޑިއަށް ބަލައިލިއެވެ. ގަޑިން 6:30 ވެ ބޮޑުވެފައިވިތަން ފެނި، ހިބާއަށް ކޮޓަރީގެ ވަށައިގެން ނަޒަރެއް ދެވުނީ ދާރިސް ފެނޭތޯއެވެ. އެއްވެސް ދިމާލަކުން ދާރިސް ފެންނަން ނެތުމުން ހިބާއަށް ތެދުވެލެވުނީ ހިސާބަކަށް ކަންބޮޑުވުމުންނެވެ. ރޭ އެހާ ބޮޑު ހިތާމައެއްގައި އުޅުމަށްފަހު ދާރިސް ވީނުވީއެއް ނޭނގުމުންނެވެ.

 

އިސާހިތަކު އަރިމަތީ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ނަގައި ހިބާ ދާރިސްއަށް ގުޅަން އުޅުނު ވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ.

 

“ގުޑް މޯރނިންގް ބިއުޓިފުލް!” ކޮފީ މަގްއެއް ހިފައިގެން ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލި ދާރިސް ބުންޏެވެ.

 

“ގުޑް…..މޯރނިންގް..ކޮން ތަނަކަށް ގޮއްސަ ތިއައީ؟” ދާރިސްގެ އަޑުގައި ޖޯޝެއް އެކުލެވިފައިވި ގޮތުން ޙައިރާންކަމާއިއެކީ ހިބާއަށް އަހައިލެވުނެވެ. ހިބާ އެ ސުވާލު ކުރުމާއިއެކު އޭނައާއި ދިމާލަށް އަންނަމުން ދިޔަ ދާރިސް ފިޔަވަޅުތައް މަޑުޖައްސައިލަމުން ދެލޯ ހަނިކޮށްލިއެވެ.

 

“ދެން މި ގަޑީގަ ފިރިހެނަކު ގެއަށް އަންނާނީ މިސްކިތުގަ ހުރެފައެއްނު؟ ކުދިންކުދިން ނަމާދު ނުކުރިޔަސް އެހެން މީހުން ނަމާދުކުރަން ޖެހެއޭ…” ދާރިސް ގޮސް ހިބާގެ އަތަށް އެ މަގް ދެމުން އެނދުގައި އިށީނެވެ.

 

“ކޮފީއެއް ނޫންދޯ؟ ހޮޓް ޗޮކްލެޓް؟ މި ފެނުނީމަ ސްވިސް މަތިން ހަނދާންވަނީ ހުވާ!” ހިބާ އެ މަގްގެ އެތެރެއަށް ނަޒަރެއް ދެމުން ހެވިފައި އިނދެ ބުންޏެވެ.

 

“ތި ހިނިތުންވުން ފެނިފަ ވެސް ސްވިސް މަތިން އަހަރެން ބައެއްފަހަރު ހަނދާންވޭ. ހެހެ….” ދާރިސް އެހެން ބުނެ ހީލުމުން ހިބާއަށް ވެސް ހީލެވުނެވެ. އެއަށްފަހު ހިބާ ހޮޓް ޗޮކްލެޓް ބޯން ފެށިއެވެ. އެވަގުތު ދާރިސް ލޯތްބާއިއެކީ ހިބާގެ މޫނަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ކަންފަތުގައި އަޅުވައިލަދިނެވެ.

 

“އަބަދުވެސް ތިގޮތަށް ހިނިތުންވެގެން ހުންނައްޗޭ….މާޒީގަ ހިބާއަށް ލޯބި ނުދިން ހުރިހާ އެންމެންގެ ބަދަލު އަހަންނަށް ފަހަރެއްގަ ނުދެވިދާނެ. އެކަމަކު އަހަރެން މަސައްކަތް ކޮށްދޭނަން އިން ޝާ ﷲ.” ދާރިސް ބުންޏެވެ. އެއާއިއެކު ހިބާ ލަސްލަހުން މަގް ތިރިކޮށްލިއެވެ.

 

“އަހަރެން ވެސް ހަމަ އެފަދައިން ދާރިސްއަށް ލޯބި ދޭނަން…..އާރ ޔޫ އޯކޭ ނައު؟” ހިބާއަށް ނާހަން އިނދެފައި ވެސް އަހައިލެވުނެވެ. އޭނަގެ އެ ސުވާލާއިއެކީ އިސާހިތަކު ދާރިސްގެ ހިނިތުންވުން ފިލައި ލޯމަތިން ހިތާމަވެރިކަން ފެނިގެން ދިޔައެވެ. އެހެނަސް ދާރިސް ގަދަކަމުން ހިނިތުންވެލަމުން ހޫންލައްވައިލީ ބޯޖަހައިލަމުންނެވެ.

 

ދާރިސްގެ އެ ޙަރަކާތްތައް ފެނި ހިބާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު ވާހަކަ ދެކެވުނެވެ.

 

“ދާރިސް އިންކާރު ކުރާނެ ކަމަކަށް އެދެން ދެން ބޭނުމެއްނޫން. އެކަމަކު ދާރިސް އަހަރެން މި އެދޭ އެދުން ޤަބޫލުކުރާނެ ކަމަށް އުއްމީދު ކުރަން.” ހިބާ އިސްޖެހިފައި އިނދެ ބުންޏެވެ.

 

“ކޮން އެދުމެއް؟” ދާރިސް އެހިއެވެ.

 

“އަހަރެން ދާރިސްގެ މަންމައާއި ބައްދަލުކުރަން ދިޔަދީ. އަދި އެ މަންމައާއި ދާރިސްގެ ވާހަކަ ދައްކަން ފުރުސަތެއްދީ…” ހިބާ އެހެން ބުނެލަމުން ދާރިސްއަށް ބަލައިލިއެވެ. އެއާއިއެކު ދާރިސް އަނެއްކާވެސް ހިމޭންވާ ގޮތްވިއެވެ. ދާރިސްގެ ފަރާތުން ޖަވާބެއް ނުލިބުމުން ހިބާ އިތުރަށް ވާހަކަ ދެއްކިއެވެ.

 

“އެތައް ޒަމާނެއްފަހުން ދާރިސް ފެނިފަ ދާރިސްގެ ޚަބަރެއް ވެސް ނުލިބުނިއްޔާ އެ މަންމަ ކިހާ ދެރަވާނެ؟ ދާރިސް ރޭ ދެއްކި ވާހަކަތަކަކުން ހިއެއްނުވޭ އެ މަންމަ ދެރަކުރަން ދާރިސް ވެސް ބޭނުންވާނެހެން.”

 

ހިބާގެ އެ ވާހަކައަށްފަހު ވެސް ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. ދާރިސް އެއްވެސް އެއްޗެކޭ ނުބުނާނެކަމަށް ހިބާއަށް ނިންމުނު ވަގުތު، އެންމެ ރަނގަޅޭ ބުނެލި އަޑަށް ހިބާއަށް ދާރިސްއާއި ދިމާލަށް ބަލައިލެވުނެވެ. އެއަށްފަހު އެދެމެދުގައި ހިނިތުންވުންތައް ބަދަލުވިއެވެ.

 

**

 

އެދުވަހު ހެނދުނުގެ ސައި ވެގެން ދިޔައީ އަނެއްކާވެސް ގޭގެ އެންމެން އެކީގައި އިންސާފުކުރި ސަޔަކަށްވިއެވެ. ދުވަހަކީ ހުކުރު ދުވަހަކަށްވުމުން އެންމެން ވެސް ވަގުތު ނަގައިގެން ސައި ބޮމުން ދިޔައެވެ. އެހެނަސް އެ ސައިގެ ތެރެއިން ހަމްނާގެ ހިމޭންކަން ފާހަގަވުމުން އަނެއްކާވެސް އިއްޔެގަ ކަންތައް ވީގޮތް ހަނދާންވެ، ހިބާއަށް ވާހަކަ ދެކެވުނެވެ.

 

“ރޭގަ ކެއިންތަ ހަމް؟ ދޮންތައަށް އެފަހުން ބޭރަށް ނާދެވުނީތީ ވަރަށް ސޮރީ…” ހިބާއަށް ހިސާބަކަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ޙާލު ބުނެވުނެވެ.

 

“އިޓްސް އޯކޭ ދޮންތާ. ރޭގަ ކާ ހިތެއް ނެތީމަ ނުކަން.” ހަމްނާ ބުނެލިއެވެ.

 

“ކީކޭ؟ ހަމަ އެއްވެސް ވަރަކަށް ނުކަން؟” ހިބާއަށް އަހައިލެވުނެވެ.

 

“އަ…އާނ.”

 

“އެއީ ކީއްވެ؟”

 

ހަމްނާގެ ޖަވާބާއިއެކީ ހިބާއާއި ދާރިސްއަށް އެކުއެކީގައި އަހައިލެވުނެވެ. އެއާއިއެކު ހަމްނާ އެ ދެމީހުންނަށް ވަކިވަކިން ބަލައިލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“ތެދުތެދަށް ބުނަންޏާ….ދޮންތައާއި ދޮންތަބެ ގާތު ބުނަންޖެހޭ ވާހަކައެއް އެބައޮތް…” ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު ހަމްނާ ބުންޏެވެ.

 

ހިބާ ކޮން ވާހަކައެއްތޯ ސުވާލު ކުރުމުން ހަމްނާ އޭނައާއި ނައުފަލްގެ ވާހަކަ ކިޔައިދޭން ފެށިއެވެ. ނައުފަލާއި ރައްޓެހިވީ ވާހަކަ ބުނެލީ އެކަން ފޮރުވުނު ކަމަށްޓަކައި ދޮންތަ ގާތުން މަޢާފަށް ވެސް އެދެމުންނެވެ. އެއަށްފަހު އޭނަ ރަނގަޅު އެކުވެރިންނާއި ދިމާވެ އެ ގުޅުން ނިމުމަކަށް ގެންނަން ބޭނުންވި ގޮތްވެސް ހަމްނާ ތަފްޞީލުކޮށް ކިޔައިދިނެވެ. އެއަށްފަހު އިއްޔެ އޭނައާއި ނައުފަލާއި ދެމެދު ދެކެވުނު ވާހަކަތައް ވެސް ހަމްނާ ކިޔައިދިނެވެ.

 

“ހަމަ އެއްގޮތަކަށް ވެސް ނޭނގެ ނައުފަލް އެ ސުވާލު ކުރަންވީ ކީއްވެ ކަމެއް…ތަންކޮޅެއް ކުރިން ވެސް ނައުފަލް ދޮންތަބެއާއި ގުޅޭ ގޮތުން ބައިވަރު ސުވާލުތައް ކުރި. އޭރު އަހަރެން ނައުފަލްއާއި ވާހަކަ ދައްކަން ޑެސްޕަރޭޓްވެފަ ހުރި ވަރުން ދޮންތަބެ ގެ ވާހަކަތައް ކިޔައިދިނިން. އެކަމަކު ދޮންތަ އެހާ ވަރަށް ބުނެފަ އޮތީމަ މާ ގިނަ ތަފްޞީލެއް ނުދެން. އިސްމާޢީލް އީތަންއާއި ގުޅޭ ގޮތުން މުޅި ދުނިޔެއަށް އެނގޭނެ ވާހަކަތައް އަހަރެން ޙިއްސާ ކުރީ…އައިމް ރިއަލީ ސޮރީ ދޮންތާ އެންޑް ދޮންތަބޭ….އިއްޔެގަ ނައުފަލަށް ޙަޤީޤަތް ކިޔައިދެވިއްޖެހެން ހީވަނީ….” ހަމްނާ އިސްޖެހިފައި އިނދެ އަމިއްލަ ނަފްސު ކުށްވެރި ކުރާ ޙާލު ބުންޏެވެ.

 

ހަމްނާގެ އެ ހުރިހާ ވާހަކައެއް އިވުމަށްފަހު ހިބާގެ ހިތުގައި ހަމްނާއަށްޓަކައި ފަޚުރުވެރިކަމެއް އުފެދުނުއިރު ކަންބޮޑުވެސް ވިއެވެ. ފަޚުރުވެރިވީ ހަމްނާ ތައުބާވެ، ރަނގަޅު މަގަށް އެޅުނުކަން އެނގުންވުމުންނެވެ. ކަންބޮޑުވީ، މީހަކު ހަމްނާ މެދުވެރިވެގެން ދާރިސްގެ ޙަޤީޤަތް ހޯދަން އުޅުނީތީވެއެވެ. ހިބާއަށް ވަކި އެއްޗެކޭ ނުބުނެވުނީ އެކަމަށްޓަކައި ހިބާއަށް ހިސާބަކަށް އަމިއްލަ ނަފްސުވެސް ކުށްވެރި ކުރެވުނީތީވެއެވެ. މިހާ ދުވަސް ވަންދެން ދާރިސް އެދޭ ފަދައިން ދާރިސް ދުނިޔޭގައި ހުރިކަން ސިއްރެއްގެ ގޮތުގައި އޮވެފައި، އެކަން ފާޅުވާން އުޅެނީ ދާރިސް އޭނައާއި ގުޅުމުން ކަމަށް ޤަބޫލު ކުރެވުމުންނެވެ.

 

ހިބާއަށް ވަކި އެއްޗެކޭ ނުބުނެވި ވަގުތުކޮޅެއް ވޭތުވުމުން ދާރިސް ވާހަކަ ދެއްކިއެވެ.

 

“ތި ކުއްޖާގެ ފެމިލީ ހަމްއަށް އެނގޭތަ؟” ދާރިސް ސީރިއަސް ނަޒަރަކާއިއެކީ ސުވާލުކޮށްލުމުން ހަމްނާއާއިއެކީ ހިބާއަށް ވެސް ދާރިސްއާއި ދިމާލަށް ބަލައިލެވުނެވެ.

 

“ހަމްއަށް މާ ބޮޑަށް ނޭނގޭ. އެކަމަކު ނައުފަލާއި ރައްޓެހިވެގެން އުޅުނުއިރު އޭނަގެ ޕްރޮފައިލް ބެލީމަ އެނގުނީ ބައެއް ފެމިލީ މީހުންނަކީ މާލެއަށް ނިސްބަތްވާ މީހުންކަން. އެއްކަލަ ވަރަށް ފޭމަސް ބިޒްނަސް މޭންއެއް ހުރެއެއްނު؟ މިހާރު ހަނދާނެއް ނެތް އެމީހެއްގެ ނަމެއް. އެމީހާއަކީ ނައުފަލްގެ އަންކަލްއެއް ކަމަށް ޕްރޮފައިލްގަ އޮތީ….އަދި އެ ކޮމްޕެނީގަ ފަރީދުބެ ވޯކްކުރާ ޑިޕާޓްމެންޓްގެ މެނޭޖާރ އާސިފަކީ ނައުފަލްގެ ކަޒިންއެއް….”

 

ހަމްނާ މިފަހަރު ކިޔައިދިން ވާހަކައިން އިވުނު ނަމާއިއެކީ ދާރިސްއާއި ހިބާގެ ދެލޯ ބޮޑުވެގެން ދިޔަދިޔަހެން އެކަކު އަނެކަކަށް ބަލައިލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ދެމީހުން އަނެއްކާވެސް ހަމްނާއަށް ބަލައިލިއެވެ.

 

“އާސިފޭ؟” ހިބާއަށް ޙައިރާންކަމާއިއެކީ އަހައިލެވުނެވެ.

 

“ފަރީދުބެ ވޯކްކުރާ ކުންފުނީގެ މެނޭޖަރެއްދޯ؟ އާސިފްގެ ބައްޕައަކީ ކާކު؟ އާސިފްގެ މަންމަ ފަރާތުންތަ ނޫނީ ބައްޕަ ފަރާތުންތަ ނައުފަލް އާސިފާއި ތިމާގެއީ؟” ދާރިސް އެތައް ސުވާލެއް އެއްފަހަރާ ކުރީ ކަމެއް ދެނެގަންނަން އުޅޭ ފަދައަކުންނެވެ.

 

“ތި ހުރިހާ ޑީޓެއިލްއެއް ނޭނގޭ ދޮންތަބޭ….ހީވަނީ ނަބީހް ނޫނީ ސިޔާ ކައިރިން އަހައިލީމަ އެ މީހުންނަށް އެނގޭނެހެން. އާސިފަކީ ދޮންތަބެ ގެ ޙަޤީޤަތް ފޮރުވަން ކޮންމެހެން ޖެހޭ މީހެއްތަ؟” ހަމްނާ ދެރަވެފައި އިނދެ ސުވާލުކުރިއެވެ.

 

“އާސިފަކީ އެހެންނޫނަސް އިތުބާރު ކުރެވޭ ޒާތުގެ މީހެއްނޫން. އޭނަގެ ކައިރީގައި ތިބީ ކޮން ބައެއްކަން އެނގުނިއްޔާ އޭނައަށް ޙަޤީޤަތް އެނގުމުގެ ނުރައްކާތެރިކަން އެނގޭނީ….” ދާރިސް ދެ ފަރާތަށް ކަޅި ހިންގަމުން ވާހަކަ ދެއްކިއެވެ.

 

“އޮހް އައިމް ސޯ ސޮރީ ދޮންތަބޭ! އަދި އަހަރެން ޔަޤީން ކުރާނަން ނައުފަލަށް ޙަޤީޤަތް އެނގުނުތޯ ނުވަތަ ނޫންތޯ….އަދި އެ ކަޒިންއާއި ގުޅޭ އިތުރު އިންފޯ ވެސް ލިބޭތޯ ބަލާނަން އިން ޝާ ﷲ…” ހަމްނާ އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ.

 

“އިޓްސް އޯކޭ ހަމް….ހަމް ވެސް ސީދާސީދަލަށް ނުބުނަންދޯ ނައުފަލްގާތު ދޮންތަބެއަކީ އީތަންއޭ. ނައުފަލް އެ ސުވާލު ކުރީމަ ވެސް ނުބުނި ކަމަށްޓަކައި ޝުކުރުވެރިވަން…” ދާރިސް ބުންޏެވެ. އެއާއިއެކު ހަމްނާ އިސްޖަހައިލަމުން ބޯޖަހައިލި ހިނދު، ހިބާއަށް އެ ދެމީހުންނަށް ވަކިވަކިން ބަލައިލަމުން ލުއި ގޮތަކަށް ހިނިތުންވެލެވުނެވެ.

 

**

 

ދާރިސްގާތު ބުނި ފަދައިން ހިބާ އެދުވަހު ވެސް މުނީރާއާއި ބައްދަލުކުރަން ނިންމިއެވެ. އެ މަންމަ ދާރިސްއާއި ބައްދަލުކުރަން ކެތްމަދުވެފައިވާނެ މިންވަރު ހިތަށް ގެނެވުނީތީވެއެވެ. އެހެންކަމުން މާޒިންގެ ގޭގެ އެޑްރެހަކަށް ހިބާއަށް އިވިފައިވާ ގެއަށް ދިޔުމަށް ހިބާ ތައްޔާރުވެލީ، އެ ދުވަހު ހަވީރެވެ. ތައްޔާރުވަމުން ދިޔަ ވަގުތު އޭނަ ދަނީ ކޮން ތަނަކަށްކަން ދާރިސްއަށް ވެސް އެންގިއެވެ. އަދި ދާރިސް އޭނައާއި އެއްކޮށް ދާނަންތޯ ސުވާލުކުރިއެވެ. ދާރިސް އެންމެ ފުރަތަމަ އެ ވާހަކަ އިވުނު ފަހަރު ފަދައިން ކުޑަކޮށް ހުއްޓުން އެރިއެވެ. އަދި ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ހިބާ ދިޔަޔަސް އެންމެ ރަނގަޅުކަމަށް ބުނެލީ ހިބާއާއި ހަތަރުކަޅި ހަމަ ކުރުމެއް ނެތިއެވެ.

 

ހިބާ ގެއިން ނިކުމެ ސައިކަލުގައި ދަތުރު ފަށައިގެން އެހެން އަވަށެއްގައި ހުންނަ މުނީރާގެ ގެއަށް ދެވޭ ގޮތްވީ 15 ވަރަކަށް މިނެޓް ތެރޭގައެވެ. އެ ގެ ހުންނަތަން އެހެން މީހުން ކައިރިން އަހައިގެން ސާފުކުރަން ޖެހުނީތީވެސްމެއެވެ. 15 މިނެޓް ތެރޭގައި ހިބާ ގޮސް ސައިކަލު ޕާކުކޮށްލީ ދެ ބުރިއަށް ނަގާފައި ހުރި ތަނަވަސް ގެއެއްގެ ކުރިމައްޗަށެވެ. ހިބާ ސައިކަލުން ފައިބައިގެން ގޭގެ ހުޅުވިފައިވާ ގޭޓާއި ދިމާލަށް ދިޔައީ، ގޭގެ މަތީބައިން ފެންނަމުން ދިޔަ ބެލްކަންޏާއި، މުޅި ގޭގެ ފާރުތަކުން ފެންނަމުން ދިޔަ މަޑު މުށިކުލައަށް ނަޒަރެއް ދެމުންނެވެ.

 

އެންމެ ފަހުން ގޮސް ގޭގެ މައިދޮރާއި ހަމައަށް ދެވުމުން، އެ ދޮރުގެ ކައިރިން ފެނުނު ބެލް އަޅުވައިލަން އުޅުނު ތަނާހެން އެ ގޭގެ ކުރިމައްޗަށް ސައިކަލެއް މަޑުކުރި އަޑު އިވުނެވެ. އެ އަޑަށް ހިބާއަށް ފަސްއެނބުރި ބަލައިލެވުނެވެ. އެއާއިއެކު ސައިކަލުގައި އިން ޒުވާނާ ހިބާއަށް ފެނުނު ވަގުތަކީ އެ ޒުވާނާ ވެސް ހިބާއަށް ބަލައިލި ވަގުތެވެ. އެއާއިއެކު ހިބާ ކުޑަކޮށް ހުއްޓުން އަރާ ގޮތްވިއެވެ.

 

“ފަޒީން…” ހިބާއަށް އެ ނަން ކިޔައިލެވުނީ ހިތާހިތުންނެވެ. ހިބާ ފެނިފައި ފަޒީންގެ މޫނުމަތިން ފެނިގެން ދިޔައީ އޮޅުމެކެވެ.

 

“ހިބާތަ؟ ހިބާ ކީއްކުރަން މި ގެއަށް އައިސްގެން ތިއުޅެނީ؟” ފަޒީން އެހިއެވެ.

 

“މި….މިއީ އަހަރެން ކިޔަވައިދޭ ކުއްޖެއްގެ ގެއެއް. އެ ކުއްޖާގެ ބެލެނިވެރިޔާއާއި ކުޑަކޮށް ބައްދަލުކޮށްލަން މި އައީ..” ހިބާ ހިސާބެއްގެ ޖެހިލުންވުމަކާއިއެކީ ބުންޏެވެ.

 

“އާހް! މި ޒަމާނުގަ އުޅޭ ޓީޗަރުން ގޭގެއަށް ވެސް ގޮސް އުޅޭދޯ؟ އެންމެ ރަނގަޅުތާ….ކޮންމެހެން ތީނައާއި ވާހަކަ ދައްކާކަށް ނޫން މި އައީ. މި ސިޓީ އުރަ މި ގޭގަ އުޅޭ އަންހެން މީހާއަށް ދީ….އޭނަގެ ސޫރަ ދެކެން މަ ކޮންމެހެން ބޭނުމެއްނޫން.” ފަޒީން ސައިކަލުން ފޭބުމަށްފަހު މަޑީގެ ދަށުން ސިޓީ އުރައެއް ނަގައި ހިބާއަށް ދެއްކިއެވެ. އަދި ހިބާއަށް އޭތި ހޯދަން ނުވެސް ދެވެނީސް ސިޓީ އުރަ ބިންމައްޗަށް އުކައިލިއެވެ. އެއާއިއެކު ހުއްޓުންއެރި ހިބާ ނުރުހުންތެރިކަމާއިއެކީ ފަޒީނަށް ބަލައިލި ވަގުތު ފަޒީން އޭނައަށް ބެލުމެއްވެސް ނެތި ސައިކަލަށް އަރައި ދުއްވައިލީއެވެ.

 

ހިބާ ލަސްލަހުން ގޮސް ބިންމަތީގައި އޮތް އެ ސިޓީއުރަ ނެގިއެވެ. ހުޅުވިފައިވާ އެ ސިޓީ އުރައިން ނިކުމެފައިވާ އެއްޗެއް ފެނިފައި ހިބާގެ ދެބުމަ ކައިރިވިއެވެ.

 

ނުނިމޭ

The post ދާރިސް (ފަންސާސްހަތަރުވަނަ ބައި) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a7%de%90%de%b0%de%80%de%a6%de%8c%de%a6%de%83%de%aa%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/feed/ 7 3167
ދާރިސް (ފަންސާސްތިންވަނަ ބައި) https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a7%de%90%de%b0%de%8c%de%a8%de%82%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/?utm_source=rss&utm_medium=rss&utm_campaign=%25de%258b%25de%25a7%25de%2583%25de%25a8%25de%2590%25de%25b0-%25de%258a%25de%25a6%25de%2582%25de%25b0%25de%2590%25de%25a7%25de%2590%25de%25b0%25de%258c%25de%25a8%25de%2582%25de%25b0%25de%2588%25de%25a6%25de%2582%25de%25a6-%25de%2584%25de%25a6%25de%2587%25de%25a8 https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a7%de%90%de%b0%de%8c%de%a8%de%82%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/#comments Mon, 24 Jan 2022 17:06:31 +0000 https://blog.storiesbyjana.com/?p=3162

“މިއީ ކާކުތަ މަންމާ؟” ކޮޓަރީގެ އެނދުމަތީގައި ފޮޓޯގަނޑަކަށް ބަލަހައްޓައިގެން އިން މުނީރާ ކުރެން އެ ސުވާލުކޮށްލީ މާޒިންއެވެ. އެ ފޮޓޯގަނޑުގައިވީ ދާރިސް ކުޑައިރު ބައިވެރިވި ސައިންސް ފެއާރގެ ތެރެއިން ހެދި ލެޕްޓޮޕް ހިފަހައްޓައިގެން ހުރި މަންޒަރެވެ.   “މިއީ….ދަރިފުޅުގެ ބޭބެއެއް..” މުނީރާ އެންމެ ފުރަތަމަ ފޮޓޯ ފޮރުވައި މާޒިންއަށް ފޮރުވަން އުޅެފައިވެސް ބުނެލިއެވެ. އެއީ މާޒިންއަށް ދާރިސްގެ ފޮޓޯ ފެނުނު ފުރަތަމަ ފަހަރެވެ. މި ހުރިހާ އަހަރު ވަންދެން އޭނަ މާޒިން ހުންނަ ވަގުތުތަކުގައި އެ ފޮޓޯތައް […]

The post ދާރިސް (ފަންސާސްތިންވަނަ ބައި) appeared first on Stories by Jana.

]]>

“މިއީ ކާކުތަ މަންމާ؟” ކޮޓަރީގެ އެނދުމަތީގައި ފޮޓޯގަނޑަކަށް ބަލަހައްޓައިގެން އިން މުނީރާ ކުރެން އެ ސުވާލުކޮށްލީ މާޒިންއެވެ. އެ ފޮޓޯގަނޑުގައިވީ ދާރިސް ކުޑައިރު ބައިވެރިވި ސައިންސް ފެއާރގެ ތެރެއިން ހެދި ލެޕްޓޮޕް ހިފަހައްޓައިގެން ހުރި މަންޒަރެވެ.

 

“މިއީ….ދަރިފުޅުގެ ބޭބެއެއް..” މުނީރާ އެންމެ ފުރަތަމަ ފޮޓޯ ފޮރުވައި މާޒިންއަށް ފޮރުވަން އުޅެފައިވެސް ބުނެލިއެވެ. އެއީ މާޒިންއަށް ދާރިސްގެ ފޮޓޯ ފެނުނު ފުރަތަމަ ފަހަރެވެ. މި ހުރިހާ އަހަރު ވަންދެން އޭނަ މާޒިން ހުންނަ ވަގުތުތަކުގައި އެ ފޮޓޯތައް ނުނަގަން ސަމާލުކަން ދީފައިވެއެވެ. މާޒިންއަށް މާޒިންގެ ބޭބެއެއް ހުންނަކަން އެނގި އެކަމާއި ގުޅޭ ސުވާލުތައް އިތުރުވާން ފަށައިފިނަމަ އޭގެ ނަތީޖާ ނިކުމެދާނެ ގޮތުގެ ބިރު ހީވުމުންނެވެ.

 

އެހެނަސް އެދުވަހު މާޒިންއަށް ޙަޤީޤަތް ފާޅުކުރަން ބޭނުންވީ، މާޒިން ވެސް މުޅި ޢުމުރު ދުވަހު އަނދިރީގައި ނުބެހެއްޓޭނެކަން ދަނެގެންނެވެ. ދާރިސް އެއްޒަމާނެއްގައި އުޅުނު ރަށަކަށް ބަދަލުވި ފަހުން، ދާރިސް އާއިމެދު ނުވިސްނަން މުނީރާއަށް އެހެންނޫނަސް ދަތިވެފައިވެއެވެ. ކަން މިހެން އޮތްވާ މާޒިންގާތު ވިޔަސް ދާރިސްގެ ވާހަކަ ދައްކަން މުނީރާގެ ހިތުގައި އެދުމެއްވިއެވެ.

 

“ބޭބެއޭ؟ މާޒިން ހީކުރީ މާޒިންގެ ބްރަދާރއެއް ނުހުންނަކަމަށް.” މާޒިން ދެލޯ ބޮޑުކޮށްފައި ޙައިރާންކަމާއިއެކީ ސުވާލުކުރިއެވެ.

 

“ސޮރީ މާޒިން. މަންމައަށް ކުރިން ނުބުނެވި ހުރީ. މާޒިންގެ ބޭބެއެއް ހުރޭ. މިހާރު އެ ބޭބެއަށް 27 ޔިއާރސް ވެދާނެ.” މުނީރާ މާޒިން އޭނަގެ ކައިރީގައި ބައިންދައިގެން އިނދެ ލޯތްބާއިއެކީ ކިޔައިދިނެވެ.

 

“ވާވް! ހާދަ އޯލްޑް ބޭބެއެކޭ! އެ ބޭބެ ކޮބައިތަ؟” މާޒިން ޖޯޝާއިއެކީ ސުވާލުކުރިއެވެ. އެއާއިއެކު މުނީރާ ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“ނޭނގެ އެ ބޭބެ ވީ ތަނެއް ދަރިފުޅު….އެ ބޭބެއާއި ބައްދަލުވިއްޔާ ކޮއްކޮއަށް އެނގޭނެ. ކޮއްކޮ ގޮތަށް ވަރަށް ސްމާޓްވެފަ އިންޓެލިޖެންޓްވާނެ.” މުނީރާ ހިނިތުންވުމަކާއިއެކީ ކިޔައިދިނެވެ.

 

“މްމް….ފޮޓޯއިން ވެސް އެބަ އެނގޭ. މިއީ އެ ބޭބެ އަމިއްލައަށް ހެދި ލެޕްޓޮޕެއްތަ؟” މާޒިން އަނެއްކާވެސް ފޮޓޯއަށް ބަލައިލަމުން އެހިއެވެ.

 

“ލައްބަ….އަދި އެނގޭތަ؟ އެ ބޭބެ މި ސައިންސް ފެއާރއަށް ފުރަތަމަ ޚިޔާލުކުރީ ރޮބޮޓެއް ހަދަން. ބަލާބަލަ…..މިއީ އެ ބޭބެ ތައްޔާރުކުރި ކުރެހުމެއް…” މުނީރާ އަރިމަތީ މޭޒުގެ ހުޅުވިފައިވާ ވަތްގަނޑަށް އަތްދިއްކުރަމުން ގަނޑެއް ނަގައި މާޒިންގެ އަތަށް ލައިދިނެވެ. މާޒިން އެ ގަނޑު ބަލައި މަތިމަތިން ކިޔައިލުމާއިއެކު މާޒިންގެ ލޯ ބޮޑުވިއެވެ.

 

“ވާވް!!! ދިސް އިޒް އަމޭޒިންގް! އެ ބޭބެ މި ރޮބޮޓް ހަދާފަތަ މިހާރު ހުންނާނީ؟؟” މާޒިން ކެތްމަދުވެގެން އުޅޭ ފަދައަކުން ސުވާލުކުރިއެވެ.

 

“ހެހެ….ތިއެއްވެސް ނޭނގެ މާޒިން.”

 

“އަޅޭ!!! އައި ވޯންޓް ޓު މީޓް ހިމް!”

 

މާޒިން އެ ގަނޑަށް ބަލަން ތުން އޫކޮށްގެން އިނދެ އެދުވަހު ބުނެފައިވެއެވެ. ސްކޫލްގައި ބާއްވަން އުޅޭ ސައިންސް އެންޑް ޓެކްނޮލޮޖީ ފެއާރގެ ވާހަކަ އިވިގެން ދިޔައީ އޭގެ ހަފްތާތަކެއް ފަހުންނެވެ. މުނީރާއަށް އަނެއްކާވެސް މާޒިންގެ ދުލުން ދާރިސްގެ ވާހަކަ އިވިގެން ދިޔައީ، ފެއާރގެ ވާހަކަ މާޒިން އޭނަގާތު ފުރަތަމަ ބުނި ފަހަރެވެ.

 

“މާޒިން ބޭނުމީ އެއްކަލަ ބޭބެ ގޮތަށް ރޮބޮޓެއް ހަދަން މަންމާ. މާޒިންގެ އަމިއްލަ ޑިޒައިނަކަށް.”

 

މާޒިން އެ ވާހަކަ ބުނުމުން މުނީރާ ހިނިތުންވުމެއް ދައްކައިލިއެއްކަމަކު އެވަގުތު އަރުތެރެ ބެދުނީ ހިތަށް ލިބުނު ދަތިކަމެއްގެ ސަބަބުންނެވެ. މާޒިން ބޮޑުވަމުންދާ ވަރަކަށް އެ މިޒާޖު ދާރިސްއާއި އެއްގޮތްވަމުން ދިޔަ ގޮތުން، ދާރިސްގެ ހަނދާން އާވެ ހިތަށް ކެކުޅުން ލިބުނީއެވެ.

 

މާޒިންގެ އެ އެދުން ފުރިހަމަކޮށްދޭން މުނީރާ ކިތަންމެހާ ވެސް ބޭނުންވިއެވެ. އެހެނަސް ވަގުތު ކުޑަތަންވެފައި، މާޒިން އެ ބުނާ ޕްރޮޖެކްޓަކަށް ބޭނުންވާނެ ތަކެތި ހޯދުމަކީ ނުވާނެ ކަމެއްކަން އެނގިގެން، ހިބާގެ އެހީ ހޯދިއެވެ. ހިބާގެ ފިރިމީހާގެ އެހީ މާޒިންއަށް ލިބޭނެ ކަމަށް އިވުމުން މުނީރާ އެއަށް އެއްބަސްވީ ވަކި މާ ބޮޑު ވިސްނުމެއް ނެތިއެވެ. އިސްމާޢީލް އީތަން އަކީ ޓެކްނޮލޮޖީގެ ދާއިރާގައި ފުންނާބު އުސް ބޭފުޅެއްކަން މީޑިއާތަކުން އިވިފައި ވިޔަސް، މުނީރާ މާ ބޮޑަށް ޝަޚްޞިއްޔަތާއިމެދު ހޯދާފައެއް ނުވެއެވެ. އަމިއްލަ މަސައްކަތް ބުރަވުމުގެ ސަބަބުން އިސްމާޢީލް އީތަންގެ ފޮޓޯއަކަށް ވެސް މުނީރާއަށް ރަނގަޅަށް ބެލިފައެއްނެތެވެ. އެކަން މުނީރާއަށް މުހިންމު ކަމަކަށް ވެސް ނުވީއެވެ.

 

މިކަން ބަދަލުވެގެން ދިޔައީ، މާޒިން ހިބާމެންގެ ގެއަށް ދިޔަ ފުރަތަމަ ދުވަހުގެ ރޭ، ކެއުމުގެ ތެރެއިން މާޒިން ބުނެލި ވާހަކައަކުންނެވެ.

 

“މަންމާ މިއަދު މާޒިން ޑޯޑޯ ދުށިން…” މާޒިން ނުހަނު އުފަލުން އިނދެ ބުނެލި ވާހަކައަށް މުނީރާވެސް ހިނިތުންވެލަން އުޅުނެއްކަމަކު، ކަމެއް އެނގުންވުމުން ދެލޯ ބޮޑުވިއެވެ.

 

“ކޮން ތަނަކުންތަ ދަރިފުޅަށް ފެނުނީ؟!” އަވަސްއަވަހަށް މުނީރާއަށް އަހައިލެވުނެވެ.

 

“ހިބާ މިސްމެން ގޭގަ ހުރީ. ހީވަނީ އެއީ އީތަން ސާރ ހަދާފަ ހުރި ރޮބޮޓެއްހެން.”

 

މާޒިން ދިން ޖަވާބުން މުނީރާގެ ދެބުމަ ކައިރިވިއެވެ. އޭނަގެ ދަރިފުޅުގެ އުފެއްދުންތެރިކަން އެހެން މީހަކު ވަގަށް ނެގީތޯ ފުރަތަމަ ސިކުންތުގައި ހިތަށްއެރިއެވެ. އެހެނަސް މާޒިން އެ ބުނާ މީހަކީ ވެސް އޭނަގެ ދަރިފުޅަށްވުން ގާތްކަމަށް ހިތް ބުނުމާއިއެކު އެ ވަގުތުން ވަގުތަށް ވެސް ގޭގެ ކޮމްޕިއުޓަރު ކައިރިއަށް ދެވުނީ، އެ ބުނާ އީތަން ސާރގެ ފޮޓޯ ބޮޑުކޮށް ފެނޭތޯއެވެ.

 

ކޮމްޕިއުޓަރުން ވިންޓޭޖް ޓެކްނޮލޮޖީސްގެ ސައިޓަށް ވަދެ، އިސްމާޢީލް އީތަންގެ އިންޓަވިއުއެއް ތަފްޞީލު ކުރެވިފައިވި އާޓިކަލްއެއް ހުޅުވައި، އޭގައި ހުރި ފޮޓޯ ބޮޑުކޮށްލި ހިނދު މުނީރާގެ މެއަށް ލޮޅުމެއް އައެވެ. އެއީ އޭނަ އެ ފޮޓޯ ބަލަން އައީ ކޮން އިޙްސާސްތަކާއި ހެދި ކަމެއް ނޫނީ އޭނައަށް ހީވާ ހީވުން ޔަޤީންވީމަ ކަމެއް ނޭނގުނެވެ. އެއްފަރާތަށް ނަޒަރު ހުއްޓައިގެން ހިނިތުންވުމަކާއިއެކީ އިސްމާޢީލް އީތަން ހުރި ފޮޓޯއަށް ބަލަން އިންއިންހެން މުނީރާގެ ލޯ ކަރުނުން ފުސްވީ، އެއްވެގެން ދިޔަ ޖަޒުބާތުތަކެއްގެ ސަބަބުންނެވެ. ކޮންމެ ދުވަހަކު އޭނަ ދާރިސް ބޮޑުވެފައިވާނެ މިންވަރު އަންދާޒާކޮށް ލޮލަށް ސިފަކުރާ ސޫރައާއި އެ ފޮޓޯއާއި ވައްތަރުވުމުން ހިތަށް އުފަލެއް ލިބުނެވެ. ހަމަ އެއާއިއެކު އެތައް ފަހަރެއްގެ މަތިން އޭނައަށް ތަޖުރިބާ ކުރެވިފައިވާ ފަދައިން، މި ފަހަރު ވެސް ދާރިސް ފެނިއްޖެހެން ހީވެ، އެ ހީވުން ގޯސް ހީވުމަކަށް ވެދާނެކަމުގެ ބިރު ހީވިއެވެ. އަދި އަމުދުން އޭނަގެ ދަރިފުޅު ދުނިޔޭގައި ހުރިނަމަ، މި ހުރިހާ ދުވަސްވަންދެން އޭނަ އެ ދަރިފުޅުގެ ކައިރިއަށް ދިޔަޔަސް، އެ ދަރިފުޅު އޭނައަށް ނަފްރަތު ކުރާނެ ކަމުގެ ހިތްދަތި ޚިޔާލުވެސް ކުރެވުނެވެ.

 

އެ ޚިޔާލުތަކާއި އެކީ ވެސް އެ ދުވަސްފަހުން މުނީރާ ހިބާމެންގެ ގެއަށް ދަނީ ދާ ހިތުންނެވެ. އޭގެ އަނެއް ދުވަހު އެގެއަށް ގޮސް ކާރުން ފައިބަން ވެސް ހިތަށްއެރިއެވެ. އެހެނަސް އެހެން ހެދުމަށް އޭނައަށް ހުރަސް އެޅީވެސް ޚުދު އޭނަގެ އިޙްސާސްތަކެވެ. މާޒިން ނުނިކުމެގެން އެގޭގެ ބޭރުގައި މަޑުކުރަން ޖެހުނު ދުވަހުވެސް ފައިބަން ނުކެރުނީ ހަމަ އެހެންވެއެވެ. އޭނަ ނުފޭބިޔަސް އޭގެތެރެއިން އެންމެ ދުވަހަކުވެސް މާޒިންގެ އީތަން ސާރ ގެއިން ބޭރަށް ނިކުމެލާނެކަމަށް މުނީރާއަށް ހީކުރެވުނެވެ. އެހެނަސް މާޒިންގެ ޕްރޮޖެކްޓު ނިމުމަކަށް އައިއިރު ވެސް މުނީރާގެ އުއްމީދު ފުރިހަމައެއް ނުވިއެވެ.

 

އެހެންކަމުން މާޒިންމެންގެ ސައިންސް އެންޑް ޓެކްނޮލޮޖީ ފެއާރއަކީ، މުނީރާ ވެސް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރި ފެއާރއަކަށްވިއެވެ. އެ ފެއާރގެ ޝަރަފުވެރި މެހުމާނަކީ އިސްމާޢީލް އީތަންކަން ތުންތުންމަތިން އޭނައަށް އެނގިފައިވުމުންނެވެ. އީތަންއަކީ ދާރިސްއަށް ވިޔަސް އަދި ނުވިޔަސް، މުނީރާ އީތަންގެ ސޫރަ ދެކިލަން ބޭނުންވިއެވެ. ހަމަ ލޮލަށް އެ ސޫރަ ފެނުމުން ފޮޓޯއިން ފާހަގަނުވާ ތަފްޞީލެއް އޭނައަށް ފެނިދާނެކަމުގެ އުއްމީދުގައެވެ. އަދި އޭނައަށް ހީވާ ހީވުމަށް ވަކި ނިންމުމެއް ނިންމިދާނެ ކަމުގެ އުއްމީދުގައި ވެސްމެއެވެ.

 

މުނީރާ ސްކޫލަށް ދިޔައިރު ފެއާރ ފެށިފައިވުމުން މުނީރާ ހިސާބަކަށް ހިތްދަތިވާ ގޮތްވިއެވެ. ޢާއްމުގޮތެއްގައި ޝަރަފުވެރި މެހުމާނު ވާހަކަ ދައްކާނީ އެފަދަ ޙަފްލާތަކުގެ ކުރީކޮޅުގައިކަން މުނީރާއަށް ވެސް އެނގޭތީވެއެވެ. އެއަށްފަހު ޙަފްލާގެ ވަކި ހިސާބަކުން އެ މެހުމާނު ވަކި މަޑުކުރުމެއްނެތި އެތަނުން ދާނެކަން އެނގޭތީވެސްމެއެވެ.

 

އެދުވަހު އޭނައަށް އީތަން ނުފެނިދާނެކަމަށް ހީވި ހީވުމާއިއެކު މުނީރާ ސްކޫލަށް ވަދެގެން ދިޔައީ، ހިބާއަށް ހިސާބަކަށް ނުރުހުންވެ ހުރެއެވެ. މުނީރާ ވަނީ މާޒިން ގޮވައިގެން އެ ފެއާރ ފެށޭ ގަޑީގެ މިނެޓްތަކެއް ކުރިން ސްކޫލަށް ހާޒިރުވެފައެވެ. އެހެނަސް ހިބާ އޭނަ ފޮނުވައިލީ، ފެއާރ ފެށޭތާ އިރުކޮޅެއް ފަހުން އައުމަށް ބުނަމުންނެވެ. މަންމަ ސްކޫލްގައި ހުރެއްޖެނަމަ މީހުން ގިނަވުމުން މާޒިން މާ އަވަހަށް ގެއަށްދާން ބޭނުންވެދާނެކަމަށް ބުނަމުންނެވެ. މުނީރާ އެ ވާހަކައާއި ދެކޮޅު ހެދިއެއްކަމަކު ހިބާ އެއްބަހެއް ނުވިއެވެ. ފުރަތަމަ ފަހަރަށް ހިބާގެ ފަރާތުން އެފަދަ މިޒާޖެއް ފެނުމުން މުނީރާ ޙައިރާންވާހާވެސްވިއެވެ.

 

މުނީރާ އެ ފެއާރގައި މާޒިންއަށް ކަނޑައެޅިފައި އޮތް ކުލާހުގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ނަޒަރެއް ދިނީ އެ ޚިޔާލުތަކާއި އެކީއެވެ. އެތެރެއިން އެންމެ ފުރަތަމަ ވެސް އޭނަގެ ނަޒަރު ހުއްޓުނީ މޭޒެއްގެ ކައިރީގައި ހުއްޓިހުރި މާޒިންއަށެވެ. އެއަށްފަހު މާޒިންގެ ނަޒަރު އަމާޒުވެފައިވި ރޮބޮޓަށެވެ. މާޒިން އުފަލުން ހުރިތަން ފެނި، ހުރިހާ ފިކުރެއްގެ މަތިން ހަނދާން ނެތިގެން ދިޔަ މުނީރާއަށް ދެން ބަލައިލެވުނީ، މާޒިންއަށް ތަޢުރީފުކުރަމުން ދިޔަ ހިބާއަށެވެ.

 

ހިބާގެ ކައިރީގައި އޭނައަށް ފަސްދީގެން ހުއްޓިހުރި ޒުވާނާއާއި ދިމާލަށް މުނީރާއަށް ބެލުނީ އެއަށްފަހުއެވެ. އެހެނަސް މުނީރާ އެ ޒުވާނާއަށް މާ ބޮޑު ސަމާލުކަމެއް ނުދީ، އަނެއްކާވެސް މާޒިންއަށް ނަޒަރު ހުއްޓައިލަމުން ކުލާހުގެ ދޮރު ލައްޕައިލުމަށްފަހު ވަދެގެން ދިޔައީ، އެ ޒުވާނާއަކީ އެހެން ކުއްޖެއްގެ ބެލެނިވެރިއެއް ކަމަށް ހީކުރަމުންނެވެ. އެމީހަކު ދިގު ކޯޓެއް ލައިގެން ހުރުމުން ހިސާބަކަށް އަޖާއިބުވިޔަސް، އެއީ އޭނައާއި ބެހޭކަމެއް ނޫންކަމަށް ބަލަމުން މުނީރާ ވާހަކަ ދެއްކިއެވެ.

 

“ދަރިފުޅުގެ ޕްރޮޖެކްޓް މަސައްކަތް އެބަކުރޭދޯ؟” މުނީރާ އުފާވެރި ހިނިތުންވުމަކާއިއެކީ އެ ސުވާލުކޮށްލީ، މާޒިންއަށް އޭނަގެ ހުރިހާ ސަމާލުކަމެއް ދެމުންނެވެ. އޭނަ އެ ސުވާލުކޮށްލުމާއިއެކު މާޒިން ވާހަކަ ދެއްކިއެވެ.

 

“ލައްބަ މަންމާ! ބަލާބަލަ! ރީތިދޯ؟” މާޒިން ދުވަމުން ދިޔަ އޭނަގެ ރޮބޮޓަށް ޢިޝާރާތްކުރަމުން ޖޯޝާއިއެކީ ބުންޏެވެ. މުނީރާ އެ ބަސްތަކަށް ބޯޖަހައިލަމުން ލުއި ހީލުމަކާއިއެކީ ހިބާއަށް ބަލައިލި ހިނދު، ހިބާގެ ސީރިއަސް ނަޒަރު ހުއްޓިފައިވީ ހިބާގެ ކައިރީގައި ހުއްޓިހުރި ޒުވާނާއަށެވެ.

 

އެއާއިއެކު މުނީރާއަށް ވެސް ހިސާބެއްގެ ޙައިރާންކަމާއިއެކީ އެ ދިމާލަށް ބަލައިލެވުނެވެ. އެވަގުތު އެ ޒުވާނާ ވެސް ލަސްލަހުން އޭނައާއި ދިމާލަށް މުޅިންހެން އެނބުރި ބަލައިލަނީއެވެ. އެ ސޫރަ ނުހަނު ގާތުން ފެނިގެން ދިޔަތަނާހެން މުނީރާގެ ހިނިތުންވުން ފިލައިދިޔައީ، ހިތުގެ ތެޅުމަށް ހުއްޓުމެއް އައިހެން ހީވުމުންނެވެ. އެ ސޫރަ ފެނުނު ފުރަތަމަ ފަޅި ސިކުންތުގައި މިއީ މި ޙަފްލާގެ ޝަރަފުވެރި މެހުމާނުކަން އެނގުންވިއެވެ. އެހެނަސް އޭނަގެ ހިތަށް ވެރިވީ އެ މެހުމާނުގެ ނަމަކަށް އޭނައަށް އިވުނު ނަމެއް ނޫނެވެ.

 

އޭނަ ފެނިފައި އެ މޫނުމަތިން ފެނިގެން ދިޔަ އަސަރުން އެއީ ކާކުކަން ނަގައިގަންނަން މުނީރާއަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. އޭނައަށް ބަލަން ހުރިހުރިހެން އެ ގަދަ ބުމަ މައްޗަށް އަރައިގެން ދިޔަ ގޮތުންނާއި، ލޯ ހަނިވެފައިވި ގޮތުން އެ ޒުވާނާގެ ހިތް އަސަރުން ފުރި ރޮވެން ކައިރިވަނީކަން އެނގުންވިއެވެ. އެހިނދު މުނީރާއަށް އެތަނުން ފެނުނީ އޭނައަށްވުރެ ވެސް އިސްކޮޅުން ދިގު ޒުވާނާއެއް ނޫނެވެ. މުނީރާއަށް ފެނުނީ އެތައް އަހަރެއް ވަންދެން އޭނަ ފެނޭތޯ މަސައްކަތް ކުރި އޭނަގެ އަލަތު ދަރިފުޅެވެ.

 

“ދާރިސް؟” ޔަޤީންކަމާއިއެކީ އެ ނަން ކިޔައިލަން ބޭނުންވިއެއްކަމަކު، އަޑަށް ސުވާލުގެ ރާގެއް ގެނެވުނީ ހިތަށް ލިބެން އުޅުނު އުފާވެރިކަން ޤަބޫލުކުރަން ވެސް ދަތިވުމުންނެވެ.

 

މުނީރާގެ އެ ބަސް އިވިފައި ދާރިސްއަށް ލިބިގެން ދިޔަ ޝޮކު އެތާ ތިބި މީހުންގެ ތެރެއިން އެކަކަށްވެސް ސިއްރެއް ނުވިއެވެ. އިސާހިތަކު އެ ދެލޯ ބޮޑުވެގެން ދިޔަހެން ދާރިސް މުޅިން ގަނޑުވާ ގޮތްވިއެވެ. އެ މަންޒަރު ފެނި ކަންބޮޑުވެގެން ދިޔަ މުނީރާ ކުރިއަށް ޖެހިލަމުން އަނެއްކާވެސް ދާރިސްގެ ނަމުން ގޮވައިލިއެވެ. އެހެނަސް ދާރިސް ފަހަތަށް ފިޔަވަޅެއް އަޅައިލަމުން އިސްޖަހައިލިއެވެ. އެއާއިއެކު ދާރިސްގެ ކަޅި އަވަސްއަވަހަށް ދެ ފަރާތަށް ހިންގެން ފެށިއިރު ލޮލުން ކަރުނަ ހިލިފައިވިއެވެ.

 

ދާރިސްއަށް ވަމުން ދިޔަ ގޮތް ފެނި، ހިބާ ދާރިސްއަށް ގޮވައިލަން އުޅުނު ތަނާހެން ދާރިސް އެތަނުން ދާން ހިނގައިގަތެވެ. އެއާއިއެކު ހިބާއަށް އިޚްތިޔާރަކާއި ނުލައި ބާރަށް ދާރިސްއަށް ގޮވައިލެވުނެއްކަމަކު ދާރިސް ފަސް ބަލައިލުމެއްވެސް ނެތި އެ ކުލާހުން ނިކުމެގެން ދިޔައީއެވެ.

 

ކުލާހުން ނިކުތް ދާރިސްގެ މިޞްރާބު ހުރީ ސްކޫލްގެ ގޭޓާއި ދިމާލަށެވެ. ބާރު ހިނގުމެއްގައި އޭނަ ސްކޫލުން ނިކުންނަމުންދާ ތަން ފެނި، ގިނަ ބައެއްގެ ނަޒަރު އޭނައަށް އަމާޒުވާތަން އެނގުނެއްކަމަކު، އެއަށް ސަމާލުކަމެއް ދެވޭހާ ވަރަށްވުރެ އޭނަގެ ހިތާއި ސިކުނޑީގައި އުފެދިފައިވި ހައިޖާން ބޮޑެވެ. އެދުވަހުގެ އެ ވަގުތުގައި އުޑުމަތި ބަނަވެ ހިސާބަކަށް ގަދަވެގެން ދިޔަ ވައިން އެ ހައިޖާން ސިފަކޮށްދޭން އުޅުނު ފަދައެވެ.

 

ސްކޫލުން ނިކުތް ގޮތަށް ދާރިސް އެރީ، އޭނަ އެދުވަހު ހިބާއާއިއެކީ ސްކޫލަށް އައުމަށް ހިބާ ދަންނަ ބޭބެއަކު ދިން ކާރަށެވެ. ކާރަށް އެރުމާއިއެކު ދާރިސް މަޑުވެސް ނުކޮށް ކާރު ސްޓާޓްކޮށްލަމުން ދުއްވައިލީ، އޭނަގެ ޚިޔާލުތަކުން ދުރުވެވޭތޯއެވެ. އެހެނަސް އެއިން ދާރިސްއަށް ލިބުނު އެހީއެއްނެތެވެ.

 

ގެއަށް ވަދެގެން ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕައިލުމަށްފަހު އިތުރަށް ދާނެ ދިމާލެއް ނުފެނުމުން، ދާރިސް ފުން ނޭވާތަކެއް ލަމުން ޚިޔާލުކުރީ އެނދުގައި އިށީނުމަށެވެ. އެހެނަސް ރަނގަޅަށް ވިސްނަން އެވަގުތު ނުކުޅެދިފައިވުމުން އިށީނދެވުނީ، އެނދުގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ފާރު ކައިރިން ބިންމަތީގައެވެ. އޭނަގެ ތެރަޕިސްޓް ބުނެފައިވާ ފަދައިން އެފަދަ ޙާލަތެއްގައި ފުން ނޭވާތަކެއް ލަމުން ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅޭ ގޮތްވިއެވެ.

 

އެހެނަސް އެވަގުތު ކުއްލި ގޮތަކަށް ވެހެން ފެށި ވާރޭގެ އަޑާއިއެކީ ގުގުރީގެ އަޑު އިވިގެން ދިޔުމުން ދާރިސްގެ ނޭވާ ހުއްޓުމަކަށް އައެވެ. އެ އަޑުން ގުގުރީގެ އަޑު އޭނައަށް އެންމެ ފުރަތަމަ އިވުނު ކަމަށް ޤަބޫލުކުރެވޭ ދުވަސް ހަނދާނަށް ވެރިވެގެން ދިޔުމުންނެވެ. އެންމެ 5 އަހަރުގައި އޭނައަށް ގުގުރީގެ އަޑު އިވިގެން ދިޔައީ ގޭގެ ބެލްކަނީގައި ބޯޅަ ކުޅެން ހުއްޓާއެވެ. ފެނުނު ވިދުމާއިއެކީ އިވިގެން ދިޔަ އަޑުން ދާރިސްއަށް ވަގުތުން ބޯޅަ ދޫކޮށް، ކަންފަތުގައި ދެ އަތް އަޅައިލަމުން ރޮވެން ފެށުނެވެ. ރޯން ފެށިތާ މާ ގިނައިރެއް ނުވެ ފަހަތުން އައިސް އޭނަގެ ގައިގައި ބައްދައިލަމުން އެތެރެއަށް ގެންގޮސް ހަމައަކަށް އެޅުވީ މަންމައެވެ.

 

އެ މަންޒަރު ލޮލަށް ސިފަވެގެން ދިޔަދިޔަހެން މަންމަގެ އެ ބައްދައިލުމުގެ އިޙްސާސް ކުރެވުނުހެން ވެސް ދާރިސްއަށް ހީވިއެވެ. އެއާއިއެކު އަނެއްކާވެސް ދާރިސްގެ ލޮލުން ކަރުނަ ހިލުނެވެ. ކިތަންމެ ބޭނުމެއް ނުވިޔަސް މާ ގިނައިރެއް ނުވެ އެ ކަރުނަތައް އޭގެ މަޤާމް ދޫކޮށް ދާރިސްގެ ކޯތާފަތްމައްޗަށް ފޭބިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ދާރިސްގެ ގިސްލުމުގެ އަޑު އެ ކޮޓަރި ތެރޭގައި ހިފައިލިއެވެ.

 

**

 

ވިއްސާރަވުމުގެ ސަބަބުން ހިބާއަށް ގެއަށް އާދެވޭ ގޮތްވީ، ދާރިސް ގެއަށް އައިތާ ގަޑިއިރެއްހާއިރު ފަހުންނެވެ. ހިބާ ބޭނުންވިނަމަ ވިއްސާރަ ވިޔަސް އަދި ފެއާރ ނުނިމުނަސް ކޮންމެވެސް ގޮތެއް ހޯދައިގެން ގެއަށް އައީހެވެ. އެހެނަސް އެހެން ނެހެދީ، ދާރިސްއަށް އެކަނިވާން ވަގުތު ވެސް ދިނުމަށެވެ. ދާރިސްއަށް އެ ވަގުތު ބޭނުންވާނެކަމަށް ޤަބޫލުކުރެވުނީތީވެއެވެ.

 

ދާރިސް ދިޔުމާއިއެކު އޭނައަށް ބަލައިލަމުން ރޮވިފައިވާ އަޑަކުން އާދޭސް ކުރަން ފެށި މުނީރާގެ އެދުންތަކަށް ވެސް ހިބާ ބީރު ކަންފަތެއް ދޭންޖެހުނު ސަބަބަކީ އެއީއެވެ.

 

“އެއީ….އެއީ ހަމަ ދާރިސް ދޯ ހިބާ؟ އެއީ ހަމަ ދާރިސް؟! ހެހެ…ހީވާން ވެސް ހީވިއޭ ހިބާއާއި އިނދެގެން އުޅޭތީ. ޝަހީދުވެސް ބުނި ދާރިސްއަށް ހިބާ ކަމުގޮސްގެން އުޅުނު ވާހަކަ. އަދި އެހާ އައިޓީވެގެން އުޅޭތީވެސް…އަލްޙަމްދުލި ﷲ. ވަރަށް އުފާވެއްޖެ…..އަލްޙަމްދުލި ﷲ…ހިބާ…ހިބާ އަނެއްހެން…އަނެއްހެން ދައްތަ ބޭނުމެއްނޫން ދާރިސްއާއި އެކީ އުޅޭކަށް. އެކަމަކު މި ގޮތަށް ފެނުނީމަ އަދި އެއްފަހަރު ފެނިލަން ބޭނުން. މަންމައަށް ކިތަންމެ ރުޅިވިޔަސް….. ދާރިސްއަށް ވިސްނައިދެއްޗޭ މި މަންމައާއި އެއްފަހަރު ނަމަވެސް ބައްދަލުކޮށްލަން. މިކަން ކޮށްދެއްޗޭ ހިބާ. އާދޭސްކުރަން!”

 

މުނީރާ ހިބާގެ ދެއަތުގައި ހިފަހައްޓައިލަމުން ކަރުނުން ފުރިފައިވާ ލޮލާއިއެކީ ރޫރޫ އަޅާ ވާހަކަ ދައްކަމުން ދިޔަ ގޮތުން ހިބާގެ ހިތް ވެސް ދެރަވާ ގޮތްވިއެވެ. ހިބާ އެ ވާހަކައަށް ރައްދެއް ދޭން އުޅެނިކޮށް މާޒިންގެ ޕްރޮޖެކްޓު ބަލަން އެ ކުލާހަށް ކޮންމެވެސް ބެލެނިވެރިއެއް ވަނެވެ. އެއާއިއެކު ހިބާ މާޒިންއަށް ބަލައިލިއިރު މަންމަ ރޯތަން ފެނި، މާޒިން ވެސް ހުރީ ރޮވެން ކައިރިވެ، މާޙައުލާއިމެދު މުޅިން އޮޅުން އަރާފައެވެ.

 

އެހެންކަމުން ހިބާ ވަގުތުން އެ ބެލެނިވެރިޔާގާތު ދިޔުމަށް އެންގީ، އެވަގުތު ކުއްޖާގެ ޙާލަތު ރަނގަޅު ނޫންކަމަށް ބުނަމުންނެވެ. އެ ބެލެނިވެރިޔާ ދިޔުމުން ހިބާ އަނެއްކާވެސް މުނީރާއާއި ކުރިމަތިލިއެވެ.

 

“އެންމެ ރަނގަޅު ދައްތާ….އަހަރެން ދާރިސްއާއި ވާހަކަ ދައްކާނަން. ދެރަ ނުވައްޗޭ. ދާރިސް އެއްބަސްވާނެ އިން ޝާ ﷲ…”

 

މުނީރާގާތު އަމިއްލައަށް ބުނެވުނު ބަސްތައް، ގެއަށް ވަންނަމުން ދިޔަ ހިބާގެ ކަންފަތުގައި ގުގުމައިލުމާއިއެކު ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަ އެ ބަސްތައް ބުނީ އެކަން ކުރެވޭނެ ކަމުގެ މާ ބޮޑު ޔަޤީންކަމެއް އޮވެގެނެއް ނޫނެވެ. ކަން މިހެން އޮތްވާ އެހާ ބޮޑު ވަޢުދެއް ވެވި އެ ވަޢުދު ނުފުއްދިދާނެކަމުގެ ނުތަނަވަސްކަން ހިތުގައި އުފެދުނެވެ. އޭނައަށް މިއަދު އެ މަންމައާއި ދަރިފުޅު ބައްދަލު ކުރެވުނީ އެންމެ ރަނގަޅަށްތޯ ވެސް ހިތާހިތުން ސުވާލު ކުރެވެން ފެށިއެވެ.

 

މިފަދަ ޚިޔާލުތަކުގައި ހުރެ ހިބާ އޭނަގެ ފައިވާން ބޭލުމަށްފަހު ފައިވާން ނަގަން ތިރި ބެލިއެވެ. އެ ވަގުތު އެތަނުން ދާރިސްގެ ބޫޓު ފެނިފައި އޭނަގެ ފައިވާނާއި އެކީ އެކީ އެ ބޫޓު ވެސް ފައިވާން ހަރުގަނޑުގައި ބެހެއްޓިއެވެ. ހަމަ އެވަގުތު އެ ހަރުގަނޑުން ހަމްނާގެ ކުޅޭ ބޫޓުވެސް ފެނިފައި ހަމްނާ ވެސް ގެއަށް އައިސްފިކަން އެނގުންވިއެވެ. ހަމްނާ ގެއަށް އައީ ތެމިގެންކަން ހިބާއަށް އެނގުންވީ އެ ބޫޓުގައި އަތްލުމުންނެވެ. އެއާއިއެކު ހިބާއަށް ހަމްނާގެ ކޮޓަރިއާއި ދިމާލަށް ނަޒަރެއް ދެވުނީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ. އެވަގުތުން ވަގުތަށް ވެސް ހަމްނާއާއި ވާހަކަ ދައްކަން ބޭނުންވިއެވެ. އެހެނަސް ހަމްނާއަށް ވުރެ ކުރިން އޭނަގެ ސަމާލުކަން އެންމެ ބޮޑަށް ބޭނުންވަނީ ކާކަށްކަން އެނގުންވުމުން، ހިބާ އޭނައާއި ދާރިސް ހިއްސާކުރާ ކޮޓަރިއާއި ދިމާލަށް ދާން ފެށިއެވެ.

 

ކޮޓަރީގެ ދޮރާއި ހަމައަށް ގޮސް ހުޅުވުމުގެ ކުރިން ހިބާ ޓަކި ދިނެވެ. އެ ޙާލަތުގައި އެފަދަ ޢިޝާރާތެއް ނެތި އޭނަ ކޮޓަރިއަށް ވަދެގެން ގޮސްފިނަމަ ދާރިސް ނުރުހުންވެދާނެހެން ހީވުމުންނެވެ. އިރުކޮޅެއްވީއިރު ވެސް އެތެރެއިން ޖަވާބެއް ނައުމުން ހިބާ ދެވަނަ ފަހަރަށް ވެސް ޓަކިދިނެވެ. ދެންވެސް އެއްވެސް ޖަވާބެއް ނުލިބުމުން ހިބާ އެންމެފަހުން ދޮރުގެ ތަޅުގައި ހިފައި އަނބުރައިލިއެވެ. ހިބާ ހީކުރި ގޮތާއި ޚިލާފަށް އެ ދޮރު ނުހަނު ފަސޭހައިން ހުޅުވިގެން ދިޔައެވެ.

 

ކޮޓަރި ތެރެ ފެނުމާއިއެކު ހިބާ އެންމެ ފުރަތަމަ ނަޒަރެއް ދިނީ އެނދަށެވެ. ދާރިސް ވިސްނުމަކަށް ގެއްލުމުން ޢާއްމު ގޮތެއްގައި އިންނާނީ އެނދުގައި ކަމަށްވީތީވެއެވެ. އެހެނަސް ދޮރު ބޮޑުކޮށް ހުޅުވައިލުމުން ވެސް ދާރިސް ފެންނަން ނެތުމުން ހިބާ ކޮޓަރި ތެރެއަށް ވަދެ ވަށައި ހޯދައިލިއެވެ.

 

އެހިނދު ދާރިސް ފާރަށް ލެނގިލައިގެން ބިންމަތީގައި އިންގޮތުން ހިބާގެ ހިތް މޭތެރޭގައި އޮވެ ގެނބުނު ކަހަލަ އިޙްސާސެއް ކުރެވުނެވެ. އެތައް އަހަރެއް ފަހުން މަންމަ ފެނުމުން ދާރިސްއަށް އަސަރު ކުރާނެކަމަށް ހިބާއަށް ކުރިން ވެސް ލަފާ ކުރެވިފައިވިއެވެ. އެހެނަސް ދާރިސް އެ އިން ގޮތުން ދާރިސް މިއަދު އެ ވަނީ އޭނަ ހީކުރިވަރަށްވުރެ ފުން ހިތާމައެއްގައިކަން ހިބާއަށް އެނގުންވިއެވެ.

 

“ދާރިސް…” ހިބާ ލަސް ފިޔަވަޅުތަކެއްގައި ދާރިސްގެ ކައިރިއަށް ދަމުން ވައި އަޑުން ގޮވައިލިއެވެ. އެހެނަސް ދާރިސް ދެންވެސް އެ އިން ގޮތަށް އިނީއެވެ. ހިބާގެ އަޑު ނުވެސް އިވުނު ކަހަލައެވެ. ދާރިސް އެ ވަނީ އޭނަ ނެތް ވަގުތުގައި ގަދައަށް ރޮއިފައިކަން ހިބާއަށް އެނގުންވީ، އެ ލޯ ދުޅަވެ، އެސްފިޔަތައް ތެމިފައިވިތަން ފެނުމުންނެވެ. އަހަރުތަކެއް ފަހުން ދާރިސް މިފަދަ ޙާލަތެއްގައި ވިތަން ފެނިފައި ހިބާ ދެރަ ވީ ހިނދު، ނުތަނަވަސްވެސްވިއެވެ.

 

ހިބާގެ ހަނދާނަށް އަންނަމުން ދިޔައީ، ކުޑައިރު އޭނަ ދާރިސްގާތު މަންމަގެ ވާހަކައެއް ބުނުމުން ރޮއިރޮއިފައި ރުޅި އިސްކުރި ގޮތެވެ. ހިނދުކޮޅަކަށް ނަމަވެސް ހިބާ ދާރިސްއާއި ދުރަށް ދާން ހިތަށްއެރިއެވެ. އެހެނަސް މިއަދު އޭނައަކީ ދާރިސްގެ ޙަޔާތުގެ ބައިވެރިޔާކަން ހަނދާންކޮށް، ހިބާ މަޑުކުރަން ނިންމިއެވެ. އަދި އަމުދުން މިއަދު އޭނަގެ ކުރިމަތިން ފެންނަމުން މި ދަނީ ކުޑައިރުގެ ދާރިސްއެއް ނޫންކަން ހަނދާންކުރަމުން ވެސްމެއެވެ. ކަން މިހެން އޮތްއިރު އޭނައަށް ވެގެން އޭނަ ދާރިސް ހިތާމައެއްގެ ތެރެއަށް ދޫކޮށްލައިގެނެއް ނުވާނެއެވެ.

 

އޭނަގެ ގޮވައިލުމަށް ދާރިސް ވަކި އެއްޗެކޭ ނުބުނުމުން ހިބާ ގޮސް ދާރިސްގެ ކުރިމަތީގައި ހުއްޓިލަމުން ވާހަކަ ދެއްކިއެވެ.

 

“ކީއްވެ މަންމަ ފެނުނީމަ އެއްޗެކޭ ނުބުނެ ދިޔައީ؟” ހިބާ އޭނަގެ ހިތުގައި އޮތް ސުވާލުކޮށްލިއެވެ. ދާރިސް ދެންވެސް ކަހާތަން ހިރުވައިވެސް ނުލިއެވެ.

 

“މަންމަ ވަރަށް ރުޔޭ ދާރިސް ދިޔައިމަ. ދާރިސް ދެރައެއް ނުވޭތަ މަންމަ ދެރަވީމަ؟” ހިބާ އިތުރަށް ސުވާލުކުރިއެވެ. ހަމަ އެއްވެސް ޖަވާބެއް ނައެވެ. ހިބާ ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“މަންމަ ބުނި ދާރިސްއާއި ބައްދަލުކުރަން ބޭނުންވާ ވާހަކަ. އަހަރެން ބުނިން ދާރިސްއާއި ވާހަކަ ދައްކައިގެން ބައްދަލުވުމެއް ހަމަޖައްސައިދޭނަމޭ. ކޮން ދުވަހަކުތަ މަންމައާއި ބައްދަލުކުރާނީ؟” ހިބާގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު އޭނަ ދާރިސްއަށް ހިސާބަކަށް ނުރުހުންވެފައިވިއެވެ. މަންމަ ދެރަވި ވާހަކަ ބުނުމުން ވެސް ސަމާލުކަން ނުދީ އެގޮތަށް އިނުމުންނެވެ. ދާރިސްގެ މަންމަ އާދޭސް ކުރި ގޮތް ހަނދާންވެ، ދާރިސްއަކީ އަމިއްލަ މަންމަ ހަމަ އެހާ ދެރަކޮށްލާ މީހަކީތޯ ހިތާހިތުން ކިޔައިލެވުނެވެ.

 

“ހަމަ އެއްޗެކޭ ނުބުނާނަން؟” ހިބާއަށް އަހައިލެވުނެވެ. އެއަށްވެސް ދާރިސް ވަކި އެއްޗެކޭ ނުބުނުމުން ހިބާގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިޔައެވެ. އައިސްފައިވި ރުޅީގައި އެއްޗެކޭ ބުނެވެން އުޅުނެއްކަމަކު ހިބާ ހިމޭންކަން ޚިޔާރުކުރިއެވެ. އެއަށްފަހު ދާރިސްއަށް ފަސްދީފައި ދާން ފެށި ވަގުތު ދާރިސްގެ އަޑުއިވުނެވެ.

 

“ބޭނުމެއްނޫން ބައްދަލުކުރާކަށް….” ދާރިސް އެހެން ބުނެލި އަޑަށް ހިބާ ފިޔަވަޅުތައް މަޑުޖައްސައިލަމުން ފަސްއެނބުރި ބަލައިލިއެވެ.

 

“އެއީ ކީއްވެހޭ މި އަހަނީ ދާރިސް؟ މަންމަ މި ހުރިހާ ދުވަހު ދާރިސް ކައިރި ނެތީމަ މަންމައަށް ނުރުހުންވަނީތަ؟ ނޫނީ އެ މަންމަ ދާރިސް ރަށުން ބޭރުކޮށް ބީރައްޓެއްސެއްގެ ގެއަކަށް ފޮނުވައިލި ކަމަށްޓަކައި މަންމައަށް ރުޅީތަ؟ ނޫނީ އެ މަންމައަކީ ދާރިސްއާއި އަޅައިނުލާ ދާރިސްއަށް އަނިޔާ-“

 

“މަންމައާއިމެދު ތިގޮތަށް ވާހަކަ ނުދައްކާ ހިބާ!”

 

ކުއްލި ގޮތަކަށް ދާރިސް ހަރުކަށި އަޑަކާއިއެކީ އިންގޮތަށް އިނދެ އޭނައަށް ރުޅިވެރި ނަޒަރެއް ދިނުމުން، ހިބާ ކުޑަކޮށް ސިހުންވާ ގޮތްވިއެވެ. ހިބާއަށް ވިގޮތް ފެނުމާއިއެކު އެ ނަޒަރު ބަދަލުވެގެން ދިޔަކަން ވެސް ހިބާއަށް ފާހަގަވިއެވެ. އިތުރަށް ވާހަކަ ދެއްކުމުގެ ހިތްވަރެއް ލިބުނީ އެހެންވެއެވެ.

 

“ދެން؟ މީގެ މާނައަކީ ދާރިސް މަންމައާއި ބައްދަލުކުރާނަމޭތަ؟” ހިބާ އެހިއެވެ.

 

“ބައްދަލު ނުކުރެވޭނެ…”

 

“އެއީ ކީއްވެހޭ؟-“

 

“އަހަރެންގެ ސޫރަ ދައްކައިގެން މަންމައަށް އިތުރު ހިތްދަތިކަމެއް ދޭކަށް ބޭނުމެއް ނޫން…”

 

ދާރިސް އެންމެފަހުން ދިން ޖަވާބުން ލިބުނު ޙައިރާންކަމާއިއެކީ ހިބާއަށް ދެބުމަ ކައިރިކޮށްލެވުނެވެ. ދާރިސް އިސްޖެހިފައި އިންގޮތަށް އިނދެ އިތުރަށް ވާހަކަ ދެއްކިއެވެ.

 

“އަހަރެން މިއީ ކައިވެނިން ބޭރުން ލިބުނު ކުއްޖެއްކަން ވަރަށް ކުރިން އެނގިއްޖެ. މަންމައަށް ލިބުނު އަނިޔާއެއްގެ ތެރެއިން ލިބުނު ކުއްޖެއްކަން ވެސް އެނގިއްޖެ. އެކަމަކު އަހަރެން ދުނިޔެއަށް އައުމުގެ ސަބަބުން މަންމައަށް ލިބިފައިވާނެ ހިތާމައާއިމެދު ވިސްނުނީ މާ ފަހުން….” ދާރިސް ކިޔައިދިނެވެ. އެއާއިއެކު ދާރިސްގެ އެ ވާހަކަ ދާ މިޞްރާބު އެނގުންވުމުން ހިބާގެ ނިތުން ރޫތައް ފިލައިގެން ދިޔައެވެ.

 

“ފުރާވަރުގައި ވެސް އިވޭ މަންމަގެ އެކުވެރިން މަންމަ ކައިރިއަށް އައިއްސަ ދައްކާ ވާހަކަ. މުނީރާ އެހާ ބަދުނަސީބުވީ އެ ކުއްޖަކު ލިބޭތީވެއޭ. އެ ހިތާމަވެރި ޙާދިސާ ކުރިމަތިވިޔަސް އެ ކުއްޖާ ނުލިބުނުނަމަ އިންނަން ވެސް ރަނގަޅު މީހަކު ލިބުނީހޭ. ބޮޑުވަމުން ދިޔަދިޔަހެން އެ ވާހަކަތައް ވިސްނިގެން ދިޔައީ. ވަކިން ޚާއްޞަކޮށް ސްވިސްއަށް ދިޔަފަހުން މަންމަގެ ސިޓީތައް ލިބިލިބި ހުރެފަ ހުއްޓުނީމަ އެކަން އިޙްސާސް ކުރެވުނީ. މަންމަ މީހަކާއި އިނދެގެން ކުއްޖަކު ލިބުނު ވާހަކަ އިވުނީމަ އެނގުންވެގެން ދިޔައީ….އަހަރެން ނުލިބުނުނަމަ މަންމައަށް މާ ކުރިން އެފަދަ ރީތި ދިރިއުޅުމެއް ލިބުނީހޭ. އަހަރެންގެ ނަން ވުޖޫދުން ފޮހެވިގެން ދިޔައީ ރަނގަޅަށް ކަންނޭނގެ. އޭގެ ސަބަބުން މަންމައަށް އާ ޙަޔާތެއް ފެށުމުގެ ފުރުސަތު ލިބިގެން ގޮއްސި. މަންމަ އެ ޙަޔާތުގަ އުފަލުގަ އުޅޭތަން ދެކެން ބޭނުމީ. އަނެއްކާވެސް މަންމަގެ ވަށައިގެން ތިބި މީހުންނަށް އަހަރެން ހުރިކަން އެނގި، މަންމަ ބަދުނާމުވެގެން ދާކަށް ބޭނުމެއްނޫން…..އަހަންނަކަށް ނޭނގޭ އަހަރެން ބައްޕަ ކިޔަންޖެހޭ މީހެއްގެ ސޫރަ ހުންނަ ގޮތެއްވެސް. ހިތަށް އަރާ އަހަރެން ފެންނަ ކޮންމެ ފަހަރަކު މަންމަ އެމީހެއްގެ މަތިން ހަނދާންވާނެއޭ. އެ އަނިޔާގެ މަތިން ހަނދާންވާނެއޭ. އެއަށްވުރެ މާ ރަނގަޅުދޯ އަހަރެން މަންމަގެ ޙަޔާތުން ދިޔައިއްޔާ؟”

 

ދާރިސް އެ ފަހު ސުވާލުކޮށްލި ހިނދު އެ އަޑު ކުރެހި، އަނެއްކާވެސް އެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެ، ކޯތާފަތްމައްޗަށް ކަރުނަތައް ފައިބައިގެން އައެވެ. އެހިނދު ހިބާގެ ހިތަށް ކުރި އަސަރާއިއެކީ ހިބާގެ ލޮލަށް ވެސް ކަރުނަތައް ޖަމާވިއެވެ.

 

“މަންމަ ދެކިލަން ބޭނުން….މަންމައާއި ބައްދަލުކުރަން ބޭނުން. މަންމައާއި އެކީ އުޅެން ބޭނުން. އެކަމަކު މަންމަ ދެރަކުރަން ވެސް ބޭނުމެއްނޫން….” ދާރިސްގެ އެ ފަހު ބަސްތަކާއިއެކީ އެ އަޑު ގެއްލިގެން ދިޔައީ ދާރިސްގެ އަރު ބެދުމުންނެވެ. އެއާއިއެކު ދާރިސް މޫނުގައި އެއްއަތް އަޅައިލަމުން ރަނގަޅަށް ރޯން ފެށިއެވެ.

 

ހިބާ އެ މަންޒަރު ބަލަން ނުހުރެވިގެން ދާރިސްގެ ކައިރިއަށް ގޮސް ބިންމަތީގައި ކަކޫ ޖައްސައިލަމުން ދާރިސްގެ ބޯ ގެނެސް އޭނަގެ މޭގައި ޖައްސައި ބައްދައިލިއެވެ.

 

ނުނިމޭ

The post ދާރިސް (ފަންސާސްތިންވަނަ ބައި) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a7%de%90%de%b0%de%8c%de%a8%de%82%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/feed/ 10 3162
ދާރިސް (ފަންސާސްދެވަނަ ބައި) https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a7%de%90%de%b0%de%8b%de%ac%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/?utm_source=rss&utm_medium=rss&utm_campaign=%25de%258b%25de%25a7%25de%2583%25de%25a8%25de%2590%25de%25b0-%25de%258a%25de%25a6%25de%2582%25de%25b0%25de%2590%25de%25a7%25de%2590%25de%25b0%25de%258b%25de%25ac%25de%2588%25de%25a6%25de%2582%25de%25a6-%25de%2584%25de%25a6%25de%2587%25de%25a8 https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a7%de%90%de%b0%de%8b%de%ac%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/#comments Wed, 19 Jan 2022 16:23:01 +0000 https://blog.storiesbyjana.com/?p=3149

ޖެހިގެން އައި ދެ ތިން ދުވަހުގެ ގިނަ ވަގުތު މާޒިން ހޭދަކޮށްފައިވަނީ ދާރިސްއާއި އެކީގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭގެ އަނެއްދުވަހު ސްކޫލް ނިމުމާއިއެކުހެން ޔުނިފޯމް ބަދަލުކުރަން ހެދުން ހިފައިގެން ހިބާމެންގެ ގެއަށް ދިޔައީ، މާޒިން ގޮތް ދޫނުކުރުމުން ކަމަށް މުނީރާ ހިބާ ގާތު ބުންޏެވެ. ވާނީވެސް އެހެންތާއެވެ. މާޒިން ދާރިސްއާއިއެކީ ކުރަމުން ދިޔައީ މާޒިން ނުލާހިކުވެސް ޝައުޤުވެރިވާ މަސައްކަތެކެވެ. އަދި އަމުދުން އެ ޝައުޤުވެރިކަން މާޒިންއާއި އެއްވަރަށް ޙިއްސާކުރާ މީހަކާއި މަސައްކަތް ކުރަން މާޒިންގެ ހިތްޖެހިފައިވާނެ […]

The post ދާރިސް (ފަންސާސްދެވަނަ ބައި) appeared first on Stories by Jana.

]]>

ޖެހިގެން އައި ދެ ތިން ދުވަހުގެ ގިނަ ވަގުތު މާޒިން ހޭދަކޮށްފައިވަނީ ދާރިސްއާއި އެކީގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭގެ އަނެއްދުވަހު ސްކޫލް ނިމުމާއިއެކުހެން ޔުނިފޯމް ބަދަލުކުރަން ހެދުން ހިފައިގެން ހިބާމެންގެ ގެއަށް ދިޔައީ، މާޒިން ގޮތް ދޫނުކުރުމުން ކަމަށް މުނީރާ ހިބާ ގާތު ބުންޏެވެ. ވާނީވެސް އެހެންތާއެވެ. މާޒިން ދާރިސްއާއިއެކީ ކުރަމުން ދިޔައީ މާޒިން ނުލާހިކުވެސް ޝައުޤުވެރިވާ މަސައްކަތެކެވެ. އަދި އަމުދުން އެ ޝައުޤުވެރިކަން މާޒިންއާއި އެއްވަރަށް ޙިއްސާކުރާ މީހަކާއި މަސައްކަތް ކުރަން މާޒިންގެ ހިތްޖެހިފައިވާނެ މިންވަރު ހިބާއަށް ވެސް އެނގުންވިއެވެ.

 

ފުރަތަމަ ދެ ދުވަހު ކާރެއްހެން ހެދިފައިވި ރޮބޮޓް އެއްކޮށް ހަދައި ނިންމުމަށްފަހު، އެ ރޮބޮޓް ޕްރޮގްރާމް ކުރުމުގައި މުޅިންހެން އުޅުނީ މާޒިންއެވެ. ކުޑަކުދިންނަށް ޚާއްޞަ ޕްރޮގްރާމިންގް ސޮފްޓްވެއާރއެއް ބޭނުންކޮށްގެން، މާޒިން ނުހަނު ފަސޭހައިން އޭނަ ބޭނުންވާ ގޮތަކަށް އެމީހުންގެ ރޮބޮޓްގެ ޙަރަކާތްތައް ރޭވި ގޮތުން، ދާރިސްއަށް ޙައިރާންވެފައި އިނދެވުނެވެ. އެ ކުއްޖާއަށް ބަލަން އިންއިންހެން އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ އޭނަގެ ކުޑައިރުގެ ދުވަސްތަކެވެ. އޭނައާއި ޚިލާފަށް މި ކުއްޖާއަށް ކުޑައިރުއްސުރެ ގިނަގުނަ ވަޞީލަތްތަކެއް ލިބުމުން އެ ޢުމުރުގައި ވެސް އެ ވަނީ ހާދަ ކުރިއަރާފައޭ ދާރިސްގެ ހިތަށްއެރިއެވެ. މާޒިން ހުނަރުވެރިކަމާއިއެކީ އެ ރޮބޮޓްގެ ހުރިހާ މަސައްކަތެއް ނިންމަމުން ދިޔަ މަންޒަރު ފެނި، އެ ކުއްޖާއަށްޓަކައި ހިތުގައި އުފެދުނު ލޯތްބާއިއެކީ ހިތާހިތުން އެކުއްޖާއަށްޓަކައި ދުޢާވެސް ކުރެވުނެވެ.

 

ސައިންސް އެންޑް ޓެކްނޮލޮޖީ ފެއާރ ބާއްވަން ހަމަޖެހިފައި އޮތް ދުވަހުގެ ކުރީ ދުވަހު މާޒިން ނިމިފައިވާ ރޮބޮޓާއި އެކީ، ގެއަށްދާން ތައްޔާރުވަމުން ދިޔަ ވަގުތު ދާރިސް ވާހަކަ ދެއްކިއެވެ.

 

“ސީ ޔޫ ޓުމޯރޯ މާޒިން، އިން ޝާ ﷲ…އޯލް ދަ ބެސްޓް!” ދާރިސް މާޒިންގެ ކޮނޑުގައި ދަބަސް އަޅުވަން އެހީވެދެމުން ބުންޏެވެ. އެހިނދު ހިބާ ވެސް އެއްފަރާތެއްގައި މަންޒަރު ބަލަން ހުއްޓެވެ.

 

“އިން ޝާ ﷲ! އީތަން ސާރ ގެ ހެލްޕްއާއެކީ މާޒިންގެ ބެސްޓް ދޭނަން. ސާރ ވެސް އަންނާނަންދޯ މާދަމާ؟” މާޒިން ދެ އަތުން ރޮބޮޓުގައި ހިފަހައްޓައިގެން ހުރެ، އުފާވެރި ހިނިތުންވުމަކާއިއެކީ ދާރިސް ކުރެން ސުވާލުކުރިއެވެ.

 

“ލައްބަ…އެކަމަކު މާދަމާ ހެލްޕެއް ނުވެވޭނެ އިނގޭ؟”

 

“ހެލްޕެއް ބޭނުމެއްވެސް ނޫން ދެނެއް!”

 

މާޒިން ސާބިތު އަޑަކުން ފަޚުރުވެރިކަމާއިއެކީ އެހެން ބުނެލި ގޮތުން ދާރިސްއާއިއެކީ ހިބާއަށް ވެސް ހީލެވުނެވެ. މާޒިން ހިސާބެއްގެ އޮޅުމަކާއިއެކީ އެ ދެމީހުންނަށް ވަކިވަކިން ބެލިއެއްކަމަކު ހިނިތުންވުން ދެމެހެއްޓިއެވެ.

 

ތިން މީހުން އެހެން ތިއްބާ އެ ގޭގެ ކައިރިއަށް ކާރެއް އައިސް މަޑުކުރި އަޑު އިވުނެވެ. ހުޅުވިފައިވާ މައިދޮރުގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ހިބާ އެދިމާލަށް ބަލައިލުމާއިއެކު މުނީރާގެ ކާރު ފެނިގެން ދިޔައެވެ.

 

“މާޒިން ބަލާ އެއޮތް އައީ….އަވަހަށްދޭ!” ހިބާ ބުންޏެވެ. މާޒިން ގެއިން ނުނިކުމެ އިރުކޮޅެއް ވިޔަސް މާޒިންގެ މަންމަ ކާރުން ފައިބައިގެން އައިސް އެ ގެއަށް ނުވަންނާނެކަން އެނގޭތީވެއެވެ. ކުރީކޮޅު އެއީ މާޒިންގެ މަންމައަށް ވަގުތެއް ނުވާތީކަމަށް ހީކުރެވުނެވެ. އެހެނަސް އެއްދުވަހު މާޒިން ގެއިން ނުނިކުމެ ލަސްވުމުން ވެސް މުނީރާ ކާރުގައި އިނދެ އޭނައަށް ގުޅައިލީއެވެ. މާޒިން އިތުރު ގަޑިއިރަކަށް އެ ގޭގައި ހުންނަން ބޭނުންވާކަން ހިބާ އެ ފޯނުކޯލުން އަންގައިލުމުން މުނީރާ މަޑު ކުރުމެއްވެސް ނެތި ދިޔައީއެވެ. އެއިން ހިބާއަށް ޙައިރާންކަމެއް ލިބިފައިވިއެވެ. މާޒިންގެ މަންމައަކީ އެއަށްވުރެ ބޮޑަށް މާޒިންއާއި އަޅާލާ ބެލެނިވެރިއެއްކަން އެނގޭތީވެއެވެ.

 

“ލައްބަ މިސް…ބާއި ބާއި މިސް! ބާއި ބާއި ސާރ!” މާޒިން އެ ދެމީހުންނަށް އެއްއަތުން ހަނާއަޅަމުން ބުންޏެވެ. ދާރިސްއާއި ހިބާ ވެސް އެފަދަ ޙަރަކާތްތަކާއި އެކީ ‘ބާއި ބާއި’ އޭ ބުނުމުން މާޒިން އެމީހުންނަށް ފަސްދީފައި ދާން އުޅުނެވެ. އެހެނަސް ގޭގެ ދޮރުމައްޗަށް އަރައި، މަންމަގެ ކާރު ފެނުމާއިއެކު ފިޔަވަޅުތައް މަޑު ޖައްސައިލިއެވެ. އެއަށްފަހު އަނެއްކާވެސް ފަސްއެނބުރި ދާރިސްއަށް ބަލައިލީ ކަމެއް ހަނދާންވެގެން އުޅޭ ފަދައަކުންނެވެ.

 

“ސާރ….ސާރއަށް މާޒިން ބޭބެއޭ ކިޔުނަސް މައްސަލައެއް ނެތްތަ؟” މާޒިން ލުއި ހިނިތުންވުމަކާއިއެކީ ކޮށްލި ސުވާލުން، ދާރިސްއާއިއެކީ ހިބާއަށް ވެސް ލިބުނު ޝޮކުން، މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ. ހިބާ ދާރިސްއަށް ބަލައިލީ، ދާރިސްއަށް ކުރާނެ އަސަރު އެނގި، ދާރިސް އޭގެ ބަދަލުގައި ދޭނެ ޖަވާބަކަށް ކެތްމަދުވުމުންނެވެ.

 

“ހް…ހެހެ…ލައްބަ މައްސަލައެއްނެތް. އަހަރުމެން އެންމެންނަކީ އެހެންނޫނަސް ބްރަދާރސް އެންޑް ސިސްޓާރސް ދޯ؟” ދާރިސް ލޮލާއި ހަމައަށް ނުފޯރާ ހިނިތުންވުމަކާއިއެކީ ބުންޏެވެ.

 

“ބްރަދާރސް އެންޑް ސިސްޓާރސް…އެއީ އެއްކަލަ މަންމަ ޖައްސާފަ ހުންނަ ޗެނަލުން ވަރަށް އިވޭ ބަސްތަކެއް. ހުރިހާ މުސްލިމުންނަކީ ވެސް ބްރަދާރސް އެންޑް ސިސްޓާރސް އޮފް އީޗް އަދާރ ދޯ؟ އެހެންވެތަ މަންމަ އެހެން ބުނީ؟” މާޒިން ވިސްނުމަކަށް ގެއްލެމުން އެހެން ބުނެލި ހިނދު ދާރިސްގެ ދެ ބުމަ ކައިރިވީ ގޮތުން ހިބާގެ މެއަށް ފިނިވިއެވެ.

 

ހަމަ އެވަގުތު ބޭރުގައި އޮތް ކާރުން ބަރުގޮނު އަޅައިލި އަޑަށް މާޒިންއާއިއެކީ ހިބާވެސް ކުޑަކޮށް ސިހުންވާ ގޮތްވިއެވެ. މާޒިން އަނެއްކާވެސް ބޭރަށް ބަލައިލުމަށްފަހު، މަންމައަށް ލަސްވަނީދޯއޭ ބުނެ، ދެވަނަ ފަހަރަށް ދާރިސްއަށް އަލްވަދާޢު ކިޔައިލީ ‘ބޭބެ’ގެ ނަމުން މުޚާތަބު ކުރަމުންނެވެ. އެއިން ދާރިސްއަށް ކިހާ ބޮޑު އަސަރެއް ކުރިކަން ހިބާއަށް އެނގުންވީ، މާޒިން ކާރަށް އަރައިގެން ދިޔަފަހުން ވެސް ދާރިސް އިރުކޮޅެއް ވަންދެން އެ ހުރިގޮތަށް ހުރުމުންނެވެ.

 

**

 

ދާރިސްއާއި މާޒިންގެ އުޅުމަށް ބޮޑު އިންޤިލާބެއް އައިއިރު، ހަމްނާ ވެސް އޭނަގެ ޙަޔާތުގެ ބޮޑު އިންޤިލާބަކަށް ތައްޔާރުވަމުން ދިޔައެވެ. ނައުފަލާއި ވަކިވާން ނިންމުމަށްފަހު އެ ވާހަކަ ނައުފަލްގާތު ބުނާނެ ގޮތަކާއިމެދު ހަމްނާ ވިސްނަމުން ދިޔައެއްކަމަކު، ޚިޔާލުތަކުގެ ތެރެއިން އެކަން ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ނައުފަލް އޭނަ ގާތު ޖަޒުބާތުގައި ޖެހިގެން ވަކިނުވާން އެދިއްޖެނަމަ އޭނައަށް އެ ބަހުގެ އޮޔާއި ޖެހިގެން ހިނގައިދާނެކަން ޔަޤީން ކުރެވުނީތީވެއެވެ. އެކަމުގައި ސިޔާރާގެ އެހީއެއް ހޯދަން ހަމްނާ ޖެހުނީ އެހެންވެއެވެ.

 

“ޔޫ ސްޓޭންޑް ޔުއާރ ގްރައުންޑް! އޭނަ ކޮންމެ އެއްޗެކޭ ބުންޏަސް ހަމް ނުޖެހޭ ހަމްގެ ނިންމުން ބަދަލުކުރާކަށް!” ސިޔާރާ ސާބިތުކަމާއިއެކީ ހަމްނާގާތު އެހެން ބުނެލީ، އިންޓަވަލް ގަޑީގައި ސްކޫލްގެ ގޯތިތެރޭގައި ހުރި ގަހުގެ ވަށައިގެން ހުރި ގާގަނޑުގެ މަތީގައި އިނދެއެވެ.

 

“އެކަމަކު އެ ނިންމުން ގޯސް ނިންމުމަކަށް ވެއްޖެއްޔާޔޯ؟” ހަމްނާ އިސްޖެހިފައި އިނދެ ބުންޏެވެ.

 

“ކަމޯން ހަމް! މިއީ ގޯސް ނިންމުމަކަށް ނުވާނެ އިން ޝާ ﷲ. ހަމްނާއެއްނު ބުނީ ތި ނައުފަލްއަކާއި ރައްޓެހިވާން އުޅުނުއިރު ވެސް އެކަން ނުކުރަން އެތައް ސައިންއެއް ލިބުނު ވާހަކަ؟ އަދި އޭގެފަހުން ތި ގުޅުމުގެ ތެރެއިން ކިހާ ގިނަ ހިތާމައެއް ހަމްއަށް ތި ލިބެނީ. އޭގެ ފަހުން އަހަންނަށް ވެސް ހަމް ކައިރި ބުނެވިއްޖެ ނައުފަލްއަކީ ރަނގަޅު ކުއްޖެއްނޫނޭ. ނަތިންގް ޝުޑް ސްޓޮޕް ޔޫ އެޓް ދިސް ޕޮއިންޓް!”

 

“އެކަމަކު…ނައުފަލް އެކަނި މިހާތަނަށް އައިއިރު އަހަންނާއި ރައްޓެހިވީ…ނައުފަލް ދޫކޮށްލައިފިއްޔާ އަހަރެން މުޅިން އެކަނިވެރިވާނެއެއްނޫންތަ؟ ވަރަށް ގިނަ ދުވަސްވެއްޖެ ނައުފަލްއަށްޓަކައި ހިތުގައި އިޙްސާސްތަކެއްވާތާ. އަހަންނަށް ދެން ޙަޔާތުގަ ވެސް އެހެން މީހަކު ކަމުނުދިޔައިއްޔާޔޯ؟”

 

“ތިއީ ހީވާގޮތް ހަމް….ޔޫ އާރ ޖަސްޓް 17! އަދި ހަމްނާގެ ލައިފް ކުރިއަށް އޮތީ. ބައެއް ނިންމުންތަކަކީ ހިތަށް ތަދުވިޔަސް ނިންމަންޖެހޭނެ ނިންމުންތައް. އެހެން ނަހަދައިފިއްޔާ ދިރިއުޅުން ބަރުބާދުވެގެން ހިނގައިދާނެ. ޓްރަސްޓް މީ ހަމް. އަދި ހަމްއަށް ސާފުކޮށް ފެންނަން ފެށީމަ ތި ބިރުވެރިކަން ހިތުން ފިލައިގެންދާނެ. ޔޫ ވިލް ލަވް….އެންޑް ޔޫ ވިލް ބީ ލަވްޑް. ހިތްތައް ބަދަލުކުރައްވައި އެ ހިތްތަކަށް ޝިފާ ދެއްވަވާ ރަސްކަލާނގެއަކީ ހަމައެކަނި ﷲ. އަދި މީހުންގެ ހިތްތަކުގައި އަހަރުމެންނަށްޓަކައި ލޯބި ލައްވަވަނީ ވެސް ހަމައެކަނި ﷲ. އެކަލާނގެއަށް ވަކީލުކޮށް އެކަލާނގެ ޙަޟްރަތުން އެދެންވީ ހަމް. އެއީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބެން އޮތް މަގަކީ…”

 

ސިޔާރާ ވާހަކަ ދެއްކިއެވެ. އެ ވާހަކަތަކާއި އަދިވެސް ސިޔާރާ ދެއްކި އިތުރު ވާހަކަތަކެއްގެ ސަބަބުން ހަމްނާއަށް ނައުފަލާއި ވަކިވުމަށް އިހުނަށްވުރެ ބޮޑު ހިތްވަރެއް ލިބިގެން ދިޔައެވެ.

 

އެހެންކަމުން އެދުވަހު ގެއަށް ގޮސް ނައުފަލާއި ވަކިވުމަށް އަދިވެސް އެއްފަހަރު އިސްތިޚާރާ ނަމާދު ކުރުމަށްފަހު، ހަމްނާ ނައުފަލަށް މެސެޖެއް ކުރިއެވެ.

 

“ހިނގާ މާދަމާ އިންޓަވަލް ގަޑީގައި ސްކޫލް ގްރައުންޑުން ބައްދަލުކޮށްލަން. ނީޑް ޓު ޓެލް ޔޫ ސަމްތިންގް.” ހަމްނާއަށް ކިޔަވާ މޭޒުދޮށުގައި އިނދެ، އެ މެސެޖު ލިޔުމަށްފަހު ފޮނުވައިލެވުނީ އިތުރު ހިތްވަރެއް ކުރަމުންނެވެ.

 

ހަމްނާ ހީކުރީ ނައުފަލްގެ އާދަޔާއި އެއްގޮތަށް އެ މެސެޖަށް ރިޕްލައިއެއް އަންނާނީ ލަސްވެގެން އެރޭ ކަމަށެވެ. އެހެނަސް މެސެޖު ފޮނުވިތާ މާ ގިނައިރެއްނުވެ މެސެޖެއްއައެވެ.

 

“އޯކޭ، ލަވް 😊 …..ހިނގާ ބައްދަލުކޮށްލަން. އެކަމަކު ގްރައުންޑް އިންނެއްނޫން. މާދަމާ ލޯބި ދާނަންދޯ ނެޓްބޯލް ޕްރެކްޓިސްއަށް މަރުކަޒަށް؟ ހިނގާ އެތަނުން ދިމާކޮށްލަން. ލަވް ޔޫ އެންޑް މިސް ޔޫ <3 <3 <3”

 

މެސެޖުގައި އޮތީ އެހެންނެވެ. އެއާއިއެކު އަނެއްކާވެސް ހަމްނާގެ ހިތަށް އުދަގޫވިއެވެ. ނައުފަލާއި ވަކިވުމާއިމެދު ޝައްކު އުފެދެން ފެށުނީ، ދެން އެއްވެސް މީހަކު އޭނައާއި އެހާ ލޯބިން ވާހަކަ ދައްކާނެތޯ އަމިއްލަ ޒަމީރާއި ސުވާލު ކުރެވުމުންނެވެ. އެހެނަސް ހަމްނާ އަވަސްއަވަހަށް ބޯހޫރުވައިލަމުން  އެ ޚިޔާލުތައް ފޮޅުވައިލީ، ސިޔާރާ ބުނި ވާހަކަތައް ހަނދާން ކުރަމުންނެވެ. އުއްމީދު ކަނޑާލާ ޒާތުގެ ޚިޔާލުތަކުން ދުރުވުމަށް ސިޔާރާ ބުނެލީ، އެފަދަ ޚިޔާލުތަކެއްގެ ސަބަބުން ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައިލަން މަގު ފަހިވާނެ ކަމަށް ބުނަމުންނެވެ. ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައިލުމުން އީމާންތެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. އެހެނީ ﷲ ގެ ރަޙްމަތަކީ މުއުމިނުންނަށްޓަކައި އަބަދަށް ދެމިގެންދާ ރަޙްމަތެކެވެ. އެ ޙަޤީޤަތަކީ މުއުމިނުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާނެ ޙަޤީޤަތެކެވެ.

 

އެކަން ހަނދާން ކުރަމުން ހަމްނާ ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި އެވަގުތުން ވަގުތަށް ވެސް އޭނައަކީ ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައިލާ މީހުންގެ ތެރެއިން ނުލެއްވުމަށް އެދި ދުޢާ ކުރެވުނެވެ.

 

**

 

“ކީއްތަ ތިކުރަނީ ނައުފަލް؟! އަދިވެސް ޙަޤީޤަތް ސާފު ނުކުރެވެނީތަ؟” ރުޅިވެރި އަޑަކުން އެ ސުވާލުކޮށްލީ މާލޭގައި ހުންނަ އޭނަގެ އެޕާޓްމެންޓުގެ ސިޓިންގް ރޫމުގައި ކޮޅަށް ހުރެއެވެ.

 

“ސޮރީ އާސިފްބެ….ފަހަކަށް އައިސް އެ އަންހެން ކުއްޖާ އަހަންނާއި ވަރަށް ދުރުދުރުން އުޅެނީ….މާލޭގަ ހުރެފަ އަނބުރައި އައިމަ އަނެއްކާ ކައިރިން އުޅޭނެ ކަމަށް ހީކުރީ. އެކަމަކު އަދިވެސް ވަރަށް ދުރުދުރުން އުޅެނީ…” ނައުފަލް އަމިއްލަ ގޭގެ ސިޓިންގް ރޫމުގެ ސޯފާގައި އިނދެ ވާހަކަ ދެއްކީ ޖެހިލުންވުމަކާއި އެކީގައެވެ.

 

“ނޮޓް މައި ޕްރޮބްލަމް! މަށަށް ވާނެނަމަ މަ ތީނައާއި ނުލައިވެސް މިކަން ކޮށްފިން. ޖާސޫސްކުރަން މީހަކު ފޮނުވަން ވެސް ފޮނުވިން. އެކަމަކު އޭނައަށް ވެސް އެނގުނު ގޮތުގަ އެމީހަކަށް ކިޔަނީ ހަމަ އިސްމާޢީލް އީތަން. އެއްދުވަހު ފިހާރައިގަ ހުއްޓާ އޭނަގެ ވޮލެޓުގެ ތެރެއިން ފެނުނު އައިޑީ ކާޑުގަ ވެސް އޮތީ އެ ނަމެކޯ….މައްސަލައަކީ ބައްޕަވެސް ޤަބޫލުކުރަން ނުއުޅޭތީ. މަ އެބަ ބުނަން އެ ދާރިސްއަކު މިހާރު ދުނިޔޭގަ ނުހުންނާނެއޭ! އެކަމަކު ބައްޕައަށް ހީވަނީ އޭނަ ނަން ބަދަލުކޮށްގެން އުޅެނީހެން. އެހެން ކިޔާފަ މަގޭ ބޯ އެބަ ކާލާ!!!”

 

“އޮހް! ކީއްވެތަ މުޢީނުބެ އެ ދާރިސްއަކަށް އެހާ ޖެހިލުންވަނީ؟”

 

“މަށަކަށް ނޭނގޭ ޙަޤީޤަތުގަ….ދާރިސް މަރައިލަން ބައްޕަ މަސައްކަތްކޮށްފަ އޭނަ މަރުވިކަން ޔަޤީން ނުކުރެވެނީ. ޔަޤީން ނުކުރެވެންޏާ ވެސް އެއީ މާ ބޮޑު މައްސަލައަކަށް ވާނެ ސަބަބެއް ނުވިސްނޭ. ބައްޕަ ދިފާޢުކުރަން ބައްޕަގެ ކައިރީގަ އުޅެނީ މި ޤައުމުގަ ވެސް އުޅޭ އެންމެ ބޮޑެތި ވަކީލުން!”

 

“އެގްޒެކްޓްލީ! އަދި އެ ބުނާ އީތަންއަކު ވެސް މުޢީނުބެއަށް ކަމެއް ކުރަން އުޅެންޏާ މާލޭގަތާ އުޅޭނީ؟”

 

“ތިހެން ވެސް ބުނެބުނެ ބައްޕަ ޤަބޫލެއް ނުކުރެއޭ! އިޓްސް ****! އެނީވޭސް….ޑޫ ވަޓް ޔޫ ކޭން ނައުފް. އައިމް ކައުންޓިންގް އޮން ޔޫ. މާދަމާގެ ނިޔަލަށް ނުހޯދެންޏާ ދެން އެހާ ހިސާބުން ނައުފްއަށް މިކޮޅުން އެލޮވެންސް ނުލިބޭނެ ވާހަކަ ހިތާމައާއިއެކީ ބުނެލަން…”

 

އާސިފް އެހެން ބުނުމާއިއެކު ނައުފަލް ކަންބޮޑުވުމަކާއިއެކީ އެއްޗެކޭ ބުނަން އުޅުނެއްކަމަކު އޭނައަށް އެ ފުރުސަތެއް ނުދީ، އާސިފް އެކޮޅުން ފޯނު ކަނޑައިލިއެވެ. އެއާއިއެކު ނައުފަލް ފޯނު ކަންފަތުން ނަގައިލަމުން ސްކްރީނަށް ބަލައިލީ ހިސާބެއްގެ ރުޅިވެރިކަމާއި އެކީގައެވެ.

 

އާސިފްބެގެ އަތުން އޭނައަށް ލިބޭ ލާރިއަކީ މުހިއްމު ލާރިއެކެވެ. އެ ލާރިން އޭނަ ސިނގިރޭޓި ގަނެ، މަސްތުވާތަކެތީގެ މުޢާމަލާތް ވެސް ކޮށްފައިވެއެވެ. މިހާތަނަށް އައިއިރު ނައުފަލް އަމިއްލައަށް މަސްތުވާތަކެތި ބޭނުންކޮށްފައި ނުވިޔަސް، ނައުފަލް އޭނަ ބައިވެރިވެފައިވާ ގޭންގުގެ މީހުންނާއިއެކީ އާސިފް ދޭ ލާރިން މަސްތުވާތަކެތި ގަނެ، އެހެން މީހުންނަށް ވިއްކާފައިވެއެވެ. އެއިން ލިބޭ ލާރިއަށާއި، އެ ލާރިން އޭނައަށް ކުރެވޭ ކަންތައްތަކަށް ނައުފަލް ދެވިހިފާފައިވެއެވެ. އާސިފްބެ ދޭ އިތުރު ލާރީގެ ސަބަބުން އޭނަ ވަނީ ގޭންގުގައި ނުހަނު މަޝްހޫރު މީހަކަށް ވެސް ވެފައެވެ. ގޭންގުގެ ބައްދަލުވުމަކަށް ގޮސް އޭނަ ލާރި ނުދޭން ފަށައިފިނަމަ އޭނަގެ އަގު ވެއްޓި، އެމީހުންގެ އަތް ދަށަށް ގޮސްފާނެކަން ވެސް ނައުފަލަށް ޔަޤީން ކުރެވުނެވެ. އަތުގައި ފައިސާ ހުރި ދުވަހު ކިބުރުވެރިކަމާއިއެކީ އެމީހުންނާއި މުޚާތަބުކޮށް ކަންތައް ކޮށްފައިވި ގޮތުން ވެސްމެއެވެ.

 

ނައުފަލަށް ހަމްނާ ދޫކޮށްލެވެން ނެތް ސަބަބުތަކަކީ އެއީއެވެ. އާސިފްބެ އެ ހޯދަން އުޅޭ ޙަޤީޤަތެއް އޭނައަށް ހޯދޭނީ ހަމައެކަނި ހަމްނާ މެދުވެރިވެގެންކަން ޔަޤީން ކުރެވުނީތީވެއެވެ. އެ އެނގުންވި އެނގުންވުމާއިއެކީ ނައުފަލް އޭނަގެ ފޯނު ހިއްލައިލަމުން ސްކްރީނުން ފެންނަމުން ދިޔަ ހަމްނާގެ މެސެޖަށް ބަލައިލީ ވަރުގަދަ ޢަޒުމަކާއި އެކީގައެވެ. މާދަމާ ކޮންމެހެން ވެސް އަދި ކޮންމެ ގޮތަކުން ވެސް ހަމްނާގެ ފަރާތުން ޙަޤީޤަތް ހޯދުމުގެ ޢަޒުމެވެ.

 

**

 

އޭގެ އަނެއް ދުވަހަކީ ސައިންސް އެންޑް ޓެކްނޮލޮޖީ ފެއާރ ބާއްވަން ހަމަޖެހިފައިވާ ދުވަސް ކަމަށްވުމުން ހިބާ ހެނދުނުއްސުރެ ހުރީ ސްކޫލްގައެވެ. ދާރިސް ގޭގައި ހުރެގެން ހިބާ ބުނިހެން އެދުވަހުގެ އިވެންޓުގައި އޭނަ ދައްކާނެ ވާހަކައެއް ތައްޔާރު ކުރަމުން ދިޔައިރު، ހަމްނާ ވެސް އެދުވަހު ހަވީރު އޮތް އޭނަގެ ބައްދަލުވުމަށް ހިތްވަރު އެއްކުރަމުން ދިޔައެވެ. ހިބާ އެދުވަހު ގޭގައި ނެތުމުން ހަމްނާގެ ޙާލަތު ނުފެނުނެއްކަމަކު ދާރިސްއަށް ހަމްނާގެ މަޑުމޮޅިކަން ފާހަގަ ކުރެވުނެވެ. އެކަމާއިމެދު ދާރިސް ސުވާލު ކުރިއެއްކަމަކު ހަމްނާ ހިނިތުންވުމަކާއިއެކީ ކަމެއް ނުވާކަމަށް ބުންޏެވެ. އެހާ ހިސާބުން ދާރިސް އިތުރަށް އަހަން ބޭނުމެއް ނުވިއެވެ. ދެން އެންމެ ރަނގަޅުވާނީ ހިބާގާތު އެ ވާހަކަ ދައްކައިގެން ވެގެން އުޅޭ ގޮތެއް ބެލުން ކަމަށް ނިންމުމުންނެވެ.

 

ހިބާ އެދުވަހު ގެއަށް ދިޔައީ، ޢަޞްރު ނަމާދު ވަގުތު ގާތްވަމުން ދިޔަ ވަގުތެވެ. އޭރު ދާރިސް ހަވީރަށް ތައްޔާރުވެގެން ނަމާދަށް ދަނީއެވެ. ހިބާ ވެސް ފެންވަރައިގެން ނަމާދުކޮށް ނިމުނު ވަގުތު ދާރިސް ގެއަށް އައީ، ހިބާއާއި އެކީގައި ސްކޫލްގައި އޮތް އިވެންޓަށް ދިޔުމަށެވެ. ދާރިސް އާދައިގެ ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނަކާއިއެކީ ނުހަނު ސީދާ ސާދާކޮށް ތައްޔާރުވެގެން ހުރީ، އެރަށަށް އައިއިރު އޭނަ ޓައިއެއް ވެސް ނުގެންނާތީވެއެވެ. އެރަށަށް އައިއިރު އެފަދަ ޙަފްލާއަކަށް އޭނަ ދާންޖެހިދާނެކަމަށް ހީކުރެވިފައި ނެތުމުންނެވެ. ފުރަތަމަ ފަހަރަށް މެހުމާނެއްގެ ގޮތުގައި ބޮޑު ޙަފްލާއަކަށް ދާއިރު ޓައިއަކާއި ވެސް ނުލައި ދާންވުމުން ދާރިސްއަށް އުދަގޫވެސްވިއެވެ. ކޮންމެ ތަނަކަށް ވެސް އޭނައަށް ދާން ފަސޭހައީ، އެފަދަ ޙަފްލާތަކަށް ދިޔުމަށް އޭނަ ޢާއްމުގޮތެއްގައި ހެދުން އަޅާ ގޮތަށް އަޅައިގެން ދިޔުމުން ކަމަށްވާތީވެއެވެ.

 

އެހެނަސް އޭނަ ޙައިރާންވެގެން ދިޔައީ، ހިބާ އަމިއްލައަށް ތައްޔާރުވުމަށްފަހު އަލަމާރިން ގަދަ ނޫކުލައިގެ ޓައިއެއް ހިފައިގެން އޭނަގެ ކައިރިއަށް އައުމުންނެވެ.

 

“ޝަރަފުވެރި މެހުމާނު ޓައިއަކާއި ނުލައި ދިޔައިމަ ނުގުޅޭނެއެއްނު؟” ހިބާ އެހެން ބުނެލީ، އެ ޓައި ދާރިސްގެ ކަނދުރައިގެ މަތިން ގެންދަމުންނެވެ.

 

“ކް….ކޮންތަނަކުން ހޯދި އެއްޗެއްތަ މިއީ؟” ދާރިސް އެ ސުވާލުކޮށްލީ، މީގެ 2 ދުވަހެއްހާ ދުވަސްކުރިން، އެ ރަށުގައި ޓައި ވިއްކާ ފިހާރައެއް ހުރިތޯ އެހުމުން ހިބާ ނޫނެކޭ ބުނެފައިވާތީވެއެވެ.

 

“ހަމަ އަހަރެންގެ ލޯބިވާ ފިރިމީހާއަށް ކަސްޓަމް ޓެއިލާރޑްކޮށް ފެއްސި އެއްޗެއް….އަހަރެން ނޫނެކޭ ބުނީމަ އިތުރަށް ނުވެސް ބުނަމެއްނު ބޭނުންވާ ވާހަކައެއް؟” ހިބާ ދާރިސްގެ ޓައި އަޅުވައި ދެމުން ބުންޏެވެ.

 

“ތިކަހަލަ ލޯބިވާ އަންބެއް ހުރީމަ ނުބުނެވެސް މި ވީއެއްނު؟” ދާރިސް އޭނަގެ މޫނު ހިބާގެ މޫނާއި ކައިރި ކުރަމުން ބުނެލިއެވެ.

 

“ހޫނ….އެކަމަކު މީގެ މާނައެއް ނޫން ކޮންމެ ފަހަރަކު އަހަންނަށް މައިންޑް ރީޑް ކުރެވޭނެއޭ. ބޭނުންވާ ކަންތައް އަބަދުވެސް ބުނަންވާނެ ވަރަށް ސާފުކޮށް. އަހަރެން ވެސް ބުނާނަން. އޭރުން ދެމީހުންނަށް އެކީގަ ލޯތްބާއިއެކީ އުޅެވޭނީ އިން ޝާ ﷲ…..ވާވް! ހޭންޑް…ސަމް!”

 

ހިބާ ޓައި އަޅައި ނިންމުމަށްފަހު އެއް ފިޔަވަޅު ފަހަތަށް އަޅައިލަމުން ދާރިސްއަށް ތަޢުރީފު ކުރިއެވެ. އެއަށްފަހު އަދި މަޑުކުރާށޭ ބުނުމަށްފަހު ހިބާ ކޮޓަރިން ނިކުމެގެން ދިޔުމުން ދާރިސްގެ ދެބުމަ ކައިރިވިއެވެ.

 

ހިބާ ދެން ކޮޓަރިއަށް ވަދެގެން އައީ ކޮނޑެއްގައި އެޅުވިފައިވި ދިގު، ނޫކުލައިގެ ކޯޓެއް ހިފައިގެންނެވެ. ‘ސަޕްރައިޒް’އޭ ކިޔަމުން ހިބާ އޭތި ހިފައިގެން އައެވެ.

 

“ތިއީ އަނެއްކާ ކޮން ތަނަކުން ހޯދި އެއްޗެއް؟” ދާރިސްއަށް އަހައިލެވުނެވެ.

 

“ޑޯންޓް ވޮރީ! ހަމަ ގައިމުވެސް މި ކޯޓުގެ މައްސަލައިގަ ކޯޓަކަށް ދާކަށް ނުޖެހޭނެ…ހެހެ….ވާވް! މިހާރެއްނު އިސްމާޢީލް އީތަންއާ ވައްތަރީ؟! ފެއިންޓްވާން މިއުޅެނީ ރީތިކަމުން!” ހިބާ ދާރިސްއަށް އެ ކޯޓު ލުމަށް ވެސް އެހީވެދިނުމަށްފަހު ހުވަފެނީ ގޮތަކަށް ބުންޏެވެ.

 

“ހެހެ….ރަސްމީކޮށް އިސްމާޢީލް އީތަންއާއެއްނު މެރީކޮށްގެން ތިއުޅެނީ؟ ކޮންސިޑާރ ޔުއާރސެލްފް ލަކީ! ތިހާވަރުން ދަންޏާ ދެން ހަމަ އީތަންގެ ނަމުން ގޮވަންވީއެއްނު؟ ކޮން ދާރިސްއެއްދޯ؟” ދާރިސް އެ ވާހަކަ ބުނެލީ ހިނިތުންވުމަކާއިއެކީ ގައި ކަމަށްވިޔަސް އެ ބަސްތައް ބުނެލިއިރު މޭގައި ރިހުމެއްވިއެވެ. ދާރިސްގެ ނަމާއި ދުރުވުމަކީ އޭނަގެ ޙަޔާތުގެ އެންމެ އަނދިރި ދުވަސްތަކުގެ މަތިން ހަނދާން އާ ކޮށްދޭ ކަމަކަށް ވާތީވެއެވެ. ދާރިސްގެ ލޯމަތިން ފެނުނު އަސަރުން ހިބާއަށް އެކަން މާ ރަނގަޅަށްވެސް ނަގައިގަނެވުނެވެ.

 

“ވަޓް އާރ ޔޫ ޓޯކިންގް އެބައުޓް؟ އީތަން ރީތިވެގެން އުޅުނަސް ދާރިސްއަކީ އަހަރެންގެ ފުރަތަމަ ލޯތްބޭ! އަހަންނަށް ލޯބި ދަސްކޮށްދިން މީހަކީ ދާރިސް. ދާރިސްގެ ނަން އެއްގޮތަކަށް ވެސް ހިތުން ފޮހެ ނުލެވޭނެ!” ހިބާ ސާބިތު އަޑަކުން ބުނެލިއެވެ. އެހިނދު ދާރިސްގެ ހިތަށް ކުރި އަސަރާއިއެކީ ލޮލުން ކަރުނަ ހިލެން އުޅުނެވެ. އެހެނަސް އޭގެ ކުރިން ދާރިސް ހިބާ އޭނަގެ ގާތަށް ގެނެސް ބައްދައިލިއެވެ.

 

ހިބާ ވެސް ހިނިތުންވުމަކާއިއެކީ ދާރިސްގެ ގައިގައި ބައްދައިލި ހިނދު އެ ހިތުގައި ދާރިސްގެ ނަން އެންމެންނަށް ހާމަކުރުމުގެ އެދުމެއް އުފެދުނެވެ. ދާރިސް ކިތަންމެ ބުންޏަސް އެ ނަން އޭނަ ފިޔަވައި އިތުރު އެންމެ މީހެއްގެ ދުލުން ވެސް ކިޔާ އަޑު އަހަން ދާރިސް ބޭނުންވާކަން ހިބާއަށް ޔަޤީން ކުރެވިފައިވެއެވެ. އެކަމަށްޓަކައި ފިޔަވަޅެއް އަޅަން އޭނަ ނިންމައިގެން ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިއަދަކީ އެކަމަށްޓަކައި ފިޔަވަޅެއް އަޅަން ރަނގަޅު ދުވަހަކަށް ވާނެކަމަށް ހިބާއަށް ނިންމިފައިވެއެވެ. އަދި އެކަމަށްޓަކައި ރޭވުމެއް ރާވާފައިވެސްވެއެވެ.

 

**

 

އެދުވަހު ހަވީރު ޒުވާނުންގެ މަރުކަޒުގައި ލައިޝާމެންނާއިއެކީ ހަމްނާ ކުޅެމުން ދިޔައިރު، އޭނަ މިއަދު ނައުފަލްގާތު ބުނަން އައި ވާހަކަ ތަކުރާރުކޮށް ސިކުނޑީގައި ގުގުމަމުން ދިޔައެވެ. އެ ބަސްތަކުގެ ޖަވާބަކަށް ނައުފަލް ހަދާނެ ގޮތާއި، ބުނާނެ ބަސްތައް ވެސް ޚިޔާލަށް ގެނެސް އެއަށްވެސް ދޭނެ ޖަވާބުތައް ހަމްނާއަށް ސިފަކުރެވެމުން ދިޔައީ، ކުޅުމުގެ ތެރެއިން ހިތުގެ ތެޅުން އަވަސްވެ، ސިކުނޑި ތާޒާވެފައިވުމުން ވެސްމެއެވެ.

 

ގަޑިއިރެއްހާއިރު ވަންދެން ކުޅުމަށްފަހު ކަން ދިމާކުރި ގޮތުން އެދުވަހު މޮޅުވެގެން ދިޔައީ ވެސް ހަމްނާގެ ޓީމެވެ. އެކަން އެނގުންވި ވަގުތު ލައިޝާމެން އޭނައަށް ރުޅި މޫނު ދައްކައި ހަޑި ބަސްތައް ކިޔުނެއްކަމަކު ހަމްނާއަށް ހިނިތުންވެލުން ނޫންކަމެއް ނުކުރެވުނެވެ. އެހިނދު ހިތާހިތުން ހަމްނާއަށް ޙަމްދުވެސް ކުރެވުނެވެ. މިއަދުގެ ހުރިހާ ކަމެއް އޭނައަށް ފަސޭހަކޮށްދެއްވުމަށް އެދި އޭނަ ދުޢާ ކޮށްފައިވެއެވެ. އެވަގުތުކޮޅުގައި އެ ދުޢާ އިޖާބަވެގެން ދިޔަކަން އެނގުންވުމުން ހިތަށް އިތުރު ހަމަޖެހުމެއް ލިބުން ނޫންކަމެއް ނުވިއެވެ.

 

އެ ދުޢާގެ ސަބަބުން ކަންނޭނގެއެވެ. މެޗު ނިމުނުތާ މާ ގިނައިރެއްނުވެ ނައުފަލް މަރުކަޒަށް ވަދެގެން އައިތަން ފެނުމުން ވެސް، އެހެން ދުވަސްދުވަހާއި ޚިލާފަށް ހަމްނާ ބަލިކަށި ނުވެއެވެ. ނައުފަލްގެ ސަބަބުން ހިތަށް ލިބިފައިވި ވަރުބަލިކަމުގެ ސަބަބުން ނައުފަލާއި ގުޅިގެން އެއްވެސް އިޙްސާސެއް ނުކުރަން އެ ހިތަށް ދަސްވެފައިވި ފަދައެވެ.

 

ނައުފަލް މަރުކަޒަށް ވަދެގެން އައިސް ހަމްނާއާއި ދިމާލަށް އަންނަން ފެށުމުން ވެސް ހަމްނާ ހުރިގޮތަށް ހުރީއެވެ. ހަމްނާއާއި 4 ވަރަކަށް ފިޔަވަޅު ދުރުގައި ހުއްޓުނު ވަގުތު ލައިޝާ ނައުފަލްއަށް ގޮވައިލަން އުޅުނެވެ. އެހެނަސް ނައުފަލް އެ އަޑު އެހުމެއްނެތި އިރުކޮޅަކަށް ހަމްނާއާއި އޭނައަށް ވަކިން ވާހަކަ ދައްކަން ފުރުސަތެއް ދިނުމަށް އެތާ ތިބި އެންމެންނަށް ވާ ގޮތަށް އެންގިއެވެ. އެހިނދު ހަމްނާގެ ދެބުމަ ކައިރިވީ ހިނދު އޭނަ ނައުފަލާއި ވަކިން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ބުނަން ބޭނުންވިއެވެ. އެހެނަސް އެވަގުތު އެ ހިތްވަރު ނުލިބުމުން މެއަށް ފިނިވިއެވެ. އެހެންކަމުން ހަމްނާ ފުން ނޭވާތަކެއްލަމުން ހަމައަކަށް އެޅޭތޯ ބެލިއެވެ.

 

ނައުފަލް ސީރިއަސްކަމާއިއެކީ އެދުނު އެދުމުގެ ސަބަބުން ހަމްނާ ފިޔަވައި ނެޓްބޯޅަ ކުޅެން އައި ހުރިހާ ކުދިން އެތަނުން ނިކުމެގެން ދިޔައެވެ. އެންމެ ފަހު ކުއްޖާ ލޯ މައްޗަށް ގެއްލުމާއިއެކު ނައުފަލް ވާހަކަ ދައްކަން އުޅުނެވެ.

 

“ހަމް-“

 

“ނައުފަލްއާ މާ ގިނަ ވާހަކަ ދައްކަން ނޫން މިއައީ…”

 

ހަމްނާއަށް ކުއްލި ގޮތަކަށް ބުނެވުނެވެ. އެހިނދު އޭނައަށް ފުރަތަމަ ފަހަރަށް ނައުފަލާއި ދިމާލަށް ލޯބިން ނޫން ގޮތަކަށް ގޮވައިލެވުމުން އޭނައާއިއެކީ ނައުފަލަށް ވެސް ޙައިރާންކަމެއް ލިބުނެވެ. ނައުފަލް ހިސާބެއްގެ އޮޅުމަކާއިއެކީ އޭނައަށް ބަލަހައްޓައިގެން ހުންނަން ފެށުމުން ލިބިފައިވި ހިތްވަރާއިއެކީ ހަމްނާ އިތުރަށް ވާހަކަ ދެއްކިއެވެ.

 

“ލެޓްސް ބްރޭކް އަޕް، ނައުފަލް.” ހަމްނާ އަންގައިލިއެވެ.

 

**

 

ހިބާމެން ސްކޫލްގެ ސައިންސް އެންޑް ޓެކްނޮލޮޖީ ފެއާރ ފެށިގެން ދިޔައީ ސްކޫލް ހޯލުގައި ބޭއްވިގެން ދިޔަ ރަސްމިއްޔާތަކުންނެވެ. ރަސްމިއްޔާތު ފެށިގެން ދިޔައީ ޤުރުއާނުގެ ބަރަކާތުންނެވެ. އެއަށްފަހު ޕްރިންސިޕަލްގެ ވާހަކައަށްފަހު ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ދާރިސް ވެސް ވާހަކަ ދެއްކިއެވެ. ވާހަކަ އަޑުއަހަން ތިބި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ތިބޭތީ، ދާރިސް ހިބާ ކިޔައިދިން ބައެއް އުކުޅުތައް ބޭނުންކޮށްގެން އެކުދިންނާއި ގުޅޭ ގޮތަށް ވާހަކަ ބައްޓަން ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އެ ވާހަކަ ނިމުނުއިރު ހުރިހާ ކުދިން ވެސް ތިބީ އެކުދިންގެ ޕްރޮޖެކްޓްތައް ދައްކަން ކެތްމަދުވެފައެވެ.

 

ދާރިސްގެ ވާހަކަ ނިމުމާއިއެކު ހުރިހާ ކުދިން އެކުދިންގެ ޕްރޮޖެކްޓްތައް ރޭވިފައި ހުރި ކުލާސްތަކަށް ދިޔައެވެ. އެވަގުތު ހިބާ ދާރިސް ކައިރިއަށް އައިސް ދާރިސް ކުލާސްތަކަށް ވަންނަމުން ދާންވީ ތަރުތީބު ކިޔައިދިނެވެ.

 

“ކޮންމެ ކުއްޖެއް ކައިރިއަށް ގޮއްސަ ވެސް ހެޕީ ވާ ކަހަލަ ވާހަކައެއް ވިދާޅުވެދެއްވައްޗޭ…ޕްރޮޖެކްޓް ވޯކް ނުކުރަންޏާ ހެލްޕް ވެދެއްވާތި. ޓީޗާރސްވެސް އުޅޭނެ ކައިރީގަ.” ހޯލުގެ ކައިރީގައި ހުރެގެން ހިބާ ރާގަކަށް ދާރިސްއަށް ކިޔައިދިނެވެ.

 

“ލައްބަ މެޑަމް! މާޒިން ކޮބައިތަ؟” ދާރިސް ވަށައި ހޯދަމުން އެހިއެވެ.

 

“މާޒިން ވެސް….އެބައުޅޭ ކުލާހެއްގަ. ވަންނަމުން ދަނިކޮށް ފެންނާނެ.”

 

ހިބާ ހިނިތުންވުމަކާއިއެކީ ބުންޏެވެ. އެއާއިއެކު ދާރިސް އޯކޭއޭ ބުނުމަށްފަހު ދަނީއޭ ބުނެލިއެވެ. ހިބާ ބޯޖަހައިލުމުން ދާރިސް ހިބާއަށް ފަސްދީފައި ދާން ހިނގައިގަތެވެ. ހަމަ އެހިނދު ހިބާ އަތުން ހިފަހައްޓައިގެން ހުރި ފޯނު ރިންގުވާން ފެށުމުން ހިބާ ފޯނު ހިއްލައި ސްކްރީނަށް ބަލައިލިއެވެ. މާޒިންގެ މަންމަގެ ނަން ފެނިފައި ހިބާ ކޯލު ނަގައި ކަންފަތުގައި ޖެއްސިއެވެ.

 

“ހިބާ ކޮން އިރަކުތަ މާޒިން މަންމަ ސްކޫލަށް ދާންވީ؟ މާޒިން ފަހަރެއްގަ ސަކަރާތްވެދާނެ މަންމަ ނުފެނުނިއްޔާ…” މުނީރާ އެކޮޅުން ބުންޏެވެ.

 

“ދެން ލަސްނުކޮށް ހަމަ އަންނަންވީ. 10 ވަރަކަށް މިނިޓް ތެރޭ.” ހިބާ އެހެން ބުނެލީ އޭނަ ބަލަބަލާ ހުއްޓާ ގޮސް ކުލާހަކަށް ވަން ދާރިސްއަށް ބަލަން ހުރެއެވެ.

 

**

 

“ވަޓް އާރ ޔޫ ޓޯކިންގް އެބައުޓް، ހަމް؟ ހަމް އަހަރެން ދެކެ ލޯބިވެއެއްނޫންތަ؟” ނައުފަލް ލިބުނު ޝޮކާއިއެކީ ވާހަކަ ދެއްކިއެވެ.

 

“އަހަންނަށް ވެސް ހީކުރެވުނީ އެހެން. އެކަމަކު މާ ފަހުން މި އެނގުނީ އެއީ ލޯތްބެއް ނޫންކަން. އައިމް ރިއަލީ ސޮރީ ނައުފަލް. ބޭނުމެއްނޫން ނައުފަލްއާއިއެކީ އުޅޭކަށް.” ހަމްނާ ޢަޒުމް ގުޑައިލުމެއްނެތި ބުންޏެވެ.

 

“ސްލޯ ޑައުން ހަމް….ކީއްވެ ބްރޭކް އަޕް ކުރަން ތިއުޅެނީ؟ އަހަންނަށް ކަމެއް ކުރެވުނީތަ؟ ހަމަ ޔަޤީނުން ވެސް އަހަރެން ނުކުރަން ހަމްނާ ދެރަވާ ކަހަލަ ކަމެއް. މިހާރު އެ ސިޔާރާ ކަހަލަ ދީނޭ ކިޔައިގެން އުޅޭ ކުދިންނާއި ޖެހިގެން ހަމްނާ ސިކުނޑި ދޮވިގެންދޯ ތިއުޅެނީ؟”

 

ނައުފަލް އެހިއެވެ. ނައުފަލްގެ އެ ވާހަކައާއިއެކީ ހަމްނާގެ ހިތުގައި ނައުފަލްއަށްޓަކައި ކިރިޔާ ވެސް އޮތް ޙަމްދަރުދީގެ އަސަރު ގެއްލިގެން ދިޔައެވެ. އޭނަ ދެރަވާ ކަހަލަ ގޮތަކަށް ކަންތައް ކުރެވިފައިވާކަން ވެސް ނައުފަލްއަށް ނޭނގުނީތީވެއެވެ. އަދި އަމުދުން އޭނަގެ ލޯބިވާ އެކުވެރިޔާއާއި، އޭނަގެ ދީނާއި މެދު ވާހަކަ ދައްކައިލި ގޮތުންނެވެ.

 

**

 

ދާރިސް އެކިއެކި ކުލާސްތަކަށް ވަންނަމުން ގޮސް އެންމެ ފަހުން ކޮރިޑޯއެއްގެ އެންމެ ފަހަށް ހުރި ކުލާހުގެ ދޮރު ހުޅުވައިލިއެވެ. އެއާއިއެކު އޭނަ އެހާއިރު ވަންދެން ދެކެން ކެތްމަދުވެފައިވި މާޒިންގެ ސޫރަ ފެނިގެން ދިޔައެވެ. މާޒިން އޭނަ ފެނުމާއިއެކު އުޖާލާވި ހިނިތުންވުމަކާއިއެކީ އަތުން ހަނާ އަޅައިލިއެވެ. އެއާއިއެކު ދާރިސް ވެސް އެފަދަ ހިނިތުންވުމަކާއިއެކީ ކުލާހަށް ވަދެ، މާޒިންގެ ކައިރިއަށް ދިޔައެވެ.

 

އެހެން ކުލާސްތަކާއި ބަލައި، އެ ކުލާހުގައި އެންމެ ކުއްޖަކު ހުރެފައި މުދައްރިސެއް ވެސް ނެތުމުން ދާރިސްއަށް ހިސާބެއްގެ ޙައިރާންކަމެއް ލިބުނެވެ. އެއީ މާޒިން ހުންނާތީ ވީހާވެސް ހިމޭން މާޙައުލެއް ހޯދައިދިނުމަށް ހިބާ ރޭވި ގޮތްތޯ ދާރިސްގެ ހިތަށްއެރިއެވެ. އެހެނަސް އޭގެ ފަހަތުގައިވި ޙަޤީޤީ ސަބަބު ދާރިސްއަކަށް ނޭނގެއެވެ.

 

ދާރިސް މާޒިންގެ ކައިރިއަށް ދިޔުމާއިއެކު މާޒިން ނުހަނު ތަފްޞީލުކޮށް ޕްރޮޖެކްޓް ކިޔައިދޭން ފެށިގޮތް ދާރިސްއަށް ލޯބިވިއެވެ. ޕްރޮޖެކްޓް ކިޔައިދިނުމަށްފަހު މާޒިން އޭނަގެ ރޮބޮޓް ދުއްވައިލީ ގުޅުވިފައިވި ގަނޑުތަކެއްގައި ކަޅުކުލައިން ބޮޑު އަކުރުން ލިޔެވިފައިވި ‘8’ ނަންބަރުގެ މަތިންނެވެ. އެތާ ބެހެއްޓިފައިވި ލެޕްޓޮޕުން މާޒިން ކޯޑު ‘ރަން’ ކުރުމާއިއެކު ރޮބޮޓް އަމިއްލައަށް އެ ބައްޓަމަށް ދާން ފެށުމުން ދާރިސް މާޒިންއަށް ތަޢުރީފުކޮށް ތަރުހީބު ދިނެވެ. ހަމަ އެވަގުތު ހިބާ ވެސް އެކުލާހަށް ވަދެގެން އައިސް މާޒިންއަށް ތަޢުރީފުކުރަން ފެށުމުން ދާރިސް ފަހަތް ބަލައިލުމަށްފަހު ހިބާ އޭނަގެ ގާތަށް އައިހެން އޭނަގެ ނަޒަރު ބަދަލުކުރިއެވެ. ކުލާހުގެ ދޮރަށް މުޅިން ފަސް ދެވުނު ވަގުތު އެ ދޮރު އަނެއްކާވެސް ހުޅުވުނު އަޑު އިވުނެވެ. އެހެނަސް ދާރިސް އެ ދިމާލަށް ބަލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ.

 

**

 

“ތެދުތެދަށް ބުނަންޏާ އަސްލު މިއީ އަހަންނަށް ވަރަށް ދަތި ނިންމުމެއް. އެކަމަކު ތިބުނެލި ބަސްތަކުން ހުރިހާ ޝައްކުތަކެއް ފިލައިފި. ނައުފަލްއާއިމެދު އަހަންނަށް ރަނގަޅު ފިޔަވަޅެއް މި އެޅެނީ އަދި މިއަދު.” ހަމްނާއަށް ބުނެވުނެވެ.

 

“ވަޓް ދަ ހެލް ހަމްނާ؟! ޔޫ ކާންޓް ޑޫ ދިސް!!!” ކަރުތާ ފެނަށް ދިޔުމުން ނައުފަލްގެ އަޑު ހަރުވިއެވެ.

 

“މިތާ ހުއްޓި ހުރިހެން ނައުފަލާއި ވަކިވާންވީ ސަބަބުތައް މި ފެންނަނީ. ބޭނުމެއްނޫން އަހަންނާއި ދިމާލަށް ހަރުއަޑުން ވާހަކަ ދައްކާ، އަހަރެންގެ އެކުވެރިންނަށް ބަދުބަސްބުނެ އަހަރެންގެ އީމާންތެރިކަމަކީ މުހިންމު އެއްޗެއް ނޫންކަމަށް ދެކޭ މީހަކާއިއެކީ އުޅޭކަށް. ތި ޙަޤީޤީ ކުލަތައް މިއަދު ދެއްކި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ. އެ ނޫންނަމަ މި ބަސްތައް އަހަންނަށް ނުބުނެވުނީސް…ވަރަށް ސަލާމް.”

 

ހަމްނާ އެހެން ބުނުމަށްފަހު އިތުރަށް މަޑުކުރުމެއްވެސް ނެތި ނައުފަލަށް ފަސްދިނީ، އެ ސޫރައަށް ވެސް ވީ ފޫއްސެއްގެ ބޮޑު ކަމުންނެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް ހަމްނާގެ ފިޔަވަޅުތައް މަޑުޖެހުނީ، ނައުފަލް ކޮށްލި ސުވާލުންނެވެ.

 

“ތިގޭގަ އުޅޭ އިސްމާޢީލް އީތަންއަކީ…..ތީނަގެ ބައްޕަ މެރިކަމަށް މީހުން ބުނެ އުޅޭ ދާރިސްތަ؟”

 

ނައުފަލް ކޮށްލި ސުވާލުން ހަމްނާގެ ދެލޯ ބޮޑުވީ ހިނދު، އެ ސުވާލު ފަރުމާ ކުރެވިގެން ދިޔަ ގޮތުން ގަނޑުވާ ގޮތްވިއެވެ.

 

**

 

ދާރިސް ހިބާއާއި އެކީ މާޒިންއަށް ތަޢުރީފު ކުރަމުން ދިޔަ ވަގުތު ލަސްލަހުން ކުލާހަށް ވަދެގެން އައި މީހަކު އެމީހުންގެ ކައިރިއަށް އައިސް ހުއްޓުނުކަން ފިޔަވަޅުތަކުގެ އަޑުން ދާރިސްއަށް އެނގުންވިއެވެ. އެއީ މުދައްރިސެއްކަމަށް ނިންމައިގެން ދާރިސް ހުއްޓާ އެމީހެއްގެ އަޑު އިވިގެން ދިޔައެވެ.

 

“ދަރިފުޅުގެ ޕްރޮޖެކްޓް މަސައްކަތް އެބަކުރޭދޯ؟” ނުހަނު ގާތުން އިވިގެން ދިޔަ އެ އަޑުން ދާރިސްއަށް ލިބިގެން ދިޔައީ ޝޮކެކެވެ. އެ އަޑު ކަންފަތުގައި ޖެހުމާއިއެކު ވެސް އެ އޯގާތެރި އަޑުގެ ވެރިޔާގެ ސޫރަ ލޮލަށް ސިފަވެގެން ދިޔައެވެ. ލިބުނު ޝޮކުގައި އޭނައަށް އެއްވެސް ޙަރަކާތެއް ނުކުރެވޭނެކަމަށް ޚުދު އޭނައަށް ވެސް ހީކުރެވިފައި ވަނިކޮށް، ލަސްލަހުން އަނެއް ފަރާތަށް އޭނައަށް އެނބުރިލެވުނީ އެ ސޫރަ ދެކެން ހިތް އެދުނު ވަރުން ކަންނޭނގެއެވެ. އެއާއިއެކު ކުރިމަތިން ފެނިގެން ދިޔަ ސޫރައިން ދާރިސްގެ ވައްޓާލެވިފައި އޮތް ދެއަތުގެ ގޮށްމުއްކެވުނީ، ބޮޑުވާ އިނގިލި އެހެން އިނގިލިތަކުގެ ދަށަށް ލަމުންނެވެ. އެންމެ ކުޑައިރު ހަދާ ފަދައިންނެވެ.

 

ނުނިމޭ

The post ދާރިސް (ފަންސާސްދެވަނަ ބައި) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a7%de%90%de%b0%de%8b%de%ac%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/feed/ 6 3149
ދާރިސް (ފަންސާސްއެއްވަނަ ބައި) https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a7%de%90%de%b0%de%87%de%ac%de%87%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/?utm_source=rss&utm_medium=rss&utm_campaign=%25de%258b%25de%25a7%25de%2583%25de%25a8%25de%2590%25de%25b0-%25de%258a%25de%25a6%25de%2582%25de%25b0%25de%2590%25de%25a7%25de%2590%25de%25b0%25de%2587%25de%25ac%25de%2587%25de%25b0%25de%2588%25de%25a6%25de%2582%25de%25a6-%25de%2584%25de%25a6%25de%2587%25de%25a8 https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a7%de%90%de%b0%de%87%de%ac%de%87%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/#comments Wed, 12 Jan 2022 16:11:01 +0000 https://blog.storiesbyjana.com/?p=3144

“ގުޑް އާފްޓަނޫން މާޒިން. ވެލްކަމް ޓު އަވާރ ހޯމް!” ޑޯޑޯ މަރުޙަބާ ކިޔުނެވެ. އެހިނދު މާޒިންގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިތަން، އެއްފަރާތުން މަންޒަރު ބަލަން ހުރި ހިބާއާއިއެކީ، އެވަގުތު ސިޓިންގް ރޫމުގެ ފާރަށް ލެނގިލި ދާރިސްއަށް ވެސް ފެނުނެވެ. އެ ދެމީހުންނަށް ވެސް ހީކުރެވުނީ މާޒިން ވަކި އެއްޗެކޭ ނުބުނެ ހުންނާނީ ކަމަށެވެ. އެހެނަސް…   “ގުޑް އާފްޓަނޫން، ޑޯޑޯ!” މާޒިން ސީދާ ޑޯޑޯއަށް ބަލަން ހުރެ ބުނެލި ބަސްތަކުން، ލިބުނު ޙައިރާންކަމާއިއެކީ ހިބާއާއި ދާރިސްގެ […]

The post ދާރިސް (ފަންސާސްއެއްވަނަ ބައި) appeared first on Stories by Jana.

]]>

“ގުޑް އާފްޓަނޫން މާޒިން. ވެލްކަމް ޓު އަވާރ ހޯމް!” ޑޯޑޯ މަރުޙަބާ ކިޔުނެވެ. އެހިނދު މާޒިންގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިތަން، އެއްފަރާތުން މަންޒަރު ބަލަން ހުރި ހިބާއާއިއެކީ، އެވަގުތު ސިޓިންގް ރޫމުގެ ފާރަށް ލެނގިލި ދާރިސްއަށް ވެސް ފެނުނެވެ. އެ ދެމީހުންނަށް ވެސް ހީކުރެވުނީ މާޒިން ވަކި އެއްޗެކޭ ނުބުނެ ހުންނާނީ ކަމަށެވެ. އެހެނަސް…

 

“ގުޑް އާފްޓަނޫން، ޑޯޑޯ!” މާޒިން ސީދާ ޑޯޑޯއަށް ބަލަން ހުރެ ބުނެލި ބަސްތަކުން، ލިބުނު ޙައިރާންކަމާއިއެކީ ހިބާއާއި ދާރިސްގެ ވެސް ލޯ ބޮޑުވެގެން ދިޔައެވެ. ޙައިރާންވީ މާޒިން ވާހަކަ ދެއްކުމަށްވުރެ ބޮޑަށް، ދާރިސް އަމިއްލަ ގޭގައި ރައްކާކޮށްގެން ގެންގުޅޭ ރޮބޮޓެއްގެ ނަން، މާޒިންއަށް އެނގުނު ގޮތުންނެވެ.

 

“މާޒިން ނޯސް ޑޯޑޯ. ޑޭޓާ ސޭވްޑް!” ޑޯޑޯ އެހެން ބުނެލި ހިނދު ދާރިސްއަށް ލިބިފައިވި ޝޮކާއިއެކީ ސީދާވެލެވުނެވެ. އެހިނދު ޑޯޑޯއިން ނަޒަރު ވަކިކޮށް އެދިމާލަށް ބަލައިލި މާޒިންއާއި ދާރިސްގެ ހަތަރުކަޅި ހަމަވުމާއިއެކު، މާޒިން ހިސާބެއްގެ ސިހުމަކާއިއެކީ ތިރިއަށް ބަލައިލަމުން ދެ ފަރާތަށް ކަޅި ހިންގަން ފެށިއެވެ.

 

މާޒިންގެ ޙަރަކާތްތައް ބަދަލުވެގެން ދިޔަ ގޮތުން، ކުއްލިއަކަށް ބީރައްޓެއްސަކު ފެނުނީތީ ޖެހިލުންވީކަން ދާރިސްއަށް އިސާހިތަކު ނަގައިގަނެވުނެވެ. ކުޑައިރު އޭނައަށް ވެސް އެފަދަ ތަޖުރިބާތަކެއް ކުރެވިފައި ހުރީތީވެއެވެ. އެހެނަސް އޭނައާއި އެއްވަރަށް މާޒިންގެ ޙާލަތު ނޭނގޭ ހިބާ، މާޒިންގެ ކައިރިއަށް ގޮސް ވާހަކަ ދެއްކިއެވެ.

 

“ކިހިނެއް މާޒިންއަށް އެނގުނީ މި ރޮބޮޓަށް ކިޔާ ނަން؟ ނެޓުން ފެނުނީތަ މި ނަން ކިޔާ މި ކަހަލަ ރޮބޮޓެއް؟” ހިބާ މާޒިންގެ ކައިރިއަށް ގޮސް ކުރުފައި މައްޗަށް ތިރިވެ، ސުވާލުކުރިއެވެ. އެހެނަސް އެވަގުތު ދާރިސް އުއްމީދު ކުރި ފަދައިން މާޒިންއަށް ޖަވާބެއް ނުދެވުނެވެ. މާޒިން ދެންވެސް ތަކުރާރުކޮށް ކަޅި ދެ ފަރާތަށް ހިންގަމުން ދިޔައީއެވެ.

 

މާޒިން ޖަވާބެއް ނުދިނުމުން، ހިބާ ދާރިސްއަށް ބަލައިލީ، ދާރިސްއަށް ދެންމެ އެ ވީ ގޮތް ދޭހަކުރެވިފައިވިކަމުގެ ހިލަމެއް ފެނޭތޯއެވެ. އަދި ދާރިސް ލައްވާ މާޒިން ކައިރިން އިތުރު ސުވާލުތައް ކުރަން އެދޭ ފަދައަކުން ވެސްމެއެވެ. އެހެނަސް ދާރިސް ހިބާއަށް ބަލަން ހުރެ ބޯހޫރުވައިލީ، ދެން އިތުރަށް އެ ވާހަކަ ނުދެއްކުމަށް ބުނާ ފަދައަކުންނެވެ. އެއަށްފަހު ދާރިސް ފުން ނޭވައެއް ދޫކޮށްލަމުން ހިނިތުންވުމަކާއިއެކީ މާޒިންގެ ކައިރިއަށް ދިޔައީ، ދެންމެ ސިކުނޑީގައި އުފެދުނު ހުރިހާ ސުވާލެއްގެ މަތިން ހަނދާން ނައްތައިލަމުންނެވެ.

 

“މި ކަހަލަ ރޮބޮޓެއްތަ މާޒިން ހަދަން ބޭނުންވަނީ؟” ދާރިސް އެހެން އަހައިލީ، އެތާހުރި ދިގު ސޯފާގައި އިށީންނަމުން، ޑޯޑޯ ނަގައި ކުޑަކޮށް މާޒިންއާއި ގާތް ވާ ގޮތަށް މޭޒުމަތީގައި ބަހައްޓަމުންނެވެ. މާޒިން އޭގެ ޖަވާބަކަށް، ދާރިސްއަށް ބަލައިލަމުން ބޯޖަހައިލުމަށްފަހު އިތުރަށް ވެސް ވާހަކަ ދެއްކިއެވެ.

 

“މިކަހަލަ ގޮތަކަށް. އެކަމަކު މީތި ހުރި ގޮތަކަށް ނޫން. މާޒިންގެ އަމިއްލަ ޑިޒައިނެއް ހަދަން ބޭނުމީ…” މާޒިން ބުންޏެވެ. ފުރަތަމަ ފަހަރަށް މާޒިން ބީރައްޓެއްސަކާއި އެހާ އަވަހަށް ވާހަކަ ދައްކަން ފެށި މަންޒަރު ފެނި، ހިބާގެ އަނގަ ހުޅުވުނެވެ. ޝައުޤުވެރިކަން ހުރިކަމެއް ވެއްޖެނަމަ މި ކުއްޖާ ކޮންމެ ޙާލަތެއްގައިވެސް ވާހަކަ ދައްކަފާނެތާއޭ ހިތަށްއެރިއެވެ.

 

“ބަރާބަރު ކުއްޖެކޭ މިއީ ދޯ ހިބާ މިސް؟ ސީދާ އަމިއްލަ ޑިޒައިނެއްގެ ރޮބޮޓެއް ހަދަން ބޭނުންވަނީ. މާޒިން ޑިޒައިނެއް ތައްޔާރުކޮށްފަ ހުރިއްޔާ އީތަން ސާރއަށް ދައްކާލަ ދެވިދާނެތަ؟” ދާރިސް ވިސްނުންތެރިކަމާއިއެކީ ކުރަމުން ދިޔައީ، ވީހާވެސް ސީދާސީދަލަށް ޖަވާބުދެވޭ ސުވާލުތަކެވެ. ނަތީޖާއެއްގެ ގޮތުން މާޒިން އެ ސުވާލަށް ވެސް ހިނިތުންވުމަކާއިއެކީ ބޯޖަހައިލުމަށްފަހު ކޮނޑުގައި އޮތް ދަބަސް ނަގައިލުމަށްފަހު، ދާރިސް ބުނި އެއްޗެއް ދައްކަން އުޅުނީ، ދާރިސްއަކީ މާޒިންގެ ނުހަނު ގާތް އެކުވެރިޔަކަށްވީ ފަދައަކުންނެވެ.

 

އެހާ ހިސާބުން މާޒިންގެ ސައިންސް ޕްރޮޖެކްޓް ހެދުމުގެ މަސައްކަތް ފެށިގެން ދިޔައެވެ. އެ މަސައްކަތުގެ ތެރެއިން މާޒިންއާއިއެކީ ދާރިސްއަށް ވެސް މަސައްކަތުގެ ބޭރުން ހިނގަމުން ދިޔަ އެއްވެސް ކަމަކާއިމެދު ރޭކާނުލާ ފަދައެވެ. އެމީހުން މަސައްކަތް ފެށިފަހުން ހިބާ ސައި ހަދައިގެން ގޮސް މޭޒުމަތީގައި ބެހެއްޓިއެވެ. އެހެނަސް ދެމީހުންކުރެ އެކަކު ވެސް އެއަށް ބަލައިވެސް ނުލިއެވެ.

 

ދެމީހުން ވެސް ނުހަނު ޝައުޤުވެރިކަމާއިއެކީ ޚިޔާލުތައް ބަދަލުކުރަމުން، އެއް މަސައްކަތެއްގައި މަޝްޣޫލުވެގެން ތިބި މަންޒަރު ފެނި، ހިބާއަށް ހިނިތުންވެވެމުން ދިޔައެވެ. އެދެމީހުން އެހާ ފަސޭހައިން އެކުވެރިވެގެން ދިޔައީ، ދެމީހުންގެ ވެސް އެ ޙާލަތެއް ހުރެފައި، ޝައުޤުވެރިވާ އެއް ކަންތައްތަކެއް ހުރުމުންތޯ ހިބާގެ ހިތަށްއެރިއެވެ. އެއީ ޙަޤީޤަތަކަށް ވެދާނެކަން އެނގިހުރެ ވެސް އެ ދެމެދުގައި އެއަށްވުރެ ފުން ގުޅުމެއް އޮތުމަކީ ވެސް އެ އަވަސް އެކުވެރިކަމުގެ ސިއްރެއްކަމަށް ހިބާއަށް ހިތާހިތުން ޤަބޫލުކުރެވުނެވެ. ދެމީހުންގެ މޫނު އެއްފަރާތަކުން ފެންނަމުން ދިޔައިރު، އެ ދެ ސޫރަ ވައްތަރުވެސް ވީ ގޮތުން ހިބާއަށް ހިނިތުންވުމެއްގައި ހުރެ ދެމީހުންގެ ފޮޓޯއެއް ވެސް ނަގައިލެވުނެވެ.

 

ހިމޭންކަމާއިއެކީ އޮމާންކޮށް ދެމީހުން މަސައްކަތުގައި ތިބުމަށްފަހު، ދެމީހުން މަސައްކަތް މެދުކަނޑައިލީ، ޢަޞްރު ނަމާދަށް ބަންގި ގޮވުމުންނެވެ. މަސައްކަތް މެދުކަނޑަންވުމުން މާޒިން ދެކޮޅު ހަދައި ގަދަ ހަދާނެކަމަށް ހިބާއަށް ހީކުރެވުނެވެ. އެހެނަސް އެހާ ހިސާބަށް ދިޔައިރު ‘އީތަން ސާރ’އަށް މާޒިންގެ ޤަދަރު ދެވިފައިވުމުން، މާ ބޮޑު ދެކޮޅު ހެދުމެއްނެތި މާޒިން ދާރިސްއާއި އެކީ ނަމާދަށް ދިޔައެވެ. ދެ މީހުންގެ ދެމެދުގައި މައްސަލައެއް ފެން މަތިވެގެން ދިޔައީ ނަމާދަށްފަހު އަނެއްކާވެސް މަސައްކަތަށް އަނބުރައި ދިޔަ ފަހުންނެވެ.

 

“އެންމެ ދެ  ޔެލޯ ކުލައިގެ ލައިޓް މި ވަގުތު މި އޮތީ. ހިނގާ ހެޑް ލައިޓްގަ މި ދޭތި ހަރު ކުރަމާ…” ދާރިސް މަސައްކަތުގެ ތެރެއިން ބުންޏެވެ. އެ ހިނދު އޭނަވެސް އިނީ މާޒިން ފަދައިން މޭޒުގެ އަނެއްފަރާތިން ބިންމަތީގައި އިށީނދެގެންނެވެ.

 

“އުނހު…އެ ދޭތި ހަރު ކުރާނީ ފަހަތުގަ…” މާޒިން ވެސް މަސައްކަތުގެ ތެރެއިން އެ ރަތް ބޮކިތައް ނަގަމުން ބުނެލިއެވެ.

 

“އެކަމަކު ފަހަތުގަ ޔެލޯ ކުލަ ބެހެއްޓުމުގެ ބަދަލުގަ ހެޑް ލައިޓަށް ޔެލޯ ބަހައްޓާފަ ބްރޭކް ލައިޓަށް ރެޑް ކުލައެއް ލީމަ މާ ރީތިވާނެއެއްނޫންތަ؟” ދާރިސް އެހެން އަހައިލީ އޭނަ އެ ޚިޔާލުކުރާ ގޮތަށް ހަދަން ރާވައިގެން ހުންނަތާ ވަރަށް ގިނައިރު ވެފައިވާތީވެއެވެ. އަދި އެ މަސައްކަތުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވިފައިވާތީ ވެސްމެވެ.

 

“އުނހު…ޔެލޯ ކުލަ ބްރޭކް ލައިޓްއަށް ބަހައްޓާނީ…ކާރުތަކުގެ ބްރޭކް ލައިޓަށް ޔޫޝުއަލީ ހުންނާނީ އެކަހަލަ ކުލައެއް…” މާޒިން އެހެން ބުނުމަށްފަހު ކުޑަ ކާރެއްގެ ބައްޓަމަށް އެމީހުން ހަދަން ފަށާފައިވާ ރޮބޮޓް ވެސް ކައިރިއަށް ޖައްސަން އުޅުނެވެ. އެހެނަސް އޭގެ ކުރިން ދާރިސް އޭތި މާޒިންއާއި ދުރު ކުރިއެވެ.

 

“ބްރޭކް ލައިޓްގަ ބަހައްޓަން އަދި ބޮކިތައް ހޯދާނީއޭ! މި ވަގުތަށް މި ލައިޓްތައް ހެޑްލައިޓް ބައިގަ ހަރުކުރަމާ…” ދާރިސް ކޮންޓްރޯލެއްނެތި ހިސާބަކަށް ރުޅި އަންނަ ގޮތްވިއެވެ. މީހުންނާއި ވާހަކަ ދައްކައިގެން އަމިއްލަ ކޮޅު މޮޅުކުރުމަކީ އޭނަގެ އާދައަށްވެފައި، ކުރިމަތީގައި އިން ކުއްޖާ އަމިއްލަ ގޮތް ދޫނުކުރަން އުޅުނުހެން ހީވުމުންނެވެ.

 

“ހެޑްލައިޓް ދިއްލޭ ގޮތަށް ހަދަން އެހާ އުދަގުލެއްވެސް ނުވާނެ…ފުރަތަމަ ބްރޭކް ލައިޓް ވޯކް ކުރޭތޯ ބަލަން ޖެހޭނީވެސް. އޯލް ދަ މޯ ރީޒަން ޓު ކީޕް ދަ ޔެލޯ އޭޒް ބްރޭކް ލައިޓް!” މާޒިން ވެސް އަޑު ހަރުކޮށްލަމުން ދާރިސްއަށް ލޯ އަޅައިލިއެވެ. އެއަށްފަހު ދާރިސް ހިފަހައްޓައިގެން އިން ކާރު އޭނަގެ ކައިރިއަށް ދަމައިލިއެވެ.

 

“ޔެލޯ ފޯ ހެޑްލައިޓް އައި ސެއިޑް!” ދާރިސް ދަތްކުނޑި ވިކަމުން އަނެއްކާވެސް އެ ކާރު އޭނަގެ ކައިރިއަށް ޖެއްސިއެވެ.

 

“ބްރޭކް ލައިޓް!”

 

“ހެޑްލައިޓް!”

 

“ބްރޭކް ލައިޓް!”

 

“ހެޑް ލައިޓް!!”

 

“ބްރޭކް ލައިޓް!!!”

 

ދެމީހުން އެ ކާރު ދެކޮޅަށް ދަމަމުން ހަރުވަމުން ދިޔަ އަޑަކާއިއެކީ އެ ބަސްތައް ކިޔަމުން ދަނިކޮށް، އެ ޙަރަކާތްތައް ހުއްޓި އަޑުމަޑުވެގެން ދިޔައީ އެތަނަށް އައި މީހަކު އެ ކާރު ނަގައިލުމުންނެވެ. އެއާއިއެކު ދެމީހުން އެކީގައި އިސްއުފުލައިލިއިރު ކާރުގައި ހިފަހައްޓައިގެން ހުރީ ހިބާއެވެ.

 

“ކިހިނެއް މި ވަނީ؟” ހިބާ އެ ދެމީހުންނަށް ވަކިވަކިން ސީރިއަސް ނަޒަރެއް ދެމުން އެ ސުވާލުކޮށްލީ، ދެ ކުޑަކުދިން ގޯސްކަމެއް ކުރުމުން ބަލާ ފަދައަކުންނެވެ.

 

“ހިބާ މިސް ބަލާބަލަ އީތަން ސާރ މާޒިން ބޭނުންވާ ކުލައިގެ ލައިޓްއެއް ބަހައްޓަން ޗާންސެއް ނުދޭ!” މާޒިން ވަގުތުން ޝަކުވާ ކުރިއެވެ.

 

“ސާރ އެހެން ބުނީ އެ ޕްރޮޖެކްޓް އިތުރަށް ކްރިއޭޓިވް ކުރެވޭތޯ ބަލަންވެގެން އެކަމަކު މާޒިން އަޑެއްނާހާ…” ދާރިސް ވެސް ދެންވެސް ދޫނުކޮށް ބުންޏެވެ.

 

“އެއްވެސް ކްރިއޭޓިވްއެއް ނޫން!”

 

“މާޒިންއަށްވުރެ ބޮޑަށް އެނގޭނީ އީތަން ސާރ-“

 

“ނައު ޝްޝްޝްޝް ބޯތް އޮފް ޔޫ! ދެމީހުންނަށް ވެސް ވަރަށް ގިނައިން ބަހުސް ކުރެވިއްޖެއެއްނު؟ ދެން ނިންމާލާ! ދެމީހުން އެއް ނިންމުމަކަށް ނާންނަނީސް މީތި ދެން ހުންނާނީ ހިބާ މިސް އަތުގަ!”

 

“އެކަމަކު-“

 

“ޝްޝްޝްޝް!!!”

 

ހިބާ ދެމީހުން ޞުލްޙަކުރަން ނިންމުމެއް ނިންމުމުން ވެސް ދެމީހުން އެކީގައި އެއްޗެކޭ ބުނަން އުޅުމުން ހިބާ ހަރުކަށިގޮތަކަށް އެ އަޑު ލައްވައިލިއެވެ. އެއާއިއެކު ދެމީހުން ވެސް ހިމޭންވާ ގޮތްވީ، ހިބާއަކީ އެ ދެމީހުން ވެސް ޤަދަރުކުރާ ފަރާތަކަށްވީތީވެއެވެ.

 

އެހެނަސް އިރުކޮޅެއްގެ ހިމޭންކަމަށްފަހު ދާރިސްއާއި މާޒިންގެ ހަތަރުކަޅި ހަމަވުމާއިއެކު ދެމީހުން ނުރުހުންތެރިކަމާއިއެކީ ދުރު ބަލައިލަމުން އެތަނުން ތެދުވުނެވެ. މާޒިން ތެދުވެގެން ގޮސް ރުޅި މޫނަކާއިއެކީ ސޯފާގައި އިށީނދެ ދެ އަތް އުރައިލިއިރު، ދާރިސް ތެދުވެގެން ދިޔައީ އޭނަގެ ކޮޓަރިއަށެވެ. އެވަގުތު ހިބާ ވީ ބަދިގެ ތެރޭގައި ކަމަށްވުމުން، ކޮޓަރިއަށް ވަނުމާއިއެކު ދާރިސް ހިމޭންވާ ގޮތްވިއެވެ. ދެންމެ ކަންތައް ކުރެވުނު ގޮތާއިމެދު ސާފުކޮށް ވިސްނޭ ގޮތްވީ، އެނދުމަތީގައި އިށީނދެ، ފުން ނޭވާތަކެއް ލާން ފެށުމުންނެވެ. އެއާއިއެކު ޚުދު ދާރިސްއަށް ވެސް ލިބުނީ ޙައިރާންކަމެކެވެ. އޭނަ އޯޓިޒަމް ތެރަޕީއަށް ދާން ފެށިފަހުން އެފަދައިން ރުޅިވެރިކަން ކޮންޓްރޯލް ނުކުރެވި ދިޔަ ހަނދާނެއް އޭނަގެ ސިކުނޑިއަށް ނައުމުންނެވެ. އަދި އަމުދުން އޭނަގެ ޢުމުރުން 20 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން އޭނަ ދުވަހަކުވެސް އެފަދައިން އެއްވެސް މީހަކާއި ޖަދަލުކޮށްފައެއް ނުވެއެވެ.

 

ފަރުވާ ހޯދަން ފެށިތާ އެތައް އަހަރެއް ފަހުން އޭނައަށް އަދި މި ވަދެވުނީވެސް ކޮންކަހަލަ ޖަދަލަކަށްތޯ ހިތަށްއެރިއެވެ. ކުޅޭ އެއްޗަކާއިހެދި ކުޑަ ކުއްޖަކާއި ކުރެވުނު ޖަދަލެކެވެ. އޭނައަށް ދެންމެއަކު މާޒިންއާއި ވާހަކަ ދެކެވުނު ގޮތް ހަނދާނަށް ވެރިވެގެން ދިޔުމުން ދާރިސްއަށް އެކަނި އިނދެވެސް އިޚްތިޔާރަކާއި ނުލައި ހީލެވުނެވެ. އޭނައަކީ ކުޑައިރު އޭނަގެ މިޒާޖު ހުންނަ ގޮތުން، ކުދިންނާއި އެފަދައިން ޖަދަލުކޮށްފައިވާ މީހެއް ނޫނެވެ. ޙަޔާތުގެ މިހާ ހިސާބުން ވިޔަސް، އޭނަގެ ޙާލަތް ހުރި ކުއްޖަކާއި ދިމާވުމުން، އޭނައަށް ‘އާދައިގެ’ ކުޑަކުއްޖެއްގެ އިޙްސާސްތައް ތަޖުރިބާކުރަން މިއަދު ފުރުސަތެއް ލިބުނީތާއޭ ހިތަށްއެރިއެވެ. އޭނައަށް މިއަދު އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވަން ދަތިވި ސަބަބަކީ އެއީއެވެ.

 

އެކަން އެނގުންވުމުން ދާރިސްއަށް ހިނިތުންވުމެއްގައި އިނދެވުނީ، ހިތުގައި މާޒިންއަށްޓަކައި އުފެދުނު ކުލުނަކާއި އެކީގައެވެ. އެކުއްޖާއާއިއެކީ އިތުރު ވަގުތު ހޭދަކުރަން ހިތް އެދުމުން ދާރިސް އަނެއްކާވެސް ތެދުވެގެން ކޮޓަރިން ނިކުންނަން ދިޔައީ ވެސް އެ ހިނިތުންވުމާއިއެކީގައެވެ. އެހެނަސް ކޮޓަރިން ނިކުތްތަނާހެން، ގޭގެ ހުޅުވިފައިވާ މައިދޮރުގެ ސަބަބުން، ގޭގެ ކުރިމައްޗަށް އައިސް  މަޑުކުރި ކަޅުކުލައިގެ ކާރު ފެނިފައި ކުއްލިއަކަށް ދާރިސްގެ ފިޔަވަޅުތައް މަޑުޖެހުނެވެ.

 

“އަނހަ މާޒިން ބަލާ އައީދޯ؟ މާޒިން އަވަހަށް އެއްޗެހި ޕެކްކޮށްލައިގެން އާދޭ!” އެވަގުތު ބަދިގެއިން ނިކުތް ހިބާ، ދާރިސްއާއި އެ ދޮރާއި ދެމެދު ހުރަހަކަށްވިއެވެ. އެހިނދު އެކަމާއިމެދު ހިތުގައި ޝަކުވާއެއް އުފެދުނު ހިނދު ޝުކުރުވެރިވެސް ވެވުނެވެ. އެއްވެގެން ދިޔަ ޖަޒުބާތުތަކާއި މޭނުބައި ކުރާ ކަހަލަ އިޙްސާސެއް ކުރެވުނު ހިނދު ދާރިސް ދެންމެ ފެނުނު މަންޒަރަށް ފަސްދިނެވެ.

 

އޭރު ހިބާ މާޒިން ގެއިން ބޭރަށް ފޮނުވައިލަމުން އަލްވަދާޢު ކިޔުމުގެ ގޮތުން ހަނާ އަޅައިލަނީއެވެ. މާޒިން ކާރާއި ދިމާލަށް ދިޔަދިޔަހެން މުނީރާ ކާރުގެ ކުޑަދޮރު ތިރިކުރަން ފެށުމުން ހިބާގެ މެއަށް ފިނިވީ، ދާރިސް މަތިން ހަނދާންވުމުންނެވެ. އިސާހިތަކު ހިބާއަށް ފަސްއެނބުރި ބަލައިލެވުނީ، ދާރިސް އެތާ ހުރިތޯ ބެލުމަށެވެ. ހިބާއަށް ބަލައިލެވުނުއިރު ދާރިސް ފެންނާކަށް ނެތެވެ. އެއާއިއެކު ދާރިސް އޭނަ ބުނެފައިވާ ފަދައިން، މާޒިން ބަލާ އަންނަ ގަޑިއަށް ކޮޓަރިއަށް ވަނީތާއޭ ހިތައި، ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

 

**

 

އެ ހަފްތާގައި ނައުފަލް އަނެއްކާވެސް ސްކޫލަށް އަންނަން ފެށުމުން ހަމްނާއަށް ދަތިވެފައިވިއެވެ. އިންޓަވަލް ގަޑީގައި ނައުފަލް އޭނަ ކެންޓީނަށް ދިޔަ މަގުމަތީގައި،  ނައުފަލް ވާހަކަ ދެއްކުމުން ވެސް ހަމްނާއަށް ކުރު ގޮތަކަށް ޖަވާބު ދިނުން ނޫންކަމެއް ނުކުރެވުނެވެ. ބިޒީކަމަށް ބުނެ ވާހަކަ ކުރު ކޮށްލިއެއްކަމަކު އެ ވަގުތުކޮޅުގެ އަސަރު މުޅި ދުވަހު ހަމްނާގެ ހިތުތެރޭގައިވިއެވެ. އެ ގުޅުމާއިމެދު ކަންތައް ކުރަންވީ ގޮތަކާއިމެދު ތަކުރާރުކޮށް ވިސްނެމުން ދިޔައެވެ.

 

އެރޭކިޔަވާ މޭޒުދޮށުގައި އިށީނެއްކަމަކު ފިލާވަޅުތައް ހަދަން ހަމްނާ ނުކުޅެދިފައިވީ އެހެންވެއެވެ. ކުރިމަތީގައި ހުރި ދޮންތަގެ ލެޕްޓޮޕުން ގޫގުލް ސްލައިޑްސް ހުޅުވިފައިވިއެއްކަމަކު، އެ ޑޮކިއުމެންޓުގެ ޞުރުޚީ ނޫން އެހެން އެއްޗެއް ލިޔެވިފައެއްނެތެވެ. ހަމްނާ އިން  ގޮތަށް އިންދާ ކުޑަކޮށް ސިހިގެން ދިޔައީ، ވައިބާރގެ ރިންގްޓޯން އިވި، ސްކްރީނުން ސިޔާރާގެ ނަން ފެނިގެން ދިޔުމުންނެވެ. އެ ލެޕްޓޮޕްގެ ވައިބާރއަށް އޭނަގެ ނަންބަރު އެޅިފައިވާ ކަމާއި، އެރޭ އޭނަ މަސައްކަތް ކުރަން އެއުޅެނީ އިސްލާމް ކްލަބާއި ގުޅޭ ގްރޫޕް ވޯކެއްކަން ވެސް ހަމްނާގެ ހަނދާނަށް އައީ އެވަގުތެވެ. އިސާހިތަކު ހަމްނާ ފުން ނޭވައެއް އެތެރެއަށް ލަމުން އެ ކޯލު ނަގައި ވާހަކަ ދެއްކިއެވެ.

 

“ސަލާމް ސިޔާ…” ހަމްނާ ކިތަންމެ ބޭނުމެއްނުވިޔަސް އެވަގުތު އޭނަގެ އަޑުގައި ޖޯޝެއް ނެތެވެ.

 

“ވަޢަލައިކުމުއްސަލާމް…އާރ ޔޫ އޯކޭ ހަމް؟ މާ ބަލި އަޑަކުން ސަލާމް ގޮވައިލީމަ…” ސިޔާރާ ސުވާލުކުރުމުން ހަމްނާ ނުތަނަވަސްވިއެވެ.

 

“ނޫނޭ އައިމް އޯކޭ ހަމަ…ސްލައިޑް ޝެއާރ ނުކޮށްގެންދޯ ތި ގުޅައިލީ….މި ޝެއާރކުރަނީ އިނގޭ އިރުކޮޅަކުން…” ހަމްނާ ވައިބާރ މިނިމައިޒް ކުރުމަށްފަހު ގޫގުލް ސްލައިޑްގައި ޞުރުޚީ ލިޔަން ފެށިއެވެ.

 

“އޯކޭ ހަމް….ބަޓް އާރ ޔޫ ރިއަލީ އޯކޭ؟ އިއްޔެގަ ނައުފަލްގެ ކަންތަކާ ހަމްއަށް މާ ބޮޑަށް ޕުޝް ކުރެވުނިއްޔާ އައިމް ރިއަލީ ސޮރީ. އެނގޭ އަހަންނަށް އެހާ ފަސޭހައިން ބުނެވުނަސް ނައުފަލްއާއި ދުރުވުމަކީ ހަމްއަށް އެހާ ފަސޭހަ ކަމަކަށް ނުވެދާނެކަން. ޕްލަސް އަހަންނަށް މި ހީކުރެވުނީ ރަނގަޅަށް ނޫންކަމަށް ވެސްވެދާނެ. އެ ފަހުން ނައުފަލް ޗޭންޖްވީ ކަމަށްވެސް ވެދާނެ…” ސިޔާރާ ނައުފަލްގެ ވާހަކަ ދައްކަން ފެށުމުން އަނެއްކާވެސް ހަމްނާގެ މަސައްކަތް ހުއްޓޭ ގޮތްވިއެވެ. ސިޔާރާގެ ވާހަކައަށް އެއްޗެކޭ ނުބުނަން ޚިޔާލު ކުރިއެއްކަމަކު އެންމެ ފަހުން އިވުނު ވާހަކައިން ނުބުނެ ނުހުރެވުނެވެ.

 

“ނޫން ސިޔާ….ނައުފަލްއަކީ ރަނގަޅު ކުއްޖަކަށް ވެދާނެ. ބަޓް އައި ޑޯންޓް ތިންކް ހީ އިޒް ފޯ މީ….އަހަރެން ކުރާ މެސެޖުތަކަށް ރިޕްލައި ނުކޮށް، ގުޅުމެއްގައި އުޅޭއިރު ވެސް ރަށުން ބޭރަށް ދާއިރު އަހަރެން ކައިރި ނުވެސް ބުނެ، އެތައް ދުވަހެއް ވަންދެން މެސެޖު ނުކޮށް ހުންނަ ކުއްޖަކާއި އެކީ ނޫން އުޅެން ބޭނުންވަނީ. އިއްޔެ ސިޔާއާއި ވާހަކަ ދެއްކުމަށްފަހު ވިސްނައިލީމަ އަހަންނަށް ނިންމުނު ނިންމުންތަކަކީ މިއީ. ނައުފަލް ކުރާ އެކަހަލަ ކަންތައްތަކުން އަހަންނަށް އެކަނިވެރިކަން އިޙްސާސް ކުރެވުނީ….ނައު އައި ނޯ….” ހަމްނާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުންޏެވެ.

 

“ޔޫ އާރ ރައިޓް ހަމް….އެންޑް ލައިކް އައި ސެއިޑް. ޙަޤީޤީ ލޯތްބަކީ އެކަނިވެރިކަން އިޙްސާސް ކުރުވާ ކަމެއް ނޫން. ފިލްމުތަކުން ކިތަންމެ ވަރަކަށް ލަވް އިޒް ޕެއިންފުލް އޭ ބުންޏަސް އެއީ ޙަޤީޤަތެއްނޫން. ކުރީ ދުވަހުވެސް އަހަރެން ޝެއާރ ކުރީމެއްނު ދުޢާއެއް؟ އަހަރުމެންގެ ސްޕައުސެސް އާއި ކުދިންނަކީ އަހަރުމެންގެ ލޮލުގެ ފިނިކަން ކަމުގައި ލެއްވުމަށް އެދި އޮންނަ ދުޢާ؟ ރަސޫލެއްގެ ދުޢާއަކަށް ނުވިޔަސް އަހަންނަށް އެފަހަރުވެސް ރިޕީޓްކޮށް އެ ދުޢާ ސްޓަޑީ ކުރެވުނީ އޭތި ލައިކްވާ ވަރުން…. ލޯބިވާން ޖެހޭނީ އަހަރުމެންގެ ލޮލުގެ ފިނިކަމަށް. ހިތްދަތިކަމަކަށް ނޫން…”

 

“އައި ނޯ….އެކަމަކު ލޯބިވީމަ ހަމަ ވަރަށް ބޮޑަށް ދެރަވާ ފަހަރުވެސް އަންނާނެދޯ؟ މިސާލަކަށް ލޯބިވާ ކުއްޖާ ނުލިބުނީމަ. ނޫނީ ލޯބިވާ މީހަކު ދުނިޔެ ދޫކޮށް ދިޔައިމަ…”

 

“ހުމް…ތިއީ ވެސް ޙަޤީޤަތެއް. ޚަދީޖާ ރަޟިޔަ ﷲ ޢަންހާ އަވަހާރަވެވަޑައިގަތުމުން ރަސޫލާ ﷺ ވަރަށް ބޮޑަށް ހިތާމަ ކުރެއްވި. އެކަމަކު އޭގެ ސަބަބުން އެކަލޭގެފާނު ދިރިއުޅުމުގެ މަޤްޞަދާއިމެދު ހަނދުމަފުޅު ނުނެތޭ. އެ ހިތާމައިގެ ސަބަބުން ދިރިއުޅުމުން އުއްމީދު ކަނޑައި ނުލައްވާ….ޙަޤީޤީ ލޯތްބާއި، ފިލްމުތަކުން އެ ދައްކާ ލޯބީގެ ތަފާތަކީ އެއީ. އެ ލޯބި ގެއްލި ހިތާމަކުރެވުނަސް ދިރިއުޅުން ހުއްޓުމަކަށް ނާންނާނެ. ހިނިތުންވުމަކާއިއެކީ ކުރިއަށް ދެވޭނެ. އެއީ ދުނިޔޭގެ ލޯތްބެއް ގެއްލުނަސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ލޯތްބަށް ނިމުމެއް ނާންނާނެކަން ޔަޤީން ކުރެވޭތީ…” ސިޔާރާ ކިޔައިދިނެވެ. އެ ވާހަކަ ކިޔައި ދިންދިންހެން ނޭނގޭ ސަބަބަކާއިހުރެ ހަމްނާއަށް ވިސްނެމުން ދިޔައީ ނަބީހާއި މެދުގައެވެ. ނަބީހް އޭނަގެ ލޯބި ނުލިބުނަސް ހިތްވަރާއިއެކީ އެ އުޅެމުންދާ ގޮތެވެ. އެ ޚިޔާލަށް ގެއްލެން އުޅެނިކޮށް ސިޔާރާ އިތުރަށް ވާހަކަ ދެއްކިއެވެ.

 

“ލޯބިވުމުގަ ﷲ އާއި އެއްވަރަށް އެކަކު ދެކެވެސް ލޯބިނުވުމަށް އަންގަވާފައިވާ ސަބަބަކީ މިއީ. ހަމްއަށް މިކަން އެނގޭކަމެއް ނޭނގޭ އެކަމަކު ލޯބިވުމުގަ ވެސް ޝިރުކު ކުރެވިދާނެ. މީހަކު ދެކެ މާ ބޮޑަށް ލޯބިވުމުގެ ސަބަބުން އެމީހެއްގެ ރުހުން ހޯދަން ﷲ އަށް އުރެދޭނަމަ އެ ވެވެނީ ވެސް ޝިރުކެއް…އެންޑް ﷲ ސޭއިސް… فَلَا تَدْعُ مَعَ اللَّهِ إِلَٰهًا آخَرَ فَتَكُونَ مِنَ الْمُعَذَّبِينَ…ﷲ ފިޔަވައި އެހެން ފަރާތަކަށް ދުޢާކޮށް، އަދި އަޅުކަންކޮށް ނަހަދާށޭ…އެހެން ހަދައިފިނަމަ ތިބާ ވެގެންދާނީ ޢަޒާބު ލިބޭ މީހުންގެ ތެރެއިންނޭ…ﷲ އާއި އެހެން ފަރާތަކާއި ޝިރުކު ކުރީމަ އާޚިރަތުގަ އަހަރުމެންނަށް އޭގެ ޢަޒާބު ލިބޭނެކަން ޔަޤީން. އެކަމަކު އޭގެ ކުރިން މި ދުނިޔޭގަ ވެސް….ހަމައެކަނި ﷲ ދެކެ ލޯބިވާންޖެހޭ ވަރަށް ލޯބިވެ، ﷲ އާއިމެދު އުއްމީދު ކުރާ ފަދައިން މީހަކާއިމެދު އުއްމީދުތައް ބަހައްޓައިފިނަމަ، އޭގެ ހިތާމައާއި ތަދު އަހަރުމެންގެ ހިތްތަކަށް އިޙްސާސް ކުރެވޭނެ…” ސިޔާރާ ކިޔައިދިނެވެ.

 

ސިޔާރާގެ އެ ވާހަކަ އިވިގެން ދިޔަދިޔަހެން ހަމްނާގެ ހިތަށް ލޮޅުމެއް އައެވެ. އެ އާޔަތުގައި ސިފަކުރެވުނީ ހަމަ އޭނަހެން ހީވުމުންނެވެ. އޭނަ ނައުފަލްގެ ފަރާތުން ހާދަ ގިނަ ކަންތައްތަކަށް އުއްމީދު ކުރިއެވެ. އޭނަގެ ހިތާމަވެރިކަން ނެތިކޮށްދިނުމަށެވެ. އޭނަގެ އެކަނިވެރިކަން ފިލުވައިދިނުމަށެވެ. އޭނަގެ ހިތްދަތިކުރުވާ އިޙްސާސްތައް ދަނެގެން އެ އިޙްސާސްތަކުން އަރައިގަންނަން އެހީވެދިނުމަށެވެ. އެ ކުރެވުނު އުއްމީދުތަކެއްގެ ސަބަބުން ﷲ ގެ ރުހިވޮޑިގަތުމުގެ މަތިން ވެސް ހަނދާން ނައްތައި، ނައުފަލް ރުއްސުމަށް ނައުފަލާއި ރައްޓެހިވެވުނެވެ. އެހެނަސް އެ ގުޅުމުން އޭނައަށް ހިތްދަތިކަމެއް ނޫނީ ނުލިބުނެވެ.

 

އެކަންތަކާއިމެދު ވިސްނިވިސްނިހެން ހަމްނާގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައީ، ނައުފަލާއި ރައްޓެހިވުމަށް އޭނަ ﷲ ސުބުޙާނަހޫ ވަތަޢާލާއާއި ކިހާ ދުރުވެގެން ދިޔަކަން އެނގުންވުމުންނެވެ. ހަމަ އެއާއިއެކު އެ ގުޅުމުން ތައުބާވުމަށް ހަމްނާގެ ހިތުގައި ވަރުގަދަ ޢަޒުމެއް އުފެދުނެވެ.

 

**

 

“މާޒިންއަށް ކިހިނެއްބާ އެނގުނީ، ދާރިސް؟” ނިދަން ތައްޔާރުވެގެން އެނދަށް އަރަމުން ހިބާ ސުވާލުކުރިއެވެ.

 

“ކޮންކަމެއް؟” އެނދުގައި އިނދެ ކިޔަން އިން ފޮތުން ނަޒަރު ވަކި ކުރުމެއްނެތި ދާރިސް އެހިއެވެ.

 

“ޑޯޑޯ! އަދިވެސް އަހަންނަށް ވިސްނެނީ އެކަމާމެދުގައޭ. ޑޯޑޯގެ ރެޕްލިކާސްތައް ވިންޓޭޖް ޓެކްނޮލޮޖީސްއިން ވިއްކަނީތަ؟ މާޒިން މަންމަ ބުންޏޭ މާޒިން އޮންލައިންކޮށް ކުޑަކުދިންގެ ރޮބޮޓްތައް ފެނިފަ އެ ގަނެދޭށޭ ބުނި ވާހަކަ…”

 

“އޮހް! އެހެންވެދޯ ކާރެއް ކަހަލަ ރޮބޮޓެއް ހަދަން މާޒިން އެއުޅެނީ. އަހަރުމެން ކުންފުނިން ހުންނާނެ ކުޑަކުދިންނަށް ޚާއްޞަކޮށްގެން ވެސް ރޮބޮޓްތައް ހަދާފަ. އެކަމަކު ޑޯޑޯ ކަހަލަ ރޮބޮޓެއް އަދި މާރކެޓްގަ ނުހުންނާނެ. ޑޯޑޯއަކީ އަހަންނަށް މިހާތަނަށް ޕްރޮގްރާމް ކުރެވުނު އެންމެ ކޮމްޕްލެކްސް ރޮބޮޓަށްވެފަ އޭތި އިތުރަށް ޑެވެލޮޕްކުރަން އަހަރެން ބޭނުންވާތީ. އަދި ޑޯޑޯއާއިއެކީ އެހާ ދުވަސްވީމަ އެއަށް ލޯތްބެއް އުފެދިފަ ހުންނާތީ ވިއްކަން ބޭނުންވެސް ނުވަނީ އަސްލު…”

 

“ދެން ކިހިނެއްބާއޭ އެ ކުއްޖާއަށް އެނގޭނީ؟ އާރ ޔޫ ޝުއާރ އިންޓަވިއުއެއްގަ ވެސް ޑޯޑޯގެ ވާހަކަ ދެކެވިފަ ނުހުންނާނެކަން؟ އެކުއްޖާއަކީ އިންޓްރެސްޓް ޖެހިއްޖެއްޔާ އެއާއި ގުޅޭ ހުރިހާ އާރޓިކަލްއެއްވެސް ކިޔާލާނެ ކުއްޖެއް. ވިންޓޭޖް ޓެކްނޮލޮޖީސްގެ ސައިޓްއަށް ވަދެފަ އާރޓިކަލްއަކުން ފެނިފަ ހުރެދާނެދޯ؟”

 

“ހިއެއްނުވޭ….މި ބުނިހެން ޑޯޑޯ މާރކެޓް ކުރަން ބޭނުންނުވާތީ އިންޓަވިއުއެއްގަ ވެސް ޑޯޑޯގެ ވާހަކަ ނުދައްކަން. އެއާއި ގުޅޭ އިތުރު ސުވާލުތަކެއް ކުރިމަތިވާނެތީ…އަހަރެން ޑޯޑޯ ހެދިކަން އެނގޭނީ ވެސް އަހަރެންގެ ސެކްރެޓަރީއަށާއި ވަރަށް މަދު މުވައްޒަފަކަށް. އެންޑް….ހިބާގެ ބައްޕައަށް.”

 

“ބައްޕައޭ؟ ބައްޕައަށް ކިހިނެއް އެނގޭނީ؟!”

 

“ހެހެ….އަދި އެ ވާހަކަ ކިޔައިނުދެވޭ ދޯ؟ ވަރަށް މި ފަހުން ހެދި ރޮބޮޓަކަށް ވިޔަސް އެ ދުވަސްކޮޅުގައޭ ޑޯޑޯ ޑިޒައިންކުރަން ފެށީ. ވަރަށް ހަނދާންހުރޭ އަދިވެސް. އެއްކަލަ ސައިންސް ފެއާރއަށް އަހަރެން ފުރަތަމަ ޑިޒައިން ކުރީ ރޮބޮޓެއް. ރޮބޮޓްގެ ޑިޒައިން ގަނޑެއްގަ ކުރަހާފަ އޭގެ ފަންކްޝަންސްތައް ލިޔެފަ އެއަށް ކިޔާނެ ނަމެއް ނޭނގިގެން އަހަރެން އުޅުނީ. ޝަހީދު…ބައްޕަގާތު އެ ވާހަކަ ބުނީމަ ބުނީ މާ ބޮޑަށް ވިސްނާ އެއްޗެއް ނޫނޭ ނަމަކީ. ފުރަތަމަ ސިކުނޑިއަށް އަންނަ ބަސް ނަމަކަށް ހަދާލާށޭ. ޝަހީދުބެ އެހެން ބުނެފަ ދިޔައިމަ އަހަންނަށް އެއްލި ކަޅިއަކުން އެތާ އޮތް ފޮތަކުން ފެނުނީ ޑޯޑޯ ބާރޑްއެއް. ހިތަށްއެރީ އެ ނަން ރީތިވާނެއޭ. އެ ރޮބޮޓްގާތު އަބަދު ‘ޑޫ’ އޭ ބުނަން ޖެހޭ ގޮތަށް އޭރު ޕްލޭންކޮށްފަ ހުރީމަ އެ ނަން ރީތިވާނެކަމަށް ނިންމުނީ. ނަމެއް ވިސްނުނީމަ ވަގުތުން އެ ގަނޑުގެ ހެޑިންގްއަކަށް ލިޔުނިން ޑޯޑޯއޭ ވެސް….ހީވަނީ އެ ގަނޑު އަދިވެސް މި ގޭގަ އޮންނާނެހެން….އޭތި ބާއްވާފަ އަހަންނަށް ދެވުނީ. އެކޮޅަށް ގޮއްސަ އަނެއްކާ އެ ޑިޒައިން ކުރަހަން ޖެހުނީ….”

 

ދާރިސް ކިޔައި ދިންދިންހެން ހިބާ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އެ ވިސްނުމުގެ ތެރޭގައި ދެބުމަ ކައިރިކޮށްގެން ވަކި އެއްޗެކޭ ނުބުނެ ދާރިސްއަށް ބަލަން އިނދެވުނެވެ.

 

**

 

މާޒިން އަމިއްލަ ކޮޓަރީގެ ކިޔަވާ މޭޒުދޮށުގައި ލިޔަން އިނީ، އޭނަގެ ކޮންމެ ދުވަހެއްގެ އާދައިގެ މަތިން ކޮންމެ ދުވަހެއްގެ ‘ޖާރނަލް’ ލިޔުމަށެވެ. އެ ޖާރނަލްގައި އެދުވަހު ހިނގައިދިޔަ ކަންތައް ކުރުކުރު ޖުމްލަތަކެއްގެ ގޮތުގައި މާޒިން ލިޔެއެވެ. އެރޭ ލިޔަމުން ގޮސް 5 ވަނަ ޖުމްލައަކަށް މާޒިން ލިޔުނީ، ‘އައި މެޓް ޑޯޑޯ’ އެވެ.

 

އެ ޖުމްލަ ލިޔެފައި މާޒިން ކުއްލި ގޮތަކަށް ކުރިމައްޗަށް ނަޒަރު ހުއްޓައިލަމުން ހިނިތުންވެލިއެވެ. އެއަށްފަހު ފަންސުރު ބޭއްވުމަށްފަހު ގޮނޑިން ތެދުވެ ކޮޓަރިން ނިކުމެ ދިޔައީ ދުވެފައެވެ. ދުވެފައި ގޮސް މާޒިން ވަނީ މާޒިންގެ މަންމަގެ ކޮޓަރިއަށެވެ. އެއަށްފަހު މަންމަގެ އެނދު ކައިރީގައި ހުރި އަރިމަތީ މޭޒުގެ ވަތްގަނޑު ހުޅުވައި އެ ވަތްގަނޑު ހާވަން ފެށިއެވެ. އެންމެ ފަހުން ވަތްގަނޑުގެ އަޑިން ރޮނގު ދަމާފައި ހުރި ގަނޑުތައް ފެނިފައި މާޒިން އެ ގަނޑުތައް ނަގައި ބަލައިލިއެވެ.

 

އެއާއިއެކު ފެނިގެން ދިޔައީ، ޞުރުޚީއަކަށް ‘ޑޯޑޯ’އޭ ލިޔެވި، ޑޯޑޯގެ ކުރެހުމެއް ކުރަހައި، އޭގެ ދަށުގައި ލިޔުންތައް ލިޔެފައި ހުރި ގަނޑެކެވެ.

 

“މާޒިން ދަރިފުޅު އަވަހަށް ކާން އާދޭ!” ބޭރުން މަންމަ ގޮވައިލި މާޒިން ގަނޑު ހިފަހައްޓައިގެން ހުރެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލިއެވެ.

 

“ލައްބަ މަންމާ!” މާޒިން އެހެން ބުނެ އަވަސްއަވަހަށް އެ ގަނޑުތައް ވަތްގަނޑަށް ކޮއްޕައިލުމަށްފަހު ވަތްގަނޑު ލައްޕައިލިއެވެ. މާޒިން އެއަށް ފަސްދިނުމަށްފަހު ދުވެފައި ކޮޓަރިން ނިކުންނަން ދިޔައިރު، ގަނޑުގެ އެއްބައި ވަތްގަނޑުން ބޭރުވެފައިވިއެވެ.

 

ނުނިމޭ

The post ދާރިސް (ފަންސާސްއެއްވަނަ ބައި) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a7%de%90%de%b0%de%87%de%ac%de%87%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/feed/ 7 3144
ދާރިސް (ފަންސާސްވަނަ ބައި) https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a7%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/?utm_source=rss&utm_medium=rss&utm_campaign=%25de%258b%25de%25a7%25de%2583%25de%25a8%25de%2590%25de%25b0-%25de%258a%25de%25a6%25de%2582%25de%25b0%25de%2590%25de%25a7%25de%2590%25de%25b0%25de%2588%25de%25a6%25de%2582%25de%25a6-%25de%2584%25de%25a6%25de%2587%25de%25a8 https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a7%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/#comments Sat, 08 Jan 2022 16:01:25 +0000 https://blog.storiesbyjana.com/?p=3141

“މާޒިންއަށް އެހީވެވިދާނެ ގޮތެއް އެބައޮތް…” ހިބާ އެ ވާހަކަ ބުނަމުން ކޮޅަށް ތެދުވެ އެންމެ ފުރަތަމަ ބަލައިލީ އެނދާއި ދިމާލަށެވެ. އެތަނުން ދާރިސް ނުފެނުމުން ހިބާ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލި ހިނދު، އެ ދޮރުމައްޗަށް ދާރިސް އެރީއެވެ. އެހިނދު ހިބާއަށް ދާރިސް ފެނި، ހިނިތުންވެލެވުނީ އިޚްތިޔާރަކާއި ނުލައެވެ.   ހިބާގެ އެ ހިނިތުންވުން ފެނުނު ދާރިސްގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިތަން ހިބާއަށް ފެނުނު ހިނދު، އެކޮޅުން މުނީރާ ވާހަކަ ދެއްކީއެވެ.   “ކޮން ގޮތެއްތަ ހިބާ؟ […]

The post ދާރިސް (ފަންސާސްވަނަ ބައި) appeared first on Stories by Jana.

]]>

“މާޒިންއަށް އެހީވެވިދާނެ ގޮތެއް އެބައޮތް…” ހިބާ އެ ވާހަކަ ބުނަމުން ކޮޅަށް ތެދުވެ އެންމެ ފުރަތަމަ ބަލައިލީ އެނދާއި ދިމާލަށެވެ. އެތަނުން ދާރިސް ނުފެނުމުން ހިބާ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލި ހިނދު، އެ ދޮރުމައްޗަށް ދާރިސް އެރީއެވެ. އެހިނދު ހިބާއަށް ދާރިސް ފެނި، ހިނިތުންވެލެވުނީ އިޚްތިޔާރަކާއި ނުލައެވެ.

 

ހިބާގެ އެ ހިނިތުންވުން ފެނުނު ދާރިސްގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިތަން ހިބާއަށް ފެނުނު ހިނދު، އެކޮޅުން މުނީރާ ވާހަކަ ދެއްކީއެވެ.

 

“ކޮން ގޮތެއްތަ ހިބާ؟ ނިކަން އަވަހަށް ބުނެދީބަލަ!” މުނީރާ ބުންޏެވެ.

 

“އިރުކޮޅަކުން ގުޅާފަ އެބަ ބުނަން އިން ޝާ ﷲ. އިހަށް ބޭއްވީއޭ މާޒިން މަންމަ….އެއްގޮތަކަށް ވެސް ކަންބޮޑުނުވުން އެދެން. އަޅުގަނޑު މި ހީކުރާ ގޮތަށް މާޒިންއަށްޓަކައި އެހީ ނުހޯދުނަސް، މާޒިން ބޭނުންވާ ކަހަލަ ޕްރޮޖެކްޓެއް ހަދައިގެން މާޒިން ފެއާރގަ ބައިވެރި ކުރުވާނަން އިން ޝާ ﷲ.” ހިބާ ބުނެލިއެވެ. އެހިނދު އެކޮޅުން މުނީރާ ފުން ނޭވައެއް ދޫކޮށްލި އަޑު އިވި، އެންމެ ރަނގަޅޭ ބުނެލި އަޑު އިވުނެވެ. އެއަށްފަހު ހިބާ އޯކޭ ދެމުން ފޯނު ކަނޑައިލުމަށްފަހު އަނެއްކާވެސް ދާރިސްއަށް ސަމާލުކަން ދިނެވެ.

 

ދާރިސް އޭރުވެސް ހުރީ، ވާނުވާއެއް ނޭނގި ހިބާއަށް ބަލަހައްޓައިގެންނެވެ. އެއްޗެކޭ އަހަން ބޭނުންވެފައިވެސް ނާހާ ހުރި ކަހަލަ އަސަރެއް އެ މޫނުމަތިން ފާޅުވަމުން ދިޔައެވެ.

 

“ހެހެ….ހަމަ ތި ހީކުރާ ކަހަލަ ގޮތަކަށް މި ވަނީ ދާރިސް. މާޒިން ހަމަ ދާރިސްގެ އެހީއަށް ބޭނުންވާފަދަ ޙާލަތެއްގަ މިއަދު އެވަނީ…” ހިބާ ބުނެލި އެ ވާހަކައިން ދާރިސްގެ ދެބުމަ ކައިރިވިއެވެ.

 

“ކް…ކޮން ޙާލަތެއް؟” އާދައިގެ މަތިން މާޒިންއާއި ގުޅޭ ސުވާލެއް ދާރިސްއަށް ކޮށްލެވުނީ ޖެހިލުންވުމަކާއިއެކީގައެވެ.

 

ދާރިސްގެ އެ ސުވާލާއިއެކީ ހިބާ ތަފްޞީލުކޮށް ވެގެން އުޅޭ ގޮތް ދާރިސްއަށް ކިޔައިދިނެވެ. މާޒިން ފެއާރއަށްޓަކައި ތައްޔާރުކުރަން އުޅޭ ޚިޔާލާއިމެދު ދާރިސް ވެސް ޝައުޤުވެރިވުމުން ވާހަކައިގެ ތެރެއިން ވެސް އެ ޚިޔާލާއިމެދު އެތައް ސުވާލެއް ކުރެވުނެވެ. އަދި އެ ސުވާލުތަކަށް އަމިއްލަ އަމިއްލައަށް ވެސް ޖަވާބު ދެވެމުން ދިޔައީ ބޭއިޚްތިޔާރުގައެވެ. ހިބާ ކުރުކޮށް ކިޔައިދޭން އުޅުނު ވާހަކަ 10 ވަރަކަށް މިނެޓަށް ދިގުވެގެން ދިޔައީ އެހެންވެއެވެ.

 

“އެހެންވީމަ ދާރިސްއަށް ވެސް މި އައިޑިއާ ވަރަށް ކަމުދަންޏާ…..މާޒިންއަށް ހެލްޕްވާނަންދޯ؟” ހިބާ އަނެއްކާވެސް އެ ޕްރޮޖެކްޓުގެ ޚިޔާލުން، މާޒިންއަށް އެހީވުމުގެ ވާހަކައަށް އަޅުވައިލުމުން ދާރިސްގެ މޫނުމަތި މިލައިގެން ދިޔައެވެ. އިސާހިތަކު އެނދުގައި ދާރިސް އިސްޖަހައިލަމުން ނިޔަފަތިތައް ހާކަން އުޅުނު ވަގުތު ހިބާ އެ އަތްމަތީގައި އަތް އެޅިއެވެ.

 

“އިޓް ވިލް ބީ އޯކޭ ދާރިސް…..މާޒިންގެ މަންމަ ނާންނާނެއޭ. ސްކޫލް ސެޝަން ނިންމައިލާފަ މާޒިން ޑައިރެކްޓްކޮށް މިގެއަށް ގެންނާނީ އަހަރެން. އެހެންނޫނީ އެ މަންމަ މާޒިން ލާން އަޔަސް އަދި ބަލާ އަޔަސް ދާރިސް ކޮންމެހެން އެ މަންމައާއި ބައްދަލުކުރަން ނުޖެހޭ…އެނގޭ އަސްލު އެ ޚިޔާލުންކަން ދާރިސްއަށް ބޮޑަށް ދަތިވަނީ. އިޓް ވިލް ބީ ޖަސްޓް ޔޫ އެންޑް މާޒިން….ޓްރަސްޓް މީ…” ހިބާ ދާރިސްއަށް ވިސްނައިދޭން އުޅޭ ފަދައަކުން ބުންޏެވެ.

 

މާޒިންގެ މަންމައާއި ދާރިސް ބައްދަލުކުރަން ދާރިސް ޖެހިލުންވާ ސަބަބު ހިބާއަށް ރަނގަޅަށް އެނގެއެވެ. އެ މަންމަގެ ނަން ދާރިސްގެ އަމިއްލަ މަންމަގެ ނަމާއި އެއްގޮތްވުމުން އެ މަންމައަކީ އޭނަގެ މަންމައަށް ވެދާނެހެން ދާރިސްއަށް ހީވަނީއެވެ. އަމިއްލަ މަންމަހެން ހީވާ މީހަކާއި ވެސް ބައްދަލުކުރަން ޖެހިލުންވާއިރު، އެ މަންމައާއި ބައްދަލުވާ ހިނދު ދާރިސްއަށް ވާނީ ކިހިނެއްތޯ ހިބާގެ ހިތް ސުވާލުކުރިއެވެ. އަދި އަމުދުން ކުޑައިރު މަންމަ ދެކެ އެހާ ލޯބިވާ ދާރިސް، މަންމަގެ ޚިޔާލުތަކުން ވެސް ދުރުވާން އެ މަސައްކަތް ކުރަނީ ކީއްވެތޯ ހިބާގެ ސިކުނޑި ހާސްވަނަ ފަހަރަށް ސުވާލުކުރިއެވެ. އެހެނަސް އެއީ ވިސްނާވިސްނާ އޭނައަށް ޖަވާބު ނުލިބުނު ސުވާލުތަކެވެ.

 

“އެންމެ ރަނގަޅު….” ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ދާރިސް ބުންޏެވެ. އުއްމީދުކޮށްގެން ނެތް ވަގުތުކޮޅެއްގައި ދާރިސްގެ ދުލުން އެ ބަސްތައް އިވިގެން ދިޔުމުން ހިބާ ހިނިތުންވެލީ ހިނދު، އަނގައިން ލުއި އާހެއްގެ އަޑު ނިކުތެވެ.

 

“ވީހާވެސް އަވަހަކަށް ގެންނަންވާނެދޯ؟ ދެން ވަރަށް މަދު ދުވަސްކޮޅެއް ބާކީ އޮތީ ވެސް…” ދާރިސް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެފައި ފަހު ޖުމްލަ ބުނެލީ ހިބާއަށް ބަލައިލަމުންނެވެ. އެހިނދު ލިބުނު އުފަލާއިއެކީ ހިބާގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ހިބާ ‘އައި ލަވް ޔޫ’ އޭ ބުނެ ދާރިސްގެ ގައިގައި އެއްފަރާތަކުން ބައްދައިލަމުން ކޯތާފަތަށް ބޮސްދިނުމުން ދާރިސްއަށް ވެސް އެ ވަގުތުކޮޅުގައި ހީލެވުނެވެ.

 

ހިބާ އެވަގުތުން ވަގުތަށް ވެސް މާޒިންގެ މަންމައަށް ގުޅައި އެ އުފާވެރި ޚަބަރު ދޭން ބޭނުންވިއެވެ. އެހެނަސް އެވަގުތު ސްކޫލުން އައި ކޯލަކާއިއެކީ ހިބާ ވަގުތުން ކޮންމެވެސް މަސައްކަތެއް ނިންމަންވުމުން އެ މަސައްކަތާއި މަޝްޣޫލުވެ އެކަމުގެ މަތިން ހަނދާން ނެތޭ ގޮތްވިއެވެ. އެހެންކަމުން ހިބާ އެ ފަހުން މުނީރާއަށް ގުޅައިލީ ހަވީރު ފެންވެރުމަށްފަހު ރީތިވާ މޭޒު ކައިރީގައި ބޮލުގައި ފުނާ އަޅަން ހުރެއެވެ.

 

“އެކަމަކު އަންފެއާރ ނުވާނެތަ އެހެން ހެދީމަ ހިބާ؟ ހިބާގެ ފިރިމީހާއަކީ އެ ކަންތަކުގެ މާހިރަކަށްވެފަ މާޒިންއަށް އެ އެހީ ލިބުނީމަ؟” އެއްއަތުން ބޮލުގައި ފުނާ އަޅަމުން އަނެއްއަތުން ފޯނު ކަންފަތުގައި ޖައްސައިގެން ހުރި ހިބާއަށް މުނީރާގެ އަޑު އިވުނެވެ.

 

“ނޫނޭ ހަމަ ރަނގަޅުވާނެ….މިއީ އަނެއްހެން ކޮމްޕެޓިޝަނެއް ނޫން. ފެއާރގަ ދައްކުވައިދޭން އުޅެނީ ކުދިންގެ ކިބައިގަ ހުރި ޚިޔާލުތައް. ފެއާރގެ ބޭނުމަކީ ކުދިންގެ ހުރި ސައިންސް އަދި ޓެކްނޮލޮޖީގެ ހުނަރުތައް ދެއްކުމުގެ ފުރުސަތު ކުދިންނަށް ހޯދައިދިނުން. ސްކޯރ ދީގެން ވަނަ ހޮވާ ގޮތަކަށް ނޫން އޮތީ ވެސް. ބައިވެރިވާ ކުދިންނަށް ބައިވެރިވި ކަމުގެ ސެޓްފިކެޓެއް ލިބޭނީ. އެހެންވީމަ އަންފެއާރއެއް ނުވާނެދޯ މާޒިން އެގޮތަށް ހެލްޕް ހޯދިޔަސް؟” ހިބާ ވާހަކަ ދެއްކިއެވެ. އެހިނދު ބޭރުގައި ހުރެފައި ހަވީރު ސަޔަށް އައުމަށް ހިބާއަށް ގޮވަން، ކޮޓަރީގެ ދޮރު ހުޅުވި ދާރިސްއަށް ވެސް އެ ވާހަކައިގެ އެއްބައި އިވުނެވެ.

 

ދާރިސް އެއްޗެކޭ ބުނަން އުޅެފައިވެސް މަޑުކޮށްލީ ހިބާ ފޯނެއްގައި ހުރީތީވެއެވެ. އަދި އަމުދުން މޫނުބަލާ ލޯގަނޑުން އެ މޫނުމައްޗަށް ވެރިވެފައިވި ހިނިތުންވުން ފެނިފައެވެ. އޭނަ މާޒިންއަށް އެހީވާން އެއްބަސްވުމުން، ހިބާއަށް އެ ދެވުނީ ބޮޑު ލުޔަކާއި، އުފަލެއްކަން އެވަގުތު އަނެއްކާވެސް އިޙްސާސް ކުރެވުނެވެ. އެހިނދު ވީހާވެސް ފުރިހަމައަށް މާޒިންއަށް އެހީވުމަށް އޭނައަށް އިތުރު ހިތްވަރެއް ލިބުނެވެ. އެ ޚިޔާލުން އެތައް ސަބަބަކާއިހުރެ އޭނައަށް ދަތިވި ކަމުގައި ވިޔަސްމެއެވެ.

 

**

 

އެރޭ ހަމްނާ ނިދަން އޮށޯތީ، އޭނަގެ ފަހުގެ އާދައިގެ މަތިން 10 ޖަހަން ގާތްވަމުން ދިޔަ ވަގުތެވެ. ނިދުމުގެ ކުރިން ކިޔާ ހުރިހާ ޒިކުރެއް ކިޔައި ނިންމައިލުމަށްފަހު ހަމްނާ ރަޖާ އަޅައިގެން އޮށޯތެއްކަމަކު، ލޮލަކަށް ނިންޖެއް ނާދެއެވެ. ލޯ މަރައިލުމާއިއެކު ފެނިގެން ދަނީ އެދުވަހު ސްކޫލުން އޭނައަށް ފެނުނު ސޫރައެވެ. ނައުފަލްގެ ސޫރައެވެ.

 

އެ ވަގުތުކޮޅަށްފަހު ހަމްނާގެ ހިތް މުޅިން އެފުށްމިފުށަށް ޖެހިފައިވެއެވެ. މިހާ ދުވަހު ﷲ ގެ ހަނދުމައިން ހަމަޖެހުން ލިބިފައިވި ހިތް، ނުތަނަވަސްކަމުން ފުރިފައިވިއެވެ. އޭނަގެ ކުރީގެ ނަފްސަށް އަނބުރައި ގޮސްފާނެކަމުގެ ނުތަނަވަސްކަމެވެ. އޭނަ ވަމުން ދިޔަ ތައުބާގެ މަތިން ހަނދާން ނެތި، އަނެއްކާވެސް އަނދިރި ދިރިއުޅުމަކަށް ގޮސްފާނެކަމުގެ ބިރުވެރިކަމެވެ. އޭނަ ހިދާޔަތުގެ މަގުން ދުރުވެ، އެ ހިދާޔަތުގެ ސަބަބުން އޭނައަށް ލިބުނު ސާފު ނަޒަރިއްޔާތުތައް ގެއްލި، އަނެއްކާވެސް މަގު އޮޅިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުމެވެ.

 

އެ ކަންބޮޑުވުންތައް އިތުރުވަމުން ދިޔައީ އޭނައަށް އެދުވަހު އެތައް ދުވަހެއް ފަހުން ފުރަތަމަ ފަހަރަށް ނަމާދުގައި ދޭންޖެހޭ ސަމާލުކަން ނުދެވުމުންނެވެ. ނަމާދުގައި އަޅާއަށް އިޙްސާސް ކުރެވޭ ޚުޝޫޢަތްތެރިކަމަކީ ވެސް ﷲ ދެއްވާ ނިޢުމަތެއްކަން އޭނައަށް އެނގިފައިވަނީ ވަރަށް ފަހުންނެވެ. މިއަދު ކަންތައްވެގެން ދިޔަ ގޮތުން އެ ނިޢުމަތުން ވެސް އޭނަ މަޙްރޫމްވީތާއޭ ހިތް ބުނަމުން ދިޔަދިޔަހެން ހަމްނާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނައަށް ދެން ހެޔޮ ޢަމަލުތައް ކުރުމުގައި ދެމި ނުހުރެވޭނެކަމަށް ބުނާ ޝައިޠާނީ ވަސްވާސްތަކެއް ވެސް ލިބެމުން ދިޔައެވެ. އެފަދަ ޚިޔާލުތަކެއް ކުރަން ބޭނުންނުވުމުން ހަމްނާ ބޯހޫރުވައިލުމަށްފަހު ލޯ މަރައިލަމުން ފުން ނޭވާތަކެއް ލާން ފެށީ، އޭނަގެ ވިސްނުންތަކަށް ކުޑަވެސް ހުއްޓުމެއް ގެނައުމަށެވެ. އެ އަޑު ހަރު ޚިޔާލުތައް ހުއްޓިގެން ދިޔުމާއިއެކު ލޮލަށް ސިފަވާން ފެށީ، އެދުވަހު ހަވީރު ކަންތައްވެގެން ދިޔަ ގޮތެވެ.

 

“ހަމް!” އެ އަޑު އެތައް ދުވަހެއް ފަހުން އިވިފައި ހަމްނާގެ ދެލޯ ބޮޑުވީ ހިނދު، އަތް ފައި ފިނިވާ ގޮތްވިއެވެ. ހިތުގެ ތެޅުން އަވަސްވެ، ނޭވާ ކުރުވެގެން ދިޔަ ގޮތުން ބިރުގަންނަހާވަރު ވިއެވެ. އެހެނަސް ހަމްނާ ހުރިހާ ހިތްވަރެއް އެއްކުރަމުން ފަސްއެނބުރިލިއެވެ. އެހިނދު އެތާ ހުރީ، ރަތްކުލައިގެ ފުޓުބޯޅަ ޖޯޒީއެއްގައި ހުރި ނައުފަލް ނޫން ދެވަނަ މީހެއްނޫނެވެ.

 

“ލޯންގް ޓައިމް ނޯ ސީ، ލަވް!” ނައުފަލް އެހެން ބުނެލި ހިނދު އެ ލޯ މަތިން ފެނުނު އަސަރުންނާއި، ތުންފަތްމަތިން ފެނުނު ހިނިތުންވުމުން ހަމްނާގެ ހިތް އަނެއްކާވެސް ބަލިކަށިވާން ފެށިހެން އޭނައަށް ހީވިއެވެ. އެހިނދު ކުރު އާހެއްގެ އަޑު އަނގައިން ބޭރުވެގެން ދިޔައީ، އިސާހިތަކު އެ ހިތް ވަށައިލަން ފެށި ނާއުއްމީދީ އިޙްސާސްތަކެއްގެ ސަބަބުންނެވެ.

 

“އެއްޗެކޭ ނުބުނާނަންތަ؟ ހެހެ….ސޮރީ އިނގޭ ލޯބި. އަހަރެން ދުވަސްކޮޅަކަށް މާލެ ދާން ޖެހުނީ. އެކޮޅަށް ގޮއްސަ މާ ބޮޑަށް ބިޒީވީމަ ކޮންޓެކްޓް ނުކުރެވުނީ…” ނައުފަލް އިސްޖަހައިލީ އަމިއްލަ ނަފްސު ކުށްވެރިކުރާ ފަދައަކުންނެވެ. އޭނަގެ އެ ޙަރަކާތުން އިސާހިތަކު ބަލިކަށިވެފައިވި ހަމްނާގެ ހިތް އޭނައަށްޓަކައި ޙަމްދަރުދީއިން ފުރިގެން ދިޔައެވެ.

 

 ހަމްނާ ދެންވެސް އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް ނައުފަލް އިތުރަށް ވާހަކަ ދެއްކިއެވެ.

 

“ލޯބި ފަހުން މެސެޖުވެސް ނުކޮށް ހުއްޓައިލީ ދެރަވެގެންދޯ؟ އައި ކޭން އަންޑަސްޓޭންޑް. އައިމް ވެރީ ސޮރީ…” ނައުފަލް ތަކުރާރުކޮށް މަޢާފަށް އެދެމުން ހަމްނާއާއި ދިމާލަށް ދެ ތިން ފިޔަވަޅު އަޅައިލިއެވެ. އެ ހިނދު ހަމްނާއަށް ފަހަތަށް ފިޔަވަޅުތައް އަޅައިލެވުނީ ބޭއިޚްތިޔާރުގައެވެ. ފަހަތަށް އަޅައިލެވުނު އެންމެ ފިޔަވަޅާއި އެކީ ހަމްނާ ފާރުގައި ޖެހުމުން ލިބުނު ސިހުމަކާއިއެކީ ޙަރަކާތްތައް މަޑުޖެހުނެވެ. އެހިނދު ޙައިރާންކަމެއް ލިބުނު ނައުފަލް އެއްޗެކޭ ބުނަން އުޅުނު ހިނދު އެއްފަރާތަކުން އެހެން ކުއްޖެއްގެ އަޑު އިވުނެވެ.

 

“ބޯއިސް ދީޒް ޑޭސް…..ސޯ އޯވާކޮންފިޑެންޓް! ކިހިނެއް އެނގެނީ ހަމްނާ ތީނައަށް މެސެޖުކުރުން ހުއްޓައިލީ ކޮންމެހެން ތީނަގެ ހަނދާނުގަ ދެރަވެގެން ކަމެއް؟ ހަމްނާ ބޭނުންނުވީމަ ވެސް މެސެޖު ނުކޮށް ހުރެދާނެއެއްނު؟ އޯ މޭއިބީ ޝީ ހޭޑް ބެޓާރ ތިންގްސް ޓު ޑޫ ދޭން ޔޫ!” އެމީހުންގެ ކަނާތް ފަރާތުން ހިނގާފައި އައިސް ނައުފަލާއި ފަސް ވަރަކަށް ފިޔަވަޅު ދުރުގައި މަޑުކޮށްލަމުން ސާބިތު އަޑަކާއިއެކީ ވާހަކަ ދެއްކީ ސިޔާރާ ނޫން ދެވަނަ މީހެއް ނޫނެވެ.

 

ސިޔާރާ ދެއްކި ވާހަކައިން ހަމްނާއަށް ހިސާބެއްގެ ސާބިތުކަމެއް ލިބުނުއިރު، ނައުފަލް ސިޔާރާ ފެނުމުން ވެސް ޖެހިލުންވެ، އަނގަ ސަކަރާތްވާ ގޮތްވިއެވެ. ފުރަތަމަ ފަހަރަށް އަންހެން ކުއްޖެއްގެ ކުރިމަތީގައި ނައުފަލް އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި ދިޔަހެން ހީވުމުން ހަމްނާއަށް ލިބުނު ޙައިރާންކަމާއިއެކީ އެއްފަހަރު ނައުފަލަށް އަނެއްފަހަރު ސިޔާރާއަށް ބަލައިލެވުނެވެ.

 

“މިއީ ތި ކުއްޖާއާއި ބެހޭކަމެއް ނޫން. މިއީ އަހަންނާއި އަހަރެންގެ ގާލްފްރެންޑާއި ދެމެދު ދެކެވޭ ވާހަކައެއް…” ނައުފަލް އޭނަގެ އަޑަށް ސާބިތުކަން ވެރިކުރުވޭތޯ ބަލަމުން ބުންޏެވެ.

 

“ގާލްފްރެންޑް؟!” ސިޔާރާ ދެބުމަ ކައިރިކޮށްލަމުން އެ ބަސް ކިޔައިލުމަށްފަހު ހަމްނާއަށް ބަލައިލުމާއިއެކު ހަމްނާއަށް އިސްޖަހައިލެވުނެވެ.

 

“އާނ ގާލްފްރެންޑް! އަހަރުމެން ޑޭޓް ކުރާތާ މިހާރު ދެ މަސް ހަމަވީ. ހަމްނާ ވެސް ބޭނުންވެގެން ރައްޓެހިވެގެން މިއުޅެނީ. އަދިވެސް އަހަރުމެންގެ ދެމެދަށް ވަންނަން މަސައްކަތް ކުރާނަން؟” ނައުފަލް އަޑު ބާރުކޮށް ބޮޑާވެލަމުން ސިޔާރާއާއި ވާހަކަ ދެއްކިއެވެ. ސިޔާރާ ދެންވެސް އެއްފަހަރު ނައުފަލަށް އަނެއްފަހަރު ހަމްނާއަށް ބަލަމުން ދިޔައެވެ. ނައުފަލް ދައްކަމުން ދިޔަ ވާހަކަތަކުން ހަމްނާ އޭނަގެ ރަނގަޅު އެކުވެރިޔާގެ ކުރިމަތީގައި ލަދުވެތިވުން ނޫންކަމެއް ނުވިއެވެ.

 

“އެހެންދޯ ވަނީ؟ އެހެންކަމަށްވަންޏާ ވެސް ތީނަ މިކަހަލަ ދުވަހެއްގަ ސްކޫލަށް އައިއްސަ ހުންނާނީ ކޮންމެވެސް ކަމަކުހެން ހީވަނީ. ހަމްނާ ބަހައްޓާފަ އެކަމެއް ކުރަން ދޭބަލަ….މީނަ ގޮވައިގެންދޭ ނަބީހް!” ސިޔާރާ ނައުފަލްއަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަމުން ގޮސް، ނައުފަލްގެ އަނެއްފަރާތުން ނަބީހް ފެނިފައި ނަބީހަށް ގޮވައިލިއެވެ. އެއާއިއެކު އެތާތިބި އެންމެންގެ ނަޒަރު ނަބީހަށް އަމާޒުވިއެވެ. ފެހި ކުލައިގެ ޖޯޒީއެއްގައި ހުރި ނަބީހް، ނައުފަލާއި ސިޔާރާއަށް ވަކިވަކި ނަޒަރުތައް ދިނުމަށްފަހު ހަމްނާއަށް ވެސް ބަލައިލި ހިނދު، ހަމްނާއަށް އާދައިގެ މަތިން ދުރަށް ނަޒަރު ހިންގައިލެވުނެވެ. އެހެނަސް އެ ދުވަހު އެ ޙަރަކާތް ގެނެވުނުއިރު ހިތުގައިވީ ތަފާތު އިޙްސާސްތަކެވެ. މި ހުރިހާ ދުވަހު އޭނަ ނަބީހަށް ފަސްދޭ ވަގުތު ހިތުގައި އޮންނަނީ ފޫހިކަމެކެވެ. އެހެނަސް ނޭނގޭ ސަބަބަކާއިހުރެ އެ ވަގުތު އިޙްސާސް ކުރެވިގެން ދިޔައީ ޖެހިލުންކަމެކެވެ.

 

“ޕްރެކްޓިސް ފެށޭ ގަޑި ކައިރިވަނީ. ފެށެން ވާއިރަށް ވޯމް އަޕް ޖައްސަން ކޯޗް އަންގާފަ އޮތީ. ސަޓަޑޭސްގަ ވޯމް އަޕް ލީޑްކުރަނީ ނައުފަލެއް ނޫންތަ؟” ހަމްނާއަށް އަނެއްކާވެސް ނަބީހާއި ދިމާލަށް ބަލައިލެވުނީ ނަބީހް ސާބިތު އަޑަކާއިއެކީ ނައުފަލާއި ވާހަކަ ދައްކާ އަޑު އިވުމުންނެވެ. ހަމްނާ ބަލައިލިއިރު ނަބީހާއި ނައުފަލް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބީ ނުރުހުންތެރި ނަޒަރުތަކުންނެވެ.

 

“މަ ކުރަންވީ ކަމެއް ބުނަން ކަލޭ ތިއީ ކާކު؟!” ނައުފަލް އާދައިގެ މަތިން އަޑު ހަރުކޮށްފައި ނަބީހްގެ ގަޔަށް އަތްލާން އުޅުނު ވަގުތު އެތަނަށް ކޯޗެއް އައެވެ.

 

“ނަބީހަކީ ނައުފަލްގެ ފެލޯ ޕްލޭޔާރއެއް…ނަބީހް އެ ބުނީ ރަނގަޅަށް. މިއަދު ވޯމް އަޕް ޖައްސާނީ ނައުފަލް!” ނަބީހްގެ ކައިރިއަށް އައިސް ހުއްޓުނު ކޯޗު އެހެން ބުނުމާއިއެކު ނައުފަލް މައިތިރިވެ، ފަހަތަށް ޖެހިލިއެވެ. އިސާހިތަކު ނައުފަލް، ނަބީހަށް ލޯ އަޅައިލުމަށްފަހު ވެސް ކޯޗު ބުނި ގޮތަށް ހެދީ، އެ ކޯޗުގެ ހަރުކަށިކަން އެނގިގެންކަން އެތާތިބި އެންމެންނަށް ވެސް އެނގުނެވެ.

 

ނައުފަލް ހިނގައިގަތުމުން ކޯޗު ނަބީހްގާތު ހިނގާށޭ ބުނުމުން، ނަބީހް ކޯޗާއިއެކީ ހިނގައިގަތް މަންޒަރު ބަލަން ހަމްނާއަށް ހުރެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެހިނދު އޭނައަށް ނަބީހް ފަހަތުން ފެންނަމުން ދިޔަ ގޮތް ވެސް އެހާ ރީތިވީ ކީއްވެކަމެއް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އެ އިޙްސާސްތަކުން ހިތް ފުރެން ފެށުމުން ހަމްނާއަށް އަނެއްކާވެސް އިސްޖަހައިލަން ޖެހުނެވެ. ހަމަ އެ ވަގުތު ސިޔާރާ ހަމްނާގެ ކައިރިއަށް އައިސް ވާހަކަ ދެއްކިއެވެ.

 

“ހަމް މަސައްކަތް ނިމިފަ ހުރިއްޔާ….އިރުކޮޅަކަށް ވާހަކަ ދައްކައިލެވިދާނެތަ؟” ސިޔާރާ އެހިއެވެ. އެއާއިއެކު ހަމްނާ ނުތަނަވަސްވެގެން ދިޔަ ހިތަކާއިއެކީ ވެސް ބޯޖަހައިލިއެވެ.

 

އޭގެ އިރުކޮޅެއްފަހުން ހަމްނާ އިނީ ސިޔާރާއާއި އެކީ ހުސް ކުލާސްރޫމެއްގެ މޭޒުދޮށުގައެވެ. އެއީ މީގެ އިރުކޮޅެއް ކުރިން ހުރިހާ ކުދިން އެކީގައި މަސައްކަތް ކުރަން ތިބި ކުލާސް ރޫމެވެ. ސިޔާރާގެ އެކުވެރިން އެވަގުތު މަސައްކަތް ނިންމައި، ގެއަށް ގޮސްފައިވުމުން ސިޔާރާއަށް ހަމްނާއާއި ވަކިން ވާހަކަ ދައްކަން ފުރުސަތެއް ލިބިފައިވިއެވެ.

 

“އަހަންނަށް ކިޔައިދީ ހަމް…ހުރިހާ ވާހަކައެއް. އައި ނޯ ޔޫ އާރ ނޮޓް އޯކޭ. އެހެންވީމަ މި ބުނީ ކިޔައިލަދޭށޭ…” ސިޔާރާ ތަކުރާރުކޮށް އެހެން ބުނަން ޖެހުނީ، އޭނަ ކުރިން ވެސް އެހެން ބުނުމުން ހަމްނާ ހިމޭންކަން ޚިޔާރު ކޮށްފައިވާތީވެއެވެ. ސިޔާރާ ހަމްނާގެ ކުރިމައްޗަށް ވާ ގޮތަށް ގޮނޑިއެއް ބަހައްޓައިގެން އިންއިރު ވެސް، ހަމްނާ ސިޔާރާއަށް ބަލަން ނުކުޅެދިފައިވިއެވެ.

 

“ކިޔައިދޭނީ ކިހިނެއްކަމެއް ނޭނގޭ….ލަދުގަނޭ ކިޔައިދޭން ވެސް. ސިޔާ ޑިސްއެޕޮއިންޓް ކުރެވުނީތީ ދެރަވެސް އެބަވޭ. އިސްލާމް ކްލަބްގެ އެކްޓިވް މެމްބާރއެއްގެ ގޮތުގަ ހުރެ ވެސް ރިލޭޝަންޝިޕެއްގަ އުޅެމުން ދިޔައީތީ…” ހަމްނާ ކުށްވެރިއެއް ފަދައިން ބުންޏެވެ.

 

“ހުމް….ޓު ބީ އޮނެސްޓް އައި އޭމް އަ ބިޓް ޑިސްއެޕޮއިންޓެޑް. އެނގޭތަ އަހަރުމެން ދީނުގަ ޑޭޓް ކުރުމަކީ ރަނގަޅުކަމެއް ނޫންކަން؟” ސިޔާރާ އެހެން އެހުމުން ހަމްނާ ބޯޖަހައިލިއެވެ.

 

“އެނގޭ…ދޮންތަ ހުރީ ތި ހުރިހާ ވާހަކައެއް އަހަންނަށް ކިޔައިލަދީފަ. ދޮންތަ ބުނަންވެސް ބުނި ނައުފަލަކީ ރަނގަޅު ކުއްޖެއް ނޫނޭ. އެކަމަކު ނައުފަލް ރައްޓެހިވާން ބުނީމަ އަހަންނަށް ނޫނެކޭ ނުބުނެވުނު. ދޮންތަ ރާއްޖެއިން ބޭރުގަ ހުއްޓާ ރައްޓެހިވީ ވެސް. ދޮންތައަށް ވެސް މިކަން ފޮރުވައިގެން މިއުޅެނީ…”

 

“އެހެންވީމަ ދޮންތައަށް ވެސް ދޮގު ހަދަންޖެހޭ ފަހަރު އައިސްފަ ހުންނާނީދޯ؟”

 

“ނޫން އެކަމަކު….ދޮންތަ ބުނި އަހަންނަށް ކުއްޖަކު ކަމުދަންޏާ ދޮންތަ ކައިރި ބުނާށޭ. ހުރިހާ ވާހަކައެއް ކިޔައިދޭށޭ. އެ ވާހަކަ ކިޔައިނުދީ ހުރުމުން ދޮންތައަށް އޮޅުވާލައިގެންދޯ މި އުޅެނީ؟ އައިމް ނޮޓް ޕްރައުޑް އޮފް އެނީ އޮފް އިޓް. އަދިވެސް އެއްފަހަރު ސިޔާއަށް މަޢާފަށް އެދެން-“

 

“އަހަންނަކަށް ނޫނޭ މަޢާފަށް އެދެންވީ. މަޢާފަށް އެދެންވީ އަމިއްލަ ނަފްސަށް. ޑޯންޓް ގެޓް މީ ރޯންގް. ކުއްޖަކު ލައިކްވުމަކީ ގޯހެއްނޫން. އެކަމަކު ގިނަފަހަރު މަތިން އަހަރުމެންގެ ހުންނަ އިމޯޝަނަލް ވޫންޑްސްތަކުގެ ސަބަބުން ނޭނގި ނަމަވެސް އަހަރުމެންނަށް އެންމެ ރަނގަޅު ޒާތުގެ ބައިވެރިންނެއް ނޫން އިޚްތިޔާރު ކުރެވެނީ. ކުޑައިރުއްސުރެ ހިތުގައިވާ އެ ޒަޚަމްތަކުގެ ސަބަބުން އަހަރުމެންނަށް ލޯބިވާން ވެސް ރަނގަޅަށް ނޭނގި ހުރެދާނެ. ޑޭޓް ކުރުމުގެ ބަދަލުގަ އެންމެ ފުރަތަމަ ވެސް ކަމުދާ ކުއްޖާގެ ވާހަކަ ޢާއިލާއަށް އަންގައި، ނޫނީ ހެޔޮއެދޭ އެކުވެރިޔަކާއި އެ ވާހަކަ ޙިއްސާ ކުރުން މުހިއްމުވާ އެއް ސަބަބަކީ ވެސް މިއީ. އޭރުން އަހަރުމެންނަށް ނުފެންނަ ނަޒަރިއްޔާތްތައް އެމީހުން ދައްކުވައިދޭނެ އިން ޝާ ﷲ…ހަމްނާއަށް ހެޔޮއެދޭ ގާތް އެކުވެރިއެއްގެ ގޮތުގަ އަހަރެން މި ބުނަނީ…ނައުފަލް އިޒް ނޯ ގުޑް ހަމްނާ. ނައުފަލް ކޮންމެވެސް ވަރަކަށް އެނގިފަ ހުރީމަ އަހަންނަށް މިހެން ބުނަން މި އެނގެނީ…”

 

“ހުމް….ނަބީހް ވެސް އަހަރެން ނައުފަލްއާއި ރައްޓެހިވާން އުޅުނު ދުވަސްވަރު ތިހެން ބުނި…”

 

“ނަބީހްގެ ވާހަކަ ބާއްވާ….ހީ މަސްޓް ބީ ސޯ ހާޓް ބާއި ދިސް..”

 

ސިޔާރާ އަމިއްލަ އަމިއްލައަށް ކަހަލަ ގޮތަކަށް ބުނެލި ބަސްތަކުން ހަމްނާއަށް ޙައިރާންކަމެއް ލިބުނެވެ. އެ ވާހަކައާއިމެދު ހަމްނާ ސުވާލެއް ކުރަން އުޅުނުތަނާހެން ސިޔާރާ އިތުރަށް ވާހަކަ ދެއްކިއެވެ.

 

“އެނީވޭސް….ނައުފަލްއާއިމެދު ހަމްނާއަށް އިޙްސާސް ކުރެވެނީ ކިހިނެއް؟ ދެންމެ ދެކެވުނު ވާހަކައިން ހީވަނީ ހަމްނާ ވެސް އޭނައަށް މެސެޖު ނުކޮށްގެން އުޅޭހެން….”

 

“އަ….އާނ…އަސްލު ނައުފަލް ވެސް އަހަންނަށް އެހާ ގިނައިން މެސެޖެއް ނުކުރޭ. ޙަޤީޤަތުގަ އެ ރިލޭޝަންޝިޕްގަ އުޅުނުއިރު ވެސް އެކަނިވެރިކަމެއް އިޙްސާސް ކުރެވުނީ. އެ އެކަނިވެރިކަމުގެ ތެރެއިން އަހަރެން ދީނަށް ޝައުޤުވެރިވެ ފުރަތަމަ ފަހަރަށް އިޚްލާޞްތެރި ތައުބާއެއް ވީ ވެސް އަލްޙަމްދުލި ﷲ. އެ ފަހުން ނައުފަލްއާއި އެއްގޮތަކަށް ވެސް ކޮންޓެކްޓެއް ނުކުރަން. އެ ގުޅުން ކަނޑައިލަން ބޭނުންވެގެން ހުރީ. އެއީ ވެސް އަހަރެންގެ ތައުބާގެ ތެރޭގަ ހިމެނެންޖެހޭ ކަމެއްކަން އެނގުންވީތީ. އެކަމަކު ނައުފަލް އެފަހުން އަހަންނާއި ކޮންޓެކްޓް ނުކުރީމަ ރަނގަޅުވާނެކަމަށް ނިންމައިގެން ހުރީ….އެ ގުޅުން ކަނޑައިލަން ހިތްވަރެއް ނުލިބުނީ އަސްލު…”

 

“އެއީ ކީއްވެ؟ ޔޫ ސްޓިލް ލައިކް ހިމް؟ އެ ރިލޭޝަންޝިޕްގަ ނައުފަލް ހަމްނާއާއި ދޭތެރޭ ކަންތައް ކުރި ގޮތަށް ފަހުވެސް؟”

 

“ޔެސް އައި ގެސް…..އައި ސްޓިލް ލައިކް ހިމް. އެ ހުރިހާ ކަމަކަށްފަހު ވެސް ފީލިންގްސް ހުންނާނީ ލޯތްބަށްވީމަދޯ؟”

 

“އެއީ ލޯތްބެއް ނޫން ހަމްނާ. އިޓްސް އަ ޑިލިއުޝަން. ޙަޤީޤީ ލޯތްބަކީ ހަމްނާގެ އަމިއްލަ ނަފްސާއިމެދު ސުވާލު އުފައްދާނެ އެއްޗެއް ނޫން. އެކަނިވެރިކަން އިޙްސާސް ކުރުވާނެ އެއްޗެއް ވެސް ނޫން. ރަނގަޅަށް ވިސްނާ ހަމް….ވަޓްސް ރިއަލީ ސްޓޮޕިންގް ޔޫ ފްރޮމް ލީވިންގް ހިމް؟”

 

ސިޔާރާގެ އެ ސުވާލަށް ހަމްނާއަށް އެވަގުތު ޖަވާބެއް ދެވޭ ގޮތެއްނުވިއެވެ. އެ ހަނދާންތައް އެއްފަހަރާ ހަނދާންވެގެން ދިޔަ ހިނދު، ސިޔާރާގެ އެ ފަހު ސުވާލު އެނދުގައި އޮތް ހަމްނާގެ ކަންފަތުގައި ގުގުމައިލީ އެހެންވެއެވެ. އެއާއިއެކު ހަމްނާއަށް އަނެއްކާވެސް އެ ސުވާލާއިމެދު ވިސްނެން ފެށިއެވެ. ވިސްނުމަށްފަހު ޖަވާބެއް ދިނުމަށް ސިޔާރާ އޭނަ ގާތު ބުނެފައިވާތީވެސްމެއެވެ.

 

ނައުފަލާއި ވަކިވުމުގެ ޚިޔާލު ކުރެވުމުން ވެސް ހަމްނާގެ މެއަށް އުދަގޫވާން ފެށިއެވެ. ހަތަރުފަރާތުން ޖެހި ފިތި ބާރުވާން އުޅުނު އިޙްސާސެއް ކުރެވުނީ، ނައުފަލާއި ވަކިވެއްޖެނަމަ އޭނަގެ ދިރިއުޅުން ހުއްޓުމަކަށް އައިސްދާނެހެން ހީވާ ދަރަޖައަކަށެވެ.

 

ސިކުނޑިއަށާއި ހިތަށްވާން ފެށި އުދަގޫތަކާއިއެކީ ހަމްނާ ތެދުވެލަމުން ފުން ނޭވާތަކެއް ލާން ފެށީ ހަމައަކަށް އެޅޭތޯ ބެލުމަށެވެ. އޭނައަށް އެ ވަމުން ދިޔަ އެ އުދަގޫތަކަކީ ހަމަ ނައުފަލްގެ ޚިޔާލުތަކެއްގެ ސަބަބުން ވާ އުދަގޫތަކެއްތޯ ފުރަތަމަ ފަހަރަށް ހަމްނާގެ ހިތް ސުވާލުކުރިއެވެ. އެއާއިއެކު އޭނަ ހުއްޓުން އެރިއެވެ. ސިޔާރާ ބުނިހެން އޭނަ ވާ ލޯތްބެއްގެ ސަބަބުން އޭނައަށް މިހާ ގިނަ ދަތިތައް ކުރިމަތިވާންޖެހޭތޯ ހިތަށްއެރިއެވެ. ނައުފަލާއި ދިމާވުމުގެ ކުރިން ހަމަ ގައިމުވެސް އޭނަ އުޅުނީ މިއަށްވުރެ އުފަލުގައެވެ. ނައުފަލާއި ރައްޓެހިވުމުން ވެސް އެ އުފާވެރިކަން އިތުރަށް ގެއްލި ދިޔުން ނޫންކަމެއް ނުވިއެވެ. އެއީ ކީއްވެ ހެއްޔެވެ؟ އެއީ ނައުފަލް އޭނައަށްޓަކައި ރަނގަޅު ލޯބިވެރިޔަކަށް ނުވުމުން ހެއްޔެވެ؟ އެހެންނޫނީ ސިޔާރާ ބުނިހެން އޭނަގެ ހިތުގައިވާ ޒަޚަމްތަކެއްގެ ސަބަބުން އޭނައަށް ލޯބިވާން ނޭނގި ހުރީ ހެއްޔެވެ؟

 

ހަމްނާއަށް ނޭނގުނު ކަމަކީ އެ ސުވާލުތަކުން އޭނައަށް އެ އަޅައިލެވުނީ، ޙަޤީޤީ ލޯތްބާއި ދިމާލަށް އަޅައިލެވުނު ފުރަތަމަ ފިޔަވަޅުކަމެވެ. އެހެނީ ޙަޤީޤީ ލޯތްބަކީ އަމިއްލަ ހިތުގެ ޙާލު ނޭނގި، މަދު ފަހަރަކު ނޫނީ ތަޖުރިބާ ނުކުރެވޭނެ އިޙްސާސަކަށްވާތީވެއެވެ. އަދި ޙަޤީޤީ ލޯތްބެއް އެހެން މީހަކަށް ދެވޭނީ ވެސް އަމިއްލަ ހިތް ރަނގަޅު ޙާލަތެއްގައިވުމުން ކަމަށްވާތީވެއެވެ.

 

**

 

އޭގެ އަނެއްދުވަހުގެ ފަތިހު ހޭލެވުނީއްސުރެ ދާރިސްއަށް އުޅެވެމުން ދިޔައީ ކެތްމަދުވެފައިވާ ޒާތަކަށެވެ. އެދުވަހަކީ މާޒިންގެ ސައިންސް ޕްރޮޖެކްޓު ހެދުމަށް މާޒިން އެގެއަށް ގެނެވޭ ފުރަތަމަ ދުވަސް ކަމަށްވުމުންނެވެ. ދާރިސް ދޭތެރެދޭތެރެއިން ޙަރަކާތްތައް އަވަސްކުރަމުން ދޭތެރެދޭތެރެއިން ވިސްނުމަކަށް ގެއްލި، ލަސްލަހުން ކަންތައް ކުރަމުން ދިޔަ މަންޒަރު ފެނި، ހިބާއަށް ވެސް ހެވުނެވެ.

 

“އަންނާނަން އިނގޭ ސްކޫލަށް ގޮއްސަ؟ މާޒިން އަންނާނީ 2 ޖަހާއިރު. އެހާއިރަށް އަހަރެން ވެސް ހުންނާނަން ގޭގަ. އެހެންވީމަ ވެލްކަމް ކުރަން ދާރިސް ބޭރުގަ ނެތަސް މައްސަލައެއް ނެތް. އަހަރެން ބުނާނަން އެބަ އާދެއޭ…ސޯ ޑޯންޓް ވޮރީ!” ހިބާ ސްކޫލަށް ދާން ތައްޔާރުވެގެން ކޮޓަރިން ނިކުތުމުގެ ކުރިން ފަހު ބަހެއްގެ ގޮތުން ދާރިސްގާތު ބުންޏެވެ. ހިބާގެ ވާހަކައަށް ދާރިސް ހިނިތުންވުމަކާއިއެކީ ބޯޖަހައިލީ އުފަލާއިއެކީކަން ހިބާއަށް ނަގައިގަނެވުނެވެ.

 

ހިބާ ދިޔުމުން ވެސް ދާރިސްއަށް ހުއްޓުމެއްނެތި ވިސްނެމުން ދިޔައީ އޭނަ އެދުވަހު ބައްދަލުކުރަން އުޅޭ ކުއްޖާއާއި މެދުއެވެ. އެ ކުއްޖާއަކީ ވެސް އޯޓިޒަމް ހުންނަ ކުއްޖަކަށްވުމުން އެ ކުއްޖާއަށް އެންމެ ފަސޭހަވާނެ ގޮތަށް އޭނައާއި އެކީ ގެންދާ ‘ސެޝަންތައް’ ދާރިސް ރާވަން ބޭނުންވިއެވެ. އެހެންކަމުން މާޒިން އައުމުގެ ކުރިން ވެސް މާޒިންއާއިއެކީ އޭނަ ހަދަން ބޭނުންވާ ޕްރޮޖެކްޓަށް ބޭނުންވާނެ ސާމާންތައް ގޭގެ ގުދަނުންނާއި، ގެއިން ބޭރަށް ގޮސް ކޮމްޕިއުޓަރު ހަދާ މީހެއްގެ ގެއިން ވެސް ބައެއް އެއްޗެހި ހޯދައި އެއްކުރިއެވެ. އެއަށްފަހު އެ އެއްޗެހިތައް ސިޓިންގް ރޫމުގެ މޭޒުމަތީގައި ރާވާފައި ބެހެއްޓިއެވެ. އެހެނަސް އެގޮތް ކަމުނުދިޔުމުން މާ ގިނައިރެއްނުވެ ހުރިހާ އެއްޗެއް ނަގައި ދަބަހަކަށް އަޅައި ސޯފާގައި ބެހެއްޓިއެވެ. މޭޒު ހުހަށް ހުރުމުން ވެސް ހިތްހަމަނުޖެހުމުން ދާރިސް ވިސްނިވިސްނިހެން ލިބުނު ޚިޔާލާއިއެކީ ހިނިތުންވެލެވުނެވެ.

 

**

 

މެންދުރު 2 ޖަހަން ގާތްވަމުން ދިޔަ ވަގުތު ހިބާ ބުނިހެން ދާރިސް ހުރީ، ހުރިހާ ތައްޔާރީތަކެއް ވުމަށްފަހު ކޮޓަރީގައެވެ. ސްކޫލުން އައިސް ފެންވެރުމަށްފަހު ތާޒާވެލައިގެން ހިބާ ގޭގެ މައިދޮރު ކައިރީގައި މާޒިންގެ އިންތިޒާރުގައި ހުރީ ވެސް، މާޒިންގެ މަންމަ އެގެއަށް ވަނުމުގެ ފުރުސަތު ކުޑަކުރުމަށެވެ. އެ މަންމަގެ އަޑުވެސް ދާރިސްއަށް އިވިއްޖެނަމަ ދާރިސްއަށް ވެދާނެ ގޮތަކާއިމެދު ޚުދު ހިބާ ވެސް ޖެހިލުންވެފައިވާތީވެއެވެ.

 

މުނީރާގެ ކާރު އައިސް ހިބާގެ ގޭގެ ކުރިމަތީގައި ހުއްޓިލީ، ހިބާ އެ ބޭރު ދޮރު ކައިރީގައި ހުއްޓާއެވެ. މާޒިން ކާރުން ފައިބައިގެން އޭނައާއި ދިމާލަށް އަންނަން ފެށިހިނދު، މުނީރާ ކުޑަދޮރުގެ ބިއްލޫރިގަނޑު ތިރިކޮށް، ވާހަކަ ދެއްކިއެވެ.

 

“އިސްމާޢީލް އީތަން އަނެއްކާ ބިޒީ ގަޑިއެއްނޫންތަ މިއީ؟” މުނީރާ އޭރުވެސް ކަންބޮޑުވެފައިވީ އެކަމާއި މެދުގައެވެ.

 

“ނޫނެކޭ މާޒިން މަންމާ….ޗުއްޓީގަ ހުރީ މި ދުވަސްކޮޅު. މާޒިން އަންނާތީ ވަރަށް އެކްސައިޓްވެފަ ހުރީ. ވަރަށް ތައްޔާރީތަކެއް ވެސް ވެފަ ހުރީ…ވެލްކަމް ޓު ހިބާ މިސް’ ޕްލޭސް މާޒިން! ހެހެ…..” މާޒިން އޭނައާއި ހަމަވުމާއިއެކު ކުޑަކޮށް މާޒިންގެ ގައިގައި ބައްދައިލަމުން ހިބާ ބުންޏެވެ.

 

ހިބާ އެ ވާހަކަ ބުނުމުން މުނީރާ އެންމެ ރަނގަޅޭ ބުނެ، 4 ޖަހާއިރު އަންނާނެކަމަށް ބުނެލިއެވެ. އެއަށްފަހު މުނީރާ ކާރު ދުއްވައިލުމުން ހިބާ މާޒިން ގޮވައިގެން ގެއަށް ވަންނަން ދިޔައެވެ.

 

ގޭގެ އެތެރޭގެ މައިދޮރާއި ހަމަވުމުން ހިބާ ބުނިހެން މާޒިން ބޫޓު ބޭލުމަށްފަހު، ބޫޓު ފައިވާން ހަރުގަނޑުގައި ބެހެއްޓިއެވެ. އެއަށްފަހު މާޒިންގާތު ސޯފާގައި އިށީނުމަށް ހިބާ ބުނުމުން، މާޒިން އާދައިގެ ހިނގުމެއްގައި ސޯފާތަކާއި ދިމާލަށް ދިޔައެވެ. އެހެނަސް ހަމަ އެހިނދު ސިޓިންގް ރޫމުގެ މޭޒުމަތިން ފެނުނު އެއްޗަކުން މާޒިންގެ ފިޔަވަޅުތައް ލަސްވެގެން ދިޔައެވެ.

 

މޭޒުގެ މެދަށްވާގޮތަށް ބެހެއްޓިފައިވީ ޑޯޑޯއެވެ. މާޒިން ޑޯޑޯ ފެނުނީއްސުރެ ޑޯޑޯއިން ނަޒަރު ވަކިކުރުމެއްނެތި ނުހަނު ވިސްނުންތެރިކަމާއިއެކީ ފިޔަވަޅުތަކެއް އަޅަމުން ގޮސް ޑޯޑޯގެ ކުރިމަތީގައި ހުއްޓިލިއެވެ. ޑޯޑޯއާއި ސީދާ ދިމާވާ ގޮތަށް މާޒިން ހުއްޓިލުމުން، ޑޯޑޯގެ ލޯ ނޫކުލައިން ދިއްލިގެން ދިޔައެވެ.

 

“ގުޑް އާފްޓަނޫން މާޒިން. ވެލްކަމް ޓު އަވާރ ހޯމް!” ޑޯޑޯ މަރުޙަބާ ކިޔުނެވެ. އެހިނދު މާޒިންގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިތަން، އެއްފަރާތުން މަންޒަރު ބަލަން ހުރި ހިބާއާއިއެކީ، އެވަގުތު ސިޓިންގް ރޫމުގެ ފާރަށް ލެނގިލި ދާރިސްއަށް ވެސް ފެނުނެވެ. އެ ދެމީހުންނަށް ވެސް ހީކުރެވުނީ މާޒިން ވަކި އެއްޗެކޭ ނުބުނެ ހުންނާނީ ކަމަށެވެ. އެހެނަސް…

 

“ގުޑް އާފްޓަނޫން، ޑޯޑޯ!” މާޒިން ސީދާ ޑޯޑޯއަށް ބަލަން ހުރެ ބުނެލި ބަސްތަކުން، ލިބުނު ޙައިރާންކަމާއިއެކީ ހިބާއާއި ދާރިސްގެ ވެސް ލޯ ބޮޑުވެގެން ދިޔައެވެ. ޙައިރާންވީ މާޒިން ވާހަކަ ދެއްކުމަށްވުރެ ބޮޑަށް، ދާރިސް އަމިއްލަ ގޭގައި ރައްކާކޮށްގެން ގެންގުޅޭ ރޮބޮޓެއްގެ ނަން، މާޒިންއަށް އެނގުނު ގޮތުންނެވެ.

 

ނުނިމޭ

The post ދާރިސް (ފަންސާސްވަނަ ބައި) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a7%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/feed/ 9 3141
ދާރިސް (ނަވާޅީސްވަނަ ބައި) https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%82%de%a6%de%88%de%a7%de%85%de%a9%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/?utm_source=rss&utm_medium=rss&utm_campaign=%25de%258b%25de%25a7%25de%2583%25de%25a8%25de%2590%25de%25b0-%25de%2582%25de%25a6%25de%2588%25de%25a7%25de%2585%25de%25a9%25de%2590%25de%25b0%25de%2588%25de%25a6%25de%2582%25de%25a6-%25de%2584%25de%25a6%25de%2587%25de%25a8 https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%82%de%a6%de%88%de%a7%de%85%de%a9%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/#comments Mon, 03 Jan 2022 14:47:46 +0000 https://blog.storiesbyjana.com/?p=3136

އޭގެ އަނެއް ދުވަހު ހިބާމެން ސްކޫލުން ބާއްވަން އުޅޭ ސައިންސް އަދި ޓެކްނޮލޮޖީ ފެއާރގެ ވާހަކަ ކުދިންނަށާއި ބެލެނިވެރިންނަށް ވެސް އެންގުނެވެ. ފެއާރއާއި ގުޅޭ މަޢުލޫމާތު ކުދިންނަށް ދެވުނު ގަނޑުކޮޅެއްގައި ވީއިރު އެދުވަހު ގެއަށް ދިޔުމުގެ ކުރިން ކުލާސް މުދައްރިސުން ވެސް ދަރިވަރުންނަށް ފެއާރއާއި ގުޅޭ މަޢުލޫމާތުތައް ދިނެވެ.   “މި ފެއާރއަށްޓަކައި ތިކުދިން ބޭނުން ކަހަލަ ޕްރޮޖެކްޓެއް ހެދިދާނެ…ސައިންސްގެ ކެޓެގަރީއިން ހަދަންޏާ ތި ކުދިން މިހާރު ކިޔަވާފަ ހުރި ޓޮޕިކްތަކާ ގުޅުން ނެތް އެއްޗެއް ހެދިޔަސް […]

The post ދާރިސް (ނަވާޅީސްވަނަ ބައި) appeared first on Stories by Jana.

]]>

އޭގެ އަނެއް ދުވަހު ހިބާމެން ސްކޫލުން ބާއްވަން އުޅޭ ސައިންސް އަދި ޓެކްނޮލޮޖީ ފެއާރގެ ވާހަކަ ކުދިންނަށާއި ބެލެނިވެރިންނަށް ވެސް އެންގުނެވެ. ފެއާރއާއި ގުޅޭ މަޢުލޫމާތު ކުދިންނަށް ދެވުނު ގަނޑުކޮޅެއްގައި ވީއިރު އެދުވަހު ގެއަށް ދިޔުމުގެ ކުރިން ކުލާސް މުދައްރިސުން ވެސް ދަރިވަރުންނަށް ފެއާރއާއި ގުޅޭ މަޢުލޫމާތުތައް ދިނެވެ.

 

“މި ފެއާރއަށްޓަކައި ތިކުދިން ބޭނުން ކަހަލަ ޕްރޮޖެކްޓެއް ހެދިދާނެ…ސައިންސްގެ ކެޓެގަރީއިން ހަދަންޏާ ތި ކުދިން މިހާރު ކިޔަވާފަ ހުރި ޓޮޕިކްތަކާ ގުޅުން ނެތް އެއްޗެއް ހެދިޔަސް މައްސަލައެއް ނެތް. ޓެކްނޮލޮޖީގެ ކެޓެގަރީއިން ހެދިދާނެ އެއްޗެއްގެ މިސާލެއް ތި ކުދިންނަށް އެނގޭތަ؟”

 

ގެއަށް ދިޔުމުގެ ކުރިން ކުދިންނާއި ވާހަކަ ދައްކަމުން ހިބާ އެ ސުވާލު ކުރުމާއިއެކު ކުދިން އަތްމައްޗަށް ނަގައި ޖަވާބު ދޭން ފެށިއެވެ. ބައެއް ކުދިން އެ ކުދިން ކިޔަވާފައި ހުރި އެއްޗެހީގެ މިސާލުތައް ދެމުން ދިޔައިރު އަނެއްބައި ކުދިން އެ ކުދިންނަށް ފަސޭހައިން ހެދިދާނެ ޓެކްނޮލޮޖީގެ އާލާތްތަކުގެ ނަންތައް ވެސް ކިޔަމުން ދިޔައެވެ. އޭގެ ތެރެއިން އެއްކުއްޖަކު ލެޕްޓޮޕެއް ހެދިދާނެއޭ ބުނުމުން ދެން ތިބި ކުދިން ހޭންފެށީ އެއީ ނުވާނެ ކަމެއް ކަމަށް ބުނުމުންނެވެ.

 

“އެހެން ނުބުނައްޗޭ ކުދިން! މިސް ކުޑައިރު ހަމަ މި ސްކޫލްގަ ބޭއްވުނު ފެއާރގެ ތެރެއިން ކުއްޖަކު ހެދި ލެޕްޓޮޕެއް. ކޮމްޕިއުޓަރުގެ ބައިތައް އެކި ތަންތަނުގެ އެއްކޮށްގެން. އެއީ އަދި މި ރަށު މީހުންނަށް ލެޕްޓޮޕަކީ ކޮބައިކަން ނޭނގޭ ދުވަސްވަރެއްގަ.”

 

ހިބާ އެހެން ބުނުމާއިއެކު ކުދިން އަޖާއިބުވެފައިވާ ފަދަ ގޮތަކަށް ދެލޯ ބޮޑުކޮށްލަމުން ހަމަ ޙައިރާންކަމުގެ އެކި ބަސްތައް ބުނަން ފެށިއެވެ. އެ ހުރިހާއިރު ހިމޭނުން އިން މާޒިން ވެސް ކުއްލި ގޮތަކަށް ހިބާއަށް ބަލައިލިއެވެ.

 

“އެހެންވީމަ ހުރިހާ ކުދިން ވެސް ވީހާވެސް ކްރިއޭޓިވް ޕްރޮޖެކްޓްތައް ހެދޭތޯ މަސައްކަތް ކުރައްޗޭ…ވެއާރ ދެއާރ އިޒް އަ ވިލް…ދެއާރ އިޒް އަ ވޭ. އިން ޝާ ﷲ. ދޯ މާޒިން؟”

 

ހިބާ އެހެން ބުނެލީ މާޒިން އެންމެ ފަހުން ލިޔުނު އިނގިރޭސި ލިޔުމުގައި ހުރި ބަސްތައް ހަނދާން ކުރަމުންނެވެ. އެ ލިޔުން ވަރަށް ފުރިހަމަވީތީ ހިބާ ވަނީ އެ ލިޔުން ހުރިހާ ކުދިންނަށް ކިޔައިދީފައެވެ. އެހެންކަމުން ހިބާ އެ ބުނެލި ބަސްތަކަށް ގިނަ ކުދިން އެކީގައި ބޯޖެހިއިރު ބައެއް ކުދިން ‘ލައްބަ’ އޭ ވެސް ބުންޏެވެ. އެވަގުތު ވެސް މާޒިން ވަކި އެއްޗެކޭ ނުބުނެ، އެކި ދިމަދިމާލަށް ކަޅި ހިންގުން ނޫންކަމެއް ނުކުރިއެވެ.

 

**

 

އެދުވަހު ގެއަށް ދިޔުމަށްފަހު ހިބާއަށް ސްކޫލްގައި ބޭއްވެން އުޅޭ ފެއާރގެ ވާހަކަ ދާރިސްގާތު ދެކެވުނެވެ.

 

“ސައިންސް އެންޑް ޓެކްނޮލޮޖީ ފެއާރއެކޭ؟ އަހަރުމެން ކުޑައިރު ހެދި ގޮތަށް؟” ސިޓިންގް ރޫމުގެ ސޯފާގައި ޓީވީއިން ޚަބަރު ހުޅުވައިގެން އިން ދާރިސް، ކައިރީގައި އިން ހިބާ ކައިރިން އެހިއެވެ.

 

“އާނއެކޭ! އަހަރެން އެ އައިޑިއާ ދިނީވެސް. އެންޑް އައިމް ސޯ އެކްސައިޓެޑް! ބުނީމެއްނު އަހަރެންގެ އޯޓިޒަމް ހުންނަ ސްޓޫޑެންޓްގެ ވާހަކަ؟ ވެސް ހުރީ ވަރަށް އެކްސައިޓްވެފަހެން ހީވަނީ. ހީ ރިމައިންޑްސް މީ އޮފް ޔޫ!” ހިބާ ދާރިސްއަށް ބަލަން އިނދެ ހިނިތުންވުމަކާއިއެކީ ބުންޏެވެ.

 

“ކޮން ކުއްޖެއް؟ އެއްކަލަ….މާޒިންތަ؟” ދާރިސް އެ ނަން ކިޔައިލީ ހިސާބެއްގެ އުދަގުލަކާއި އެކީކަން ހިބާއަށް ފާހަގަވިއެވެ.

 

“ހުމް….މާޒިން. ދާރިސް ބޭނުންތަ މާޒިންއާ ބައްދަލުކޮށްލަން؟ ބުނީމެއްނު ތިމަންނައަށް އެކުއްޖާއަށް ހެލްޕްވެސް ވެވިދާނެއޭ؟” ހިބާ ދާރިސްއަށް ފަރުވާތެރިކަމާއިއެކީ ބަލަން އިނދެ ސުވާލުކުރިއެވެ. އޭނަ އުއްމީދު ކުރި ފަދައިން މާޒިންއާއި ބައްދަލުކުރުމުގެ ވާހަކައިން ދާރިސްގެ މޫނުމަތިން ނުތަނަވަސްކަމެއް ފާޅުވިއެވެ.

 

“އާނ އެކަމަކު….މި ދުވަސްކޮޅު ފެއާރގެ ކަންތަކާއިހެދި އެ ކުއްޖާ ވެސް ބިޒީވާނެއެއްނު؟ އަދި އެކުއްޖާގެ މަންމް…އެކުއްޖާގެ ޕޭރެންޓް އެ ގޮތަށް ބީރައްޓެއްސަކާއި ބައްދަލުކުރަން ހިތްހަމަނުޖެހިދާނެދޯ؟” ދާރިސް އެހެން ބުނެލިއިރު ކަޅި އެއްދިމާލަކަށް ހުއްޓައިގެން ހުންނަން ދަތިވެފައިވިއެވެ. އަދި އޭނައަށް ނޭނގިވެސް އެއްއަތުގެ އިނގިލިތަކުގެ ނިޔަފަތިތައް އަނެއް އަތުގެ ނިޔަފަތިތަކާއި ހޭކެމުން ދިޔައެވެ.

 

ދާރިސްއަށް ނޭނގުނެއްކަމަކު ހިބާއަށް އެ ޙަރަކާތްތަކާއި، އޭގެ ފަހަތުގައިވި ސަބަބުތައް ވެސް އެނގުންވިއެވެ.

 

“ޔޫ އާރ ރައިޓް ދާރިސް….މާޒިން މި ދުވަސްކޮޅު ބިޒީވާނެ. އެހެންވީމަ ފަހުން ދުވަހަކުން އަހަރެން ދާރިސްއާއި މާޒިން ބައްދަލުކޮށްދޭނަން. އެންޑް….އިޓްސް އޯކޭ، ދާރިސް. އެނގޭ އަހަރެން ގާތު މާޒިންއަށް އެހީވެދޭނަމޭ ބުނެވިފަ އޮތީމަ ދާރިސް އެކަން ކޮށްދޭން ވަރަށް ބޭނުންކަން. އެކަމަކު ދާރިސްއަށް އެކަން ކުރަން މާ ދަތިވަންޏާ….ކޮށްނުދެވުނަސް އަހަރެން ދާރިސްއަށް ނަފްރަތެއް ނުކުރާނަން. އެކަމާއިހެދި ދާރިސްއަށް ފާޑު ނުކިޔާނަން. އެކަމާއިމެދު އިތުރު ސުވާލެއް ވެސް ނުކުރާނަން. އެންޑް އައި ވިލް ސްޓިލް ލަވް ޔޫ ދަ ސޭމް!”

 

ހިބާ ވާހަކައިގެ މެދުތެރެއިން ދާރިސް ޙަރަކާތް ކުރަމުން ދިޔަ ދެ އަތުގެ މަތީގައި އަތް އަޅައި، ލަސްލަހުން ބޮޑުވާ އިނގިލިން އެ އަތުގައި ފިރުމަމުން، މަޑުމައިތިރި އަޑަކުން ދެއްކި ވާހަކައިން ދާރިސް މުޅިން ހިމޭންވާ ގޮތްވިއެވެ. އިސާހިތަކު ދާރިސްގެ އަތުގެ ޙަރަކާތްތައް ހުއްޓި، ކަޅިވެސް އެއްދިމާލަކަށް މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި ދާރިސް ހިބާއަށް ބަލައިލީ، ހިބާ އޭނަގެ ޙަޔާތުގައިވި ކަމަށްޓަކައި ޝުކުރުކުރާ ޙާލުގައިކަން އެ ލޮލަށް ބަލައިލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ހިބާ އޭނައާއި ހިނިތުންވެލުމުން ދާރިސް ހިބާގެ ގައިގައި ބައްދައިލީ ވެސް އެވަގުތު ހިތުގައި އުތުރިއަރައިގެން އައި ލޯތްބާއި އެކީގައެވެ.

 

**

 

އެ ދުވަހަކީ ހަމްނާމެންނަށް އިތުރު ގަޑި އޮންނަ ދުވަހަކަށްވުމުން އެ ގަޑީގައި ވެސް ހަމްނާ ވީ ސްކޫލްގައެވެ. ލައިޝާމެންނާއި އޭނައާއި ދެމެދު ކަންތައްވެފައިވި ގޮތުން ހަމްނާ ސްކޫލް ތެރޭގައި އުޅޭގޮތް މުޅިން ބަދަލުކުރަން ޖެހިފައިވިއެވެ. އެދުވަހު ސްކޫލަށް އައިއިރު ވެސް ލައިޝާމެންގެ ކައިރީގައި އޭނަ ޢާއްމު ގޮތެއްގައި އިށީންނަ ގޮނޑީގައި އެހެން ކުއްޖަކު އިނެވެ. އެހެންކަމުން ހަމްނާ ގޮސް އިށީންނަން ޖެހުނީ ކުލާހުގައި ވަރަށް މަޑުމައިތިރިކޮށް އުޅޭ އަންހެން ކުދިންގެ ގޮނޑިބަރީގައެވެ.

 

ހަމްނާ ގޮސް އެ ގޮނޑީގައި އިށީނދެ އެކުދިންނާއި ހިނިތުންވެލިއެއްކަމަކު، އެ ކުދިން ހަމްނާއަށް ލުއި ގޮތަކަށް ބަލައިލުން ނޫންކަމެއް ނުކުރިއެވެ. އެ ކުދިންނަކީ ވެސް އޭނަ ލައިޝާމެންނާއި އެކީ އުޅުނުއިރު، ލައިޝާގެ ހުތުރު ބަސްތަކާއި މަލާމާތްތައް އަމާޒުވެފައިވާ ކުދިންނަށްވީތީވެއެވެ. އެކަން އެނގުންވުމުން ހަމްނާ އެ ކުދިންނަށް މަޢާފަށް އެދެން ވެސް ބޭނުންވިއެވެ. ޚުދު އޭނަގެ ދުލުން އެ މަލާމާތް ނުކުރިއެއްކަމަކު، ތިމާގެ އަޚާ ނުވަތަ އުޚްތާ އެފަދަ ޙާލަތެއްގައި ދިފާޢު ކުރުމަކީ ވެސް އޭނަގެ ވާޖިބެއްކަން އެނގޭތީވެއެވެ. އެހެނަސް އެ މަލާމާތްތަކުން އެކުދިންނަށް ކޮށްފައިވާނެ އަސަރުގެ ފުންކަން އަންދާޒާވެސް ކުރަން ހަމްނާއަށް ދަތިވިއެވެ. މަޢާފަށް އެދެންވީ ގޮތެއް ވިސްނައިގަންނަން ވެސް ނޭނގުނު ސަބަބަކީ އެއީއެވެ.

 

ނަތީޖާއެއްގެ ގޮތުން ހަމްނާގެ އެ ދުވަސްވެސް މުޅިންހެން ހޭދަވެގެން ދިޔައީ އެކަންޏެވެ. ފިލާވަޅު ހަދަމުން ދިޔައިރު ކައިރީގައި އިންނަ ކުއްޖާއާއި ސުވާލުކުރުމަކީ ހަމްނާގެ އާދައަށް ވިޔަސް އެ ދުވަހު އެގޮތަށް ނެހެދުނެވެ. ޢާއްމު ގޮތެއްގައި އޭނައަށް އުދަގޫ މާއްދާތަކާއި ގުޅޭ ސުވާލުތައް އޭނައަށް ދޭހަ ކުރެވެނީ، އެފަދައިން އެކުވެރިންނާއި މަޝްވަރާ ކުރުމުން ކަމަށްވުމުން، އެދުވަހު ފިލާވަޅުތައް ވެސް ރަނގަޅަށް ހެދޭ ގޮތެއް ނުވިއެވެ. އަދި އަމުދުން އެ ދުވަހު އިންޓަވަލް ގަޑީގައި ހަމްނާ ކެންޓީނަށް ދިޔުމުން އޭނައަށް އެއްވެސް މޭޒެއްގެ ދޮށުގައި އިށީންނަން އެއްވެސް ކުދި ބަޔަކު ފުރުސަތެއް ނުދިނެވެ. އެ ކުދިންނަށް އެގޮތަށް ކަންތައް ކުރަން އެންގިފައިވި ފަދައަކުންނެވެ. ކެންޓީނުން ނިކުންނަން ދިޔައިރު ލައިޝާ އޭނައަށް ދިން ނަޒަރުން އެކަން ޔަޤީން ކުރެވުނެވެ.

 

އެދުވަހު ކެންޓީނުން އެގޮތަށް ނިކުންނަން ޖެހުމުން ހިތަށް ކުރި އަސަރާއިއެކީ އެދުވަހު ނައުފަލް ހުރިނަމައޭ ހިތަށްއެރިއެވެ. އޭނަގެ ލޯބިވެރިޔާގެ ގޮތުގައި ނައުފަލް ލައިޝާމެންނާއި ދެކޮޅަށް އޭނަ ދިފާޢުކުރީސްކަމަށް ހިތް ބުންޏެވެ. އެހެނަސް ނައުފަލާއި އޭނައާއި ދެމެދު އޮތް އެ ގުޅުމަކީ ވެސް އޭނަ ނިންމައިލަން އުޅޭ ގުޅުމެއްކަން ހަނދާންވި ވަގުތު ލިބުނު މާޔޫސްކަމުން ވަރުބަލިކަމެއް އިޙްސާސް ކުރެވުނެވެ. އެދުވަހު ކެންޓީނުން ގަނެގެން އައި ޗޮކްލެޓެއް ހަމްނާ އެކަނި ކުލާހުގައި އިނދެ ކަމުން ދިޔައިރު، އެ އިޙްސާސާއިއެކީ ލޮލުން ކަރުނަ ހިލެމުން ދިޔައެވެ. އެވަގުތު ހިނދުކޮޅަކަށް ނަމަވެސް އޭނައަށް ތައުބާ ނުވެވުނު ނަމައޭ ހިތަށްއެރިއެވެ. އެދުވަހު ޤުރުއާނުގެ އެ ތަފްސީރު ކިޔެން ނުފެށުނުނަމައޭ ހިތަށްއެރިއެވެ.

 

އެހެނަސް ހަމްނާ އަވަސްއަވަހަށް އެ ޚިޔާލުތައް ސިކުނޑިން ފޮޅުވައިލިއެވެ. އޭނައަށް ޙަޔާތުގައި ލިބޭނެ އެންމެ އަގުހުރި ނިޢުމަތަކީ އެ ތައުބާއާއި، ތައުބާގެ ސަބަބުން ލިބުނު ހިދާޔަތްކަން ހިތަށް ޔަޤީން ކުރެވިފައިވުމުންނެވެ. އެހެންކަމުން ހަމްނާއަށް އެވަގުތު ހިތާހިތުން އޭނަގެ ޙާލަތް ބަދަލު ކުރެއްވުމަށް އެދި ދުޢާ ކުރެވުނެވެ. އޭނަގެ އެ އިޙްސާސްތަކުން އަރައިގަތުމަށް އެހީވެދެއްވުމަށް އެދި ދުޢާ ކުރެވުނެވެ.

 

ހަމްނާއަށް ނޭނގުނު ކަމަކީ އޭނަ އެ ދުޢާގައި އެދުނު އެހީވީ، އެ ދުޢާ ކުރުމުގެ ކުރިން ވެސް އޭނައާއި ހަމައަށް އައުމުގެ މަގުމަތީގައި ކަމެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެއަށް ތައުބާވާ އަޅުންނަށް ހިދާޔަތުގެ މަގު ފަސޭހަކޮށްދެއްވައެވެ. އަދި އެކަލާނގެއަށް ތަޤްވާވެރިވާ އަޅުންނަށް، ކޮންމެ ދަތި ޙާލަތަކުން ވެސް ނިކުންނާނެ މަގެއް ދައްކަވައި، ހީވެސް ނުކުރާ ގޮތްގޮތުން އެ އަޅުންނަށް ރިޒުޤު ދެއްވުމަކީ އެކަލާނގެ ގެ ވަޢުދު ފުޅެކެވެ.

 

މުޅި އެ ދުވަސް ތެރޭގައި ހަމްނާ އުޅުނު ގޮތް އެންމެ ގާތުން ދެކެމުން ދިޔައީ ނަބީހެވެ. އޭނަ ފަދައިން ހަމްނާ ވެސް ރަނގަޅު މަގަށް އެޅުމުން ކުދިންގެ ތެރޭގައި ބާކީވެގެން ދިޔަ މަންޒަރު ފެނި، ނަބީހްގެ ހިތް ދެރަވިއެވެ. ހަމްނާ އެކަނިމާއެކަނި އަމިއްލަ ކަރުނަތައް ފޮހެމުން ކުލާހުގައި އިނދެ ކަމުން ދިޔަ މަންޒަރު ބަލަން ނަބީހަށް ކެތް ކުރެވުނީއެއްވެސް ނޫނެވެ. އެހެންކަމުން އެދުވަހުގެ ސެޝަން ނިމުމުގެ ވެސް ކުރިން، ހަމްނާއަށް އެހީވެވިދާނެ ގޮތަކާއިމެދު ނަބީހަށް ވިސްނައިލެވުނެވެ. އޭނައަށް ޖެހުނު ޙާލުގައި ހަމްނާ އުޅޭތަން ދެކެން ބޭނުން ނުވުމުން، އެދުވަހުން އެދުވަހަށް ވެސް އެ ލިބުނު ޚިޔާލު ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތް ނަބީހް ފެށިއެވެ.

 

“ދޮންބޭ….މިއަދު ހިނގާބަލަ ރަޝީދުބެއާއި ރަޝީދުބެގެ ފެމިލީއަށް ހަވީރު ސަޔަކަށް އިންވައިޓްކޮށްލަން….ރަޝީދުބެ މާލެއިން އައިފަހުން އަދި ދިމަލެއްވެސް ނުވެއެއްނު؟” ނަބީހް ގެއަށް ދިޔަ މަގުމަތީގައި ދޮންބެއާއި ވާހަކަ ދެއްކިއެވެ.

 

“ހުމް ރަނގަޅު ޚިޔާލެއް….ސިޔާއްކޮ ކައިރި ބުނެލިނަމަ ސްކޫލް ތެރެއިން. އޭރުން ފަސޭހަވީހެއްނު؟” ދޮންބެ ބުންޏެވެ.

 

“ކަމޯން ދޮންބެ! ޔޫ ނޯ ހައު ޝީ އިޒް….ސްކޫލް ތެރޭގަ ވިއްޔާ އަހަރެން ނުވެސް ދަންނަ ކަމަށް ހެދިގެން އުޅޭ ކުއްޖެއް އެއީ…” ނަބީހް ބޯހޫރުވައިލަމުން ބުނެލި ވާހަކައިން ދޮންބެ ވެސް ހީލަމުން އެހެންދޯއޭ ބުންޏެވެ.

 

ދޮންބެއާއިއެކީ ނަބީހަށް ވެސް ހީލެވުނީ އޭނަގެ ބޮޑުބޭބެއެއްގެ ހުރި ހަމައެކަނި އަންހެން ކުއްޖާ ކަމަށްވާ ސިޔާރާގެ ގޮތް ހަނދާންވުމުންނެވެ.

 

ސިޔާރާއަކީ ވެސް ސިޔާރާގެ ބައްޕައާއި މަންމަގެ ފަރާތުން ދީން އުނގެނެން މަސައްކަތް ކުރާ، ދީނަށް ލޯބިކުރާ ކުއްޖެކެވެ. ސްކޫލް ތެރޭގައި ވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދޭތެރެ ދޭތެރެއިން އިސްނަގައިގެން ޕްރޮގްރާމްތައް ހިންގުމަކީ ސިޔާރާއާއި އޭނަގެ އެކުވެރިންގެ އާދައެކެވެ. މި ހުރިހާ ކަމަކާއިހުރެ ސިޔާރާއަކީ މިވަގުތު ހަމްނާއަށް ހޯދައިދެވިދާނެ ރަނގަޅު އެކުވެރިއެއްކަމަށް ނަބީހަށް ޤަބޫލުކުރެވުނެވެ.

 

ސިޔާރާއާއި ހަމްނާ އެކުވެރި ކުރުވުމަށްޓަކައި އެދުވަހު ހަވީރު ސައިގެ ތެރެއިން ނަބީހް ސިޔާރާއާއި ވާހަކަ ދެއްކިއެވެ.

 

“ހަމްނާ؟! ޔޫ މީން އެއްކަލަ ލައިޝާމެންނާއެކީ އުޅޭ ހަމްނާ؟” ސިޓިންގް ރޫމުގެ ސޯފާތަކުގައި ތިބެ ސިޔާރާއާއި ނަބީހް ވާހަކަ ދައްކަމުން ދިޔައިރު އެ ދެމީހުންގެ ބައްޕަމެންނާއި ނަބީހްގެ ޢާއިލާ އެހެން މީހުން ވެސް ތަފާތު ވާހަކަތަކުގައި ތިއްބެވެ.

 

“ހުމް….ހަމްނާ ވެސް އިސްލާމް ކްލަބްގެ ތި ގްރޫޕަށްލާން ރަނގަޅުވާނެހެން އަހަންނަށް ހީވަނީ…” ނަބީހް ބުންޏެވެ.

 

“އާރ ޔޫ ނަޓްސް؟! އެ ލައިޝާމެންނަކީ އަހަރުމެން އަތުން ލިޔެގެން ގޮއްސަދޭ ބްރޯޝާރތައް ވެސް ހޯދާފަ ކުދިކުދިކޮށްލާ މީހުން!”

 

“ލައިޝާމެންނެކޭ ނުއެއް ބުނަމެއްނު؟ ހަމްނާއޭ ބުނީ. ހަމްނާ މިހާރު އެމީހުންނަކާ ފްރެންޑެއްނޫނޭ…”

 

“އޯ ޔާ…ތިކަހަލަ ރޫމާރއެއް އަޑު އެހީމޭ. ރޫމާރގެ ތެރެއިން ނަބީހްގެ ނަން ވެސް އިވުނު. އަނެއްކާ ތީނަ އެމީހުންގެ މެދުގަ ފަނި ހެދީތަ؟”

 

“މައި ގޯޑް! އިވޭހާ ވާހަކަތައް ޤަބޫލުކުރަން ވެސް ނުވާނެކަން ސިޔާއްކޮއަށް ކަންނޭނގެ އެންމެ ރަނގަޅަށް އެނގޭނީ….އެނީހައު އައި ވޯންޓް ޔޫ ޓު ހެލްޕް ހަމްނާ. ހަމްނާ އަސްލު ދީނާއިމެދު އުނގެނެން ފެށި ފަހުން ލައިޝާމެންނާއި ދުރުވެ އެކުވެރިން ނެތިފަ އެ ހުންނަނީ މިހާރު. ޕްލީޒް ހެލްޕް ހާރ…” ނަބީހް ތަކުރާރުކޮށް އެހެން ބުނެލިއިރު އެ މޫނުމައްޗަށް ވެރިވި ހިތާމަވެރިކަން ސިޔާރާއަށް ވެސް ފާހަގަވި ފަދައެވެ. އެހާ ހިސާބުން އޭނަ ވެސް އެ ވާހަކަ ސީރިއަސްކޮށް ނެގިއެވެ.

 

“ހުމް….އެންމެ ރަނގަޅު. ތިކަން ވެ ނިމުނުކަމަށް ބަލާ، އިން ޝާ ﷲ. އެކަމަކު ނަބީހް އެ ހަމްނާއާއިމެދު މާ ބޮޑަށް ކަންބޮޑުވަނީ ކީއްވެބާ؟ ޔޫ ލައިކް ހާރ؟” ސިޔާރާ ލާނެތް ހިނިތުންވުމަކާއިއެކީ ކޮށްލި ސުވާލުން ނަބީހް ނުތަނަވަސްވާ ގޮތްވިއެވެ.

 

“ލައިކް…އެއްނޫން.” ނަބީހް އެހެން ބުނުމާއިއެކު ސިޔާރާ ކުއްލި ގޮތަކަށް އެތެރެއަށް ނޭވައެއް ލަމުން އަނގަމަތީގައި ދެއަތް އަޅައިލިއެވެ.

 

“އެހެންވެއްޖެއްޔާ ލަވްތަ؟ ސުބްޙާނަ ﷲ!”

 

“ސިޔަ-“

 

“ނަސީރުބެ ނަބީހަށް ކަމުދާ ކުއްޖް…..އިއޫ!!!”

 

ސިޔާރާ ނަބީހަށް ފުރުސަތެއް ނުދީ، ނަބީހްގެ ބައްޕަގާތު ހަރުއަޑުން އެ ވާހަކަ ބުނަން ފެށިތަނާ ހުއްޓުމެއް އައީ، ނަބީހް އަވަސް ޙަރަކާތްތަކާއިއެކީ މޭޒުމަތީގައި ހުރި ބިސްކޯދުތަށިން ބިސްކޯދެއް ނަގައި، ސިޔާރާގެ ސައި ތަށްޓަށް އަޅައިލުމުންނެވެ. އެއާއިއެކު ސިޔާރާ ދަތްކުނޑި ވިކަމުން ނަބީހަށް ލޯ އަޅައިލިއިރު ރުޅިން މޫނު ރަތްވެފައިވިއެވެ. އެ މަންޒަރު ފެނި، ނަބީހްގެ ބައްޕަ ނަބީހްގާތު އެހެން ނެހެދުމަށް ބުންޏެވެ. ނަބީހް ޖަވާބުގައި ކޮޅަށް ތެދުވަމުން ‘އޫޕްސް’ އޭ ބުނެ ޒާތަކަށް ސިޔާރާއަށް މަޢާފަށް އެދިލިއެވެ. އެއަށްފަހު އާ ސައި ތަށްޓެއް ބޭނުންތޯ ރާގަކަށް އައިލުމުން ސިޔާރާ ދެންވެސް ނުރުހުންވެފައި އިނދެ ދެން ހެވޭ ބުނެލަމުން ސަމުސަލެއް ނަގައި ސައިތަށިން ބިސްކޯދު ނެގުމުގެ މަސައްކަތް ފެށިއެވެ.

 

**

 

އޭގެ އަނެއްދުވަހުގެ އެސަމްބްލީގައި، ލައިޝާއާއި ދާދި އެއްވަރަކަށް މަޝްހޫރުކަން ލިބިފައިވާ ކުއްޖެއް ކަމަށްވާ ސިޔާރާ ސްޕީޗެއްދިނެވެ. ސިޔާރާއަކީ ހަމްނާއާއި މުޅިން ތަފާތު ސްޓްރީމެއް ކިޔަވާ ކުއްޖަކަށްވުމުން ސިޔާރާއާއި ހަމްނާ މާ ގިނައިން ބައްދަލުވެފައެއް ނުވެއެވެ. އެހެނަސް ސިޔާރާއަކީ ދީނީ ޕްރޮގްރާމްތައް ސްކޫލްގައި ހިންގާ ކުއްޖެއްކަން ހަނދާންވުމުން، އެ ކުއްޖާއާއި ގުޅޭ އިތުރު އެހެންކަމެއް ނޭނގުނަސް، ހިތުގައި އެކުއްޖާއަށްޓަކައި ފުން ލޯތްބެއް އުފެދުނެވެ.

 

“މިފަހަރު އަޅުގަނޑުމެން ސްކޫލްގައި ހިންގަން މިއުޅެނީ ރަސޫލު ބޭކަލުންގެ ދުޢާތަކާއި ގުޅޭ ޕްރޮގްރާމެއް….މި ޕްރޮގްރާމްގައި އަޅުގަނޑުމެން ޙިއްސާކުރާނީ ޤުރުއާނުގައި އައިސްފައިވާ އެކި ރަސޫލު ބޭކަލުންގެ ދުޢާތައް. މިގޮތުން މުޅި މި މަސްތެރޭ އަޅުގަނޑުމެން އިސްލާމް ކްލަބްއިން އެސަމްބްލީތަކުގައި އެ ދުޢާތައް ޙިއްސާކޮށް ސްކޫލްގެ އެކި ތަންތާނގައި އެ ދުޢާތައް ޑިސްޕްލޭ ވެސް ކުރާނަން އިން ޝާ ﷲ! މީގެ އިތުރުން މި މަހުގެ ކޮންމެ ހަފްތާ ބަންދެއްގަ އަޅުގަނޑުމެން އޭގެ ތެރެއިން ބައެއް ދުޢާތައް ތަފްޞީލުކޮށްދޭ ދަރުސްތަކެއް ވެސް ބާއްވާނަން. އެ ދަރުސްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ ގަނޑުތައް މިއަދު އަޅުގަނޑުމެން ހުރިހާ ކުދިންނާއި ޙިއްސާކުރާނަން. ވީހާވެސް ގިނަ ކުދިން މި ޕްރޮގްރާމްގައި ބައިވެރިވާނެކަމަށް އުއްމީދުކުރަން އިން ޝާ ﷲ!”

 

ސިޔާރާ އިނގިރޭސި ބަހުން ދެއްކި ވާހަކަ އިވިގެން ދިޔަދިޔަހެން، ހަމްނާގެ މޫނުމައްޗަށް އުޖާލާވި ހިނިތުންވުމެއް ވެރިވީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެވަގުތު އޭނައަށް ސިޔާރާގެ އެ މަޤާމުގައި ހުރެވުނުނަމައޭ ހިތަށްއެރިއެވެ. އެއީ ކޮންމެހެން ސިޔާރާގެ މަޝްހޫރުކަމުގެ ސަބަބުންނެއް ނޫނެވެ. އެހެނެއްކަމަކު ސިޔާރާ އެ ހިންގާ ޕްރޮގްރާމްގެ ސަބަބުން ސިޔާރާއަށް ލިބޭނެ ޘަވާބުގެ ގިނަކަމާއި މަތިވެރިކަން އެނގުންވީތީވެއެވެ. ހަމަ އެހިނދު އޭނައަށް ވެސް އެފަދަ ގިނަ ޘަވާބުތައް ލިބޭނެފަދަ ޢަމަލުތަކާއި ހަމައަށް ދިޔުމުގެ ފުރުސަތެއް ދެއްވުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ.

 

ހަމްނާއަށް ނޭނގުނު ކަމަކީ އޭނަގެ އެ ދުޢާއަކީ ވެސް އެ ދުޢާ ހިތަށް ވެރިވުމުގެ ކުރިން ވެސް އިޖާބަވެގެންވި ދުޢާއެއް ކަމެވެ. އޭނަގެ މައްޗަށް އޮތް ﷲ ގެ ރަޙްމަތުގެ ބޮޑުކަން ހަމްނާއަށް އެނގުންވާން ފެށީ އެދުވަހު ވެސް އިންޓަވަލް ގަޑީގައި، ކުލާހުގައި އެކަނި އިން ވަގުތެއްގައެވެ. އެދުވަހު ކާ ހިތެއް ވެސް ނެތުމުން ހަމްނާ އިނީ އެދުވަހު ދެވުނު ގޭގެ މަސައްކަތެއް ކުލާހުގައި އިނދެ ނިންމާށެވެ. އެ މަސައްކަތަށް މެދުކެނޑުމެއް އައީ، ކޮންމެވެސް ކުއްޖަކު ކުލާހުގެ ދޮރުމައްޗަށް އަރައި ސަލާމް ގޮވައިލުމުންނެވެ.

 

“އައްސަލާމްޢަލައިކުމް!” ކުލާހުގެ ހުޅުވިފައިވާ ދޮރުގައި ދެވުނު ޓަކިއާއި އެކީ، އެ އަޑު އިވުމުން ހަމްނާއަށް ބަލައިލެވުނެވެ.

 

“ވަޢަލައިކުމުއް…ސަލާމް..” ހަމްނާ ވަކި ވިސްނުމެއްނެތި ޖަވާބު ދެމުން، އެ ދިމާލަށް ބަލައިލި ހިނދު، ސިޔާރާ ފެނިފައި ލިބުނު ޙައިރާންކަމުން އަޑު ކެނޑިގެން ދިޔައެވެ.

 

“ހަމްނާދޯ ތިއީ؟” ސިޔާރާ އުޖާލާވި ހިނިތުންވުމަކާއިއެކީ ކުލާހަށް ވަދެގެން އަންނަމުން ސުވާލުކުރިއެވެ.

 

“ލައްބަ…” ހަމްނާ ހިސާބެއްގެ ޖެހިލުންވުމަކާއިއެކީ ޖަވާބުދިނެވެ. އެއްދުވަހު އޭނަ ލައިޝާމެންނާއިއެކީ ހުއްޓާ ސިޔާރާ ދިން ގަނޑެއް ލައިޝާ ވީދައިލި ގޮތް ހަނދާންވެފައެވެ. ހަމްނާ ހީކުރީ އެދުވަހުގެ ނުރުހުންތެރިކަން ސިޔާރާގެ ވާހަކައިން އިވިގެން ދާނެކަމަށެވެ. އެހެނަސް….

 

“ހަމްނާ ބިޒީ ގަޑިއެއްތަ؟ ބިޒީ ނޫނިއްޔާ ސިޔާ މިއައީ އެއްކަލަ ޕްރޮގްރާމްއާއި ގުޅޭ ޕޭމްފްލެޓްއެއް ދީފަ އެއާއި ގުޅޭ ގޮތުން ކިޔައިދޭންވެގެން…” ސިޔާރާ ދެންވެސް ނުފިލާ ހިނިތުންވުމަކާއިއެކީ އެކުވެރިކަން އިސްކުރިއެވެ. އެހިނދު ސިޔާރާގެ އަތުގައި އޮތް ގަނޑާއި، މުށިކުލައިގެ ކަރުދާސް ކޮތަޅު ހަމްނާގެ ލޮލުގައި އެޅިއެވެ. އެހިނދު އޭނަގެ ބަނޑުހައިވެފައި އިން މިންވަރު އެނގުންވީ، ބާރގާއެއްގެ މީރުވަސް ލިބި ކުޅު ދިޔާވުމުންނެވެ. އެހެނަސް ހަމްނާ އަވަސްއަވަހަށް އެކަން ހަނދާން ނައްތައިލެވޭތޯ ބަލަމުން ވާހަކަ ދެއްކިއެވެ.

 

 

“އެހާ ބިޒީއެއް ނޫން….ހަމަ ކިޔައިދޭންވީ އެ ޕްރޮގްރާމާއި ގުޅޭ ގޮތުން. މިއަދު އެސަމްބްލީގަ އިވުނު ގޮތުން ވެސް ވަރަށް އިންޓްރެސްޓް ޖެހިއްޖެ އެއަށް….” ހަމްނާ އޭނަގެ ގަލަން ބާއްވައި ފޮތް ވެސް ލައްޕައިލަމުން ސިޔާރާއަށް ސަމާލުކަން ދިނެވެ.

 

“ހެހެ…..މީތި ކުޑަކޮށް ކިޔައިލައްޗޭ. އަނެއްހެން ހުރިހާ ތަފްޞީލެއް މީގަ ހުންނާނެ. އެކަމަކު ހަމްނާ ކައިރިއަށް މި އައީ ކުޑަ ކަމަކު އެދެންވެގެން. އިފް ޔޫ ޑޯންޓް މައިންޑް…” ސިޔާރާ ހަމްނާގެ އަތަށް ޕޭމްފްލެޓް ދިނުމަށްފަހު ބުންޏެވެ.

 

“ޔެސް އިން ޝާ ﷲ. ކޮށްދެވޭވަރު ކަމެއްވިއްޔާ ކޮށްދޭނަން…”

 

“އަސްލު މި ވާ ގޮތަކީ މިފަހަރުގެ ޕްރޮގްރާމްގެ ގޮތުން ޕްރޮގްރާމަށް ތައްޔާރުވުމަށް އެކްޓިވްކޮށް އުޅޭނެ އިތުރު ކުއްޖަކު ބޭނުން އެބަވޭ. އިސްލާމް ކްލަބްގަ ބައިވަރު ކުދިން އުޅޭ. އެކަމަކު ޢާއްމު ގޮތެއްގަ ކަންތައް ތައްޔާރު ކުރުމުގަ އުޅޭނީ ސިޔާއާއި ސިޔާގެ ތިން ފްރެންޑުން….އަޑު އިވުނު ގޮތުގަ ހަމްނާ ވެސް ދީނަށް ޝައުޤުވެރިކަން ހުންނާތީ ހަމްނާގާތު އެ ކްލަބްގެ އެކްޓިވް މެމްބާރއަކަށް ވާން ރިކުއެސްޓްކުރަން މިއައީ…”

 

ސިޔާރާ ބުނެލި ވާހަކައިން ލިބުނު ހިސާބެއްގެ ޝޮކާއިއެކީ ހަމްނާގެ ދެލޯ ބޮޑުވިއެވެ. ދުޢާއެއް އޭނައަށް ކުރެވުނުތާ އަދި އެހާ ގިނައިރެއްވެސް ނުވަނީސް އެ ދުޢާ އިޖާބަވެގެން ދިޔަކަން އޭނައަށް އެނގުންވި ފުރަތަމަ ފަހަރަކީ އެއީއެވެ.

 

“އައި….އޮފްކޯސް އައި ވިލް ޑޫ އިޓް އިން ޝާ ﷲ! ސިޔާރާގެ ނޮލެޖް ހުންނަ ވަރަށް އަހަރެން ހުންނާނެހެން ހިއެއްނުވޭ. ބަޓް އައި ވިލް ޓްރައި. ކޮށްދެވެން އޮތް ކޮންމެ ކަމެއް ވެސް ކޮށްދޭނަން އިން ޝާ ﷲ!” ހަމްނާ ހިތަށް ވެރިވެގެން ދިޔަ އާދަޔާ ޚިލާފު އުފާވެރިކަމާއިއެކީ ވާހަކަ ދެއްކިއެވެ.

 

“ހެހެ….ތިހެން ނުބުނޭ. ﷲ އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ޢިލްމު އިތުރުކޮށްދެއްވާ. ސިޔާ ޢިލްމު އުނގެނޭތާ ގިނަ ދުވަސްވެފައި ވިޔަސް ހަމްނާގެ އިޚްލާޞްތެރިކަމާއި ތަޤްވާވެރިކަމުގެ ސަބަބުން ސިޔާއަށް އާޔަތަކުން ނުލިބޭ އެތައް ޢިބްރަތެއް ހަމްނާއަށް ލިބިދާނެ….އެހެންވީމަ ނޮލެޖް ނެތޭ ނުބުނައްޗޭ…ކުޑަ ކަމެއް ނޫން ހަމްނާއާއި ޙަވާލުކުރަން މި ޚިޔާލުކުރަނީ ވެސް. އެ ޓާސްކްގެ ތަފްޞީލު މިރޭ މެސެޖަކުން ފޮނުވާނަން އިނގޭ؟ ހަމްނާގެ ނަންބަރެއް އޮވޭތަ؟”

 

ސިޔާރާ އެހެން ބުނުމާއިއެކު ހަމްނާ އާނއެކޭ ބުނެ ވަގުތުން ދަބަސް ތެރެއިން ނޯޓު ފޮތެއް ނަގައި އޭނަގެ ނަންބަރު ލިޔެލުމަށްފަހު އެ ގަނޑުކޮޅު ސިޔާރާއަށް ދިނެވެ.

 

“އޯލްރައިޓް! މިރޭ އިސްލާމް ކްލަބްގެ ގްރޫޕަށް ހަމްނާ އެޑް ކުރާނަން އިނގޭ؟ އެންޑް….ދިސް އިޒް ފޯ ޔޫ. ހަމްނާ ފެނޭތޯ ކެންޓީނަށް ދިޔައިމަ ކުއްޖަކު ބުނި މިހާރު ހަމްނާ މި ކެންޓީނަކުން ނުކާނެއޭ…އެކްސްޓްރާ ކްލާސް އޮންނަ ދިގު ދުވަހެއްދޯ މިއީ؟ އެހެންވީމަ މި ކާލާ….މަންމަ މާ ބޮޑަށް ކަންބޮޑުވާތީ އަހަންނަށް އެކްސްޓްރާކޮށް ހަދައިދޭ ބާރގާއެއް މިއީ….” ސިޔާރާ އޭނަގެ އަތުގައި އޮތް މުށިކުލައިގެ ކޮތަޅު ދިއްކޮށްލުމުން ހަމްނާ އޭތި ހޯދަން ޖެހިލުންވާ ގޮތްވިއެވެ.

 

“އެކަމަކު….މިއަދު އެކްސްޓްރާ ކްލާސް އޮންނާތީ ނޫންތަ މަންމަ އެކްސްޓްރާ އެއްޗެއް ފޮނުވީ؟” ހަމްނާ އެ ހޯދުމެއްނެތި އެހިއެވެ.

 

“ނޫނެކޭ! އަހަންނަކީ އެހާ ގިނައިން ކާ ހިތްވާ މީހެއްނޫން. މަންމަ ކައިރި ބުނެބުނެ އެކަން ޤަބޫލެއް ނުކުރެއޭ. މި އަހަރެން ހަމްނާއަށް ނުދިނިއްޔާ މީތި އުކާނީއޭ ހަމަ….އެއަށްވުރެ މާ ރަނގަޅުވާނެދޯ ޘަވާބެއް ހޯދައިލިއްޔާ. ދެން މާ ބޮޑަށް ނުވިސްނާ މި ކާލާ. މީރުވިއްޔާ އަހަންނަށްޓަކައި ދުޢާކޮށްދެއްޗޭ!” ސިޔާރާ އެ ވާހަކަ ދައްކަމުން ހަމްނާގެ އެއްއަތް ހިއްލައި އޭނަގެ އަތުގައި އޮތް ކޮތަޅު އެ އަތާއި ޙަވާލުކުރިއެވެ. ސިޔާރާގެ އެ ޙަރަކާތުންނާއި ބުނެލި ވާހަކައިން ހަމްނާއަށް ހިނިތުންވެލެވުނެވެ.

 

ހަމްނާ އިން ޝާ ﷲ އޭ ބުނެ ސިޔާރާގެ ހަދިޔާ ޤަބޫލުކުރުމުން، މާދަމާއިން ފަށައިގެން އިސްލާމް ކްލަބްގެ ‘އެކްޓިވް’ ކުދިން އިންޓަވަލް ކުރާނީ އެކީގައިކަމަށް ސިޔާރާ ބުންޏެވެ. އެއީ ޕްރޮގްރާމާއި ގުޅޭ ކަންތައް މަޝްވަރާކުރުމުގެ ގޮތުންނެވެ. ހަމްނާ އުފަލާއިއެކީ އެއަށް އެއްބަސްވިއެވެ. އެއަށްފަހު ސިޔާރާ ދިޔުމަށްފަހު ވެސް އިރުކޮޅެއް ވަންދެން ހިނިތުންވުމެއްގައި އިނދެވުނެވެ. އޭނަ ދުލުން ކުރާ ދުޢާތަކާއި ދުލާއި ހަމައަށް ނުގެންނަ ދުޢާތައް ވެސް އިޖާބަ ކުރައްވާ ރަސްކަލާނގެއަށް ޙަމްދު ކުރެވޭ ޙާލުގައެވެ.

 

އެދުވަހަށްފަހު ހަމްނާގެ ޙަޔާތުގައި ފެށިގެން ދިޔައީ މުޅިން އާ ބާބެކެވެ. ސިޔާރާ ވަޢުދުވި ފަދައިން ހަމަ އެރޭ ހަމްނާ އިސްލާމް ކްލަބްގެ ޙަރަކާތްތައް ރާވާ ކުދިންގެ ވައިބާރ ގްރޫޕަށް ވެއްދުނެވެ. ހަމްނާ އެ ގްރޫޕަށް އާވިއެއްކަމަކު އެކުދިން އެރޭވެސް ހަމްނާ ބީރައްޓެހިވިޔައެއް ނުދިނެވެ. ހަމްނާއަށް ގްރޫޕް ފުރަތަމަ ބަލައިލިއިރު ވެސް ގްރޫޕްގެ ހުރިހާ ކުދިން ހަމްނާއަށް މަރުޙަބާ ކިޔައި ގްރޫޕަށް އާ ކުއްޖަކު އައީތީ އުފާ ފާޅުކޮށްފައިވިއެވެ. ހަމްނާ އެ މެސެޖުތަކުގެ ޖަވާބަކަށް ޝުކުރު އަދާކުރިއެވެ. އަދި އެކުދިންނާއިއެކީ މަސައްކަތް ކުރަން ކެތްމަދުވާ ވާހަކަ ބުންޏެވެ.

 

ސިޔާރާ އެރޭވެސް ޕްރޮގްރާމަށްޓަކައި އެކި ކުދިން ކުރަންޖެހޭ ކަންތައް ގްރޫޕްގައި ލިޔުނެވެ. ހަމްނާއާއި ޙަވާލު ކުރެވުނީ ސުލައިމާން ޢަލައިހިއްސަލާމްގެ ދުޢާތަކާއި ގުޅޭގޮތުން މަޢުލޫމާތު އެއްކުރުމުގެ މަސައްކަތެވެ. އެ ވާހަކަ ލިޔުމަށްފަހު ސިޔާރާ ހަމްނާ ކައިރިން އެންމެ ރަނގަޅުތޯ އެހިއެވެ. ހަމްނާ އެއަށް އާނބަސް ދިނީ އޭނަ އެދުވަސްވަރު ތަފްސީރު ކިޔަމުން ދިޔަ ސޫރަތުން ސުލައިމާން ޢަލައިހިއްސަލާމްގެ ދުޢާއެއް ފެނިފައިވީތީވެއެވެ.

 

އޭގެ އަނެއް ދުވަހުން ފެށިގެން ހުރިހާ ކުދިން އެކީގައި ޕްރޮގްރާމްގެ ޢަމަލީ މަސައްކަތްތައް ފެށިއެވެ. ސިޔާރާ ބުނިހެން އިންޓަވަލް ގަޑީގައި  ހުރިހާ ކުދިން ބައްދަލުކޮށް އިތުރު މަޝްވަރާތަކެއް ކުރެވުނެވެ. އަދި އެދުވަހުން ފެށިގެން އެކުދިން ގޭގައި ވެސް ވީޑިއޯ ކޯލްކޮށްގެން ވެސް ޕްރޮގްރާމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން ދިޔައެވެ. އެ މަސައްކަތަށްޓަކައި ގިނަ ވަގުތު ހޭދަކުރަން ވިޔަސް ނަމާދު ވަގުތުން އަދާ ކުރުމާއި ޤުރުއާން ކިޔެވުމަށް ފަރުވާ ކުޑަ ނުކުރުމަށް ސިޔާރާ ހަމްނާއަށް ނަސޭޙަތްތެރިވިއެވެ. އެހެނީ ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ ޢަމަލުތަކަކީ އެކަލާނގެ ފަރުޟު ކުރައްވާފައިވާ އަޅުކަންތަކެވެ. އެކަލާނގެ އާޔަތްތައް ޙިއްސާކުރުމުގެ މަސައްކަތަކީ އެ ލޯބިފުޅު އިތުރަށް ލިބޭނެ މަގެއްގެ ގޮތުން ކުރާ ކަމެކެވެ.

 

މީގެ އިތުރުން އެ މަސައްކަތް ކުރިޔަސް ސްކޫލްގެ ކިޔެވުމަށް ވެސް ފަރުވާ ކުޑަ ނުކުރުމަށް ސިޔާރާ ބުންޏެވެ. އެހެނީ ކިޔެވުމަށް ފަރުވާ ކުޑަ ކުރަން ފަށައިފިނަމަ ދީނާއި ދުރު ކުދިން އެމީހުންނާއި ދިމާލަށް އިނގިލި ދިއްކުރަން ފަށާނެއެވެ. އެ ދީނަކާއިގެން އުޅޭތީ ނުވެސް ކިޔެވޭ ކަމަށް ބުނާނެ ކަމަށް ސިޔާރާ ބުނެލީ އަމިއްލަ ތަޖުރިބާއިންނެވެ. އެހެންކަމުން އެމީހުން ވާންޖެހޭނީ ހުރިހާ ގޮތަކުން ވެސް އެންމެ ފުރިހަމަ ނަތީޖާ ނެރޭ ނަމޫނާ ކުދި ބަޔަކަށްކަމަށް ސިޔާރާ ބުންޏެވެ.

 

ހަމްނާ ސިޔާރާގެ އެ ހުރިހާ ނަސޭޙަތެއް ޤަބޫލުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ހަމްނާގެ ޙަޔާތަށް އިހުނަށްވުރެ ވެސް ބޮޑެތި ބަދަލުތައް އަންނަން ފެށިއެވެ. މުޅި ދުވަސް ހޭދަވެގެން ދަނީ ﷲ ގެ ހަނދުމައިގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމާދުކުރަނީ ވެސް ﷲ އަށްޓަކައެވެ. ސްކޫލްގެ ކިޔެވުން ކިޔަވަނީ ވެސް އެކަލާނގެ އޭނައަށް ދެއްވި ޤާބިލިއްޔަތުކަމަށް ޝުކުރުވެރިވެ، އެކަލާނގެއަށް އިޙްސާންތެރިވުމަށެވެ. އެކަލާނގެ ދީން އުނގެނި އެ ދީން ފަތުރަން މަސައްކަތް ކުރަމުން ދިޔައީ، އެކަލާނގެ ގެ ލޯބިފުޅާއި ގާތްވުމުގެ ބޭނުމުގައެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ހިތަށް ލިބިފައިވަނީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. އެ ހިތްހަމަޖެހުމުގެ ސަބަބުން ވަށައިގެން ތިބޭ މީހުންނަށް އެކި ގޮތްގޮތުން އެހީވުމަށް ހިތުގައި އޮތް އެދުން ވެސް ބޮޑުވެފައިވެއެވެ. ފަހަކަށް އައިސް ހަމްނާ ގޭގެ ތެރޭގައި އުޅެމުން ގޭގެ މަސައްކަތްތައް ވެސް ކުރަމުން ދިޔައީ ދޮންތަގެ ބުނުމެއް ނެތިއެވެ. އަދި ކުލާހުގައި އޭނަގެ ކައިރީގައި އުޅޭ ކުއްޖަކު އެއްޗެއް ނެތިގެން އުޅޭނަމަ އެ އެއްޗެއް ދެވެނީ، ދެވަނަ ވިސްނުމެއްވެސް ނެތިއެވެ. އެހެންކަމުން ހަމްނާ ލަސްލަހުން އެ ކުދިންނާއި ވެސް އެކުވެރިވާން ފެށިއެވެ.

 

ހޮނިހިރު ދުވަހެއްގައި ހަމްނާ ސިޔާރާމެންނާއި އެކީ ސްކޫލަށް ދިޔައީ، އެމީހުން ހޯދި ދުޢާތަކާއި ގުޅޭ ޕޯސްޓަރުތައް ސްކޫލްގެ ފާރުތަކުގައި ޑިސްޕްލޭ ކުރުމަށެވެ. ހަމްނާ ދުޢާތައް ތަތްކުރަމުން ގޮސް އޭނަގެ އަތަށް ދެވުނު އެންމެ ފަހު ދުޢާ ޑިސްޕްލޭ ކުރި ހިނދު، ހުއްޓުން އެރިއެވެ. އެ ދުޢާއަކީ، މި ވޭތުވެދިޔަ ދުވަސްކޮޅުގައި އޭނަގެ ޙަޔާތުގައި ހިނގައިދިޔަ ކަންތައް ޚުލާޞާކުރާ ދުޢާއެއްހެން ހީވުމުންނެވެ.

 

ސުލައިމާން ޢަލައިހިއްސަލާމްގެ އެ ދުޢާގެ ކުރީކޮޅުގައި އެކަލޭގެފާނު ވަނީ، އެކަލޭގެފާނަށާއި، އެކަލޭގެފާނުގެ މައިންބަފައިންނަށް ދެވުނު ނިޢުމަތްތަކަށް ޝުކުވެރިވުމަށް ވާގި ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ. އަދި ﷲ ރުހިވޮޑިގެންވާފަދަ ޢަމަލުތައް ކުރެއްވުމަށް ވެސް ވާގި ދެއްވުމަށް އެދި ދުޢާކުރައްވާފައެވެ. އެއަށްފަހު ދެން ހުރި ބަސްތަކުން ކުރި އަސަރުން، ޕޯސްޓަރަށް ބަލަން ހުރެ، ހަމްނާއަށް ވައި އަޑުން އެ ބައި ކިޔައިލެވުނެވެ.

 

“وَ أَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِيْن…” އެ ބަސްތައް ކިޔައިލެވުނު ހިނދު ހަމްނާއަށް ހިނިތުންވެލެވުނެވެ. އޭގެ މާނައަކީ ތިމަންއަޅާ އިބަރަސްކަލާނގެ ރަޙްމަތްފުޅުން އިބަރަސްކަލާނގެ ގެ ޞާލިޙު އަޅުތަކުންގެ ތެރެއަށް ވެއްދެވުމަށެވެ. މި ދުނިޔޭގައި ވެސް ޞާލިޙު އަޅުތަކުންގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބުމަކީ ކިހާ ބޮޑު ރަޙްމަތެއްކަން އޭނައަށް މިހާރު އިޙްސާސް ކުރެވެއެވެ.

 

އެ އިޙްސާސުގެ ތެރެއަށް ހަމްނާ ގެއްލެން އުޅުނު ހިނދު، އެ ޚިޔާލުތަކުން ނިކުމެވުނީ، ފަހަތުން ނުހަނު ދަންނަ އަޑެއް އިވިގެން ދިޔުމުންނެވެ.

 

“ހަމް!” އެ އަޑު އެތައް ދުވަހެއް ފަހުން އިވިފައި ހަމްނާގެ ދެލޯ ބޮޑުވީ ހިނދު، އަތް ފައި ފިނިވާ ގޮތްވިއެވެ. ހިތުގެ ތެޅުން އަވަސްވެ، ނޭވާ ކުރުވެގެން ދިޔަ ގޮތުން ބިރުގަންނަހާވަރު ވިއެވެ. އެހެނަސް ހަމްނާ ހުރިހާ ހިތްވަރެއް އެއްކުރަމުން ފަސްއެނބުރިލިއެވެ. އެހިނދު އެތާ ހުރީ، ރަތްކުލައިގެ ފުޓުބޯޅަ ޖޯޒީއެއްގައި ހުރި ނައުފަލް ނޫން ދެވަނަ މީހެއްނޫނެވެ.

 

“ލޯންގް ޓައިމް ނޯ ސީ، ލަވް!” ނައުފަލް އެހެން ބުނެލި ހިނދު އެ ލޯ މަތިން ފެނުނު އަސަރުންނާއި، ތުންފަތްމަތިން ފެނުނު ހިނިތުންވުމުން ހަމްނާގެ ހިތް އަނެއްކާވެސް ބަލިކަށިވާން ފެށިހެން އޭނައަށް ހީވިއެވެ. އެހިނދު ކުރު އާހެއްގެ އަޑު އަނގައިން ބޭރުވެގެން ދިޔައީ، އިސާހިތަކު އެ ހިތް ވަށައިލަން ފެށި ނާއުއްމީދީ އިޙްސާސްތަކެއްގެ ސަބަބުންނެވެ.

 

**

 

ސައިންސް އެންޑް ޓެކްނޮލޮޖީ ފެއާރ އޮންނަ ތާރީޚް ޖެހެން އެންމެ 5 ދުވަހަށް ވެފައިވުމުން ހިބާ ފުދޭވަރަކަށް މަސައްކަތް ބުރަވެފައިވިއެވެ. އެހެނަސް ހިބާ ވީހާވެސް ވަރަކުން ދާރިސްއަށް ވެސް ވަގުތު ދެމުން ދިޔައެވެ. އެހާ ހިސާބަށް ދިޔައިރު ދާރިސްއަށް ވެސް ވަނީ އެ ފެއާރއަށް ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ދިޔުމަށް ދަޢުވަތު ލިބިފައެވެ.

 

“އައި ސްޓިލް ކާންޓް ބިލީވް ދިސް އިނގޭ…..ކުރިން އަހަރެން ކިޔަވާފަ ހުރި ސްކޫލަކަށް ޗީފް ގެސްޓެއްގެ ގޮތުގަ މި ދަނީ ފުރަތަމަ ފަހަރަށް…” ދާރިސް އެހެން ބުނެލީ، ވައިބާރ މެދުވެރިކޮށް އޭނައަށް ލިބުނު ދަޢުވަތު ކާޑަށް ބަލަން އިނދެއެވެ.

 

“އައި ނޯ ރައިޓް؟ އެންޑް ދަ ބެސްޓް ޕާޓް….ދާރިސް ދުވަހަކުވެސް ކާމިޔާބު ނުވާނެއޭ ބުނި ޓީޗާސް އަދިވެސް އެބައުޅޭ އެ ސްކޫލްގަ. އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ހަމަ އެކަހަލަ ވިސްނުމެއްގަ އުޅެނީ. އިސްމާޢިލް އީތަންއަކީ ކާކުކަން އެމީހުންނަށް އެނގޭނެނަމައޭ ހިތަށް އެބައަރާ. ހައު އައި ވިޝް!” ހިބާ ލެޕްޓޮޕުން މަސައްކަތެއް ކުރަން ކިޔަވާ މޭޒުދޮށުގައި އިނދެ، ރާގަކަށް ބުނެލި ގޮތުން ދާރިސްއަށް ހީލެވުނެވެ.

 

ހަމަ އެވަގުތު ހިބާގެ ފޯނު ރިންގުވާން ފެށުމުން، ހިބާ ދާރިސްއަށް ބަލަން އުޅެފައިވެސް މޭޒުމަތީގައި އޮތް ފޯނުގެ ސްކްރީނަށް ނަޒަރެއް ދިނެވެ. އެހިނދު އެ ސްކްރީނުން ‘މާޒިން’ ގެ ނަން ފެނިފައި ހިބާގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލީ، އެ ގުޅަނީ ކާކުކަން އެނގި، ދާރިސް ވެސް އެތާނގައި ހުރިކަން އެނގުންވުމުންނެވެ. ހިނދުކޮޅަކަށް ނަމަވެސް ކޮޓަރިން ބޭރަށް ދާން ހިތަށްއެރިއެވެ. އެހެނަސް ފަޅި ސިކުންތެއްގެ ތެރޭގައި އެ ޚިޔާލު ބަދަލުކޮށްލަމުން ހިބާ ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.

 

“ސަލާމް މާޒިން މަންމާ!” ހިބާ ދާރިސްއަށް އިވޭނެ ވަރަށް އެހެން ބުނެލީ ޤަޞްދުގައެވެ. ދާރިސްއަށް ނުބެލިއެއްކަމަކު ދާރިސް އެވަގުތު އެދިމާލަށް ބަލައިލިކަން ހިބާއަށް ޔަޤީން ކުރެވުނެވެ.

 

އެ ބަލައިލުމަށްފަހު ދާރިސް އުދަގުލެއްވެގެން އުޅޭ ފަދައަކުން އެނދުން ތެދުވެ، ކޮޓަރިން ނިކުމެގެން ދިޔައެވެ. ހިބާއަށް އެކަން އެނގުންވީ ދާރިސްގެ ފިޔަވަޅުތަކުގެ އަޑުންނެވެ.

 

“ވަޢަލައިކުމުއްސަލާމް ހިބާ…ވަރަށް ބޮޑަށް މަޢާފަށް އެދެން ހިބާއަށް މިހާ ބުރަވާނެ ދުވަސްކޮޅެއްގަ ގުޅަން ޖެހުނީތީ. އެކަމަކު މި ގުޅައިލީ މާޒިން ގޮތްދޫނުކޮށްގެން ހަދާނެ ގޮތެއް ނޭނގިގެން ހަމަ…” މުނީރާ އެކޮޅުން ވާހަކަ ދެއްކި އަޑު އިވުނެވެ.

 

“މައްސަލައެއްނޫނޭ ގުޅިޔަސް. ކިހިނެއްވީ މާޒިންއަށް؟” ހިބާ އެހިއެވެ.

 

“އެ ބުނާ ސައިންސް ފެއާރއަކަށް މާޒިން ހަމަ ކޮންމެހެން ވެސް ހަދަން ބޭނުންވަނީ ރޮބޮޓެއް. އެހެންނޭ ކިޔާފަ އަހަންނަށް އެބަ ދައްކާ ބޭރުގެ ކޮންމެވެސް ކުންފުންޏަކުން ކުޑަކުދިންނަށްޓަކައި ހަދައިގެން އުޅޭ ރޮބޮޓްތަކެއް. ބުނީ އޭގެ އެއްޗެއް ގަނެދިނިއްޔާ މާޒިން ބޭނުން ގޮތަކަށް އޭތި މޫވް ކުރާ ގޮތަށް ހަދާނަމޭ….މާޒިން މަންމަ ބުނިން އެގޮތަށް ގަންނަ އެއްޗެއް ނޫނޭ ފެއާރގަ ހުންނަންވާނީ. އެހެންނޫނަސް އެ އެއްޗެއް ގަތަސް ފެއާރ އޮންނަ ދުވަހަކަށް އޭތި މިހާ ހިސާބަށް ނާންނާނެއޭ. ބުނީމަ ވެސް ބުނަނީ ހިބާ މިސް ބުންޏޯ މި ކަހަލަ ރަށަކުން ނުފެންނާނެ ކަހަލަ ކްރިއޭޓިވް އެއްޗެކޯ ފެއާރއަށް ހަދަންވާނީ. އޭތި ގަތަސް މާޒިން ބޭނުން ގޮތަކަށް އޭތި ޑިޒައިންކޮށްފަ އޭތި ލައްވާ މާޒިން ބޭނުންވާ ކަންތައް ކުރުވާނަމޯ…” މުނީރާ ވާހަކަ ދެއްކިއެވެ. އެ ވާހަކަތައް އިވިގެން ދިޔަދިޔަހެން ހިބާއަށް ލޯ މަރައިލަމުން ނިތުގައި އެއްއަތް ޖައްސައިލެވުނީ، މާޒިންގެ އެ ޚިޔާލުގެ ފަހަތުގައި ވަނީ އޭނައަށް ބުނެދެވުނު ގޮތްކަން އެނގުންވުމުންނެވެ.

 

“ހިބާ އަޅެ ވާހަކަ ދައްކާލަބަލަ މާޒިންއާ. ފެއާރގަ ބައިވެރި ނުކުރުވިއްޔާ ވެސް އެހާ މައްސަލަ ޖައްސާނެ. ސްކޫލަށް ދިޔުން ވެސް ހުއްޓާލަފާނެ ހިތަށްއެރިއްޔާ…” މުނީރާ ބުންޏެވެ.

 

“ހުމް….މާޒިން ބައިވެރި ކުރުވަންވާނެ ހަމަ ކޮންމެހެން ވެސް. މިސްވެސް ވަރަށް ބޭނުން މާޒިން އެ ފެއާރގަ ޕްރޮޖެކްޓެއް ހުށަހަޅާތަން ބަލަން.”

 

“އެކަމަކު ކިހިނެއް މި ކުއްޖާގެ އެ ޚިޔާލަށް ހަދާނީ ހިބާ؟ އެކަހަލަ ރޮބޮޓެއް ހަދައިދޭނެ މީހަކު މި ރަށުން ފެންނާނީއެއް ވެސް ނޫން!”

 

މުނީރާ އެ ބުނި ބަސްތަކާއިއެކީ ހިބާ ހުއްޓުންއެރީ، ދާރިސްގެ ސޫރަ ލޮލަށް ސިފަވެ، ލިބިގެން ދިޔަ ޚިޔާލަކުންނެވެ. އިސާހިތަކު ހިތަށް ލިބުނު ޖޯޝާއިއެކީ ހިބާއަށް ވާހަކަ ދެކެވުނެވެ.

 

“މާޒިންއަށް އެހީވެވިދާނެ ގޮތެއް އެބައޮތް…” ހިބާ އެ ވާހަކަ ބުނަމުން ކޮޅަށް ތެދުވެ އެންމެ ފުރަތަމަ ބަލައިލީ އެނދާއި ދިމާލަށެވެ. އެތަނުން ދާރިސް ނުފެނުމުން ހިބާ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލި ހިނދު، އެ ދޮރުމައްޗަށް ދާރިސް އެރީއެވެ. އެހިނދު ހިބާއަށް ދާރިސް ފެނި، ހިނިތުންވެލެވުނީ އިޚްތިޔާރަކާއި ނުލައެވެ.

 

ނުނިމޭ

The post ދާރިސް (ނަވާޅީސްވަނަ ބައި) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%82%de%a6%de%88%de%a7%de%85%de%a9%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/feed/ 13 3136
ދާރިސް (އަށާޅީސްވަނަ ބައި) https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%87%de%a6%de%81%de%a7%de%85%de%a9%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/?utm_source=rss&utm_medium=rss&utm_campaign=%25de%258b%25de%25a7%25de%2583%25de%25a8%25de%2590%25de%25b0-%25de%2587%25de%25a6%25de%2581%25de%25a7%25de%2585%25de%25a9%25de%2590%25de%25b0%25de%2588%25de%25a6%25de%2582%25de%25a6-%25de%2584%25de%25a6%25de%2587%25de%25a8 https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%87%de%a6%de%81%de%a7%de%85%de%a9%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/#comments Wed, 29 Dec 2021 09:55:21 +0000 https://blog.storiesbyjana.com/?p=3132

ނަބީހަށް ވެސް ރުޅިވެރިކަމާއިއެކީ ބުނެވުނު ބަސްތަކުން ނައުފަލްގެ މޫނު ރުޅިން ރަތްވެގެން ދިޔައެވެ. ނައުފަލްގެ ކިބައިގައި ނަބީހް ފަދައިން ކެތްތެރިކަމެއްގެ ކަންފުޅެއްވެސް ނެތީތީ މާ ގިނައިރެއްނުވެ ނައުފަލްގެ ގޮށްމުށުގެ ހޫނު އެތިފަހަރެއް ނަބީހްގެ މޫނާއި އަމާޒުވެގެން ދިޔައެވެ. ނަބީހަކީ ޢާއްމު ގޮތެއްގައި އެފަދަ ތަޅައިލުންތަކުގައި ބައިވެރިވެފައިވާ ކުއްޖަކަށް ނުވުމުން ގަތް ބިރާއިއެކީ ދެލޯ މަރައިލުން ނޫންކަމެއް ނުކުރެވުނެވެ.   އެހެނަސް ނައުފަލްގެ އެ ގޮށްމުށް ނަބީހްގެ މޫނުގައި ޖެހުމުގެ ކުރިން ކޮންމެވެސް މީހަކު އައިސް ނައުފަލްގެ އަތުގައި […]

The post ދާރިސް (އަށާޅީސްވަނަ ބައި) appeared first on Stories by Jana.

]]>

ނަބީހަށް ވެސް ރުޅިވެރިކަމާއިއެކީ ބުނެވުނު ބަސްތަކުން ނައުފަލްގެ މޫނު ރުޅިން ރަތްވެގެން ދިޔައެވެ. ނައުފަލްގެ ކިބައިގައި ނަބީހް ފަދައިން ކެތްތެރިކަމެއްގެ ކަންފުޅެއްވެސް ނެތީތީ މާ ގިނައިރެއްނުވެ ނައުފަލްގެ ގޮށްމުށުގެ ހޫނު އެތިފަހަރެއް ނަބީހްގެ މޫނާއި އަމާޒުވެގެން ދިޔައެވެ. ނަބީހަކީ ޢާއްމު ގޮތެއްގައި އެފަދަ ތަޅައިލުންތަކުގައި ބައިވެރިވެފައިވާ ކުއްޖަކަށް ނުވުމުން ގަތް ބިރާއިއެކީ ދެލޯ މަރައިލުން ނޫންކަމެއް ނުކުރެވުނެވެ.

 

އެހެނަސް ނައުފަލްގެ އެ ގޮށްމުށް ނަބީހްގެ މޫނުގައި ޖެހުމުގެ ކުރިން ކޮންމެވެސް މީހަކު އައިސް ނައުފަލްގެ އަތުގައި ހިފިއެވެ. އެހިނދު ނައުފަލާއިއެކީ ލަސްލަހުން ލޯ ހުޅުވައިލި ނަބީހަށް ވެސް އެދިމާލަށް ބަލައިލެވުނެވެ. އެހިނދު އެތާހުރީ ދާރިސް ނޫން ދެވަނަ މީހެއް ނޫނެވެ.

 

“ކިތަންމެ ބޮޑަށް ރުޅި އަޔަސް ދިސް އިޒް ނޮޓް ކޫލް، ޑޯންޓް ޔޫ ތިންކް؟” ދާރިސް އެހެން ބުނެލީ އެއްފަހަރު އޭނަ ހިފަހައްޓައިގެން ހުރި ނައުފަލްގެ އަތަށް، އަނެއްފަހަރު ނައުފަލްގެ މޫނަށް ނަޒަރެއް ދެމުންނެވެ.

 

އެހިނދު ދަތްކުނޑި ވިކިގެން ދިޔަ ނައުފަލ އައި ރުޅީގައި ދާރިސްގެ އަތް ވެސް ފޮޅުވައި، ނަބީހަށް އޭނަ ދޭން ބޭނުންވި ޙަމަލާ ދޭން އުޅުނީ، އޭނަގެ ގޮތުގައި ހިފެހެއްޓުމަށެވެ. އެހެނަސް ދާރިސް އިހުނަށްވުރެ ބާރަށް އެ އަތުގައި ހިފެހެއްޓުމުން ނައުފަލް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން ނައުފަލް އޭނަގެ އަތް ތިރިކޮށްލުމަށްފަހު ދާރިސްއާއި ނަބީހަށް ވެސް އަމާޒުވާފަދަ ގޮތަކަށް ނުބައި ބަހެއް ކިޔައިލުމަށްފަހު، އޭނަ ނަބީހް އައުމުގެ ކުރިން ހުރި އަނދިރި ގޯޅިއާއި ދިމާލަށް ދާން ފެށިއެވެ. ނައުފަލް އަނދިރިގަނޑުގެ ތެރެއަށް ގެއްލި، އޭނަގެ ފިޔަވަޅުތަކުގެ ވެސް އަޑު ފޭދިގެން ދިޔުމުން ދާރިސް ނަބީހާއި ކުރިމަތިލިއެވެ.

 

“އާރ ޔޫ އޯކޭ؟” ދާރިސް ޔަޤީންކޮށްލުމުގެ ގޮތުން އަހައިލިއެވެ.

 

“ލައްބަ…އަޅުގަނޑު ރައްކާތެރިކޮށްދިނީތީ ތި ބޭބެއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ޖަޒާކަ ﷲ ޚައިރަން!” ނަބީހް ނުހަނު އަދަބުވެރިކަމާއިއެކީ ވާހަކަ ދެއްކި ގޮތުން ދާރިސްއަށް ހިނިތުންވެލެވުނެވެ.

 

“އެއީ އެއްވެސް ކަމެއްނޫން…ހިނގާ ބޭބެއާއިއެކީ ގެއަށް. މި ކޮޅުގަތަ ތި ކުއްޖާގެ ގެ ހުންނަނީ؟” ދާރިސް އޭނަ ދަމުން ދިޔަ ދިމާލަށް ޢިޝާރާތް ކުރަމުން އެހިއެވެ.

 

“ލައްބަ!” ނަބީހް ބޯޖަހައިލަމުން އެހެން ބުނެލުމުން ދާރިސް އެހެންވީމަ ހިނގާށޭ ބުންޏެވެ. އެއާއިއެކު ދެމީހުން އެކުއެކީގައި ހިނގަން ފެށިއެވެ.

 

ނަބީހާއި އެކީ ހިނގަމުން ދިޔައިރު ދާރިސް ހުރީ ނަބީހާއި ސުވާލުތަކެއް ކުރަން ބޭނުންވެފައެވެ. އެހެނީ އޭނައަށް އެ ދެ ފިރިހެން ކުދިން ފެނިގެން ދިޔައީ، އެ ރުޅިގަދަ ފިރިހެން ކުއްޖާ އަތް އިސްކުރި ހިސާބުންނެއް ނޫނެވެ. އޭނަ ޢާއްމު ގޮތެއްގައި ނުދާ މިސްކިތުން ފައިބައިގެން އައި ވަގުތު އެ ދެކުދިންނަށް ސަމާލުކަން ދެވުނީ، އެ ދެމެދުގައި ދެކެވުނު ވާހަކައިގެ ތެރެއިން ހަމްނާގެ ނަން އިވުމުންނެވެ. ދެ ކުދިންނަށް ބަލަން ހުރެފައި ދާރިސް ދެކުދިންނާއި ދިމާލަށް ދާން ފެށީ އެ ވާހަކަ މާ ހޫނުވާން ފެށިހެން ހީވުމުންނެވެ. ރަނގަޅު ވަގުތުގައި އޭނައަށް ގޮސް އެއްކަލަ ފިރިހެން ކުއްޖާގެ އަތުގައި ހިފައިލެވުނީ، ދެން ހުރި ކުއްޖާގެ ނަސީބު ރަނގަޅުކަމުންނެވެ.

 

“ސުވާލެއް ކޮށްލަންތަ ބޭބޭ؟” ނަބީހް އެ ސުވާލުކޮށްލުމުން ދާރިސްއަށް އަމިއްލަ ޚިޔާލުތަކުން ނިކުމެވުނެވެ.

 

“ހުމް…”

 

“ބޭބެ ކޮން ތަނަކުންތަ ދަސްކުރީ އެހާ ޝާޕްކޮށް ފޯކަސް ކޮށްގެން މީހަކު ޑިފެންޑްކުރަން؟ އެކަހަލަ ޓްރެއިނިންގްއެއް ހެދީތަ ބޭބެ؟ އަޅުގަނޑަށް ދައްކައި ދެވިދާތޯ އެކަހަލަ ތަމްރީންތައް ހިންގާ ތަނެއް؟”

 

“ހެހެ….އަނެއްހެން ޓްރެއިނިންގްއެއް ނަހަދަން ބޭބެ. އިޓްސް ޖަސްޓް….އެ މަންޒަރު ފެނިފަ ތި ކުއްޖާއަށް އެއްވެސް ގެއްލުމެއް ނުލިބެން ބޭނުންވީ. ކަމަކަށް ޢަޒުމް ކަނޑައަޅައިފިއްޔާ ބޭބެއަށް އެކަން އެގޮތަށް ކުރެވޭ….ސިކުނޑީގައި ރާވާކަމެއް ނުވިއްޔާ ބޭބެގެ ސިކުނޑި މާ ބޮޑަށް ހާސްވާތީ…ކިހިނެއްވީ؟ އެ ފިރިހެން ކުއްޖާ ތި ކުއްޖާއަށް އަނިޔާ ކުރަނީތަ؟”

 

“މިހާތަނަށް އައިއިރު އެގޮތަށް އަތް އިސް ނުކުރޭ. އެކަމަކު މިއަދުން ފެށިގެން އެކަހަލަ ޙަމަލާތައް އަމާޒުވާނެހެން ހީވޭ….ބޭނުމެއްނޫން އޭނަގެ އަތްދަށުވާކަށް. ވީހާވެސް ވަރަކުން މީހުންގެ އަތްދަށު ނުވެ އުޅެވޭތޯ މަސައްކަތްކުރަން ދީނުގައި ވެސް އޮވެއެއްނޫންތޯ؟”

 

“ހުމް…ރަނގަޅަށް ތިބުނީ. ބޭބެ ބަލައިލާނަން އިނގޭ އެކަހަލަ ތަމްރީންތައް ހިންގާ ތަނެއް ފެނޭތޯ؟ ބަލައިލާފަ އަންގައިލާނަން. ކޮން ނަމެއްތަ ކިޔަނީ ތި ކުއްޖާއަށް؟”

 

“އާދެ….ނަބީހް..”

 

“ނަބީހް ކައިރިން ބޭބެ ސުވާލެއް ކޮށްލަންތަ؟”

 

“ލައްބަ…”

 

“ނަބީހް އެ ކުއްޖާއާއި ވާހަކަ ދެއްކިއިރު، ކޮންމެވެސް ހަމްނާއެއްގެ ވާހަކަ ދެއްކި އަޑު އިވުނު….އެއީ އާމިނަތު ހަމްނާ ޝަހީދުގެ ވާހަކަތަ؟”

 

ދާރިސް އެ ކޮށްލި ސުވާލާއިއެކީ އިސާހިތަކު ނަބީހްގެ ފިޔަވަޅުތައް މަޑުޖެހިގެން ދިޔައެވެ. އެއާއިއެކު ދާރިސް ވެސް ފިޔަވަޅުތައް މަޑުޖައްސައިލިއެވެ.

 

“ބް…ބޭބެއަށް އެ ވާހަކަ އިވުނީތޯ؟” ނަބީހް ދެލޯ ބޮޑުވެފައިހުރެ އެހެން އަހައިލީ ބާރަށް ތެޅެމުން ދިޔަ ހިތަކާއިއެކީ ހިސާބަކަށް ލަދުވެސް ގަނެފައި ހުރެއެވެ. އޭނަގެ ހިތުގައި ހަމްނާއަށްޓަކައިވާ އިޙްސާސްތައް އެއްވެސް މީހަކާއި ޙިއްސާކޮށްފައި ނުވާއިރު މި ބީރައްޓެހި ބޭބެއަށް އެނގިދާނެހެން ހީވުމުންނެވެ.

 

“ވެލް….ކޮންމެހެން އަޑުއަހާކަށް ނޫން ބޭބެ ހުރީ. ހަމަ އަޑުއިވުނީ. ވަރަށް ހީރޮއިކްކޮށް ހަމްނާގެ ދިފާޢުގަ ވާހަކަ ދައްކާ އަޑު. އިޓް ވޯޒް ރޭދާރ ފޭސިނޭޓިންގް! ހެހެ….ހަމްނާއާއިއެކީ ކިޔަވާ ކުއްޖެއްތަ ތިއީ؟” ދާރިސް ހެވިފައިހުރެ ސުވާލުކުރިއެވެ.

 

“އާނ….ހަމްނާއަކީ އަޅުގަނޑުގެ ކްލާސްމޭޓެއް. ބޭބެއަށް ކިހިނެއްތޯ ހަމްނާ އެނގެނީ؟”

 

“ބޭބެއަކީ ހަމްނާގެ ދޮންތަބެ..”

 

“ދޮންތަބެ؟ މާނައަކީ ހަމްނާގެ ދޮންތަގެ ހަޒަބެންޑްއޭތަ؟ އިސްމާޢިލް އީތަން؟!”

 

“ހެހެ…ރަނގަޅަށް ތިބުނީ. ތިއީ ވެސް ވާޗުއަލްކޮށް ވެޑިންގް އެޓެންޑް ކުރި ކުއްޖެއްދޯ؟”

 

“އެ ވެޑިންގް އެޓެންޑް ނުކުރާ މީހެއް ހުރިހެން ހިއެއްނުވޭ…ކުޑަކުޑަ ރަށެއްވެފަ ވަރަށް އާ ކަމެއްވީމަ އެންމެން އެ ލިންކް ޝެއާރ ކުރަމުން އެ ވާހަކަ ދައްކަމުން ދިޔައީ. އަޅުގަނޑުގެ ފެމިލީއަށް އިންވިޓޭޝަން ނުލިބޭތީ އަޅުގަނޑުމެން ލިން ކް ނުއެއް ހުޅުވަން. އެކަމަކު ހަމްނާގެ ދޮންތަ ސްވިސް ކުންފުންޏެއްގެ ޗީފް ޑައިރެކްޓަރަކާއި މެރީ ކުރި ވާހަކަ ވަރަށް ހޫނު ޚަބަރެއްގެ ގޮތުގަ އިވިގެން ދިޔަ..”

 

“ސެލެބްރިޓީ ވެޑިންގްއެކޭ ތަފާތެއް ނެތްދޯ؟ ހެހެ….އިފް ޔޫ ޑޯންޓް މައިންޑް..އަހައިލެވިދާނެތަ ނަބީހާއި ދެންމެ އެ ފެނުނު ކުއްޖާއާއި އޮތީ ކޮން ގުޅުމެއްތޯ؟ އެއީ ވެސް ހަމްނާއާއި ނަބީހްގެ ކްލާސް މޭޓެއްތަ؟”ދެނ

 

“ކްލާސްމޭޓެއް ނޫން….ސްކޫލް މޭޓެއް.”

 

“ކީއްވެ އެ ކުއްޖާއާއި ނަބީހް ރުޅިވެގެން ތި އުޅެނީ؟”

 

“ވަރަށް ބައިވަރު ސަބަބުތަކާހުރެ ރުޅިވެގެން އުޅެނީ….އެކަމަކު މިރޭ އެހާ ބޮޑުވަރު ވީ ނައުފަލް އޭނަގެ ބޭބެއަކާއި ފޯނުން ދެއްކި ވާހަކައެއް އިވިފަ. ހީވަނީ ނައުފަލް ހަމްނާގެ އިޙްސާސްތަކުގެ ނާޖާއިޒު ފައިދާއެއް ނަގަން އުޅޭހެން. ބޭބެ ހަމްނާ ގާތު ބުނެދެއްޗޭ ނައުފަލްއާއިމެދު އިތުރަށް ކެއާރފުލްވާން. އަޅުގަނޑު ބުންޏަސް ހަމްނާ ޤަބޫލު ނުކޮށްފާނެ….

 

ނަބީހް ހިތާމަވެރި ގޮތަކަށް ބުނެލި އެ ފަހު ވާހަކައާއި އެކީ ދާރިސްގެ ދެ ބުމަ ކައިރިވިއެވެ.  

 

**

 

“ނައުފަލްއޭ?!” ދާރިސް އެރޭ ގެއަށް ގޮސް ހެދުން ފަށްޖަހަން ހުރި ހިބާއަށް އެ ވާހަކަތައް ކިޔައިދިނުމާއި އެކު ހިބާއަށް ބުނެވުނެވެ.

 

“އާނ…އެ ކުއްޖެއްގެ ވާހަކަ ހަމްނާ ހިބާއަށް ކިޔައިދިންތަ?” ދާރިސް ވެސް ހިބާގެ މަސައްކަތުގައި ބައިވެރިވަމުން ވާހަކަ ދެއްކިއެވެ. 

 

“އެހެންޏާ ނޫން? އެޕޭރެންޓްލީ އެއީ ހަމްނާގެ ފަސްޓް ކްރަޝް…އަހަރެން ހޯދި ހޯދުމުން އެނގުނީ އެއީ އެއްގޮތަކަށް ވެސް ކަމުދާ ޒާތުގެ ކުއްޖެއް ނޫންކަން. އެކަމަކު ހަމްނާ މާ ބޮޑަށް ދެރަވެ އަހަންނަށް ރުޅިވެދާނެތީ އަހަރެން ނުބުނެ ހުރީ. ހީވަނީ ދެން ކިޔައިދޭންވީހެން އެ ނައުފަލްގެ ޙަޤީޤަތް..”

 

“އާނއެކޭ…ނަބީހް ވެސް އެ ނައުފަލްއާ ވާހަކަ ދެއްކިއިރު ބުންޏޭ ތީނަގެ ޙަޤީޤަތް ހަމްނާއަށް އެނގެންޏާ ހަމްނާ އޭނަގެ ފަހަތުން ނުއުޅޭނެއޭ…ތެދުތެދަށް ބުނަންޏާ  އެ ނަބީހަކީ ވަރަށް ރަނގަޅު ކުއްޖެއްހެން އަހަންނަށް ހީވަނީ..”

 

“އެއީ ރަނގަޅު ޢާއިލާއެއްގެ ރަނގަޅު ކުއްޖެކޭ…އެ ކުއްޖާއަށް ހަމްނާ ކަމުދާހެން ވެސް އަހަންނަށް ހީވޭ….އެކަމަކު ހަމްނާއަށް ނަބީހް ކަމަކު ނުދޭ….ނަބީހް ކަހަލަ ކުއްޖަކަށް ފަސްދީފަ ހަމްނާ ނައުފަލް ކަހަލަ ކުއްޖަކު ހޯދަން އުޅޭތީ ކަންބޮޑުވެފަ ފްރަސްޓްރޭޓް ވެސްވޭ…”

 

 

“ލުކް ހޫޒް ޓޯކިންގް…މިގޭގެ އަންހެން ކުއްޖަކު ރަނގަޅު ފިރިހެން ކުއްޖެއްގެ ލޯތްބަށް ފަސްދީފަ ގޯސް ފިރިހެން ކުއްޖެއްގެ ފަހަތުން ދާތަން އަހަންނަށް މި ފެންނަނީ ފުރަތަމަ ފަހަރަށް ނޫން ކަންނޭނގެ…”

 

ދާރިސް އެހެން ބުނުމުން ހިބާ ޙަރަކާތްތައް މަޑު ކުރުމަށްފަހު ދާރިސްއަށް ބަލައިލީ އޮޅުން އެރި ފަދައަކުންނެވެ. ދާރިސް ޖަވާބެއް ގޮތުން ހިބާއަށް ޢިޝާރާތް ކުރާ ގޮތަށް ބުމަ އަރުވައިލިއެވެ. އެއާއިއެކު ދާރިސް ބުނަން އުޅޭ އެއްޗެއް އެނގުންވުމުން ހިބާގެ ކޯތާފަތް ރަތްވީ ހިނދު އަނގަ ކުޑަކޮށް ހުޅުވައިލެވުނެވެ.

 

“އަންހެން ކުއްޖަކަށް ދެން ނުވިސްނެންޏާ އެކަހަލަ ގޮތެއް ވެސް ވެދާނެތާ!”

 

“އާނއެކޭ! ހަމްނާއަށް ވެސް އެ ވަނީ އެހެންނޭ މި ބުނަނީ…..ދޮންތަ ހެދި ގޮތަކަށްތާ ކޮއްކޮއަށް ވެސް ހެދޭނީ، ނޭނގުމެއްގެ ތެރެއިން ވެސް…” ދާރިސް ލާނެތް ހިނިތުންވުމަކާއި އެކީ ބުންޏެވެ.

 

“ހޫނ ދެން ހެވޭ….އަހަރުމެންގެ ޕޭރެންޓްސް އެހާ ވަރަށް ފައިޓް ކުރާތަން ފެނުނީތީ ކަންނޭނގެ ނޭނގުމެއްގެ ތެރެއިން ދެމީހުންނަށް ވެސް އަންހެލްދީ ރިލޭޝަންޝިޕްތަކަށް މި ދެވެނީ…”

 

“ހުމް ހަމަ ވެދާނެ ގޮތެއްތީ….އަހަރެން ވިއްޔާ އަހަރެން ކުއްޖެއްދެކެ ލޯބިވާއިރަށް ރިސާޗް ހަދައިގެން ހުރިހާ ކަމެއް ދަސްކުރީވިއްޔާ. އެންމެން އަހަރެންހާ ކޫލްވެސް ނުވާނެތާ! ހެހެ….ބާއި ދަ ވޭ މިހާރު ރައުފް ކޮބައިތަ؟ ނާހަން ހުރެފަ ވެސް ވަރަށް ކިއުރިއަސްވީމަ މި އަހައިލީ…” ދާރިސް އޭނަ ފަށްޖަހައި ނިންމި ފަޓުލޫނު ބަރި ގެންގޮސް އަލަމާރި ތެރޭގައި ބަހައްޓަމުން ފަސްއެނބުރި ހިބާއަށް ބަލައިލުމަށްފަހު އެހިއެވެ.

 

“ރައުފް….މީގެ ތިން ވަރަކަށް އަހަރު ކުރިން އަހަރުމެންނާ އެކީ ކިޔެވި އެހެން ކުއްޖަކާ މެރީކޮށްފަ އަހަރެއްހާ ދުވަސްފަހުން އެކުއްޖާ ޑިވޯސްކޮށްލައިފި. ކައިވެނީގެ ތެރެއިން ވެސް ޑްރަގް އެބިއުޒްގެ ކޭސްއެއްގަ ޖަލަށް ވެސް ލެވުނު. އެކުއްޖާއަށް ވެސް ވަރަށް އަނިޔާ ކުރި ކަމަށް ވަނީ. ދެން މި ފަހުން އަނެއްކާވެސް ރަނގަޅުވެގެން އެހެން ކުއްޖަކާ މެރީ ކުރަން އުޅޭ ވާހަކަ އެބަ އިވޭ. އެކަމަކު އެކަކަށް ވެސް ރައުފްއަކަށް އިތުބާރެއް ނުކުރެވޭ. އެންމެން ބުނަނީ އެހެން އަންހެން ކުއްޖެއްގެ ލާރިން މަސްތުވާތަކެތި ގަންނަންވެގެންނޭ އިންނަން އުޅެނީ…..އަލްޙަމްދުލި ﷲ ދެޓް އައި ވޯޒް ސޭވްޑް ފްރޮމް ހިމް. ދެޓް މެނިޕިއުލޭޓިވް ޖާކް! އަހަންނާއި ރައްޓެހިވެގެން އުޅުނުއިރު ވެސް ހަމަ އެހާ މެނިޕިއުލޭޓިވްއޭ….މިހާރު ވިސްނައިލީމަ އެނގެނީ…” ހިބާ އޭނަ ކޮނޑުތަކުގައި އަޅުވައިގެން ގެނައި ފަހު ހެދުންތައް އަލަމާރީގައި އެޅުވުމަށްފަހު ދާރިސްއާއި ކުރިމަތިލިއެވެ.

 

“ހުމް….ނަސީބެއްނު؟ ހިބާ އޭނަގެ ކިބައިން ސޭވްކޮށްދިނީ ކާކުބާ؟” ދާރިސް ނޭނގޭ ކަމަށް ހެދެމުން ރާގަކަށް އެހިއެވެ. އެއާއިއެކު ހިބާއަށް ހިނިތުންނުވާން ހުރެފައިވެސް ހިނިތުންވެލެވުނެވެ.

 

“އަހަރެންގެ ހީރޯއެއްނު؟ ހަމްނާ ބުނާހެން އަހަރެންގެ ސްޓޯރީގެ މޭލް ލީޑް….” ހިބާ އެހެން ބުނެލީ ދާރިސްގެ ކަރުގައި އަތް އަޅުވައިލަމުންނެވެ. ހިބާގެ އެ ބަސްތަކާއިއެކީ ދެމީހުންނަށް އެކުއެކީގައި ހީލެވުނެވެ. އެ ހުނުން މަޑުވެގެން ދިޔަދިޔަހެން ހިބާ ދާރިސްގެ ކޯތާފަތަށް ބޮސްދިނެވެ. އެއަށްފަހު ލޯބިވާ ވާހަކަ ބުންޏެވެ. ދާރިސް ވެސް އެ ބަސްތަކުގެ ޖަވާބު ދިނުމުން ދެމީހުންގެ މެދުގައި ހިނިތުންވުންތައް ބަދަލުވެ އިހުނަށްވުރެ ގާތްވެގެން ދިޔައެވެ.

 

**

 

އެރޭ ދާރިސްއާއި ދެކެވުނު ވާހަކައަށްފަހު ހިބާ ހުރީ ހަމްނާއާއި ވީހާވެސް އަވަހަކަށް ނައުފަލްގެ ވާހަކަ ދައްކާށެވެ. އޭނަ ރަށުގައި ނެތް ދުވަސްވަރު އޭނައަށް ނޭނގިނަމަވެސް ހަމްނާ ނައުފަލާއި ރައްޓެހިވެފައި ވެދާނެކަމުގެ ބިރު ހިތުގައި އުފެދިފައި ވީތީވެސްމެއެވެ. އެހެނަސް އޭގެ އަނެއްދުވަހުގެ ހެނދުނު ހިބާއަށް ހަމަޖެހިގެން ހަމްނާއާއި ވާހަކަ ދެއްކޭ ގޮތެއް ނުވީ އެދުވަހު ހަމްނާއަށް މާލަހުން ހޭލެވުނީތީވެއެވެ.

 

“އަނެއްކާވެސް ދަން ވަންދެން ކޮންމެވެސް ޑްރާމާއެއް ބަލަން އިނީތަ މާ ލަހުން ހޭލެވުނީ؟” ހިބާ، ހަމްނާ ލަސްވެގެން އުޅޭތީ ހަމްނާގެ ސައިތަށި ހަދައިގެން އައިސް މޭޒުމަތީގައި ބަހައްޓަމުން އެހިއެވެ.

 

“ނޫނޭ….ރޭ ދަމު ނަމާދުކުރަން ތަންކޮޅެއް އަވަހަށް ހޭލީމަވީ ގޮތް….އޫޕްސް…އެކަހަލަ ވާހަކަތައް ވީހާވެސް ސީކްރެޓްކޮށްދޯ ބާއްވަން ޖެހޭނީ؟ ސިންސިއާރވާން؟” ހަމްނާ ޕާންފޮތި ކަމުން ގޮސް ވަކި ހިސާބަކުން އަނގަމަތީގައި އަތް އަޅައިލިއެވެ. ހަމްނާ ބުނެލި ވާހަކަތަކުން ހިބާގެ މޫނުމައްޗަށް ވެރިވީ ޙައިރާންކަން އެކުލެވޭ ހިނިތުންވުމެކެވެ. ހަމަ އެހިނދު ކާގެއަށް ވަދެގެން އައި ދާރިސް ވާހަކަ ދެއްކިއެވެ.

 

“އާނ ދެން ކިހިނެއް ހަދާނީ؟ އަޑު ނުއިވޭކަމަށް ހަދާނީ….ކޮން ވާހަކައެއް ދެންމެ ދެއްކީ؟ ސްކްރޭމްބްލްޑް އެގްސްގެ ވާހަކަތަ؟” ދާރިސް ސީރިއަސްކަމާއިއެކީ ވާހަކަ ދައްކަމުން ގޮސް އިސާހިތަކު ނޭނގޭ އަސަރެއް މޫނަށް ވެރިކުރުވަމުން، ސުވާލުތަކެއް ކޮށްލި ގޮތުން ހަމްނާއާއި ހިބާއަށް އެކުއެކީގައި ހެވުނެވެ. އެ ހިނދު ހަމްނާއަށް ނަޒަރު ހުއްޓައިގެން ހުރި ހިބާގެ ހިތަށް ފިނިކަމެއް ލިބިފައިވިއެވެ. އޭނަ އެތައް އަހަރެއް ވަންދެން ކުރި ދުޢާއާއި އެއްގޮތަށް ހަމްނާއަށް ހިދާޔަތް ލިބެމުން ދަނީކަން އެނގުންވުމުންނެވެ.

 

**

 

ހަމްނާ އެދުވަހު ސްކޫލަށް ދިޔައީ ނަބީހް އޭނައަށް ދިން ފޮތް ހިފައިގެންނެވެ. އެ ފޮތް ނަބީހް އޭނައަށް ދިންތާ އެތައް ދުވަހެއް ވެފައިވުމުން، އަނބުރައި ނުދީ ހުންނަން ބޭނުންނުވީއެވެ. އެ ފޮތުގެ ވެރިމީހާ އެއަށް ބޭނުންވެދާނެއޭ ހިތާއެވެ.

 

އެހެނަސް އެ ފޮތް ނަބީހާއި ޙަވާލުކުރުން ވެގެން ދިޔައީ ހަމްނާ އުއްމީދުކޮށްގެން ހުރި ވަރަށްވުރެ ދަތިކަމަކަށެވެ. ނޭނގޭ ސަބަބަކާއިހުރެ އޭނަ އިހުނާއި ޚިލާފަށް ނަބީހާއި ވާހަކަ ދެއްކުމުގެ ޚިޔާލުން ވެސް ލަދުގަންނަ ގޮތްވިއެވެ. އަދި އަމުދުން ނަބީހްގެ ކައިރިއަށް އޭނަ ދާކަން އޭނަގެ އެކުވެރިންނަށް އެނގިއްޖެނަމަ އެމީހުން ދައްކާނެ ޒާތުގެ ވާހަކައަށް ވެސް ޖެހިލުންވިއެވެ.

 

ކޮންމެއަކަސް އޭނަ ނަބީހްގެ ކައިރިއަށް ދަނީ ވަކި މަޤްޞަދަކުކަން ހަނދާން ކޮށްގެން، ހަމްނާ ނަބީހްގެ ކައިރިއަށް އެ ފޮތާއި އެކީ ދިޔައީ، އިންޓަވަލް ގަޑީގައި އޭނަގެ އެކުވެރިން ވެސް އެ ކުލާހުގައި ތިބި ގަޑިއެއްގައެވެ. ފިރިހެން ކުއްޖަކާއި ވަކިން ބައްދަލުކުރުމަކީ ގޯސްކަމެއްކަން އެނގި އެކަން އެގޮތަށް ކުރަން ބޭނުމެއްވެސް ނުވީތީވެއެވެ. ހަމްނާ އެމީހުން ކައިރިވެސް ވަކި އެއްޗެކޭ ބުނުމެއް ނެތި ކުލާހުން ކުދިން މަދުވި ވަގުތުގައި ނަބީހްގެ ކައިރިއަށް ދިޔަގޮތުން އޭނަގެ ދެ އެކުވެރިން ތި ދަނީ ކޮން ތަނަކަށްތޯ ކިޔައި ގޮވިއެވެ. އެހެނަސް ހަމްނާ ފަހަތް ބަލައިލުމެއްނެތި ދިޔައީއެވެ.

 

“ވަރަށް ގިނަ ދުވަސްވަންދެން އަހަންނަށް މި ފޮތް ގެންގުޅެވިއްޖެދޯ؟ އެހާ ގިނަ ދުވަސްވީމަ ގިލްޓީ ފީލްވެގެން އަނބުރައިދޭން މިއައީ.” ހަމްނާ ނަބީހްގެ މޭޒު ކައިރި ހުއްޓިލަމުން އެހެން ބުނެލި ހިނދު، ކޮޅަށްހުރެ ނަބީހް ދަބަހަށް ފޮތެއް އަޅައިލުމަށްފަހު އެދިމާލަށް ބަލައިލީއެވެ. ހަމްނާ އެހާ ކައިރިން ފެނުމުން ނަބީހްގެ މޫނުމައްޗަށް ވެރިވި ޝޮކު، ހަމްނާއަށް ވެސް ސާފުކޮށް ފާހަގަވިއެވެ.

 

“ތް…ތީތި އެއްކޮށް ކިޔައި ނިމިއްޖެތަ ހަމްނާ؟” ނަބީހް ލަދުން ކަހަލަ ގޮތަކަށް އެހިއެވެ.

 

“ނޫނޭ….ނުނިމޭ. އަސްލު މިހާ ދުވަސް ވަންދެން ނުކިޔާ ހުރެފަ މީގެ ދެ ހަފްތާ ވަރު ކުރިން ކިޔެން ފެށީ. ނަބީހް ވެސް މީތި ބޭނުންވެދާނެއޭ. އެހެންވީމަ މި ރިޓާން ކުރަނީ.”

 

“ނޫނޭ…ތިއީ އަހަރެންގެ ބޮޑުބޭބެ  ހަދިޔާއަކަށް ދިން އެއްޗެއް. ތި ފޮތް ކިޔައި ނިމިގެން މިހާރު ލެކްޗާރ ސީރީސްއެއް އަހަރެން ފޮލޯ ކުރަނީ..” ނަބީހް އެހެން ބުނުމާއިއެކު ހަމްނާގެ އަނގަ ހުޅުވުނީ ލިބުނު ޙައިރާންކަމެއްގެ ބޮޑުކަމުންނެވެ.

 

“ވާވް! ދެޓްސް އަމޭޒިންގް! ކޮން ލެކްޗާރ ސީރީސްއެއްތަ ފޮލޯ ކުރަނީ?!” ހަމްނާ ނުހަނު ޖޯޝާއިއެކީ އެ ސުވާލު ކޮށްލުމާއިއެކު ފަހަތުން  ލައިޝާގެ އަޑު އިވުނެވެ.

 

“އަހަރުމެން ހީކުރި ގޮތަށް ކަންތައްވެ ނިމިފަދޯ މިހިރީ? ނަބީހް ހަމްނާގެ ސިކުނޑި ދޮވުމުގަ ކާމިޔާބުވެގެން ހަމްނާގެ ހިތް ވެސް އަތުލައިފި!” ފަހަތުން އިވިގެން ދިޔަ އެ ބަސްތަކާއިއެކީ ހަމްނާގެ ގާތަށް އައީ ދުވަހަކުވެސް އޭނަގެ ގާތަށް ނާންނަ ޒާތެއްގެ ރުޅިވެރިކަމެކެވެ. ބޮޑަށް ރުޅިއައީ އޭނަގެ ހިތުގައި ދީނަށްޓަކައި އުފެދިފައިވާ ލޯބި ސިފަކުރި ގޮތުންނެވެ. އަދި ނަބީހް އޭނައަށް އެ ފޮތް ދިނުމުގެ ނިޔަތާއިމެދު ބުނެލި  ބަސްތަކުން ވެސްމެއެވެ.

 

ލައިޝާ ބުނެލި ބަސްތަކުން ހަމްނާގެ މޫނުމައްޗަށް ވެރިވި އަސަރު ނަބީހަށް ފާހަގަވި ވަގުތު ހަމްނާ ކުއްލި ގޮތަކަށް އޭނައަށްފަސްދީ ލައިޝާމެންނާއި ކުރިމަތިލިއެވެ.

 

“މީހެއްގެ ހިތްތަކުގެ ތެރޭގަ ހިނގަމުންދާ ކަންތަކާއި މީހެއްގެ ނިޔަތްތައް ދެނެގަތުމުގެ ބާރެއް އެއްވެސް މީހަކަށް ލިބިގެންނުވޭ.  އެކަންތައް މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ. އެހެންވީމަ ޙަޤީޤަތް ނޭނގި އެހެން މީހުން ކުރާ ކަންތަކަށް ބަސް ނުބުނަންވީ. ވަކިން ޚާއްޞަކޮށް ދީނާއި މެދު އެހާ ބޮޑަށް ނޭނގި ހުރެ ދީނާއި އެއްގޮތަށް އުޅެން މަސައްކަތް ކުރާ މީހުންނަށް ފާޑު ނުކިޔުނިއްޔާ ކުރެވޭ ފާފަތައް މަދުވެގެންދާނެ!” ހަމްނާއަށް ފުރަތަމަ ފަހަރަށް ސާބިތު އަޑަކުން  ޖެހިލުންވުމެއްނެތި އޭނަގެ އެކުވެރިންނާއި ވާހަކަ ދެކެވުނެވެ.

 

އެކަން އެނގުންވި އޭނަގެ ދެ އެކުވެރިންނާއި އެކީ ނަބީހް ވެސް ހުއްޓުން އަރާ ގޮތްވިއެވެ. ޚުދު ހަމްނާއަށް ވެސް ޙައިރާންކަމެއް ލިބުނު ހިނދު ހިތުގެ ތެޅުން އަވަސްވެފައިވިއެވެ.

 

“އައްދެ! މިހާރު ހަމްނާއަށް ވެސް ދަރުސްދޭން ދަސްވީ ދޯ؟ ވާހަކަ ވެސް ވައްތަރީ ތުނބުޅި ލައިގެން ދިގު ހެދުން ލައިގެން ތިބޭ މީހުންގެ ވާހަކައާ! ދެން ފެންނާނީ މާ ގިނަ ދުވަހެއް ނުވެ ނަބީހާއި އިނދެގެން 7 ދަރިން ހޯދާތަ-“

 

“މަށަކަށް ނޭނގެ ތި މީހުން ތި ދައްކާ ވާހަކައެއް! ތިއީ ހަމްނާގެ އެކުވެރިން ކަމަށްވަންޏާ ތި މީހުންނަށް ވެސް އެނގޭނެ ކަންނޭނގެ ހަމްނާއަށް އަހަރެން ކަމުނުދާކަން. އަހަރެން ވެސް އެކަން ޤަބޫލުކޮށްގެން ހުއްޓާ ހަމްނާއާއި އަހަރެންގެ ނަން ގުޅުވައިގެން ވާހަކަ ދައްކަންވީ ސަބަބެއް ނުވިސްނޭ….ތި މީހުން ކުރާނެ ކަމެއް ނެތީމަ އެހެން މީހުންގެ ވާހަކަ ދެއްކުން ވަނީ މާ މަޖާ ކަމަކަށްދޯ؟ އެހެންނޫނީ ހަމްނާ ތި މީހުންނަށް ވުރެ މާ މޮޅުވީމަތަ އަބަދު ހަމްނާ ދަށްކޮށްލާފަ ހަމްނާއޭ ކިޔައި އެކި ތަންތާނގަ ޗުކުޗުކު ތަޅުވަނީ؟! ޔޫ އިންސެކިއުއާރ އެންޑް ޖެލަސް ޕީޕަލް!”

 

ހަމްނާ ހުރި ގޮތަށް ހުއްޓާ ނަބީހް އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއިއެކީ ދެއްކި ވާހަކައިން ހަމްނާގެ ދެ އެކުވެރިން އަނގައަށް އަތް ބޭނި، ބުނާނެ އެއްޗެއް ނޭނގިފައި ތިއްބެވެ. ނަބީހް ދެންމެ ބުނެލި ބަސްތަކުން ފުރަތަމަ ފަހަރަށް އޭނަގެ އެކުވެރިންގެ ޙަޤީޤަތް އެނގުންވެގެން ދިޔުމުން ހަމްނާގެ ދެބުމަ ކައިރިވިއެވެ. އެ ޙަޤީޤަތް ހަޖަމްކުރަން މަސައްކަތް ކުރަމުން ހަމްނާއަށް ވަކި އެއްޗެކޭ ނުބުނެ އެ އެކުވެރިންގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމަށް ބަލަން ހުރެވުނެވެ. އޭނަ މިހާ ދުވަސްވަންދެން ނުހަނު ގާތުން ގެންގުޅުނީ އޭނައަށް ނަފްސާނީ ގޮތުން ކިހާ ބޮޑެތި ގެއްލުންތަކެއް ދިން ބައެއްކަން އެނގުންވި ހިނދު ހަމްނާގެ ލޮލުން ދިލަ ނެގިއެވެ.

 

ހަމްނާ ދެންވެސް ބުނާނެ އެއްޗެއް ނޭނގިފައިވަނިކޮށް ލައިޝާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. އިސާހިތަކު ނަބީހަށް އަމާޒުވި ނުބައި ބަހެއް އެ ދުލުން ބޭރުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ލައިޝާ ހަމްނާއަށް ބަލައިލިއެވެ.

 

“ހަމްނާ ހަމަ އެއްޗެކޭ ނުބުނަން ދޯ ތިހިރީ އަހަރުމެންގެ ދިފާޢުގަ؟ މި ވަގުތު އެއްޗެކޭ ނުބުނިއްޔާ އަހަރުމެންގެ ފްރެންޑްޝިޕް ނިމުމަކަށް އައީ ކަމަށް އަހަންނާއި މަނާލް ބަލާނީ. ޔޫ އަންގްރޭޓްފުލް ****! މިއަދު ކަލެއަށް ނައުފް ލިބިފަ ތިހިރީ ވެސް އަހަރުމެންގެ މަސައްކަތުންކަން ހަނދާން ނެތުނީތަ؟ އަދި އަންނާނެ އަހަރުމެން ކައިރިއަށް ރޮމުން-“

 

“ނާންނާނަން…” ހަމްނާ އެހެން ބުނެލިއިރު އެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ. އެހިނދު ނަބީހަށް ކަންބޮޑުވުމަކާއިއެކީ ހަމްނާއަށް ބަލައިލެވުނެވެ.

 

“ވަޓް ޑިޑް ޔޫ ޖަސްޓް ސޭ؟” ލައިޝާ ޢާއްމު ގޮތެއްގައި ހަމްނާ ދަށްކޮށްލަން ހަދާހެން ދެލޯ ހަނިކޮށްލުމަށްފަހު ރާގަކަށް އެހިއެވެ. އެ މަންޒަރު ފެނިފައި ވެސް ހަމްނާގެ ދެރަވާ ގޮތްވީ، މި ހުރިހާ ދުވަސްވަންދެން އޭނަ އެމީހުންގެ ފައިދަށުވެފައިވި މިންވަރު އެނގުންވުމުންނެވެ. އެހެންކަމުން ހަމްނާ އެވަގުތު އޭނަގެ އަމިއްލަ ނަފްސަށްޓަކައި ވާހަކަ ދެއްކިއެވެ.

 

“ބޭނުމެއް ނޫން ދެން ލައިޝާއާއި މަނާލްގެ އެކުވެރިކަމެއް. ވަރަށް ސަލާމް!” ރޫރޫއަޅަމުން ދިޔަ އަޑުން ހަމްނާ އެ ބަސްތައް ބުނެ ނިމުނުއިރު ލޮލުން ކަރުނަ ހިލިފައިވިއެވެ. ލައިޝާއާއި މަނާލް ވަކިވަކިން ކިބުރުވެރި ގޮތަކަށް ‘ފައިން’ އޭ ކިޔައިލުމަށްފަހު ކުލާހުން ނިކުމެގެން ދާން ފެށިއެވެ.

 

އެ މަންޒަރު ބަލަން ހުރި ހަމްނާއަށް އޭނަގެ އަތުގައި އޮތް ފޮތުގައި އިހުނަށްވުރެ ބާރަށް ހިފަހައްޓައިލެވުނީ، އެ އަތުން ވަރު ދޫވާން އުޅުނުހެން ހީވުމުންނެވެ. އޭގެ ދެވަނަ ސިކުންތުގައި ހަމްނާ އެ ފޮތަށް ބެލުމަށްފަހު އިސްއުފުލައިލަމުން އަވަސްއަވަހަށް އެސްފިޔަ ޖަހައިލުމަށްފަހު ނަބީހާއި ދިމާލަށް އެނބުރިލިއެވެ.

 

“ނަބީހް….ގެ ފޮތްދޯ؟” ހަމްނާ އެހެން ބުނުމަށްފަހު ނަބީހަށް ބެލުމެއްވެސް ނެތި، ނަބީހްގެ މޭޒުމަތީގައި ފޮތް ބޭއްވުމަށްފަހު އަނެއްކާވެސް ނަބީހަށް ފަސްދިނެވެ. ނަބީހް އޭނައަށް ގޮވައިލި އަޑު އިވުނެއްކަމަކު ހަމްނާ މަޑު ނުކޮށް އެ ދިޔަ ގޮތަށް ގޮސް ކުލާހުން ނިކުތެވެ. އެއަށްފަހު ޢާއްމުކޮށް ދާން އުޅޭ މަގުން ހިނގަން އުޅުމަށްފަހު ވެސް ފިޔަވަޅުތައް މަޑުޖައްސައިލަމުން އަނެއް ދިމާލަށް ދިޔައީ، އޭނަގެ ‘އެކުވެރިން’ ދިޔަ މިޞްރާބަށް ވެސް ދާން ބޭނުންނުވާ ފަދައަކުންނެވެ. ހަމްނާ އެފަދައިން ކަންތައް ކުރި މަންޒަރަށް ބަލަން ހުރެފައި ނަބީހަށް ފުން ނޭވައެއް ދޫކޮށްލުމަށްފަހު މޭޒުމަތީގައި އޮތް ފޮތަށް ބަލައިލެވުނެވެ.

 

**

 

އެހެން ދުވަސްތަކަކާއި ޚިލާފަށް ހަމްނާ އެދުވަހު ފުރަތަމަ ފަހަރަށް އިންޓަވަލް ގަޑި އެކަނިމާއެކަނި ހޭދަކުރަން ޖެހުނެވެ. ލައިޝާއާއި މަނާލް އޭނަ ދޫކޮށް ދިޔުމުން އޭނަ ދެން އެހާ ކައިރިން ގެންގުޅޭ އެކުވެރިން ނެތުމުންނެވެ. އަދި އަމުދުން ލައިޝާމެންނާއި އެކީ އުޅޭއިރު އެމީހުން ކުލާހުގައި މަޑުމައިތިރިކޮށް އުޅޭ ކުދިންނަށް ވެސް މަލާމާތްކޮށް ހަދާފައިވާ ގޮތުން، އެމީހުންނަށް އަމާޒުވި ނަފްރަތު ހަމްނާއަށް ވެސް އެކުދިންގެ ފަރާތުން އަމާޒުވާނެކަން ހަމްނާއަށް މާ ރަނގަޅަށް ވެސް އެނގެއެވެ. އާ އެކުވެރިން ހޯދުމަކީ އޭނައަށް ފަސޭހަކަމަކަށް ވިޔަސް އެކަން އެގޮތަށް ކުރަން ޖެހިލުންވީ އެހެންވެއެވެ.

 

އެހެންކަމުން އިންޓަވަލް ގަޑީގައި ކެއުމެއްވެސް ނެތި ހަމްނާ އިށީނދެގެން އިނީ، ސްކޫލްގެ ގޯތިތެރޭގައި ހުންނަ ބޮޑު ގަހެއްގެ ވަށައިގެން ހެދިފައި ހުންނަ ގާގަނޑު މަތީގައެވެ. އެތާ އިނދެ ހަމްނާއަށް ހިތާހިތުން ޙަމްދު ކުރެވުނެވެ. ގޯސް ކަންތައް ކުރަން އޭނައަށް ހިތްވަރު ދޭ އެ އެކުވެރިންނާއި ދުރުވާން އޭނަ ޚިޔާލު ކުރަމުން ދަނިކޮށް މިއަދު އެ އެކުވެރިން އަމިއްލައަށް އޭނައާއި ދުރުވެގެން ދިޔަ ގޮތުންނެވެ.

 

އެހާ ދުވަސްވަންދެން އޭނައާއި އެހާ ގާތުން އުޅުނު އެކުވެރިން ދުރުވުމުން އެކަނިވެރިވިއެވެ. އެހެނަސް ހަމަ އެވަގުތު ހިތަށް ލިބިފައިވީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. އޭނަގެ ވެރިރަސްކަލާނގެ އޭނަގެ ހިތުތެރޭގައިވި ‘ދުޢާ’އެއް ދުލާއި ހަމައަށް ވެސް ނުގެންނަނީސް އިޖާބަކޮށްދެއްވި ގޮތުންނެވެ. ހިތަށް ވެރިވި އެ ޚިޔާލާއިއެކީ ހަމްނާއަށް އުޑަށް ނަޒަރު ހިންގައިލަމުން ހިނިތުންވެލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އޭނަ އިނީ އެކުވެރިން ގެއްލުނީތީ ނުހަނު ބޮޑު ހިތާމަވެރިކަމެއްގައިހެން ދުރުން ބަލާ މީހަކަށް ހީވެދާނެއެވެ. އެކަނި އެ ގާގަނޑު މަތީގައި ހަމްނާ އިންއިރު، ތުންތުން މަތިން ޚަބަރު އިވިފައިވި ކުދިން ވެސް ހަމްނާއަށް ދެމުން ދިޔައީ ޙަމްދަރުދީގެ ނަޒަރުތަކެވެ. އެހެނަސް އޭނައަށް ޙަމްދަރުދީއެއް ބޭނުންނުވާކަން ވެސް މޮޅަށް ދެނެވޮޑިގެންވަނީ އޭނަގެ ވެރިރަސްކަލާނގެއެވެ.

 

**

 

އިންޓަވަލް ގަޑި ނިމެން ގާތްވަމުން ދިޔަ ވަގުތު ހަމްނާ ކުލާހަށް ދިޔައިރު އޭނަގެ މޭޒުމަތީގައި ފޮތެއް އޮތެވެ. އެއީ އޭނަ ނަބީހަށް އަނބުރައި ދިން ފޮތްކަން އެނގުންވީ ކައިރިއަށް ގޮސް ބެލުމުންނެވެ. ކުލާހުގެ ވަށައި ނަޒަރެއް ދިންއިރު ނބީހް ފެންނަން ނެތުމުން  ހަމްނާ ގޮނޑީގައި އިށީނދެ އެ ފޮތް ހުޅުވައިލިއެވެ. އެއާއިއެކު އޭގެ ފުރަތަމަ ގަނޑުން ފެނިގެން ދިޔައީ އޭނައަށް އެ ފޮތް ލިބުނު ދުވަހުވެސް ހުރި ފަދަ ފެހި ކުލައިގެ ނޯޓު ކޮޅެކެވެ. އެ ނޯޓުކޮޅުގައި ލިޔެވިފައިވި ބަސްކޮޅު ހަމްނާއަށް ކިޔައިލެވުނެވެ.

 

“މި ފޮތް ހަމްނާ އަތުގަ ބޭއްވިޔަސް މައްސަލައެއްނެތް. އަދި…މިއަދު ކަންތައްވި ގޮތަށްޓަކައި މަޢާފަށް އެދެން.”

 

އިނގިރޭސި ބަހުން ލިޔެވިފައިވި ބަސްކޮޅުގައިވީ އެހެންނެވެ. އެއީ ނަބީހް އޭނައަށް ދިން މެސެޖެއްކަން ޔަޤީންވެ ހަމްނާ އިސްއުފުލައިލި ވަގުތު  ނަބީހް ކުލާހަށް ވަދެގެން އަންނަނީއެވެ. އެ ހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމުން ދެމީހުންނަށް އެކުއެކީގައި ދުރު ބަލައިލެވުނެވެ.

 

ނަބީހް އޭނައަށް ދިން މެސެޖަށް ޖަވާބެއް ދޭނެ ގޮތެއް ނޭނިގަފައި ހަމްނާ ވަނިކޮށް އެ ފުރުސަތު ލިބިގެން ދިޔައީ ގެއަށް ދިޔަ ގަޑީގައެވެ. ދޮންތަ އޭނަ ބަލާ އައުން ލަސްވުމުން ހަމްނާ އޮފީހަށް ގޮސް ދޮންތައަށް ގުޅިއެވެ.

 

“ސޮރީ ހަމް…މިއަދު ހަމްގެ އެކްސްޓްރާނޯންނަކަން ދޮންތަ ހަނދާން ނެތުނީ. މި އަންނަނީ…” ދޮންތަ ބުނި އަޑު އިވުނެވެ.

 

ހަމްނާ ދޮންތަ ގާތު އެންމެ ރަނގަޅޭ ބުނުމަށްފަހު އޮފީހުން ނިކުމެގެން ދިޔައީ ސްކޫލްގެ ގޭޓާއި ދިމާލަށެވެ. އެ ދިޔަ މަގުމަތީގައި ފިޔަވަޅުތައް ލަސްވެގެން ދިޔައީ ހަމަ އެ ގޓުގެ ކައިރީގައި ނަބީހް ހުއްޓިގެން ހުރި މަންޒަރު ފެނުމުންނެވެ. އެތެރޭގައި މަޑުކޮށްލަން ޚިޔާލު ކުރުމަށްފަހު ވެސް ގޭޓު ކައިރިއަށް ދިޔައީ  ދޮންތަ ބަލާ އައުމުން ވެސް ނޭނގިދާނެއޭ ހިތާއެވެ. އަދި އަމުދުން އޭނަ ކޮންމެހެން ވެސް ނަބީހްގާތު ބުނަން ބޭނުންވާ ވާހަކައެއް އޮތްކަން ހަނދާން ކުރަމުންނެވެ.

 

ގޭޓު ކައިރީގައި މަޑުކޮށްގެން ހުރި ނަބީހަށް ކަނާތް ފަރާތަށް  ބަލައިލެވުނީ އެދިމާލުން ފިޔަވަޅުތަކެއްގެ އަޑު އިވުމުންނެވެ. އުއްމީދު ކޮށްގެން ނެތް ވަގުތެއްގައި ހަމްނާ ފެނުމުން ނަބީހް ކުޑަކޮށް ސިހުންވާ ގޮތްވެ، ދެ ފަހަރަކު އެ ދިމާލަށް ބެލުނެވެ. އެހެނަސް ނަބީހް ހަމްނާ ބެލުމާއިއެކު ދުރަށް ނަޒަރު ހިންގައިލުމަށްފަހު އިސްޖަހައިލިއެވެ. ހަމްނާއަށް ވެސް ވީ އެކަހަލަ ގޮތެކެވެ.

 

ސިކުންތުކޮޅެއް ވަންދެން އެ ދެމެދަށް ވެރިވެފައިވި ހިމޭންކަން ނަގައިލީ ނަބީހެވެ.

 

“ދޮންތަ ނާންނަނީތަ ބަލާ؟” ނަބީހަށް އެހެން އަހައިލެވުނީ ނުހުރެވިގެންނެވެ.

 

“ހުމް….އެކްސްޓްރާ ކެންސަލްވީކަން ދޮންތަ ހަނދާން ނެތުނީ..” ހަމްނާ ވެސް ނަބީހް ހެދިހެން ކުރިމައްޗަށް ނަޒަރު ހުއްޓައިގެން ހުރެ ޖަވާބު ދިނެވެ.

 

“ސޭމް ހިއާރ…މާ ލަހުން ސާރ އެ މެސެޖު ކުރީމަ ނުފެނުނިއްޔޯ ދޮންބެ ބުނީ…” ނަބީހް ބުންޏެވެ. އެ ވާހަކައަށް ހަމްނާ ހޫންލައްވައިލިއެވެ. އެއަށްފަހު އަނެއްކާވެސް އެ ދެމެދަށް ހިމޭންކަމެއް ވެރިވާން އުޅުނު ހިނދު ހަމްނާ ވާހަކަ ދެއްކިއެވެ.

 

“ބާއި ދަ ވޭ، އެ ފޮތް އަނބުރައި ދިން ކަމަށްޓަކައި ވަރަށް ބޮޑަށް ތެންކިއު. އެންޑް….އިޓްސް އޯކޭ…” ހަމްނާ އެ ބުނެލި ބަސްތަކާއިއެކީ ނަބީހަށް ކުއްލި ގޮތަކަށް ހަމްނާއަށް ނަޒަރެއް ދެވުނެވެ. ހަމްނާ ދެންވެސް އެ ހުރި ގޮތަށް ހުރި ގޮތުން ހަމަ އަސްލުވެސް ‘އޯކޭ’ތޯ އަހައިލަން ބޭނުންވިއެވެ. އެދުވަހުގެ އިންޓަވަލް ގަޑި ހަމްނާ ހޭދަކުރީ އެކަނިކަން ހަނދާންކުރަމުން ވެސްމެއެވެ.

 

ނަބީހް ވަކި އެއްޗެކޭ ނުބުނެ ހުއްޓާ ހަމްނާ އިތުރަށް ވާހަކަ ދެއްކިއެވެ.

 

“އެކަހަލަ އެކުވެރިންނަކީ ހަމަ ކޮންމެވެސް ދުވަހަކުން ގެއްލިދާ ޒާތުގެ އެކުވެރިންދޯ؟ އަވަހަށް އެކަން ނިމުނީމަ ހިތްހަމަޖެހިއްޖެ ޙަޤީޤަތުގަ…..އެހެންނޫނަސް ބޭނުމެއްނޫން ބްލެކްސްމިތްއެއްގެ ގެއަށް ދާކަށް. ބޭނުމީ ޕާރފިއުމް ޝޮޕްއަކަށްދާން…” ހަމްނާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ އެ ފަހު ބަސްތައް ބުނެލީ ލުއި ހިނިތުންވުމަކާއި އެކީގައެވެ.

 

އޭނަ އެ ބުނެލި ބަސްތަކަކީ ނަބީހް ދިން ފޮތުގައި، އެކުވެރިންނާއި ގުޅޭ އާޔަތެއްގެ ތަފްސީރުގެ ދަށުން ގެނެވިފައިވާ ޙަދީޘަކާއި ގުޅޭ ބަސްތަކެވެ. ގޯސް އެކުވެރިންނާއި އެކީ އުޅުމުގެ މިސާލަކީ ކަނބުރުވެރިއެއްގެ ގެއަށް ވަނުމުގެ މިސާލުކަމާއި، ރަނގަޅު އެކުވެރިންނާއި އެކީ އުޅުމަކީ އަތަރު ފިހާރައަކަށް ވަނުން ކަހަލަ މިސާލެއްކަމަށް އޮތް ޙަދީޘެވެ. ނަބީހް އެ ފޮތް ކިޔާފައިވާނަމަ އެ ޙަދީޘް އެނގޭނެތާއޭ ހިތަށްއެރިއެވެ. އެހެނަސް ނަބީހް އޭތި ހަނދާން ނުހުރެދާނެއޭ ހިތައި ނަބީހް އޭނަ ދެންމެ ބުނީ ކީކޭތޯ ސުވާލުކުރާނެ ކަމަށް ހަމްނާއަށް ހީކުރެވުނެވެ. އެހެނަސް….

 

“ސްމާޓް ޗޮއިސް!” ނަބީހް އެ ބުނެލި ބަސްތަކާއި އެކީ ހަމްނާއަށް އޭނައާއި ދިމާލަށް ބަލައިލެވުނީ ދެ ބުމަ ކައިރިކޮށްލަމުންނެވެ. އެހިނދު ނަބީހްގެ މޫނުމަތިން ފެނުނު ހިނިތުންވުމުން އޭނަ ދެންމެ ބުނި ވާހަކަ ނަބީހަށް ދޭހަ ކުރެވި، އެއަށް ޖަވާބު ދިނީކަން ހަމްނާއަށް އެނގުންވިއެވެ. އެއާއިއެކު ހަމްނާއަށް ވެސް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ.

 

ހަމަ އެ ވަގުތު ލަސްލަހުން ދުއްވަމުން އައި ނޫކުލައިގެ ކާރެއް ގޭޓު ކުރިމައްޗަށް މަޑުކޮށްލުމުން ނަބީހް ހަމްނާއަށް ފަސް ދީފައި ގޮސް އެ ކާރުގެ ކުރީ ސީޓަށް އެރިއެވެ. ކާރު ހަމްނާގެ ލޯ މައްޗަށް ގެއްލުނުތާ މާ ގިނައިރެއްނުވެ ދޮންތަގެ ސައިކަލު ހަމްނާގެ ކުރިމަތީގައި މަޑުކުރިއެވެ.

 

“ހާދަ ވަރަކަށް ހެވިފަ ތިހިރީ؟” ހަމްނާ ހިނިތުންވުމަކާއިއެކީ ސައިކަލަށް އަރަމުން ދިޔަ ވަގުތު ހިބާ އެހިއެވެ.

 

“އާނ….އަހަރެން ވަރަށް ބޭނުންވެގެން ހުރި ފޮތެއް ރިޓާން ކުރީމަ ވެސް އަނބުރައި ލިބުނީމަ..” ހަމްނާ ސައިކަލަށް އަރަމުން ބުންޏެވެ.

 

“ކޮން ފޮތެއް؟” ހިބާ ސައިކަލު ދުއްވައިލަމުން އެހިއެވެ.

 

“ތަފްސީރު އިބްނު ކަޘީރުގެ އިންގްލިޝް ޓްރާންސްލޭޝަން..”

 

“އޮހް! އެ ފޮތްދޯ؟ ލައިބްރަރީއަށް ރިޓާން ކުރީމަ ވެސް އަނބުރައި ލިބުނީތަ؟”

 

“އެއީ ލައިބްރަރީގެ ފޮތެއް ނޫނޭ. ކުއްޖަކު ދިން ފޮތެއް…”

 

“ކޮން ކުއްޖެއް؟”

 

“ން…ނަބީހް.”

 

“އައި ސީ!”

 

ހިބާ އެހެން ބުނެލީ ވަގުތު އެ މޫނުމަތީގައި ޒާތެއްގެ ހިނިތުންވުމެއްވިއެވެ. ދޮންތަގެ މޫނު ނުފެނުނެއްކަމަކު އެ ހިނިތުންވުން ހަމްނާއަށް ސިފަވިއެވެ. އެއާއިއެކު ލަދުވެސް ގަންނަ ގޮތްވިއެވެ. ދޮންތަ އެ ހީކުރާ ކަހަލަ ގޮތެއް ނުވެއޭ ބުނަން ބޭނުންވިއެއްކަމަކު އެއްޗެކޭ ބުނިއްޔާ ޙާލަތު ގޯސްވުން ނޫންކަމެއް ނުވާނެކަން ދަނެގެން ހަމްނާ ހިމޭންކަން ޚިޔާރު ކުރިއެވެ.

 

**

 

އެދުވަހު ހަމްނާ ގެއަށްލުމަށްފަހު މަޑު ކުރުމުގެ ބަދަލުގައި ހިބާ ސްކޫލަށް ދާންޖެހުނީ، ސްކޫލްގައި އެދުވަހު އޮތް ބައްދަލުވުމެއްގެ ސަބަބުންނެވެ. އެ ބައްދަލުވުމަކީ، މީގެ ދެ ހަފްތާ ފަހުން ސްކޫލްގައި ބާއްވަން ހަމަޖެހިފައިވާ ‘ސައިންސް ފެއާރ’ އާއި މެދު މުދައްރިސުންގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

 

“މިފަހަރު ކިހިނެއްތޯ ވާނީ ހަމައެކަނި ސައިންސް ފެއާރއެއްގެ ބަދަލުގަ ސައިންސް އެންޑް ޓެކްނޮލޮޖީ ފެއާރއެއް ބޭއްވިއްޔާ؟ މިކަހަލަ ފެއާރއެއް އަޅުގަނޑުމެން މި ސްކޫލްގަ ކިޔެވިއިރު ވެސް ބޭއްވި ހަނދާނެއްވޭ. ކުދިން ވަރަށް ޝައުޤުވެރިވާނެހެން އަޅުގަނޑަށް ހީވަނީ…” ހިބާ އެ ޚިޔާލު ފާޅު ކުރިއިރު ނޭނގޭ ސަބަބަކާއިހުރެ އޭނަގެ ސިކުނޑީގައިވީ މާޒިންގެ ހަނދާނެކެވެ. މާޒިން ސައިންސް ގަޑީގައި ހަދާ އެކްސްޕެރިމެންޓުތަކުގައި ވެސް އެންމެ ޖޯޝާއިއެކީ ހަދާނީ ޓެކްނޮލޮޖީއާއި ގުޅުންހުރި އެކްސްޕްރިމެންޓްތަކަށް ވުމުންނެވެ.

 

“ހަމަ ރަނގަޅު ޚިޔާލެއް ހިބާ….އެހެން މުދައްރިސުން ވިދާޅުވާނީ ކީކޭތޯ؟” އެ ބައްދަލުވުމުން ކުރިއަށް ގެންދަމުން ދިޔަ ލީޑިންގް ޓީޗާރ ސުވާލުކުރެއްވިއެވެ.

 

“ސަޅިވެފަ ޔުނީކް ވެސް ވާނެދޯ؟ މިހާރުގެ ބޮޑެތި ކުދިންނަށް އެނގޭނެ ކަންނޭނގެ ކިޑްސް އެޕްލިކޭޝަން ބޭނުންކޮށްގެން ކުދިކުދި ޕްރޮގްރާމްތައް ހަދަން ވެސް. މަތީ ގްރޭޑްތަކަށް އެކަހަލަ އެއްޗެއް ދެވިދާނެ.” އެހެން މުދައްރިސަކު ވާހަކަ ދެއްކިއެވެ.

 

“ލައްބަ! އަދި ޕްލަސް ޕޮއިންޓެއްގެ ގޮތުން މިހާރު އަހަރުމެންނަށް ތިކަހަލަ ފެއާރއަކާއި ވަރަށް ގުޅޭނެ ޗީފް ގެސްޓެއް ވެސް ވަރަށް ކައިރިން ހޯދިދާނެ ދެއްތޯ؟” ނަޝާ ރާގަކަށް އެހެން ބުނެލީ ހިބާއަށް ނަޒަރެއް ދެމުންނެވެ. އެއާއިއެކު ނަޝާ އެ ބުނި އެއްޗެއް ނަގައިގަނެވުމުން، އެންމެން އެއްކޮށް ހީލިއެވެ.

 

“ހަމަ ތެދެއް އެ ބުނީ. ހިބާ ނިކަން އަވަހަށް ބުނެލައްޗޭ އިސްމާޢީލް އީތަން އަރިހުގަ!” އެހެން މުދައްރިސެއް ބުންޏެވެ.

 

“އެއީ ދޮގު ހިބާ މިސް. އަހަރުމެން ސްކޫލްގަ ވެސް ހައިބަތެއް ހުރިކަން ދައްކައިލަން ވާނެ. އަހަރުމެން އިންވިޓޭޝަން ކާޑެއް ހަދައި ނުފޮނުވަނީސް ނުބުނައްޗޭ މިސް!” ނަޝާ ބުންޏެވެ.

 

“ހެހެ…..އެންމެ ރަނގަޅު. ނަޝާ ބުނީތީ ނުބުނާނަން. އެހެންވީމަ ކުދިންނާއި ޕޭރެންޓްސް ވެސް އަންނާނެ ދެއްތޯ ފެއާރއަށް، ނީލާ މިސް؟” ހިބާ ލީޑިންގް ޓީޗާރގެ ކައިރިން ސުވާލުކުރިއެވެ.

 

“ހުމް….ކުދިން ޕްރޮޖެކްޓްތައް ދައްކާއިރު ޕޭރެންޓްސް ވެސް އަންނާނެ….މިފަހަރު ކިހިނެއްވާނެބާ ޗީފް ގެސްޓް ވެސް ކުޑަކޮށް ކުދިންގެ ޕްރޮޖެކްޓްތައް ބަލަމުން ކުޑަ ވޯކެއް ޖައްސާ ގޮތަށް ހެދިއްޔާ؟” ނީލާ މިސް ސުވާލުކުރިއެވެ.

 

“ރަނގަޅު…ވާނެ…” ހިބާއަށް ކެނޑިކެނޑިގެން އެ ބަސްތައް ބުނެލެވުނީ ވިސްނުމެއްގެ ތެރެއަށް ގެއްލުމުންނެވެ. މާޒިންއާއިއެކީ މާޒިންގެ މަންމަގެ ސޫރަ ލޮލަށް ސިފަވެ، ދާރިސް ވެސް އެތާނގައި ހުންނާނެކަން އެނގުންވުމުން މެއަށް ގޮތެއްވިއެވެ. އެހެނަސް ނޭނގޭ ސަބަބަކާއިހުރެ އެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވީ، ކުއްލިއަކަށް އެ ބާއްވަން އުޅޭ ފެއާރއަށްޓަކައި ކެތްމަދުވުމުންނެވެ.

 

ނުނިމޭ

The post ދާރިސް (އަށާޅީސްވަނަ ބައި) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%87%de%a6%de%81%de%a7%de%85%de%a9%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/feed/ 14 3132
ދާރިސް (ސަތާޅީސްވަނަ ބައި) https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%90%de%a6%de%8c%de%a7%de%85%de%a9%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/?utm_source=rss&utm_medium=rss&utm_campaign=%25de%258b%25de%25a7%25de%2583%25de%25a8%25de%2590%25de%25b0-%25de%2590%25de%25a6%25de%258c%25de%25a7%25de%2585%25de%25a9%25de%2590%25de%25b0%25de%2588%25de%25a6%25de%2582%25de%25a6-%25de%2584%25de%25a6%25de%2587%25de%25a8 https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%90%de%a6%de%8c%de%a7%de%85%de%a9%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/#comments Fri, 24 Dec 2021 15:07:57 +0000 https://blog.storiesbyjana.com/?p=3118

“މައި ލޯޑް، ޑު ނޮޓް ލީވް މީ އެލޯން….މައި ލޯޑް، ޑު ނޮޓް ލީވް މީ އެލޯން.” ހަމްނާއަށް ހިތާހިތުން އެ ބަސްތައް ތަކުރާރުކޮށް ކިޔެން ފެށިހެން އެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. ދާދި ދެންމެއަކު އޭނަގެ ހިތް ވަށާލެވިފައިވި އެކަނިވެރިކަން ކުއްލިއަކަށް ނެތިދިޔަ ކަހަލަ އިޙްސާސެއް ކުރެވުނު ގޮތުން ޚުދު އޭނަ ވެސް ޙައިރާންވާހާވިއެވެ.   **   އެދުވަހުން ފަށައިގެން ހަމްނާ ކޮންމެ ދުވަހަކުހެން ނަބީހް ދީފައިވާ އެ ފޮތުން، ނަބީހް ބުނެފައިވާ […]

The post ދާރިސް (ސަތާޅީސްވަނަ ބައި) appeared first on Stories by Jana.

]]>

“މައި ލޯޑް، ޑު ނޮޓް ލީވް މީ އެލޯން….މައި ލޯޑް، ޑު ނޮޓް ލީވް މީ އެލޯން.” ހަމްނާއަށް ހިތާހިތުން އެ ބަސްތައް ތަކުރާރުކޮށް ކިޔެން ފެށިހެން އެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. ދާދި ދެންމެއަކު އޭނަގެ ހިތް ވަށާލެވިފައިވި އެކަނިވެރިކަން ކުއްލިއަކަށް ނެތިދިޔަ ކަހަލަ އިޙްސާސެއް ކުރެވުނު ގޮތުން ޚުދު އޭނަ ވެސް ޙައިރާންވާހާވިއެވެ.

 

**

 

އެދުވަހުން ފަށައިގެން ހަމްނާ ކޮންމެ ދުވަހަކުހެން ނަބީހް ދީފައިވާ އެ ފޮތުން، ނަބީހް ބުނެފައިވާ ފޮތް ހުޅުވައި، އެންމެ ފުރަތަމަ ފެންނަ އާޔަތުގެ މާނަ ކިޔަމުން ދިޔައެވެ. ގިނަ ފަހަރު މަތިން ހަމަ އަބަދުވެސް ފެނިގެން ދަނީ އޭނަގެ އިޙްސާސްތަކާއި ގުޅިފައިވާ އާޔަތެކެވެ.

 

އެއްދުވަހު ފަތިސް ނަމާދަށްފަހު އެގޮތަށް ހުޅުވުމުން ފެނިގެން ދިޔައީ، ފަތިހުގެ ވަގުތު ކިޔެވޭ ޤުރުއާނަކީ އެއަށް ހެކިވެރިންވާ ތިލާވަތެއްކަން އެނގިގެން ދިޔައެވެ. އެ ހެކިވެރިންނަކީ މަލާއިކަތުންކަން އެނގުމުން ފަތިސް ނަމާދަށް ވަގުތުން ހޭލުމަށް ހިތްވަރެއް ލިބިގެން ދިޔައެވެ. ފަތިސް ނަމާދު ވަގުތުން އަދާކުރަން ފެށުމުން އެހެން ނަމާދުތައް ވެސް ވަގުތުން އަދާކުރަން މަސައްކަތް ކުރެވުނެވެ. އެ މަސައްކަތުން އެއްދުވަހު ވަގުތުން މަޣްރިބް ނަމާދު ކުރުމަށްފަހު އެ ފޮތް ހުޅުވުމުން ފެނިގެން ދިޔައީ، ނަމާދު ވަގުތުން އަދާކުރާ މީހުން ވާނީ ސުވަރުގެތަކުގައި މާތް ކުރައްވާފައި ކަމަށެވެ.

 

އޭގެ ފަހުން ދުވަހަކު ހަމްނާ އޭނަގެ އެކުވެރިންނާއިމެދު ވަރަށް ހިތްހަމަނުޖެހޭ ގޮތްވިއެވެ. އޭނަ ޤުރުއާނުގެ ވާހަކަ ދައްކަން ވަރަށް ބޭނުންވެގެން އޭނަގެ އެ ތަޖުރިބާތައް ޙިއްސާކުރުމުން އެ އެކުވެރިން އޭނައަށް މަލާމާތްކުރިއެވެ. ހަމްނާ އެދުވަހު ގެއަށް އައީ އެކަމާއިމެދު ހިސާބަކަށް ދެރަވެސްވެފައި ހުރެއެވެ. އެދުވަހުގެ ފަތިސް ނަމާދަށްފަހު ހަމްނާ އެ ފޮތް ހުޅުވައިލުމުން ފެނިގެން ދިޔައީ ޢަންކަބޫތު ސޫރަތެވެ. އެ ސޫރަތުގެ ދެވަނަ އާޔަތުން ފެނިގެން ދިޔަ ސުވާލުން އަނެއްކާވެސް އެ ވާހަކަ ދެކެވެނީ ޚުދު އޭނައާއިހެން ހަމްނާއަށް ހީކުރެވުނެވެ. އެ ސުވާލަކީ މީސްތަކުންނަށް ހީވަނީ އީމާންވެއްޖެއޭ ބުނުމަށްފަހު އެ މީހުން އިމްތިޙާން ނުކުރައްވައި ދޫކޮށްލާނެ ކަމަށްތޯއެވެ. އެއަށްފަހު އެމީހުންގެ ކުރިން އައި މީހުންވެސް އިމްތިޙާން ކުރެވުނު ކަމަށާއި، އީމާންކަމުގައި ތެދުވެރި ވާ މީހުންނާއި ދޮގުވެރިވާ މީހުން ﷲ މޮޅަށް ދެނެވޮޑިގެންވާ ކަމެވެ.

 

އެ އާޔަތްތަކުގެ މާނަ ޝައުޤުވެރިކަމާއިއެކީ ކިޔަމުން ގޮސް، ހަމްނާގެ ލޮލުން ކަރުނަ ހިލިގެން ދިޔައީ 9 ވަނަ އާޔަތާއި ހަމައިންނެވެ. އެ އާޔަތުގައިވަނީ، އީމާންވެ، ﷲ ސުބުޙާނަހޫ ވަތަޢާލާ ހަމަ ޔަޤީނުންވެސް ޞާލިޙު ޢަމަލުތައް ކުރި މީހުން، ރަނގަޅު މީހުންގެ ތެރެއަށް ވައްދަވާނެ ކަމަށެވެ.

 

ހަމްނާ އެ އާޔަތުގެ ތަފްސީރު ކިޔަންވެސް ނުކުޅެދުނީ ކަރުނުން ލޯ ފުސްވުމުންނެވެ. ތަފްސީރު ނުކިޔުނަސް އޭގެ މާނަ އޭނައަށް އެނގުންވީ ފަދައެވެ. އޭނަ ކައިރީގައި މިއަދު ތިބި އެކުވެރިންގެ ބަދަލުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނައަށް ރަނގަޅު އެކުވެރިން ދެއްވަވާނެ ކަމުގެ ޔަޤީންކަން ހިތަށް ލިބިގެން ދިޔައެވެ. މި ދުނިޔޭގައި ނޫންނަމަ އާޚިރަތުގައެވެ. އޭނަ އީމާންވެ ހެޔޮ ޢަމަލުތައް ކުރަމުން ދާނަމައެވެ.

 

އެ ދުވަހަށްފަހު ޤުރުއާނަށްޓަކައި އުފެދުނު ޝައުޤުވެރިކަމެއްގެ ބޮޑުކަމުން ހަމްނާ ވަކިވަކިން އާޔަތް ހޯދުން ހުއްޓައިލުމަށްފަހު ދެވަނަ ފަހަރަށް އެ ފޮތުގެ އެންމެ ކޮޅުން ފަށައިގެން ކިޔަން ފެށިއެވެ. އެހެނަސް މިފަހަރު ހަމައެކަނި ސޫރަތުލް ފާތިޙާއާއި ހިސާބުން ހުއްޓައެއް ނުލިއެވެ. ސޫރަތުލް ފާތިޙާއަށްފަހު ސޫރަތުލް ބަޤަރާގެ ތަފްސީރު ވެސް ހަމްނާ ކިޔަވަން ފެށީ ޝައުޤުވެރިކަމާއި އެކީގައެވެ. ކުރީ ކޮޅު ހަމްނާ އެ ފޮތުން ކިޔަން ކަނޑައަޅާފައި އޮންނަނީ ހަމައެކަނި މަޣްރިބް ނަމާދާއި ޢިޝާ ނަމާދުގެ ދެމެދުގައި އޮންނަ ވަގުތުގައެވެ. އެހެނަސް ފަހުން ފަހުން އައިސް ހުސް ވަގުތެއްވާ ކޮންމެ އިރެއްގައި އެ ފޮތް ނަގައި ކިޔެމުން ދިޔައީ، އެއީ ހަމްނާގެ އާ އުފާވެރިކަމަށް ބަދަލުވެގެން ދިޔަ ފަދައިންނެވެ.

 

ހަމްނާއަށް އަންނަމުން ދިޔަ ބަދަލުތައް އެންމެ ގާތުން ފެންނަމުން ދިޔައީ، ހަމްނާއާއި އެކީގައި އުޅެމުން ދިޔަ ހިބާއާއި ދާރިސްއަށެވެ. ފަހުން ފަހުން އައިސް ހަމްނާގެ ކޮޓަރިން އިވޭ ލަވަތައް ވެސް ހުއްޓިގެން ދިޔައެވެ. ކާ މޭޒުދޮށުގައި ވެސް ވާހަކަ ދެކެވޭއިރު ހަމްނާ ދޮންތައާއި ސުވާލުކުރަނީ އާޔަތްތަކާއި މެދުގައެވެ. ހިބާ އުފަލާއި އެކީ ހަމްނާގެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔައެވެ. ދާރިސް ވެސް ދާރިސްއަށް އެނގިފައި ހުރި ވަރަކުން ހިބާގެ ޖަވާބުތަކަށް އިތުރު ކުރަމުން ދިޔައެވެ.

 

“އަހައިލެވިދާނެތަ ހަމްއަށް މިހާ ބޮޑު ޗޭންޖެސް އައިސްގެން މިއުޅެނީ ކީއްވެތޯ؟” ހިބާ އެދުވަހުގެ ހަވީރު ސައިގެ ތެރެއިން ހިނިތުންވުމަކާއިއެކީ ހަމްނާއާއި ސުވާލުކުރިއެވެ. އޭރު ދާރިސްވީ ސައިބޮއި ނިމިގެން ގޭގެ ބިއްދޮށުގައިވާ ގަސްތަކަށް ފެންދޭން ގޮހެވެ.

 

“އެއީ…..ކޮންމެވެސް ކުއްޖަކު ދިން ފޮތެއް ކިޔައިގެން..” ހަމްނާ ދޮންތަގެ ކުރިމަތީގައި ނަބީހްގެ ނަން ނުކިޔަން ނިންމަމުން ބުންޏެވެ.

 

“ކޮން ކުއްޖަކު ދިން ކޮން ފޮތެއް؟” ހިބާއަށް ދެބުމަ ކައިރިކޮށްލަމުން އެ ސުވާލު ކުރެވުނީ، ހަމްނާ މިހާރު ގެންގުޅޭ އެކުވެރިންގެ ތެރޭގައި ރަނގަޅު ފޮތެއް ދޭނެ ކުއްޖަކު ނުހުންނާނެކަން ޔަޤީން ކުރެވުނީތީވެއެވެ.

 

“އެއީ….ނަބީހް ދިން ތަފްސީރު ފޮތެއް…” ހަމްނާ އަވަސްއަވަހަށް އެހެން ބުނެލީ ދޮންތަ ނަބީހްގެ ވާހަކަ ނުދައްކާނެކަމަށް ގަދައަށް އުއްމީދު ކުރަމުންނެވެ. އެހެނަސް….

 

“އޯ އެމް ޖީ! ތިއީ އެއްކަލަ ހަމްއާއިއެކީ ގްރޫޕް ވޯކް ހަދަން މިގެއަށް އައި ފިރިހެން ކުއްޖާތަ؟! ދޮންތައަށް ހީވީ ރަނގަޅަށްތާ! އެކްޗުއަލީ ނޯ….ދޮންތަ ހީކުރި ވަރަށްވުރެ ތި ކުއްޖާ ރަނގަޅު…ނަބީހް ވެސް ޤުރުއާން ސްޓަޑީ ކުރޭތަ؟ މި ބުނީ ޑީޓެއިލްކޮށް އަމިއްލައަށް؟” ހިބާ ނުހަނު ޖޯޝާއިއެކީ ސުވާލުކުރިއެވެ.

 

“އެޕޭރެންޓްލީ ޔެސް! ނަބީހްގެ އަންކަލް އަކީ ޝެއިޚްއެއް ކަންނޭނގެ…ހީވަނީ އެމީހެއް ކައިރިންހެން ނަބީހް އެ ފޮތް ހޯދައިގެން ކިޔަވަނީ….ނަބީހް މޮޅުވާނެ އިސްލާމްއަށް…” ހަމްނާއަށް ބޭއިޚްތިޔާރުގައި ނަބީހަށް ތަޢުރީފު ކުރެވުމުން ދެލޯ ބޮޑުކޮށްލެވުނެވެ. ދޮންތަ ނަބީހާއިހެދި އެހާވަރުން ހުންނައިރު އޭނަ ތަޢުރީފެއް ކުރުމުން ވާނެ ގޮތް އެނގުންވުމުންނެވެ.

 

“ސީީީީީ؟ އައި ޓޯލްޑް ޔޫ! ވަރަށް ގިނަ ދުވަސްވެއްޖެދޯ ހަމްއާ މިކަހަލަ ޗެޓެއް ނުޖެއްސޭތާ؟ ސޯ ޑެއާރ އައި އާސްކް…..ޑޫ ޔޫ ލައިކް ހިމް؟”

 

“ނޯ ދޮންތާ! ބޭނުމެއްނޫން ނަބީހްއާއިމެދު ތި ގޮތަށް ވިސްނާކަށް….ބަޓް އައި ޑޫ ރެސްޕެކްޓް ހިމް…”

 

“އޮހް! އޯކޭ….ކުއްޖަކު ލައިކް ކުރުވަން ހަމްއަށް ފޯސްދޯ މި ކުރެވެނީ؟ ސޮރީ! ބަޓް ޔޫ މަސްޓް އެގްރީ ހަމް ލައިކްވެގެން އުޅުނު ނައުފަލްއަށްވުރެ ނަބީހް ރަނގަޅުކަން…ހަމްނާ ނަބީހްދެކެ ލައިކް ނުވިޔަސް ނަބީހާއި ދިމާވުމަކީ ރަނގަޅު ފިރިހެން ކުދިން އުޅޭ ކަމުގެ ސައިންއެއް. ނައުފަލްއަށް ވުރެ ސްޓޭންޑާޑްސް ރައިޒްކުރަންޖެހޭ ކަމުގެ ސައިންއެއް….ޑޯންޓް ޔޫ ތިންކް؟”

 

ހިބާ އެހިއެވެ. ދޮންތަ އެ ކޮށްލި ސުވާލާއިއެކީ ހަމްނާ ހުއްޓުން އަރާ ގޮތްވިއެވެ. ވޭތުވެ ދިޔަ ދެ ހަފްތާއެއްހާ ދުވަސްތެރޭގައި ހަމްނާ ވީ ނައުފަލް މަތިނ މުޅިންހެން ހަނދާން ނެތިފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވާނީވެސް އެހެންތާއެވެ. ނައުފަލް އޭނައަށް މާ ބޮޑު ސަމާލުކަމެއް ދެނީއެއްނޫނެވެ. އަދި ނައުފަލް ގިނަ ދުވަހު ސްކޫލަށް ވެސް އަންނަނީއެއް ނޫނެވެ. އަދި އަމުދުން އެންމެންނަށް ސިއްރުން ސްކޫލްގެ ބިއްދޮށުން ބައްދަލުކުރަން ޖެހޭ ޖެހުމުން ހަމްނާގެ ހިތަށް އުދަގުލެއްވެއެވެ. މި ވާހަކަތައް ދޮންތައާއި ޙިއްސާކުރަންވީތޯ ހިތަށްއެރި ވަގުތު ދޮންތަ މޭޒުމަތީގައި އޮތް އޭނަގެ އަތްމަތީގައި އެއްއަތް އަޅައިލިއެވެ.

 

“މީހަކު ކަމުދިޔުމަކީ ގޯހެއްނޫން ހަމް…އެ އިޙްސާސުގެ ނަތީޖާއެއްގެ ގޮތުން ބައެއް ފަހަރު ކުރެވިގެންދާ ކަންތައްތައް ގޯސްވެގެން ދަނީ. ކުރިން ވެސް ދޮންތަ ހަމްއަށް ކިޔައިދިންހެން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ވަކިން ބައްދަލުވާ ހިނދު ތިންވަނަ ފަރާތަކަށް ޝައިޠާން ހުރޭ….ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ ކަމެއް ވެސް އަހަރުމެންނަށްޓަކައި މަނާ ކުރައްވާފައިވަނީ ސަބަބުތަކާއި ލައިގެން. މުސްލިމް އަންހެނުންގެ ގޮތުގަ އަހަރުމެންމީ ފެނޭ ކޮންމެ މީހަކަށް އަހަރުމެންގެ ހިތް ދޭ ބައެއް ނޫން. އަހަރުމެން މިއީ އެއަށްވުރެ އަގުހުރި ބައެއް…މި ޒަމާނުގެ ދިރާސާތައް ހޯދައިގެން އަގުހުރި އަންހެނެއްގެ ސިފަތަކެއްގެ ތެރޭގަ އެމީހުން މި ޒާތުގެ ވާހަކަތައް ހިމަނަނީ. އެކަމަކު ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވަނީ އެއަށްވުރެ މާ ކުރިން މާތް އަންހެނުންގެ ގޮތުގަ އުޅެންވީ ގޮތް އަހަރުމެންނަށް މާ ފުރިހަމައަށް ދަސްކޮށްދެއްވާފަ….” ހިބާ ކިޔައިދިނެވެ.

 

ދޮންތަ ވާހަކަތައް ދައްކަމުން ދިޔަދިޔަހެން ހަމްނާއަށް އެ ވާހަކަތަކާއިމެދު ވިސްނުނެވެ. ދޮންތަ އެ ބުނާފަދަ ދިރާސާތަކާއި ލިޔުންތައް ހަމްނާ ވެސް ވަނީ ކިޔާފައެވެ. އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ބައެއް މީހުން ބުނާ ގޮތުގައި އަންހެނުން ފިރިހެނުންނާއި ވާހަކަ ދައްކާއިރު ވެސް ގެންގުޅެންޖެހޭނީ ސާބިތު އަޑެކެވެ. އެ ވާހަކަ ހަމްނާއަށް ވަނީ ނޫރު ސޫރަތުގެ އާޔަތަކުން ވެސް ފެނިފައެވެ. ދޮންތަ ދެންމެ ބުނި ފަދައިން ﷲ ގެ ކޮންމެ އަމުރުފުޅެއްގެ ފަހަތުގައި ކިހާ ބޮޑު ޙިކްމަތްތަކެއް ވާނެކަން ހަމްނާއަށް އެނގުންވީ އެ ވަގުތެވެ.

 

“ސޯ ނެވާރ ސެޓްލް ފޯ ލެސް، ހަމް. ދޮންތަ އަބަދުވެސް ބުނަމުން އަންނަހެން ހަމްއަށް ޙައްޤުވަނީ ހަމްދެކެ ޤަދަރުވެރި ލޯތްބެއް ވާ މީހަކު. މޭއިބީ ކަހަލަ ބަސްތައް ބުނެ ހަމްގެ އަމިއްލަ ނަފްސާއިމެދު ޝައްކު އުފައްދާ ކަހަލަ މީހެއްނޫން. އެމީހަކު ވާންޖެހޭނެ ދޮންތަ ކައިރިއަށް އައިސް ހަމްގެ ވާހަކަ ދައްކަން ކެރޭނެ މީހަކަށްވާން. އެކަމަށް އެއްބަސް ނުވަންޏާ އެއިން އެނގެނީ އޭނަ ހަމްދެކެ އެހާ ބޮޑަށް ލޯތްބެއް ނުވާކަން….އެކަހަލަ މީހަކާއިއެކީ އުޅުމަށްވުރެ މާ ރަނގަޅުވާނެ އެކަނި އުޅުނަސް. ޓްރަސްޓް މީ އޮން ދިސް!”

 

ދޮންތަ އިތުރަށް ދެއްކި ވާހަކަތަކުން ހަމްނާ އޭނަގެ އަމިއްލަ ވިސްނުމަކަށް އަނެއްކާވެސް ގެއްލުނެވެ. ދޮންތަ އެ ބުނެލި ފަހު ބަސްތަކާއިއެކީ އޭނައާއި ނައުފަލްގެ ގުޅުމާއިމެދު ވިސްނުނެވެ. ހަމަ ޙަޤީޤަތުގައި ވެސް ނައުފަލްއާއި އެކީގައި އުޅުމަށްވުރެ އޭނަ އެކަނި އުޅުނިއްޔާ ވެސް އޭނަގެ ހިތަށް މާ ފަސޭހަވާނެ ކަމަށް އެ ވަގުތު ސިކުނޑި ބުންޏެވެ.

 

ހަމަ އެހިނދު ދޮންތަ އޭނަގާތު ތި ވިސްނަނީ ކޮންކަމަކާއިތޯ ސުވާލުކުރިއެވެ. އެއާއިއެކު ހަމްނާއަށް އަމިއްލަ ޚިޔާލުތަކުން ނިކުމެ އެ ސުވާލަށް ޖަވާބު ދެވުނެވެ. އަވަސްއަވަހަށް ކަމެއް ނުވެއޭ ބުނެލެވުނީ، އޭނަ ނައުފަލްއާއި ރައްޓެހިވެގެން އުޅޭ ވާހަކަ ދޮންތައަށް ކިޔައިދޭން ޖެހިލުންވުމުންނެވެ. ބޭއިޚްތިޔާރުގައި ނަމަވެސް ދޮގެއް ހެދުނީތީ ހަމްނާގެ ހިތަށް އުދަގޫވިއެވެ.

 

ދެމީހުންގެ ސައިގަޑީގެ ވާހަކަ ނިމިގެން ދިޔައީ، ހަމްނާ ހިތްދަތިވާ އެއްވެސް ކަމެއް ކުރިމަތިވާނަމަ ދޮންތައާއި ޙިއްސާކުރުމަށް ދޮންތަ އެދުނު ހިސާބުންނެވެ. ހަމްނާ އެ ވާހަކައަށް ބޯޖަހައިލީ، ނައުފަލްގެ ވާހަކަ ދޮންތަ ގާތު ބުނަން ހިތްވަރު އެއްކުރެވުމުން އެ ވާހަކަ ބުނަން ނިންމަމުންނެވެ.

 

**

 

އެދުވަހުގެ މަޣްރިބް ނަމާދު ޖަމާޢަތުގައި އަދާ ކުރުމަށްފަހު ނަބީހް އާދައިގެ މަތިން މިސްކިތުގެ ކަނެއްގައި އިށީނީ މުޞްޙަފެއް ހިފައިގެންނެވެ. އެއީ އޭނަ މިސްކިތުގައި ގެންގުޅޭ ޚަތިމަށްވީތީ އެންމެ ފަހުން އޭނަ ކިޔެވި ހިސާބު އޭގެ ތެރޭގައި އޮތް ފަށުން ފާހަގަކުރެވިފައިވިއެވެ. އެހެންކަމުން ފަސޭހަކަމާއިއެކީ އެ ޞަފްޙާ ހުޅުވައިލުމަށްފަހު ނަބީހް ކިޔަވަން އުޅުނެވެ. އެހެނަސް އެކަމަށް ނުކުޅެދުނީ، އެދުވަހު އޭނަ ހިތްދަތި ކުރުވަމުން ދިޔަ ޚިޔާލުތަކުން އަރުތެރެ ބެދިފައިވުމުންނެވެ.

 

ފަހަކަށް އައިސް ހަމްނާ މަތިން ހަނދާން ނައްތައިލުމަށް ނަބީހް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭނަ އެ މަސައްކަތް ފެށީ، މީގެ ހަފްތާތަކެއް ކުރިން ހަމްނާއާއި ނައުފަލް ރައްޓެހިވެގެން އުޅޭ ވާހަކަ އިވުނު ފަހުންނެވެ. އެ ވާހަކަ އިވުނު ވަގުތުކޮޅުގައި ނަބީހް ގަނޑުވެގެން ދިޔައެވެ. ހިނދުކޮޅެއް ވަންދެން ދުނިޔެ އޭނަގެ ވަށައިގެން އެނބުރެން ފެށިހެން ހީވިއެވެ. ކިރިޔާ ހަމައަކަށް އެޅޭ ގޮތް ވީ އޭނަގެ އެކުވެރިޔާ އޭނަގެ ކޮނޑުގައި އަތްއަޅައި ރަނގަޅުތޯ އަހައި ސުވާލުކުރުމުންނެވެ.

 

އެ ދުވަސްފަހުން ހަމްނާއާއި ނައުފަލް ސްކޫލްގެ މެދަށްވާ ގޮތަށް ހުންނަ ޢިމާރާތުގެ ފަހަތުން ބައްދަލު ކުރާތަން ވެސް ނަބީހަށް ވަނީ ފެނިފައެވެ. އެފަދަ މަންޒަރުތައް ފެންނަ ކޮންމެ ފަހަރަކު ނަބީހްގެ ހިތަށް ތަދުވެއެވެ. އެއީ ހަމައެކަނި ހަމްނާ އޭނަ ނޫން މީހަކު ޚިޔާރު ކުރީތީވެއެއްނޫނެވެ. އެއާއިއެކު ހަމްނާ އޭނަ ނުހަނު ގާތުން ދަންނަ ނުލަފާ ފިރިހެނެއްގެ ކައިރީގައި ހުރީތީވެއެވެ. އެފަދަ މީހަކު ހަމްނާއަށް ކަމުދިޔައީތީވެއެވެ.

 

ޙަޤީޤަތުގައި ނައުފަލަކީ މީގެ އަހަރެއްހާ ދުވަސްކުރިން ނަބީހްގެ ވެސް ގާތް އެކުވެރިއެކެވެ. ހިދާޔަތުގެ އަލިކަން ފެނުމުގެ ކުރިން އޭނަ ނައުފަލްގެ އެކުވެރިންގެ ލިސްޓުގައި ހިމެނެން ބޭނުންވީ ސްކޫލް ތެރޭގައި މަޝްހޫރުވުމަށެވެ. އޭރުވެސް ނަބީހަށް ހަމްނާ ކަމުދެއެވެ. އަދި ހަމްނާއަށް ކަމުދަނީ ނައުފަލްކަން އެނގެއެވެ. ނައުފަލާއި ގާތްވާން ބޭނުންވި އެއް ސަބަބަކަށްވީ ވެސް، ނައުފަލްގެ ބައެއް ސިފަތައް އޭނައަށް ލިބި، އޭގެ ސަބަބުން ހަމްނާއަށް އޭނަ ކަމުގޮސްފާނެކަމުގެ އުއްމީދެވެ.

 

އެހެނަސް ނައުފަލްގެ ގޮތް އެނގެމުން ދިޔަ ވަރަކަށް ނަބީހްގެ ހިތުގައި ނައުފަލަށްޓަކައި ނަފްރަތެއް އުފެދުން ނޫންކަމެއް ނުވިއެވެ. އެ އެކުވެރިކަމުގެ ކުރީކޮޅު ނަބީހް ވެސް ނައުފަލް ހަދާހެން ނުބައި ކަންތައް ކުރުމުގައި މަޖާ ނެގޭތޯ ބެލިއެވެ. މިގޮތުން މަންމައާއި ބައްޕައަށް ޙަޤީޤަތް އޮޅުވައިގެން ގެއިން ނިކުމެގެން ދިޔުމާއި، ލައިސަނެއްނެތި ސައިކަލު ދުއްވުމާއި، މަންމަމެންނަށް ދޮގު ހަދައިގެން ލާރި ހޯދުމަކީ ‘ކޫލް’ ކަމެއްގެ ގޮތުގައި ދެކެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ.

 

އެހެނަސް ނަބީހް އެ ކުރިހާ މަސައްކަތެއްވީ ބޭކާރެވެ. އެ ކަންތައްތަކުގެ ތެރެއަށް އޭނަ ވަންނަން ބޭނުންވި ވަރަށް އެއްގޮތަކަށް ވެސް ނުވަދެވުނެވެ. އޭގެ އެއް ސަބަބަކީ، ދީނީ ޢިލްމު އުނގެނިގެން ހުރި އޭނަގެ ބޮޑުބޭބެއާއިއެކީ ކޮންމެ ހެނދުނަކު ދުވަން ދާ ދިޔުމެވެ. ކޮންމެ ދުވަހަކު ދުވުން ނިމުމަކަށް އައިސް ދެމީހުން ގާގަނޑެއްގެ މަތީގައި އިށީނދެގެން ތިބޭ ވަގުތު އެ ބޮޑުބޭބެ ކޮންމެވެސް އާޔަތެއް ޙިއްސާކޮށް އެ އާޔަތުގެ މާނަ ޙިއްސާ ކުރެއެވެ.

 

ނަބީހް ރަނގަޅު މަގުން އެއްކިބާވެ، ފުން އަނދިރިގަނޑަކަށް ދިޔުމުން ރައްކާތެރި ކުރީ އެ އާޔަތްތަކެވެ. ނުބައި ކަންތައް ކުރަމުންދާއިރު ވެސް އެ ކުރެވެނީ ޚުދު އޭނަގެ އަމިއްލަ ނަފްސަށް ވެސް ގެއްލުން ކުރުވާ ކަމެއްކަން އޭނައަށް ހަނދާން ކޮށްދެމުން ދިޔައީ އެ އާޔަތްތަކެވެ. އޭނަ ﷲ ގެ ރުހިވޮޑިގަތުމާއި ދުރުވަމުންދާ ކަމާއި، އޭނަ އެ ގޮތް ބޭނުންނުވާކަން ޔަޤީން ކޮށްދިނީ ވެސް އެ އާޔަތްތަކެވެ.

 

އެންމެ ފަހުން ނަބީހާއި ނައުފަލްގެ ގުޅުން ނިމުމަކަށް އައީ، ނައުފަލް ފުރަތަމަ ފަހަރަށް ނަބީހްގެ އަތަށް ސިނގިރޭޓެއް ދިއްކޮށްލި ދުވަހެވެ.

 

“އަހަރެން ތީތި ބޭނުމެއްނޫން….” އެއްދުވަހުގެ އިރުއޮއްސެން ގާތްވަމުން ދިޔަ ވަގުތު ނަބީހް ނައުފަލާއި އެކީ ފަޅު ގެއެއްގެ ފާރުމަތީގައި އިނދެ ބުންޏެވެ. ނައުފަލް އެހެން ބުނި އަޑު، އެތާ ދުން އަރުވަން ތިބި ނައުފަލްގެ އެހެން އެކުވެރިންނަށް ވެސް އިވުނެވެ.

 

“ދެޓްސް އަ ފަސްޓް! ކަލޭ ކޮން ދުވަހަކުން ފެށިގެން މަ ބުނާ ކަމަކަށް ނޫނެކޭ ބުނަން ފެށީ؟ ގޭންގުގެ މީހަކަށްވާން ބޭނުންނުވަނީތަ؟ މީތި ބޮއިފިއްޔާ ރަސްމީކޮށް މި ގޭންގުގެ މީހަކަށްވީ ކަމަށް ބަލާނަން….” ނައުފަލް ބުންޏެވެ. އެއާއިއެކު ނަބީހް ދެބުމަ ކައިރި ކޮށްގެން އިނދެފައި ފާރުން ފޭބުމަށްފަހު ނައުފަލާއި ކުރިމަތިލިއެވެ.

 

“ބޭނުމެއްނޫން ތީތި ބޯކަށް. އަދި ގޭންގުގެ މީހަކަށް ވާކަށް ވެސް ބޭނުމެއްނޫން. ވަޓް ވޯޒް އައި ތިންކިންގް!” ނަބީހް ނައުފަލަށް ބަލަން ހުރެ ބޭނުންވާ ގޮތް ބުނުމަށްފަހު، ފަހު ބަސްތައް ބުނެލީ އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށެވެ.

 

“ކިހިނެއްވީ؟ ޝެއިޚް ބޮޑުބޭބެ ނުރުހުންވީތަ އަނެއްކާ؟” ނައުފަލް އެހިއެވެ. އެއާއިއެކު ނައުފަލްގެ އެހެން އެކުވެރިއަކު ވާހަކަ ދެއްކިއެވެ.

 

“އާނ….މަ ދެކެމޭ މި ގޮލާ އެ ތުނބުޅިއާއިއެކީ ދުވަން ގޮއްސަ ވާހަކަ ދައްކަން އިންނަތަން..” އެ އެކުވެރިޔާ އެހެން ބުނުމާއިއެކު ނައުފަލް މަލާމާތުގެ ހިނިގަނޑެއް ޖަހައިލިއެވެ.

 

“ކީކޯ ބޮޑުބޭބެ ބުނަނީ ސިނގިރޭޓި ބުއިމާއިމެދު….މިއީ ޙަރާމް ކަމެކޭތަ؟” ނައުފަލް އެހެން އަހައިލީ ނަބީހާއި ނަބީހްގެ ބޮޑުބޭބެވެސް ދަށްކޮށްލާ ޒާތުގެ ރާގަކަށެވެ.

 

“ތި ވާހަކައެއް ނުދެކެވޭ އަހަންނާއި ބޮޑުބޭބެއާއި ދެމެދު. އެނގޭހާ ވެސް ކަމަކީ އަހަރެންގެ މަންމައާއި ބައްޕަ އަހަރެން މި ގޮތަށް އުޅެން ނުރުހޭނެކަން. އެމީހުންނަށް ދޮގު ހަދައި އެމީހުން އަހަންނަށް ކުރާ އިތުބާރު ގެއްލުވައިލާކަށް ބޭނުމެއްނޫން. އެހެން ހަދައިފިއްޔާ ﷲ ގެ ލޯބިފުޅު އަހަންނަށް ގެއްލިދާނެތީ ބިރުގަނޭ….ހިތަށްއަރާ ނައުފަލްއަށް ވެސް މިގޮތަށް އިޙްސާސް ކުރެވޭނެނަމައޭ. އިޓްސް ނެވާރ ޓޫ ލޭޓް ޓު ރިޓާން ޓު ﷲ!”

 

ނަބީހް އެ ފަހު ބަސްތައް ބުނެލީ އިޚްލާޞްތެރިކަމާއިއެކީ އޭނަގެ އެކުވެރިންގެ ހިދާޔަތަށްޓަކައި އެދިގެންނެވެ. އެހެނަސް އޭގެ ބަދަލެއްގެ ގޮތުން އޭނައާއި ކުރިމަތިވެގެން ދިޔައީ ހިނިގަނޑުތަކާއި، އެންމެ ގޯސްވެގެންވާ މަލާމާތްތަކެވެ.

 

އެ މަލާމާތްތައް ހަމައެކަނި އެދުވަހުން ނިމިގެން ދިޔައީވެސް ނޫނެވެ. ސްކޫލް ކުދިންގެ ތެރޭގައި ނަބީހަކީ ‘ކަޓު’ ކުއްޖެއްގެ ގޮތުގައި މަޝްހޫރު ކޮށްލަން ނައުފަލަށް ނެގީ މަދު ދުވަސްކޮޅެކެވެ. ނަތީޖާއެއްގެ ގޮތުން ސްކޫލް ތެރޭގައި އުޅޭއިރު ވެސް ލަދުކުޑަ ކުދިން އޭނައާއި އަމާޒުކޮށް ހުތުރު ބަސްތަކުން ގޮވާތީ ނަބީހަށް އުދަގޫވިއެވެ. އެހެނަސް އެ އުދަގުލަކީ ދީނާއި ދުރުވާންވީ ސަބަބެއްކަމަށް ނަބީހް ނުބެލިއެވެ. ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ ޞަޙާބީން ވެސް ހަމައެކަނި އީމާންވި ކަމަށްޓަކައި، އޭނައާއި އެ ކުރިމަތިވާ މަލާމާތުގެ ބަސްތަކަށްވުރެ މާ ވަރުގަދަ އަނިޔާތަކެއް ލިބިގެން ދިޔަކަން ހަނދާން ކުރަމުންނެވެ. އެ ބޭކަލުން އެ އަނިޔާތަކަށް ކެތްތެރިވެވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުން، އެ ބޭކަލުންނަށް ﷲ ގެ ރުހިވޮޑިގަތުމާއި ދެދުނިޔޭގެ ބާއްޖަވެރިކަން ވެސް ލިބިގެން ދިޔަ ގޮތް ހަނދާންކުރަމުންނެވެ.

 

މި ހުރިހާ ކަމަކުން ނަބީހްގެ ހިތަށް ސާބިތުކަމެއް ލިބިފައިވިއެއްކަމަކު، ދެރަވަމުން ދިޔައީ އެންމެ ކަމަކާއި ހެދިއެވެ. ނައުފަލްމެންގެ ބަސްތަކަށް އޭނަގެ ހިތުން ޖާގަ ދެވިފައިވި އަންހެން ކުއްޖާ ވެސް ހެއްލިގެން ދިޔައީތީވެއެވެ. ނައުފަލްމެން އޭނައަށް މަލާމާތް ކުރަން ފެށިފަހުން ހަމްނާ ވެސް އޭނައަށް ބަލަން ފެށީ ތަފާތު ނަޒަރަކުންކަން ނަބީހަށް ފާހަގަކުރެވުނެވެ. އެދުވަސްކޮޅު ވެސް ހަމްނާ މަތިން ހަނދާން ނައްތައިލަން ނަބީހް މަސައްކަތް ކުރިއެވެ. ހަމްނާއަށް ނައުފަލް ކަހަލަ ކުއްޖަކު ކަމުދާނީ ވެސް ހަމްނާގެ ހުރި ގޯސްކަމުން ކަމަށް ނިންމުނެވެ. އެހެނަސް ހަމްނާއަށް ނައުފަލްގެ ޙަޤީޤަތް ނޭނގޭކަން ނަބީހަށް އެނގުންވީ ހަމްނާ އެއްދުވަހު އޭނަގެ އެކުވެރިންނާއި ދެއްކި ވާހަކައެއް އިވުމުންނެވެ.

 

“އަހަންނަށް ކަމުދާ ފިރިހެން ކުއްޖެއްގެ ސިފަތައްދޯ؟ ލެޓްސް ތިންކް….ހޭންޑްސަމް، އޮނެސްޓް، އޮތެންޓިކް، އަހަންނަށް ނޭނގޭ ކަންތައް އަހަންނަށް ބުނެދޭ، ރަނގަޅު ކަންތައް ކުރަން އަހަންނަށް އެހީވެދޭ ކުއްޖެއް….” ހަމްނާ ކިޔައިދިން އަޑު އިވުނެވެ. ހަމްނާ އެހެން ބުނުމާއިއެކު ހަމްނާގެ އެކުވެރިން ތިއީ ހަމަ ނައުފަލްދޯއޭ ބުނުމުން ހަމްނާ ލަދުރަކި ގޮތަކަށް ހީލިއެވެ.

 

އެދުވަސްފަހުން ނަބީހަށް އަނެއްކާވެސް ހަމްނާއާއިމެދު ވިސްނެން ފެށީ ހަމްނާއަށްޓަކައި ހިތުގައި އުފެދުނު ކަންބޮޑުވުމެއްގެ ބޮޑުކަމުންނެވެ. ހަމްނާ އަމިއްލަ މައުސޫމްކަމުގައި ނޭނގި ނަމަވެސް އެ ދަނީ ނުބައި މިޞްރާބަކަށްކަން އެނގޭތީވެއެވެ. ނައުފަލް ހަމްނާގެ ޖަޒުބާތުތަކުގެ ނާޖާއިޒު ފައިދާ ހިފައިފާނެތީ ނަބީހް ބިރުގަނެވެ. ހަމްނާގެ ރައްކާތެރިކަމަށް އެދި ކޮންމެ ނަމާދަކަށްފަހު ތަކުރާރުކޮށް ދުޢާ ކުރެވެނީ އިޚްތިޔާރަކާއި ވެސް ނުލައެވެ.

 

މިއަދާއި ހަމައަށް ވެސް އެ ކަންބޮޑުވުން އޭނަގެ ހިތުގައިވެއެވެ. މިއަދު ހަމްނާ ނައުފަލާއި ރައްޓެހިވެފައިވިޔަސް، ހަމްނާ މަތިން ހަނދާން ނައްތައިލަން ދަތިވެފައިވަނީ އެ ކަންބޮޑުވުމުގެ ސަބަބުންނެވެ. ހަމްނާއާއިމެދު ނުވިސްނަން ކަނޑައަޅައިގެން މުޅި ދުވަހެއް ފާއިތު ކުރުމަށްފަހު ވެސް، ކޮންމެވެސް އެއްގޮތަކުން އެ ސޫރަ އޭނަގެ ލޮލަށް ސިފަވެގެން ދިޔައެވެ. އޭނަގެ ޖަޒުބާތުތަކުގެ ކުރިމަތީގައި އިންތިހާ ދަރަޖައިގެ ބަލިކަމެއް އިޙްސާސް ކުރެވުމުން ނަބީހަށް ދުޢާއެއް ކުރެވުނެވެ.

 

ހިތްތަކުގެ ވެރި ރަސްކަލާނގެއަށް ގޮވަމުންނެވެ. އޭނަގެ ޖަޒުބާތުތަކުގެ މައްޗަށް އޭނައަށް ބާރެއް ނުހިންގޭކަމަށް ދަންނަވަމުންނެވެ. އަދި އެ ޖަޒުބާތުތަކުގެ ފަހަތުގައި ސަބަބާއި މަޤްޞަދެއް ވާކަމަށް ދަންނަވަމުންނެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްވެސް މަޤްޞަދެއް ނެތި އެކަލާނގެ އަޅަކަށް އިމްތިޙާނެއް ކުރިމަތި ކުރައްވާ ވަރަށްވުރެ އެކަލާނގެ ހުސްޠާހިރުވަންތަވެ ވޮޑިގެންވާކަމަށް ދަންނަވަމުންނެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ކަމަށް ޔަޤީންކަމާއިއެކީ ދަންނަވަމުންނެވެ. އެހެންކަމުން އެ މަޤްޞަދު އޭނައާއި މާ ދުރު ނުކުރައްވައި އޭނައަށް ކުރިމަތިވެފައިވާ ހިތްދަތިކަމުން އޭނަ މިންޖުކޮށްދެއްވުމަށް އެދިއެވެ. އެހެނީ ﷲ އީ މުއުމިނުން ކޮންމެ މޮޅިވެރިކަމަކުން ވެސް މިންޖުކުރައްވާ ރަސްކަލާނގެއަށްވާތީ ކަމަށް ދަންނަވަމުންނެވެ.

 

ކުރާ ކޮންމެ ދުޢާއެއް ފަދައިން އެ ދުޢާ ކުރެވުނު ވަގުތު ވެސް އިސާހިތަކު ނަބީހްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނަގެ ހިތްދަތިކަމާއި ފިކުރުތައް، ނުހަނު ކުޅަދުންވަންތަވެ ވޮޑިގެންވާ ފަރާތަކާއި ޙަވާލު ކުރެވިއްޖެކަން ޤަބޫލު ކުރެވުމުންނެވެ. ލިބުނު ހަމަޖެހުމާއިއެކީ ނަބީހް އެރޭ ވެސް 10 ވަރަކަށް މިނެޓް ވަންދެން ޤުރުއާން ކިޔަވަން އިނުމަށްފަހު، އޭރުވެސް މިސްކިތުގައި އިން އޭނަގެ ބޮޑުބޭބެއަށްވުރެ ކުރިން ގެއަށްދާން މިސްކިތުން ނިކުތީ، އޭގެ އަނެއްދުވަހަށް ނިންމަންޖެހޭ ފިލާވަޅުތައް ވެސް ހުރިކަން ހަނދާންކުރަމުންނެވެ.

 

ގެއަށް ގޮސް ކުރަންވީ ކަންތައް ސިކުނޑީގައި ރާވަމުން ނަބީހް މަގުން ހިނގާފައި ދިޔައިރު އެ މަދު މީހުން އުޅޭ ޞަރަޙައްދުގައި އޮތް ފަޅު މަގަށް ވެރިވެފައިވީ ހިމޭންކަމެކެވެ. އެ ހިމޭންކަމުގެ ތެރެއިން ކުއްލި ގޮތަކަށް އޭނަ ދަންނަ އިވިގެން ދިޔުމުން ނަބީހްގެ ފިޔަވަޅުތައް މަޑުޖެހުނެވެ.

 

“ވަޓް ޑޫ ޔޫ މީން އިތުރު އެލޮވެންސެއް ނުލިބޭނެއޭ ބްރޯ؟ ކިހާ ގިނަ މަޢުލޫމާތެއް ނައުފް ހޯދައިދިނީ؟” އެ އިވިގެން ދިޔަ ނައުފަލްގެ އަޑު ނޫން އެހެން އަޑެއް ނޫންކަން ނަބީހަށް ޔަޤީން ކުރެވުނެވެ. އެއާއިއެކު ފަހަތަށް ދެތިން ފިޔަވަޅު އަޅައިލަމުން ކަނާތް ފަރާތުން ފެންނަމުން ދިޔަ ގޯޅިއަށް ނަޒަރެއް ދިނީ އަޑު އައީ އެ ދިމާލުން ކަމަށް ވުމުންނެވެ. އެވަގުތު ނައުފް ހުރީ އަނެއް ފަރާތަށް އެނބުރި، ފޯނު ކަންފަތުގައި ޖައްސައިގެންނެވެ.

 

“ކަމޯން އާސިފްބެ! އެ ހަމްނާއަކު މަ އުޅެއުޅެ އެ މީހަކު އުޅޭ ތަނެއް ނުބުނެއޭ! ވަރަށް ދުރުދުރުން ވާހަކަ ދައްކާ އަންހެނެއް އެއީ ހުވާ…..އާނ ދެން އެބަ ބަލަން އޭނަ ހައްލައިލެވޭތޯ….ހައްލައިނުލެވުނިއްޔާ ބިރު ދައްކާނީ.” ނައުފަލް ބުނެލި ބަސްތައް އިވިފައި ނަބީހްގެ ބުމަގޮށްޖެހި، ގޮށްމުއްކެވުނެވެ.

 

ނަބީހް ބަލަބަލާ ހުއްޓާ ނައުފަލް ‘އޯކޭ’ އޭ ބުނެ ފޯނު ކަނޑައިލުމަށްފަހު އޭނައާއިވީ ފަރާތަށް އެނބުރިލިއެވެ. ނަބީހް ފެނުމާއިއެކު ނައުފަލް ހުއްޓުން އަރާކަމަށް ހެދިފައި ހުރިހާ ދަތްތައް ދައްކައިލިއެވެ.

 

“އަނހަ! މިއީ ކާކުބާ؟ މަންމަގެ ބަސްއަހާ ނަބީހްތަ؟” ނައުފަލް އާދައިގެ މަތިން މަލާމާތުގެ ރާގަކަށް ވާހަކަ ދައްކަމުން ނަބީހްގެ ކައިރިއަށް އައެވެ. އެހެނަސް އެއިން އެ ވަގުތު ނަބީހަށް ކުރި އަސަރެއްނެތެވެ.

 

“ދެންމެ ތި ވާހަކަ ދެއްކީ ކާކާ؟ ހަމްނާއަށް ކީއްކުރަން ތި ރާވަނީ؟” ނަބީހަށް ރުޅިވެރިކަމާއިއެކީ ދަތްކުނޑި ވިކަމުން އެ ސުވާލުތައް ކުރެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.

 

“އައްދެ! ދޮންކަލޯއަށް ރުޅިވެސް އަންނަން އެނގެނީތަ؟ ޕިސް ޕިސް….ދެން ރުޅިވެސް އަންނާނެތާ. ކަލޭ އެއްޒަމާނެއްގަ އެކީގަ ނިދަން ބޭނުންވި ކުއްޖާ މިއަދު މަށާއި އެކީގަ ވިއްޔާ އެހެރީ…މަށާއި އިންނަން ވެސް އިނދެފާނެ ކަންނޭނގެ އެ ހަމްނާ. އެހާވެސް މަށާއިހެދި މޮޔަވެފަ ހުންނަ އަންހެނެއް ވިއްޔާ…މަ ބޭނުންނުވިޔަސް އެހާ ހިސާބަށް މީތި ގެންދަންވީ ކަންނޭނގެ. ކަލެއަށް ވާ ގޮތެއް ބަލައިލަން…” ނައުފަލް އެ ޒާތަށް ވާހަކަ ދެއްކީ ޤަޞްދުގައި ނަބީހް ރުޅި އަރުވައިލުމުގެ މަޤްޞަދުގައެވެ. ނަބީހަށް އެކަން މާ ރަނގަޅަށް ވެސް އެނގުނެވެ. ހަމްނާއާއިމެދު ނައުފަލް ވާހަކަ ދެއްކި ގޮތުން ނައުފަލްގެ ޓީޝާޓުގައި ހިފައި ބިމަށް ޖަހައިލަން ސިކުނޑި ބުންޏެއްކަމަކު ނަބީހް އޭނަގެ އަތް އިސްނުކުރިއެވެ.

 

“ހަމްނާ އިންނާނީ ހަމްނާ ލޯބިވާ މީހަކާ އިން ޝާ ﷲ! ތީނަ ހީކުރަނީ ތިއީ މާ ރީތިވެފަ މާ މޮޅު މީހަކަށްވީމައޭތަ ހަމްނާ ތީނައާއިއެކީ އުޅެނީ؟ އެހެން ހީވަންޏާ ތިއުޅެނީ ބޮޑު އޮޅުމެއްގަ. ތީނަ މަތި އޮމާން ކޮށްގެން އުޅޭތީ ހަމްނާ ތީނަގެ ފަހަތުން އުޅެނީ! މަ ޔަޤީންކުރާނަން ހަމްނާގެ ކުރިމައްޗަށް ކަލޭގެ ޙަޤީޤަތް ގެނެވޭތޯ. އެދުވަހަކުން ހަމްނާ ތީނަ ދޫކޮށްފަ ދިޔައިމަ ނުރޯތި!”

 

ނަބީހަށް ވެސް ރުޅިވެރިކަމާއިއެކީ ބުނެވުނު ބަސްތަކުން ނައުފަލްގެ މޫނު ރުޅިން ރަތްވެގެން ދިޔައެވެ. ނައުފަލްގެ ކިބައިގައި ނަބީހް ފަދައިން ކެތްތެރިކަމެއްގެ ކަންފުޅެއްވެސް ނެތީތީ މާ ގިނައިރެއްނުވެ ނައުފަލްގެ ގޮށްމުށުގެ ހޫނު އެތިފަހަރެއް ނަބީހްގެ މޫނާއި އަމާޒުވެގެން ދިޔައެވެ. ނަބީހަކީ ޢާއްމު ގޮތެއްގައި އެފަދަ ތަޅައިލުންތަކުގައި ބައިވެރިވެފައިވާ ކުއްޖަކަށް ނުވުމުން ގަތް ބިރާއިއެކީ ދެލޯ މަރައިލުން ނޫންކަމެއް ނުކުރެވުނެވެ.

 

އެހެނަސް ނައުފަލްގެ އެ ގޮށްމުށް ނަބީހްގެ މޫނުގައި ޖެހުމުގެ ކުރިން ކޮންމެވެސް މީހަކު އައިސް ނައުފަލްގެ އަތުގައި ހިފިއެވެ. އެހިނދު ނައުފަލާއިއެކީ ލަސްލަހުން ލޯ ހުޅުވައިލި ނަބީހަށް ވެސް އެދިމާލަށް ބަލައިލެވުނެވެ. އެހިނދު އެތާހުރީ ދާރިސް ނޫން ދެވަނަ މީހެއް ނޫނެވެ.

 

ނުނިމޭ

The post ދާރިސް (ސަތާޅީސްވަނަ ބައި) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%90%de%a6%de%8c%de%a7%de%85%de%a9%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/feed/ 13 3118
ދާރިސް (ސަޔާޅީސްވަނަ ބައި) https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%90%de%a6%de%94%de%a7%de%85%de%a9%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/?utm_source=rss&utm_medium=rss&utm_campaign=%25de%258b%25de%25a7%25de%2583%25de%25a8%25de%2590%25de%25b0-%25de%2590%25de%25a6%25de%2594%25de%25a7%25de%2585%25de%25a9%25de%2590%25de%25b0%25de%2588%25de%25a6%25de%2582%25de%25a6-%25de%2584%25de%25a6%25de%2587%25de%25a8 https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%90%de%a6%de%94%de%a7%de%85%de%a9%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/#comments Sun, 19 Dec 2021 15:40:11 +0000 https://blog.storiesbyjana.com/?p=3115

“ހެހެ….ބަލަމާ ދެން ރަނގަޅުވަމުން ދާނެކަމަށް އިން ޝާ ﷲ! ހަމަ ޙަޤީޤަތުގަ ވެސް ހިބާއާއި ދިމާވި ފަހުން މާޒިން ހުންނަނީ ވަރަށް އުފާވެފަ. ވަރަށް އެންމެންނާއި އެކުވެރިވާ ހިތްވެފަ…ހިތަށްއަރަނީ…..”   މުނީރާއަށް ވާހަކަ ދައްކަމުން ގޮސް އެހާ ހިސާބަށް ހުއްޓައިލެވުނީ، ދާރިސްގެ ނަން ގަނެވެން އުޅުމުން ކުރެވުނު އިޙްސާސްތަކެއްގެ ސަބަބުންނެވެ. އޭނަ ބުނަން ޤަޞްދުކުރީ، މާޒިން ހިބާއާއި އެކީ އުޅޭއިރު އުފަލުން ހުންނަ ކަމަށް ވާނަމަ، ދާރިސް ވެސް ކުޑައިރު ހިބާއާއި އެކީ އުޅެފައިވާނީ އުފަލުގައިތޯއެވެ.   […]

The post ދާރިސް (ސަޔާޅީސްވަނަ ބައި) appeared first on Stories by Jana.

]]>

“ހެހެ….ބަލަމާ ދެން ރަނގަޅުވަމުން ދާނެކަމަށް އިން ޝާ ﷲ! ހަމަ ޙަޤީޤަތުގަ ވެސް ހިބާއާއި ދިމާވި ފަހުން މާޒިން ހުންނަނީ ވަރަށް އުފާވެފަ. ވަރަށް އެންމެންނާއި އެކުވެރިވާ ހިތްވެފަ…ހިތަށްއަރަނީ…..”

 

މުނީރާއަށް ވާހަކަ ދައްކަމުން ގޮސް އެހާ ހިސާބަށް ހުއްޓައިލެވުނީ، ދާރިސްގެ ނަން ގަނެވެން އުޅުމުން ކުރެވުނު އިޙްސާސްތަކެއްގެ ސަބަބުންނެވެ. އޭނަ ބުނަން ޤަޞްދުކުރީ، މާޒިން ހިބާއާއި އެކީ އުޅޭއިރު އުފަލުން ހުންނަ ކަމަށް ވާނަމަ، ދާރިސް ވެސް ކުޑައިރު ހިބާއާއި އެކީ އުޅެފައިވާނީ އުފަލުގައިތޯއެވެ.

 

އެ މަންޒަރު ލޮލަށް ސިފަވުމުން ވެސް އުފާވިއެއްކަމަކު ދާރިސްގެ ނަން ދުލާއި ހަމައަށް ގެންނަން މުނީރާއަށް ދަތިވިއެވެ. އޭނައާއިހެދި އެ ކުއްޖާ ތަޙައްމަލުކޮށްފައިވާ ދަތިތަށް ހިތަށް ގެނެވުމުން އެ ހިތް މޭތެރޭގައި އޮވެ ޖެހި ފިތި ބާރު ވަމުން ދިޔަ ކަހަލަ އިޙްސާސެއް ކުރެވެމުން ދިޔައެވެ. އޭގެ ސަބަބުން ދާރިސްއާއި ބެހޭ ސުވާލެއް ކޮށްލުމުގެ ޙައްޤުވެސް އޭނައަށް ލިބިގެންނުވާކަމަށް ހިތާހިތުން ބުނެވުނެވެ. ހިބާއާއި ބައްދަލުވީއްސުރެ ދާރިސްގެ ވާހަކަ ދައްކަން ކެތްމަދުވެފައިވިއެއްކަމަކު، އެކަމަށް ނުކުޅެދުނީ އެހެންވެއެވެ.

 

“ހިތަށްއަރަނީ؟” މުނީރާއަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ ހިބާ އެ ސުވާލުކޮށްލުމުންނެވެ. އޭގެ ޖަވާބަކަށް އަނެއްކާވެސް ދާރިސްގެ ނަން ކިޔަން ޖެހޭކަން އެނގުންވުމުން މުނީރާ ވާހަކަ އޮޅުވައިލަން ބޭނުންވިއެވެ.

 

“ހް…ހެހެ…އެއީ މާ ބޮޑު ވާހަކައެއް ނޫން…ހިބާ ބުނެބަލަ. ދެން މާޒިންއާއި ބެހޭގޮތުން ހިބާ ބުނަން ބޭނުންވާ އެހެން ވާހަކައެއް އެބައޮތްތަ؟” މުނީރާ އެހެން އަހައިލީ، މި ބައްދަލުވުމުގައި ދާރިސްގެ ވާހަކަ ދެއްކުމުގެ ޚިޔާލު ބަދަލުކުރަމުންނެވެ. އެކަމަށްޓަކައި އަދި އޭނަ އިތުރު ހިތްވަރެއް އެއްކުރަން ޖެހޭކަން ދަނެގެންނެވެ.

 

އޭނަގެ އެ ސުވާލަށްފަހު ވެސް ހިބާ ދެއްކި އިތުރު ވާހަކަތަކުގެ ތެރެއިން ދާރިސްގެ ވާހަކަ ނައުމުން މުނީރާގެ ހިތަށް ހަމަޖެހުމެއް ލިބުނީ އެހެންވެއެވެ. ހިބާ ސުވާލެއް ކޮށްލަންތޯ އެހުމަށްފަހު ވެސް ދާރިސްގެ ބަދަލުގައި ހިބާގެ ބައްޕައާއިމެދު ސުވާލުކުރުމުން މުނީރާއަށް ފަސޭހަކަމާއިއެކީ ޖަވާބު ދެވުނީ އެހެންވެއެވެ. އެހެނަސް ވަކި ހިސާބަކުން ހިބާ ދައްކަން ފެށި ވާހަކައިން އަނެއްކާވެސް މުނީރާގެ ހިތަށް އުދަގޫވާން ފެށިއެވެ.

 

“ހަމަ އަސްލުވެސް…..ބައްޕަ ނޭނގޭ މީހުންނަށް ވެސް އެތައް ބައިވަރު އެހީއެއް ވެދޭނެ. އަހަރެން ކުޑައިރު ކޮންމެވެސް ފިރިހެން ކުއްޖަކު ވެސް ގެއަށް ގެނެސް އަހަރެންގެ ކޮޓަރި ދީގެން ގެންގުޅުނު….” ހިބާ ދެއްކި އެ ވާހަކައާއިއެކީ މުނީރާގެ ލޯ ބޮޑުވެ ހިތް ކެތްމަދުވެގެން ދިޔައެވެ.

 

“ރަނގަޅަށް އުޅުނުތަ އެ ކުއްޖާ ތި ގޭގަ؟ ވަރަށް އުދަގޫ ކުރިތަ ހިބާއަށާއި ހިބާގެ ބައްޕައަށް؟” މުނީރާއަށް އެ ސުވާލުތައް ކޮށްލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ދާރިސްގެ ވާހަކަ ނުދައްކަން އޭނަ ނިންމި ނިންމުން ވެސް ކުއްލިއަކަށް ބަދަލުކުރެއްވިއްޖެކަން އެނގުންވީ ސުވާލުތައްކޮށް ނިމުނު ފަހުންނެވެ. އެ ސުވާލުތައް ކުރެވުނީ އޭނައަށް ދާރިސް މާ ރަނގަޅަށް ވެސް އެނގޭތީވެއެވެ. މާޙައުލު ބަދަލުވުމުން ދާރިސްގެ އުޅުމަށް އަންނަ ބަދަލުތައް ފެނިފައިވާތީވެއެވެ. ދާރިސްގެ އެ އުޅުން ފެނި ދާރިސް ދާ ކޮންމެ އާ މާޙައުލެއްގައި އުޅޭ މީހުންގެ ފަރާތުން ދާރިސްއާއި ކުރިމަތިވާ ގޯނާތައް ވެސް ފެނިފައިވާތީވެއެވެ. ޝަހީދަކީ އޭނަ ކިތަންމެ އިތުބާރުކުރާ މީހަކަށް ވިޔަސް މުނީރާއަށް އޭނަގެ ދަރިފުޅާއިމެދު ކަންބޮޑުވުން ނޫންކަމެއް ނުކުރެވެއެވެ.

 

“ނޫން އުދަގުލެއް ނުކުރޭ….ހަމަ ވަރަށް ބަސްއަހާ، ރަނގަޅު ކުއްޖެއް އެއީ. މާޒިން ގޮތަށް….މާޒިން މަންމައަށް ދާރިސް އެނގެނީތަ؟”

 

ހިބާ އޭނަގެ ސުވާލުތަކަށް ދިން ޖަވާބުތަކާއިއެކީ މުނީރާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެއްކަމަކު، ހިބާ ކޮށްލި އިތުރު ސުވާލުން އެ ހިނިތުންވުން ފިލައިދިޔައެވެ. ހިބާ ނުހަނު ސީރިއަސްކަމާއިއެކީ އޭނައާއި ދިމާލަށް ބަލަހައްޓައިގެން އިންނަން ފެށުމުން މުނީރާ ނުތަނަވަސްވާ ގޮތްވިއެވެ. ހިބާގާތު ޙަޤީޤަތް ކިޔައިދޭންވީތޯ ހިތަށްއެރިއެވެ. އެހެނަސް ދާރިސްއަކީ އޭނަގެ ދަރިފުޅު ކަމަށް ބުނެފިނަމަ ހިބާ ދާރިސްގެ ޢާއިލާއާއިމެދު ސުވާލުކުރާނެތާއޭ ހިތް ބުންޏެވެ. އޭނަގެ އެ ލޯބިވާ ދަރިފުޅާއިމެދު ހާމަ ގޮތެއްގައި އޭނައަށް ވާހަކަ ނުދެއްކޭ އެއް ސަބަބަކީ އެއީކަން، އެތައް ދުވަހެއްފަހުން އަނެއްކާވެސް އެނގުންވި ހިނދު، މުނީރާގެ މޭގައި ރިހުމެއް ހިނގައިލިއެވެ.

 

“ޖަވާބުދޭން އުދަގޫ ސުވާލެއް ކުރެވުނިއްޔާ ވަރަށް ބޮޑަށް މަޢާފަށް އެދެން…” ހިބާ އެހެން ބުނެލީ، މުނީރާގެ ލޮލުން ކަރުނަ ހިލެމުން ދިޔަހެން ހީވުމުންނެވެ.

 

ހިބާ އެހެން ބުނުމާއިއެކު އަމިއްލަ ޚިޔާލުތަކުގެ ތެރެއިން ނިކުމެވުނު މުނީރާ ބޯހޫރުވައިލިއެވެ.

 

“ނޫނޭ…..ދާރިސްއަކީ މާޒިން މަންމަ ވަރަށް ގާތުން ދަންނަ ކުއްޖެއް. އެކުއްޖާ ބަލާނެ މީހަކު ނެތިގެން އެ ދުވަސްވަރު ހިބާގެ ބައްޕަ މިރަށަށް ދާރިސް ގެނައީ….ހިބާ ހަނދާން ހުރިއްޔާ…ދާރިސް މި ރަށުގަ އުޅުނުއިރު ހިނގި ބައެއް ކަންތައް ކިޔައިދެވިދާނެތަ؟” މުނީރާ ލުއި ހިނިތުންވުމަކާއިއެކީ ސުވާލުކުރިއެވެ. ހިތާއި ދެކޮޅަށް ވެސް އެންމެ ފަހުން ދާރިސްގެ ވާހަކަ ދެކެވުމުން، އެ ވާހަކަތައް ކުރިއަށް ގެންދިޔުމަށް މުނީރާގެ ހިތް އެދުނެވެ.

 

“ހަނދާން އެބަހުރި ވަރަށް ރަނގަޅަށް. ދާރިސްއަކީ މީހަކަށް އެހާ ފަސޭހައިން ހަނދާން ނައްތައިލެވޭ ޒާތެއްގެ ކުއްޖެއް ނޫނެއްނު؟” ހިބާ އިތުރު ސުވާލެއް ނުކޮށް ރާގަކަށް އެހެން ބުނެލުމުން މުނީރާ ލުއި ގޮތަކަށް ހީލިއެވެ.

 

ކުރިމަތިން ފެންނަމުން ދިޔަ އަންހެން މީހާއަކީ ދާރިސްގެ މަންމަކަން ޔަޤީނާއި ގާތްވެފައިވާ ޙާލު، ހިބާ ދާރިސްގެ ވާހަކަތައް މުނީރާއަށް ކިޔައިދޭން ފެށިއެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔައިރު މުނީރާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް، ހިބާއަށް ހީވި ހީވުން އިތުރަށް ޔަޤީންކޮށްދިނުން ނޫންކަމެއް ނުކުރިއެވެ. ހިތުގައި އޮތް ސުވާލު ދުލާއި ހަމައަށް ގެންނަން ބޭނުންވިއެއްކަމަކު ހިބާ އެހެން ނެހެދީ، މުނީރާއަށް ވަގުތު ދިނުމަށެވެ. ދާރިސްއަށް ވެސް ވަގުތުދޭން ނިންމި ފަދައިންނެވެ.

 

މުނީރާއާއި ބައްދަލު ކުރުމަށްފަހު ހިބާ ގެއަށް ދިޔައިރު ދާރިސް ހުރީ ޢާއްމު ގޮތެއްގައި ގެއިން ބޭރަށް ދާއިރު ލައި އުޅޭ ކަހަލަ ގަމީހަކާއި ޖިންސެއްގައެވެ.

 

“ހާދަ ރީތިވެލައިގެން؟ ތަނަކަށް ދާންތަ؟” ހިބާ ގެއަށް ވަންނަމުން ސުވާލުކުރިއެވެ. އެހިނދު ދާރިސް ހިނިތުންވުމަކާއިއެކީ ތެދުވެގެން ގޮސް ހިބާގެ ކުރިމަތީގައި ހުއްޓިލިއެވެ.

 

“ހިބާ ތިކަން ނިންމާނީ….އަހަރެން މިހިރީ މިއަދު ވަރަށް ޑޭޓަކަށް ދާން ބޭނުންވެފަ…އަދި މަޣްރިބް ނަމާދު ޖެހެން ވަގުތު އެބައޮތް. ކުޑަ ވޯކެއް ޖައްސާލަން ހިނގާދޯ؟ ހިބާ މާ ބޮޑަށް ބަލިވެފަ ނޫނިއްޔާ އިނގޭ…” ދާރިސް ހިބާގެ ކޮނޑުގައި ހިފަހައްޓައިލަމުން ހިނިތުންވުމުގައި ހުރެ ބުންޏެވެ.

 

“ނޫން ބައްޔެއްނޫން….ތިއީ ހަމަ ރަނގަޅު ޚިޔާލެއް. ލެޓްސް ގޯ!” ހިބާ ވެސް ހިނިތުންވުމަކާއިއެކީ ބުންޏެވެ.

 

 

 

“ހުމް…..ގައިމު އަހަރެން ހިބާ ސްވިސްގަ އުޅުނުއިރު ގެންދިޔައިން ސްވިސްގެ ޓުއާރއަކަށް….ހިބާ އަހަރެން ނުގެންދަމެއްނު މި ރަށުގެ ޓުއާރއަކަށް؟ ސޯ އިޓްސް އޮންލީ ފެއާރ…” ދާރިސް ޝަކުވާކުރާ ކަމަށް ހެދެމުން ބުންޏެވެ.

 

“ހެހެ….މި ރަށުގަ ޓުއާރއަކަށް ގޮއްސަ ބަލާނެ މާ ގިނަ ތަންތަނެއް ނެތް….އެކަމަކު އަހަރެންގެ އޯސަމް ހަޒްބެންޑްއާއި އެކީގަ ދިޔައިމަ ކޮންމެ ތަނެއްވެސް އެންމެ ބެސްޓްވާނެތާ! ހިނގާ! އެބަ އަންނަން ކުޑަކޮށް ފްރެޝްވެލައިގެން…” ހިބާ ބުންޏެވެ. ދާރިސް ހިބާގެ އެ ވާހަކައަށް ބޯޖަހައިލި ހިނދު، ހިބާއަށް ނޭނގުނު ކަމަކީ ދާރިސްގެ އެ ހިނިތުންވުމުގެ ފަހަތުގައިވި ރިހުމެވެ.

 

ހިބާ އެދުވަހު ދިޔައީ ‘މުނީރާ’ ނަމަކަށް ކިޔާ އަންހެނަކާއި ބައްދަލުކުރަން ކަމަށް ބުނީއްސުރެ ދާރިސްގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. ސިކުނޑި ފުރިފައިވީ މާޒީގެ ހިތި ހަނދާންތަކުންނެވެ. އެ ހަނދާންތައް އާވެ ލޮލުން ކަރުނަ އޮހޮރުނު ވަގުތުކޮޅުތައް ވެސް ދިޔައެވެ.

 

އެހެނަސް ދާރިސް އެ ކަރުނަތައް ހިބާއަށް ދައްކާކަށް ބޭނުމެއް ނުވިއެވެ. ދެމީހުންގެ ގުޅުމުގެ އެހާ ރީތި ދުވަސްތަކުގައި އޭނައާއި ހެދި ހިބާ ނުތަނަވަސް ކުރުވާކަށް ދާރިސް ބޭނުމެއް ނުވީއެވެ. އަދި އަމުދުން އޭނަގެ ހިތަށް އުދަގޫކުރަމުން ދާ އިޙްސާސްތަކަކީ ކިޔައިދޭން ވެސް ފަސޭހަ އިޙްސާސްތަކަކަށް ނުވީތީވެއެވެ.

 

ނަތީޖާއެއްގެ ގޮތުން ދާރިސްގެ އެ އިޙްސާސްތަކާއިމެދު ހިބާއަށް ރޭކާވެސް ނުލައެވެ. އެދުވަހުގެ މެންދުރު އޭނަ މާޒިންގެ މަންމައާއި ބައްދަލުކުރަން އުޅޭ ވާހަކަ ބުނި ހިނދު ދާރިސްގެ މޫނުމަތިން ފެނުނު އަސަރު ހަނދާންވެފައި، އެ ބައްދަލުވުމުގެ ވާހަކަ ދާރިސްއަށް ކިޔައިދޭންވީތޯ ހިތަށްއެރިއެވެ. ހިބާ ހީކޮށްގެން ހުރީ ވެސް އޭނަ ގެއަށް އައުމާއިއެކު ދާރިސް އެފަދަ ސުވާލުތައް ކުރާނެ ކަމަށެވެ. އެހެނަސް ދާރިސް އެ ވާހަކަ ނުދެއްކުމުން ހިބާވެސް އެ ވާހަކަ ނުދައްކަން ނިންމިއެވެ. އެހެނަސް ދާރިސްއާއި މުނީރާ ކޮންމެވެސް އެއްގޮތަކަށް ބައްދަލު ކުރުވުމުގެ އެދުމެއް ހިބާގެ ހިތުގައިވިއެވެ.

 

ދާރިސްއާއި ހިބާ އެ ޚިޔާލުތައް އަމިއްލަ ހިތްތަކުގެ ތެރޭގައި ފޮރުވައިގެން ހަވީރު ހިނގައިލުމަށް ގެއިން ނިކުތީ ހިނިތުންވުންތަކާއި އެކީގައެވެ. އެ މަންޒަރު ހަމަ އެވަގުތު ކޮޓަރިން ނިކުތް ހަމްނާއަށް ފެނުނެވެ. ދޮންތައާއި ދޮންތަބެ ނުހަނު އުފަލާއިއެކީ އަތު ގުޅާލައިގެން ނިކުތްތަން ފެނި، އުފާވުމުގެ ބަދަލުގައި ހިތުގައި ނަފްރަތުގެ އިޙްސާސްތައް ވި ގޮތުން ޚުދު ހަމްނާ ވެސް އަމިއްލަ ނަފްސަށް ނުރުހުންވާ ގޮތްވިއެވެ. އެހެނަސް އެތައް ދުވަހެއް ވީއިރު ވެސް އޭނަ އެ އިޙްސާސްތައް ބަދަލުކުރުމުގައި ނާކާމިޔާބުވެފައިވެއެވެ.

 

ދޮންތަމެން ގެއިން ނިކުތްތަން ބަލަން ހުރެފައި ހަމްނާ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. އެ ހިނދު އޭނައަށް އިޙްސާސް ކުރެވެމުން ދިޔައީ އާދަޔާ ޚިލާފު އެކަނިވެރިކަމެކެވެ. ފަހަކަށް އައިސް އެ އެކަނިވެރިކަން އެއްފަހަރު ވެސް އޭނަ ދޫކޮށްނުލާ ފަދައެވެ. ސްކޫލްގައި އެކުވެރިންނާއި އެކީ އުޅޭއިރު ވެސް އަދި ގޭގައި ދޮންތަމެންނާއި އެކީ އުޅޭއިރު ވެސް އެ އިޙްސާސް އެ ގޮތުގައި ހުރެއެވެ. އޭގެ ފަހަތުގައިވާ ސަބަބުތަކާއިމެދު ވިސްނުމުން ހަމްނާއަށް ރުޅި އާދެވޭ ގޮތްވަނީ ދޮންތައަށެވެ.

 

ދޮންތަ މި ހުރިހާ ދުވަހު އޭނައާއި އެކީ އުޅެއުޅެފައި މީހަކާއި އިނުމަށްފަހު އޭނައަށް ވަގުތު ނުދޭކަމަށް ބުނެ އޭނަގެ ޝަކުވާ ކުރެއެވެ. އަދި އަމުދުން އެ ވެސް އޭނަގެ އެކަނިވެރިކަން ފިލުވުމަށް ރައްޓެހިވާން އުޅުނު ކުއްޖާއަށް ނުރުހުންތެރިކަން ފާޅުކުރުމަށްފަހުއެވެ. ނައުފަލަށް ފާޑުކިޔަން ދޮންތައަކީ ކާކުތޯ ހަމްނާގެ ހިތް ބުނަމުން ދެއެވެ. ފާޑު ކިޔަންޏާ ކިޔަންޖެހެނީ ދޮންތަ އެ އިނދެގެން އުޅޭ ފިރިހެން މީހާއަށް ކަމަށް ބުނެ ހަމްނާގެ ހިތް ހަޅޭއްލަވައެވެ. އޭނަގެ ޚިޔާލުތައް މިފަދަ ގޮތަކަށް ބައްޓަން ވެފައިވަނީ އެއްދުވަހު އޭނައާއި ނައުފަލާއި ދެމެދު ދެކެވުނު ވާހަކައަކުންނެވެ.

 

“ކޮބާ ހަމް އެއްކަލަ ދުވަހު ބުނީމެއްނު ދާރިސްއާއި ގުޅޭ ގޮތުން ކޮންމެވެސް ކަމެއް އެނގެއޭ؟” ނައުފަލް އެއްދުވަހަކު އޭނައަށް ގުޅާފައި އޭނަގެ ޙާލުވެސް ބެލުމެއްނެތި އެހިއެވެ. ނައުފަލް އެ ސުވާލުކޮށްލީ، ހަމްނާ ދެ ޚިޔާލެއްގެ މަތީގައި އިނދެ އެދުވަހު ނައުފަލް އޭނަގެ މެސެޖުތަކަށް ރިޕްލައި ނުކޮށްގެން ކޮށްލި މެސެޖާއި މެދުގައެވެ.

 

“އަ…އާނ…އެނގޭ.” ހަމްނާ ފޯނު ކަންފަތުގައި ޖައްސައިގެން ކިޔަވާ މޭޒުދޮށުގައި އިނދެ އެހެން ބުނެލީ ނުތަނަވަސްކަން ވެރިވެގެން ދިޔަ ހިތަކާއި އެކީގައެވެ.

 

“އެ މީހަކު ހުރި ތަނެއް އެނގޭތަ؟” ނައުފަލް އެހިއެވެ.

 

“އެނގ….ނައުފް ކީއްކުރަންތަ ދާރިސް ހޯދަން ބޭނުންވަނީ؟” ޖަވާބު ދިނުމުގެ ކުރިން ހަމްނާއަށް އަހައިލެވުނެވެ.

 

“ކޮންމެހެން ހަމްނާއަށް އެކަން އެނގޭކަށް ނުޖެހޭދޯ؟” ނައުފަލް ހިސާބެއްގެ ނުރުހުންތެރިކަމާއިއެކީ އެ ސުވާލުކޮށްލި އަޑަށް ހަމްނާގެ ދެބުމަ ކައިރިވިއެވެ. އެހިނދު ނައުފަލްއަށް ނުރުހުންވާ ގޮތްވިއެވެ. އެހެނަސް އެއްޗެކޭ ބުނަން ބޭނުމެއް ނުވީ ނައުފަލް އިތުރަށް ނުރުހުންވާން ނޭދުނީތީވެއެވެ.

 

“ޔާ އައިމް ޖަސްޓް….ކިއުރިއަސް. އަނެއްހެން….މާ ބޮޑަކަށް ނުއެއް އެނގޭ…” ހަމްނާ ކިތަންމެ ވަރަކަށް ނައުފަލް އުފާކޮށްދޭން ބޭނުންވިއެއްކަމަކު ދޮންތަމެން ސިއްރުކުރަން ބުނި ކަމެއް ހާމަ ކުރާކަށް ވެސް ބޭނުމެއްނުވިއެވެ.

 

“ދެންމެ އެނގެއޭ ހަމް ބުނަން އުޅުނުހެން ހީވި….ލޯބި ދޮގު ހަދަނީތަ އަހަންނަށް؟”

 

“ން….ނޫނޭ. ހަމަ އަސްލުވެސް މާ ބޮޑަކަށް ނޭނގޭ…”

 

“ހަމް ހާދަ ފޮރުވަން އުޅޭހެން އެބަ ހީވޭ….ބަޔަކު ބުނީތަ އޭނަގެ ކަންތައް ފޮރުވައިގެން އުޅޭށޭ؟ ވާއި ޑޫ ޔޫ ތިންކް ދޭއި އާރ ސޭއިންގް ދެޓް؟ ބިކޯޒް ހީ އިޒް އަ ކްރިމިނަލް!”

 

ނައުފަލް ބުނެލި ފަހު ބަސްތަކާއިއެކީ ހަމްނާގެ ލޯ ބޮޑުވެ، ހިތުގެ ތެޅުން އަވަސްވިއެވެ. ނައުފަލް އެ ބުނި ބަސްތަކާއިމެދު ސުވާލު އުފައްދަން ހިތަށް ވެސް ނައީ، ނައުފަލްއަށްޓަކައި އެ ހިތުގައިވި އިޙްސާސްތަކުގެ ވަރުގަދަކަމުންނެވެ.

 

“އޭނަ މަރުވި ޚަބަރުތައް ވެސް ފަތުރާފަ ހުރީ އޭނަ އަމިއްލައަށް. ހީ އިޒް އަ ޑޭންޖަރަސް މޭން އައިމް ޓެލިންގް ޔޫ….ހަމް އާއި މެދު ކަންބޮޑުވާތީ މި ބުނަނީ. އޭނައާއި މެދު އިތުރަށް ހޯދާފަ އަހަންނަށް ކިޔައިދިނީމަ އަހަންނަށް ވެސް އެނގޭނީ ދެން ހަދަންވީ ގޮތެއް….ހަމް އަދިވެސް ހޯދާލަބަލަ އޭނަ ކަމަށް ތި ޝައްކު ކުރެވޭ މީހަކާއިމެދު. އަހާބަލަ އޭނަގެ މަންމަ އުޅުނުހޭ ހަމްނާގެ ބައްޕަގެ ވިޔަފާރީގެ ތެރޭގަ….” ނައުފަލް ދެއްކި ވާހަކަތަކުން ހަމްނާއަށް ޤަބޫލުކުރަން ވެސް ދަތިވެފައި އިނދެވުނެވެ. ވާހަކައިގެ ފަހުކޮޅުން ނައުފަލް ކަމަކަށް އެދުމާއިއެކު އެއަށް އާނބަސް ދެވުނީ، ފުރަތަމަ ފަހަރަށް ފިރިހެން ކުއްޖެއްގެ ފަރާތުން ‘ރައްކާތެރިކަމެއް’ އިޙްސާސް ކުރެވުމުންނެވެ.

 

އެދުވަހުން ފެށިގެން ނައުފަލް އެދެމުން ދިޔަހާ މަޢުލޫމާތެއް ހަމްނާ ނައުފަލްއަށް ދެމުން ދިޔައެވެ. އެހެނަސް ދާރިސްބެ ހުރިތަން އަންގަން އެއްގޮތަކަށް ވެސް ނުކެރުނެވެ. ވެފައިވާ ވަޢުދަކާއި ޚިލާފުވުމަކީ ހަމްނާއަށް ނުހަނު ދަތިކަމަކަށްވާތީވެއެވެ. އެކަމާއިމެދު ވެސް ހަމްނާ އަމިއްލަ ނަފްސަށް ނުރުހުންވާން ފަށާފައިވެއެވެ. އޭނަގެ ދިރިއުޅުން އުޅެން ޖެހޭނީ ނައުފަލް ރުހޭ ގޮތަކަށް ކަމަށް އޭނަގެ ހިތަށް ވިސްނިފައިވުމުންނެވެ. އޭނަގެ ހުރިހާ އުފަލެއް ގުޅިފައިވަނީ ނައުފަލްއާއި ކަމަށް ޤަބޫލުކުރެވިފައިވުމުންނެވެ.

 

ހިތުގައި ނޭދެވޭ އިޙްސާސެއް އުފެދޭއިރަށް ހަމްނާ ނައުފަލް މަތިން ހަނދާންވަނީ އެހެންވެއެވެ. ނައުފަލްއަށް އޭނަ އެ ނޭދެވޭ އިޙްސާސްތަކުން ރައްކާތެރިކޮށްދެވިދާނެހެން ހީވާތީވެއެވެ. އެ ވަގުތުވެސް ނައުފަލްއަށް ގުޅައިލަން ހިތަށް އެރުމާއިއެކު ޖިންސްގެ ޖީބުގައި އޮތް ފޯނު ނެގުނެވެ. އަދި އަވަސްއަވަހަށް ނައުފަލްގެ ނަންބަރު ޑައިލްކޮށްލަމުން އެ ނަންބަރަށް ގުޅައިލެވުނެވެ. އެ ކޮޅުން ރިންގުގެ އަޑު ދެ ތިން ފަހަރު އިވުމަށްފަހު އެ ނަންބަރު ބިޒީކަމަށް އިވެން ފެށިއެވެ.

 

މިއީ އެއްގޮތަކަށް ވެސް އާ ކަމެއް ނޫނެވެ. ނައުފަލްއާއި ރައްޓެހިވި ފަހުން އެތައް ފަހަރެއްގެ މަތިން ނައުފަލް އޭނަގެ ކޯލުތައް މިފަދައިން ބިޒީކޮށްފައިވެއެވެ. އެހެނަސް އެގޮތަށް ކަންތައްވާ ކޮންމެ ފަހަރަކުހެން އެ ފަހަރު ވެސް ހަމްނާގެ ހިތް ހަލާކުވެގެން ދިޔައެވެ. ތިމާގެ ހުރިހާ ލޯތްބަކާއި އުފަލެއް ގުޅިފައިވާ ފަރާތް ތިމާއަށް ފަސް ދިނުމުން އިޙްސާސް ކުރެވޭނީ އެފަދައިން ނޫން ހެއްޔެވެ؟

 

ނައުފަލް އޭނައަށް ފަސްދިނުމާއިއެކު ސިކުނޑިއަށް ވެރިވެގެންދާ ނާއުއްމީދާއި އެކީ ހަމްނާ އޭނަގެ ޙަޔާތުގައި ހިނގަމުންދާ ހުރިހާ ނޭދެވޭ ކަންތައްތަކެއްގެ މަތިން ހަނދާންވިއެވެ. ދޮންތަ ‘ނުލަފާ’ މީހަކާއި އިނދެގެން އުޅުމެވެ. އެމީހަކު އޭނައާއި އެއްގެއެއްގައި އުޅޭ އުޅުމެވެ. ނައުފަލް ކުޅެއުޅޭ ލަދުކުޑަ ޓިކްޓޮކްތަކާއިމެދު އޭނަ ހިތްހަމަނުޖެހުމެވެ. މި ހުރިހާ ކަންތައްތަކާއިމެދު ފިކުރު ކުރުމުގެ ސަބަބުން އޭނަގެ ކިޔެވުން ވެސް ދަށްވެ އޭނަގެ މުދައްރިސުން އެކަމަށް އަލި އަޅުވާ ގޮތެވެ. ދޮންތައަށް އެކަން ވެސް ފޮރުވައިގެން އުޅެންޖެހޭ ޖެހުމެވެ.

 

މި ހުރިހާ ކަމެއް އެކުއެކީގައި ސިކުނޑީގައި އެނބުރެން ފެށުމުން ބޮލުގައި އުފެދުނު ރިހުމާއި، މެއާއި ދިމާލުން އިޙްސާސް ކުރެވުނު ވަރުބަލިކަމުން ހަމްނާއަށް ހުރި ތަނަށް ތިރިވެ، ބިންމަތީގައި އިށީނދެވުނެވެ. އެހިނދު ކީއްވެ ކަމެއް ނޭނގެއެވެ. ހަމްނާގެ ހަނދާނަށް އައީ އެއްދުވަހު ނަބީހް އޭނަގެ އެކުވެރިއެއް ކައިރީގައި ދައްކާތީ އިވުނު ވާހަކައެކެވެ.

 

“ޑިޕްރެޝަނޭތަ ޑޫޑް؟ އައި ފީލް ބޭޑް ފޯ ހިމް! ދެން ކިހިނެއް ހަދާށޭ ޑޮކްޓަރު ބުނީ؟” ނަބީހް އެހެން ބުނެލީ އެއްދުވަހެއްގެ އިންޓަވަލް ގަޑީގައި އެކުވެރިއަކާއި އެކީ ބެންޗެއްގައި އިނދެއެވެ. ހަމްނާއަށް އެ އަޑު އިވިފައި ފިޔަވަޅުތައް މަޑުޖައްސައިލަމުން އެ ބެންޗުގެ ފަހަތުގައި އެމީހުންނަށް ބަލަން ހުރެވުނެވެ.

 

“ޑޮކްޓަރު ދިނީ ބޭސް. ދެން ބުނީ ރެގިއުލާރކޮށް ކައުންސެލިންގް ސެޝަންތަކަށް ދާށޭ….އައިމް ސޯ ވޮރީޑް މޭން! މި ވާހަކަ އެހެން އެއްވެސް މީހެއްކައިރި ނުބުނަން އެކަމަކު….ބްރޯ އެ އަންހެން ކުއްޖަކު ނުލިބިގެން އަމިއްލައަށް މަރުވާންވެސް މަސައްކަތް ކުރި…” ނަބީހްގެ އެކުވެރިޔާ މާޔޫސީ ގޮތަކަށް ބުންޏެވެ.

 

“ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އިން ޝާ ﷲ! ޤަވާއިދުން ބޭސްކައިގެން އެ ސެޝަންތަކަށް ދާން ބޭބެއަށް ހިތްވަރުދީ! އަދި ބުނަން، މިހެން ދޭތެރެއަކުން ރޭންޑަމްކޮށް ޚަތިމް ހުޅުވާފަ ބޭބެއަށް އާޔަތެއް ކިޔައިދީ އެ އާޔަތުގެ މާނަވެސް ކިޔައިދީ….އޭރުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބަސްފުޅު އިވިފަ ވެސް ހިތަށް ހަމަޖެހުމެއް ލިބޭނެ އިން ޝާ ﷲ!”

 

ނަބީހް އެދުވަހު އެ ބުނެލި ބަސްތަކާއިއެކީ ހަމްނާއަށް އަސަރެއް ނެތް ގޮތަކަށް ހީލަމުން ކަޅި މައްޗަށް ހިންގައިލެވުނެވެ. ނަބީހް ކަހަލަ މާ ދީންވެރިވެގެން އުޅޭ މީހުންނަށް ނަފްސާނީ ބަލިތަކުގެ ޙަޤީޤަތް ނޭނގެނީތާއޭ ހިތާހިތުން ކިޔައިލެވުނެވެ. ދީންވެރި މީހުންނަށް ކިރިޔާ ކިޔެވޭނީ ޤުރުއާނާއި ސުންނަތްހެން ހަމްނާއަށް ހީވެފައިވާތީވެއެވެ. ދުނިޔޭގެ އެހެން އެއްވެސް ޢިލްމެއްގެ ޙަޤީޤަތް އޭގެއިން މީހަކަށް ނޭނގޭނެކަމަށް ޔަޤީން ކުރެވިފައިވާތީވެއެވެ.

 

އެވަގުތުވެސް ނަބީހްގެ އެ ހަނދާން އާވެގެން ދިޔުމުން ހަމްނާގެ ސިކުނޑިއަށް ވެރިވީ އެފަދަ ޚިޔާލުތަކެވެ. އެހެނަސް އެވަގުތު ހިތަށްވެރިވެފައިވި މާޔޫސްކަމެއް ބޮޑުކަމުން ކަންނޭނގެއެވެ. ސަމާސާއެއްގެ ގޮތުގައި ވިޔަސް ނަބީހް އެ ބުނި ބަސްތަކާއި އެއްގޮތަށް ޢަމަލުކުރަން ބޭނުންވިއެވެ. އެކަމަށްޓަކައި ކޮޅަށް ތެދުވެ އެނދުގެ ކައިރީގައި ހުރި އަރިމަތީ މޭޒާއި ދިމާލަށް ދާން ފެށި ހިނދު، އެ ބަސްތަކުގައި ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް ވެދާނެކަމަށް ހިތް ބުންޏެވެ. އެހެނީ ނަބީހަކީ ވެސް އޭނަ ލޯބިވާ ކުއްޖާ ނުލިބިގެން ފުދޭވަރަކަށް ދުވަސްވަންދެން އުޅެފައި ހުރި ކުއްޖެކެވެ. އެހެނަސް ނަބީހް އުފަލުން ނޫން ގޮތަކަށް އުޅޭތަން ހަމްނާއަށް އެއްފަހަރު ވެސް ފެނިފައެއް ނުވެއެވެ. ނަބީހްގެ މޫނުމަތިން އަބަދުހެން ހިނިތުންވުމެއް ފެންނަން ހުރެއެވެ. ނަބީހްގެ އެކުވެރިން އެހާ ގިނައީ އެމީހުން ހިތްވަރު ލިބިގަންނަން ދަނީ ނަބީހްގެ ކައިރިން ކަމަށްވުމުންނެވެ. މި ހުރިހާ ކަމެއްގެ ފަހަތުގައިވަނީ ނަބީހް އެ ބުނާ ޤުރުއާނުގެ އާޔަތްތައްތޯ ހިތަށްއެރިއެވެ.

 

އެ ޚިޔާލާއިއެކީ ހަމްނާގެ ހިތަށް އާދަޔާ ޚިލާފު އިޙްސާސްތަކެއް ކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން އެނދުގައި އިށީނދެ، އެތައް ދުވަހެއް ފަހުން އަރިމަތީ މޭޒުމަތީގައި ބޭއްވިފައި އޮތް ޤުރުއާނުގެ ތަފްސީރު ފޮތް ނެގުނީ ޖެހިލުންވުމަކާއިއެކީގައެވެ.

 

ފޮތް ނަގައި އޭނަ އެންމެ ފަހުން ހުއްޓި ހިސާބުން ކިޔަން ޚިޔާލުކޮށްފައިވެސް، ނަބީހްގެ ބަސްތައް ހަނދާންކުރަމުން ހަމްނާ ވަކި މާ ބޮޑު ޚިޔާލެއް ނެތި މެދުން ޒާތަކަށް އިނގިލި އަޅައި އެ ފޮތް ހުޅުވައިލިއެވެ. އެއަށްފަހު އެ ޞަފްޙާއިން ފެނުނު ފުރަތަމަ އާޔަތަށް ބަލައިލިއެވެ. އެ ޞަފްޙާގައި އާޔަތްތައް ހުރީ އަންބިޔާ ސޫރަތުގެ 87 ވަނަ އާޔަތުން ފެށިގެންނެވެ.

 

އެ އާޔަތުގެ މާނަ ކިޔަން ފެށުމާއިއެކު ހަމްނާގެ ނޭވާ ހުއްޓުނެވެ. އެ އާޔަތް ނިމި ކުރިއަށް ހުރި އާޔަތްތަކުގެ މާނަ ކިޔުނު ކިޔުނުހެން އެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައީ، އޭނަގެ އިޙްސާސްތައް އޭނައަށްވުރެ ވެސް މޮޅަށް ދެނެވޮޑިގެންވާ ފަރާތެއް ވާކަން އިޙްސާސް ކުރެވުމުންނެވެ.

 

“މައި ލޯޑް، ޑު ނޮޓް ލީވް މީ އެލޯން….މައި ލޯޑް، ޑު ނޮޓް ލީވް މީ އެލޯން.” ހަމްނާއަށް ހިތާހިތުން އެ ބަސްތައް ތަކުރާރުކޮށް ކިޔެން ފެށިހެން އެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. ދާދި ދެންމެއަކު އޭނަގެ ހިތް ވަށާލެވިފައިވި އެކަނިވެރިކަން ކުއްލިއަކަށް ނެތިދިޔަ ކަހަލަ އިޙްސާސެއް ކުރެވުނު ގޮތުން ޚުދު އޭނަ ވެސް ޙައިރާންވާހާވިއެވެ.

 

ނުނިމޭ

The post ދާރިސް (ސަޔާޅީސްވަނަ ބައި) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%90%de%a6%de%94%de%a7%de%85%de%a9%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/feed/ 9 3115
ދާރިސް (ފަންސަޔާޅީސްވަނަ ބައި) https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a6%de%94%de%a7%de%85%de%a9%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/?utm_source=rss&utm_medium=rss&utm_campaign=%25de%258b%25de%25a7%25de%2583%25de%25a8%25de%2590%25de%25b0-%25de%258a%25de%25a6%25de%2582%25de%25b0%25de%2590%25de%25a6%25de%2594%25de%25a7%25de%2585%25de%25a9%25de%2590%25de%25b0%25de%2588%25de%25a6%25de%2582%25de%25a6-%25de%2584%25de%25a6%25de%2587%25de%25a8 https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a6%de%94%de%a7%de%85%de%a9%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/#comments Wed, 15 Dec 2021 15:22:28 +0000 https://blog.storiesbyjana.com/?p=3108

އާދައިގެ މަތިން ދާރިސްގެ ސޫރައިގެ ކައިރިން އިނގިލި ހިންގައިލުމަށްފަހު މުނީރާ ހިބާގެ ސޫރައަށް ބަލައިލިއެވެ. އޭނައަށް ދާރިސްއާއި ހަމައަށް ދެވޭނެ ގޮތަކީ ހިބާކަމަށް އޭނަގެ ހިތް ބުނަމުން ދަނީ ހިބާ ފެނުނު ދުވަހުއްސުރެއެވެ. ދާރިސް ވީ ތަނެއް ހިބާއަށް އެނގިދާނެބާއޭ އެވަގުތު ވެސް މުނީރާގެ ހިތް ސުވާލުކުރިއެވެ.   **   އެދުވަހުގެ ފަތިސް ނަމާދަށްފަހު ހިބާ ހެނދުނުގެ ސައި ތައްޔާރު ކުރުމަށްފަހު ފެންވަރަން އަނބުރައި ކޮޓަރިއަށް ދިޔައިރުވެސް ދާރިސްއަށް ހޭނުލެވެއެވެ. އެހެންޏާ ފަތިސް ނަމާދަށްފަހު ނުނިދާ […]

The post ދާރިސް (ފަންސަޔާޅީސްވަނަ ބައި) appeared first on Stories by Jana.

]]>

އާދައިގެ މަތިން ދާރިސްގެ ސޫރައިގެ ކައިރިން އިނގިލި ހިންގައިލުމަށްފަހު މުނީރާ ހިބާގެ ސޫރައަށް ބަލައިލިއެވެ. އޭނައަށް ދާރިސްއާއި ހަމައަށް ދެވޭނެ ގޮތަކީ ހިބާކަމަށް އޭނަގެ ހިތް ބުނަމުން ދަނީ ހިބާ ފެނުނު ދުވަހުއްސުރެއެވެ. ދާރިސް ވީ ތަނެއް ހިބާއަށް އެނގިދާނެބާއޭ އެވަގުތު ވެސް މުނީރާގެ ހިތް ސުވާލުކުރިއެވެ.

 

**

 

އެދުވަހުގެ ފަތިސް ނަމާދަށްފަހު ހިބާ ހެނދުނުގެ ސައި ތައްޔާރު ކުރުމަށްފަހު ފެންވަރަން އަނބުރައި ކޮޓަރިއަށް ދިޔައިރުވެސް ދާރިސްއަށް ހޭނުލެވެއެވެ. އެހެންޏާ ފަތިސް ނަމާދަށްފަހު ނުނިދާ ދާރިސް އެހާ ގަދަ ނިންޖެއްގައި އޮތީ ރޭ ރަނގަޅަށް ނުނިދޭތީވެކަން ހިބާއަށް އެނގުންވިއެވެ. ދާރިސްއަށް ނުފެނި ގެއިން ނިކުމެގެން ދާންވުމުން ހިބާގެ ހިތް ދެރަވެފައި ވަނިކޮށް، ހިބާ އޭނަގެ ބުރުގާގައި ފަހު ޕިންތައް ހަރުކުރަމުން ދިޔަ ވަގުތު ދާރިސްއަށް ހޭލެވުނެވެ.

 

ދާރިސް އެނދުން ތެދުވަމުން ދިޔަ ވަގުތު ހިބާ ވެސް އެދިމާލަށް އެނބުރިލުމުން ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އެއާއިއެކު އެ ދެމެދުގައި ހިނިތުންވުންތައް ވެސް ބަދަލުވިއެވެ.

 

“ނިދި ގަދަ ދުވަހެއްދޯ؟ މިހާރު ފޯނުގަ ހުންނާނެ މީހަކު ޑިލީޓްކުރަން ބޭނުންވާ ބައިވަރު ފޮޓޯ!” ހިބާ ދާރިސްގެ ކައިރިއަށް ގޮސް ހުއްޓިލަމުން ރާގަކަށް ބުންޏެވެ. ހިބާ އެ ފަހު ބަސްތައް ބުނުމުގެ މަޤްޞަދު ހާސިލުވެގެން ދިޔައީ ދާރިސް ލުއި ގޮތަކަށް ހީލުމުންނެވެ.

 

“މެސިންގް ވިތް ދަ ރޯންގް ޕާރސަން ޔޫ އާރ! ކިތަންމެ ޕްރައިވަސީ ސެޓިންގްއެއް ހަދާފަ ހުއްޓަސް އިސްމާޢީލް އީތަންއަށް ތި ފޯނުގެ ސިސްޓަމް ތެރެއަށް ނުވަދެވޭނެހެން ހީވޭ؟” ދާރިސް ވެސް އެ ސަމާސާގައި ބައިވެރިވަމުން ރާގަކަށް ބުނެލީ ހިބާ އޭނަގެ ކައިރިއަށް ގެނެސް، ލުއި ގޮތަކަށް ހިބާގެ ގައިގައި ބައްދައިލަމުންނެވެ.

 

“އޮހް! އައި ބެޓާރ ވޮޗް މައިސެލްފް….ބިރުވެރިކަމެއް ތިއީ!”

 

“ހެހެ….މިހެން ބުންޏަސް ނުވަންނާނެކަން އެނގެއެއްނު؟ އަދި ވަދެލިޔަސް އެ ފޮޓޯ ޑިލީޓްކުރުން ނޫންކަމެއް ނުކުރާނަން. އެއްވެސް މެސެޖަކަށް ވެސް ބެލުމެއް ނޯންނާނެ…..”

 

“އަސްލުވެސް؟ ހަމަ އެހާވެސް އިތުބާރުކުރަން އަހަންނަށް؟”

 

“ހުމް….ވަރަށް ގިނަ ދުވަސްފަހުން އަހަންނަށް އިތުބާރުކުރަން މި ދަސްވީ….ބައެއްފަހަރު ވަރަށް ކައިރީގައި އުޅޭ މީހުން ވެސް އަހަރުމެން ދޫކޮށް….ދޭ ދޯ؟”

 

ދާރިސް އެ ބުނެލި ފަހު ބަސްތަކާއިއެކީ އެ އަޑު ކެނޑިގެން ދިޔަދިޔަހެން އެ މޫނުމަތީގައިވި ހިނިތުންވުން ވެސް ފޭދިގެން ދިޔައެވެ. އިސާހިތަކު އެ މޫނުމަތި ބަނަވެ، ދާރިސްގެ އިސްޖެހިގެން ދިޔުމުން ހިބާ ދާރިސްގެ މޫނުގައި ދެ އަތުން ހިފަހައްޓައިލިއެވެ.

 

“އެހެން މީހެއްގެ ގޮތެއް ނޭނގޭ….ހަމަ ގައިމުވެސް އަހަރެން ދާރިސް ދޫކޮށްފަ ދާކަށް ނެތިން. މި ކަހަލަ ކޫލް ފިރިއެއް އަހަރެން ދެން ހޯދާނީ ވެސް ކޮން ތަނަކުން؟” ހިބާ އަނެއްކާވެސް ސަމާސާ ރާގެއް އެޅުވީ ދާރިސް ހެއްވާލެވޭތޯއެވެ. އެކަން އަނެއްކާވެސް ކާމިޔާބުވާ ގޮތްވިއެވެ.

 

“ހެހެ….ޔޫ އާރ ރައިޓް! އަހަންނަށް ވެސް ނޭނގެ މިކަހަލަ އަމޭޒިންގް އަނތްބަކު ދެން ލިބޭނެ ތަނެއް. ސޯ ލެޓްސް ނޮޓް ކޮމްޕްލިކޭޓް ތިންގްސް…” ދާރިސް ބުންޏެވެ. ހިބާ އެ ވާހަކައަށް ބޯޖަހައިލުމުން ދާރިސް ހިބާގެ ނިތުގައި ބޮސްދިނެވެ. ދާރިސް އޭނައާއި ދުރުވެލުމުން ހިބާވެސް ދާރިސްގެ ކޯތާފަތުގައި ބޮސްދިނެވެ. އެއަށްފަހު ހިބާ ފަހު ފަހަރަށް ދާރިސްއާއި ހިނިތުންވެލަމުން ސްކޫލަށްދާން ނިކުތެވެ.

 

އެދުވަހު ހިބާއަށް ފުދޭވަރަކަށް އަވަހަށް ސްކޫލަށް ދެވުނީތީ ކުދިން އައުމުގެ ކުރިން ވެސް ހިބާ ކުލާހުގައި އިނެވެ. އާދައިގެ މަތިން ކުލާހަށް ވަންނަމުން ދިޔަ ކުދިންގެ ސަލާމަށް ޖަވާބު ދެމުން ހިބާ ހިނިތުންވުންތައް ހަދިޔާ ކުރަމުން ދިޔައެވެ. އެތައް ދުވަހެއް ފަހުން ހިބާ އެނބުރި އައުމުން އެކުދިން ވަނީ ނަޝާއާއި އެކީ ހިބާއަށް މަރުޙަބާ ކިޔަން ކުލާހުގައި ކޭކެއް ވެސް ފަޅާފައެވެ. އެ އުފާވެރި ވަގުތުކޮޅަށްފަހު މިއަދު ވެސް އެކުދިން ހިބާއަށް ދެމުންދާ ހިނިތުންވުންތައް އިހުނަށްވުރެ އުޖާލާކަމަށް ނަޝާ ވެސް ހިބާގެ ކައިރީގައި ހުރެގެން ބުންޏެވެ.

 

ކުދިންތައް ވަންނަމުން ދިޔައިރު ހިބާއަށް ތަކުރާރުކޮށް ބޯދިއްކޮށް ދޮރާއި ދިމާލަށް ބެލެމުން ދިޔައީ މާޒިން ފެނޭތޯއެވެ. އޭނަ ދިޔުމުގެ ކުރިން މާޒިން ނުފެނުނު ގޮތުންނާއި، އޭނަ ބޭރުގައި ހުއްޓާ މާޒިންއަށް ބޮޑު އަނިޔާއެއް ލިބިފައިވާ ވާހަކަ އިވިފައިވާތީވެއެވެ. އަދި އަމުދުން މި ދެ ތިން ދުވަހަކު މާޒިންގެ މަންމަ ގުޅާފައި ބުނި ވާހަކައަކުން ވެސްމެއެވެ.

 

“މާޒިން މިހާރު ވާހަކަ ދައްކާތަ ނަޝާ؟” ހިބާ އެ ސުވާލުކޮށްލީ، ހުޅުވިފައިވި ކުލާހުގެ ދޮރަށް ބަލަން ތިރި ގޮނޑިއެއްގައި އިނދެއެވެ. އޭރު ކުލާހަށް އައިސްފައި ތިބި ކުދިން އެކުދިންގެ ‘ޖާރނަލް’ ފޮތްތައް ކަބަޑުތަކުން ނަގައިގެން އެކުދިންގެ މޭޒުދޮށުގައި މަޑުމައިތިރި ކަމާއިއެކީ ލިޔަން ތިއްބެވެ.

 

“ކުޑަކުޑަކޮށް މިހާރު ދައްކާ….ކުދިންނާއި ވާހަކަ ދައްކަނީ އަދިވެސް. އަހަންނާއި ވާހަކަ ދައްކަން ހިތަށް ވެސް ނާރުވާ….” ނަޝާ އެހެން ބުނެލީ ބޯޑުގައި ދުވަހުގެ ތާރީޚު ލިޔަމުން ދިޔަ ނަޝާ ތުން އޫކޮށްލަމުން ބުންޏެވެ.

 

“ހެހެ….މާޒިން މަންމަ ގުޅި އިހަކަށް ދުވަހު. ބުނި މާޒިން ހިބާ މިސް މަތިން ހަނދާންވެގެން އުޅޭ ވާހަކަ. ސްވިސްގަ ހުއްޓާ ވެސް މާޒިންގެ މަންމަ ނަންބަރުން އަހަންނަށް ކޯލެއް އައި….ރާއްޖެ އައިފަހުން އެ މަންމަ ގުޅާފަ ބުނީ އެއީ އަސްލު މާޒިންއޭ ގުޅީ. އަހަރެން އޭރު މެރީ ކޮށްގެން އުޅޭ ވާހަކަ އިވުނީތީ ދެން އެދުވަހު އިތުރަށް ނުގުޅަންވެގެންނޭ ބުނީ އޮޅުމަކުން ގުޅުނީއްޔޭ….ދެން އަހަރެން މިކޮޅަށް އައިފަހުން ވެސް މާޒިން ވާހަކަ ދައްކަން ބޭނުންވެގެން އެ މަންމަ ގުޅައިވެސް ދިން. އެކަމަކު އެދުވަހު މާޒިން ވާހަކައެއް ނުދައްކާ. އަހަރެން އެކިއެކި ވާހަކަތައް ދައްކާ ދައްކާ ވެސް އެންމެ ބަހެއް ވެސް ބުނެ ނުލި….ދެން ބަލަމާ މިއަދު ވާ ގޮތެއް.” ހިބާ ހިނިތުންވުމަކާއިއެކީ ވާހަކަ ދައްކަމުން ގޮސް އެ ފަހު ބަސްތައް ބުނެލީ ޝައުޤުވެރިކަމެއް އެކުލެވިގެންވާފަދަ ގޮތަކަށެވެ.

 

ހަމަ އެ ހިނދު މާޒިން ދޮރުމައްޗަށް އެރިތަން ފެނުމުން ހިބާ ތެދުވެލިއެވެ. މާޒިން އަމިއްލައަށް ސަލާމް ގޮވާފާނެއޭ ހިތައި ހިބާ އެއްޗެކޭ ނުބުނެ މާޒިންއަށް ބަލަން ހުއްޓެވެ. އެހެނަސް މާޒިން ހިބާއަށް ބަލަން ހުރި ގޮތަށް ހުރީއެވެ. ހިބާ ފެނުނު ފުރަތަމަ ފަޅި ސިކުންތުގައި ބޮޑުވެގެން ދިޔަ ލޯމަތިން އުފާވެރި ވިދުމެއް ފެނިގެން ދިޔައެވެ. އެހެނަސް މާޒިން ވަކި އެއްޗެކޭ ނުބުނެ އޭނަގެ އާދައިގެ މަތިން އެކި ދިމަދިމާލަށް ނަޒަރު ހިންގަން ފެށިއެވެ. މާޒިންގެ އެ ޙަރަކާތް ފެނި ހިބާއަށް ހިނިތުންވެލެވުނެވެ. އެއަށްފަހު މާޒިންގެ ކައިރިއަށް ދަމުން މާޒިން އަވަހަށް ވަދެގެން އަންނާށޭ ބުންޏެވެ.

 

މާޒިން އޭނައާއި އެހާ ވާހަކަ ދައްކާ ހިތުން ހުރި ވާހަކަ އިވިފައިވުމުން، ހިބާ ހީކުރީ އެދުވަހުގެ ކުލާސްތަކުގެ ތެރެއިން ވިޔަސް މާޒިން އޭނަގާތު އެއްޗެކޭ ބުނެލާނެ ކަމަށެވެ. އެހެނަސް ފިލާވަޅުގެ ތެރެއިން ވެސް ހިބާ ސުވާލުތަކެއް ކުރިއިރު މާޒިން ނުހަނު ޖަވާބުދޭން ބޭނުންވާ ފަދައަކުން ހިބާއަށް ބަލަން އިނެއްކަމަކު އެއްޗެކޭ ނުބުންޏެވެ. ގެއަށް ދިޔަ ގަޑީގައި ހިބާ ހުރިހާ ކުދިންނާއި ވާހަކަ ދެއްކިއިރު ވެސް މާޒިން އެފަދަ ނަޒަރަކުން ހިބާއަށް ބަލަން އިނދެވެސް އެންމެ ބަހެއް ވެސް ބުނެ ނުލިއެވެ. އެހެންކަމުން ހިބާ އެދުވަހު މާޒިންގެ އަޑު އިވިދާނެކަމުގެ އުއްމީދު ދޫކޮށްލަން އުޅުނުތަނާ، ކަންތައް ވެގެން ދިޔައީ ހިބާ ހީވެސް ނުކުރާ ފަދައަކުންނެވެ.

 

ހުރިހާ ކުދިން ގެއަށް ދިޔުމަށް ފޮތް ހަމަ ކުރަމުން ދިޔަ ވަގުތު މާޒިންގެ ކައިރީގައި އިންނަ ކުއްޖެއްގެ ދަބަހުން ޖެހި، މޭޒުމަތީގައި އޮތް މާޒިންގެ ޕާރސް ބިންމައްޗަށް ވެއްޓުނެވެ. ޕާހުގެ ޒިބު ނާޅުވައި އޮތީތީ އިސާހިތަކު ޕާހުގައި ހުރި ފަންސުރު ކުލަތައް ބިންމައްޗަށް ވެއްޓުނެވެ.

 

“އޯ ނޯ! ސޮރީ މާޒިން!” މާޒިންގެ ކައިރީގައި ހުއްޓި ހުރި ކައިސްއަށް ކަންވީ ގޮތް އެނގި ނިމުނީ އަމިއްލަ ދަބަސް އަޅުވައި ނިމުނު ފަހުންނެވެ. ކައިސް ދަބަސް އަޅުވައިގެން ހުރެވެސް މާޒިންގެ ކުލަތައް ނަގަން ގުދުވާން ފެށިތަން ފެނުނު ހިބާ ވާހަކަ ދެއްކިއެވެ.

 

“ކައިސް ދަރިފުޅު އަވަހަށް ގެއަށްދާން އެ ލައިނަށް ޖޮއިން ކުރޭ….މަންމި މި ގަޑީގަ ކައިސް ބަލާ އަންނަނީ ވަރަށް ވަގުތު ކުޑަތަންކޮށްދޯ؟ އެހެންވީމަ އަވަހަށްދޭ. މިސް މާޒިންއަށް ހެލްޕްވެދޭނަން. އިޓްސް އޯކޭ، ލަވް!” ހިބާ އެ ދެކުދިން ތިބި މޭޒު ކައިރިއަށް ގޮސް އެ ފަހު ބަސްތައް ބުނެލީ ކައިސްގެ ކޮނޑުގައި އެއްއަތް އަޅަމުން ކައިސްގެ ހިތްހަމަޖައްސައިދެވޭތޯ ބަލަމުންނެވެ. ހިބާގެ ވާހަކައަށް ކައިސް ތުން ފިއްތައިލުމަށްފަހު ބޯޖަހައިލަމުން ދާން ހިނގައިގަތެވެ. އެވަގުތު އެތާ ދޮރު ކައިރީގައި ކުދިން ހަދާފައި އޮތް ލައިންގައި ހުރިހާ ކުދިން ކުލާހުން ނިކުމެގެން ދަނީއެވެ.

 

އެ ކުދިންނަށް ބަލަން ހުރެފައި ހިބާ އޭރުވެސް އިންގޮތަށް އިން މާޒިންއަށް ބަލައިލިއެވެ. މާޒިން އެ ކުލަތަކަށް ބަލަމުން އެހެން ދިމަދިމާލަށް ބަލަމުން ދިޔައީ ބޯ ހާސްވެގެން އުޅޭ ފަދައަކުންނެވެ. އެ މަންޒަރު ބަލަން ހުރެފައި ހިބާ ކުރުފައި މައްޗަށް ތިރިވެ ބިންމަތީގައި އޮތް ޕާރސް ނަގައި އެ ޕާހަށް ކުލަތައް އަޅަން ފެށިއެވެ.

 

“ހާދަ ގިނަ ޝޭޑްސްގެ ކުލަތަކޭ މާޒިން! މާޒިން ވަރަށް ކުލަ ޖައްސާ ހިތްވޭތަ؟” ހިބާ އެ މަސައްކަތް ކުރަމުން ހިނިތުންވުމަކާއިއެކީ މާޒިންއާއި ވާހަކަ ދެއްކިއެވެ. ހިބާ ހީކޮށްގެން ހުރި ގޮތަށް މާޒިން އެއްޗެކޭ ނުބުނި ތާނގައި އޭނައަށް ބަލައިވެސް ނުލިއެވެ. އެހެނަސް ހިބާ އަމިއްލަ ހިނިތުންވުން ފަނޑެއް ނުކުރިއެވެ.

 

“މިސް ދެކެން މާޒިން ވަރަށް ޑްރޯ ކުރާތަން ކުލާހުގަ. އެކަމަކު ކުލަޖައްސާ ނިމިފަ ހުރި މާޒިންގެ ޑްރޯވިންގްއެއް އަދި މިސްއަކަށް ނުފެނޭ…”

 

އެއްވެސް ޖަވާބެއްނައެވެ.

 

“އޮހް! އައި ރިމެމްބާރ….ކުރީ ދުވަހު މާޒިންގެ ފޮތުގެ ތެރެއިން މިސްއަށް ދީފަ އޮތް ކާޑެއްގަ ހުރި ވަރަށް ރީތި ޕިކްޗާރއެއް….މިސްއަށް ވަރަށް ރީތި އެ ކާޑު….އޭތި ދިން ކަމަށްޓަކައި އަދި ތެންކިއު ވެސް ނުބުނެވިދޯ މިހިރީ؟ ތެންކިއު މާޒިން…އެންޑް އައި ލަވް ޔޫ ޓޫ!”

 

ހިބާ ބިންމަތިން ނެގި ފަހު ކުލަ ޕާހަށް އެޅުމަށްފަހު ޒިބު އަޅުވައިލިއެވެ. އަދި އެ ޕާސް ދަބަހަށް އެޅުމަށްފަހު ދަބަހުގެ ވެސް ޒިބު އަޅުވައި، މާޒިން ގާތު ތެދުވެލުމަށް ބުންޏެވެ. މާޒިން ބަސް އަހައިގެން ތެދުވުމުން ހިބާ މާޒިންގެ ކޮނޑުގައި ދަބަސް އަޅުވައިދިނެވެ. ދަބަސް ބަރުތޯ އެހުމުން ވެސް މާޒިން ހިބާއަށް ލުއި ގޮތަކަށް ބަލަބަލާ ހުރުމަށްފަހު ދަބަހުގެ ކޮނޑުގައި އަޅުވާ ބައިގައި ހިފަހައްޓައިގެން ކުލާހުން ނިކުންނަން ދިޔައީއެވެ.

 

މިއަދު މާޒިންގެ ފަރާތުން ފެނިގެން ދިޔައީ، އޭނަ ރަށުން ބޭރަށް ދިޔައިރު ވެސް މާޒިންގެ އުޅުން ހުރި ގޮތްކަން އެނގުންވި ހިނދު ހިބާއަށް މާޔޫސީ ނޭވައެއް ދޫކޮށްލެވުނެވެ. އެހެނަސް ހިބާ ހެޔޮކޮށް ވިސްނޭތޯ ބެލިއެވެ. އަދި މާޒިން އޭނަގެ ބެލުމުގެ ދަށަށް އައިތާ މާ ގިނަ ދުވަހެއް ނުވާކަން ހަނދާންކުރަމުންނެވެ. އަހަރެއްހާ ދުވަސް ފަހުން އޭނައާއި ވާހަކަ ދައްކަން ފެށި ކުދިންނާއި ވެސް ދިމާވެފައި ހުރީތީވެއެވެ. އެހެންކަމުން ހިތްވަރު ކުރަން ނިންމަމުން ހިބާ ކުލާހުން ނިކުންނަން ދިޔަ މާޒިންއަށް ފަސްދެމުން ދިޔައީ ކުލާހުގެ ބޯޑު ކައިރިއަށެވެ.

 

އާދައިގެ މަތިން ދުވަހުގެ ފަހު ކަމަކަށް ހިބާ ބޯޑު ފޮހެމުން ދިޔައިރު އެދުވަހު ކަން ހިނގައިދިޔަ ކަންތަކާއިމެދު ވިސްނެން ފެށިއެވެ. އެދުވަހު ނާންނަ ކުދިންނާއި އެކުދިންނަށް ފިލާވަޅު ފޮނުވިފައިވޭތޯއެވެ. އެ ޚިޔާލުތަކުގެ ތެރެއިން ހިބާ މާޒިންގެ މަތިން ހަނދާން ނެތިފައި ވަނިކޮށް ފަހަތުން އަޑެއް އިވުނެވެ.

 

“ތެންކިއު….ހިބާ މިސް.”

 

އިވިގެން ދިޔަ އެ އާ، މަޑުމައިތިރި އަޑުން ހިބާގެ ޙަރަކާތްތަކަށް ހުއްޓުމެއް އައެވެ. އޭގެ ދެވަނަ ސިކުންތުގައި ހިބާއަށް ފަސްއެނބުރި ބަލައިލެވުނެވެ. އެހިނދު ދާދި ދެންމެ ނިކުންނަން ދިޔަ މާޒިން ދޮރު މަތީގައި އޭނައަށް ބަލަހައްޓައިގެން ހުއްޓެވެ. އެ މަންޒަރު ފެނި ހުއްޓުން އަރައިގެން ހުރެފައި ހިބާއަށް ހީލެވުނީ ބޭއިޚްތިޔާރުގައެވެ.

 

“ފައިނަލީ މާޒިން….ފައިނަލީ! މަންމި ބުންޏޭ މާޒިން މިސް ގާތު ކޮންމެވެސް ވާހަކައެއް ބުނަން އުޅޭ ވާހަކަ. ކިއުރިއޯސިޓީ އޯލްމޯސްޓް ކިލްޑް މީ!” ހިބާ ޑަސްޓާ ބޭއްވުމަށްފަހު މާޒިންގެ ކައިރިއަށް ދަމުން ވާހަކަ ދެއްކިއެވެ. ހިބާ ބުނެލި ފަހު ބަސްތަކުން މާޒިންގެ ތުންފަތްމަތިން ފެނިގެން ދިޔަ ހިނިތުންވުން ހިބާއަށް ލޯބިވިއެވެ. އެއީ އެ ހިނިތުންވުން އޭނައަށް ފެނުނު ފުރަތަމަ ފަހަރު ވީމަ ވެސްއެވެ. އަދި ނަޝާ ބުނި ގޮތުގައި އެ ކުއްޖާއަށް ހެވޭ ގޮތަކީ އެއީ ކަމަށް ބުނެފައިވާ ގޮތުންވެސްމެއެވެ.

 

“އަޅެ ކޮންކަމަކަށްތަ މާޒިން ތެންކިއު ތި ބުނީ؟ ދެންމެ ކުލަތައް ނަގައި ދިނީމަތަ؟ ނޫނީ މާ ކުރިން ވީ ކަމަކާތަ؟” ހިބާ މާޒިންގެ ކައިރިއަށް ގޮސް ސުވާލުކުރިއެވެ. އެ ސުވާލުތަކާއިއެކީ މާޒިން ހިބާއަށް ބަލައިލި ހިނދު، މުދައްރިސްގެ މޭޒުމަތީގައި އޮތް ހިބާގެ ފޯނު ރިންގުވާން ފެށި އަޑު އިވުނެވެ.

 

އެއާއިއެކު ހިބާ މަޑުކޮށްލައްޗޭ ބުނަމުން ގޮސް ފޯނު ނެގިއެވެ. ފޯނުގެ ސްކްރީނުން މާޒިންގެ ނަން ފެނިފައި ހިބާ މާޒިންއަށް ބަލައިލަމުން ހިނިތުންވުމަކާއިއެކީ ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.

 

“ހެލޯ ހިބާ….މާޒިން ނައިސްގެން ލަސްވާތީ….އިތުރު މަސައްކަތެއް ހައްދަނީތަ މިއަދު؟” އެކޮޅުން މާޒިންގެ މަންމަ ވާހަކަ ދެއްކި އަޑު އިވުނެވެ.

 

“ނޫނޭ….ދެންމެ ކުޑަކުޑަ ކަމެއް ދިމާވީ….މާޒިންގެ މަންމައާއި ވާހަކަ ދައްކާލަން މިއީ ވަރަށް ރަނގަޅު ވަގުތެއް. އެބަ އަންނަން މާޒިން ގޮވައިގެން ބޭރަށް…” ހިބާ ހިނިތުންވުމެއްގައި ހުރެ ބުންޏެވެ. ހިބާގެ އަޑުގައި އުފާވެރިކަމެއް އެކުލެވިފައިވުމުން އެކޮޅުން މާޒިންގެ މަންމަ ވެސް ހީލުމަކާއިއެކީ އެންމެ ރަނގަޅޭ ބުނި އަޑު އިވުނެވެ. އެއަށްފަހު ހިބާ ފޯނު ކަނޑައިލަމުން މާޒިންއާއި އެކީ ކުލާހުން ނިކުންނަން ދިޔައެވެ.

 

އެ ވަގުތު ކުދިންތައް ގޮވައިގެން ސްކޫލުން ނިކުންނަމުން ދިޔަ އެތައް ބެލެނިވެރިންނެއްގެ ތެރެއިން، ކޮރިޑޯގެ ކައިރީގައި ހުއްޓިހުރި މުނީރާ ފެނިފައި ހިބާ މާޒިން ގޮވައިގެން އެދިމާލަށް ދިޔައެވެ.

 

“ކޮބާ މިއަދު ސްކޫލް މަޖާތަ މާޒިން؟” މުނީރާ އެހެން އަހައިލީ ކުޑަކޮށް ތިރިވެ މާޒިންއާއި ހަތަރުކަޅި ހަމަކޮށްގެންނެވެ. އޭގެ ޖަވާބުގައި މާޒިން ބޯޖަހައިލި ގޮތުން ހިބާއަށް ހިނިތުންވެލެވުނެވެ. މާޒިންގެ މަންމަ މާޒިންއާއި މެދު ކަންތައް ކުރާގޮތުން، މާޒިންގެ ޙާލަތާއިމެދު ކަން ކުރަންވީ ގޮތް އެ މަންމައަށް ސާފުވެފައިވާކަން އެނގުންވުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ.

 

“ހެހެ….މި ދޭތެރެއަކު ސްކޫލް ފޫހިވެގެންވެސް އުޅުނޭ. ހިބާ މިސް ނެތިގެން…” މުނީރާ މާޒިންގެ ދަބަސް ހޯދަމުން ހިބާއާއި ވާހަކަ ދެއްކިއެވެ. އެހިނދު މާޒިން މުނީރާގެ ކައިރީގައި ހުއްޓިލީއެވެ.

 

“އަސްލުވެސްތަ؟ ނަސީބެއްނު މާޒިން ސްކޫލް ބަދަލު ނުކުރަނީސް މިސްއަށް އާދެވުނުކަންދޯ؟” ހިބާ އެއްފަހަރު މުނީރާއަށް އަނެއްފަހަރު މާޒިންއަށް ބަލަމުން ބުންޏެވެ.

 

“ހަމަ އަސްލުވެސް! އަބަދުވެސް ބުނާނީ ހިބާ މިސް ވަރަށް މަޖާވާނެއޯ. ހިބާ މިސް އިޒް ދަ ބެސްޓް އޯ…” މުނީރާ ކިޔައިދިނެވެ.

 

“ހެހެ….ގޭގަ ވަރަށް ވާހަކަ ދައްކާދޯ؟”

 

“އާނ…..ހަމަ މާޒިންގެ ހިތަށްއެރުން އެކަމުގަ އޮންނާނީ. ހިބާ މިސް ކައިރީގަ ބުނަން އުޅުނު ވާހަކަ ބުނެފިންތަ ދަރިފުޅު؟” މުނީރާ މާޒިން ކުރެން އެހިއެވެ. އެއާއިއެކު މާޒިން ލަދުވެތިކަމާއި ނުތަނަވަސްކަން އެކުލެވޭ ގޮތަށް އެކި ދިމަދިމާލަށް ނަޒަރު ހިންގަން ފެށުމުން ހިބާ ވާހަކަ ދެއްކިއެވެ.

 

“ހަމައެކަނި ތެންކިއުއޭ ބުނީ މިސް ކައިރި. ނޭނގެ ކޮން ކަމަކަށް ބުނެލި ތެންކިއުއެއް ކަމެއްވެސް. އަދި މާޒިން ނުބުނޭ މިސް ކައިރި…” ހިބާ ކިޔައިދިނެވެ.

 

“ތެދެއް މާޒިން؟ އަހަރެން ކައިރިއަކު ވެސް ނުބުނެއޭ ކޮން ވާހަކައެއް ކަމެއް. އެހެންވީމަ ނޭނގެ ހިބާއަށް ކިޔައިދޭކަށް. އެނގުނު ދުވަހަކުން ހިބާއާއި ބައްދަލުކޮށްލާފަ ކިޔައިލަދޭނަން….އަސްލު ބޭނުންވޭ ކޮންމެވެސް ދުވަހަކުން ހިބާއާއި ވަކިން ބައްދަލުކޮށްލަން…ހިބާއާއި ދައްކަން ބޭނުންވާ ވާހަކަތަކެއް ހުންނާތީ..”

 

މުނީރާ ފުރިހަމަ ހިނިތުންވުމަކާއިއެކީ އެ ވާހަކަތައް ދައްކަމުން ގޮސް އެ ފަހު ބަސްތައް ބުނެލިއިރު ހިނިތުންވުން ފޭދިގެން ދިޔަކަން ހިބާއަށް ވެސް ފާހަގަ ކުރެވުނެވެ.

 

“އެންމެ ރަނގަޅު….މި ހަފްތާގެ ކޮން ދުވަހެއްތޯ މާޒިން މަންމައަށް ރަނގަޅީ ބައްދަލުކޮށްލަން؟” ހިބާ އެހެން އަހައިލީ، އޭނައަކީ އެފަދަ ބައްދަލުވުންތައް ފަސްކުރާ މީހަކަށް ނުވާތީވެއެވެ. ކުއްޖާއާއި ގުޅޭ މުހިއްމު ވާހަކައެއް ވެސް ބެލެނިވެރިޔާ ބުނަން އޮވެފާނެތީވެއެވެ. އަދި އަމުދުން އެ ވަގުތު އެ ބަސްތައް ބުނެލީ، އޭނަ ވެސް ސުވާލުތަކެއް ކޮށްލަން ބޭނުންވެފައިވާ އަންހެނަކަށް ވާތީވެއެވެ.

 

“މިއަދު އަނެއްހެން ފްރީވާނެ….މިރޭގެ ވަގުތެއްގަ ކިހިނެއްވާނެ؟” މުނީރާ އެހިއެވެ.

 

“މިރޭ….މިއަދު ހަވީރު ކިހިނެއްވާނީ؟” ހިބާ ވިސްނާލާފައި ބުންޏެވެ.

 

“އާނ އެންމެ ރަނގަޅު….އަލަތު ކައިވެންޏެއް ކޮށްގެން އުޅޭ ކުއްޖެއް ކައިރި ރޭގަނޑު ބައްދަލުކުރަން ބުނާކަށް ވެސް ނުވާނެތާ….ހެހެ…އަލަތު ކައިވެންޏަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔަން!” މުނީރާ ދެއްކި ވާހަކައިން ހިބާ ގަތް ލަދާއިއެކީ ހީލި ހިނދު ކޯތާފަތް ރަތްވިއެވެ.

 

މުނީރާގެ ފަހު ބަސްތަކަށް ހިބާ ޝުކުރު އަދާ ކުރުމަށްފަހު އަލްވަދާޢު ކިޔުމުން އެދުވަހު ހިބާއާއި މުނީރާ ވަކިވެގެން ދިޔައެވެ. އެހެނަސް އެ އަންހެން މީހާގެ ހިތްހެޔޮކަމާއިއެކީ އިޙްސާސް ކުރެވުނު ގާތްކަން ހިބާ ހަނދާން ނެތޭ ގޮތެއް ނުވެއެވެ. އެފަދައިން ހަނދާން ނުނެތޭ ވާހަކައެއްނަމަ އެ ވާހަކަ ދެއްކުމަކީ ހިބާގެ އާދައަށް ވުމުން ހިބާ ގޮސް ގެއަށް ވަނުމާއިއެކު ދާރިސްގެ ކަންފަތް ފުރުވަން ފެށިއެވެ.

 

“އޯ އެމް ޖީ ޔޫ ވިލް ނޮޓް ބިލީވް އިޓް! އަހަރެން ކުލާހުގަ އެއްވެސް ގޮތަކަށް ވާހަކަ ނުދައްކާ އިންނަ ކުއްޖަކު މިއަދު ވާހަކަ ދައްކައިފި!” ކޮޓަރިއަށް ވަނުމާއިއެކު ހިބާ ފުރިހަމަ ހިނިތުންވުމަކާއިއެކީ ހޫނު ޚަބަރެއްހެން ކިޔައިލަދިނެވެ.

 

“އޮ އޯ! ކޮންމެވެސް ކުއްޖަކު ބުނި ވޯކްގެ ވާހަކަ ގޭގަ ނުދައްކަން ހަނދާން ކޮށްދޭށޭ. އެކަމަކު އެ ކުއްޖާ މި ވާހަކަ ދައްކަނީ ވެސް ވަރަށް ހެޕީކޮށް. ކިހިނެއް ހަދާނީ؟” ދާރިސް އޮޅުމެއްގައި ވީ ފަދައަކުން އެ ސުވާލުކޮށްލީ، ކޮޓަރީގައި ހުރި ފޮތް ހަރުގަނޑުގެ ފޮތްތައް ތަރުތީބު ކުރަމުންނެވެ.

 

“ހެޕީކޮށް ދައްކާ ވާހަކައެއް ވިއްޔާ އަޑުއަހާނީ! އެއްކަލަ އޯޓިޒަމް ހުންނަ ކުއްޖާގެ ވާހަކައޭ މި ދައްކަނީ…” ހިބާ އޭނަގެ ދަބަސް ކިޔަވާ މޭޒުމަތީގައި ބޭއްވުމަށްފަހު ޝޯލްއިން ޕިން ނައްޓަމުން ކިޔައިދިނެވެ.

 

“އަސްލުވެސް؟ އެކަމަކު ހިބާ ބުނީ އެއީ ވަރަށް ފަހުން އެ ސްކޫލަށް ޖޮއިން ކުރި ކުއްޖެކޭ ނޫންތަ؟” ދާރިސް ހިސާބެއްގެ ޙައިރާންކަމަކާއިއެކީ ސުވާލުކުރިއެވެ.

 

“އާނ….އެކަމަކު އެ ކުއްޖާ މާލެއިން ތެރަޕީވެސް ހޯދާތީ ކަންނޭނގެ އެހާ ފާސްޓްކޮށް އިމްޕްރޫވްވެގެން އެ ދިޔައީ. މިހާރު މިކޮޅުން ވެސް އޯޓިޒަމް ތެރަޕީ ހޯދެއޭ….މިކޮޅުން އޭޒް އިން މާލެއިން.”

 

“އައި ސީ….”

 

“އައި ވޯޒް ސޯ ހެޕީ! ހަމަ އެންމެ ހީ ނުކުރާ ގަޑީގަ ފަހަތުން އިވުނީ ‘ތެންކިއު، ހިބާ މިސްއޭ’ ބުނި އަޑު. ސޯ ކިއުޓް! އަސްލު އެ ބަސްތައް އިވިފަ ދާރިސް މަތިން ވެސް ހަނދާންވި. ދާރިސް އަހަންނާއި އެންމެ އެންމެ ފުރަތަމަ ވާހަކަ ދެއްކި ދުވަސް. ހަމަ ތެންކިއުއޭ ނޫންތަ ބުނެލީ؟” ހިބާ ޝޯލް އެއްކޮށް ބޭލުމަށްފަހު ދާރިސްއާއި ކުރިމަތިލަމުން ހިނިތުންވުމަކާއިއެކީ ބުންޏެވެ.

 

“އޮހް! އެ ދުވަސްދޯ؟ ހެހެ….” ދާރިސް އެ ހަނދާން އާވުމުން ހީލިއެވެ.

 

“ހުމް….މިހާރު ވިސްނައިލީމަ މި އެނގެނީ….އަސްލު މާޒިންއާއި ދާރިސް ވަރަށް އެއްގޮތް…އޯޓިޒަމް ހުންނަ ކުދިން އަހަންނަށް ވަރަށް ފެނިފަ އެބަހުރި. އެކަމަކު މާޒިންއާއި ދާރިސް ހަމަ ވަރަށް ސިމިލާރ…” ހިބާ އެއްދިމާލަކަށް ބަލަން ހުރެ ދެއްކި ވާހަކައިގެ ތެރެއިން އިވުނު ނަމަކުން ދާރިސްގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ.

 

“ހުމް މާޒިން….އެދުވަހު ބުނީމެއްނު މާޒިންގެ ވާހަކަ؟ މިއަދު މާޒިންގެ މަންމައާއި ވަކިން ބައްދަލުކޮށްލަން ހަވީރު ނިކުމެލަން ވެސް އެބަޖެހޭ…” ހިބާއަށް އެ ބުނެވުނު ބަސްތަކުގެ ބުރަދަން އެނގުންވީ ބުނެ ނިމުނު ފަހުންނެވެ. މާޒިންގެ ޚިޔާލުތަކާއިއެކީ ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން ރޭ ދާރިސްއާއި އޭނައާއި ދެމެދު ދެކެވުނު ވާހަކަތައް އެ ހިނދުކޮޅުގައި ހަނދާން ނެތިފައިވީއެވެ.

 

‘މާޒިންގެ މަންމަ’ އޭ ބުނެވުމާއިއެކު ރޭ ދާރިސްގެ މޫނުމަތިން ފެނިގެން ދިޔަ އަސަރުތައް ފާޅުވެގެން ދިޔުމުން ހިބާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ގޮތްވިއެވެ. އެހެނަސް އޭނަ މިއަދު ހަވީރު މާޒިންގެ މަންމައާއި ބައްދަލުކުރަން އުޅޭ ވާހަކަ އެހެން ނޫނަސް ދާރިސް ގާތު ބުނަން ޖެހޭކަން ހަނދާންކުރަމުން، ހިބާ ދާރިސްގެ ކައިރިއަށް ގޮސް ހުއްޓިލިއެވެ.

 

“މާޒިންގެ މަންމަ ބުނެގެން މާޒިންއާއި ބެހޭގޮތުން ކުޑަ ވާހަކައެއް ދައްކާލަން ދާން މިއުޅެނީ….ވިލް ބީ ބެކް ސޫން..” ހިބާ އާދައިގެ އަޑަކުން ވާހަކަ ދެއްކުމަށްފަހު، ފަހު ބަސްތައް ބުނެލީ ދާރިސްގެ ކަންފަތް ދޮށުގައި ސިއްރުންނެވެ.

 

ހިބާގެ އެ ޙަރަކާތުން އޭނަ ބޭނުންވި ފަދައިން ދާރިސް އޭނައާއި ހިނިތުންވެލިއެވެ. އެހެނަސް އެ ހިނިތުންވުން ދާރިސްގެ ލޮލާއި ހަމައަށް ނުފޯރައެވެ. އެކަމާއިމެދު ވާހަކަ ދައްކަން ބޭނުންވިޔަސް ހިބާ ހިމޭންކަން ޚިޔާރުކުރިއެވެ. ދާރިސް ޙިއްސާކުރަން ބޭނުންނުވާ ވާހަކައެއް ގަދަކަމުން ދެނެގަންނަން މަސައްކަތް ކުރުމުން ދެމީހުންގެ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެތީވެއެވެ. އޭގެ ބަދަލުގައި ހިބާ އަމިއްލައަށް ހީވާ ހީވުންތަކަކީ ޙަޤީޤަތެއްތޯ ބެލުމަށް ފިޔަވަޅުތައް އަޅަން ނިންމިއެވެ.

 

**

 

އެދުވަހުގެ ހަވީރު ވަގުތު ހިބާ އިނީ މުނީރާއާއިއެކީ ރެސްޓޯރެންޓެއްގެ މޭޒުދޮށުގައެވެ. ހިބާ އެތަނަށް ދިޔައީ މުނީރާގެ ދަޢުވަތަކަށެވެ. އެ ސަޔަށް މުނީރާ ލާރި ދޭނެ ކަމަށް ކުރީ ބައިގައި ބުންޏެވެ. މާޒިންއަށް އެހާ ކަމުދާ މުދައްރިސަކަށްޓަކައި އެހާވަރު ކަމެއް ކޮށްދެވިދާނެތާއޭ ބުނަމުންނެވެ.

 

ދެމީހުން ރެސްޓޯރެންޓުން ދިމާވުމާއިއެކު ވެސް މާޒިންގެ ވާހަކަތައް ދެކެވެން ފެށިއެވެ.

 

“ގެއަށް ގޮއްސަ މާޒިންއާއި ސުވާލު ކުރީމަ ބުނެފިއޭ ހިބާ މިސްއަށް ތެންކިއު ބުނީ ކީއްވެކަން….ބުނީ އެއްދުވަހު ޕީއީ ކުޅެމުން ދިޔައިރު ބޫޓުގެ ނާޑުވާ ނެއްޓިފަ ހުއްޓާ ހިބާ މިސް އައިއްސަ އަޅުވައިދިނީއޯ. އަޅުވައި ނުދިންނަމަ މާޒިން ވެއްޓިފަ ތަދުވީހެއް ނޫންހެއްޔޯ…” މުނީރާ އެ ވާހަކަ ބުނެލީ، ދެމީހުންގެ އޯޑަރު ނެގުމަށްފަހު ވެއިޓަރު ދިޔަ ވަގުތެވެ.

 

“ސުބްޙާނަ ﷲ އަހަރެން ތި ދުވަސް މަތިން ހަނދާންވެސް ނެތުނުފަހުން ތި ޝުކުރުގެ ބަސް އައީ…”

 

“ހެހެ….ބަލަމާ ދެން ރަނގަޅުވަމުން ދާނެކަމަށް އިން ޝާ ﷲ! ހަމަ ޙަޤީޤަތުގަ ވެސް ހިބާއާއި ދިމާވި ފަހުން މާޒިން ހުންނަނީ ވަރަށް އުފާވެފަ. ވަރަށް އެންމެންނާއި އެކުވެރިވާ ހިތްވެފަ…ހިތަށްއަރަނީ…..”

 

މުނީރާ އެއްދިމާލަކަށް ބަލަން ހުރެ ވާހަކަ ކުރިއަށް ގެންދަން އުޅުނެވެ. އެހެނަސް ހިބާ އެ ވާހަކައިގެ އިންތިޒާރުގައި މާ ގިނައިރުވާން ފެށުމުން އެއްޗެކޭ ބުނެލަން ޖެހުނެވެ.

 

“ހިތަށްއަރަނީ؟” ނުހަނު އެނގެން ބޭނުންވެފައި އިނދެ އަހައިލެވުނެވެ. އެއާއިއެކު މުނީރާ ނުތަނަވަސްވީ ފަދައަކުން ހިބާއަށް ބަލައިލިއެވެ.

 

“ހް…ހެހެ…އެއީ މާ ބޮޑު ވާހަކައެއް ނޫން…ހިބާ ބުނެބަލަ. ދެން މާޒިންއާއި ބެހޭގޮތުން ހިބާ ބުނަން ބޭނުންވާ އެހެން ވާހަކައެއް އެބައޮތްތަ؟”

 

“އަނެއްހެން ނެތް….އަބަދުވެސް ބުނާހެން މާޒިންއަކީ ނުލާހިކު ބަސްއަހާ، މޮޅު ކުއްޖެއް މާ ޝާ ﷲ! ދެން މިހާރު ވާހަކަ ދެއްކުމުގެ ބައިވެސް ރަނގަޅުވަމުން އެ ދަނީތާ….” ހިބާ ބުންޏެވެ. މުނީރާ އެ ވާހަކައަށް އާނއެކޭ ބުނުމުން އެ ދެމެދަށް ހިނދުކޮޅެއްގެ ހިމޭންކަމެއް ވެރިވިއެވެ. މުނީރާ ހޫންލައްވައިލަމުން ވަކި އިތުރު އެއްޗެކޭ ނުބުންޏެވެ.

 

އެ ހިމޭންކަމުން އުދަގޫވުމާއިއެކު ހިބާ މުނީރާއާއި ކުރަން ބޭނުންވާ އެތައް ސުވާލެއް ވުމުން ހިބާއަށް ވާހަކަ ދެކެވުނެވެ.

 

“ސުވާލެއް ކޮށްލަންތަ މާޒިން މަންމާ؟ މާޒިންއާއި ގުޅޭ ވާހަކައެއް ނޫން އެކަމަކު….” ހިބާ ބުންޏެވެ.

 

“އާނ ހަމަ އެއްވެސް މައްސަލައެއް ނޫން. އަވަހަށް ބުނޭ.” މުނީރާ ޝައުޤުވެރިކަމާއިއެކީ އެދުނެވެ.

 

“މާޒިން މަންމައަށް އަޅުގަނޑުގެ ބައްޕަ އެނގެނީ ކިހިނެއްތަ؟” ހިބާ އެ ކޮށްލީ، މުނީރާ ފުރަތަމަ ފެނުނު ދުވަހު މުނީރާ އޭނަ ގާތު ބުނެލި ބަސްތަކާއިއެކީ ވެސް ކުރަން ބޭނުންވެގެން ހުރި ސުވާލެވެ. ކޮށްލެވުނު އެ ސުވާލުން މެއަށް ފިނިވެގެން ދިޔައީ އެހެންވެ ކަންނޭނގެއެވެ.

 

“ހިބާގެ ބައްޕަ ޝަހީދު، ދޯ؟ ޝަހީދު ނޭނގޭނެ މީހެއް އެ ޒަމާނުގަ ވަރަށް މަދުވާނެ ކަންނޭނގެ މާލޭގަ. ހަމަ ފެންނަ ކޮންމެ މީހަކަށް އެހީވަމުންދާ ހިތްހެޔޮ އިންސާނެއްވިއްޔާ އެއީ….ހިބާގެ ބައްޕަ މާލޭގަ ވިޔަފާރިއެއް ފަށަން އުޅުނީ ގާތް ދެ އެކުވެރިންނާއި އެކީ….އެކަމަކު އެ އެކުވެރިންގެ ތެރޭގަ އެހެން އެތައް މީހުން ހިމެނީ އެ މީހުންނަށް އެހީވެދިނުމަށް. މާޒިން މަންމައަކީ ވެސް އޭރު ކިޔަވައިގެން ހުއްޓަސް ދަތިކޮށް އުޅެމުން ދިޔަ އަންހެނެއް. މާޒިންގެ މަންމައަށް ވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލި މީހަކަށްވީ ހަމަ ހިބާގެ ބައްޕަ….ބީރައްޓެއްސެއްގެ ފަރާތުން ލިބިދާނެހެން ހީނުވާފަދަ އެހީތަކެއް ޝަހީދު ވެދީފަ ހުރީ….މާތް ﷲ ޝަހީދުގެ ފާފަތައް ފުއްސަވައި ގިނަގުނަ ޘަވާބު ދެއްވާށި. އާމީން..” މުނީރާ އެހެން ބުނުމުން ހިބާ ވެސް ބައްޕަ މަތިން ހަނދާންވެ ހިތަށްކުރި އަސަރާއިއެކީ ‘އާމީން’ އޭ ބުނެލިއެވެ. އެއަށްފަހު އަނެއްކާވެސް ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު މުނީރާގެ ފަހު ވާހަކައާއި މެދު ވިސްނަން އިނދެފައި ވާހަކަ ދެއްކިއެވެ.

 

“ހަމަ އަސްލުވެސް…..ބައްޕަ ނޭނގޭ މީހުންނަށް ވެސް އެތައް ބައިވަރު އެހީއެއް ވެދޭނެ. އަހަރެން ކުޑައިރު ކޮންމެވެސް ފިރިހެން ކުއްޖަކު ވެސް ގެއަށް ގެނެސް އަހަރެންގެ ކޮޓަރި ދީގެން ގެންގުޅުނު….” ހިބާ މުނީރާއަށް ފަރުވާތެރިކަމާއިއެކީ ބަލަން އިނދެ ކިޔައިދިނެވެ. އޭނަގެ ފަހު ޖުމްލައިން މުނީރާގެ މޫނުމަތިން އުޖާލާކަމާއި އިތުރަށް ދެނެގަންނަން ބޭނުންވާ އަސަރެއް ފާޅުވިއެވެ.

 

“ރަނގަޅަށް އުޅުނުތަ އެ ކުއްޖާ ތި ގޭގަ؟ ވަރަށް އުދަގޫ ކުރިތަ ހިބާއަށާއި ހިބާގެ ބައްޕައަށް؟” މުނީރާ ކޮށްލި ސުވާލުތަކުން ހިބާގެ ދެބުމަ ކައިރިވިއެވެ. މުނީރާ އެ ސުވާލުތައް ކުރި ގޮތުން ދާރިސްއާއި މުނީރާގެ ކޮންމެވެސް ގުޅުމެއް އޮތްކަން ހިބާއަށް ޔަޤީންވިއެވެ. އެހެނަސް ދާރިސް މީހަކަށް އުދަގޫކޮށްފާނެތޯ ހީކުރި ގޮތުން މުނީރާއަށް ދާރިސް ރަނގަޅަށް ނޭނގެނީތޯ ހިތަށްއެރިއެވެ.

 

“ނޫން އުދަގުލެއް ނުކުރޭ….ހަމަ ވަރަށް ބަސްއަހާ، ރަނގަޅު ކުއްޖެއް އެއީ. މާޒިން ގޮތަށް….މާޒިން މަންމައަށް ދާރިސް އެނގެނީތަ؟”

 

ހިބާ ކޮށްލި ފަހު ސުވާލާއިއެކީ އެ މޭޒުދޮށަށް މަރު ހިމޭންކަމެއް ވެރިވިއެވެ.

 

ނުނިމޭ

The post ދާރިސް (ފަންސަޔާޅީސްވަނަ ބައި) appeared first on Stories by Jana.

]]>
https://blog.storiesbyjana.com/%de%8b%de%a7%de%83%de%a8%de%90%de%b0-%de%8a%de%a6%de%82%de%b0%de%90%de%a6%de%94%de%a7%de%85%de%a9%de%90%de%b0%de%88%de%a6%de%82%de%a6-%de%84%de%a6%de%87%de%a8/feed/ 8 3108